Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ބިރުވެރިލޯބި

ޝެރިން (25 ވަނަ ބައި)

Faxoo Level 310 Stories100 Comments500 Comments
December 13, 2015 6 Mins Read
17 Comments

މިކްޔާލާއި ޝެރިން ރޮބިންގެ އޮފީސްތެރޭ ދެތިން މިނިޓް މަޑުކޮށްގެން ތިއްބެވެ. އެއީ ނުލާހިކު ތަނަވަސް އޮފީހެކެވެ. އެތަނުގެ ބެލްކަނީ ވަނީ އެއްކޮށް ބިއްލޫރިންނެވެ. ބޭރުން ފެންނަނީ ދުރުދުރަށް ދާންދެން ބޮޑެތި އިމާރާތްތަކެވެ. އޮފީހުގެ އެތެރޭގައި މެދެއްހައި ހިސާބުގައި ބޮޑު ދިގު މޭޒެއް ބަހައްޓާފައި ވެއެވެ. މޭޒުގެ ވަށައިގެން ބާރަ ވަރަކަށް ގޮނޑި ބަހައްޓާފައިވާއިރު، އެއް ގޮނޑި އެހެން ގޮނޑިތަކަށް ވުރެން ބޮޑެވެ. ތަނުގެ ފާރު ކައިރީގައި ވަނީ ފޮތް އަލަމާރި އެކެވެ. އޭގައި ފޮތަށް ވުރެން ފައިލު ގިނަކަމަށް ދައްކަ އެވެ. ތިރީހަކަށް ފޫޓު އުހުގައިވާ ސީލިންގުގައިވާ ޗާންދަލިޔާގެ ހިތްގައިމު އަލި ތަނަށް ވެރިވެފައިވެ އެވެ.

ފަސް މިނިޓެއްހާއިރު އެތަނުގައި އެހެން ތިއްބާ ދެން އެތަނަށް އެއައީ ރޮބިން، އަލާރިކް އަދި ފްރާންޒެވެ. މޭޒު ދޮށުގައި ހުރި ބޮޑުގޮނޑީގައި އިށީންއިނީ ރޮބިން އެވެ.

“އަހަރެމެން ތިޔަ ދެމީހުން މިތަނަށް މިގެނައީ ކީއްވެގެން ކަން މި ކިޔާދެނީ! ކަލޭމެންނަށް އޮންނާނީ އެންމެ ބޮޑުވަރަކަށްވެސް ޖަލު ޙުކުމް… އެއީ އަހަރެމެންގެ ކުންފުނީގެ ތެރެއަށް ވަދެގަނެ، އަދި އަހަރެމެންގެ މުއައްޒަފުން ވަގަށް ނެގުމަށް މަސައްކަތް ކުރުމުން…” ރޮބިންގެ ޕާސަނަލް އެސިސްޓަންޓް އަލާރިކް ފެށި އެވެ.

“އަހަރެމެން ކަލޭމެންގެ މުއައްޒަފުންނެއް ވަގަކަށް ނުނަގަން… އަހަރެމެން ކަލޭމެން އަޅުންގެ ގޮތުގަ ގެންގުޅެމުން އަންނަ އަހަރެމެންގެ އާއިލާގެ މެމްބަރުން، ތިޔަ އަނިޔާވެރިކަމުން ސަލާމަތް ކުރަން އުޅުނީ!” މިކްޔާލް ރައްދު ދިނެވެ.

