Skip to content
އެސްފިޔަ

ހިތުން ނުފިލި މަސްދަތުރު

އެންމެ ކުޑައިރުންސުރެ ވެސް ބައްޕައާއެކު މަސްބާނަން ދިޔުމަކީ އަހަރެން އެންމެ ކުރާހިތްވާ ކަމެވެ. ނަމަވެސް އެފަދަ ފުރުޞަތެއް އަދި ލިބޭ ގޮތެއް ނުވެ އެވެ. އެކަމަކު މިފަހަރު ދާނަމެވެ. ބައްޕަ ބުނުއްވާފައިވަނީ ކުލާހުން އެއްވަނަ ހޯދުމަށެވެ. އެކަން އަހަރެން ކާމިޔާބު ކޮށްފީމެވެ. ވީމާ ބައްޕަ އަހަރެންގެ އެދުން ފުރިހަމަކޮށްދޭން އެއްބަސްވީ ވަރަށް ވެސް އުފަލާއެކުގަ އެވެ.

ފުރަން ހަމަޖެހިފައިވާ ގަޑިއަށް ބައްޕަ އާއި އެކު އަހަރެން ވެސް ދިޔައީމެވެ. ބައްޕަ އަހަންނަށް ވަނީ އޮށްޓަކުން ކުޑަ ވަރެއްގެ ދޮށްޓެއް ވެސް ހަދާދީފަ އެވެ. ބައްޕަ ދޯނީގައި އިތުރު ހައެއްކަ މީހުންވެސް ދެއެވެ. އެމީހުން އަހަންނަށް ގޮވަނީ “ކުޑަ ކެޔޮޅު” ގެ ނަމުންނެވެ. އަހަރެން ހުރީ ފަޚުރުވެރިވެފަ އެވެ. ފަތިހުގެ ފިނިފިނި ރޯޅި ތަކުންނާއި، ދޯނި ދަތުރުކުރަމުން ދާއިރު އިވޭ ރާޅުގެ ލުއިލުއި މިޔުޒިކުގެ އަޑުން، އަދި ދޫނިސޫފާސޫފީގެ ގޮވުމުން މާހައުލަށް ހިތްފަސޭހަކަން ގެނުވައިދެ އެވެ. އަހަރެން އިނީ ދޯނީގެ އެއްފަރާތެއްގަ އެވެ. ބައްޕަގެ މޮޅު ކެޔޮޅުވެރިކަމަށް ފަޚުރުވެރި ވެފަ އެވެ.

ދޯނި ކަނޑަށް ނުކުމެއްޖެ އެވެ. ބައްޕަ އަހަރެންގާތު ބުނީ ގެގަނޑުގައި އިނުމަށެވެ. ނަމަވެސް އަހަރެން ގަދަދައްކާފައި ބައްޕައާއި އެކު މަސްބޭނުމަށް ނިކުމެއްޖައީމެވެ. ޒާހިދުބެ އަކީ އަހަރެންގެ ބޮޑުބެ އެވެ. ބައްޕަ އެން އުކަން ފެށުމުން އަހަރެން ދިޔައީ ޒާހިދުބެ ގާތަށެވެ. ލޮނުގަނޑު ފެނުމުން އަހަރެންގެ ދެލޯ ތަރަތަރަ ޖަހައިގެން ދިޔަ އެވެ. ލޮނުގަނޑު މަތީގައި މަސްތައް ފުމެނީ އެވެ. ބައިވަރޭ ބުންޏަސް ބައިވަރެވެ. ދޯނި ތަންކޮޅެއް ތިލަ ނަމަ މަސްތައް ދޯންޏަށް ވެސް އެރީހެވެ.

