Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރިދީނީ

ﷲ މަތިން ހަނދުމަ ކުރުން (2ވަނަ ބައި)

Faxoo Level 310 Stories100 Comments500 Comments
October 8, 2015 3 Mins Read
15 Comments

ކާފަގެ މިޖުމުލަތައް އަހަރެންގެ ކަންފަތުގައި ގުގުމަމުންދިޔަ އެވެ. މިނެޓެއްތެރޭ ހިތަށްއެރި ތަކެއްޗާއެކު މަޑުމަޑުން އަހަރެންގެ ގައިން ވާގި ދޫވާންފެށި އެވެ. މުޅިތަން އަނދިރިވަމުން ގޮސް އެއްކޮށް ކަނު އަނދިރި ކަން ވެރިވެގަތެވެ.

***********************************

ގަދަ އައްޔެއްގެ ސަބަބުން އަހަންނަށް ލޯ ހުވާލެވުނެވެ. އަލި އަންނަ ދިމާއެއް ފާހަގައެއް ނުކުރެވެ އެވެ. މުޅިތަން ހީވަނީ ފަސް ވޯޓުގެ ގިނަ ޢަދަދެއްގެ ހޮޅިބުރިތަކެއް އެއްފަހަރާ ދިއްލާފައިވާހެންނެވެ. ލޯ ދިލުވާލެވޭވަރުވަނީ ހަމަ ކިރިޔާ އެވެ. އަހަރެން މި ގޮތް ނޭނގޭ ޞަރަޙައްދުގައި އޮންނަތާ ފުދޭވަރަކަށް އިރުވެއްޖެ އެވެ. އަލި މަޑުވާގޮތެއް ނުވެ އެވެ. ގަދައެއްވެސް ނުވެ އެވެ. އިރުކޮޅަކުން އަހަރެންގެ ކަނާތް ފަރާތާވީ ދިމާލުގައި ވި އަލިކަމުގެ ކުލަ ބަދަލުވާންފެށި އެވެ. ހުދު ކުލައިން އަޅި ކުލައަށެވެ. ދެން ޒައިތޫނި ކުލައަށެވެ. އެއަށްފަހު ސާފު ފެހި ކުލައަށެވެ.

ދެން ބަދަލު އަންނަން ފެށީ އަހަރެންގެ ވާތް ފަރާތުގައިވި އަލިކަމަށެވެ. އެފަރާތް އަނދިރިވާން ފެށީ އެވެ. އަނދިރިވަމުންގޮސް، ކަޅު އެންދެރި ކުލައަށް ބަދަލުވި އެވެ. އެންމެފަހުން މުށި ކުލައަށް ބަދަލުވެ، މުށި ކުލައިން ގަދަ ރަތް ކުލައަށް ބަދަލުވީ އެވެ.