“މި އިން ކުޑަ ކުއްޖާގެ ވާހަކަތަ ތިދައްކަނީ؟؟ އެހެންވީއިރު އޭނަގެ އާއިލާއެއް ހުރިކަން ޘާބިތުކޮށްދީ! އޭނާގެ ހަޤީޤީ މަންމަ އަކީ ކޮބާކަމާ ބައްޕަ އަކީ ކޮބައިކަން ބުނެދީ! އަދި… އަދި އޭނާ އުފަންވީ ޖަރމަނީ އަށްތޯ ނުވަތަ ނޫންތޯ ޔަޤީންކަމާއިއެކު ބުނޭ! އޭރުން އެއްވެސް އިޢުތިރާޟެއް ނެތި އަހަރެމެން ޝެރިން ދޫކޮށްދީފާނަން… އެކަމަކު ހަނދާން ކުރާތި. ޝެރިންގެ ބައޮލޮޖިކަލް ޕޭރަންޓުންގެ ގޮތުގައި ހަސަން ސުޖާޢު އާއި ޢާއިޝަތު ދިނާޔާ ނެތް ކަމަށް ވަންޏާ، ޝެރިން ބަހައްޓާނީ އަހަރެމެންގެ ގާތުގައި. އަދި މިކަމަށް އެހެން މީހެއްގެ ބާރެއް ނުފޯރުވޭނެ!” ރޮބިން ވާހަކަތައް މިކްޔާލާއި ޝެރިންގެ ކަންފަތުގައި ޖެހުނީ އިންޒާރެއްގެ ސިފައިގަ އެވެ.

“ކަލޭމެން ތިޔަ ދައްކާ ވާހަކައެއް އަހަންނަކަށް ފަހުމެއް ނުވި!” މިކްޔާލް ބުންޏެވެ. “ޝެރިނަކީ އަހަރެންގެ ކޮއްކޮއެއް…! ކަލޭމެންނަށް ކޮންއެއްޗެއް އެނގިގެން ތިއުޅެނީ؟”

“ފްރާންޒް! ކުޑަދޮރުތައް ލައްޕާ!” ރޮބިންގެ އަމުރަށް ފްރާންޒް ގޮސް ހުރިހާ ބެލްކަނީ ތަކުގެ ދޮރުފޮތިތައް ދަމާލި އެވެ. އެވަގުތު ރޮބިން އޭނާގެ ގާތުގައި ހުރި ގާޑަކަށް އިޝާރާތް ކޮށްލުމުން އެމީހާ އެތަނުން ދިޔަ އެވެ. އަދި ގާތްގަނޑަކަށް ދެތިން މިނިޓް ތެރޭގައި އައީ ޖޭޑް ގޮވައިގެންނެވެ. އޭނާގެ އަތުގައިވެސް ވަނީ ބިޑިއަޅުވާފަ އެވެ.

ޖޭޑްވެސް ބޭންދީ ޝެރިންމެން ތިބި ފަރާތުގަ އެވެ. ރޮބިން އިނީ މޭޒުގެ އެއްކޮޅުގަ އެވެ. ޝެރިންމެން ވާތްފަރާތުގައި ތިބިއިރު، ދެން ތިބި މީހުން ތިބީ ކަނާތްފަރާތުގަ އެވެ.

“ތިދެމީހުންނަކީ މިހާރު ތިޔަ އުޅޭ އާއިލާގެ މެމްބަރުންނެއް ނޫން. މިކަން އެކި ފަހަރު އެކި ގޮތްގޮތަށް ކަލޭމެންނަށް އަންގައިދީފައި ވާނެ. އެކަމަކު އަހަރެމެން ދިން މެސެޖު ތައް ކަލޭމެންނަށް ނަގައެއް ނުގަނެވުނު. އެހެންވީމަ ސީދާ ބަހުން މިކިޔާދެނީ. ކަލޭމެން ތިން މީހުންނަކީވެސް އެއްބަނޑު އެއްބަފާ ދަރިން…!” ރޮބިންގެ މިޖުމުލަ ހީވީ އެތަނުގައި ބޮމެއް ގޮއްވައިލި ހެންނެވެ. ޝެރިނާއި މިކްޔާލްވެސް އެސުވާލުން ދިޔައީ ސިއްސައިގެންނެވެ. ޖޭޑާއި ދިމާއަށް ސުވާލުގެ ނަޒަރަކުން ބަލަން ފެށި އެވެ. “ޔަޤީން ނުވާކަމަށް ވަންޏާ، މިހިރަ މީހާ ކައިރީ އަހާ!”

“ކޮބާ…؟؟ ކީއްވެ އަނގައިން ނުބުނީ؟” އަލާރިކް އެހި އެވެ.

