Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ބިރުވެރި

ހިރުއްދާ [ވާހަކައިގެ ފެށުން]

GuDuMeena Level 310 Stories500 Comments100 Comments
September 24, 2015 11 Mins Read
58 Comments

ރެކިފުތަކީ ހުވަދުއަތޮޅު އުތުރުބުރީ ގެމަނަފުށީ މަޝްހޫރު ސިހުރުވެރިއެކެވެ. މީހުންނަށް ރެކިފުތު ބަލައިގަނެވިފައި ވަނީ އެކަނިވެރި، ވާހަކަދެއްކުން މަދު ނަމަވެސް މީހުންނަށް ނުރުހެވޭ މާބައިވަރު ސިފަތަކެއް ނުހުންނަ ހިތްހެޔޮ މީހެއްގެ ގޮތުގައެވެ. މީހުންނަށް ނޭނގުނު ނަމަވެސް ރެކިފުތަކީ ރާއްޖޭގައި މިހާރު ދިރި ހުރި ފަސް އިފުރިންފިރާނުންގެ ތެރެއިން އަރާހުރި އެކަކެވެ. ރެކިފުތުގެ ޒުވާންއުމުރު ހޭދަކުރީ ރާއްޖޭގެ އެތަންމިތަނުން އޭނާ ކައިރިއަށް ޖިންނީންގެ އުނދަގުލުން ސަލާމަތްކަން ހޯދަން ސިހުރުހަދަން އަންނަ މީހުންނަށް އެހީވެދީ، ބޮޑެތި ސިހުރު ހާހޫރައިގެ ކަންތަކުގައި ރާއްޖޭގެ އެތަން މިތަނަށް ދަތުރު ކުރުމުގައެވެ. މީހަކަށް ނޭނގުނު ނަމަވެސް ކިތަންމެ ފުރާނައެއް ރެކިފުތުގެ ސިހުރުގެ ޝިކާރައަކަށްވެ ނިމިގޮސްފައި ވެސް ވެއެވެ. އެއީ ކޮންމެ ސިހުރަކީވެސް ކޮންމެވެސް އަގެއް ދައްކަން ޖެހޭ އެއްޗަކަށް ވެފައި ވާތީއެވެ. ރާއްޖޭގައި ހުރި އެންމެ މޮޅު ސިހުރުވެރިޔާ ކަމަށް ގިނަ ސިހުރުވެރިން ރެކިފުތުގެ ނަން ކިޔަންޖެހޭ އެންމެ ބޮޑު ސަބަބަކީ އެހެން ސިހުރުވެރިންނާއި ޚިލާފަށް ރެކިފުތުގެ ސިހުރުގެ ބާރު ހޯދަނީ ހިޔަރިންފިރާނެއްގެ ކިބައިންކަމަށް ވާތީއެވެ.

ހިޔަރިންފިރާނުންނަކީ ނުސާފު، ކެނޑިކެނޑިގެން ދާ ކަޅު ހިޔަންޏެއްހެން ފެނިފައި ގެއްލޭ ބާރުގަދަ ޝައިޠޯނެކެވެ. މި އެތި އިންސާނީ ވުޖޫދަށް ހަށީގަނޑަކާއި ނުލާ އައުމުން މިފަދަ ހިޔަންޔެއް ފަދައިން ފެނެއެވެ. އެއެތި ދަތުރުކުރާލެއް ބާރުކަމުން އިންސާނުންގެ ލޮލަށް އޭގެ އަސްލުސިފަ ފެނުން ދަތިވެއެވެ. އެއީ ޝައިތޯނުންގެ ތެރެއިން އިންސާނުންގެ ހަށިގަނޑަށް ވަދެ މީހާގެ ރޫޙު މަރާލާ އެހަށިގަނޑު އޭތީގެ އަމިއްލަ އެއްޗަކަށް ހަދައިގެން އުޅޭ ބާރުގަދަ އެއްޗެކެވެ. އާންމުކޮށް ސިހުރުވެރިން ވަކިއުމުރަކަށް ދިއުމުން އެމީހުންގެ ހަށިގަނޑު އެއެއްޗިއްސަށް ވިއްކާލުމަށް އަގުދުކޮށް އެއެއްޗިހީގެ އެހީގައި އިންސާނުންގެ ބުއްދިއަށް ނުގެނެވޭ ބާރުގަދަ ނުރައްކާތެރި ސިހުރު ހަދައެވެ. ނަމަވެސް ކޮންމެ ކޮންމެ ސިހުރުވެރިޔަކަށް ހިޔަރިންފިރާނެއްގެ އެހީއެއް ނުހޯދޭނެއެވެ. ހިޔަރިންފިރާނުންނަކީ ރަހުމް ކުޑަ، މީހުންގެ މެދުގައި ފިތުނަ އުފައްދަން ލޯބި ކުރާ އެއްޗެއް ކަމަށްވެއެވެ. އިންސާނެއްގެ ހަށިގަނޑަކާއި ނުލައި އިންސާނީ ވުޖޫދަށް އައުމަކީ މި އެއްޗިހިންނަށް ދަތި ކަމަކަށްވެއެވެ. މިފަދައިން ހޭދަކުރާ ކޮންމެ ހިނދުކޮޅަކީ އެ އެއްޗިހިންނަށް ބަޔާން ކުރަންދަތި ވޭނެއް ލިބޭ ކަމަކަށް ވެއެވެ. އެހެންކަމުން މިފަދަ ހާލަތުގައި ތިބޭއިރު އިންސާނަކަށް އެއެއްޗާއި ގޯނާއެއް ކޮށްލެވިއްޖެނަމަ ރަހުމް ކުޑަކޮށް މަރާލާ ނުވަތަ ދުނިޔެއިން މޮޔަކޮށްލާ ކަމަށްވެއެވެ. މިއީ ޖިންނި ޝައިޠޯނުންގެ ތެރެއިން އިފުރިންފިރާނުން ތަކެތި ޤުރުބާން ކޮށްގެން ބާރު ހޯދާ ޝައިޠޯނުންނެވެ. ހިޔަރިންފިރާނުންދެކެ އެންމެ މޮޅެތި ސިހުރުވެރީންނާއި އިފުރިންފިރާނުންވެސް ބިރުގަންނަ ކަމަށްވެއެވެ. މިއެއްޗިހީގެ އަސްލު ބާރާއި ބެހޭގޮތުން އިހުގެ ސިހުރުވެރިން ބުނެއުޅެއެވެ. ހިޔަރިންފިރާނެއް ރުޅި އަތުވެއްޖެނަމަ އިރުވައި މޫސުން ހުޅަނގު މޫސުމަށް، ދުވާލު ރޭގަނޑަށް ބަދަލުކޮށްލާ، ތޫފާންތައް ކުރިމަތިވެ، ފެންނައެތި ނުފެނި، ނުފެންނަ ކިތަންމެ އެއްޗެއް ފެންނަކަމަށެވެ. ނަމަވެސް މި ޝައިޠޯނުންގެ ހަގީގީބާރެއް އެއްވެސް އިންސާނަކަށް ތަސައްވަރު ނުކުރެވޭނެކަމަށް ބުނެއެވެ. މިފަދަ އެއްޗެއް ނައްތާލުމަށް ސިހުރެއްހަދައި ކާމިޔާބު ނުވެއްޖެނަމަ އެސިހުރެއްގެ ބާރު ދަމައިގަނެ އިތުރަށް ވަރުގަދަވާ ކަމަށްވެއެވެ. މިހެންވެއްޖެނަމަ ދެން އެވަރުގެ ސިހުރަކުން މިއެއްޗަށް އެއްވެސް ކަމެއް ނުވާކަމަށްވެއެވެ. އަދި އަންދާލަން ބޭނުންނަމަ އެއަށްވުރެ ދެގުނަ ބާރުގަދަ ސިހުރެއް ހަދަން ޖެހެއެވެ.

ރެކިފުތަކީ ދެކޮޅުގެ އާއިލާގައި ވެސް ބާރުގަދަ ސިހުރުވެރިން ތިބި، ވިހެއި ސަނަތުގެ ގޮތުން އެހެން ސިހުރުވެރިންނަށް ވުރެ ބާރުގަދަ ސިހުރުވެރިއެކެވެ. ބުނެވޭގޮތުގައި ދިހަ ސިހުރުވެރިންގެ ކިޔެވެލީގެ ބާރު ރެކިފުތު އެކަނި ކިޔަވާ ކިޔެވެލީގައި ހުރެއެވެ.

ޒަމާނަކީ ދީނީ ހޭލުންތެރިކަން އެހާބޮޑު ދުވަސްވަރަކަށް ނުވެފައި ފަންޑިތަ ސިހުރަކީ ކޮންމެ ދުވަހެއްގެ އާންމު ދިރިއުޅުމުގައި ބޭނުން ކުރަން ޖެހޭ އެއްޗަކަށް ވަނީ ވެފައެވެ. މޮޅެތި ސިހުރުވެރިންނަކީ މީހުން ގަދަރުކުރާ ބައެކެވެ. ބަސްވިކޭ ބައެކެވެ. އެހެންކަމުން ސިހުރުވެރިންގެ ތެރޭގައިވެސް އެއީ އެމީހުން ފަޚުރުވެރިވާ ވާދަވެރި ކަމަކަށް ވަނީ ވެފައެވެ.

ރެކިފުތުގެ ޒުވާންއުމުރު ހޭދަކޮށްލީ މީހަކާއި ނުއިނދެ އެކަނިއެވެ. ނަމަވެސް އޭނާ އެކި ފަންޑިތަ ދަތުރުގައި ގޮސްއުޅޭ ރަށްރަށުން އޭނާއާއި އެކު ވަގުތު ހޭދަކޮށްލަން އަންހެން ކުދިން ގޮސްއުޅެއެވެ. އެމީހުންނާއި އެކު ރެކިފުތު ނުބައި ގޮތްގޮތަށް އުޅެފައި ވެއެވެ. އެއީ ރެކިފުތުމެންގެ ޒަމާނުގައި މާބޮޑެތި ކަންކަމެއް ނޫނެވެ. އަނެއްކާ ރެކިފުތުގެ ސިހުރުގެ ކުޅިވަރު ގެންދިއުމަށް ކުރާކަންތަކާ ބަލާފައި ކުޑަކަމެކެވެ.