މިހާރު އަހަރެންގެ ކުރިމަތީގައި ތިން ކުލައެއްގެ އައްޔެއް އެބަ ވެއެވެ. އަހަރެން ހުރީ ހުދު އަލިތެރޭގަ އެވެ. މާނައަކީ އަހަރެން ހުރީ އެޞަރަޙައްދު މެދުގަ އެވެ. ވާނުވާ ނޭނގޭ ޙާލު އަހަރެން ހުރީމެވެ. މިހާރު ތަނަށް ވެރިވެފައިވާ އަލިގަނޑު ތަންކޮޅެއް މަޑެވެ. އަދިވެސް އަންނަނީ މަޑުވަމުން ފަނޑުވަމުންނެވެ. އެހެންކަމުން ތަންތަން ފެންނަން ފަށައިފި އެވެ. އަހަރެން ހުރި ދިމާ ތިރީގައި ވަނީ ރީތި ހުދު ބިއްލޫރި އެވެ. އެއްވެސް ހަޑިކަމެއްނެތް ޠާހިރު، ބޯކިރު ކޮޅެއްހާ ސާފު ބިއްލޫރި އެވެ. ވަރަށް އޮމާނެވެ. އެހެން ހުރެފައި އަހަރެން ހިނގާގަތީމެވެ. ރަތްކުލަ ހުރި ދިމާއަށެވެ. މުޅިން އެހެން ތަނަކަށް އާދެވުނުހެން ހީވި އެވެ. މަންޒަރު ސާފުވާން ފަށައިފި އެވެ. އެއާއިއެކު އަހަރެންގެ މޭގަނޑު އަނގައަށް އައި ކަހަލަ އެވެ. އެތަނުގައިވަނީ ދުނިޔޭން އަހަރެން އެންމެ ބިރުގަންނަ މަޚުލޫޤުންނެވެ. އެންމެ ފުރަތަމަވެސް ލޮލުގައި އަޅައިގަތީ ގަޔާދިމާއަށް އަންނަ ކަޅު އެންދެރި ކުލައިގެ ބިޔަ ދެ ވަކިގަނޑެވެ. ވަޅިއެއްގެ ކޮޅުހާ ތޫނެވެ. އަހަރެންގެ ހިތް ތެޅޭވަރުން ހީވަނީ ދެންމެ ދެންމެ މޭފަޅާލާފައި ނުކުމެދާނެ ހެންނެވެ. ދެން އައި ސިކުންތުގައި އެމަޚުލޫޤުގެ ފުރިހަމަ ސިފަ ފެނުމުން އަހަރެންނަށް ބާރަށް ހަޅޭއްލަވާގަނެވުނެވެ. ނަމަވެސް މަޑުމަޑުން ކީއްތޯ އެވެ؟ އެއްވެސް ގޮތަކަށް އަހަރެންގެ އަޑެއް ބޭރެއްނުވި އެވެ. އަހަރެން ބިރުން ނުވިރި ހުރީ ކިރިޔާ އެވެ. ބިރުވެރި ކަމުގެ އިންތިހާ އެވެ. އަހަރެންގެ ކުރިމަތިން އެ ފެންނަނީ އަސްލު ބައްޓަމައްވުރެ ދިހަގުނަ ބޮޑު ނަގުލަންދާށްޓެކެވެ. ކަޅު ކުލާގައި ވުމުން އޭގެ ސޫރަ އަހަންނަށް ވަރަށް ނުރައްކާވި އެވެ. ދެލޯ ހީވަނީ ޖަހާފައިވާ ދެބައްތި ހެންނެވެ. ރަތްދޮން ކުލައިން ދިއްލިފައިވާއިރު އޭގެ ނަޡަރު އަމާޒުވެފައި ވަނީ ސީދާ އަހަންނާ ދިމާއަށެވެ. ހީވަނީ ހަމަ ދެންމެ ދެންމެ ފުއްމާލަފާނެހެންނެވެ. އަހަރެންގެ މޫނު ދަލުން ފެންވެރިއްޖެ އެވެ. މުޅި މީހާ ތުރުތުރު އަޅާވަރުން ހީވަނީ ޖައްސާފައިވާ އިންޖީނެއް ހެންނެވެ. ދެންވެސް ފެންނަންފެށީ އަހަރެން އެންމެ ބިރުގަންނަ ޒާތުގެ ޖަނަވާރުންނާއި ސޫތްޕެވެ. އެކިއެކި ސިފަސިފާގަ އެވެ. އެންމެ ބިރުގަތީ ހުރިހާ އެއްޗެއްގެ މިޝްރާބަކަށް އަހަރެން ވެފައިވާތީ އެވެ.

