Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ބިރުވެރި

ދަރިފުޅު

Maree
December 16, 2015
4 Mins Read
20 Comments

ދަރިފުޅު (ފުރަތަމަ ބައި)

ނޯޓް: މިއީ، އަޅުގަނޑުގެ ހަޔާތުގައިވެސް މިގޮތަށް ލިޔާ، ފުރަތަމަ ބިރުވެރި ވާހަކައެވެ. މިވާހަކައަކީ، އަޅުގަނޑުގެ ރަށުގެ ހަނދާނުގައި ލިޔާ، ހިޔާލީ ވާހަކައެކެވެ.

އިރުއޮއްސި ރަތްވިލާ ފޭދި، އުޑުމަތި ކަޅުވެއްޖެއެވެ. ދެނަމާދު ދޭތެރޭގެ ވަގުތެއްކަމުން ރަށުގެ މަގުތައް އަމާންވެއްޖެ ހިނދެކެވެ. ގ.ދ ގައްދޫއަށް އުފަން ފާތުން، ފުރިހަމަ ނަމުން ނަމަ ފާތުމަތު ޒުހައިރު ގެއަށް ދާން ހަލުއި ހިނގުމެއްގައި، އޭނާގެ 1 އަހަރުވީ ދަރިފުޅު އުރުޖަހައިގެން ތުނޑިން އެއަންނަނީ ވަރަށްވެސް ބިރުން ހުރެއެވެ. ފާތުންނާ އެކުއެކީގައިި އައި ކުދިންތައް ވަކި ހިސާބަކުން އެބައެއްގެ ގެއަކަށް ހިނގައިގަތުމުން، ފާތުންނަށް އެކަނިމާ އެކަނި ގެއަށް ދާން، މި އަނދިރީގައި ނޭނގިދާނެތީއެވެ. މިހާ ލަސްވަންދެން ވާހަކާގައި އެވެރިންނާއި އެކު މަޑުކުރެވުނީތީއެވެ.

ރީތި ދޮންކަމެއް ލިބިފައިވާ ފާތުންނަކީ ރީތި ބުރު ސޫރައަކާއި، ފުރިހަމަ އިސްކޮޅެއް ލިބިފައިވާ ލޫޅާފަތި ހަށިގަނޑެއްގެ ވެރި ނަލަ އަންހެނެކެވެ. ޒަމާނީ ހެދުމާއިއެކު ބުރުގާ އަޅާފއިވާ އިރު ފާތުންގެ ހަށިގަނޑުގެ ފުރިހަމަކަން ފާޅުކޮށްދެއެވެ. ތުންފަތުގައި ކުލަ ޖައްސާ، ކުރަނގި ދެ ލޮލުގައި އަނދުން އަޅާފައި ހުންނަ އިރު ހީވަނީ، ހިންދީ ފިލްމް ސްޓާރެއްހެނެވެ. ހަވީރުގެ ވަގުތެއްގައި މަގުމައްޗަށް އެކަނި ނިކުންނަން ނުކެރެނީވެސް ފިރިހެން ކުދިންގެ އުނދަގޫ ބޮޑުވާތީއެވެ. އުމުރުން 26 އަހަރު ވީ ފާތުންނަކީ ރަށަށް އުފަންވިއެއް ކަމަކު، ހަނދާން ހުރީއްސުރެ މާލޭގައި އުޅެބޮޑުވި މީހެކެވެ. އާއިލާ އާއިއެކު މާލެ ބަދަލުވީ އޭނާގެ އުމުރުން 2 އަހަރުން ފެށިގެނެވެ. ފާތުންނާއި ފާތުންގެ އެއްބަނޑު އެއްބަފާ ބޭބެއާއި ދައްތަ ކިޔަވާނިމެންދެން އޭނާގެ މައިންބަފައިން މާލޭގައި ދިރިއުޅުނެވެ. އެންމެން ކައިވެނިކޮށް އަމިއްލަ ދިރިއުޅުން ފެށުމުން، މައިންބަފައިން ބޭނުން ވީ އެނބުރި ރަށަށް ދިޔުމަށެވެ. އެހެން ކަމުން، މަންމަމެން ރަށަށް ބަދަލުވީ ދަތުރު ގައި ފުރުސަތުގެ ބޭނުންހިފައި، ފިރިމީހާއާއި އެކު ފާތުންވެސް އެއުޅެނީ ރަށަށް އައިހެވެ. މިއީ އޭނާގެ ހަނދާނުގައިވެސް ރަށަށް އައި ފުރަތަމަ ފަހަރެވެ.

