Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ބިރުވެރި

ދަރިފުޅު (2)

Maree Level 110 Stories
December 17, 2015 6 Mins Read
43 Comments

ދަރިފުޅު (ދެވަނަ ބައި)

ރިހޭ ފައި މައްޗަށް ފޮއެ ވެއްޓުނު ކަހަލައެވެ. ބިރުގެންފައި ހުރި ފާތުން ކުއްލިއަކަށް ބިންމައްޗަށް ވެއްޓުނީ ގައިން ވަރުދޫވެގެންނެވެ. ސިކުނޑީގައި އެނބުރެމުން ދިޔައީ ވާނުވާ ނޭގޭ އެތައް ހިޔާލުތަކެކެވެ. ތަޅުގައި ހިފައި، ތަޅުވާ އަޑުފަށް ގަނޑު ނޫން އިތުރު އެހެން އެއްވެސް އަޑެއް ފާތުންގެ ކަންފަތަކަށް ނީވޭ ކަހަލައެވެ. ކަންފަތަށް އުނދަގޫވެ ބޯ ފަޅައިގެންދާ ވަރަށް އެ އަޑު ދިޔައީ ގަދަވަމުންނެވެ. ފާތުންނަށް ހީވީ އޮތްތަނަށް ބިރުން ވިރިދާނެހެނެވެ. އޭނާގެ ބޯ, ފަން އިސްތަށިގަނޑު ވަނީ ވިހުރުވިފައެވެ. ތެދުވަންވެސް ނޭގިފައި އޮތް ފާތުންގެ އަނގައިން އަޑެއްވެސް ނުނިކުތެވެ. ފައި ކުރުގަޅުވައިގެން، ކަންފަތުގައި ދެއަތްއަޅައި ބާރުކޮށްގެން، ދެލޯ މަރައި، ތަގުޅިކޮށްގެން އޮވެ،ހިތްވަރުކޮށްފައި އަޑުގެ ނެތްތަނަށް ހަޅޭއްލަވައިގަނެވުނީ ވަރަށް ހާލުންނެވެ. ހަމަ އެދަނޑިވަޅަށް އެންމެ ފަހުފަހަރަށް ތަޅު އެނބުރުމަށްފަހު ކޮޓަރީގެ ދޮރު ހުޅުވާލާފައި ކޮޓަރި ތެރެއަށް ވަދެގެން އައީ ގޭގެ އެންމެނެވެ.

” ސުބުހާނަ ﷲ!،……… ދަރިފުޅާ ކިހިނެއްތަ ވީ؟” ހާސްވެފައިވާ ފާތުންގެ މަންމަ ސުވާލުކުރިއެވެ. ރޯން އޮތް ދަރިފުޅުގެ ހާލުފެނި، ދުވެފައި ގާތަށް އައިސް، ބޮލުގައި ފިރުމާލިއެވެ.
ފާތުން އޮތް ހާލުފެނި މަންމަ އާއި ބައްޕަ އަދި ފިރިމީހާ ވެސް ކަންބޮޑުވި އެވެ. އެއިރު އާލިޔާ ބާރު ބާރަށް މަންމަގެ އުރުގައި އިނދެ ރޮނީއެވެ. ފިރިމީހާ ހަސަން ދުއްވައިގަތީ ފާހާނާގައި ދޫކޮށްފައި ހުރި ޝަވަރު ބަންދު ކުރާށެވެ. ބައްޕަ އާއި މަންމަގެ އެހީގައި ފާތުން ތެދުވެ އެނދުގައި އިށީނދެއްޖެއެވެ.

” މަ މަ މަ މަ މަންމާ….” ފާތުންނަށް ވާހަކަވެސް ދައްކަން އުނދަގުލެވެ. އަދިވެސް ކޮޓަރީގައި ވީ ކަންތައް ޤަބޫލުކުރަން ދައްޗެވެ.
ފާތުންގެ ލޯބިވާ ފިރިމީހާ، ހަސަނަކީ މިޒާޖުގެ ގޮތުން މަޑުމައިތިރި، ވާހަކަ މަދު، މީހުންނަށް ކަމޭހިތަން ދަންނަ މީހެއްކަމުން، ފާތުންގެ މައިންބަފައިން ވާހަކަ ދައްކާތީ، ހަސަން ހުރީ ފާތުންގެ ގާތުގައި އޭނާގެ އަތުގައި ހިފައިގެން ފިރުމާލަ ފިރުމާލައެވެ. ފަހުން، ހަމަޖެހިގެން ފާތުންނާ މިކަމާ ވާހާކަ ދެއްކުމުގެ ނިޔަތުގައެވެ.

