Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ބިރުވެރިދީނީ

ﷲ މަތިން ހަނދުމަ ކުރުން (3 ވަނަ ބައި)

Faxoo Level 310 Stories100 Comments500 Comments
October 13, 2015 4 Mins Read
12 Comments

ދެރައީ އެބޯ ފޮތުގައި ވާ އެއްޗެއް ނޭނގޭތީ އެވެ. ކުޑަމިނުން އެފޮތް މިތަނުގައި އޮތް ބޭނުންވެސް އެއްގޮތަކަށްވެސް ނުވިސްނޭތީ އެވެ. ތަނަށްވެރިވެފައިވާ އަލިކަންވެސް ހިނދެއް ހިނދަކަށް ފަނޑުވަމުން ބާރު ދަށްވަމުން އަންނާތީ މިހާރު އަލީގެ މައްޗަށް އަނދިރި ބާރުފޯރުވާހެން ވެސް ހީވެ އެވެ. ފެހި ކުލައިގެ އަލި، ގަދަފެހި ކުލައަށް ބަދަލުވެއްޖެ އެވެ. އަހަރެންގެ ހިތުގެ ތެޅުން އަނެއްކާވެސް ގަދަވެއްޖެ އެވެ. ހަލުވި ބާރުމިނެއްގައި އަނދިރިކަން އަލިކަމުގެ މައްޗަށް ކުރި ހޯދައިފި އެވެ.

***********************************

ލަސްލަހުން އަހަރެން ލޯހުޅުވާލީމެވެ. ފަރަޙަ އަހަރެންނާ ދާދި ގާތުގައި އިނެވެ. އަހަރެން ވެއްޓުނަނުދީ ހިފަހައްޓައިގެންނެވެ. އަހަރެން ހުރީ މީގެ އިރުކޮޅެއް ކުރިން ހުރި ތަނުގަ އެވެ. ކޮޓަރީ ދޮރު ކައިރީގަ އެވެ. އަހަރެން ވަރަށް ޙައިރާންވި އެވެ. އަހަންނަށް ފެނުނީ ކުރު ‘ވިޝަން’ އެކެވެ. ނަމަވެސް ހާދަ ޙަޤީޤަތާ އެއްގޮތެވެ. ހީވީ ހަމަ ޙަޤީޤަތަށް ލޮލުގެ ކުރިމަތީގައި ފެނުނު ކަންތައް ތަކެއް ހެންނެވެ. ހުވަފެނުގެ އަސަރު އަދިވެސްނުފިލަ އެވެ. އެހެންކަމުން އެންމެ ފަހުން ކުޑަކޮށް ހަމަޖެހިލަން މަސައްކަތް ކުރަމުން ފަރަޙަ ގާތު އަހަރެންގެ ކާފަ ކޮބާތޯ އެހީމެވެ.

ފަރަޙަ އޯގާތެރިކަމާއެކު އަހަރެން ކޮއްޅަށްނެގި އެވެ. އަދި ކާފަ ދެން ނާންނާނެ ކަމުގައި ބުއްޏެވެ. ކާފަވީ ﷲގެ މާތް ރަޙްމަތްފުޅުން އެކަލާނގެ ހިޔާވަހިކަމުގައި ކަމަށްވެސް ކިޔާދިނެވެ.

އަހަންނަކަށް ކެތެއް ނުކުރެވުނެވެ. އަޑުން އަޑުނަގާ ރޯން ފެއްޓީމެވެ. އާއެކެވެ! ‘…މެންދުރު ވާންވާއިރަށް ވެސް ކާފަ ދުނިޔޭގައި ހުންނާނެ ކަމުގެ ޔަޤީންކަމެއް ނެތެވެ…’ މިއީ ކާފަގެ ޖުމުލަ އެކެވެ. ‘…އަދި ދަރިފުޅު ވެސް މިއަދު މަރުނުވާނެކަމުގެ ޔަޤީންކަމެއް ކާފަގެ ނެތެވެ…’ އާއެކެވެ! އަހަރެން މަރުވާނެ އިރެއް ނޭނގެ އެވެ! ހަމަ މިވަޤުތުވެސް މަރުވެދާނެ އެވެ.