“އަަޢޫޒު ބިއްލާއި މިނަށް ޝައިތާނިއްރަޖީމް، އަަޢޫޒު ބިއްލާއި މިނަށް ޝައިތާނިއްރަޖީމް،….” ބިރުން ތުރުތުރު އަޅާ ހާލު، ދާހިއްލާ ފޯވެގެން ހުރެ ފާތުން، ސިކުންތަކަށް ފަހު ސިކުންތެއްގެ ތެރޭ ވައި އަޑުން، މިހެން  ކިޔަމުންދިޔައެވެ.  އަވަސް ފިޔަވަޅު ތަކެއްއަޅަމުން، ގޯޅި ގޯޅި ތެރެއިން ލާފައި އެދަނީ ބޮޑުމަގު ފެނޭތޯއެވެ. ރަށުގެ ބޮޑުމަގާ ހަމައަށް އެރުމުން ހިތްނުތަނަވަސް ވާހާލު ފާތުން ދުއްވައިގަތީ، އެޔެއް މިޔެއް ނުބަލައެވެ. ބޮލުގައި އޮތް ވަށް ބުރުގާގެ މޭމަތީގައި އޮތްބައިގައި އެއް އަތުން ހިފައިގެން، ދަރިފުޅު އަނެއްއަތުން އުރައިގެން ހުރެ ފާތުން  ދުވަމުން ދިޔައީ ވަރަށް ބިރުން ހުރެއެވެ. ކިތައްމެ ހާސްވެފައި ހުއްޓެއްކަމަކު، ތުއްތު އާލިޔާ އަށް މިކަންވީ ވަރަށް މަޖާ ކަމަކަށެވެ.  އޭނާގެ މައުސޫމު ހިނިގަނޑު ފަހަރެއް ފަހަރަކަށް ދިޔައީ ގަދަވަމުންނެވެ. ފާތުން ދުވެފައި ދިޔައިރު ހީވަނީ، މީހަކަށް ފިލަން އުޅޭ މީހެއްހެނެވެ. ބައެއްފަހަރު ފަހަތުން މީހަކު އަންނަހެންވެސް އޭނާ އަށް ހީވާ ކަހަލައެވެ. ގަނެފައި ހުރި ބިރެއްގެ ބޮޑުކަމުންނެވެ. މަގެއްގެ މަތިން މީހަކު ވެސް ފެންނަން ނެތުމުންނެވެ. އަނދިރިކަން ބޮޑު މަގުގައި ދިއްލާފައިހުރި ހޮޅިބުރި ތަކުން މާބޮޑު އަލިކަމެއްނުވެއެވެ. ކޮންމެ ދެލައިޓެއްގެ ދޭތެރޭ އަނދިރިގަޑެއް އޮވެއެވެ. މަގުމަތިން ދެ ތިން ސައިކަލު ދުންކަނޑާފައި ދިޔަތަން ފެނުނެވެ. އެނޫނީ، އެހެން އެއްވެސް އެއްޗެއް ފެންނާކަށް ނެތެވެ. ގިނަ ގޭގޭގައި  ކުޑަކުދިން ޤުރުއާން ކިޔަވާއަޑު އިވެމުން ދިޔައެވެ. އިރުކޮޅަކުން ބާރު ބާރަށް ހިނގަންފެށީ ،ގެ ހުންނަ ގޯޅިއާއި ހަމައަށް އަރަމުން މާނޭވާލަމުންނެވެ. ގޯޅިގަނޑުގެ ތެރެއަށް ވަންނަތާ ކަންމައްޗަށް ހޮޅިބުރި އެއް ހަރުކޮށްފައި ހުރި ހޮޅިދަނޑިއެއް ހުއްޓެވެ. އެހެންނަމަވެސް، އޭގެ އަލިކަން ވަމުންދިޔައީ ނިވި ދިއްލެމުންނެވެ.  އެހެންކަމުން ގޯޅިގަނޑުގެ އެތެރެ ފެންނަމުން ދިޔައީ ބިރުވެރި، ނާމާން ހިސާބުގަނޑެއްހެނެވެ. ބިރުން ހަލާކުވާ ހާލު ފާތުން އެހިސާބުގައި މަޑުޖެހިލީ، ހަދާނެ ގޮތަކާއިމެދު ހިނދުކޮޅަކަށް ވިސްނާށެވެ. އެއިރު ގޯޅިގަނޑު ތެރޭގައި ވާ ގެތަކުގައި ހުރި ގަސްތަކުގެ ތެރެއިން ބާރު ބާރަށް ފަނި ގޮވާ އަޑުވެސް އިވެމުން ދެއެވެ.  “ދެން އަޅެ، ހާދަ އަނދިރިއޭ… ބާރަށް ދުއްވައިގަންނަންވީ.. ދެން ގެވެސް މާ ދުރެއް ނޫންތާ!”