” ދަރިފުޅާ، ވީ ކަމެއް ބުނެބަލަ! އާލިޔާ ވެސް ރޮއެ ރޮއެ ހަލާކުވަނީ..” މަންމަގެ އުރުގައި އިން އާލިޔާ ބައްޕައާ ހަވާލުކުރީ އެ މަންޖެގެ އަޑު ނުކެނޑުނީމައެވެ. ބައްޕަ އާލިޔާ އުރާލައިގެން ކޮޅަށް ހުރެ އޭނާ ހުއްޓުވޭތޯ މަސައްކަތް ކުރަމުން ދިޔައެވެ.
ކަންބޮޑުވެ، ގަބުވެފައި އިންފާތުންނަށް ހަމަހޭވެރިކަމެއް ޖެހުނީ ތުއްތު އާލިޔާގެ ރުއިމުގެ އަޑު ސިކުނޑީގައި އެނބުރެން ފަށުމުންނެވެ. އެހެންކަމުން ފާތުން ހަމަޖެހެން މަސައްކަތް ކުރަމުން، ލޮލުގެ ކަޅި ކޮޅު ކޮޅަށް ހިންގާލިއެވެ. ލޮލުން ހިފެހެއްޓުމެއް ނެތި އައި ކަރުނަތައް ފޮހެލައި، އާލިޔއަށް ސަމާލުކަން ދޭން މަސައްކަތް ކުރަމުން ކުރަކި އަޑަކުން ބުންޏެވެ.

” އަ..އަ..އަ.އަ..އާނ ގެނޭ އާލިޔާ، އޭނަ ބަނޑުހައިވާނެ މިހާރު”
އިންތަނުން ތެދުވެ، ބޮލުގައި ހުޅިޖަހައިލައި، އާލިޔާ ނަގައިގެން ގޮސް އަވަސް އަވަހަށް ފާހާނައަށް ވަނެވެ. ތުރުތުރު އަޅާ ހާލު، ފާތުންގެ ދަރިފުޅު ރީތިކޮށް ހެދީ އެންމެންގެ ހާޒިރުގައެވެ. އޭނާ ގެ ހަލުވި ހަރަކާތްތަކަށް ބަލަން އެ ކޮޓަރީގައި އެންމެން ތިބީ ވީނުވީއެއް ނޭނގި އާގަމަ ވެފައެވެ. އެންމެންގެ ހިތުގައި އުފެދެމުންދާ ސުވާލުތަކަށް ފާތުންގެ ފަތާރުން ޖަވާބެއް ހޯދޭނީ އާލިޔާ ހަމައަކަށް އަޅުވާފަައިކަމުން އެއްވެސް މީހަކު އިތުރު ސުވާލެއް ނުކޮށް މަޑުކޮށްލައިގެން ހާސްކަމެއްގެ ތެރޭ ތިއްބެވެ. އެވަގުތަކީ ފާތުންގެ މަންމަގެ ފޯނު ރިންގުވީ ވަގުތެވެ.

“އައްސަލާމު އަލައިކުމް؟”

“ވައަލައިކުމުއް ސަލާމް ދައްތާ.” އެކޮޅުން ޖަވާބުދާރީވީ، ފާތުންގެ މަންމަ އައިމިނާމަނިކެގެ ކޮއްކޮ، އައިޝާގެ މަންމަ އައިސާމަނިކެއެވެ.

“ކިހިނެއްވީ އައިސާ މަނިކޭ؟” ފާތުންގެ މަންމަ އައިމިނާމަނިކެ ކޮޓަރިން ނިކުމެ ދޮރުލައްޕަމުން ސުވާލުކުރީ ފޯނުކޮށްގެން ހުރި އައިޝާގެ މަންމަ އައިސާމަނިކެއާއެވެ.

“އަައިޝާ ވީ ތިގޭގަތަ؟ އޭނަ ނައިސްގެން މިއުޅެނީ. ” އައިސާމަނިކެގެ އަޑުގައި ހާސްކަމެއް ވާކަން އައިމިނާމަނިކެއަށް ފާހަގަވިއެވެ.

“ނޫން، ނާދޭ. އެކަމަކު ފާތުން އަތުވެއްޖެ. އޭނަގެ ފޯނަށް ގުޅައިފިންތަ؟” ފެންޑާގައި ހުރި ގޮނޑިއެއްގައި އިށީންނަމުން އައިމިނާމަނިކެ ވާހަކަ ދައްކަމުން ދިޔައެވެ.

“އާ، މިއަންނަނީ ދެވެރިން. މިވަގުތަށް ބާއްވަނީ އިނގޭ ދައްތާ. ވަރަށް ސަލާމޭ” އައިޝާ އާއި އައިޝާގެ ދަރިފުޅު އަންނަތަން ފެނުމުން އައިސާމަނިކެ ފޯނު ކަނޑާލިއެވެ.

…………………………………………………………………………………………………………………………………………….