އަހަރެން ރޮމުން ދިޔައިރު ފަރަޙަ ދިޔައީ އަހަންނަށް ނަޞޭޙަތް ދެމުންނެވެ.

‘އެކުވެރިޔާ އެވެ! ކެތްތެރި ވާށެވެ! އަހަރުމެންގެ ތެރެއިން ކޮންމެ މީހަކީވެސް މަރުގެ ރަހަ ލިބިގަންނާނެ މީހެކެވެ. މައްޔިތާގެ މައްޗަށް ހެޔޮ ދުޢާ ކުރުމަކީ ދިރިތިބީންގެ މައްޗަށް އޮންނަ ކަމެކެވެ. ކާފަ ކުރިމަތީގައި ރޯނަމަ، އޭގެ އަސަރު ކާފައަށް ވެސް ކުރާނެ އެވެ.

‘ރަޙްމަތްތެރިޔާ އެވެ! ހިތްހަމަ ޖެހޭށެވެ! ﷲގެ އޯގާވެރި ރަޙްމަތްފުޅުން ތިބާގެ ކާފައަށް ސުވަރުގެ ލިބޭ ހުއްޓެވެ. ކިހާ މަތިވެރި ނިޢުމަތެއްތޯ އެވެ؟ ބަރުޛަޚުގައި ކާފައަށް ﷲގެ އިރާދަފުޅާއި މިންވަރުފުޅުން އަރާމާއި އުފާ ޙާޞިލް ކުރެވޭނެ އެވެ.

‘އަހަރެންގެ މިތުރާ އެވެ! ދެރަވާންވީ ކޮންކަމަކާ ހެއްޔެވެ؟ ކާފަގެ ނިމުން އެއައީ ކިހާ މަތިވެރިކޮށް ހެއްޔެވެ؟ ﷲގެ ކަލާމްފުޅު ކިޔަވާލަ ކިޔަވާލަ އޮއްވަ އެވެ. ކިހާ ބޮޑު ނަޞީބެއްތޯ އެވެ؟ ޢުމުރުގެ އެންމެ ފަހު ސިކުންތުކޮޅު ވެސް ތިބާގެ ކާފަގެ ދުލުން އެ ބޭރުވީ މާތްވެގެންވާ ކީރިތި ޤުރުއާނުގެ މޫރިތި އާޔަތްތަކެވެ…

‘އޭ އަހަރެންގެ ލޮބުވެތި އުޚްތާ އެވެ! ދެންވެސް ކާފަގެ މައްޗަށް ހެޔޮދުޢާ ކުރާށެވެ! ތިބާގެ ކާފަގެ ހުރިހާވެސް މީހަކީ ތިއީ އެވެ. ތިހެން ހިތްވަރު އެލުވާލުމުން ވާނެ އެއްވެސް ފައިދާއެއް ނެތެވެ. ނުވެސް އޮންނާނެ އެވެ. ވީމާ ވަޤުޠު ބޭކާރު ކުރަނީ ކީއްވެގެން ހެއްޔެވެ؟ ﷲގެ ޙަޟްރަތުން އުންމީދު ކަނޑާލުމަކީ މުސްލިމުންގެ ޞިފައެއް ނޫނެވެ. ކާފައަށް ސުވަރުގޭގެ މަތިވެރި ނިޢުމަތް ލެއްވުން އެދި ﷲގެ ޙަޟްރަތުގައި ދަންނަވާށެވެ. އަދި ތިބާގެ ކުށްތަކަށް އަވަހަށް ތަޢުބާވާށެވެ! ﷲ އީ އެންމެހާ އަޅުތަކުންގެ އިލާހުވަންތަ، ފާފަފުއްސަވާ، ރަޙީމްވަންތަ ރަސްކަލާނގެ އެވެ.’

ފަރަޙަގެ ވާހަކަތައް އަހަރެން ކަނުލާ އަޑުއެހީމެވެ. މާޔޫސް ކަމުގެ މައްޗަށް އާ ހިއްވަރެއްގެ ސާލު ވައްޓާލިފަދަ އެވެ. އަހަރެންގެ ކަރުނަތައް ހުއްޓުނެވެ. އަތުގެ ނުފުށުން ކަރުނަތައް ފުހެލީ އާ ޢަޒުމަކާއި އެކުގަ އެވެ. މާތް ﷲ އިރާދަފުޅުން އަހަރެން ހިތްވަރު ކުރާނަމެވެ. ހަރުދަނާ ކެތްތެރިއަކަށް ވާނަމެވެ. އަދި ﷲގެ ޙަޟްރަތުން އުންމީދު ކަނޑައެއް ނުލާނަމެވެ.