ރެކިފުތުގެ ދެބައި އުމުރު ފަހަނައަޅާ ދިޔަފަހުން އަރިއަތޮޅު އުތުރު ބިތަށް ކުރި ފަންޑިތަ ދަތުރެއްގައި ރެކިފުތަށް ފުރަތަމަ ފަހަރަށް ރެކިފުތުގެ ހިތްއެދޭފަދަ ފަތްމިނި އަންހެން ކުއްޖަކު ދިމާވިއެވެ. އެއީ ފާތުމައެވެ. ރެކިފުތަށް ފާތުމަ ކަމުދިޔަ ނަމަވެސް ރެކިފުތު ބޭނުންވީ ފާތުމައާއި އެކު އެފަދަގުޅުމެއް ނުބޭއްވުމަށެވެ. ސަބަބަކީ ފާތުމައަށްޓަކާ ރެކިފުތުގެ ހިތުގައި އުފެދުނު ލޯތްބެވެ.

ފާތުމައަކީ އުތުރުބިތުގެ މޮޅު ސިހުރުވެރިއެއްގެ ހުރި ހަމައެކަނި ދަރިއަށް ވުމާއިއެކު ރެކިފުތު ފެނުނީއްސުރެ ފާތުމަގެ ހިތަށް ވެސް ކޮންމެވެސް ގޮތްތަކެއް ވާންފަށާފައި ވެއެވެ. ހީވާކަހަލައެވެ. ރެކިފުތަކީ ފާތުމަ އިންނަން ޖެހޭނެ މީހާއެވެ. މި އިޙުސާސް ރެކިފުތަށްވެސް ދިޔައީ ކުރަމުންނެވެ. އެހެންކަމުން މާ ގިނަ ދުވައެއް ނުވެ ރެކިފުތާއި ފާތުމަ ބައްދަލުކުރެވި ފާތުމަ ރަން ކިޔައިފިއެވެ. ފާތުމަގެ ބައްޕަ، ބަކުރަށްވެސް ރެކިފުތު ކަހަލަގެ ބާރުގަދަ ސިހުރުވެރިއެއްގެ ހިމާޔަތަށް ފާތުމަ ދޫކޮށްލުން ފެނުނީ އެންމެ މޮޅުގޮތް ކަމަށެވެ. އެއީ ސިހުރުވެރި ކަމަކީ އާއިލީގޮތުން ވާރުތަވާ ކަމަކަށް ވެފައި ބާރުގަދަ ސިހުރުވެރިންގެ ދެއާއިލާއަކުން އަންނަ ކުއްޖެއްގެ ސިހުރުގެ ބާރުވެސް ގަދަވާނެތީއެވެ.

ރެކިފުތާއި ފާތުމަ އިނދެގެން ހައެކަ އަހަރު ވީފަހުން ފާތުމަ އަލަށް ބަލިވެ އިނެވެ. މިކަމަށް ރެކިފުތު ބޭނުންވި ނަމަވެސް ސިހުރުގެ އެއްވެސް ކުޅިގަނޑެއް މިކަމުގެ ތެރެއަށް ވައްދަން ރެކިފުތު ބޭނުން ނުވިއެވެ. ފާތުމަ ބަލިވެއިން ފަހުން އޭނާގެ ހަށިގަނޑަށް ބޮޑެތި ބަދަލުތަކެއް އަންނަމުން ދިޔައެވެ. ޖިންނި ޝާއިޠޯނުންގެ އުނދަގޫ އާދަޔާ ޚިލާފަށް ކުރަމުން ދިޔައެވެ. މިކަންކަމަށް ރެކިފުތު ސިހުރުހަދައި ހަށި ރައްކާކުރި ނަމަވެސް ކޮންމެވެސް ވަރަކަށް އުނދަގޫ ނުވާ ދުވަހެއް ނާދެއެވެ. ހީވާކަހަލައެވެ. ރެކިފުތަށް ލިބެންއުޅޭ ދަރިފުޅު ދުނިޔެއަށް އައި ނުދޭން ޖިންނި ޝައިޠޯނުން މަސައްކަތް ކުރަނީއެވެ. ރެކިފުތުގެ ސިހުރުގެ ބާރުން ނޫންނަމަ ފާތުމަ މިހާރަކު ދުނިޔޭގައިވެސް ނީނީހެވެ. ރެކިފުތަށް އެއީ ކީއްވެގެން ކަން އެނގެއެވެ. ރެކިފުތަށް ލީބެން އުޅޭ ކުއްޖަކީވެސް ރެކިފުތު ކަހަލަގެ ބާރުހުރި ކުއްޖަކަށް ވާނެތީއެވެ. އެއެއްޗިހީންގެ މައްޗަށް އަތްގަދަ ކުރެވޭނެތީއެވެ.

ކޮންމެ ސިހުރަކީ އެއަށް އަގެއް އަދާކުރަންޖެހޭ ސިހުރަކަށް ވާތީއާއިއެކު ރެކިފުތުގެ ދަރިފުޅު ދުނިޔެއަށް ގެންނަން ބޭނުންނަމަ ރެކިފުތައް ޖެހެނީ ފާތުމަ ގުރުބާން ކުރާށެވެ. ރެކިފުތު ނިންމީ ފާތުމަގެ ފުރާނަ ދީގެންވެސް އޭނަގެ ބަނޑުގައި އޮތް ދަރިފުޅު ދުނިޔެއަށް ގެންނާށެވެ.

ރެކިފުތުގެ ބާރު ކިތަންމެ ގަދަވިނަމަވެސް ހިރިންފިރާ ކައިރިޔަކު ރެކިފުތަށްވެސް ބޭނުން ގޮތެއް ނުހެދެއެވެ. އެއީ އެއަށްވުރެ މާ ބާރުގަދަ ޝައިތޯނެކެވެ. އޭތި ރެކިފުތަށް އެހީވެދެނީ ވެސް ރެކިފުތުގެ ހަށިގަނޑު އެޔަށް ގުރުބާން ކޮށްފައި ވާތީއެވެ. ރެކިފުތުގެ އުމުރުން ވަކިހާ ދުވަހެއް ވުމުން ރެކިފުތުގެ ހަށިގަނޑު އެ ހިޔަރިންފިރާ ދަމައިގަންނާނެ އެވެ. އެއަށްފަހު އެހަށިގަނޑަށް ވާނެގޮތެއް ބުނާކަށް ރެކިފުތަކަށް ވެސް ނޭނގެއެވެ.

ވެފައިވާ އަގުދާއި އެއްގޮތަށް ހިޔަރިންފިރާ ރެކިފުތުގެ ދަރިފުޅު އެހެނިހެން ނުބައި ޖިންނި ޝާއިޠާނުންގެ އަތްދަށުން ސަލާމަތް ކޮށްދިނެވެ. އޭގެ ބަދަލުގައި އޭތި ފާތުމަގެ ހަށިގަނޑު ގެންދިޔައެވެ. ދަރިފުޅު ވިހެއުމަށްފަހު ފާތުމަ އިންސާނުންގެ ލޯމައްޗަށް ގެއްލުނެވެ. އެއަށްފަހު އެހަށިގަނޑަށް ވީގޮތެއް ރެކިފުތަށްވެސް ނޭނގެއެވެ. ރެކިފުތަށް ނުވެސް ބެލޭނެއެވެ. ހަތްދުވަސް ވުމާއިއެކު ރެކިފުތު އެދަރިފުޅަށް ނަންކިއެވެ. ދާޙީ އެވެ. އެ ނަމަކީ ރެކިފުތަށް ހުވަފެނުގައި ހުދުކުލައިގެ ވަލީވެރިއެއް ކަހަލަ މީހަކު ބައްދަލު ކޮށްފައި ދޭން ބުނި ނަމެކެވެ. މާނައަކީ ހަލުއި ކަން ނުވަތަ ހުޝިޔާރު ކަމެވެ.

މިފަދަ ބޮޑު ގުރުބާނީއެއް ވެގެން ރެކިފުތު ސަލާމަތް ކުރި އޭނާގެ ދަރިއަކީ އާދައިގެ ކުއްޖަކަށް ވާނެހެއްޔެވެ؟ ކާކުގެ ނަސީބެއް ކަމެއް ނޭނގެއެވެ. ރެކިފުތުގެ ދަރިފުޅު ވިހެއީ އެ ގަރުނުގައި ވެސް އައި ހަމައެކަނި ހައްޖު ހުކުރުގައެވެ. އެދަރިފުޅު ވިހެއި ވަގުތުންސުރެ އެދަރިފުޅު ރައްކާތެރި ކޮށްދިނުމަށް ވަށައިގެން ޖިންނީން ހަރަކާތްތެރި ވަމުންދިޔަތަން ރެކިފުތަށް ފެނުނެވެ. ބުނެވޭ ގޮތުގައި ހައްޖު ހުކުރެއްގައި ވިހާ ކުއްޖާގެ ގައިގާ އެއްސަތޭކަ ސިހުރުވެރިންގެ ބާރު ހުރެއެވެ.

ހަގީގަތުގައި ރެކިފުތު ކައިރީގައި ގެންގުޅުނު ހިޔަރިންފިރާ ފާތުމަގެ ހަށިގަނޑު ދޭމަތިން އެދަރިފުޅު ރައްކާތެރި ކޮށްދޭން ވައުދުވީ ނަމަވެސް އޭތީގެ މަގްސަދަކަށްވީ އެދަރިފުޅު ގެ ދުވަސް ދުއްވާލުމެވެ. އެކަންތައް ނުވެފައި އޮތީ އެދަރިފުޅުގެ ހަށި ރައްކާތެރި ކޮށްދޭން ވަށައިގެން އުޅުނު މުއުމިނު ޖިންނީންގެ ޝާހީ ހަށިފާރަވެރިންގެ ސަބަބުންނެވެ. މިކަންތައް ރެކިފުތަށް އެނގުމާއި އެކު ރެކިފުތުގެ ހަށިރައްކާ ކުރުމަށް ފަހު ސިހުރުވެރިކަން އެއްކޮށް ދޫކޮށްލިއެވެ. މިޔަދު ރެކިފުތު ކިތަންމެ ބޭނުން ނުވި ނަމަވެސް ކަނޑައެޅިފައިވާ ވަގުތު އައިސް ޖެހުމާއި އެކު ރެކިފުތަށް ވެސް ޖެހޭނީ ކުރެވިފައިވާ އަގުދުގެ މަތިން އޭނާގެ ހަށިގަނޑު ހިޔަރިންފިރާއަށް ދޭށެވެ. އެކަމާ މިޔަދު ރެކިފުތު ދެރަވެ ހިތާމަ ކުރެއެވެ. ކުރިން ވިސްނުނު ނަމަތާއެވެ.

