ސަމާލުވޭ!
ހޮޅުއަށްޓާ މާދުރުނޫން ހިސާބެއްގައި އިށީންދެގެން އިންއިރު، އަހަރެންއިނީ ދެފިކުރެއްގައެވެ. އޭރު ދަތުރުގެ ބައިވެރިން ދޯނި ދޮށުގައި ހީސަމާސާ ކުރަމުން ދެއެވެ. ދަތުރު ދިއުމަށް ހަމަޖެހިފައިވަނީ ކައިރީގައި އޮތް ފަޅުރަށަކަށެވެ. އެއީ ރަށާ މާދުރުނޫން ރަށެއްކަމަކު މީހުން އާންމުކޮށް ގޮސްއުޅޭ ރަށެއް ނޫނެވެ. އަޑުއިވިފައިވާގޮތުން ކުރިން އެރަށް ބަލަހައްޓަމުން ދިޔައީ ވަރަށް ބޮޑު މުއްސަންޖެކެވެ. މިބުނާމީހާ މަރުވެފައިވަނީ އެރަށުގައެވެ. ނަމަވެސް އޭނާ މަރުވާން މެދުވެރިވި ސަބަބު އަދިއަދަށް ދާންދެންވެސް ވަނީ ނޭގިފައެވެ. އެ ޙާދިސާއަށްފަހު އެރަށާއި ބެހޭގޮތުން ތަފާތު ވާހަކަތަށް އެކިގޮތްގޮތަށް ދަނީ ދެކެވެމުންނެވެ. އެގޮތުން އެރަށަށް ދަތުރުދާމީހުން ގެއްލޭވާހަކައާއި ރަށުތެރެއިން ފާޑުފާޑުގެ އަޑުތައްއިވޭ ވާހަކަ އަކީ އަބަދުމެ ދެކެވޭ ވާހަކަ ތަކެކެވެ. މިފަދަ ޚިޔާލުތަކެއްގައި އަހަރެން އިންދައި ސިއްސައިގެންދިޔައީ ނަދީމު ގޮވައިލުމުންނެވެ. އޭރު އެންމެންވެސް ދޯންޏަށް އަރަނީއެވެ. ދަތުރު ގެންދަން ގެނައި ސާމާނުތައް އޭރުވަނީ ދޯންޏަށް އަރުވާ ނިމިފައެވެ.
އެންމެން އެރުމުން ދޯނި ފާލަމާއި ދުރުކޮށްލައި ދަތުރަށް ފެށިއެެވެ. އެއާއެކު ދަތުރުގެ ބައިވެރިން ލަވަކިޔުމާއި ނެށުންފަދަ އެކި ކަންކަމުގައި މަޖާނަގަމުން ދިޔައެވެ. އަހަރެންވެސް އެމީހުނާއި ބައިވެރިވީ ފޯރިއާއި އެކުގައެވެ. ވިއްސަކަށް މިނެޓްގެ ދަތުރަކަށްފަހު ދޯނި ރަށާއި ކައިރިކުރިއެވެ. ރަށަކީ މަލަމަތި ރީތި ރަށެކެވެ. ރަށުގެ ފަޅު އޮންނަގޮތުން ރަށަށް ފައިބާން ޖެހުނީ ބޮއްކުރާގައެވެ. މީހުނާއި ދަތުރުގެނައި އެއްޗެހި ރަށަށް ބާލައިނިމުނުއިރު އަހަރެންވެސް ހުރީ ހިސާބަކަށް ވަރުބަލި ވެފައެވެ. ވަރުބަލި ފިލުވާލުމަށްޓަކައިި ހިޔާވާ ހިސާބެއްގައި އެހެންމީހުނާއި އެކު އަހަރެންވެސް އިށީދެލީމެވެ. ދަތުރުގައި