ހިއްވަރުކޮށްފައި ބަލަންނުހުރެ އަނެއްކައިވެސް ފާތުން ދުއްވައިގަތެވެ. ހަމަ ދުއްވައިގަތުމާއިއެކު، އާލިޔާ ގެ ހިނިގަނޑު ފަޅަ ފަޅައިގެން ދިޔައެވެ.

މާގިނަ އިރުތަކެއް ނުވެ ފާތުންނަށް ގެއަށް އާދެވިއްޖެއެވެ. އެގެއަކީ އޭނާގެ މައިންބަފައިން ރަށް ދޫކޮށް މާލެ ދިޔައިރު، އޭނާގެ ބައްޕަ އަމިއްލަ މަސައްކަތުން އަޅާފައިވާ ކުރީ ޒަމާނުގެ ގެއެކެވެ. ރަށަށް ބަދަލުވެގެން މި ވީ މަސް ދުވަސްތެރޭ، ގޭ މަރާމާތުކޮށް، ފަޅުވެފައިވާގެ، މީހުންނަށް ދިރިއުޅެވޭ ގޮތަކަށް ހެދޭ ވަރުވީ އަދި ކިރިޔާއެވެ. އެހެންކަމުން މި ހޭދަވީ ދުވަސްތަކުގައި ފާތުންނާއި ފާތުންގެ ފިރިމީހާ އުޅެމުންދިޔައީ ބޮޑުދައިތައެއްގެ ގެއެއްގައެވެ. ސަބަބަކީ ފާތުންމެން ގޭ ގިފިލީގައި ބޮޑު ކެޔޮ ފީންޏެއް ހުންނާތީ އާއި، އެ ފާޙާނާ ހަދާ ނިމެންދެނެވެ.

“ފާތޫން!”

ދާ ހިތްލާ ތަތްތެޅިފައި ހުރެ ދޮރުން އެތެރެއަށް ވަންނަން ފިޔަވަޅުއަޅަމުން ދިޔަ ފާތުން ސިއްސައިގެން ގޮސް ފަހަތް ބަލާލެވުނީ އޭނާގެ ނަމުން މީހަކު ގޮވާލި އަޑަށެވެ. “ކާކު؟” ފަހަތަށް އެނބުރި ހުރެ، މީހެއްގެ ހިލަމެއް ނުވުމުން މާނޭވާ ލަމުން ފާތުން ސުވާލު ކުރިއެވެ. އެއިރު ގަޑިން ބަރާބަރު ހަތެއް ޖެހީއެވެ. އެކަން ހާމަކުރަމުން، ގޭގައި ހުރި ކުރީޒަމާނުގެ އަޑުގޮވާ ހަތަރެސްކަން 2 ފޫޓުގެ ގަޑިން، 7 ފަހަރު ބެލް ޖަހަމުން ދިޔައެވެ.

“ކާކު ތަ ދަރިފުޅާ؟” ފެންޑާއިން ބޭރަށް ނިކުތް ފާތުންގެ މަންމަ ފާތުންނާ ސުވާލު ކުރިއެވެ. “ނޭނގެ، މީހަކު ފެންނާކަށް ނެތް، އަކަމަކު ދެންމެ ހަމަ ޔަގީނުންވެސް މީހަކު ގޮވި. ފާޑެއްގެ ނުބައި ވަހެއްވެސް އެބަދުވާ” މަންމައާއި ލޯބި ލޯބި އާލިޔާ ހަވާލުކުރަމުން ފާތުން ޖަވާބުދިނީ ނޭފަތުގައި އަތް އަޅަމުންނެވެ. ތެޅެމުން ފޮޅެމުން ގޭތެރެ އަށް އަވަހަށް ވަންނަމުންނެވެ. ގޮވީ ކާކުތޯ ބަލާކަށް އެވަގުތު އެހާ މުހިއްމެއްނުވިއެވެ. ދެނަމާދު ދޭތެރައަކީ ޖިންނި ޝައިތާނުން އުތުރުރި އަރާ ވަގުތެއް ކަމުން، ފާތުން ހުރީ އާލިޔާ ދަރިފުޅު ގޮވައިގެން ރަތްވިލާ މަތީ ބޭރުގައި އުޅެވުނީތީ ކަންބޮޑުވެފައެވެ.