އޭރު އެޒަމާނު މިފަދަ ކުދިންނަށް ހިރުއްދާ އިންނޭވެސް ކިޔައި އުޅެއެވެ. މާނައަކީ ރަސްގެފާނެވެ. މިފަދަކުއްޖެއް އުފަންވުމާއި އެކު ޖިންނީންގެ ރަސްމަތިފުށުން މިކުދިންގެ ކަންތައްތައް ބަލަހައްޓައިދީ ހަދައެވެ. ހަށި ރައްކާތެރިކޮށްދީ، ކަންތަކުގައި އެހީވެދީ އުޅޭއެވެ. ގިނަފަހަރު އެކުދިންނަށް ނޭނގިއެވެ. ސިހުރުވެރިކަން ވާރުތަކޮށްފައިވާ ކުއްޖެއްނަމަ ބާލިޣުވެ ބޮޑުވުމުން އެކުދިންނަށް މަޑުމަޑުން ކައިރީގައި އުޅޭ އެއްޗެހި ފެނި އެއްޗިހީގެ ފަރާތުން ޚަބަރު ލިބި އުޅެތެވެ. ހިރުއްދާއިންނަކީ އާންމުކޮށް ސިހުރުހަދަން ބޮޑެތި ގުރުބާނީތައް ކުރަން ނުޖެހޭ ބައެކެވެ. އެމީހުންގެ ކިޔެވެލީގެ ބާރުގައި އެކަނިވެސް ބާރުގަދަ ޖިންނި ޝާއިޠޯނުން ކިޔަމަން ކުރުވެއެވެ. އެހެންކަމުން ހިރުއްދާއިންދެކެ އެއެއްޗިހިން ވަރަށް ބިރުގަނެއެވެ.

ދުވަސްތައް ވޭތުވަމުން ދެއެވެ. ދާޙީގެ އުމުރުން 15 އަހަރު ވީއިރު އޭނާގެ ކައިރީގައި އުޅޭ ޖިންނީންގެ އެހީގައި އޭނާގެ ބައްޕަ ދާޙީ ސަލާމަތް ކުރުމަށްޓަކާ ވި ގުރުބާނީގެ ވާހަކަ އެނގިއްޖެއެވެ. ދާޙީ އަކީ އަޚްލާޤު ރަނގަޅު ދީނީ ކަންތަކަށް ފަރުވާ ބަހައްޓާ ކުއްޖަކަށް ވެފައި ކައިރީގައި އުޅޭ މުއުމިން ޖިންނީންގެ ފަރާތުން ހެޔޮނުބައި ދަސްވިއެވެ. ދާޙީގެ އުމުރުން އަށާރަ އަހަރުގައި އޭނާއަށް ފެނުނު ހުވަފެއްގައި އެރަށު އުތުރުފަރާތު ވަލުތެރޭގައި ހުރި ބޮޑު ނިކަގަހުގެ ތޮފަޅައެއްގެ ތެރެއިން ދުވަސްވެފައިވާ ފޮތެއް ފެނުނެވެ. އެފޮތް ފެންނަ އިރަށް އެފޮތަކީ ދާޙީގެ އެއްޗެއްކަމުގެ އިޙްސާސް ކުރެވުނެވެ.

ޖެހިގެން އައި ދުވަހު ދާޙީ އެ ނިކަގަހަށް އަރައި ހުވަފެނުން ފެނުނު ތޮފަޅަ ބެލިއިރު ދުވެސްވެފައި އޮތް ބޯ ފޮތެއް އެ ތޮފަޅަ ތެރޭގައި އޮތެވެ. ދުވަސްވުމާއިއެކު އެފޮތުގެ ގަނޑުތަކުގެ ކުލައަށް އައިސްފައި ހުރި ބަދަލު ނޫނީ އެއްވެސް ގެއްލުމެއް އެފޮތަކަށް ލިބިފައި ނެތެވެ. އެފޮތުގެ ފަހަތް ބަލައިލިއިރު ބަނޑޭރި ގަނޑުގައި އަކައެއް ކުރަހާފައި ވެއެވެ. އެ އަކައަކީ އެފޮތް ރައްކާތެރި ކުރުމަށް ޖަހާފައިވާ އަކައެއްކަން އޭނާ ބަލައިލުމާއި އެކު އެނގިއްޖެއެވެ. ދާޙީ އެފޮތް ހުޅުވައިލުމާއި އެކު އޭނާގެ ކުރިމަތީގައި އެފޮތުގައި ލިޔެ ކުރަހާފައިވާ އެއްޗެތީގައި ސިފަޖެހި އޭގައި ބުނެދީފައިވާ ހުރިހާ އެއްޗެއް މަދު ވަގުތު ކޮޅެއްގެ ތެރޭގައި ދާޙީގެ ހިތުތެރޭގައި ރައްކާ ކުރެވިއްޖެއެވެ. ފޮތް ލައްޕައިލި އިރު އޭނާއަށް އެއީ ކޮންފޮތެއްކަމާއި އެ ފޮތުގައި ހުރި ހުރިހާ މަޢުލޫމާތެއް ބޭނުންކުރަން ވަނީ އެނގިފައެވެ. ނަމަވެސް ސިކުނޑިމައްޗަށް ބާރުބޮޑުވެ ބޮލުގައި ކުޑަރިހުމެއް ހުއްޓެވެ. އެ ފޮތަކީ ދާޙީގެ ކާބަފައިންގެ ޒަމާނުއްސުރެ ބައްޕަގެ އަތުން ދޮށީ ފިރިހެން ދަރިއަށް ވާރުތަ ކުރަމުން އައި ޢާއިލީ ސިހުރުފޮތެވެ. އެފޮތުގައިވާ އެއްޗިހި އެއްކޮށް ދަސްކުރަން މޮޅު ސިހުރުވެރިއަކަށް ވެސް އަހަރުދުވަސް ނަގާނޭ ކަމަށް ވެއެވެ. ނަމަވެސް ދާޙީއަށް ކައިރީގައި ތިބި ޖިނަނީންގެ އެހީގައި މަދު ވަގުތުކޮޅެއްގެ ތެރޭގައި ދަސްވީއެވެ. އެއީ ދާޙީއަށް ލިބިފައިވާ ބާރުގެ ސަބަބުންނެވެ.

ދާޙީގެ ލޮލަށް ބަރުވެ ނިދި އަންނަން ފެށުމާއިއެކު އެގަހުގެ ފަލަ ގޮތްޕެއްގެ މަތީގައި އޮށޯވެލިތަނާ ނިދުނެވެ. އެއީ ކުއްލިއަކަށް ސިކުނޑިއަށް ލިބުނު ލޮޑުކަން ފިލުވައިލުމަށް ޓަކާ ކޮންމެހެން މުހިންމު ކަމެކެވެ. ބައިގަޑިއިރެއް ހާއިރު ވަންދެން ނިދާލެވުމަށް ފަހު ދާޙީއަށް ހޭލެވުނެވެ. އޭރު ދާޙީގެ މޫނުމަތިން ފާޅުވަމުން ދިޔައީ ކަންބޮޑުވުމާއި ހާސްކަމެވެ. އެ ނިދުނު ކުޑަ ވަގުތުކޮޅުގައި ރެކިފުތު ގެ ސިހުރުވެރި ކަމުގައި އެހީހޯދި ހިޔަރިންފިރާގެ ހުރިހާ ވާހަކަ އަކާއި، ދާހީގެ މަންމައަށް ވީގޮތުގެ ވާހަކަ އޭނާއަށް އެނގިއްޖެއެވެ.

ދާޙީގެ ސިކުނޑިއަށް ސިފަވީ ފޮތުން ދަސްވެފައިވާ ކިޔެވެއްޔެކެވެ. ތުން ތަޅުވާލުމާއި އެކު ދާޙީގެ ވަށައިގެންވާ ހުރިހާ ރޫޙާނީ މަޚްލޫޤުންނެއް ދާޙީގެ ލޯމައްޗަށް ކަޝްފުވިއެވެ. ހީވީ ލޯމަތީގައި އަޅާފައިވާ ފަރުދާއެއް ކަހާލެވުނުހެނެވެ. ފެންނަމުން ދިޔަ މަންޒަރަކީ ދުވަހެއްގައި ވެސް ދާޙީއަށް އަދި ފެނިފައި ނުވާފަދަ ބިރުވެރި މަންޒަރު ތަކެކެވެ. ބުނެވޭ ގޮތުގައި ފުރަތަމަ ފަހަރު ރޫޙާނީ ޢާލަމް ކަޝްފުވާ ހިންދު އެފެންނަ މަންޒަރު ތަކުން ބިރުން، ބާރުގަދަ ސިހުރުވެރިން ވެސް ހޭހުސްވެގެން ވެއްޓެއެވެ. ދާޙީއަށް އެވަރު ނުވި ނަމަވެސް ދާޙީގެ ބޮލަށް އެނބުރުން އަރާގޮތް ވިއެވެ. ފެންނަމުން ދިޔަ ސިފަ ހުތުރު ޖިންނި ޝާއިޠޯނުންނާއި އެހެނިހެން މަޚްލޫޤުންގެ ސަބަބުންނެވެ. ދާޙީގެ ހިތަށް އެރިއެވެ. މިދުނިޔޭގައި އިންސާނުން ނޫނަސް ހާދަ މަޚްލޫޤުންނެއް އުޅެއެވެ. ނަމަވެސް އެއެއްޗިހި ތިބީ ދާޙީގެ ބާރު އިޙްސާސްވެ ބިރުން ތުރުތުރު އަޅަ އަޅައެވެ. ދާޙީގެ ލޯ އަމާޒު ވުމާއެކު ކޮންމެ އެއްޗެއްވެސް އަމިއްލަ ރައްކަލަށް ދުވެ ފިލައެވެ. ދާޙީ އިން ގޮފިގަނޑު މަތީގައި ދާދި ކައިރީގައި އިށީނދެގެން އިން ހުދުކުލައިގެ ބިޔަ ވަރައެއްލާފައި ވާ ޖިންނީގެ ސިފަ އިންސާނަކާއި ވައްތަރު ގޮތެއްހުރެފައި، ބަލާލަން ރީތިވެފައި ޝާހީ ގޮތެއް ހުއްޓެވެ. މީގެ ކުރިން ދާޙީއަށް އެހީވެދީ އުޅެފައި ވީ ނަމަވެސް ދާޙީއަށް އެއެއްޗިހި ފެންނަމުން ދިޔައީ ކައިރީގައި ހުންނަ އެނތެރެ ފެންނަ މަޑު ކުލައެއްގެ ދުންކޮޅެއް ހެނެވެ. ވާހަކަ ދެކެވިފައި ވަނީ ހިތުންނެވެ. އެއެއްޗިހި ދައްކާ ވާހަކަ ސިފަވަނީ ހިތަށެވެ. އަސްލު ސޫރަ ފެންނަން މިފެށީ އަދި ކިރިޔާއެވެ. އެޖިންނި ފެނުމުން ދާޙީއަށް އެއީ ކޮން ޖިންނިއެއް ކަން އެނގުނެވެ. އެއީ ޝާހީ ފާރަވެރިޔާ އާމޮސް އެވެ. އެއީ ޢިލްމީ، މޮޅު، ތަޤުވާވެރި ޖިންނިއެއްކަން ބަލާބެލުމަށް ވެސް އެނގެއެވެ.