ގާތްގަނޑަކަށް ފަނަރަވަރަކަށް މީހުން ބައިވެރިވިއެވެ. ދަތުރަކީ އަހަރެންގެ ރައްޓެއްސެއްކަމަށްވާ ނަދީމުގެ އާއިލީ ދަތުރެކެވެ. އަހަރެން ބައިވެރިވީ އޭނާގެ އެދުމުގެމަތިންނެވެ. އިރުކޮޅަކު އެހެން ތިބުމަށްފަހު ރަށް ބަލަހައްޓާ ފަހީމުގެ އިށާރާތަކަށް އެންމެންވެސް މިސްރާބުޖެހީ ރަށުތެރެއަށް ދިއުމަށެވެ. ވަކިހިސާބަކަށް ދެވުނުތަނާ ކުޑަވަރެއްގެ ގެއެއް ފެނުނެވެ. އެއީ ފަނުން ހަދާފައިވާ ވަރަށް ހިތްގައިމު ގެއެކެވެ. ދަތުރުގެނައި ސާމާނުތައް ގޭތެރެއަށް ލުމަށްފަހު ރަށުތެރެބަލާލުމަށްޓަކައި އެއްބަޔަކު ހިނގައިގަތެވެ. އަހަރެންނާއި ނަދީމު މަޑުކުރީ ސައިތައްޔާރުކުރުމަށް އަވަދިނެތި އުޅެމުންދިޔަ އަންހެންވެރިންނަށް އެހީވެދިނުމަށްޓަކައެވެ.
ސައިތައްޔާރުކޮށް ނިމެންވާއިރަށް އެންމެންވެސް އެތަނަށް ޖަމާވިއެވެ. ސަޔަށް އިންސާފުކުރުމަށްފަހު އެންމެންވެސް ނިންމީ މޫދަށް އެރޭށެވެ. އެކިމީހުން ބައިބަޔަށް އަތިރިމައްޗަށް ދާންފެށިއެވެ. އަހަރެންވެސް އަތިރިމައްޗާއި ދިމާއަށް ދާން ހިނގައިގަތް ވަގުތު ކޮންމެވެސް މީހެއްގެ ވޭނީ ހަޅޭކުގެ އަޑު ކަންފަތުގައި ޖެހުނެވެ. އެއާއިއެކު އަހަންނަށް އެހުރި ފިޔަވަޅުމަތީ ހުއްޓެވުނެވެ. އަޑުއައި ދިމާއަށް ބަލާލިނަމަވެސް އެއްވެސް މީހެއްގެ ހިލަމެއް ނުވުމުން އަހަރެންނަށް ހީވި އެއްޗެއް ކަމަށް ނިންމައި އަނެއްކާވެސް އަތިރިމައްޗަށް ނުކުމެވެން އޮންނަ މަގުން ކުރިޔަށް ހިނގައިގަތީމެވެ.
މޫދަށްދިޔަ މީހުންގެ ޖޯށުންފުރިގެންވާ ޙަރަކާތްތައް ބަލަން އަހަރެންއިނީ ރުއްގަނޑެއް މަތީގައެވެ. އޭރު މޫދަށް އެރެންތިބި މީހުންގެ އަޑުން މުޅި ހިސާބުވަނީ ގުގުމާލާފައެވެ.
“ކީއްވެ މިތާ ތި އިނީ؟” ދަތުރުގެ ބައިވެރިއެއް ކަމަށްވާ ރީޝާ އަހަރެން ކައިރީގައި އިށީނަމުން ބުނެލިއެވެ. ރީޝާއާއި އަހަންނަކީ އެކުގައި ކިޔެވި ދެމީހުންނެއްކަމަކު އަހަރެމެންގެ މާބޮޑު ގުޅުމެއް ނޯވެއެވެ.