އަހަންނަށް ފެނުނު ކުރު ހުވަފެނުގެ ވާހަކަ ފަރަޙަ އަށް ކިޔާދިނީމެވެ. ވަރަށް އަހާހިތުން އިނދެ ފަރަޙަ އަހަރެންގެ ވާހަކަތައް އަޑުއެހި އެވެ. އޭނާ އިނީ ޙައިރާންވެފައިކަން ކިތަންމެ ރަނގަޅަކަށްވެސް އޭނާގެ މޫނުމައްޗަށް އަރާ ފައިބަމުންދާ ކުލަވަރުތަކުން އެނގި ހާމަވެ އެވެ. އެންމެފަހުން ފަރަޙަ އޭނާއަށް ފެންނަގޮތުގެ ޚިޔާލު ފާޅުކުރި އެވެ. ފަރަޙަ ބޭނުންވީ މިވާހަކަތައް ޢަބްދުލް ޢަޒިޒްބެއަށް ކިޔާދީ އޭގެ މާނަ ހޯދުމަށެވެ. ޢަޒިޒްބެއަކީ ރަށު ބޮޑު މިސްކިތުގެ ޢިމާމެވެ. ހުވަފެން ތަދުބީރު ކުރެއްވުމުގެ މާޙިރެކެވެ. ފަރަޙަގެ ޚިޔާލަށް އަހަރެން ތާޢީދު ކުރީމެވެ.

ދެން އަހަރެމެން އެންމެ އިސްކަމެއްދިނީ އަހަރެންގެ ލޯބިވާ ކާފަގެ މޫނު ދެކިލަން ދިޔުމަށެވެ. އަހަރެމެންނަށް އެތަނަށް ދެވުނުއިރު ކާފައޮތީ ސާފު ހުދު ފޮއްޗަކުން ކަފުންކޮށްފަ އެވެ. ދެލޯ މެރިފައިވާއިރު ކާފަގެ ތުންފަތްމަތީގައިވަނީ ރީތި ހިނިތުންވުމެކެވެ. އަހަންނަށް އަނެއްކާވެސް އަސަރު ކުރަންފެށި އެވެ. ނަމަވެސް އަހަރެން ކެތްތެރިވާން މަސައްކަތްކުރީމެވެ. އެކަމަށް ފަރަޙަގެ ފަރާތުން އަހަންނަށް ވަރަށް އެހީތެރިކަން ލިބުނެވެ.

ކާފަގެ މޫނަށް ބަލަމުންދިޔައިރު ކުރީގެ ހަނދާންތައް އަހަންނަށް ތަސްވީރުތަކެއްގެ ސިފައިގައި ފެންނަމުންދިޔަ އެވެ…