އާމޮސް ދާޙީއަށް އޭނާގެ ޒިންމާ އަދާކޮށް ނިމުނު ވާހަކަ ބުންޏެވެ. ދާޙީ އޭނާގެ މަންމަގެ ބަނޑުގައި ގަރުބަ ގަތީއްސުރެ މިއަދާއި ހަމައަށް ނުބައި ޖިންނި ޝާއިޠޯނުންގެ ކިބައިން ރައްކާތެރި ކޮށްދެމުން އައީ އާމޮސް އެވެ. ނަމަވެސް ދާޙީއަށް އޭނާގެ ކާބަފައިންގެ ފަރާތުން ވާރުތަ ވެފައިވާ ޢިލްމު ލިބުމާއިއެކު އަމިއްލަ ނަފްސު ދިފާޢު ކުރެވޭނެ ބާރު މިހާރު ދާޙީގެ ކިބައިގާ ވާނެތީ އާއި އެކު އާމޮސްގެ ޒިންމާ އަދާކޮށް ނިމުނީ ކަމަށް ބުންޏެވެ. އަދި ދަމުން ހިޔަރިންފިރާނުންނަށް ފާރަވެރިވުމަށް އެންގިއެވެ. ދާޙީއަށް އެއީ ކޮންބައެއްކަން ވަގުތުން އެނގުނެވެ. މިހާރު ސިޙުރުވެރިކަމާއި ފަންޑިތަ ވެރިކަމުގައި ދާޙީގެ ބައްޕަ ރެކިފުތެކޭ އެއްވަރަށް ދާޙީވެސް ކުޅަދާނައެވެ. ހަމައެކަނި ތަފާތަކީ ދާޙީ އެ އެއްޗިހި ނުބައި ކަމަކަށް ނުބައި ގޮތަކަށް ބޭނުން ނުކުރާނެކަމެވެ. އާމޮސް ގެފަރާތުން ދާޙީއަށް ވަނީ ރަނގަޅު ތަރުބިއްޔަތެއް ލިބިފައެވެ. އާމޮސްއަކީ ދާޙީއަށް ހަމައެކަނި ހަށިފާރަވެރިއެއް ނޫނެވެ. ބައްޕައެކެވެ. އެކުވެރި ރަޙުމަތްތެރިއެކެވެ. އާމޮސްއާއި ވަކިވާންވީ ވަގުތު އައީކަން ދާޙީއަށް އެނގެއެވެ. ދާޙީގެ ހިތް ނޭދުނަސް އެކަމާއި ކުރިމަތިލާން ދާޙީހުރީ ތައްޔާރަށެވެ. އާމޮސްއަށް ދާޙީގެ ހިތުގައި އޭނާއަށް ދެވިފައިވާ މަޤާމު އެނގެއެވެ. އާމޮސް އައީ ޝާހީ އަމުރަށް ކަމުގައި ވިޔަސް މިޔަދު އާމޮސް އެނބުރި ދަނީކީ ދާ ހިތަކުންނެއް ނޫނެކެވެ.

އާމޮސް ދަމުން ދާޙީ ގައިގާ ބައްދާލިއެވެ. އަދި ނުރައްކަލެއް ކުރިމަތިވެއްޖެ ހިނދެއްގައި ކަންކުރަންވީގޮތް ކިޔައިދިނެވެ. އޭރުން ވަގުތުން އާމޮސް ދާޙީއަށް އެހީވެދިނުމަށް އަންނާނެ އެވެ. ނަމަވެސް މިޔަދު އާމޮސްގެ އެހީއެއް ދާޙީއަކަށް ނުޖެހޭނެކަން އެދެމީހުންނަށް ވެސް ރަނގަޅަށް އެނގެއެވެ.

އާމޮސްގެ ބިޔަ ވަރައިން ވައިގެ ތެރޭގައި ޖަހާލުމާއި އެކު ވިދާލި ވިދުވަރެއް ފަދައިން މައްޗަށް އަރައިގެން ގޮސް ގެއްލިއްޖެ އެވެ. ދާޙީ ތުން ތަޅުވާލައި ކިޔެވި ކިޔެވެއްޔަކާއި އެކު ފެންނަމުން ދިޔަ މަންޒަރުތައް އިހު ހުރިގޮތަށް ބަދަލުވިއެވެ. އެއަށްފަހު މަޑުމަޑުން ގަހުން ފައިބައިގެން ގެއަށް ދާން ދިޔައެވެ. ދާޙީގެ ހިތުގައި އޭނާގެ ބައްޕަ ކަންތައް ކުރިގޮތުން ހިތްހަމަ ނުޖެހުނެވެ. އޭނާގެ މަންމަ ދޫކޮށްލުން އެއީ އޭނާ ބަލައިގަންނާނޭ ކަމެއް ނޫނެކެވެ. ދާޙީގެ ބައްޕަގެ ހަށިގަނޑު ހިޔަރިންފިރާނެއްގެ މިލްކަކަށް ވެގެންދާތަން ބަލާކަށް އޭނާއެއް މަޑެއް ނުކުރާނެއެވެ. ދާޙީ ހިތުގެ އަޑިން އަޒުމެއް ކަނޑައެޅި އެވެ. ދާޙީގެ ބައްޕަގެ ހަށިގަނޑަށް އޭތި ވަންނަން އުޅޭ ދުވަހަކުން އޭތީގެ ދުވަސް ދުއްވާލާށެވެ. އެއީ މިހާރު އެޢާއިލާގެ ދުޝްމަނެކެވެ. ދާޙީގެ ބައްޕަ އަތުގައި އޮތް ތަވީދު ނަގާއިރަށް ބައްޕައަށް ހަމަލާ ދޭނެކަން ދާޙީއަށް އެނގެއެވެ. ފަސޭހަ ނުވިޔަސް ހިޔަރިންފިރާނަކަށް ރެކިފުތުވަރުގެ ބާރުގަދަ މީހެއްގެ މައްޗަށް ވެސް އަތް ގަދަކޮށް ލެވޭނެއެވެ. ނަމަވެސް ދާޙީ ކައިރީގައި މާގިނަ ގޮތް ގޮތެއް އެއަކަށް ވެސް ނުހެދޭނެކަން އެނގުމާއި އެކު އަމިއްލަ ބާރާއި ދޭތެރޭގައި ފަޚުރުވެރި ވެލިއެވެ.

ދާޙީ ގެއަށް ގޮސް ރެކިފުތު ކައިރީގައި ހުރިހާ ވާހަކައެއް ކިޔައިދިނެވެ. ކަންތައް ވީ ހުރިހާ ގޮތެކެވެ. ދާޙީ ވީ ރެކިފުތު އުންމީދުކުރި ކަހަލަ ބާރުގަދަ ހިރުއްދާ އަކަށެވެ. ދާޙީ އާއި ރެކިފުތު އެކީގައި ކިޔަވާލި ކިޔެވެއްޔަކާއި އެއްކޮށް އެ ގޭތެރެއިން ހުރިހާ ޖިންނި ޝާއިޠޯނެއް ނެރެ ތަޅުލެވިއްޖެ އެވެ. އަދި އެ ގެ ފެންނަ ހިސާބަށް ވެސް އޭގެން އެއްޗަކަށް ނާދެވޭނެހެން ރައްކާތެރި ވިއެވެ. އެއާއިއެކު ދެބަފައިންނަށް އެ އެއްޗިއްސަށް އަޑުނީވި ވާހަކަ ދެއްކޭ ގޮތް ވީއެވެ.

ދެބަފައިން ރާވަމުން ގެންދިޔައީ ހިޔަރިންފިރާނުގެ ކިބައިން ސަލާމަތް ވާނެގޮތެކެވެ. ރެކިފުތުގެ ވިސްނުން މިޔަދު ކޮށި ނަމަވެސް ދާޙީ އަށް ހުޝިޔާރު ކަމާއިއެކު އެކަމަކާއި ގުޅޭ ކިޔެވެއްޔެއް ހިތުން ކިޔަވާލެވޭނެ އެވެ.