” އައިޝާ ގާތު ކިތައްފަހަރު ބުނެފިން އައިހަމް ގޮވައިގެން ރަތްވިލާ މައްޗަށް ނުދާށޭ! ބަލާބަލަ ގަޑިން 7:15 ވެއްޖެޔޭ މިހާރު!” އައިޝާގެ މަންމަ އޭނާގެ ގޭ ދޮރާށިމަތީ ހުރީ އައިޝާ އާއި 2 އަހަރުގެ އައިހަމް ގެ އިންތިޒާރުގައި ކަންބޮޑުވެފައެވެ.

” މަންމާ، ދެން ލަސްވީ އޭ! ފާތުންމެންނާ ވާހަކަ ދައްކަން އިނދެވުނީޔޭ!، އެންމެންވެސް ބުނި މަންމަ އަށް ސަލާމް ބުނާށޭ، މާދަމާ އަންނާނަމޯ އަނެއްކާވެސް ” ގޭގެ ގޭޓު ދޮރު ހުޅުވާލަމުން އެތެރެއަށް ވަނީ އައިހަމް އުރާލަމުންނެވެ. އައިޝާ މަސައްކަތް ކުރަމުން ދިޔައީ، މަންމަ ހަމަޖައްސާލެވޭ ތޯއެވެ.

” ބަލަ ކަލޭމެން ތުނޑިއަށް ގޮސް އުޅެނިކޮށް ކަމެއް ވެދާނެ. އަދި މި މީހުން އަވަށު އަތް ދަށުގަ އުޅޭނަމަވެސް އެންމެ ރަނގަޅުތާ!” ޕިސް ކަނޑަމުން ދެއަަތަށް ބޯ ހޫރުވަމުން ހިތްހަމަނުޖެހި ހުރެ އައިސާމަނިކެ ހާސަރު ދަމަމުން ދިޔައީ ރުޅިއައިސްގެން ހުރެއެވެ.

އައިޝާ އަކީ، ފާތުންގެ މަންމަ ފަރާތު 4 ބޮޑު ދައްތައިންގެ ތެރެއިން ދެވަނައަށް ހުންނަ ދައްތަ އައިސާމަނިކެއަށް ލިބިފައި ވާ، ފާތުންނާ އެއް އުމުރެއްގެ ދަރިއެކެވެެ. ފާތުންނެކޭ އެއްފަދައިންއައިޝާއަކީވެސް ފުރިހަމަ ރީތިކަމެއްގެ އިތުރުން އިލްމާއި ހިލްމް ވެސް ލިބިފައިވާ އަންހެނެކެވެ. އެރަށުގެ އެހެން އާއިލާތަކުން އައިޝާއާއި އެއްވަރަށް މޮޅަށް ކިޔަވައިގެން އުޅޭ އެފުރާގެ އަންހެންކުދިން ވަރަށް މަދެވެ. އައިޝާގެ އެ ބޮޑު އާއިލާއަކީ ކިޔެވުމަށް ވަރަށްމޮޅު އާއިލާއަކަށް ވާތީއެވެ. އައިޝާގެ އިތުރުން ފާތުންނާއި، އައިންތާއި، ރިޝްފާ އަދި ފާތުންގެ ދައްތަ މުނާ ވެސް ހަމަ އެހާ ކިޔެވުމަށް މޮޅެވެ. އެންމެން މާލެ ބަދަލުވިއިރު އައިޝާ ހުރީ ރަށުގައެވެ. އެމީހުން މާލޭގެސުކޫލުތަކުން ކިޔެވުން ނިންމި އިރު، އައިޝާ ސްކޫލު ނިންމީ ރަށު އަތޮޅު މަދަރުސާއިންނެވެ. ސުކޫލު ނިންމުމަށްފަހު ތިނަދޫ ގައި ހުންނަ ޔުނިވާސިޓީގެ ތިނަދޫ ކެންޕަހުން ސެކަންޑަރީ ޓީޗިން ހަދައި މިހާރު އޭނާ ވަޒީފާއަދާކުރަމުން ދަނީ ގައްދޫ ސްކޫލުގެ އިނގިރޭސި މުދައްރިސެއްގެ މަގާމުގައެވެ. ރަށުގައި އުޅެބޮޑުވިއެއްކަމަކު ޗުއްޓީގައި މާލެ ގޮސް ފާތުންމެންނާ އެކު ވަރަށް ވަގުތު ހޭދަކޮށް އުޅެއެވެ. ކޮންމެ ބޮޑުދައިތައެއްގެވެސް ފާތުންނާ، ފާތުންގެ ދައްތައާއި އެއްއުމުރުގެ އަންހެން ކުދިން ތިބޭ ކަމުން އެއެންމެން އެކަކުއަނެކަކާ ވަރަށް ގުޅެއެވެ. ރަހުމަތްތެރިންނަށް ވުރެ ބޮޑަށް ދެބޭންގެ ދެދަރިންނާއި އެކު ވަގުތު ހޭދަކުރަން މި ފަސްވެރިން މާ ގަޔާވެއެވެ.