“ކަމެއްނުވޭ! މިގަޑީގައި މޫދަށް އެރޭހިތްނުވާތީ” ފަންވަތަކުން ދޮންވެލިތަކާ ކުޅެލަ ކުޅެލާ އިން ރީޝާއަށް ބަލާލަމުން އަހަރެން ޖަވާބުދިނީމެވެ. އެވަގުތު އޭނާގެ ފަންފަން އިސްތަށިގަނޑާއި ކުޅެލި ވައިރޯޅިން އޭނާގެ ރީތިކަން ހާމަވިއެވެ.
“އަހަރެން ވަރަށް އެރޭހިތްވޭ” އެހެންބުނެ ތެދުވެލާފައި އަތްފޮޅާލަމުން ރީޝާ ހިނގައިގަތީ މޫދާދިމާއަށެވެ. ރީޝާގެ ފަރިި ހަރަކާތްތަކަށް ބަލަން އިރުކޮޅަކު އިނުމަށްފަހު އަހަރެންތެދުވީ އަތިރިއަކަށް ދާންވެގެނެވެ. ބާރުހިނގުމެއްގައި ގޮސް ރަށުގެ އަނެއްފަރާތުން އަތިރިމައްޗައް ފޭބީމެެވެ.
ރަށަކީ ފުދޭވަރެއްގެ ބޮޑުރަށެއްކަމުން މުޅިންހެން އޮތީ ބޯކޮށް ހެދިފައިވާ ގަސްތަކެވެ. އެވަގުތު އެތަނަށް މީހަކު ނާންނާނޭ ކަމުގެ ޔަގީންކަން އޮތްލެއް ބޮޑުކަމުން އަހަރެން ކުރަންދިޔަކަންތައް ކޮށްއަވަދިވެގެން ހިނގައިގަތީ ކުރިންވެސް އިންފަރާތު އަތިރިމައްޗަށް ނުކުތުމަށެވެ. އެވަގުތު އެދިމާ ގަސްތަކުތެރޭން މީހެއްއުޅޭކަމުގެ އިހުސާސް ކުރެވުނެވެ. ހިކިފަތްތައް ފުނޑުފުނޑުވާ އަޑާއި ގަހުގެގޮފިތައް ތެޅޭއަޑު ކޮންމެވެސް ވަރަކަށް އިވެއެވެ. އަހަންނަކީ ޖެހިލުންކުޑަ މީހެއްކަމުން އެތާމީހަކު ހުރިތޯ ޔަގީންކުރަން ބޭނުންވިއެވެ. އަދި އަޑުއައި ދިމާ ގަސްތަކުތެރެއަށް އުދަގުލުން ނަމަވެސް ވަދެގެން ދިޔައީމެވެ. އަނެއްކޮޅުން މަގަށް ނުކުމެވުނު އިރުވެސް އެއްވެސް މީހެއްގެ ހިލަމެއް ނުވިއެވެ. އަނެއްކާވެސް އަހަންނަށް ހީވިގޮތެއް ކަމަށް ނިންމާ ގެ ފެނޭތޯ ކުރިޔަށް އޮތް މަގުން ހިގައިގަތީމެވެ. މާ ގިނައިރު ހިގާކަށް ނުޖެހުނެވެ. ގެ ފެންނަ ހިސާބަށް އާދެވިއްޖެއެވެ. އޭރު މޫދަށް ދިޔަ މީހުން ގޭދޮށުގައި އުޅެއެވެ.
ފެންވަރާލައިގެން ނަމާދުކޮށްލުމަށްފަހު އަހަރެން ނުކުތްއިރު ދަތުރުގެ ބައިވެރިން ދެބަޔަކަށް ބެހިލައިގެން ލަވަބާޒީ ކުޅުމުގައި އުޅެއެވެ. އަހަރެންވެސް އެމީހުންނާ ބައިވެރިވެލީމެވެ. ވާދަވެރިކަމާއި އެކު ކުރިޔަށްދިޔަ ލަވަބާޒީ ނިމުނީ އަންހެން ވެރިންނަށް ކުރިލިބިގެންނެވެ. މެންދުރުގެ ކެއުން ކައްކަން ޝަރުތު ކޮއްފައި އޮތީ ބަލިވާ ބަޔަކަށް ކަމުން އަހަރެމެން އުޅުނީ ނޫޑުލްސް ކެއްކުމުގައެވެ.
