އަހަރެންނަށް ވާނުވާ އެގެން ފެށިއިރު އަހަރެން ވަނީ ކޮށްޓަކަށް ލާފައެވެ. ދެއަތް ފުރަގަހަށް ވާގޮތަށް އަައްސާފައިވާއިރު ދެފައިވެސް ވަނީ އައްސާފައެވެ. އަނގައިގައި ފޮތިގަނޑެއް އައްސާފައި ހުރުމުން ވާހަކައެއް ނުދެއްކުނެވެ. ބޮލަށް ވަމުންދިޔަ ތަދު ބުނާކަށްވެސް ނޭނގެއެވެ. އަހަރެންނަށް މަޑުމަޑުން ތަންދޮރު އެގެން ފެށިއިރު ކައިރީގައި މީހަކު ހުރިކަން އެނގުނެވެ. އަހަރެން އިސްއުފުލާފައި ބަލާލިއިރު މޫނުގައި އެއްޗެއް އަޅައިގެން ހުރި މީހާ ހުރީ އަހަރެންނާއި ދިމާލަށް ބަޑިއެއް ދިއްކޮށްގެންނެވެ. ތެޅެގަނެވުނު ވަގުތު އެމީހާ ބަޑި ގޮައްވާލިއެވެ. ދެން ވީގޮތެއް […]
އެހެން އިންނަތާ އިރުކޮޅެއް ފަހުން ކުއްލިއަކަށް އެތަނުން ދަގަނޑު ދޮރެއް ހުޅުވުނު އަޑު އިވިގެން ދިޔައެވެ. އަހަރެންނަށް އެދޮރު ނުފެނުނެއްކަމަކު ބައެއްގެ ބޫޓްގެ އަޑު އިވިގެން ދިޔައެވެ. އެބަޔަކު އެއަންނަނީ އަހަރެން ކައިރިއަށްކަން އަހަރެންނަށް އެނގުނެވެ. ދެމީހަކު އައިސް އަހަރެން ކުރިމައްޗަށް ވާގޮތަށް ހުއްޓެލިއެވެ. އެދެމީހުންވެސް ތިބީ މޫނުގައި އެއްޗެއް އަޅައި ނިވާކޮށްގެންނެވެ. އަދި އަރަބި ބަހުން ދެތިން އެއްޗެއް ބުންޏެވެ. އަހަރެންނަށް އެމީހުން ބުނީ ކީކޭ ކަމެއް ނޭނގުނެވެ. އެމީހުންނާއި ދިމާލަށް ބަލަން އިންދަ އަހަރެންގެ […]
“ކިހާ ދެރަކަމެއް… ކަލޭމެން ތިއުޅެނީ އަހަރެން މަރާލަންތަ” ވަމުން ދިޔަ ތަދަށް ކެތް ނުކުރެވިގެން އަހަރެންނަށް ހަޅޭލަވައިގަނެވުނެވެ. އަހަރެން ފަހަތަށް ވާގޮތަށް އަތް ގެންގޮސް އައްސާފައިވާއިރު ދެމީހަކު އަހަރެން ހިފަހައްޓައިގެން ތިއްބެވެ. ތިންވަނަ މީހާ އަހަރެންގެ ފައި ދައްފުށުގައި ބޮޑު ހަންގަނޑަކުން ތަޅަމުން ދިޔައެވެ. ނަގަމުން ދިޔަ ދިލައަށް ކެތް ނުކުރެވިގެން އަހަރެންނަށް އަނެއްކާވެސް ހަޅޭލަވައިގަނެވުނެވެ. “މިހާރުވެސް ކަލޭ ބޭނުމިއްޔާ މިކަން ހުއްޓުވި ދާނެ.. އަވަހަށް އަހަރުމެން ބޭނުންވާ ކަންތައް ކިޔައިދީ” ހަތަރުވަނަ މީހާގެ އަޑު އިވިގެން […]
މަންމަގެ އެދުމާ ދެކޮޅުހަދާކަށް ޔައީޝް އަކަށް ނުކެރުނެވެ. ޖަޒްލާއާއި ޔައީޝް ކައިވެނިކުރީ އެހެންވެއެވެ. އަނެއްކޮޅުން ޖަޒްލާ އޭނާ ދެކެ އިންތިހާއަށް ލޯބިވާކަން ޔައީޝް އަށް އެނގެއެވެ. އޭނާ ޔައީޝް ހާސިލް ކުރުމަށް ވީ ބޮޑެތި ޤުރުބާނީތަށް ހަނދާން ނެތޭހާ ދުވަހެއް އަދި ނުވެއެވެ. ޖަޒްލާއާއި ޔައީޝްގެ ކައިވެނި ކުރެވި ކުލަގަދަ ޕާޓީއެއް ބޭއްވުނެވެ. މި ޕާޓީގެ ތީމް ކުލައަކީ ކަޅު ކުލައެވެ. އެއީ ޖަޒްލާ ކަނޑައެޅި ކުލައެކެވެ. އެ ކުލުގައިގެ ސަބަބުން އޭނަގެ މުސްތަޤުބަލު ބަނަވެ “ކަޅު” […]
