އިސާހިތަކު ލޮނުގަނޑު ހުރީ އޭނާގެ ކަރާ ހަމާގައެވެ. އެހެން އިރުކޮޅަކު ހުރުމަށްފަހު އޭނާ ލޮނުގަނޑުގެ އަޑިއަށް ގެނބިގަތެވެ. ގަސްތަކުގެ ނިވަލުގައި ފިލާހުރި ހަމްދޫނަށް ލިބުނީ ހައިރާން ކަމެވެ. އޭނާ މަޑުމަޑުން އަތިރިމައްޗަށް ނުކުތެވެ. ދެލޯ ބޮޑުކޮށްގެން ޖަޒްލާ އަޑިއަށް ދިޔަ ދިމާއަށް ބަލަން ހުރީ އޭނާ މައްޗަށް އާރާނެ ވަގުތެއްގެ އިންތިޒާރުގައެވެ. ނަމަވެސް ސާޅީހަކަށް ސިކުންތު ވީއިރުވެސް ޖަޒްލާގެ ޚަބަރެއް ނުވިއެވެ. ހަމްދޫނު ދުވެފައިގޮސް މޫދަށް ފުންމާލީ އެހިސާބުންނެވެ. *** ޝައިމާއާއި ޔައީޝް މެންދުރުގެ ކެއުމަށް އިންސާފުކުރަމުންދިޔައެވެ. […]
“މިކަހަލަ މާހައުލެއްގަ ހާދަ ރިލެކްސިންއޭ!” ޝައިމާ މަޑުމަޑުން ވެލިގަނޑާ ކުޅެން ފެށިއެވެ. އެއިރު ޖަޒްލާގެ ނަޒަރު ހުއްޓިފައި ހުރީ ޝައިމާގެ ބޮޑުވެފައިވާ ބަނޑަށެވެ. ދެ ބުމަ ހުރީ ގޮށްޖެހިފައެވެ. *** ހެނދުނުގެ ނާސްތާ ނިންމާލުމަށްފަހު ގިނަމީހުން ދިޔައީ މޫދަށެވެ. ޝައިމާ އާއި ޔައީޝް އަތުގުޅާލައިގެން ހިނގާލާފައި އައިސް ވެލިގަނޑުމަތީ އިށީނެވެ. އެއިރު ގިނަ އަދަދެއްގެ މީހުން މުދުގައި ބޯޅަކުޅެން ތިއްބާ ފެނެއެވެ. “ޔައީޝް ދަންވީނު މޫދަށް އެރިލާ ހަދާލަން!” “ޝައީ އެކަނި ބައިންދާފަ މަށެއް ނުދާނަން!” ޔައީޝް […]
(ކިޔުންތެރިންގެ ސަމާލުކަމަށް! މިވާހަކައިގެ ލޮކޭޝަން އާ މެދު ވަރަށް ގިނަ ކިޔުންތެރިންގެ ހިތުގައި ވަނީ ސުވާލު އުފެދިފައެވެ. ވާހަކައިގެ ފެށޭ ކޮޅުގައި ސިފަކޮށްދެވިފައިވަނީ މާލެ ކަމަށް ބައެއް ކިޔުންތެރިން ވިދާޅުވެއެވެ. ވާހަކައިގެ އަނެއްބައިން ސިފަވަނީ ރާއްޖެ ތެރެކަމަށްވެސް ވިދާޅުވެއެވެ. ނަމަވެސް އަޅުގަނޑު ބުނެލަން އޮތީ މިވާހަކައިގާ އަޅުގަނޑު ގެންގުޅެނީ ‘ހިޔާލީ ލޮކޭޝަން’ އެއްކަމެވެ. މި ވާހަކަ ލިޔަން ފެށީ ވަކި ރަށެއް ކަނޑަ އަޅާފައެއް ނޫނެވެ. ވީމާ މިކަން ކިޔުންތެރިންނަށް އޮޅުން ފިލައިފި ކަމަށް އުންމީދުކުރަމެވެ. J) […]