މެންދުރު ކައިގެން އެއްބަޔަކު އޮށޯތީ ނިދާށެވެ. އަހަރެންވެސް އަރާމުކޮށްލުމަށްޓަކައި އޮށޯވެލީމެވެ.
“ބަލަ ދަތުރު އަންނަނީ ނިދާކަށްނޫނޭ! ނިދަންޏާ އޮންނާނީ ގޭގަ!” ރީޝާ ހެމުން ހެމުން ބުނެލި އަޑު އިވުނެވެ. ނަމަވެސް އަހަރެންގެ ފަރުވާލެއް ނެތެވެ. އޭރު ބޭނުންވީ ހަމަ އަރާމުކޮއްލާށެވެ.
އަހަންނަށް ހޭލެވުނީ ރީޝާ ގޮވާއަޑަށެވެ. އޭރު އޭނާގެ މޫނުމަތިން ފެންނަމުންދިޔައީ ހާސްކަމުގެ އަސަރުތަކެވެ. ގިނައިރުތަކެއް ނިދުނުކަން އިނގުނީ އިރުއޮއްސިފައި ހުރުމުންނެވެ. އަހަރެން ތެދުވެލާފައި މޯޅިއަކަށް ދެމިލަމުން ވެގެން އުޅެނީ ކީއްތޯ އަހާލީމެވެ. ރީޝާގެ ވާހަކައިން އަހަރެންގެ ހިތުގައި ނޭގޭ ބިރުވެރިކަމެއް އުފެދުނެވެ. އިރުއޮއްސެން ދަނިކޮށް ރަށުތެރެ ބަލައިލަން ނުކުމެ އުޅުނު ދެތިން ކުއްޖެއްގެ ޚަބަރެއް ނުވެގެން އެންމެންވެސް ތިބީ ކަންބޮޑުވެފައެވެ. އަދި ރަށަށް އައީއްސުރެ މޫސަގެ އެއްވެސް ޚަބަރެއް ނުވާކަންވެސް އިނގުނީ ދެނެވެ. ސަކަރާތުގައި އުޅެންހަދައިގެން މޫސަ ނެތްކަން ކުރިން ފާހަގަވެފައި ނެތީއެވެ. އެއާއިއެކު އަހަރެންގެ ހަދާނަށް އައީ މޫދުދޮށަށް ދަނިކޮށް އިވުނު ހަޅޭކުގެ އަޑެވެ. ގަސްތަކު ތެރޭގައި މީހަކު އުޅޭ ކަމަށް ހީވި ހީވުމެވެ. ކަންތައްތައް ވަރަށް ގޯސް ވެއްޖެކަން އަހަރެންނަށް ވިސްނުނެވެ.
އެންމެން ވާހަކަ ދެއްކުމަށްފަހު ނިންމީ ބައިބަޔަށް ބެހިލައިގެން ރަށުތެރެ ބެލުމަށްޓަކައި ނުކުތުމަށެވެ. ދާން ނުކެރިފައި ތިިބި ތިން އަންހެންކުދިން ރީޝާއާއި އެކު ގޭގައި މަޑުކުރުމަށް ބުނެ އަހަރެމެން ބައްތި ހިފައިގެން ރަށުގެ އެކި ދިމަދިމާއަށް ހިގައިގަތީމެވެ. އަހަންނާއި އެކު ތިން ކުއްޖަކު އައެވެ. ރެއަކީ ހަދުވަރުގެ އެއްވެސް އަލިކަމެއް ނެތް ކަޅުފޮއެ ރެއެއްކަމުން މުޅިރަށުތެރެ ވަނީ އެކީ އެކައްޗަކަށް އަދިރިކޮއްލާފައެވެ.