ކޮންމެ މީހެއްގެ ވެސް ދަރިއަކު ހުންނާތީ ފަހަކަށްއައިސް އެކުއެކީހޭދާ ކުރެވޭ ވަގުތު ވަރަށް މަދެވެ. މިފަހަރު ސުކޫލު ބަންދުވެ ބޮޑު ޗުއްޓީ ވުމުން އެންމެން އެކައްޗެއް ކިޔައިގެން ރަށަށް އައިސް އެތިބީވެސް އެންމެން އެއްތަނަކުން ބައްދަލު ކުރުމުގެ ފޯރީގައެވެ.
ބިސްކޮށް ހުންނަ ތުއްތު އައިހަމް އުރައިގެން ފާތުންނަށް ގެއަށް ވަދެވުނުއިރު އޭނާ ހުރީ ވަރަށް ބޮޑަށްކަރުހިއްކައި ފެންބޮވައިގެންފައެވެ. ގެއަށް ވަދެ އައިހަމް އަރައިގެން ހުރި ބޫޓު ބޭލުވިއެވެ. އެހާ ލަސްވަންދެންތުއްތު އައިހަމް ގޮވައިގެން އައިޝާ ބޭރުގައި އުޅުމުން އައިސާމަނިކެ ހުރީ ހިތްހަމަ ނުޖެހިފައެވެ. އައިސާމަނިކެއަރައިގެން ރުޅީގައި ކޮޓަރިއަށް ވަދެ ބަންލާފަ ދޮރު ޖެހިއެވެ. އައިޝާގެ ބޭބެއާއި ފަހަރިވެސް ގޭތެރައިން ފެންނާކަށް ނަތެވެ.

އަތުގައި އޮތް ކުޑަ، ކަޅުކުލައިގެ ބޮއްޔާ ކުޅެމުން ދިޔަ އައިހަމް ހުރީ ނިދި ފާޑުވެ، ވަރުބަލި ވެފައެވެ. އާދަޔާ ހިލާފަށް އޮފްކަމެއް އަރަމުން ދިޔަ އެ ކަޅުކުލައިގެ ބޮއްޔަކީ ހަވީރު އެންމެން ތުނޑިއަށް ގޮސްގެން އުޅުނުއިރު މިވެރިންގެ ކުދިންތައް ހޯދައިގެން ކުޅެން ގެންގުޅުނު ބޮއްޔެކެވެ.

” މަންމީ، ފެންބޯ…ފެންބޯ..” އައިހަމް ފެންބޮވައިގެންފައި ހުރިލެއްބޮޑުކަމުން، އައިޝާގެ ހެދުމަށް ދަމަންފެށިއެވެ.

“އޯކޭ. މި އަންނަނީ ފެންތައްޓެއް ހިފައިގެން. ވެއިޓް ހިޔާ އެންޑް ސިޓް ނައިސްލީ” އައިހަމް ގާތު ސޯފާގައި އިޝީންނަން އިޝާރާތް

ކުރަމުން އައިޝާ މިސްރާބުޖެހީ ބަދިގެޔާ ދިމާލަށެވެ. އެވަގުތު ސޯފާ ކުރިމަތީ ހުރި މޭޒުމަތީގައި އޮތް ރިމޯޓް ނަގައި ޓީވީ ހުޅުވާލަމުން ބަސްއަހާ އައިހަމް ސޯފާގައި އޮށޯވެއްޖެއެވެ. އައިޝާވެސް އޭނާގެ އަތުގައި އޮތް އަތްދަބަސް ސޯފާގައި ބާއްވަމުން ސިޓިންގް ރޫމުގެ މެދުން ގޭ ތެރެއަށް ވަދެގެން ދިޔައެވެ.

އައިޝާމެންގެ ގެއަކީ ބިން ބޮޑުގެއެއް ކަމުން ގޭގެ ބަދިގެ ހުންނަނީ 4 ކޮޓަރި ފަސްކޮށް ގޭގެ އެންމެ އެތެރޭގައެވެ. ބަދިގޭގައި އުޅޭ މީހަކަށް ސިޓިންގް ރޫމުގައި ވާކަމެއް އަދި ބަޔަކުވެސް ނުފެއްނާނެއެވެ. ބަދިގެ ތެރެއަށް ވަދެ ދޮރު ކައިރީހުރި އައިސަލަމާރީގެ ދޮރު އައިޝާ ހުޅުވާލިއެވެ. ފިނިފެންފުޅިއެއް ނަގައިގެން އައިސަލަމާރީގެ ދޮރުލައްޕާލި އިރު ސިއްސައިގެން ގޮސް ހިފަހައްޓައިގެން ހުރި ފެންފުޅި އަތުން ވެއްޓުނީ ސޯފާގައި އޮށޯވެގެން އޮތް އައިހަމް އައިސަލަމާރި ކައިރީ ހުރިތަން ފެނުމުންނެވެ. މޭމަތީގައި އަތްއަޅައިގެން ހުރެ ފުން ނޭވާއެއްދޫކޮށްލައި އިސްދަށަށް ޖަހައިގެން ހުރި އައިހަމަށް ދެލޯ ބޮޑުކޮށް ބަލާލިއެވެ.