ރެކިފފުތުގެ އެގެއަކީ ސިހުރު ހާހޫރައެއް ހަދަން ބޭނުން ކުރަންޖެހޭ ހުރިހާ އާލާތެއް ހުރި ގެއެކެވެ. ސިހުރުވެރިކަން ރެކިފުތު ދޫކޮށްލި ނަމަވެސް އޭނާ އެތަކެތި ރައްކާތެރިކޮށް ބަހަށްޓާފައި ވަނީ ދާޙީއަށެވެ. އޭނާއަށް އެއެއްޗިހި އެނގެން ޖެހޭނެތީ އެވެ. އެހެން ކަމުން ދާޙީގެ ބުނުމަކަށް މެދުގޭތެރޭގައި ކުނަލެއް އަޅާފައި ސިހުރެއް ހެދުމަށް އެއްޗެތި އެއްކުރެވުނެވެ. އަލިފާންގަނޑެއް ރޯކުރެވި އޭގެ މަތީގައި ފުން ތެއްޔެއް ފާޑުގެ އެއްޗެއް ބެހެއްޓުނެވެ. އަދި އަތުރާލެވިފައިވާ ފުޅިތަކުން ފަހަރަކު އެއްޗެއްގެ މަތިނަގައި ގުރުއާނުގެ އާޔަތްތައް ކިޔަވަމުން އޭގެން އަޅަންޖެހޭ ވަރަކަށް އެތެލީގެ ތެރެއަށް އަޅަމުން ދިޔައެވެ. އެއާއިއެކު އެކި ކުލަ ކުލައިގެ އަލިފާނުން އެތެލީގެ ތެރޭގައި ހުޅު ފަޅަމުން ދިޔައެވެ. ރެކިފުތައް ދާޙީ އެކިޔަވަނީ ކޮން ސިޙުރެއްކަން އެނގެއެވެ. ރެކިފުތުހުރީ ދާޙީގެ ކުޅަދާނަކަމާއި ފަރިތަކަން ފެނި ބަސް ހުސްވެފައެވެ. އެސިހުރަކީ އެތަކެއް ގުރުބާނީ ތަކެއްކޮށް އެތަކެއް ބައިވަރު ސިހުރުވެރިންނެއް އެއްވެގެން ނޫނީ ނެހެދޭ ސިހުރެކެވެ. ނަމަވެސް ދާޙީގެ ރޫޙުގެ ބާރުގައި އެކަނިވެސް އެސިހުރު އެއްވެސް އުނދަގުލަކާއި ނުލައި ހަދަމުން އެދަނީއެވެ. ނުބައި ގުރުބާނީއެއް ނުކޮށް ދީނުން ބޭރު ނުވެއެވެ. ރެކިފުތުގެ ޒަމާނުގައި ވެސް ރާއްޖޭގައި އެފަދަ ބާރުގަދަ ސިހުރުވެރިން ނެތެމާއި އެކު އެ ސިހުރަކީ ހަމައެކަނި ތުންތުން މަތިން އަޑުއިވިފައި އޮތް ފުލޯކު ވާހަކައެކެވެ. އެއީ ހަގީގަތެއްކަން ރެކިފުތައ ގަބޫލު ކުރެވެނީ ކުރިމތިން ފެންނަމުން ދާތީއެވެ.

ކިޔެވެލި ނިންމާލުމާއި އެކު ތެލީގެ ތެރޭގައި ދިހަ ކުލައެއްގައި އަނދަމުން ދިޔަ ދިރޭއެއްޗިހި ތަކެއް ފަދަ އަލިފާންތައް އެއްފަހަރާ ނިވިގެންދިޔައެވެ. އޭރު ދާޙީ ހުރީ ދާހިއްލާލާފަ އެވެ. ހެދި ސިހުރުގެ ސަބަބުން ދާޙީއަށް ވަރުބަލިކަން އިޙްސާސް ކުރެވުނެވެ. ދާޙީ ތެލިނަގައި އޭގައިހުރި އެއްޗެއްގެ އެއްބައި ލޮއި ތައްޓަކަށް އޮއްސާލިއެވެ. އެއީ ސާފު ފެން ފޮދެއް ކަހަލަ އެއްޗެކެވެ. އެއްވެސް ވަހެއް ނެތް ދިޔާ އެއްޗެކެވެ. ނަމަވެސް އާދައިގެ ފެނަށްވުރެ ތަންކޮޅެއް އޮލަ އެއްޗެކެވެ.

ދާޙީ އެ ތަށި ނަގައި ރެކިފުތަށް ދިއްކޮށްލުމާއި އެކު ރެކިފުތު އެ ތަށި ބޮއިލިއެވެ. އެއާއި އެކު ވަރުތަކެއް އަރާފައި ރެކިފުތު މައިތިރި ވިއެވެ. މިހާރު ރެކިފުތު ގަޔަށް ހިޔަރިންފިރާނެއް ވަދެއްޖެ ނަމަ އެ އެއްޗެއް ދެން ދުވަހަކު އިންސާނެއް ގަޔަށް ނުވަދެވޭނެހެން އިންސާނީ ދުނިޔެއަށް ދޫވެގެން ދާނެއެވެ. އެއީ އެ އެއްޗަށް ދެވޭނެ އެންމެ ބޮޑު އަދަބެވެ. ނަމަވެސް އިންސާނުން އުޅޭ ހިސާބަށް އާދެވިއްޖެ ނަމަ އެހިސާބެއްގެ އިންސާނުންނަށް ބޮޑެތޮ މުސީބާތް ޖައްސާ،  އެކަމުގެ ބަދަލު އިންސާނުންގެ ކިބައިން ހިފާނެއެވެ. އެހެން ކަމުން އެފަދަ ނުރައްކާތެރި ސިހުރެއް ހަދަން ދާޙީ ނިންމީ ވިސްނުންތެރި ކަމާއި އެކުއެވެ. އޭތި ރެކިފުތު ގަޔަށް ވަނުމުން ސިހުރުޖެހި، ދޫވާނެއެވެ. އެއާއިއެކު ދާޙީ އެއެއްޗަށް ދުނިޔޭގެ ބިމަށް ނާދެވޭނެހެން މަރުވަންދެން ދުނިޔޭގެ ވަށައިގެން އެނބުރެން ދޫކޮށްލާނެ އެވެ.

ދާޙީގެ މޫނުމަތިން ފެންނަމުން ދިޔައީ ޔަގީންކަމާއި ހަރުދަނާ ކަމެވެ. ރެކިފުތު ހުރީ އެކަމަށް ތައްޔާރުވެ އެ ބާރުގަދަ ހިޔަރިންފިރާނުގެ އުނދަގުލުން އަބަދުގެ އަބަދަށް ސަލާމަތް ވުމަށް ބޭނުން ވެގެންނެވެ. ދާޙީގެ އަތުން ރެކިފުތުގެ އަތުގައި އަޅާފައި އޮތް ތަވީދު ނެގިއެވެ. އަދި ކެއްކި ތެލީގައި ބާކީހުރި ބަޔަށް ޒަމްޒަމް ފެން އޮއްސަމުން ކިޔެވެއްޔެއް ކިޔަވައިލިއެވެ. އެއަށްފަހު އެ ތެއްޔަށް އަތް ކޮއްޕާލިއެވެ. އަދި ލޯ މަރައިގެން ހުރެ ތުން ތަޅުވާލުމަށް ފަހު ލޯ ހުޅުވާލައި އަތް ނެގިއެވެ. އޭރު ދާޙީގެ އަތުގެ ވަށައިގެން ލެވިފައިވާ ފެން ކުލައިގެ ޖެލީ ފަށަލައެއްހެން ހުރި އެތި ދިރޭއެއްޗެއް ފަދައިން އިނގިލިތަކުގެ ވަށައިގެންނާއި އަތް ތިލައިގެ ވަށައިގެން ދައުރުވަމުން ދެއެވެ. ހީވަނީ އަތުގައިވާ ދަމާބާރުގެ ސަބަބުން ފެންތައް އަތް ވަށައިގެން، ކޯރެއްގެ މަތީގައި ފެން ހަރުލާފައި ވާހެން ހަރުލާފައި ވަނީހެނެވެ. ރެކިފުތައް މިމަންޒަރު ފެނި ބުނާނެ އެއްޗެއް ނޭނގި ބަސް ހުސްވެފައި ހުއްޓެވެ. އަދި ކުރަން އުޅޭ ކަންތަކަށް ކުރިމަތިލާން އިތުރު ހިތްވަރެއް ލިބުނެވެ.

ދާޙީ ތައްޔާރު ވެލުމަށްފަހު އެ ހެދި ސިހުރުތައް ޖިންނީންނަށް ހާމަ ނުވާނެފަދަ ކިޔެވެއްޔެއް ކިޔަވައިލިއެވެ. އެއަށްފަހު އެ ގޭގެ ވަށައިގެން ލާފައިވާ ރައްކާތެރިކަމުގެ ބާރު ދުއްވާލިއެވެ. އެއާއިއެކު އެގެ ލޮލުކޮޅަށް ފެންނަ ހިސާބުގައި ހުރި ހިޔަރިންފިރާނަށް ރެދަން ކުލައިގައި ފެންނަމުން ދިޔަ ރައްކާތެރި ކަމުގެ ފާރު ގެއްލިގެން ދިޔަތަން ފެނުނެވެ. އަދި އެގޭގެ ތެރޭގައި ހުރި ރެކިފުތު ގެ އަތުގައި އަޅާފައިވާ ތަވީދު ނެތްކަން އިހްސާސް ކުރެވުނެވެ. ނަމަވެސް ދާޙީ އެތާނގައި ހުރިތަނެއް އެއްވެސް ޖިންނިއަކަށް ނުފެނެއެވެ. ހިޔަރިންފިރާ އިންސާނީ ވުޖޫދަށް ފާޅުވެލިއެވެ. ކަޅުކުލައިގެ ބިޔަ ފުސް ހިޔަނީ ތެރެއަން ރަތް ކުލައިގެ ދިއްލިފައިވާ ދެލޯ އުޑާ ދިމާލަށް ބަލައިލި ކޮންމެ މީހަކަށް ފެންނާނެއެވެ. އަޅަން ފެށިވޭނާއި އެކު ލަސްނުވެ އޭތިބެލީ ރެކިފުތުގެ ހަށިގަނޑުގެ ހިމާޔަތް ހޯދައި އޭނާގެ ދަރިފުޅަށް އާދެވުމުގެ ކުރިން އެ ހަށިގަނޑާއި އެކު ފިލާށެވެ. އެހެނީ މިހާރެ އޭތީގެ ހުރި ބާރާއެކު ދާޙީ އާއި ކުރިމަތިލެވެން ނެތުމުންނެވެ. ވިދާލި ވިދުވަރެއް ފަދައިން ހިޔަރިންފިރާ ރެކިފުތުގެ ގެޔާއި ދިމާލަށް އުދުހިގަތެވެ. ނާމާންކަން ފަޒާގެ ތެރެއަށް ފަތުރަމުންނެވެ. އެހިސާބުގައި ވާ ދިރޭއެއްޗިއްސަށް މި ނާމާންކަން އިޙްސާސްވެ އެހިސާބު ދޫކޮށް އެތަން މިތަނަށް ހުދުހިގަތެވެ.