އަހަރެމެންނަށް މާދުރަށް ނުދެވެނީސް އެއްބައެއްގެ ހަޅޭކުގެ އަޑު އިވުނެވެ. ބަލާކަށް ނުތިބެ އެންމެން އެދިމާއަށް ދުއްވައިގަތީމެވެ. ދުވެފައި ގޮސް އަހަރެމެނަށް ނުކުމެވުނީ އަތިރިމައްޗަށެވެ. ދެކޮޅު ހޯދާލިއިރު އެއްވެސް މީހަކު ފެންނާކަށް ނެތެވެ. އިތުރު ހާސްކަމެއް ލިބުނީ އަހަރެންނާއި އެކު އައި ދެކުއްޖަކު ނެތްކަން އިނގުމުންނެވެ. އަހަރެން ހަދާނެގޮތް ހުސްވެއްޖެއެވެ. އެންމެފަހުން އަހަންނާއި އައްޔައާ ދެމީހުން ގެއާއި ދިމާއަށް ދުއްވައިގަތީމެވެ. ގެއައް ދިޔައިރު އެއްެވެސް މީހަކު ފެންނާކަށް ނެތެވެ. ގޭގައި އަލިކަމެއް ނެތްތާގައި ބައިތިއްބާފައި ދިޔަ ކުދިންނެއްވެސް ނެތެވެ. އަނެއްކާ ރީޝާ ވެސް…….
އެހިސާބުން އަހަންނަށް ރޮވޭގޮތް ވިއެވެ. މި ދަތުރު އާދެވުނު މޮޔަ ހީވިއެވެ. ރަށުމީހުން ބުނަނީ ތެދެއްތާއޭ އަހަރެންގެ ހިތަށް އެރިއެވެ. މިރަށަކީ ހަމަ ނާމާން ރަށެކެވެ. އެކަމަކު އަހަރެންނަށް މިހާތަނަށް ފާހަގަ ކުރެވުނު އެއް ކަމެއް އެބައޮތެވެ. އެއީ ރަށަށް އައީއްސުރެ ރަށް ބަލަހައްޓާ ފަހީމުގެ އެއްވެސް ޚަބަރެއް ނުވުމެވެ. އަނެއްކާ މި ކަންތައްގަނޑުގެ ފަހަތުގައި ވަނީ އޭނާގެ އަތެއް ބާވައެވެ؟ ނޫނީ އެހެން މީހުންނެކޭވެސް އެއްފަދައިން އޭނާވެސް ގެއްލުނީބާވައެވެ؟
މި ހިނގަމުންދާ އަޑިނޭނގޭ ކަންތައްގަޑުގެ ހަގީގަތް ހޯދުމަށް އަހަރެން އަޒުމްކަނޑައެޅީމެވެ. އަދި އަހަންނާއި އައްޔަ އާއި ދެމީހުން ވަޅިއެއް ހިފައިގެން ވަލުތެރެއަށް މިސްރާބުޖެހީމެވެ. ދާނޭ ވަކި މިސްރާބެއްނެތި އަހަރެން ހިގައިގަތީ އަހަރެންގެ ފަހަތުން އައުމަށް އައްޔައަށް އިށާރާތް ކުރަމުންނެވެ. ވަކިހިސާބަކަށް ގޮސްފައި ފަހަތަށް އެނބުރިލިއިރު އައްޔަ އެއް ފެންނާކަށް ނެތެވެ. އަހަރެން ގަތީ އަމަށަކު ބިރެއް ނޫނެވެ. ބަލާކަށް ނުހުރެ ދުއްވައިގަތީމެވެ. ދެވޭ ނުދެވޭ ތަނެއް ނޭނގިއެެވެ. އެހެން ދިޔުމުގެ ތެރޭގައި ކޮންމެވެސް އެއްޗެއްގައި އަޅައިގަނެފައި ވެއްޓޭ ފަހަރުވެސް އާދެއެވެ. މިއިން ކޮންމެފަހަރަކުވެސް ތެދުވެފައި