ޒާހިރާމެންގެ ގެ ހުރީ އެ ގެއާ ޖެހިގެންނެވެ. އެހެންކަމުން ޝައިމާމެންނަށް އެގެ ހުރަސްކުރަން މަޖުބޫރެވެ. އެ ގެއާ އަރާ ހަމަވިއިރު ޝައިމާގެ ހިތް ހީވަނީ ފުންމާލަފާނެހެންނެވެ. ކުއްލިއަކަށް އިވުނީ އަންހެނަކު ވަރަށް ބާރަށް ހަޅޭލަވައިގަނެ ރޮއެގަތް އަޑެވެ. އެ އަޑު އައީ އެ ގޭތެރެއިން ކަން ކަށަވަރެވެ. ޝައިމާ ސިހިފައި ޔައީޝްގެ ގައިގާ ހިފައިގަނެވުނެވެ. އެއިރު ޔައީޝްގެ ޓީޝާޓްވަނީ ޝައިމާގެ އަތުތެރޭގައި ބޮނޑިވެފައެވެ. “ކާމް ޑައުން ބޭބީ!” ޔައީޝް ޝައިމާ ހަމައަކަށް އަޅުވާލުމަށްޓަކައި ކުޑަކޮށް ބައްދާލިއެވެ. “އެއީ […]
ޑޮކްޓަރުން ބަރު އެއްޗެހީގައި ހިފުން މަނާކުރި ހަނދާން އޭނާގެ ހުރިހެއްނެއް ހިޔެއްނުވެއެވެ. ތިރިވުމަށްފަހު ފޮށިގަނޑުގައި ހިފާ މައްޗަށް ބާރުލައިފިއެވެ. ހުރިހާ ބަރެއް ލެވުނީ ބަނޑަށެވެ. އެއާއެކު އަރައިގެން ތަދުން މޫނުމައްޗަށް އަނދިރިވެގެންދިޔައެވެ. ބަނޑު ކޮންޓްރޯލުން ނައްޓާލިއެވެ. ހަށިގަނޑަށް ލުއިވެގެންދިޔައީ އިންތިހާއަށެވެ. ހީވީ ގައިގެތެރެއިން ބަރު އެއްޗެއް ފައިބައިގެން ދިޔަހެންނެވެ. މުޅި ތަޅުންގަނޑުމަތީގައި ލޭގެ ކޯރެއް ދެމެންފެށިއެވެ. *** ސީމާ ޖަމުއްޔާގެއިން ނުކުމެގެން އައިސް ގެއާއަރާހަމަވިއިރު މަގުމަތި ކުނިކަހާފައިވުމުން ހައިރަންވިއެވެ. ކުނިކެހީ ކާކުބާއެވެ؟ ހަމަގައިމުވެސް އޭނާ ދިޔައީ ކުނި […]
މި އެރެވުނި ކިހާ ފުން އަނދަވަޅަކަށްކަމެއް ޝައިމާއަށްކަށް ނޭނގެއެވެ. އޭނާއާ ދިމާއަށް ތޫނު ތީރެއް އަމާޒުވެފައިވާކަމެއް އޭނާއަށް ރޭކާވެސް ނުލައެވެ. ބަހާރު މޫސުމަށްފަހު ހަރީފު މޫސުންވެސް އަންނަ ފަދައިން ޝައިމާގެ ހަޔާތަށްވެސް މިދުވަސް އަންނާނެއެވެ. ކައިވެންޏަށްފަހު ގޭތެރޭގެ ހުރިހާ ކަމަކާ ހަވާލުވެގެން އުޅެނީ ޝައިމާއެވެ. ސީމާ ކިތަންމެވަރަށް ބުންޏަސް ކުރަންފަށާ މަސައްކަތް ހުއްޓާލަނީ އެކަމެއް އެންމެ ފުރިހަމައަށް ނިންމާލުމަށްފަހުގައެވެ. ސީމާ ހެނދުނު ބަދިގެއަށް ވަންނައިރު ސައި ހުންނާނީ ހަދާފައެވެ. މަގުމައްޗަށް ނުކުންނައިރު މަގުމަތި އޮންނާނީ ކުނި ކަހާފައެވެ. […]