އެވަގުތު ޖޭޑް އިސްޖަހާލުމުން ޝެރިނާއި މިކްޔާލްވެސް އިތުރަށް ޝައްކުވެ ޖޭޑާއި ދިމާއަށް ބަލަން ފެށީ އެވެ. ރޮބިންގެ އެ ޖުމުލައިން ޖޭޑް ނުސިހުނީ ކީއްވެގެން ހެއްޔެވެ؟ އޭނާއަށް ކުރިންވެސް އެކަން އެނގޭ ހެއްޔެވެ؟ އެކަމަކު އެނގޭނަމަ، ޝެރިނާއި ލޯބީގެ ގޮތުން ގުޅުނީ ކީއްވެގެން ހެއްޔެވެ؟ އެއީ ޚަރާމް ލޯބިކަން އެނގުނު އިރުވެސް އެކަމުން ދުރުހެލިވާން މަސައްކަތް ނުކުރީ ކީއްވެގެން ހެއްޔެވެ؟ އެވަގުތު އެކި ފަހަރު މަތިން އެމީހުން ދީފައިވާ މެސެޖުތައް ހަނދާންވާން ފެށި އެވެ…

…..” … ތީ އެމީހުންނާއެކު އުޅެވޭނެ ކުއްޖެއް ނޫން. އަދި ތިކަހަލަ އެކަކު ތިއާއިލާގައި އެބަ އުޅޭ… ޖަރުމަނުން އަހަރެމެން އޭނާ ދުށީ… އޭނާ ހުޝިޔާރު ކަމުން އަހަރެމެންގެ އަތްދަށުން ސަލާމަތްވީ… އެކަމަކު އަހަރެމެންގެ މަސައްކަތެއް ހުއްޓައެއް ނުލާނަން. ތިދެމީހުންވެސް ތިއީ އަހަރެމެންގެ ޙައްގެއް…”

“އަމިއްލަ އާއިލާ ދޫކޮށް އެހެން ބައެއް ކައިރީގަ އުޅެވޭކަމެއް ނޭނގެދޯ…!”….. މިފަދަ މެސެޖު ތަކެވެ.

“މީގެ ފަހުން ކަލޭމެން އެންމެންވެސް މަސައްކަތް ކުރަންވާނީ އަހަރެންގެ އަމުރުގެ ދަށުން!” ރޮބިންގެ ފަހުގެ ނިޔާ އިއްވި އެވެ.

“ތިއީ ނުވާނެ ކަމެއް! ކިހިނެތް އެނގެނީ އަހަރެމެންގެ މައިންބަފައިންނަކީ އަހަރެމެން ބަލާބޮޑުކުރި މީހުން ނޫން ކަމެއް؟ ކިހިނެތް އެނގެނީ ކަލޭމެން ތިދައްކާ ވާހަކައެއްގައި ތެދު އެކުލެވޭ ކަމެއްވެސް؟ އަދި އަހަރެމެންގެ މައިންބަފައިންނަކީ އެއީ ނޫން ކަމަށް ވަންޏާ، ދެން އަހަރެމެންގެ މައިންބަފައިންނަކީ ކޮންބައެއްކަން ބުނެދީ؟ ތިޔަ ދައްކާ ވާހަކައެއް ސީދާ ކޮށް ބުނެދީބަލަ!” މިކްޔާލް ބާރަށް ބުންޏެވެ.

“އަހަރެން ބުނި ގޮތަށް ކަންތައް ކުރާނަންތަ، ނޫނީ ނުކުރާނަންތަ؟؟؟” ރޮބިން އޭނާގެ އަޑަށް ބާރުލަމުން އެހި އެވެ. އޭރު ޝެރިނާއި ޖޭޑް ތިބީ އިސްނަގާލަންވެސް ނުކެރިފަ އެވެ.

“ދުވަހަކުވެސް ނުކުރާނަން! ނުކުރާނަން! އަޑު އިވޭތަ؟؟” މިކްޔާލް ސާބިތުކަމާއި އެކު ބުނަމުން ކުއްލިއަކަށް އިންތަނުން ތެދުވުމުން އަނެއް ފަރާތުގައި ތިބި މީހުންވެސް ހުޝިޔާރު ކަމާއިއެކު ތެދުވެއްޖެ އެވެ. އެވަގުތު ރޮބިން އަތުގެ އިޝާރާތުން މަޑުން ތިބުމަށް އެމީހުންނަށް އަމުރު ކުރި އެވެ.