ކާޅުތަކާއި އެކި ދޫނިތައް އެއްއަޑަކުން ހަޅޭލަވަމުން އުދުހިގަތް އަޑާއި އެކު ދާޙީއަށް އެ ވާންއުޅޭ އެއްޗެއް ރަނގަޅަށް ވިސްނުނެވެ. ބަލަ ބަލާ ހުއްޓައި އެ ބިޔަ ހިޔަނި ފުރާޅުގެ ތެރެއިން އައިސް ރެކިފުތުގެ ކުރިމައްޗަށް ޖެހިގަތީ ބިރުވެރި އަޑުފައްގަނޑަކާއި އެކުއެވެ. ރެކިފުތު ގަތްބިރުން ދެފިޔަވަޅެއް ފަހަތަށް ޖެހިލެވުނު ނަމަވެސް މިޔަދު ހިޔަރިންފިރާނުގެ އަތްދަށުން އޭނާއަކަށް ސަލާމަތެއް ނުވެވޭނެއެވެ.

ވަގުތުން އޭތި ދުންގަނޑެއްގެ ސިފައިގައި ރެކިފުތުގެ ނޭފަތައް ވަދެގަނެއްޖެ އެވެ. އެއަށްފަހު ވޭނީ ހަޅޭކަކާ އިއެކު އެއަށްވުރެ އަވަހަށް އޭތި ނިކުމެ ތެޅިފޮޅެން ފަށައިފިއެވެ. ރެކިފުތު ބިންމައްޗަށް ދެމުނެވެ. އެއާއިއެކު ހިޔަރިންފިރާނަށް ދާޙީ އެއެއްޗާއި ދާދި ކާރީގައި ހުއްޓއި ފެނުނެވެ. ދާޙީގެ ރޫޙުގެ ބާރުގަދަ ކަމުން އެ އެއްޗަށް ދާޙީ ސިފަވަމުން ދިޔައީ ހުދުކުލައިގެ ބިޔަ ރޫޙާނީ އައްޔެއްގެ ސިފައިގައެވެ. އޭތި ވަގުތުން އެތަނުން ރައްކާވެ ގަތުމަށް އެނބުރިލި އެވެ.

ހަމަ އެވަގުތުގެ އިންތިޒާރުގައި ހުރި ދާޙީ ހިޔަރިންފިރާނާއި ދިމާލަށް ސިހުރުގެ ބާރުހުރި އަތް ނޫން އަނެއް އަތް ދިއްކޮށްލަމުން، ސިހުރުގެ ބާރު ހުރިއަތް އުނަގަނޑާއި ކައިރި ކޮށްލުމަށް ފަހު އެއަތަށް ގައިގާ ހުރި ބާރެއް ލުމަށްފަހު ކިޔެވެއްޔަކާއި އެކު އެ އެއްޗާއި ދިމާލަށް އަތް ހޫރައިލީ އެއަތުން ޖަހާ އޭތި ވިއްސާލާ ފަދައިންނެވެ. އެއަތުގައި ހުރި ސިހުރުގެ ދިޔަވަރުގެ ތެރެއިން އުފެދުނު ވައިގެ ބާރުގަދަ އޮއިވަރާއި އެކު ހިޔަރިންފިރާނު އެގޭގެ ފުރާޅު ފަޅާލާފައި އަޑުފައްގަނޑަކާއި އެކު ވިއްސައިގެން ދިޔައީ އެތައް ހާސް މޭލު ބާރުމިނުގައެވެ. އެ ދިޔަ ބާރުމިނުގައި ދެނިޔޭގެ ބޭރަށް، ވައިގެ ތެރެއަށް ގޮސް ގެއްލުނެވެ. އެއާއިއެކު ނާމާންކަން ފިލާ، މުޅިރަށް އަމާން ވެއްޖެއެވެ.

އޭތި އެ ވޭނުގައި ނިމިދަންދެން ވެސް ދުނިޔޭގެ ބިމަކަށް ނާދެވޭނެ އެވެ. ބުނެވޭ ގޮތުގައި ވިއްސަކަށް އަހަރު ވަންދެން އެ ސިހުރުގެ ބާރުގައި ހިޔަރިންފިރާނެއް ދުނިޔެއަށް ނާދެވި ދުނިޔެ ވަށައިގެން އެނބުރެމުން ދާނެއެވެ. އާންމުކޮށް ދިހަ ވަރަކަށް އަހަރު އެގޮތުގައި ހޭދަވުމަށް ފަހު އަމިއްލަޔަށް އަނދައިގެން ދާނެއެވެ. އެހެންކަމުން ދާޙީއަށް ލިބުނީ ބޮޑު ހިތްހަމަ ޖެހުމެކެވެ. އެއީ އެއެއްޗެއްގެ ކިބައިން ސަލާމަތް ވެވުނީތީއެވެ.

ދާޙީ މަޑުމަޑުން، ވެއްޓިފައި އޮތް ރެކިފުތުގެ ކައިރިއަށް ޖެހިލައި އަތްދަނޑި މައްޗަށް އުފުލާލިއެވެ. ވަރު ހުސްވެފައިވާ ބައްޕަގެ ހަށިގަނޑު ބޮޑާށި މަތީގައި ބާއްވާލުމަށް ފަހު ފެންތައްޓެއް ކިޔަވާލައި ރެކިފުތުގެ މޫނަށް ބުރުވައިލިއެވެ. އެއާއިއެކު ރެކިފުތުގެ ލޯ ހުޅުވުނެވެ. ގައިގެ ވަރު ޖެހި ރަނގަޅުވަމުން ދިޔައެވެ.

ދާޙީ ވެގެންދިޔައީ އޭނާގެ ބާރާއި އެކުވެސް މަޑުމައިތިރި، މީހުންނަށް އެހީވެދީ އުޅުނު ތަޤުވާވެރި އަޅުވެރިޔަކަށެވެ. ނަހަމަގޮތުގައި، ސިހުރާއި ފަންޑިތަ ދާޙީއެއް ބޭނުމެއް ނުކުރެއެވެ. އިތުރު ދިހަވަރަކަށް އަހަރު ހެޔޮލަފާ ދިރިއުޅުމެއް އުޅުމަށްފަހު، ރެކިފުތު ގުދުރަތީ މަރަކުން މަރުވިއެވެ.  އެއަށްފަހު ވެސް ދާޙީ ތަގުވާވެރި ދިރިއުޅުމެއް އުޅެމުން ދިޔައެވެ.

އޭގެ ވިއްސަކަށް އަހަރު ފަހެވެ. ދުނިގެ ތަރައްޤީވެ ފުޅިބައްތީގެ ޒަމާން ނިމުމަކަށް އައިސް ކަރަންޓާ މުވާސަލާތީ ގުޅުންތައް ވަރުގަދަވެ ރަށްރަށް އަލިވެ އިންޓަރނެޓްގެ ބޭނުން ކުރެވެން ފެށުމުން ޖިންނި ޝާއިޠޯނުންގެ ބާރު ދަށްވެ ސިހުރާއި، ހާހުރައިގެ ބާރުދަށްވެ ރަށްރަށް އަމާންވެފައި ވެއެވެ. ރޭގަނޑެއް ދުވާލެއް ތަފާތުވުމެއް ނެތި މީހުން ތަންތަނަށް ނިކުމެ އެކި ކަންކަމުގައި ދެޖިންސު އެއްވެ މަޖާ ކުރުމުގައި ބިރެއް ނެތި އުޅެން ފަށައިފިއެވެ. ތަރައްޤީއާއި ތަހުޒީބުގެ ގަބޫލުކުރުންތައް ޖިންނި ޝައިޠޯނުންނަކީ ފުލޯކު ވާހަކަތައް ކަމަށް ހަދައިފިއެވެ. ބިރުފިލައި ހިނގައްޖެއެވެ.

ހިތުގައި ބަދަލުހިފުމުގެ ރޫޙު އުތުރި އަރަމުން ދިޔަ ހިޔަރިންފިރާ އެ ވޭނުގައި ދާޙީގެ ސިހުރުގެ ބާރުގައި ދުނިޔެވަށައި އެނބުރެމުން ދިޔަތާ ވިހި އަހަރު ވީއިރު އޭތީގެ އަޒުމް ވަރުގަދަ ކަމާއި ބަދަލްހިފުމުގެ ރޫޙުގައި ކެތްކުރަމުން ދިޔައެވެ. ނުކައި ނުބޮއި އެހާލުގައި ވޭންލިބި ލިބި އޭތިވަނީ ސިފަހުތުރުވެ، ގައިބާރުދައްވެ، އަނދައިގެންދާން ކައިރި ވެފައެވެ. ނަމަވެސް..

ވިހި އަހަރު ވުމަށް ފަހު ސިހުރުގެ ބާރު ކެނޑިގެން ދިޔައެވެ. އެއާއިއެކު ބާރުގޮސް، އަނދައިގެން ދާން ކައިރި ވެފައިވާ ހިޔަރިންފިރާ ދުނިޔޭގެ ދަމާބާރަށް ވެއްޓެމުން ދިޔައެވެ. އެއާއިއެކު އޭތީގެ ރަތް ދެލޯ ހުޅުވައިލި އެވެ. އެ ސިހުރުގެ ސަބަބުން އޭތި މަރެއް ނުވިއެވެ. އޭގެ ބަދަލުގައި އޭތިވަނީ އިތުރަށް ބާރުގަދަވެ އެވަރުގެ ސިހުރަކުން ދިފާއު ވުމުގެ ގާބިލުކަން ލިބިފައެވެ. ދުނިޔޭގެ ބިމާއި ކައިރިވަމުން ދިޔަވަރަކަށް މޫސުން ގޯސްވެ ޠޫފާނީ ވަޔާއެކު ނާމާންކަން ދުނިޔެމައްޗަށް ފަތުރަމުން އޭތި އަންނަމުން ދިޔައެވެ. މުޅި އިންސާނީ ދަރިފަސްކޮޅުގެ ކިބައިން ބަދަލު ހިފުމުގެ ބޭނުމުގައެވެ. ދާޙީގެ ސިހުރުގެ ބާރުގައި އިންސާނެއްގެ ހަށިގަނޑަށް އޭއްޗަކަށް ނުވަދެވޭނެ އެވެ. އެވޭނުގައި އަބަދުގެ އަބަދަށް ހައްޔަރުވީ އެވެ. އޭތި އެ ވޭން އިންސާނުންނަށް ޖައްސާނެ އެވެ. އިންސާނީ ދަރިފަސްކޮޅުގެ ކިބައިން ބަދަލު ހިފާނެ އެވެ. ރުޅިވެރިކަމާއި، ބަދަލުހިފުމުގެ ރޫޙުން އޭއްޗަށް އިތުރު ބާރު ލިބެމުން ދިޔައެވެ. ނާމާން ކަމުގެ ކަޅު އަނދިރި ރޭތަކެއް ދުނިޔެމައްޗަށް ވެރިވެގެން ދާން އުޅޭކަން ރޭކާލާ ހުރީ ހަމަ އެއްމެ މީހެކެވެ.