ދެފަޔަށް ލެވުނުހާ ބާރެއްލާފައި އަހަރެން ދުއްވާގަތީމެވެ. މަންޒިލަކަށް ވެފައި ވަނީ މިއަނިޔާވެރި ތަނުން ބޭރެވެ. ވަޤުޠު އޮތީ ވަރަށް ނާޒުކު ފައްތަރެއްގަ އެވެ. އޭރު އަހަރެންގެ ހޭ ހުރި ކަމެވެ. ދެތިން މިނެޓެއްގެ ތެރޭގައި އެތަނުން ނިކުމެވިއްޖެ އެވެ. މިހާރު އަހަރެންނަށް މިހުރެވުނީ ހުދު އަލީގެ ތެރޭގަ އެވެ. ހުއްޓުން އަރާފައި އެތައްއިރެއްވާންދެން އަހަރެން ހުރީމެވެ. ތަނުގެ އަލިކަން މަޑުމަޑުން ފަނޑުވަމުން އަންނަކަން އަހަންނަށް ފާހަގަ ކުރެވުނެވެ. ހިތުގެ ތެޅުމަކަށް ކުޑަވެސް ބަދަލެއް ނާދެއެވެ. ވަޤުތުގެ ނާޒުކުކަމުން އަހަރެން ހިނގާގަތީ ފެހި ކުލައިން އަލިވެފައިވާ ދިމާލަށެވެ. ޝައްކާއި ވަހުމުން އަހަރެންގެ ހިތް ބަންޑުންވާވަރު ވެއެވެ. ރަތް އަލީގެ ތެރެއާއި ޚިލާފަށް އަހަންނަށް މިތަން އިޙްޞާޞް ކޮށްލެވުނީ މުޅިން ތަފާތު ކޮށެވެ. ތަނުގެ ދެފަރާތުގައި ހުރި ދެމޭޒަކާއި، ތަނުގެ ވަށައިގެން ދަމާފައިވާ ފެހި ކުލައިގެ ތުނި ފަށުވި ފޮތިގަނޑު ފިޔަވައި މުޅިތަން އޮތީ ހުސްކޮށެވެ. ބިންމަތީ ޖަހާފައިވަނީ ސަންގުމަރުމަރު ހިލަ ފާޑަކަށްދާ ހިލައެކެވެ. ދެމޭޒުގައިވެސް ކޮންމެވެސް ސާމާނުތަކެއް އެބަހުއްޓެވެ. އަހަރެން މިފަހަރު ފުރަތަމަ ޚިޔާރުކުރީ ކަނާތްފަރާތުގައި ހުރި މޭޒުކައިރިއަށް ދިޔުމަށެވެ. އެމޭޒުމަތީގައި ހުރިތަކެއްޗަށް ފަރުވާތެރިކަމާއެކު ބެލީމެވެ. ކޮއްޓެއްގައި ހައްޔަރުވެ ތިބި ދެ ދޫންޏާއި، ހިރަފުސް އަރާފައި އޮތް ބޮޑުގަޑިއެކެވެ. ކޮށީގައި ދަނޑިކޮޅަކުން ހަދާފައިވާ ހެއްލޭ އުނދޯއްޔެއް ވެއެވެ. އިރުކޮޅަކާ އިރުކޮޅަކާ ފަހަރަކު ދޫންޏެއް ދަނޑިކޮޅަށް އަރާ ފައިބަމުން ދެއެވެ. ރޭގަނޑާއި ދުވާލުގެ މިސާލުގަ އެވެ. ގަޑީގެ ކަށީގެ އަޑު އިވިއިވި ހުއްޓެވެ. ވަޤުޠުގެ މިސާލުގަ އެވެ. މީގެ މާނަ އަހަންނަށް ވަރަށް ފަޞޭޙައިން ނަގާގަނެވިއްޖެ އެވެ. މިއީ ދުނިޔެ ދައުރުވަމުންދާ ގޮތެވެ. އަދި ވަޤުޠުތައް ފާއިތުވެ ދާގޮތުގެ ފުރިހަމަ މިސާލެކެވެ.

އަނެއްފަރާތަށް ދާން އެނބުރިލި ތަނާ ހަމަ މިމޭޒުން އެއްޗެއް ލޮލުގައި އަޅައިގަތެވެ. އެއީ ފަތްޖަހާފައިވާ ދެ ކަރުދާސްކޮޅެވެ. މަޑުމަޑުން، ނަމަވެސް ހިތްއަވަސްވެފައިވާ ޙާލު، ފަހަރަކު ކަރުދާސް ކޮޅެއް ނިޔުޅާލީމެވެ.

ސުވާލު އުފެދުނީ އެހިސާބުންނެވެ. އެއް ކަރުދާސް ކޮޅުގައި ވަނީ ” الحلو” (މާނައީ: ފޮނި) މިހެންނެވެ. އަނެއް ކަރުދާސްކޮޅުގައި ވަނީ ” المر” (މާނައީ: ހިތި) މިފަދައިންނެވެ. ދޭހައެއްނުވި އެވެ. އެއީ ދުނިޔޭގައި ދިމާވާ އުފަލާއި ހިތާމަކަމަށް ހީވެވުނެވެ. ޔަޤީނެއް ނޫނެވެ. އެންމެފަހުން ދެވަނަ މޭޒު ކައިރިއަށް ދިޔައީމެވެ. އެތަނުން ފެނުނީ ރޯކޮށްފައިވާ އުއްބައްތި އަކާއި ފެން ޖަގެކެވެ. އިނގިރޭސި ބަސްފޮތެއްގެ ގާތްގަނޑަކަށް ފަސްގުނަ ބޯ ފޮތެއްވެސް އޮތެވެ. ހީވާގޮތުން މިއީ މީހަކު ލިޔަން އިންނަ މޭޒެކެވެ. ދޫނިފަތަކުން ހަދާފައިވާ ލިޔާ ޤަލަމެއްވެސް ފޮތް މަތީގައި އޮތެވެ. އަހަރެން އެފޮތް ހުޅުވާލުމަށް މަސައްކަތް ކުރީމެވެ. ނަމަވެސް ހީވާގޮތުން އޭގައި ވަނީ ރޫޙާނީ ތަޅެއް ލެވިފައެވެ. އެއްގޮތަކަށްވެސް ހުޅުވޭގޮތެއްނުވި އެވެ. ގައިގެ ހުރިއްޔާ ހުރި ބާރެއް ފޮތަށް ހުސްކޮއްލީމެވެ. ކާމިޔާބެއް ނުވިއެވެ. ފޮތަށް ފަތުވާތެރިކަމާއެކު ބަލާލި ވަޤުޠު އޭގެ މެދެއްހާ ހިސާބުން ނިކުމެފައިވާ ކަރުދާސްކޮޅެއް އަހަރެންގެ ލޮލުގައި އަޅައިގަތެވެ. އަވަސްއަވަހަށް އެ ދަމާގަތީމެވެ. ލިބުނީ އިތުރު ޙައިރާންކަމެކެވެ. އޭގައިވެސް އޮތީ ” الحلو” އަދި ” المر” މިހެން ލިޔެފަ އެވެ. ދެރައީ އެބޯ ފޮތުގައި ވާ އެއްޗެއް ނޭނގޭތީ އެވެ. ކުޑަމިނުން އެފޮތް މިތަނުގައި އޮތް ބޭނުންވެސް އެއްގޮތަކަށްވެސް ނުވިސްނޭތީ އެވެ. ތަނަށްވެރިވެފައިވާ އަލިކަންވެސް ހިނދެއް ހިނދަކަށް ފަނޑުވަމުން ބާރު ދަށްވަމުން އަންނާތީ މިހާރު އަލީގެ މައްޗަށް އަނދިރި ބާރުފޯރުވާހެން ވެސް ހީވެ އެވެ. ފެހި ކުލައިގެ އަލި، ގަދަފެހި ކުލައަށް ބަދަލުވެއްޖެ އެވެ. އަހަރެންގެ ހިތުގެ ތެޅުން އަނެއްކާވެސް ގަދަވެއްޖެ އެވެ. ހަލުވި ބާރުމިނެއްގައި އަނދިރިކަން އަލިކަމުގެ މައްޗަށް ކުރި ހޯދައިފި އެވެ.