“ކޮންމެ ކަމެއް ކުރިއަސް، ކަލޭމެންނަކަށް މި އިމާރާތުން ބޭރަކަށް ނުދެވޭނެ… ކުރާ ކަމެއް ކުރެވޭނީ މި އިމާރާތުގެ ތެރޭގަ. މިތަނުގެ މުއައްޒަފުންނާ މުއާމަލާތު ކުރުމަކީ ކަލޭމެންނަށް މަނާ ކަމެއް. އަލާރިކް! އެމީހުން ވަކި ތަނަކަށްލައި ބަންދު ކުރޭ!” ރޮބިންގެ އަމުރަށް އެތަނުގައި ތިބި ގާޑުން މިކްޔާލްމެން އެތަނުން ބޭރުކޮށްފި އެވެ.

 

………………………………………….

“ދާން ކީއްކުރަން ގުޅީ؟” ޝަހާ ގަރޑަން ވޭލީގެ ގޭޓާއި އަރާ ހަމަވަމުން ދާނިޔާ ފެނުމާއިއެކު އެހި އެވެ.

“އާދެބަލަ އަވަހަށް! މިތާ އަހަރެމެން ހުންނާނީ! އެ ގުރޫޕު މިހާރު ދެދުވަހުން އެއްދުވަހު ކަހަލަ ގޮތަކަށް މިދިމާއިން އެބަ ފެނޭ…” ދާނިޔާ ކިޔާދިނެވެ.

“ކޮން ގުރޫޕެއްތަ؟ ކާކު ހުރެގެންތަ ތިހާ ވަރަކަށް ތި ބަލަނީ؟ ގައިމު ރަޔާނެއް ނޫޅޭނެ ގުރޫޕު ގުރޫޕަކުއެއް…” ޝަހާ ކުޑަކޮށް ހައިރާންވެފައި އެހި އެވެ. “އަނެއްކާ އެހެން ކުއްޖެއް ހޯދީތަ؟ ނޫނީ ދާނިޔާގެ ބޭބެ އެކަހަލަ ގުރޫޕެއްގަ-”

“އޭތް! ނޫނެކޭ…” ދާނިޔާ އަވަސް އަވަހަށް ބުންޏެވެ. “މަ ނޫޅެމޭ ރަޔާން ފިޔަވާ އެހެން ކުއްޖަކާ ހިތާ ވެގެނެއް…!”

“ދެން ކާކުތަ؟” ޝަހާއަށް އިތުރަށް ނުބުނެވެނީސް ދާނިޔާ ތޫލި ހަޅޭކަކާއިއެކު ޝަހާގެ އަތުގައި ވިކައިގަތީ ގޯޅިން އަޅައިގެން އެދިމާއަށް އަންނަ ގުރޫޕެއް ފެނުމުންނެވެ.

“އެއީ…! އެއީ އެމީހުން! ޝަހާ ރަނގަޅަށް އެމީހުންގެ މޫނަށް ބަލާބަލަ!” ދާނިޔާ ޝަހާގެ މޫނު އެދިމާއަށް އަނބުރާލަމުން ބުންޏެވެ. އެވަގުތު ޝަހާ ވަރަށް ފަރުވާތެރިކަމާއިއެކު އެމީހުންނަށް ބަލާލި އެވެ.

“އެހެރީ… އޭތް ދާން! އެހެރީ…. އެހެރީ…. ރަޔާންތަ؟” ޝަހާ އާޝޯޚު ވެފައި އެހި އެވެ. އޭނާ ލޯހަނި ކޮށްލަމުން އެދިމާއަށް ބަލަން ފެށި އެވެ.

“އެވާހަކައޭ މަވެސް މި ބުނަނީ…” ދާނިޔާ ހަށަންބަނދެލައިގެން، އިސްޖަހާލައިގެން ހުރެ ވާހަކަ ދެއްކި އެވެ. ޝަހާ މަޑުން ނުހުރެ އޭނާގެ ފޯނު ނަގައި އެމީހުންގެ ފޮޓޮއެއް ނެގި އެވެ.