ރަށުގެ ތުނޑި މައްޗަށް ނިކުމެ އެ ކަޅު އަނދިރި ރޭ އުދަރެސް މައްޗަށް ބަލަހައްޓައިގެން ހުރި ދެބައި އުމުރުގެ، ބައިމަތި ފުޅާ، ހަށިގަނޑުން ވަރުގަދަ ދާޙީގެ ހުރިހާ އިސްތައްޓެއް ކޮޅަށް ޖެހިފައި ވިއެވެ. ކުރަމަތި ވަމުންދާ ހަނގުރާމައިގެ ބިރުވެރިކަން އިޙްސާސްވެ އޭނާގެ ހިތުގެ އެންމެ އަޑީގައި ރޫރޫ އަޅައިލިއެވެ.

-ވާހަކަ ފެށުނީ-

 

މިވާހަކަ ގުޑޫ ލިޔަމުން ގެންދާނަން ވަގުތު ވީވަރަކުން.. ލިޔެވޭ ވަރަކަށް ގުޑޫ ގެ ބްލޮގް gudu.esy.es އަށް އަޕް ކުރަމުން ގެންދާނަން. އެކަމަކު މިހާރު އެސްފިޔައަށް ލިޔަމުން ގެންދާ ވާހަކަ ދީވާނާ ލޯބިންވެއްޖޭ ނިމުމުގެ ކުރިއަކުން އެސްފިޔައަކަށް މި ވާހަކަ އަޕް ކުރާކަށް ގަސްތެއް ނުކުރަން.. އެއީ ތަންކޮޅެއް ދިގުކޮށް ލިޔަން ވިސްނާފައި އޮތް ވާހަކައަކަށް ވީމައާއި އެކު މިހާރަކު ދެވާހަކަ އެއްކޮށް ލިޔަމުން ދާހާ ވަގުތެއް ނެތީމަ.. އެހެން ވީމަ މިވާހަކަ ކަޔާލާ ހިތުން ތިބި ކިޔުންތެރިންނަށް ވެސް ބުނެލަން އޮތީ ކެތްކޮށްލާށޭ.. މީ އަދި ގަވައިދުން ކިޔާލަން ލިބޭނެ ވާހަކައެއް ނޫނެކޭ.. ދެން ކުރިން ބުނިހެން ލިޔެވޭ ވަރަކަށް އަޕް ކުރާނަން ބްލޮގަށް. ހުރިހާކުދިންނަށް ވެސް އަޟްޙާ ޢީދުގެ ހެޔޮ އެދުމާއި ތަހުނިޔާ އަރިސްކުރަން. 🙂

ބައިދވޭ މިހާރު މި ވާހަކައިގެ ފުރަތަމަ ޕާޓް ލިޔެ ނިމިފަ އިނީ އެބައި ކިޔާލަން ބޭނުންވާ ކުދިން މި ލިންކަށް ފިތާލުމުން އެ ވާހަކަ ނިއު ޓެބެއްގަ ހުޅުވޭނެ.

މި ބަޔަކީ ޢީދަށް ޚާއްޞަކޮށް ހަދިޔާއެއްގެ ގޮތުން ލިޔުނު ބައެއް. ސޯ ގުޑޫގެ ބްލޮގުން ވާހަކަ ކިޔާލާ ކުދިންވެސް ޑޫ ލީވް އަ ކޮމެންޓް. ?

 

Share Article

Follow Me Written By

GuDuMeena

Level 310 Stories500 Comments100 Comments

Other Articles

Previous

ޢީދު މުބާރިކް

Next

ހިތުގަ މިވާ ސޫރަ ތެދޭ! 3

Next
September 24, 2015

ހިތުގަ މިވާ ސޫރަ ތެދޭ! 3

Previews
September 23, 2015

ޢީދު މުބާރިކް

58 Comments!

  1. GuDuMeena says:
    September 24, 2015 at 7:00 am

    HOPE U GUYS LIKE THE STORY!

    1. Story reader says:
      September 29, 2015 at 10:52 pm

      Gudu ge blog akee kobaa

  2. Shyn says:
    September 24, 2015 at 7:39 am

    Nice

    1. GuDuMeena says:
      September 24, 2015 at 10:17 am

      🙂

  3. vaahaka ky meeha says:
    September 24, 2015 at 8:21 am

    Varah reethi mi haahaka gudu ge blog in ves kiyaalaanan. Dhen vaane gotheh balaalaa hithun kei madhuvefa mihury. ??☺

    1. GuDuMeena says:
      September 24, 2015 at 10:19 am

      Thank u.. 🙂

  4. Me says:
    September 24, 2015 at 9:13 am

    Gudu haadha sihurey dhw 😛

    1. GuDuMeena says:
      September 24, 2015 at 10:20 am

      ehehe aan dhw.. hama thafaathu kolly.. 😉

  5. aisha says:
    September 24, 2015 at 9:39 am

    Nice

    1. GuDuMeena says:
      September 24, 2015 at 10:27 am

      🙂

  6. Tulip says:
    September 24, 2015 at 10:14 am

    It’s different n vv nice story..thanks n keep it up..Like it???

    1. GuDuMeena says:
      September 24, 2015 at 10:41 pm

      Thanks Tulip 🙂

  7. ayya says:
    September 24, 2015 at 11:22 am

    ehvaahakaeh maa bodah thakuraaru vefa eba huri.
    jumulathah dhiguvefa dheyhavun undhagoo…

    1. GuDuMeena says:
      September 24, 2015 at 10:42 pm

      Thanks Ayya.. mihaaru kudakoh go through kolaafa kudhi kudhi adjustments thah genesfa innaany..

  8. Faya says:
    September 24, 2015 at 12:31 pm

    Mi kahala vaahaka eh kiyaaalaa hithun keh madhu vefa

  9. What the says:
    September 24, 2015 at 12:50 pm

    mee koahcheh? Ehchakah ehcheh liyelaafa dhw mee?? Miahvure ragalhuvaane kahvakhu konegen eah eruniyaa. Hus khiyaalee vaahaka.. ma ves gaboolu kuran jinnin ulhey kamah..
    ekamaku mi vaahakaiga ebahuri insaanaa ufan kuruvy eynaage bappa ey dheyhavaa gothah kufuru vaahaka liyefa.. muruthahdhu vaantha thiya ulheny? ?
    Ehen noonas maa reehchah vaahaka liyanves egey meeheh noon… faaadehge gudooo ekoa.. ? HAHA
    dheevaanaaa loabin vehjey kiyaa vaahakaiga ves laafa in photo eh dhw.. ladhehves nuganeytha dhe jinsuge meehun faahish kankan kuraa photo eh jahaakah? ?
    Mashah heevany kae thi ulheny faahish kankan kuri aruvaa aalaa kuran hen.. ?
    Ehves reecheh noon mi vaahaka eh..
    hus haasaaru gandeh dhammaafa.. thimanna vaahaka eh liyuneemey bunan vegen liyefa oi haasaaru bondi eh mee. ?
    ? ?

    1. faya says:
      September 24, 2015 at 1:33 pm

      faadu kiyan yaa kiyaani binaakuruvani faadu, fanaa kuruvani faadeh nun.. ehn nunas english series thah balan okay vaane eyga konme ehcheh kiyas ,…. vampire diaries , game of thorones, ekam dhivehi vanthah ehche liyuneema kamu nudhiya ee dhw .. vaahaka hama habeys WHAT THE kiyan beynun nu nihyya nukiyaa…

    2. GuDuMeena says:
      September 24, 2015 at 6:25 pm

      What the ah heevefa othy rangalhah.. me iy khiyaalee vaahaka eh.. non of these is possible in reality.. and BTW hiyarinfiraa kiyaa ehcheh nuves hunnaane..! eiy vx imaginary creature eh.. dhen What the ah ves enge ehnu dhw khiyaalee folaa kakkaa iruga konme kameh vx possible vaanekan.. So Chill man! This is not based on my religious belief.. noony sihuraky vx Gudu konmehen support kuraa ehcheh noon.. eiy dheenuga huhdha kameh vx noon.. have u read Saifu rasgefaanuge vaahaka? eiy vx muslimunge thereyga liye mash hooru vegen enmefahun dhivehi bahah vx tharujamaa koffa oi vaahaka eh.. it too has the use of Jinn to do powerful things.. hama khiyaalee dhw..
      Dhen anekka Gudu aky professional writer eh noon, hama vaahaka liyaa hiyvaathy liyanee mi.. vaki khaassa training eh course eh vx hadhaigeneh noon.. I am learning on my mistakes and improving.. just like the best of the Authors here.. we do this coz we like writing.. we r not paid to do this.. hama kuraa hithun kuranee..
      Anyway What the ge khiyaalah vx maruhabaa kiyan.. miy khiyaalu faalhukurumuge minivankan oi gaumeh.. so Thank u for sharing your thoughts.. 🙂
      No hard feelings.

    3. GuDuMeena says:
      September 24, 2015 at 6:27 pm

      Thanks faya.. 🙂

  10. za*? says:
    September 24, 2015 at 1:22 pm

    Kihaa dhera kameh kaley nukiynyaa hurebala..kaeah mivaahaka riithunuunas mi vaahska riithi kudhin ulheyne mashah hiivanii kae ah hajam nuvanii hen..kae alhe vaahakaeh liyebala miyeh vure riihchah liyeveythw..nuliyeveyne..btw mashah v salhi mikahala vaahaka gudu keep it up..?