***

އެއީ މީގެ އަށް އަހަރު ކުރީގެ ހަނދާންތަކެވެ. އަހަރެންގެ ޢުމުރުން ގާތްގަނޑަކަށް ދިހަ އަހަރެވެ. މާމަވެސް އޭރު ދިރި ދުނިޔޭގައި ހުއްޓެވެ. މަންމަ އާއި ބައްޕަ ދުނިޔޭގައި ނެތަސް، ކާފަ އާއި މާމަ އަކީ އަހަރެންގެ ދެވަނަ މައިންބަފައިން ފަދަ އެވެ. މަންމައެއްގެ ލޯބިން މަޚުރޫމްވެފައިވާކަމުގެ ކުޑަވެސް އިޙްޞާޞެއްވިޔަކަނުދެ އެވެ. ބައްޕައެއްގެ ކުލުނު އެއީ ގެއްލިފައިވާ އެއްޗެކޭ ހިތަށްވެސް ނާރާވަރަށް އެމީހުން އަހަންނަށް އަޅާލުމާއި ލޯބިދިނެވެ. އަހަންނަށް ކިޔަވައިދިނުމަށް އެމީހުން ރެއެއް ދުވާލެއް ބެލުމެއްނެތި ހޭބޯނާރާ މަސައްކަތް ކުރަމުން ދެއެވެ. ގެއަށް އެދުރުން ގެނެސްދީގެން ކިޔަވައިދީ ހަދަ އެވެ. މާމަ އާއި ކާފަގެ މިންނެތް މަސައްކަތުން އަހަރެން ތަޖުވީދު މަގުން ޤުރުއާން ކިޔަވަން ދަސްކުރީމެވެ. ގިނަ ސޫރަތްތަކެއް ހިތުދަސްކުރީމެވެ. އަހަރެން މަދަރުސާ އަށް ދާންފެށީ އެހާއިރު އެވެ. ކުރިން ކިޔެވީ ގޭގަ އެވެ. އެހެންކަމުން މަދަރުސާއިން ވަރަށް ގިނަ އާ ރައްޓެހިންތަކެއް އަހަންނަށް ލިބުނެވެ. ސަލްމާ އަކީ އޭގެން އެކަކެވެ. އޭނާވީ އަހަރެންގެ ޚާއްޞަ ސިއްރުތައް ގާތުން އެނގޭ ހަމައެކަނި އެކުވެރިޔާ ކަމުގަ އެވެ.

އެއްދުވަހެއްގެ ކިޔެވުން ނިންމާލުމަށްފަހު ސަލްމާ އާއިއެކު އަހަރެން އެގެއަށް ދިޔައީމެވެ. އެއީ ސަލްމާގެ އެދުމުގެވެސް މަތިންނެވެ. ކޮންމެ ދުވަހަކުވެސް މަދަރުސާ ނިމެނީ ހަވީރު ފަސްގަޑި ބައިގައި ކަމަށްވާތީ އިރުދަނީ ގާތްގަނޑަކަށް އޮއްސެމުންނެވެ.

އިރުގެ ވަށައިގެންވާ ދާއިރާ ވަނީ ރީނދޫ، ނާރިނގު އަދި ދަނބު ކުލައިން ފަވާލެވިފަ އެވެ. އެ ކުލަތަކުގެ ވިދުން ކަނޑުގެ ލޮނުގަނޑު ތެރެއަށް ފޭދިގެން ގޮސްފައިވަނީ ކުޅަދާނަ ކުރެހުންތެރިއެއްގެ ހުނަރުވެރި މަސައްކަތަކަށް އަޅާކިޔޭ ވަރަށްވުރެން ވެސް ފުރިހަމަކޮށެވެ. އޮއްސުމަށް ތައްޔާރުވަމުންދިޔަ ދަޅަ އަޅައަޅާ އޮތް ރީނދޫ ބޯޅައެއްގެ ސިފައިގައިވާ އިރުގެ ރަން ދޯދިތައް އަތިރިމަތީގައި ފޯދެމުންދާ ގަސްތަކުގެ ފަތްތަކުގެ ތެރެއިން ފުރޭނިގެން އަންނަގޮތުން އޭގައި ޤުދުރަތީ ޖާދޫއެއް އެކުލެވިގެންވާކަމަށް ހީވެ އެވެ. ކަނޑުގެ އައްސޭރިން ހަނގުރާމައިގެ ލަޝްކަރުތަކެއްގެ މިސާލުގައި ރަށުތެރެއަށް ވަދެގެން އަންނަ ތެތްފިނި ވައިރޯޅިތަކުން ހިތްތަކަށް ހަމަޖެހުން ގެނެސްދެ އެވެ. ދުވާލުދާ ހަތަރުދަމު ކަނޑުމަތީ ހޯރައަޅާފައި އަންނަ ހޯރަތަކާއި މާކަނާ، އެސޮރުމެންގެ ހާއްޔަށް ރުޖޫޢަވަމުންދަނީ އެދުވަހުގެ ކާނާ އާއިއެކުގަ އެވެ. މަސްވެރި ގުރޫޕުތައް ގޮނޑުދޮށުގައި ބައިބަޔަށް މަސްތައް އަތުތާލައިގެން ތިއްބެވެ. އެވެރިންވެސް ހޭބޯނާރާ އުޅެނީ އޮއްސުމުގެ ކުރިން މަސްތައް ވިއްކާ، އަނބިދަރީން ގާތަށް ވާޞިލްވޭތޯ އެވެ. ވަށައިގެން ފެންނަމުންދަނީ ހައްތަހާވެސް ﷲގެ ކުޅަދުންވަންތަ ކަމެވެ. އެކަލާނގެ ޤުދުރަތްތެރިކަމެވެ.