ދުއްވައިގަންނަނީއެވެ. އެގޮތަށް ދިހަވަރަކަށް މިނެޓު ދުވެވުނު ފަހުން ދެން ވެއްޓުނީ ފުންކޮއްހުރި ތަނެއްގެ ތެރެއަށެވެ. ތެދުވެލާފައި ވަށައިގެން އަލިކޮއްލުމުން އެއީ ކޮންމެވެސް މީހަކު ކޮނެފައިވާ ވަޅުގަނޑެއްކަން އިނގުނެވެ. ދެން ފެނުނު މަންޒަރަކުން އަހަރެންގެ މޭގަނޑު އަނގައަށް ނައީ ކިރިޔާއެވެ. ހަމަ އެއާއިއެކު އެއްވެސް އިޙުތިޔާރަކާ ނުލައި އަޑުގެ ނެތްތަނަށް ހަޅޭއް ލަވައި ގަނެވުނެވެ. ފެންނަމުންދާ ކަންތައްތައް ގަބޫލުކުރަން ދަތިވެފައި ހުއްޓާ ކުއްލިއަކަށް އައްޔަގެ ފުރާނަނެތް މަސްގަނޑު އައިސްޖެހުނީ އަހަރެންގެ ކުރިމައްޗަށެވެ. ދަތުރުގެ އެހެން ބައިވެރިންނެކޭ އެއްގޮތަށް އައްޔަވެސް މިދުނިޔެއާއި ޢަލްވަދާޢު ކީއެވެ.
އަހަރެން އަވަސްވެގަތީ އެތަނުން މައްޗަށް އެރޭތޯއެވެ. ވަރަށް އުދަގުލުން މައްޗަށް އަރާ ހަމަޖެހިލިތަނާހެން އަހަރެންގެ ބޮލަށް އެރީ ވަރުގަދަ އެތިފަހަރެކެވެ. އެއާއިއެކު އަހަރެން ހޭނެތުނެވެ.
…..
އަހަންނަށް ހޭވެރިކަންވިއިރު ހުރެވުނީ ގަހެއްގައި ލެގިލައިގެންނެވެ. އޭރު ފަޖުރުގެ އަލިކަން ފާޅުވަނީއެވެ. އަތާއި ފައި ހުރީ ގަހުގައި އައްސާފައިކަން އިނގުނީ އަތްފައި ހަރަކާތްކޮއްނުލެވުމުންނެވެ. އޭރު ބޮލުގެ ކޮންމެވެސް ދިމާލެއްގައި ވަރަށް ގަދައަށް ރިއްސައެވެ. ރަނގަޅަށް ބަލާލިއިރު ކުރިމަތީގައި އޮތް ގާގަނޑެއްގައި އިށީނދެލައިގެން އިނީ ފަހީމް ނޫން ދެވަނަ މީހެއް ނޫނެވެ. އަތުގައި އޮތް އުދަލިން ބިންމަތީގައި ޖަހާލަ ޖަހާލަ އިން ފަހީމްގެ ހަރަކާތްތަކުން ލިބުނު ހައިރާންކަމަށްވުރެ ބޮޑަށް ގަތީ ބިރެވެ. އެއްޗެއް ބުނަން އަނގަ ހުޅުވާލިތަނާހެން ފަހީމު ވާހަކަ ދައްކަންފެށިއެވެ.
” އާނ.. ކަލެއަށް ތިހީވީ ހަމަ ރަގަޅަށް .. މި ހުރިހާ ކަމެއްގެ ފަހަތުގައިވަނީ ހަމަ އަހަރެން. ކަލޭމެން ބުނާ ގޮތުން ނަމަ މިރަށުގައި އުޅޭ ޖިންނި އަކީ އަހަރެން. މި ރަށަކީ ނާމާން ރަށެއް ކަމަށް އަޑުފެތުރީވެސް ހަމަ އަހަރެން. އެއީ މިކަންތައް ރުޙާނީ ކަމެއްގެ ގޮތުގައި ސިފަކުރުމަށް އަހަރެން ޖެހި މަޅިތަކެއް.”