” އައިހަމް!! މަންމި ބިރުން ހަލާކު ވެއްޖެ! ބުނީމެންނު މި އަންނަނީއޭ. މަޑުކުރާށޭ ބޭރުގަ. ވައި ޑިޑިންޓް ޔޫވެއިޓް؟” އައިޝާ ހަމަޖެހިލަމުން އައިހަމާ ވާހަކަ ދައްކަމުން ދިޔައީ ބިންމައްޗައް ވެއްޓުނު ފެންފުޅި ނެގުމަށް ގުދުވަމުން، އައިހަމަށް ފުރަގަސް ދެމުންނެވެ.

ފެންފުޅިނަގައިގެން ތެދުވެ، އެނބުރުނީ އައިހަމް އުރާލުމަށެވެ. ނަމަވެސް އެތާ ހުރި އައިހަމްފެންނާކަށް ނެތެވެ. ޖެހުނުތާ ލަކުނުވެސް ނެތްކަހަލައެވެ. ބަދިގެ މެދުގައި ހުރި ޑައިނިން ޓޭބަލް ވަށައި ހަލުވި ހިނގުމަކުން ހިނގާލީ އައިހަމް އެތެރެއަށް ވަނީ ކަމަށް ހީވުމުން އޭނާ ހޯދަމުންނެވެ. ހަމަ ޔަގީނުންވެސް ބަދިގެއިން މީހަކު ދެންމެ ނުކުތްނަމަ އައިޝާއަށް ވަރަށް ރީތިކޮށް ފެނުނީހެވެ.
އައިޝާ ހާސްވެއްޖެއެވެ. ބަދިގެއިން އައިހަމް ނުކުތްތަން ނުފެނުމުން ކަންބޮޑުވާ ހާލު އަވަސް އަވަހަށް ބަދިގެއިން ނިކުމެ ސިޓިންގްރޫމަށް ދުއްވައިގަތީ އޭނާއަށް ވީނުވީއެއް ބަލާށެވެ. ސިޓިންގްރޫމާ ހަމައަށް އާދެވުނުއިރު އައިޝާގެ ދެއަތްތިލަ ފިނިވެ ހިތުގެ ތެޅުން އަވަސް ވެއްޖެއެވެ. މާ ގިނަތަނެއް ހޯދަން ނުހަދާ އައިޝާ ބަލަން ބޭނުންވީ އައިހަމް ގެއަށް ވަދެ އޮށޯތް ސޯފާއެވެ. ޝައްކެއްގައި ހުރި އައިޝާއަށް އެހުރިތަނުން ފެންނަނީ ސޯފާގެ ބިއްދޮށެވެ. މަޑު މަޑުން ހިނގާފައި ގޮސް ސޯފާގެ ކުރިމައްޗަށް ދިޔައީ އައިހަމް ސޯފާގައި އޮތްގޮތެއް ބަލާށެވެ.

އަނެއްކާވެސް އައިޝާއަށް ލިބުނީ ކުއްލި ހައިރާންކަމެކެވެ. އައިހަމް އެއޮތީ ފުން ނިންޖަކުން ނިދާފައެވެ. އަތުގައި އޮތް ކަޅުބޮލި އޮތީ ބިންމައްޗަށް ވެއްޓި މޭޒު ދަށުގައެވެ.

“އައިހަމް ކިހިނެއް ދެން ބަދިގެއިން އެފެނުނީ؟” ހިތާ ހިތުން އައިޝާ ސުވާލުކުރަމުން ދިޔައީ ވާނުވާނޭނގިހުރެއެވެ. ވެދިޔަ ކަންތަކާމެދު ވިސްނެމުން ބަދިގެ ފަރާތަށް ބަލަމުން ދިޔައީ ހައިރާންވެ އަންތަރީސްވާ ހާލުގައެވެ. ކުއްލިއަކަށް ހަނދާންވީ، އައިޝާގެ މަންމަ އޭނާއަށް ކިޔަދިންވާހަކަތަކެވެ. ގޭގައި ވަރަށް ކުރީ ޒަމާނަކު އަވައްޓެހި ކުއްޖަކު އުޅުނުވާހަކައެވެ. އެހެނަސް މިއަދާ ހަމަޔަށް އެކުއްޖެއްގެ ހިލަމެއްނުވި އިރު، މިއަދު އެކުއްޖަކު ފެންނަންވީ ވަކި ކީއްވެހެއްޔެވެ.