“އެކަމަކު… އެކަމަކު…! ނުވާނެ އެހެނެއް.” ޝަހާއަކަށް އޭނާއަށް މިފެނުން މަންޒަރެއް ޤަބޫލެއް ނުކުރެވުނެވެ. އޭނާގެ ދެލޮލަށް އެއްވެސް ހުރަހެއް ނެތި މިމަންޒަރު ފެނުމުންވެސް ޤަބޫލުކުރަން ދަތިވީ އެއީ ރަޔާންވީމަ އެވެ. އެތާ އެހުރީ އޭނާގެ އެއްބަނޑު އެއްބަފާ ބޭބެ ރަޔާން ކަމަށްވީތީ އެވެ.

“ދެން އެކަމަކު މިކަމަކުއެއް ކިޔާނެކަމެއް ނެތް…!” ދާނިޔާގެ އަޑު ތުރުތުރު އަޅައިގަތެވެ. “ހިއެއްވެސް ނުކުރަން ރަޔާން އެއީ އެކަހަލަ ކުއްޖެއް ކަމަކަށް…! ރަޔާން އެހެން އުޅޭއިރުވެސް ޝަހާއަކަށް ނޭނގޭތަ؟ އެނގެންޏާ ކީއްވެ އޭނަ ނުހުއްޓުވަނީ…؟” ދާނިޔާގެ ދެލޯ ފެންކަޅިވި އެވެ.

“ނޫނޭ ދާން، ޕްލީޒް… ރަޔާން އެއީ އެކަހަލަ ކުއްޖެއް ނޫނޭ… ވެދާނެ އެއްނު އެއީ އެހެން މީހަކަށްވެސް… ބަލާބަލަ، އެހާ ވައްތަރެއްވެސް ނޫން. އެއީ ރަޔާނެއް ނޫނޭ…”

“ހޫމް… ކޮއްކޮއެއްގެ މަޤާމުގައި ޝަހާ ހުރެ، ޝަހާގެ ބޭބެ އަމިއްލަ ލޮލަށް ފެނުނީމަ ވެސް، ޤަބޫލެއް ނުކުރޭ އެއީ ޝަހާގެ ބޭބެ ކަމަށްވެސް… ކޮން ކަހަލަ މީހެއް ތީ؟ ނުވަތަ އަހަންނަށް އޮޅުވާލަން ކުރާކަމެއްތަ މީ؟”

“ދާން… އަހަރެން އިހަށް ގެއަށް ގޮސްލާނަން. ގޭގަ ރަޔާން ނެތިއްޔާ ގޮތެއް ނިންމާނީ ދާން. އެކަމަކު ރަޔާން ގޭގަ ހުރެއްޖެއްޔާ، އަދި އޭނަ ބޭރަށް ނުދާ ކަމަށް އެއްބަސްވެއްޖެއްޔާ ދާން ތި ވިސްނުން ދޫކޮށްލަން ޖެހޭނެ، އިނގޭ…” ޝަހާ މަޑުމަޑުން ބުންޏެވެ.

“ހޫމް… އޯކޭ….. އެނގިދާނެތާ!” ދާނިޔާ އޭނާގެ ކަރުނަތައް ހިފަހައްޓަމުން ބުންޏެވެ.

“ދެން ދާން އެކަމާ ނުވިސްނާ އިނގޭ؟ އަހަންނަށް ޔަޤީން ރަޔާން އެފަދަ ގޮތަކަށް ނޫޅޭނެކަން. ޕްރޮމިސް! އަހަރެން ހަމަ މިއަދު ރަޔާން ގާތުން އެކަން އޮޅުން ފިލުވާނަން…” ޝަހާ ދާނިޔާގެ ކޮނޑުގައި ޖަހާލަމުން އެހެން ދިޔަ ޓެކްސީއެއް ހުއްޓުވި އެވެ. އަދި ދާނިޔާއަށް ހިނިތުންވެލާފައި ޓެކްސީގައި އިށީންއިނެވެ. ޝަހާ ދަންދެން ދާނިޔާ ބަލަން ހުއްޓެވެ. އަދި ލޮލުގައި ގިނަވެފައިހުރި ކަރުނަތައް އަތުގެ ނުފުށުން ފުހެލަމުން ގެއަށް ވަންނަން އެނބުރި ހިނގައިގަތް ތަނާ ގޮސް ޖެހުނީ އެކޮޅުން އައި ކައިލްގެ ގައިގަ އެވެ.