ޝައިމާ އިދިފުށަށް ދަމައިގަތެވެ. ދެލޯ ބޮޑުވެ ކަޅި މައްޗަށް އަރައިފިއެވެ. ނޭވައި ހާސްވެ ތެޅިފޮޅެން ފަށައިފިއެވެ. ބަނޑަށް ގުޑުން އަރަންފެށިއެވެ. ބަނޑުގެ އެކި ދިމަދިމާއިން ތަންތަންގަނޑު މައްޗަށް އަރައަރާފި ތިރިވަމުންދިޔައެވެ. ބަނޑުގެ ތެރޭގައި އޮތް އެއްޗެއް ނުނިކުމެވިގެން އުޅޭހެން ހީވެއެވެ. ޝައިމާގެ އަނގައާއި ނޭފަތުން ހޯސްލާފައި ލޭގަނޑު ފައިބައި ގަތެވެ. އޭނާގެ ހެދުން ތެރެއިން އައި ލޭގެ ބޮނޑިވަރުން މުޅި ބެޑްޝީޓް ފޯވަމުންދިޔައެވެ. ޝައިމާއަށް ބެޑްޝީޓްގައި ހިފާ އަތް މުއްކަވާލެވުނީ ކެތްތެރިކަން ކޮޅުންލާންފެށުމުންނެވެ. ދަތްޕިލަ ބިންދައިގެން ދަހާ […]
ޝައިމާ ދެލޯ މަރާލީ ލިބިނު އަރާމަކުންނެވެ. ހަށިގަނޑަށް ފިނިވެ ހާސްކަން ކުޑަވިއެވެ. އިރުކޮޅެއްފަހުން ލޯ ހުޅުވާލުމާއެކު އޭނާ ސިހުނީ ކުރިމަތީހުރި 5 ވަރަކަށް އަހަރުގެ ކުޑަ ފިރިހެން ކުއްޖާ ފެނިފައެވެ. އާންމުކޮށް ރާއްޖެއިން ނުފެންނަފަދަ ސިފަތަކެއް އޭނާގެ ކިބައިން ޝައިމާއަށް ފެނުނެވެ. ނޫކުލައިގެ ކަޅިއަކާއި ރަންކުލައިގެ ފަން އިސްތަށިކޮޅެކެވެ. ހަންގަނޑުގައިވެސް ވަނީ ޔޫރަޕިއަނުންގެ ހުންނަފަދަ ހުދު ކުލައެކެވެ. އެ ކުޑަ ފިރިހެން ކުއްޖާ ހުރީ ދެއަތް ފުރަގަހަށް ލައިގެންނެވެ. ޝައިމާގެ މޫނަށް ބަލަހައްޓައިގެން އިރުކޮޅަކު ހުރުމަށްފަހު އޭނާގެ […]
ޖަޒްލާ ދެން ނިންމީ އެންމެ ފަހުގެ އެތިފަހަރު ހެދުމަށެވެ. އެއީ އެންމެ ނުރައްކާތެރިގޮތްވެސް މެއެވެ. އޭނާ ފޯނު ނެގިއެވެ. އަދި ޑައިރެކްޓްރީ ހުޅުވާލުމަށްފަހު “ފަންޑިތަ” މިހެން ޖަހާފައިވާ ނަންބަރަކަށް ޑައިލްކޮށްލަމުން ކަންފަތުގައި ފޯނު ޖަހާލިއެވެ. އެއިރު އެ ތުންފަތަށް ވެރިވެފައިވަނީ ޝައިޠާނި ހިނިތުންވުމެކެވެ. *** ޝައިމާ ހަވީރުގެ ވަގުތު ބޭރަށް ނުކުމެލީ ފިނިކޮށްލުމުގެ ގޮތުންނެވެ. ގޭގެ ދޮރޯށިދޮށުގައި ހުރިއިރު އޭނާގެ ބުރުގާ ޖެހެމުންދިޔަ ވަޔާއެއްވަރަށް ވިހުރެމުންދިޔައެވެ. އެ ކަޅު ބުރުގާތެރެއިން ދޮން ވަށް މޫނު ފެންނަމުންދިޔައީ އަޖައިބެއްހާ […]
ދަތްކުނޑި ވިކާލުމަށްފަހު ޖަޒްލާ އެ ތިލަ އަތުގެ މުލައްދަނޑީގައި ޖައްސަ ފިއްތާލިއެވެ. އެއާއެކު އެ ނާޒުކު ތުނި ހަންގަނޑު ފޫގޮސް ލޭގެ ކޯރު ހޯސްލާފައި ފައިބައިގަތެވެ. ޖަޒްލާ މަޑުމަޑުން ޔައީޝްގެ ނަން އެ އަތުގައި ކަނޑާނަގަމުންދިޔައެވެ. އަތުން ލޭތަށް އޮހޮރެމުންދިޔައެވެ. ޖަޒްލާގެ މުނުމައްޗަށް އަނދިރިވީ މާގިނައިން ހަށިގަނޑުން ލޭ ބޭރުވުމުގެ ސަބަބުންނެވެ. އޭނާ މަޑުމަޑުން އެނދުމައްޗަށް ތިރިވިއެވެ. ދެލޯ މެރި ފުން ނިންޖެއްގެ ތެރެއަށް ދަމައިގަތެވެ. *** ބޮލަށް އަރާފައިވާ ބުރާންތިކަން ފިލައި ޖަޒްލާއަށް ލޯ ހުޅުވާލެވުނުއިރު […]