“އެބަ ދުވާތަ ވަހެއް؟ މަންމަ އަކަށް ނުދުވާ! އަޅާ ނުލާ، ތިތާ އުޅޭނެ ޒާތް ޒާތުގެ އުނދަގޫ ކުރަން ދަންނަ ފިރިހެން ކުދިން. ކީއްވެތަ އެހާ ލަހުން ތިއައީ؟ ކޮންމެ ކޮންމެ ދުވަހަކު ތުނޑިއަށް ދާކަށް ނުވާނޭ ދަރިފުޅާ. އަދި އަމުދުން މި ވަގުތު ބޭރުގަ ނޫޅޭށޭ މަންމަ ބުނީމެއްނު.”  އާލިޔާ ދަރިފުޅު އުރައިގެން ފެންޑާގައި ހުރި އުނދޯލީގައި އިށީންނަމުން މަންމަ ބުންޏެވެ. ” އާ، އިނގެޔޭ މަންމާ، އެކަމަކު އާލިޔާއަށް ހާދަ މަޖާ ވެޔޭ، އެތާ ކުދިންނާ އެއްކޮށް ދުވެލަން އުޅެވުނީމަ. އައިޝާ މެންނާ ދައްކަން ހުރި ވާހަކަ މާ ދިގުވީ. އެހެންވެ ވަގުތު ދިޔަގޮތް ނޭގުނީ.  އައިޝާ މެން މަންމައަށް ސަލާމް ބުނި. އަޅުގަނޑު ބުނިން ދާނަމޭ ދޮންތަ ގާތަށް މާދަމާ. މަންމާ، ތެދެއްތަ އެއީ، އައިޝާ ބުނީ އެގޭގަ ހަންޑި އުޅެޔޯ..” ފާތުން ކޮޓަރި ދޮރުހުޅުވާލާފައި ވަންނަމުން، އެއްއަތުން ބުރުގާގެ ޕިންތައް ނައްޓަމުން، އަނެއް އަތުން ކޮޓަރި ބޭރުގައި ބަހައްޓާފައި ހުރި ފެން ކޭސްތަކުން ކުޑަ ލައިފް ފެން ފުޅިއެއް ނަގައި، ބޮމުން، ވާހަކަ ދައްކަމުންދިޔައެވެ.

އާލިޔާ އާއި ލޯބި ކުރަން އުނދޯލި ހެއްލަން އިން ފާތުންގެ މަންމަ އޭނާ ދެއްކި ވާހަކައަކަށް މާބޮޑުސަމާލުކަމެއް ނުދެއެވެ.