“އަނެއްކާ، އައިހަމް ހަމަ އަސްލުކޮށް އެހާ އަވަހަށް މިތަނަށް އައިސް ނިދީބާ، ނޫނީ އެފެނުނީ މަންމަ އެކިޔާ އަވަށްޓެހި ކުއްޖެއްބާ!! ނޫނީ އެއީ އަހަންނަށް ހީވި ހީވުމެއްބާ! ނޫން!! ހަމަޔަޤީނުންވެސް އަހަންނަށް އައިހަމް ފެނުނު.” ހިތުގައި އުފެދެމުން ދިޔައީ ޖަވާބުތަކެއް ނެތް ސުވާލުތަކެވެ. އެހެންކަމުން އައިހަމް އޮތްތަނުން ތެދުކޮށް ހޭ ޖެއްސޭތޯ އައިޝާ މަސައްކަތްކުރަން ފަށައިފިއެވެ. ނުކައި، ނުބޮއެ އޮތުމުންނާއި، މި ދިމާވި ކަމުގެ ހަޤީޤަތް އޮޅުންފިލުވާން ވެސް މެއެވެ.

” ދަރިފުޅާ، އައިހަމް؟ އައިހަމް؟ ” އައިޝާ އައިހަމް ތެދުކޮށް ސޯފާގައި ބައިންދައި، މޫނުގައި ފިރުމަން ފަށައިފިއެވެ.

“ހމމމ މަންމީ…ފެން…ފޭން!!!!” ކަރުހިއްކައިގެންފައި އިން އައިހަމް،ތެދުވެ ފުރަތަަމަވެސް ބޭނުންވީ ފެންބޯށެވެ.
އައިޝާގެ އަތުގައި އޮތް ފެންފުޅީގެ މަތިނަގާ އައިހަމަށް އެފުޅިން ފެންދިނެވެ. އެއިރު އައިހަމަށް ރަނގަޅަށްވެސް ހޭލެވިއްޖެއެވެ.

“މަންމީ، ކޮއްކޮގެ ޝެލް… ކޮބާ، ޝެލް” މައުސޫމު އައިހަމްގެ މޫނުމަތިން ހާސްކަން ފެންނަމުން ދިޔައީ، އޭނާ ތުނޑިން ގެނައި ކަޅު ކުލައިގެ ބޮލި ނެތްކަން އެނގުމުންނެވެ. ކޮޅުކޮޅަށް އެނބުރި ފައި، މަންމަގެ މޫނަށް ބަލައިލީ ހިތްހަމަނުޖެހި ހުރެއެވެ. އައިޝާ އައިހަމާ ސުވާލު ނުކުރެވިގެން އުޅެނިކޮށް، އައިހަމަށް އޭނާގެބޮލިފެނުނީ ބިންމަތި ހޯދަނިކޮށެވެ. އެހެންކަމުން، ބޮލި ނެގުމަށްފަހުކުރިންވެސް އިންތަނުގައި އިށީނެވެ.

” މި އޮތީ އޯ.. މަންމީ، ކޮއްކޮ ބޮލި ފޮލުވާނީ ކޮންތާކު؟ އާލިޔާ ކޮއްކޮ ދޮންވެލި ތެލެ އަށް ވަދެގެން، މާރމެއިޑް ގެ އަތުން ހޯދި ޝެލް އޭ..” ހަމަޔަށް ބަސް ކިޔަން ނޭގޭ އައިހަމް އޭނާގެ މަންމައަށް ފުރުސަތެއް ނުދީ އެ ބޮލީގެ ވާހަކަ ދައްކަމުން ދިޔައެވެ.

“އައިހަމް!!!!! މަޑުކޮށްބަލަ ދަރިފުޅާ! ” ހާސްވެފައި އިން އައިޝާ، ބޭ އިޙްތިޔާރުގައި އައިހަމާ ދިމާލަށް ހަޅޭއް ލަވައިގަނެވުނެވެ. ހަމަ އެއާއިއެކު، އައިހަމް ދައްކަން ހުރި ވާހަކަ ހުއްޓައިލާ މަންމަ އަށް އިޖާބަދިނެވެ.

“ސޮރީ މަންމި ދޫނީ…….. ދެންމެ މަންމިގެ ފަހަތުން ބަދިގެއަށް އައިންތަ؟ ތިއްތިކޮށް ބުނެބާ!” އައިހަމްގެ ކުރިމަތީ ދެކަކޫ މައްޗަށް ބިންމަތީގައި ކޮޅަށް ހުރެ އައިހަމްގެ ދެއަތުގައި ހިފަހަަޓައިގެން ހާސްވެފައި އިން އައިޝާ އައިހަމާ ސުވާލު ކުރިއެވެ.

