އެރޭގެ ވަގުތެވެ. ހަސީނާ ވިސްނަމުން ދިޔައީ ކަޔާލް އަށް މިއަދު އޭނާ ކުރި ކަންތަކުގެ ބަދަލް ހިފާނެ ގޮތަކާ މެދުގައެވެ. ރަނގަޅު ހިޔާލެއް އައުމުން ކައިރީ ގައި އޮތް ހޫދު އަށް ބެލުމަށްފަހު ވަރުގަދަ ހިނިގަޑެއް ޖަހާލިއެވެ. އޭނާގެ ޕްލޭން ކާމިޔާބު ވެއްޖިޔާ ކިތަންމެހާ ވެސް ރަނގަޅެވެ. ކަޔާލް ކޮޓަރީގައި އޮވެގެން ވިސްނަމުން ދިޔައީ ދެން ހަސީނާ އަށް ދޭނެ ލަނޑަކާ މެދުގައެވެ. އެ ކުޑަކުޑަ ސިކުނޑިއަށް އައި ޕްލޭޭން ކާމިޔާބު ވޭތޯ އެތަށް ފަހަރަކު ﷲ […]
ކަޔާލް ބިރުން ހުރެ ފަހަތަށް ބެލި އިރު ހިޔަންޏެއް ޖޭމް ވަލު ކައިރިން ހުރަސް ކުރި ހެން ހީވިއެވެ. އެވަގުތު ދުވި ފަރުހިކި ވަހުން ކަޔާލް އަށް ހޮޑު ނުލެވުނީ ކިރިޔާ އެވެ. ދެފައި ރޫރޫ އަޅާވަރުން ބިންމަތީގައި ހަރުނުލައެވެ. ގައިގައި ހުރި ބާރެއް ލާފައި ދޮރުގައި ތަޅަން ފެއްޓިއެވެ. އެވަގުތު އާލިޔާ ގޭތެރޭ ހުރެފައި ލަވަ ޖަހާ އަޑު އިވެ އެވެ. ރަނގަޅަށް ވިއްޔާ އެ ލަވަ ޖެހީ ކަޔާލް ދޮރު ތަޅާ އަޑު އިވިގެންނެވެ. […]
ހަސީނާ އަކީ ދެކުދިންގެ މައެކެވެ. ހޫދް އާއި އިދެގެން ހަސީނާ އައްޑޫ އަށް އައީ އޭނާ ކުރީގެ ކައިވެންޏަށް ލިބުނު ދެކުދިން ވެސް ގޮވާގެންނެވެ. އެއީ އާލިޔާ އާއި ލިއަމް އެވެ. ހޫދުގެ ކުރީގެ އަބިމީހާ ވަނީ ހޫދު ބޮލަށް އެމީހުންގެ ހުރި ދަރިފުޅު ކަޔާލް ޖަހާފައެވެ. ކައިވެނީގެ ފުރަތަމަ ދުވަސް ކޮޅު ހަސީނާ ކަޔާލް އައް ވަރަށް ރަނގަަޅެވެ. މަހެއްހާ ދުވަސް ވީ އިރު ހަސީނާ އޭނާގެ އަސްލު ސިފަ ދައްކާ ލިއެވެ. ކުދި ކުދި […]
ފަހަތުން އަޑެއް އިވިގެން ހިލްމީ ފަހަތަށް އެބުރިލަން އުޅުނެވެ. ނަމަވެސް މިފަހަރު ފަހަތް ފެންނަ ވަރެއް ނުވިއެވެ. އެއްޗެއްގެ ހަމަލާއެއް އެރީ ހިލްމީގެ ބޮލަށެވެ. އެވަގުތު ހިލްމީ ވެއްޓުނެވެ. ފަހަތު ހުރި މީހާ ވަގުތުން ހިލްމީގެ އަތުގައި ހިފެހެއްޓިއެވެ. މޫނުމަތީގައި އަޅާފައިވާ ފޮތިގަނޑުގެ ސަބަބުން އެއީ ކާކުކަމެއް ނޭނގެއެވެ. އެމީހާ އަތުގައި ހިފެހެއްޓުމާއި އެކު ގަސްތަކު ތެރޭގައި ފިލާ ތިބި ދެމީހުން އައިސް ހިލްމީގެ ފައިގައި ހިފެހެއްޓިއެވެ. އަވަސް ހަރަކާތާއި އެކު ހިލްމީ ނަގާ ވޭނުގެ ފަހަތުބައި […]
“ތިއީ އަޅުގަނޑުވެސް އެންމެ އަޖައިވާ ކަމަކީ” އެހެން ބުނުމަށްފަހު އަނެއްކާ އެހެން ވީޑިއޯ އެއް ޕްލޭ ކޮށްލިއެވެ. އޭގެން ފެންނަ ގޮތުން އެ ސައިކަލް ބާރު ދުވެލީގައި ގޮސް ވެއްޓެނީ މޫދަށެވެ. އެއީ މާލެ ވަށައިގެންވެސް އޮންނަ އެންމެ ފުން ހިސާބެވެ. އެހާ ބާރު ދުވެލީގައި ދިއުމުން ސައިކަލް ގޮސްޖެހެނީ ފުދޭވަރަކަށް ބޭރަށެވެ. ފައިސަލްއާއި ރޭޝަމްއަށް އެކަކު އަނެއްކަކަށް ބަލާލެވުނެވެ. ******* “ކިހިނެއް ހީވަނީ” ބޭރަށް އެތަނުން ބޭރަށް ނިކުމެ ފައިސަލް ރޭޝަމްއާއި ދިމާލަށް ބަލާލިއެވެ. “އަޅުގަނޑަށް […]