ދެމަސް ވޭތުވެގެން ދިޔައީ ނުލާހިކު އަވަހަށެވެ. ފުރުމައްޓަކައި އެއަރޕޯޓަށް ގޮސްހުރި ޖަޒްލާގެ ލޯ ހުރީ ފެންކަޅިވެފައެވެ. އޭނަގެ ލޯބިވާ މަންމައާއި ކޮއްކޮ ދޫކޮށްލާފައި ޖަޒްލާ މާދުރަށް މިދަނީ އޭނާގެ ލޯބިވެރިޔާއަށްޓަކައެވެ. ޔައީޝްގެ ސަމާލުކަން އަތުލެވޭނެ ހަމައެކަނި ގޮތަކީ އެއީކަމުގައި ވާތީއެވެ. ނަމަވެސް ޖަޒްލާއަށް ހެދުނު ގޯހަކީ ޔައީޝްއަށް އެއްވެސް އިޝާރާތެއް ނުވިކަމެވެ. *** ޔައީޝްއަކަށް އޭނާ ދެކެ އިންތިހާއަށް ލޯބިވާ ކުއްޖަކު އުޅޭކަމެއް ރޭކާވެސް ނުލައެވެ. ކޮންމެ ދުވަހެއްގެ މައްޗަށް އެތަށް ހުށައެޅުމެއް އޭނާއަށް އާދެއެވެ. މުއްސަނދި […]
‘ޑްރީމް ބޯއީ’ ސިކުނޑީގައި ކުރަހަމުންދިޔަ ޖަޒްލާގެ ތުންފަތަށް ވެރިވީ ފަނޑު ހިނިތުންވުމެކެވެ. އޭނާގެ އަންނާރު އޮށްތަކެއްފަދަ ކުދި ހުދު ދަތްތަސް ފަޅުވެގެން ދިޔައެވެ. ހަމަހިމޭންކަން ފޫއަޅުވާލީ ސައިކަލެއްގެ އަޑެކެވެ. ޖަޒްލާ މަގުގެ އެއްކޮޅަށް ބަލައިލިއެވެ. އެވަގުތު އޭނާގެ ހިތް އޮބި ނޯންވަރަށް ތެޅިގަނެއްޖެއެވެ. އެ ބޮޑު ދެލޯ ކުރިއަށް ވުރެ ބޮޑުވެއްޖެއެވެ. އަނގަ ކުޑަކޮށް ހުޅުވިއްޖެއެވެ. ގައިން ހީބިހި ނަގައިގަނެއްޖެއެވެ. ދުރުން ސައިކަލުގައި އެއަންނަ ފިރިހެނާ ފެނިފައި ޖަޒްލާއަށް ގޮތްތަކެއް ވެއްޖެއެވެ. އެއީ އޭނަގެ ހުވަފެނުގެ ‘ޕްރިންސް’ […]
ފާރުގައި އަތް ކާއްތަމުން އޭނާގޮސް ކޮޓަރިއަށް ވަނެވެ. ވަށައިގެންވަނީ އަނދިރިކަމެވެ. އެ އަނދިރިގަނޑު ތެރޭގައި ޖަޒްލާއަށް ފާރަލައިގެން މަހުލޫގެއް އޮތްކަމެއް އޭނާއަކަށް ނޭނގެއެވެ. ޑްރެސިންގ ޓޭބަލް ކައިރިއަށް ދާން ހިނގައިގަތް ވަގުތު ތަށިމުށިގަނޑުމަތީ އޮތް މަހުލޫގު ދެލޯ ދިއްލާލިއެވެ. ޖަޒްލާއަށް ފެނުނީ އަނދިރި ގަނޑުތެރެއިން ދިއްލުނު ރަތް ދެލޮލެވެ. އެވަގުތު ވިދާލިވިދުވަރުގެ އަލި ފެންލައިޓުން ކޮޓަރިއަށް އެޅިގެން ދިޔައެވެ. އެއާއެކު އެ މަހުލޫގު ޖަޒްލާއަށް ފެނުނެވެ. އެއީ ދަވަގަނޑެއްފަދަ މުޑުދާރު ވައްތަރެއް ޖަހާ އެއްޗެކެވެ. އޭނާއަށް […]