“ދޮންބޭ…!” ދާނިޔާ ސިއްސައިގެން ގޮސް ބުނެވުނެވެ. އަނެއްކާ ދޮންބެއަށް އޭނައާއި ޝަހާއާއި ދެމެދު ދެކެވުނު ވާހަކަތައް އަޑުއިވުން ބާއެވެ؟ އާއިލާގެ އެހެން އެއްވެސް މީހެއް މިމައްސަލާގައި ބައިވެރިކޮށް އެމީހުން ބޯހާސް ކުރުމަކީ ދާނިޔާ ގަބޫލުވާނެ ކަމެއް ނޫނެވެ. އެހެން ކަމުން ކައިލަށް މިގަޑީގައި ދިމާވުމުން އޭނާހުރީ ކުޑަކޮށް ނުތަނަވަސްވެފަ އެވެ.

“ދޮނާ މިތާ ކީއްކުރަނީ؟” ކައިލް އެހި އެވެ.

“ދެންމެ ކުލާސް ކުއްޖަކާ ވާހަކަ ދައްކަން މިތާ ހުރެފަ ގެއަށް ވަންނަން އުޅެނިކޮށް ދޮންބެ ތިއައީ…” ދާނިޔާ އަވަސް އަވަހަށް ބުންޏެވެ. “އާހް…! ވަރަށް ވަރުބަލި ދުވަހެއް.. މަމިދަނީ ކޮޓަރިއަށް…”

ދާނިޔާ ދިޔުމުން ކައިލްވެސް އިތުރު އެއްޗެކޭ ނުބުނެ ހިނގައިގަތެވެ. ނަމަވެސް އޭނާއަށް ދާނިޔާމެން ދެއްކި ހުރިހާ ވާހަކައެއް އަޑުއިވުނެވެ. ދާނިޔާ މިހާރަކަށް އައިސް މާގިނައިން ގޭޓު ކައިރީގައި ހުންނާތީ ކައިލަށް ޝައްކުވާތާ ދުވަސްކޮޅެއް ވެއްޖެ އެވެ. އޭގެ ސަބަބު އެއެނގުނީ އަދި ކިރިޔާ އެވެ. އަނެއްކާވެސް ކަމެއް ގޯސްވާން އުޅެނީ އެވެ. އެކަމަކު އޭނާގެ ކޮއްކޮގެ އެފަދަ މައްސަލައެއްގެ ތެރެއަށް ނުވަނުން އެއީ އެންމެ ރަނގަޅު ގޮތް ކަމަށް ކައިލަށް ނިންމުނެވެ.

 

………………….

ރޭގަނޑު ނިދަން އޮތްއިރުވެސް ދާނިޔާއަށް ވިސްނެނީ ރަޔާނާ މެދުގަ އެވެ. ދާނިޔާ އާއިއެކު ހޭދަކުރި ދުވަސްކޮޅު ރަޔާނަކީ ނުހަނު ހިތްހެޔޮ ކުއްޖެކެވެ. ކިޔެވުމަށް ދަށަކަސް، އޭނާއަކީ ވިސްނުންތޫނު ކުއްޖެކެވެ. ބަލި މަންމައަކާއި މުސްކުޅި ބައްޕައެއް ބަލަހައްޓަމުން އަންނަ ރަޔާނަކީ ޒިންމާދާރު ކުއްޖެކެވެ. ދިގު އިސްކޮޅެކެވެ. ދާނިޔާހާ ދޮންނޫނަސް ކަޅެކޭވެސް ނުބުނެވޭނެ އެވެ. މަޑު ޗޮކުލެޓް ކުލައިގެ އެ ދެލޯ އަދިވެސް ދާނިޔާގެ ކުރިމަތީގައި ސިފަވެ އެވެ.