***********************************

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Faxoo

Level 310 Stories100 Comments500 Comments

Other Articles

Previous

ހިތަކުން ނުފިލާނެ 41

Next

ޝެރިން (4 ވަނަ ބައި)

Next
October 8, 2015

ޝެރިން (4 ވަނަ ބައި)

Previews
October 8, 2015

ހިތަކުން ނުފިލާނެ 41

15 Comments!

  1. Faxoo says:
    October 8, 2015 at 8:17 pm

    dear all readers. 🙂 mi bai thankolheh kurukoh genesdhevunyma 3rd part upload kuraaleh avas kureveythw inshaﷲ balaanan ingey ^_^
    mi ee hiyaalyy vaahaka eh. 🙂

  2. Crazi says:
    October 8, 2015 at 8:58 pm

    Yah but vaanu vaa neyge

  3. Arcane_Belle says:
    October 8, 2015 at 9:16 pm

    It’s a dream dhw. Interesting. Ma Sha Allah

  4. Anonymous says:
    October 8, 2015 at 10:03 pm

    Ey sifa kohdhinun v fahkaa igey.
    Huvafeneh hen heevany.. Salhi huvafeneh..

  5. Nazoo says:
    October 8, 2015 at 10:06 pm

    Salhi mi part ves masha allah

  6. aisha says:
    October 9, 2015 at 1:03 am

    V salhi mi vaahaka

  7. Faxoo says:
    October 9, 2015 at 5:04 pm

    JazakaAllah Khaeeran all my readers 🙂

  8. nazi says:
    October 10, 2015 at 10:06 am

    v reethi waiting 4 next part

  9. Annhaa says:
    October 10, 2015 at 12:48 pm

    V v v nice……waiting for the next part….

  10. Shabee says:
    October 10, 2015 at 2:03 pm

    Jana ge copy cat dho mee??? lol

    1. Faxoo says:
      October 13, 2015 at 11:28 am

      shabee. hehe vedhaane eggoi vykamah fazu ge ibaaraai thakaa Jana ge ibaaraai thah. ? ekam fazu adhi nukiyan Jana ge evves vaahaka eh. 🙂 ehenvyma vedhaane itthifaageh kamah ves. ?

  11. maree says:
    October 12, 2015 at 2:25 am

    Varah reethi waiting 4 the next part 🙂

  12. maree says:
    October 12, 2015 at 2:26 am

    Varah reethi waiting for the next page 🙂

  13. nazi says:
    October 12, 2015 at 1:44 pm

    kon irakuntha vaahaka up kuranee

    1. Faxoo says:
      October 13, 2015 at 11:25 am

      Nazi, faxoo balaanan komme hafthaa aku madhuvegen effaharu up kureveythw ingey 😉

Comments are closed.

Next Episodeﷲ މަތިން ހަނދުމަ ކުރުން (3 ވަނަ ބައި)←


All Right Reserved!