އަހަރެން ސަލްމާމެން ގެއަށް އައީ މަދުރަސާއިން ބާއްވާ ތަމްޞީލަކަށް ކުޑަކޮށް ފަރިތަކޮއްލުމަށެވެ. އޭރު އެގޭގައި ޔުމްނާ އާއި ފަރަޙަވެސް ތިއްބެވެ. މިކުދިންނަކީ އަހަރެންގެ ގާތް އެކުވެރިންގެ ލިސްޓުގައި ހިމެނޭ، އަދި އަހަރެންގެ ކިލާސް މިތުރުންނެވެ.

އަހަރެމެން ކުޅެމުންދިޔައީ ބިރުވެރި ތަމްޞީލެކެވެ. އޭގައި މަރާއި، އަލުން ދިރުމާއި، ލޭ އޮހޮރުވުމާއި، ހަނގުރާމައިގެ މައިދާން ދައްކުވައިދެ އެވެ. އަހަރެން ހަމަޖެހިފައިވަނީ ތަމްޞީލުގެ ބަޠަލާގެ ގޮތުގަ އެވެ. ސަލްމާ އެކުޅުމުގައި އަދާކުރަނީ އަހަރެންގެ ދުޝްމަނެއްގެ ބައެވެ. އިތުރު ކުދިންތަކަކާވެސް އެކު އަހަރެމެން ފަރިތަކުރުން ކުރިއަށް ގެންދިޔައީމެވެ.

***

Share Article

Follow Me Written By

Faxoo

Level 310 Stories100 Comments500 Comments

Other Articles

Previous

ހިޖުރަ (ސަތިރީސްވަނަ ބައި)

Next

ޝެރިން (5 ވަނަ ބައި)

Next
October 13, 2015

ޝެރިން (5 ވަނަ ބައި)

Previews
October 12, 2015

ހިޖުރަ (ސަތިރީސްވަނަ ބައި)

12 Comments!

  1. humey says:
    October 13, 2015 at 2:04 pm

    Girlentha eulheny faxoo..ehenviya inaany ey ukhutgaey..dhw..vaahaka varan reethi..mashallah

    1. Faxoo says:
      October 13, 2015 at 4:20 pm

      jazakAllah Khaeeran Humey.. 🙂 varah ufaavejje kusheh faahagakoh rangalhu goi bunedhinythy. mihaaru innaany rangalhu koffa 🙂

  2. nazi says:
    October 13, 2015 at 2:12 pm

    vara reethi haadha kurey

  3. Anonymous says:
    October 13, 2015 at 7:48 pm

    faraha ey haadha reethi namekey… maana aky hunun, hinithunvun

    1. Faxoo says:
      October 13, 2015 at 11:24 pm

      mashaAllah varah reethi nameh hama ei. 🙂 ?

  4. zai says:
    October 13, 2015 at 11:33 pm

    V salhiii

  5. Faxoo says:
    October 14, 2015 at 1:27 pm

    thankuu nazi, anonymous and zai ✌️?

  6. maree says:
    October 14, 2015 at 2:04 pm

    Varah reethi

    1. Faxoo says:
      October 15, 2015 at 9:07 am

      thankuu maree ???

  7. Neem says:
    October 15, 2015 at 2:27 pm

    V theethi next part kondhuvahakun

  8. Red Rose says:
    October 17, 2015 at 11:24 am

    Varah rythi iburaiytheri vaahaka eh. Mivaahaka liyaa kujjaa ah varah bodah shukuru verivan. Mi vaahakain varah rangalhu iburaiythakeh haasil vejje.. kuriah oiy bayah inthizaaru kuran.

  9. Faxoo says:
    October 18, 2015 at 8:40 am

    JazakAllah Khaeeran all. 🙂

Comments are closed.


All Right Reserved!