    1. GuDuMeena says:
      September 24, 2015 at 6:14 pm

      Thanks Za*;) aslu mi part ga genesdheefa miothy storyge background akaai kuda history eh.. anehhen rasmee koh vaahaka fashaafa innaane meege next part ga e part innaany gudu ge blog ga.. mi just story ge synopsis eh.. and story feshunu goi.. so mi bai ehaa reethi ves nuvedhaane.. ekan aneh part miah vure rangalhuvaane.. 🙂

    2. naff says:
      September 25, 2015 at 12:11 am

      Even I do like these kind of stories gudu keep it up

    3. HELL says:
      September 29, 2015 at 9:05 pm

      yeah… what the is right…..hiyaaly vaahaka liyaairu vx limiteh onnan vaane… dhn meehun ma baaru gadha vegen….LOL…ma heekury v reethi vaane kamah kiyan fetty…but i was wrong.. dhn saif rasgefaanuge vaahaka kiyunekey kiyaafa maa molhuvegen nei fenvaru dhahkan ebaule ehnu…..

  11. za*? says:
    September 24, 2015 at 1:26 pm

    N kae ah kiyeh konme kahala photo eh liyas..?

  12. za*? says:
    September 24, 2015 at 1:32 pm

    Ey balaga kae dheloa vex kaniitha mihaaru..e vaahakaiga e othii faahish kanthahthah kuraa photoehtha jahaafa..

    1. GuDuMeena says:
      September 24, 2015 at 6:10 pm

      😀

  13. nawhoo says:
    September 24, 2015 at 1:39 pm

    Awwww varahhh nice abadhu lwbyge waahaka kiaa kiaa kudakoh vai vefa hutta mi stry thi up kuryy gudhu haadha molhey ???.. mi yohh myhaku heevanee gudhu ar jaxxaalaafa hurihn ..nd mi stry thankolheh reehchah kiaabala miaku neh bappa dhari vihaa vaahaka eh blaa blaa ehh anga othyma ehchis kianee dhw dhekolhu balaign kia ehcheh kaabala public ga ehchis kiaa iru nd emyhaku beynun 4to eh laane heevane mee dhuvahaku ekahala 4to eh nufenna myheh hen gudhu ekani viyya ekahala 4to laafa hunnany edhen evaru kamehtha… h

    1. GuDuMeena says:
      September 24, 2015 at 6:09 pm

      Thanks nawhoo.. Gudu vx abadhu lobyge vaahaka liye liye kudakoh bored veema raha thafaathu kolly mi.. bt aneh vaahaka vx conitue kuraanan ingey.. 🙂

  14. aabhy says:
    September 24, 2015 at 2:02 pm

    Vaahaka varah salhi. Meehun ehen bunelaa ehchehsah maayoos nuvaathi. Eiee libey kurierumeh kamah balaafa kuriah gendhiun buhdhiveri. Vaahaka maunudhaa meehaa vaahaka nukiya huttaalan feney. Reethi huthuru eyna akah neygunu.. Vaahaka hama habeys..

    1. GuDuMeena says:
      September 24, 2015 at 6:07 pm

      Thanks aabhy.. hurihaa vahtharehge faadu kiyumakah vx Gudu maruhabaa kiyan.. Khiyaalu faalhu kurumuge minivankan konme meehakah ves eba oi.. So its no big deal.. e meehehge khiyaalu faalhukuran vaane.. 🙂

  15. Tulip says:
    September 24, 2015 at 2:18 pm

    @what the…aayy k mihaasaru bondi nukeema veenun..Ehennoonas k dhas kuranvee faadu kian..after that try to read a story..Get it? ??

    1. GuDuMeena says:
      September 24, 2015 at 6:05 pm

      🙂

  16. Anonymous says:
    September 24, 2015 at 2:32 pm

    Thihthi… ekamaku maa ginain noonekeve.. liyefa hunnathy kudakoh udhagoo.. nooneve beynun kuraany.. dhen dhe bas eh bahehge gothuga liyefa hurikan faahaga kurevey.. ????
    Kaamiyaabah edhen ???
    What the kae madun hunnan veenu dhoaa ??????

    1. GuDuMeena says:
      September 24, 2015 at 6:05 pm

      Thankew Anonymous.. E baithah mihaaru rangalhu kohlaifin.. thankolheh avas aruvaalaafai liyevifa othyma vefa huri gotheh.. dhen rangalhuvaane..

  17. bubbly says:
    September 24, 2015 at 6:21 pm

    varah furihama…. hama varah bestu…..

    1. GuDuMeena says:
      September 24, 2015 at 6:29 pm

      Thanks bubbly.. 🙂

  18. shenee says:
    September 24, 2015 at 8:08 pm

    Gudu mi story v reethi. V kiyaa hivvaakahala story eh.

    1. GuDuMeena says:
      September 24, 2015 at 10:05 pm

      🙂

  19. shenee says:
    September 24, 2015 at 8:17 pm

    Gudu faadhu kiyaane meehun. Alhaalaane kamenei. Faadhu kiyumakee libey kuri erumeh.☺ Vaahaka liyan libey hivvareh… ??? kuriya kuriya baara kuriya.?☺???

    1. GuDuMeena says:
      September 24, 2015 at 10:06 pm

      Thanks Shenee.. ?

  20. aabhy says:
    September 24, 2015 at 9:19 pm

    Gudu aharen bunelan othy haadha kritheri ey.. Varah rangalhu. Hiy varaa eku kura konme kameh ey ge enme furihama gothuga kuraa nama iraadha kureh viyya kaamiyaabu vaane. Thafaathu vaahaka eh v ma varah mi vaahaka kiyaahithun miulhenee.. Vaahaka varah furihama. Alhugandu Gudu ge kaamiyaabah edhi Allah hazrathuga dhu’aa dhannavan.

    1. GuDuMeena says:
      September 24, 2015 at 10:09 pm

      Ameen!..
      Thanks aabhy..
      mi story vx liye ninmaanan iraadha kurevviyyaa.. mihaaru mi liyaa vaahaka ninmaalaafa.. 🙂

  21. me says:
    September 24, 2015 at 9:30 pm

    gudu dheefa in link jahaigen vadheveny ehen ehchakah. kihinehtha evany????

    1. GuDuMeena says:
      September 24, 2015 at 10:12 pm

      Sorry every one e blog ga kuda technical massala eh ulheythee miulhenee.. so hallu veehaa avahakah angaalaanan.. 🙂

  22. Craxyy says:
    September 25, 2015 at 1:06 am

    Nuce, vaahaka aee koachekkan neyngey meehun faadu nukiyaa thibeyn enme rangalhu vaanee……

  23. Tamao says:
    September 25, 2015 at 6:47 am

    Salhiye…. what the kae ah Maa bodah ingenee dw… dhen kae veenu reethi vaahaka eh liyan …. ma hunnan an kiyan 😛

  24. zee says:
    September 25, 2015 at 8:29 am

    V reethi mi vaahaka, ehen meehunnaa dhimaa ah echehi kiyaafa maa rangalhu vegen ulhey meehun sirrun nubai kanthah kurun ginavaane, eulhenee hasadha veri vegen, alhaanulaa, vaahaka ama varah reethi:-)

  25. aathu says:
    September 25, 2015 at 10:24 am

    Hey Gudu.. the stry is owsum.. interesting! . Eid mubarak Gudu n all readers in here 🙂

  26. shif says:
    September 25, 2015 at 12:54 pm

    I like this story very much. Very creative. Keep on writing… Can’t wait for the next part.:-D

  27. Ainnxx says:
    September 25, 2015 at 1:25 pm

    Vrh rythi vaahaka..Gudu ge vaahaka thah veh habeys…what the kae kihineh vgn thi ulheny…vaahka ryhchah kiyaafa kiyaa ehcheh kiyaany..bappa dhari vissaa vaahaka eh nun inyky..e dharifulhu salaamathun vihaathw jinni ge help negi vaahaka iny..kae thyny unbeh boluga..dhn dhyvaana lobin vehjey e hama epic vaahaka eh..kae kiyaa hiyy nuvanyaa nukiyaany..eyga nei faahish foto eh..kae lolah aridhafus elhifa tha thihiry…hyvany anhenakaa dhimaa ah balaa vx nulaa myheh hn..maa solihu vgn..kae liyebala vaahaka eh maa ryhchah ingenyaa..thikiyaa “faahish” ehcheh nulaa..aharen kiyaanan kae liyaa vahaka kiha vareh thw vany balan…Gudu alhaalaa ehcheh nun..e myhaa eulheny j vgn Gudu maa ruhchah stry liyaathy..the stry is awsom..kyp it up… <3 <3

  28. leel says:
    September 25, 2015 at 8:10 pm

    Wat the kada v thoahcheh! hahaha
    E dhogeh gudu heevany mi vahaka V reethi vaane hen. Gudu liya vahakthah ahannah abadhuves v reethi. Keep it up!

  29. Nawho says:
    September 25, 2015 at 9:23 pm

    Kyhve Gudu ge link ah nuvadhevenyyy???

  30. swan says:
    September 26, 2015 at 1:13 pm

    I love this… ? v kiyaa hihvey

  31. sham says:
    September 27, 2015 at 1:09 am

    Kihaa dhera kame. E sitega huri vaahakaage name ekani kiyan ingenee. Dhen hunanee golhi thake. E bahe aharunaka neyge. Dhen kihineth kiyaanee

  32. akram says:
    November 16, 2015 at 8:30 pm

    Vara salhi vaahakaey?

  33. Aknam says:
    November 30, 2015 at 11:51 am

    Varah Salhi vaahaka akah vaanehen heeevani…

  34. Anonymous says:
    August 28, 2016 at 4:18 pm

    E site ga eh neiy mi vaahakaige continuation eh!

  35. Rixoo says:
    November 12, 2016 at 11:27 pm

    kobaa mi vaahakaige dhn huri baithah!!!!? i love this story. lowbiige vaahakathakaa hithaama veri vaahka thah kiya kiyaa kudakoh foohi vefa huttaa mikahala story eh mi fenunii.

Comments are closed.


All Right Reserved!