އެހާހިސާބަށް ވާހަކަ ދިޔައިރުވެސް އަހަންނަށް އެއްވެސް އެއްޗެއް ސާފުވާ ގޮތެއް ނުވިއެވެ.
އަތުގައި އޮތް އުދަލި ބިންމައްޗަށް ދޫކޮއްލަމުން ތެދުވެ ދެކޮޅަށް ހިގާލަ ހިނގާލާ ހުރި ފަހީމް އެއިރުވެސް އޭނަގެ ވާހަކައާއިގެން ކުރިއަށްދެއެވެ.
” އަހަރެން މިހާތަނަށް މިކުރި ހުރިހަ ކަމަކީވެސް އަހަރެންގެ ބައްޕަގެ މަރުގެ ބަދަލު ހިފުމުގެ ގޮތުން ކުރަމުން އަންނަ ކަންތައްތަކެއް. އަހަރެންގެ ބައްޕަގެ މަރަކީ ފައިސާގެ ދަހިވެތިކަމުގައި ބައްޕަގެ ކުންފުނީގެ ހިއްސާ އޮއްނަ ބަޔަކު ރާވައިގެން ކުރި ކަމެއް. އަހަރެން މިހާތަނަށް މަރާފައި ވަނީވެސް އެމީހުންގެ އާއިލާތަކަށް ނިސްބަތްވާ މީހުން. އެކަމަކު މިހާރު ކަލެއަށްވެސް މިކަންތައް އިނގުނީ. އެހެންވީމަ ކަލޭވެސް….. ހައްހައްހައްހާ..”
ފަހީމުގެ ހުނުމުގެ އަޑުން މުޅިތަން ގުގުމަލިއެވެ.
ސަލާމަތްވާނޭ ގޮތެއް ފެނޭތޯ އަހަރެން ބަލަންފެށީމެވެ. ކުއްލިއަކަށް ހަދާންވީ ގެއިން ގެނައި ކުޑަ ވަޅި މަތިންނެވެ. ނަސީބަކުން ވަޅި އަހަރެންގެ ޖީބުގައި އޮތެވެ. ވަރަށް އުދަގުލުން ވަޅި ނަގާ އަތުގައި އައްސާފައި ހުރި ފަށް ކަޑާލީމެވެ. އޭރު ފަހީމު އަހަންނާއި ދިމާއަށް އާދެއެވެ. އަހަރެނަށް ހަރަކާތެއް ނުގެނެވެނީސް އޭނާ އަހަރެންގެ ކަރުގައި ހިފިއެވެ. ބަލަންނުހުރެ އަހަރެން އޭނާގެ ފައިގެ ފަލަމަސްގަނޑަށް ވަޅި ހަރާލީމެވެ. އަދި އޭނާ ދުރަށް ކޮއްޕާލުމަށްފަހު ފައި މޮހާލައިފައި ދުއްވައިގަތީމެވެ. ތެޅިފޮޅެމުން ދެވޭނުދެވޭ ދިމާލެއް ނޭގި ދުވަނިކޮށް ނުކުމެވުނީ އަތިރިމައްޗަށެވެ. އެވަގުތު އަހަރެންގެ ލޮލުގައި އެންމެފުރަތަމަ އަޅައިގަތީ އަތިރިމަތީގައި އޮތް ބޮއްކުރައެވެ. ދުވެފައިގޮސް ބޮއްކުރައަށް އަރާ ދޯންޏާއި ދިމާއަށް ކަނބަންފެށީމެވެ. ކުއްލިއަކަށް އަހަރެންގެ ކަންފަތުގައި ޖެހުނީ ރީޝާގެ ހަޅޭކުގެ އަޑެވެ. އަހަރެން ފަސްއެނބުރި ބަލާލިއިރު އޭނާ ގޮނޑުދޮށުގައި ހުރެ ހަނާއަޅަނީއެވެ. އަވަސް އަވަހަށް ބޮއްކުރާ ގޮނޑުދޮށަށް ކައިރިކޮށްލީމެވެ. އަހަންނާއި ރީޝާ ދޯންޏަށް އެރިއިރު ފަހީމު ކޮރުޖަހަމުން ގޮނޑުދޮށަށް އަންނަތަން ފެނެއެވެ. ބަލަންނުހުރެ އަަހަރެން ދޯނި ސްޓާރޓް ކޮށްލައި އަހަރެމެންގެ ރަށާއި ދިމާއަށް މިސްރާބުޖެހީމެވެ.