ބައްޕަގެ އަމުރަށް ދޯނި މަޑުޖެހިއްޖެ އެވެ. މަސްބާނާ މަންޒަރު ވަރަށް ފައްކަލެވެ. މަހަކަށްފަހު މަހެކެވެ. އެމީހުން މަސްބާނާ ފަރާތްނޫން އަނެއްފަރާތުގައި އަހަރެން، އަހަރެންގެ “ދޮށި” ކަނޑަށް ތިރިކޮށްގެން އިނީމެވެ. ބޭބެމެން، ބައްޕަމެން މަސްބާނާ ގޮތަކަށް އަހަންނަކަށް މަހެއް ނުބެވެ އެވެ. އަހަރެންގެ “އެންކޮޅު” މާ ނުބައީތާ އެވެ. ކުއްލިއަކަށް އަހަރެންގެ ދޮށްޓަށް ކުއްލިއެއް ޖެހިއްޖެ އެވެ. ޒާހިދުބެ އެވަގުތު ނުހިފެހެއްޓި ނަމަ އަހަރެން ބޯވަތަށް ވެއްޓޭނީ މާސިންގާ ކަނޑަށެވެ. އަހަރެމެންނަކަށް ވިސްނާލާކަށް ދެވަނަ ސިކުންތެއް ނުލިބުނެވެ. ދޯނި އެއްފަރާތަކަށް އަރިވެއްޖެ އެވެ. މަސްބޭނުމުގެ ފޯރީގައި ތިބި މީހުންތައް ވެސް ދޯނީގެ އެއްކަނަކަށް ގުޅައަކަށް ޖެހިއްޖެ އެވެ.

“އެއްޗެއްގަ ލައިގެންފި! ދޯނި ދަށުގަ އެއްޗެއް އެބައުޅޭ!” ބައްޕަ ހަޅޭއްލަވާގަތެވެ.

ދޯނި ދެފަރާތަކަށް ހެލެމުން ދިޔަ އެވެ. އަހަންނަށް ފައި އެޅެނީ ކިރިޔާ އެވެ. ޒާހިދުބޭގެ އެހީގައި އަހަރެން ގެގަނޑަށް ވަދެއްޖެއީމެވެ. އޭރު އަހަރެންގެ ހިތް ހީވަނީ މޭ ފަޅާލާފައި ނުކުމެދާނެހެންނެވެ. ޒާހިދުބެ އަހަރެން ގާތު އެތަނުން ނުނިކުންނައްޗޭ ކިޔާފައި ދިޔައީ އެވެ. އެކަކަށް ވެސް ދޯނި ކައިރީގައި އެއުޅެނީ ކޮން އެއްޗެއް ކަމެއް ނޭނގެ އެވެ.

އަހަންނަކަށް އެކަނި ހުންނާކަށް ފަސޭހައެއް ނުވި އެވެ. ދޯނި ތަންކޮޅެއް މަތަވުމުން އަހަރެން ނުކުތީމެވެ. އޭރު ބައްޕަމެން ތިބީ އެން އުކާތާ ކައިރީގަ އެވެ. ބައެއްމީހުން ފޯނު ކުރަނީ އެވެ. އަހަންނަށް އެޅުނީ ބަރާބަރު ދެފިޔަވަޅެވެ. ކުއްލިއަކަށް ދޯނި އަރިވެއްޖެ އެވެ. އަހަރެން ދިޔައީ އެއްލިގެންނެވެ. ރޯމަހެއް ހެންނެވެ. ފުރޮޅެމުން ފުރޮޅެމުން ގޮސް ޖެހުނީ ދޯނީގެ އެއް އަރިއަށެވެ. އެއަރިމަތި ތިލަނަމަ އެދިޔަ ގޮތަށް އަހަރެން ވެއްޓުނީހީ ސީދާ ކަނޑަށެވެ. ޖެހުނު ގޮތަކުން މާބޮޑަކަށް ތަދެއްނުވެ އެވެ. ބޯހިއްލާލާފައި ކަނޑަށް ބަލައިލީމެވެ. އެވަގުތު އަހަރެންގެ މޭގަނޑު އަނގަޔަށް އައި ކަހަލަ އެވެ. ފެނުނީ ގަދަ ފެހި ކުލައަކަށްދާ މަހެއްގެ ބިޔަ އުރަފަތް ގަނޑެވެ. އޭތި އަޑިޔަށް ދިޔަތާ މާ ގިނައިރެއް ނުވެ އެވެ. ދެތިން ސިކުންތުގެ ތެރޭގައި ފެނުނީ ލޮނުގަނޑު ފޮނުޖަހާފައި މައްޗަށް އެރިތަނެވެ. މާތް ކަލާކޯ އެވެ! އޭގެ ދިގުމިނުގައި ތިރީހަކަށް ފޫޓު ހުރެދާނެ އެވެ. އުރަފަތްގަނޑު ވަނީ ހުޅުވާލާފަ އެވެ. ކުޑަމިނުން އޭގެ ލޮލުގައިވާ ނޫކުލައިގެ ތޫނު ވިދުވަރުވެސް އަހަރެން ދުށީމެވެ. ދޯނި މަތިން ފުންމާލި އެ މަހުގެ އެންމެ ތަންފުކެއް ވެސް ދޯނީގައި ޖެހުނުނަމަ، މުޅި ދޯނި ފިސްފިސް ވީހެވެ. އެދިޔަގޮތަށް އޭތި ޖެހުނީ އަނެއް ފަރާތު ލޮނުގަނޑަށެވެ. ދޯންޏަށް ހީވީ ޒަލްޒަލާއެއް އައި ހެންނެވެ. އޮއިވަރުގައި ޖެހި ދޯނި އެކީ އެކައްޗަކަށް ބަންޑުން ޖެހިއްޖެ އެވެ.