ކޮޓަރީގެ ބޮކި ނިވައިފައި ހުރުމުން ދާނިޔާގެ ފޯނު ކުއްލިއަކަށް ދިއްލެއް ފެށުމުން ކުޑަކޮށް ސިހުނެވެ. ނަމަވެސް ދެވަނަ ސިކުންތުގެ ތެރޭގައި އޭނާ ފޯނު ނަގައި ހަލޯއޭ ބުނެލި އެވެ.

“އޭތް ދާން… ނިދަނީތަ؟” އެކޮޅުން ވާހަކަދެއްކީ ޝަހާ އެވެ.

“ނޫން… ކިހިނެތްވީ؟” ދާނިޔާގެ ހިތް ނޭނގޭ ސަބަބަކާއި ހުރެ ތެޅެން ފެށި އެވެ.

“އެނގޭތަ؟ އަހަރެން މިއަދު ގެއަށް ދިޔައިރު ރަޔާން އިނީ ސޯފާގަ ޓީވީ ބަލަން… އޭނާ އިނީ ދާދި ދެންމެއަކު ފެންވަރައިގެން ކަހަލަ ގޮތަކަށް. އަހަރެން އޭނަ ގާތުން މިއަދު ބޭރަށް ދިޔައިންހޭ އެހީމަ ބުނީ ނުދަމޯ. ދާހިތެއް ނެތޯ… މިއަދު ހޭލީއްސުރެން ފެށީގެން މާބޮޑަށް ގައިގަ ރިއްސާތީއޯ މިއުޅެނީ…”

“އެހެންތަ؟ ދެން ކީކޭ ބުނީ؟” ދާނިޔާ އަވަސްއަވަހަށް އެހި އެވެ.

“ދެން އަހަރެން ފާޑަކަށް ހުރީމަ ބުނީ ކިހިނެތް ވީހޭ… ބުނީމަ އަހަރެން ބުނީ ކަމެއް ނުވެޔޭ… ހަމަ އަހާލީ އޭ..”

“ޝަހާ ނުބުނަންތަ އެވާހަކައެއް؟ މިބުނީ މިއަދު ފެނުން ގުރޫޕުގެ ވާހަކައެއް؟”

“އަހަންނެއް ނުބުނަން އެވާހަކަ އެއް… އަދި ޔަޤީނެއް ނޫނެއްނު އެއީ ހަމަ ރަޔާން ކަމެއްވެސް… އަދި ރަޔާން ގާތު އެވާހަކަ ބުނުން މާއަވަސް ކަންނޭނގެ.. ޔަޤީން ކަން ހޯދާފަ ރަޔާން ގާތު އެއްޗެކޭ ބުނާނީ… ރަނގަޅުތަ މިގޮތް ދާން އަށް؟” ޝަހާ އޭނާ ބޭނުންވާގޮތް ހާމަ ކުރި އެވެ. ދާނިޔާވެސް މިކަމަށް އެއްބަސްވީ ޚުދު އޭނާއަށް ވެސް އެފެނުނު މީހުންގެ ތެރޭގައި ރަޔާން ހުންނާނޭކަމަށް ޤަބޫލު ނުކުރެވޭތީ އެވެ.

 

……………………………………….

ފިނިފިނި ހަވީރެކެވެ. ކަނޑުގެ ރާޅުބާނީތައް މެދުމިން ވަރަކަށް އުފުލިފައި ހިނދެނީ ފަޒާގައި މިއުޒިކެއް އުފައްދަމުންނެވެ. އެ ސާފު އުޑުމަތީގައި ވިލާތައް ދައުރުވަމުން ދެއެވެ. އިރު އެވިލާތަކުގެ ތެރޭގައި ފެނިގެއްލި އުޅުނު ކަމަށްވިޔަސް ވާރޭގެ އަސަރެއް ނެތެވެ. ކަނޑުގެ އައްސޭރިފަށުން އަންނަ ތެތްފިނި ވައިރޯޅިތައް އެއްގަމަށް ވިއްސިވިހާލި ވެގެންދާއިރު އިޙުޞާޞް ކުރެވެނީ ތަފާތު ފިނި ކަމެކެވެ.