“ހޫން، މާ ވާހަކަ ގިނަނުކޮށް އަވަސް ކޮށްގެން އެމަންޖެ ރީތިކޮށް ކިރު ދީ، ނިންދަވަން އުޅޭ. މިހާރު މީނީ، ރުންކުރު ވެފަ”.  ފާތުންވެސް އޭނާ ކުރިސުވާލުގެ ޖަވާބު ހޯދާކަށް މާވަރަކުން ނޫޅެއެވެ. އެހެންކަމުން ކޮޓަރީގެ ދޮރުލައްޕާލީ ހެދުން ބަދަލުކޮށް، އާލިޔާ ގައިދޮއްވަން ތާފެނާ ފެން ފޮދެއް ތައްޔާރު ކުރާށެވެ. ފާތުންގެ ކޮޓަރިއަކީ އޭނާގެ ފިރިމީހާ އާއި ބައްޕަގެ މަސައްކަތުން ޒަމާނީ ގޮތަކަށް ފަރުމާ ކޮށްފައިވާ، ރީތި ކޮޓަރިއެކެވެ. ކަޅުކުލައިގެ ބެޑްރޫމް ސެޓުން ކޮޓަރީގެ ރީތިކަން ވަކިން ބޮޑަށް ހާމަވެއެވެ. އަލަމާރީ ކައިރީގައި 3 ފޫޓު 4 ފޫޓުގެ ކަޅުބިއްލޫރީގެ 3 ދޮރުފަތް ހަރުކޮށްފައި ހުރި ބޭރު ފެންނަ ކުޑަދޮރެއް ހުރެއެވެ. ފާހާނައިން ނިކުންނަތާ ކައިރީގައި ހުރި ޑްރެސިންގް ޓޭބަލް ގެ ދިގު ލޯގަނޑުން އެކުޑަދޮރު ވަރަށް ރީތި ކޮށް ފެނެއެވެ. ކޮޓަރިއަށް ވަންނަ ދޮރުގެ ވައަތް ފަރާތުގައި ޑަބަލް ބެޑެއް ވާއިރު ކުރިމަތީގައި ޓީވީ ބަހަޓާ ރެކުގެ އިތުރުން ބޭބީ ބެޑެއްވެސް ހުރީ ބަހައްޓާފައެވެ. ދިގު މުއްދަތަކަށް ރަށަށް ޗުއްޓީ ހޭދަކުރަން އައިސް ހުންނަން ބޭނުންވާތީ، ލޯބިވާ ބައްޕަ ބޭނުންވީ ހިތްހަމަޖެހިގެން އެގޭގައި ފާތުންނަށް އުޅެވޭނެ ގޮތް ހަދައިދިނުމަށެވެ.

ބޮލުގައި އަޅާފައިވާ ބުރުގާ ބޭލުމަށްފަހު ފޫކޮޅާހަމައަށް އަންނަ ފަން އިސްތަށިގަނޑު ނިއުޅުވާލިއެވެ. އަތުގެ އިނގިލިތަކުން އިސްތަށިގަނޑު އޮމާން ކޮށްލުމަށްފަހު ވޫލް ކޮޅަކުން އިސްތަށިގަނޑު އައްސާ ހުޅިއެއް ޖަހާލީ ޑްރެސިންގް ޓޭބަލް ކުރިމަތީގައި ހުރެ ލޯގަނޑުން އަމިއްލަ ސޫރައަށް ބަލަމުންނެވެ. އެއިރު ތުއްތު އާލިޔާ ކުޑަކޮށް ރޯ އަޑު އިވެއެވެ. އެހެންކަމުންް ގޭގައި ލައި އުޅޭ ޓީ ޝާާޓާއި ހަރުވާޅެއް ލައިގެން، ފާހާނާ ތެރެއަށް ވަދެ ބޭބީ ޓަބަށް ހީޓަރުގެ ށަވަރުން ފެން އަޅަން ޖައްސާލުމަށްފަހު ކޮޓަރިން ނިކުންނަން ހިގައިގަތީ އާލިޔާ ބަލާދިއުމުގެ ނިޔަތުގައެވެ. ތިން ފިޔަވަޅު ނޭޅެނީސް ފާތުންގެ ބޮލުގައި ޖަހާފައިވާ ހުޅީގައި ވާ ވޫލްކޮޅު ފަހަތުން އަމިއްލައަށް ނެއްޓި، އޭނާގެ އިސްތަށިގަނޑު ނިއުޅުނެވެ. ސިއްސައިގެން ގޮސް ބޭއިޙްތިޔާރުގައި ފަސް އެނބުރި ބަލާލެވުނީ ފަހަތުގައި މީހަކު ހުރިހެން ހީވުމުންނެވެ. ކުއްލިއަކަށް މުޅި ކޮޓަރިތެރެއިން ނުބައިވަސްގަނޑެއް އަރައި ނޯއްދަމާލަންވެސް ނުކެރޭވަރު ވެއްޖެއެވެ. ނޭފަތްމަތީ އަތް އަޅަމުން ހައިރާންވެ އަންތަރީސްވާހާލުގައި ފާތުންނަށް މަޑުޖެހިލެވުނެވެ. ހަމަ އެވަގުތު، ހޫނު ވައި ރޯޅިއެއް ގައިގައި އައިސް ބީހިލާފައި ދިޔަކަން އިހުސާސްވެގެން ދިޔައެވެ. ހަމަގައިމުވެސް އޭނާގެ އިސްތަށިގަނޑުގައި މީހަކު ހިފިއެވެ. ފާތުންނަށް ލިބުނު ކުއްލިސިހުމާއިއެކު ހިތް ބިރުގެންފިއެވެ. މުޅިގައިން ހީބިހިނަގައި މީހާ ފިނިވަމުން ދިޔަ އެވެ. ދެންމެ ކަންތައް ވީ ގޮތާއިމެދު ވިސްނަން ހިނދު ކޮޅަކަށް ހުރެވުނެވެ. ފާތުންނަށް ހޭވެރިކަން ވީ ބާރު ބާރަށް ކޮޓަރީގެ ދޮރުގެ ތަޅުގައި މީހަކު އަވަސް އަވަހަށް ހިފާ އަޑަށެވެ.