“ނޯ މަންމީ، ކޮއްކޮ ނަންނާ ވީ އެއްނު! މަންމި އަކަށް ނޭނގޭ ދޯ!” ހިނިތުންވެލަމުން އައިހަމް ޖަވާބުދިނެވެ.
އައިހަމްގެ ދުލުން ބޭރުވި ބަސްތަކުން އައިޝާ ވަރަށް ބޮޑަށް ބިރުގެންފިއެވެ. ބަދިގެއިން ފެނުނީ އައިހަމެއް ނޫންކަން ޔަގީންވެއްޖެއެވެ. ހަރަކާތް އަވަސް ވަމުން، ސިއްރު ސިއްރުން، ކުރުސި ކިޔަންފެށީ އައިހަމް އުރައިގެން، ތެދުވަމުންނެވެ. އަވަހަށް ގޮސް މަންމަ އާއި ބައްޕަގެ ކޮޓަރި ދޮރުގައި ތަޅަންފެށީ ބިރުން ތުރުތުރު އަޅާ ހާލުގައެވެ.

“މަންމާ! ދޮރު ހުޅުވަބަލާ!” ރޮއެހޭރެމުން، އައިޝާ ގޮވަމުންދިޔައެވެ. އިރުކޮޅެއްގެތެރޭ ގޭގެ ކޮޓަރިތަކުން އެންމެން ނިކުމެއްޖެއެވެ. މަންމަ އައިސާމަނިކެއާއި، ބައްޕަ ގާހިރަށް އައިޝާ ހުރިގޮތްފެނުމުން ކަންބޮޑުވެއްޖެއެވެ.

“ކިހިނެއްތަ ވީ އައިޝާ؟” ބޮލުގައި ދިގު ނަމާދު ދޮޅިއެއް އަޅައިގެން ހުރި އައިސާމަނިކެ އަވަހަށް އައިޝާ އާއި ސުވާލުކުރިއެވެ.

” ކާކުތަ މަރުވީ އައިޝާ! މާ ބާރަށް ތި ހަޅޭއްލަވަނީ؟” ޖެހިގެން ހުރި ކޮޓަރިން، އައިޝާގެ ބޭބެ އަޝްރަފް، ނިކުމެ އައިޝާއާއި ދިމާ ކުރުމުގެ ނިޔަތުގައި އަހާލިއެވެ.

(ނުނިމޭ)

 

Share Article

Follow Me Written By

Maree

Level 110 Stories

Not a professional writer by any mean! Just a learner! Trying to express the thoughts that comes to my mind.

Other Articles

ވާތީ ހަނދާނުގާ
Previous

ނިޝާ 01

Next

އަނިޔާ.. 11 ވަނަ ބައި

Next
December 17, 2015

އަނިޔާ.. 11 ވަނަ ބައި

Previews
December 17, 2015

ނިޝާ 01

ވާތީ ހަނދާނުގާ

43 Comments!

  1. nuhnu says:
    December 17, 2015 at 9:07 am

    Vrh vrh reethi…waiting 4 de nxt prt

    1. Maree says:
      December 17, 2015 at 9:20 am

      Thank you 🙂

  2. Ahmed Ammu says:
    December 17, 2015 at 9:10 am

    Habeys ?

    1. Maree says:
      December 17, 2015 at 9:21 am

      Hehe thank you 🙂

  3. naxi says:
    December 17, 2015 at 9:57 am

    Varah reethi mi partves

  4. Ana says:
    December 17, 2015 at 10:27 am

    Interesting story,maree!!keep going…

  5. mice says:
    December 17, 2015 at 11:41 am

    nice! ekamaku maa explenation bai bodi! ebai thankolhe kudakola… plx…

    1. Maree says:
      December 17, 2015 at 11:48 am

      Thank you. Will try and make it short next time 🙂

  6. shazlyn says:
    December 17, 2015 at 12:18 pm

    Wow…. this story is amazing…. good luck girl….

  7. !!!!!!!!!!!!!!! says:
    December 17, 2015 at 12:23 pm

    nice waitin 4 next part

  8. Aree says:
    December 17, 2015 at 12:52 pm

    Very interesting. Keep it up.

  9. Immy says:
    December 17, 2015 at 1:04 pm

    vrh salhi….. when nxt prt???
    bt there is one prob….. the pic is the prob…. its freaking me out… hehehe….. seriouslyy its 2 creepy…. hoe u wil chnge it… oterwise stry is prfct………. 🙂 🙂 🙂 😀 🙂 😀 😀

    1. Maree says:
      December 17, 2015 at 2:00 pm

      Hehe.. A e beynumaki :p thanks!! Good to know that it’s creepy

  10. varoo says:
    December 17, 2015 at 1:04 pm

    Vara reethi

  11. so nice of me says:
    December 17, 2015 at 1:28 pm

    nop nice pic like it !!!!!!!!!!!!!!!!!!!!!!!!!!!!!!!!! nice story inthizaaruga next part ah hope it would be perfect……………………

  12. Horseflower says:
    December 17, 2015 at 1:29 pm

    Kiyaalaahithun kiyaalevunu . V Furihama

    1. Maree says:
      December 17, 2015 at 2:04 pm

      Thank you miss 🙂

  13. so nice of me says:
    December 17, 2015 at 1:31 pm

    varah rythi vaahaka eh varah dhuvas fahun rythi vaahaka eh kiyaalevu nythy varah happy next part ah inthizaaruga ……………………………..