ބާކީ އޮތީ އެންމެ ކަމެކެވެ. އެއީ، އޭނާގެ ޝައުގުވެރިކަން ހޯދާފައިވާ ޝިއާނާ ހާސިލް ކުރުމެވެ. އަތުގައި އޮތް ތަވީދަށް ބަލާލުމަށްފަހު އަބްރާސް މިސްރާބު ޖެހީ ޝިއާނާގެ ގެއާ ދިމާއަށެވެ. *** ކޮޓަރިތެރެއަށް ވެރިވެފައިވަނީ ނިދާބޮކީގެ ފަނޑު އައްޔެވެ. އެނބުރެމުންދިޔަ ފަންކަލުގެ ފިޔަތަކަށް ނަޒަރު ހުއްޓާލައިގެން އެނދުގައި އޮތް ޝިއާނާގެ ސިކުނޑިތެރޭ އެނބުރެމުންދިޔައީ ޔައީޝްގެ ހިޔާލުތަކެވެ. ތުންފަތަށް ވެރިވެފައިވަނީ ލޯބިވެތި ހިނިތުންވުމެކެވެ. ނިދާ ބޮކީގެ އޮރެންޖް އަލީގެ ސަބަބުން އެނާގެ މޫނުގެ އޮމާން ހަންގަނޑަށް ވެރިވެފައިވަނީ އަޖައިބުވާހާ ރީތި […]
“ޝުކުރިއްޔާ.. ކަލޭމެންގެ ތި ކަމެއް އަހަރެން ދުވަހަކުވެސް ހަނދާން ނައްތައެއް ނުލާނަން” ދެ ފައިލް ނަގާ ކޮންމެ ފައިލް އަކުން އެއް ލިޔުން އެދެމީހުންނަށް ރައްދު ކޮށްލަމުން ފައިސަލް ބުނެލިއެވެ. “އަހަރެން ހީކުރަން އިތުރަށް ކަލޭ އަހަރެން ކައިރީގައި ކަމަކު ނުކިޔާނެ ކަމަށް” ހުސައިން ލިޔުން ހިފައިގެން ބޭރަށް ނިކުންނަން ހިގައިގަތެވެ. އަހްމަދު ފައިސަލްއާއި ދިމާލަށް ބަލާލަމުން ހިނިތުންވެލިއެވެ. “ގުޑް ލަކް..” އަހްމަދު ބުނެލިއެވެ. އަދި އޭނަވެސް އެތަނުން ބޭރަށް ނިކުންނަން ހިގައިގަތެވެ. ******** އަހަރެން ސިހިގެން […]
މަރުވެފައިވާ މާހިލްގެ މަސްގަނޑު ކައިރީ އިށީނދެލައިގެން އިން ޝާލިނީއަށް ސިހިފައި ބަލާލެވުނީ، ކުއްލިއަކަށް ކޮޓަރީގެ ދޮރު ފަޅާލުމަށްފަހު އެތެރެއަށް ވަން ޕޮލިހުންތަށް ފެނިފައެވެ. ލިބުނު ސިހުމުގެ ސަބަބުން ޝާލިނީއަށް ކޮޅަށް ތެދުވެވުނު އިރު، މާހިލްގެ ބަނޑަށް ހަރާލި ވަޅި އޮތީ އޭނާގެ އަތުގައެވެ. *** ޔައީޝް އަށް ހޭލެވުނީ ހެނދުނު 10 އެއްވެސް ޖެހިފަހުންނެވެ. ފޯނުން ގަޑި ބަލާލުމަށްފަހު އެނދުން ތެދުވެގެން ގޮސް ފާހާނައަށްވަދެ ފެންވަރާލިއެވެ. ފެންވަރާ ތާޒާވެލުމަށްފަހު ފެހިކުލައިގެ ޓީޝާޓަކާއި ކަޅު ސޯޓެއް ވައްޓާލައިގެން ފޯނާ […]
މާހިލްއާއި ޝާލިނީގެ ކައިވެނި ކުރެވުނީ ޖެހިގެން އައި ހުކުރުދުވަހުގެ ރޭގައެވެ. ކައިވެނި ކޮށްދިނުމަށްފަހު ގާޒީން ގެއިން ނުކުމެގެން ދިއުމާއެކު މާހިލް ޝާލިނީ އަތުގައި މަޑުމަޑުން ހިފާލިއެވެ. “އަހަރެން މި ދުވަހަށް ހާދަ އިންތިޒާރެއް ކުރީމޭ!!” މާހިލް އިޝްޤީ އަޑަކުން ބުނެލިއެވެ. ޝާލިނީގެ މޫނު ރަތްވެގެން ދިޔައީ ލަދު ގަތްލެއް ބޮޑު ކަމުންނެވެ. “ހިނގާ ރޫމް އަށް!!” “އެހަށް މަޑުކޮށްބަލަ!” ޝާލިނީ ތުންފަތަށް ވިހަ ހިނިތުންވުމެއް ވެރިކުރުވަމުން ބުންޏެވެ. “އަހަރެން އެބޮތް ވަރަށް ބޮޑު ސަޕްރައިޒެއް ދޭން ވެފަ!!” […]