***********
“މަންމަ ސަލާމަތްވީ ކިހިނެއްތަ؟” އަހަރެންގެ ދިހަ އަހަރަށްދާ ދަރިފުޅު މީޝާ ސުވާލުކުރިއެވެ.
“މަންމަ އޮތީ އެގެގަނޑު ތެރޭފިލާ. އެހެންވެ އެމީހާއަށް މަންމަ ނުފެނުނީ” މީޝާގެ ބޮލުގައި ފިރުމާލަމުން ރީޝާ ޖަވާބުދިނެވެ.
“ދެން އެމީހާ ކޮބާ؟” އަނެއްކާވެސް މީޝާ ކުރީ ސުވާލެކެވެ. “އެމީހާ ވީ އުމުރަށް ޖަލަށް ލާފައި” އަހަރެން މީޝާއަށް ބަލާލަމުން ޖަވާބުދިނީމެވެ.
“އަހަރެންގެ މަންމަ އާއި ބައްޕަ ސަލާމަތްކޮށްދެއްވީތީ މާތްﷲ އަށް ޙަމްދުކުރަން” އަހަންނާއި ރީޝާގެ ގައިގައި ބައްދާލަމުން އަހަރެމެންގެ ދަރިފުޅު ހިނިތުންވެލިއެވެ.
(ނިމުނީ)
21 Comments!
Comments are closed.



wow ibraehtheri story eh kooji….i think u updated a story before alsodhw??? anekka fenileema happy vrh…aslu v v v habeys ingey mi vaahaka……… long story eh gensdheyneeee kon irakn????? u hav grt telent ,,masha allah!!!! 😀
Thanks.. Vaguthu libey varakun liyanymi.. Dhigu vaahaka eh liyan vaguthu nulibeythyy..
Salhi 🙂
Nice
އާޗާ ވަރަށް ރީތި މާޝާﷲ.. ދެން އެބަހުރި ޝ ޖަހަންޖެހޭ ތާކަށް ށ ޖަހާފަ. ރަނގަޅުކޮށްލަން ފެނޭ..
Thanks ethankolhu faahaga kolladhinyythyy..
V reethi story ei….❤
Varah reethi vaahaka eh. Nimmaali goives v reethi. They both got married. Awww.. A perfect ending. Keep it up. Kooji ge ehn story akah inthizaaru kuran.
Thanks all for the comments.. 🙂
Nice story
Ehfaharu bohkura a kiaafa aneh faharu dhonyey e iny liyefa ehnve kada n emyha myhun mery kyve kameh ehaa bodakah get eh nuve
Vrh habeyssss…❤❤
Reethi
v salhii vhk…vhk ge feshunn vx ninmun vx v salhiii
Thanks
v salhiii v salhii
nice story <3
mivaahaka goa heh noon rangalhu but unbelievable ekam ok
V reethi vaahaka eh..
Maasha Allah! Varah reethi ❤
thanks all for the comments.. ‘ll try to improve next time..