(ނުނިމޭ)

14
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

Maree

Not a professional writer by any mean! Just a learner! Trying to express the thoughts that comes to my mind.

Other Articles

Previous

ލޯބި އަހަރެން ވާނަމޭ (7)

Next

ލޯބީގާ ވާތީފަނާ… (10ވަނަ ބައި)

Next
December 16, 2015

ލޯބީގާ ވާތީފަނާ… (10ވަނަ ބައި)

Previews
December 16, 2015

ލޯބި އަހަރެން ވާނަމޭ (7)

20 Comments

  1. shazlyn says:
    December 16, 2015 at 2:22 am

    Happy to c ur story here….. wish u all the best…. varah interesting…. i love horror stories….

    1. Maree says:
      December 16, 2015 at 2:24 am

      Thank you Shaz!

    2. Aishath says:
      December 16, 2015 at 10:55 am

      me Shazlyn dho , me hama shaazu hunna gothah anhen kujjaage sifa kiyaadhyfa huryves , vvv reethi ingey vaahaka me kudairuge friendeh . v salaam waiting 4 next part

  2. ThoO says:
    December 16, 2015 at 2:26 am

    Interesting.. Waiting for the next part..

  3. Aree says:
    December 16, 2015 at 3:18 am

    Wow. Nice beginning. Keep it up and waiting for the next part.

  4. Eyesh says:
    December 16, 2015 at 3:58 am

    Omg.. is this ur 1st story? V v v v v reethi mibaives ? can’t wait for the next part. Best of luck dear

  5. Horseflower says:
    December 16, 2015 at 7:10 am

    Varah furihama

  6. mice says:
    December 16, 2015 at 7:36 am

    awsom! impatiently waiting fo the next part!

  7. mariyam29 says:
    December 16, 2015 at 9:29 am

    thank you so much all 🙂

  8. Rifu says:
    December 16, 2015 at 9:59 am

    Great job girl… This is interesting ??

    1. mariyam29 says:
      December 16, 2015 at 10:24 am

      Thank you dear

  9. nuhnu says:
    December 16, 2015 at 10:09 am

    Hama habeyss

  10. Nuha says:
    December 16, 2015 at 12:35 pm

    Varah reethi vaahakaeh Maree darling
    Avahah second part upload kollabala dhen

    1. Maree says:
      December 16, 2015 at 1:57 pm

      Thanks dear. Dhevana bai this Saturday ga in Sha allah kuraanan. Vaahakaige bodu ba eh Aslu Othee liye nimifa, ekam proof read kohffa up kuran mi hunnanee 🙂

  11. Faxoo says:
    December 16, 2015 at 5:25 pm

    its so intresting 🙂 waiting desperately for the next part! and good luck, Maree 😀

  12. !!!!!!!!!!!!!!! says:
    December 17, 2015 at 12:02 pm

    nicccccccce like endingggggggggggggg suprrrrrrrrrrrbbbbbbbbbbb

  13. zee says:
    December 17, 2015 at 8:27 pm

    Varah reethi mary.
    I didn’t know you are this talented in dhivehi too keep it up girl.

  14. AG says:
    December 18, 2015 at 12:59 am

    Thanks maritha☺? proud of you?

    1. Maree says:
      December 18, 2015 at 8:33 am

      Ainthu Tha.. Hehe. Kuda iru mathin handhaan vey Dho :p

  15. fathmath suma says:
    September 12, 2017 at 10:09 am

    i think this story will be interesting..

Comments are closed.

All Right Reserved!