  14. hehehehe says:
    December 17, 2015 at 1:39 pm

    ހާދަ ކޮމާ ގިނަ ވާހަކައެކޭ….. އައިސާމަނިކެގެ އަންހެން ދަރިއަށް އައިޝާ … އޮޑް ދޯ އަސްލު

    1. Maree says:
      December 17, 2015 at 2:02 pm

      Thanks for the comment..

  15. LOL says:
    December 17, 2015 at 1:43 pm

    thiyahen nubuney hehehehehe rythi ingey nd that does not fyl like odd……………………………………………………………………………………………………………………………………………………………………………………………………………………………………………………………….

    1. Maree says:
      December 17, 2015 at 2:08 pm

      Thanks for saying that !! 🙂 appreciate it 🙂

  16. Leeeeeeee says:
    December 17, 2015 at 1:46 pm

    OMG…………..haadha reehcha I like the concept nd look foreward for next part……………..

    1. Maree says:
      December 17, 2015 at 2:22 pm

      Thank you 🙂

  17. Faxoo says:
    December 17, 2015 at 4:28 pm

    wow scary vaahaka eh vyma varah kiya hivvey >:D keep it up Mary! looking foreard to seeing next episode 😉

    1. Maree says:
      December 17, 2015 at 11:52 pm

      Thankyou faxoo.

  18. yaya says:
    December 17, 2015 at 4:55 pm

    vrh biruveri vaane dhw……….nukereyne kiaakah…..

  19. Sally says:
    December 17, 2015 at 8:13 pm

    Please….avaha up koh dhechey……can’t wait for the next part…..it’s a nice story….I love it….
    ❤❤❤❤❤❤❤❤❤❤❤❤❤

  20. Nisha says:
    December 17, 2015 at 8:29 pm

    Vara salhi ingey…waiting for the next part ?

  21. zee says:
    December 17, 2015 at 8:39 pm

    aishaa ge dhemain ge namuga alhai gath namaves. Varah shauq hifattaakahala style ehmary ge liyumuga eba huri. Mivaru dhigen noon. Kuru nukurachchey kanbuloa

    1. Maree says:
      December 17, 2015 at 10:17 pm

      Thank you 🙂

  22. Luvna❤ says:
    December 17, 2015 at 11:19 pm

    Varaaaaaaaaaaaah ryrhi. Waiting for the next part eagerly. Curious to know whats next???. I just lurrrrrv these kind of stories. Keep it up. But story kiyaafa biru vs ganey hehe??????

    1. Maree says:
      December 18, 2015 at 8:34 am

      Hehe. Next part Varah biruveri vaane hopefully 🙂

  23. AG says:
    December 18, 2015 at 1:11 am

    Nice story Darling… V scary .. But I liked it..Emmen ulhey dhw meega ?
    Good job ????

    1. Maree says:
      December 18, 2015 at 8:38 am

      Enmen laigen story make kureveytho mi balanee hehe. Majaa dho.. Tell your mom to read this.. Hehe

  24. Mar Sha Marsha says:
    December 18, 2015 at 11:03 am

    Varah interesting story eh… varah like vey writing style adhi concept ves. N maree u r from gaddhoo? I have a cousin from gaddhoo who is also a trained primary teacher. Anyways story is vvvvvv good. Like this a lot. Inthizaaring for the 3rd part.

    1. Maree says:
      December 18, 2015 at 1:05 pm

      Yeah.. I’m from gadhoo. 🙂 and thanks a lot

  25. Aaliyah says:
    December 18, 2015 at 5:35 pm

    I saw your story link from Facebook and it brought me here. This is my first time reading a dhivehi story and I must say I’m impressed with your writing. Keep up the good work and can’t wait for the next update!

    1. Maree says:
      December 18, 2015 at 7:11 pm

      Oh thanks 🙂

  26. Rish says:
    December 20, 2015 at 1:21 pm

    Hey nice vara.. Plx avaha next part beynun kiyan.and emmen eba ulhey dho? Mi vahaka vara biruveri vaane dho?

  27. Biyarey says:
    December 26, 2015 at 12:27 pm

    Nice

  28. nifuu says:
    January 24, 2016 at 9:36 pm

    vrh vrh vrh salhi……….

  29. Lai says:
    January 5, 2018 at 12:09 pm

    Vrh vrh reethi

Comments are closed.


All Right Reserved!