ހަޅޭއްލަވަމުން އަހަރެން ލޯ ހުޅުވާލީމެވެ. އޭރު ފިނިވެގެން މުޅިމީހާ ތުރުތުރު އަޅަ އެވެ. އަހަރެން އޮތީ އެނދުން ވެއްޓި ތަޅުންގަނޑު މަތީގަ އެވެ. މިފެނުނީ ހުވަފެނެއްކަން އެނގުނީ އެހާ ހިސާބުންނެވެ. އެދުވަހު ބައްޕަ އާއިއެކު މަހަށް ދާން އުޅެފައި އަހަރެން ނުދިޔައީ ބޮލުގައި ރިއްސާތީއޭ ކިޔާފަ އެވެ…

=ނިމުނީ=

Comments (29)

  1. maan

    very nice! 😀

  2. vaahaka ky meeha

    OMG.. aharen heekuree aslu kamah.. v.biruganejje.. ?
    Btw.. v.v.vreethi. sifakurun hama v.real. aslah vx fenunuhen heevee.. ?

    1. Faxoo
      vaahaka ky meeha

      ehentha? ?
      vaahaka kiyaa iru vaagoi sifa kurevenya ei varah imajination strong kujjeh ? congrats!

  3. aalima

    V nice.. And majaa.. ?

  4. aalima

    V nice.. And majaa.. ?

    1. Faxoo
      aalima

      thanks Aalima 🙂

  5. mal

    Kurin keen mi vaahaka..

    1. Faxoo
      mal

      mal thedheh thibuny ? faxoo kurin mivaahaka Dhivehi vaahaka site.com ga post kurin… ekam fahun Esfiya ah badhalu kury mi… Faxoo ah Esfiya varah kamudhey ? adhi thi hurihaa friends in ves varah ekuveri kan comment thakun dheyhavey ? so thanks very much all…

    2. nonni
      mal

      Mal num dhevidhaanetha………n mal viber use kurantha :p

  6. Crazi

    Hahaha shalhi

  7. jeesh

    Hehe…faxu varah molhu ingey:)

    1. Faxoo
      jeesh

      thankx Jeesh ?? varah ufaavejje comment kuryma ?

  8. same

    varah molhu

  9. Faxoo

    thankyou… JazakaAllah Khaeeran… all my friends!! ??

  10. saidha

    Looking forward to a new story from you in shaa Allah.???

  11. zai

    Kurinkeen mivahaka dhivehi vahaka site in..btw v salhi mi story..keep it up faxoo?

  12. marry

    Faxoo ge ithuru vaahaka akah inthizaar kuran
    Varah ufaaveh gina liunyherin ah esfiya.com in vaahaka liumuge furusath libi ekam ge beynun hifaathee
    Thanxs admin u done a great job well done sir 🙂

    1. Admin
      marry

      Thank You marry. 🙂

    2. Faxoo
      marry

      thanyou too, Marry… iradhakureviyya adhi varah gina vaahaka fennaane faxoo ge ingey. and btw thankyou so much admin

  13. shx

    nyc

  14. West Ham

    Vaahaka kiya kiyaa hutta vaahaka nimihjje.Vaahaka hama vrh Habbeys

  15. siyax

    Manzaraa adaaeku sifavey vaahaka kiyamun dhaairu. Vaahaka hama v habeys

  16. laii

    V salhi mivaahaka..

  17. lol

    ehaves reecheh noon.

  18. Firaa

    Rythi vaahaka eh.. masha allah.. ?

  19. Faxoo

    thanx every one 🙂 🙂 😉

  20. mai

    maashaa allah! varahreethi.

  21. Famko

    Vrh vrh vrh reethi vaahkh eh.. ?

  22. Hafu

    Very nice?

Comments are closed.