މޫދާއި ކައިރީގައި ހުންނަ ހޮޓަލެއްގެ ބެލްކަނީ އާ ވީދިމާގައި ހުރި މޭޒެއްގެ ދޮށުގައި ސުޖާޢުގެ އާއިލާ ތިއްބެވެ. މި އާއިލީ އެއްވުމުގައި ގަރޑަން ވޭލީގައި ތިބި އެންމެންވެސް ތިބީ އައިހެވެ. ކައިލާއި ނީމެވެ. ދާނިޔާ އާއި ދިނާޔާ އަދި ސުޖާޢު އެވެ. ދެން އިނީ ކުޑަކުޑަ ކައިލާނެވެ. ދާނިޔާ އިރުއިރުކޮޅަކާ އެ ފުށްގަނޑެއްފަދަ ލޯބިލޯބި ކުއްޖާއަށް ބެހިލަ އެވެ. އެއްފަހަރަކު ކޮލުގަ ހިފާލަފާނެ އެވެ. އަނެއް ފަހަރަކު ނިތްކުރިއަށް ލޯބިކޮށްލަފާނެ އެވެ. ބަލާމިހަކުވެސް ހިނިތުން ކުރުވާނެފަދަ މަންޒަރެކެވެ. ޕިއްޒާއާއި ދަޅަށް އޯޑަރުކޮށް މުޅި އެއާއިލާ ދަނީ އެ މަޖަލުގައި ބައިވެރިވަމުންނެވެ. ނަމަވެސް އެންމެންގެ ވެސް ހިތުގެ އެއް ކަނެއްގައި ރިއްސާލަ ރިއްސާލަ ހުއްޓެވެ. އެމީހުންގެ ތެރެއިން ދެމީހަކު މަދުވުމުންނެވެ. މިކްޔާލާއި ޝެރިން ނެތުމުންނެވެ. އެދެކުދިން ހަމަވާނަމަ އެއީ ދުނިޔޭގައިވާ އެންމެ އުފާވެރި އެއް އާއިލާއޭ ބުނެވިދާނެ އެވެ.

އެވަގުތު ކައިލްގެ ފޯނު ރިންގުވާން ފެށުމުން ބަލާލިއިރު އެއީ އޮފީހުން ކޮންމެވެސް ކަމެއް ޖެހިގެން އައި ކޯލެކެވެ. ނަމަވެސް ވަގުތުގެ ގޮތުން ކައިލް އެކޯލު ކަނޑާލި އެވެ. އާއިލާއަށް އެންމެ ފުރިހަމައަށް ވަގުތު ދިނުމުގެ ގޮތުންނެވެ. ނަމަވެސް ހުއްޓާނުލާ ތިން ހަތަރު ފަހަރު ގުޅަން ފެށުމުން ކައިލަށް ވިސްނުނީ އެއީ ވަރަށް މުހިއްމު ކޯލެއް ކަމެވެ. އެހެންކަމުން ކޯލު ނަގައިގެން އެންމެނާއި ތަންކޮޅެއް ދުރަށް ދިޔަ އެވެ. ކަނޑުން ފެންނަ މަންޒަރުތަކަށް ބަލަމުން ކައިލް ވާހަކަދައްކަމުން ގެންދިޔަ އެވެ. އޭރު ޖެހެމުންދާ ފިނިފިނި ރޯޅިތައް ދިޔައީ އޭނާގެ ރާޅުބާނީ އިސްތަށިގަނޑާއި ކުޅެމުންނެވެ.

ގާތްގަނޑަކަށް ވިހި ވަރަކަށް މިނިޓްވަންދެން ވާހަކަ ދައްކަން ހުރުމަށްފަހު ފޯނު ކަނޑާލައިފައި ކައިލް އެނބުރި ހިނގާގަތްތަނާ ފެނުނު މަންޒަރަކުން އޭނާގެ ހައިރާންކަން އެތަށް ގުނައަކަށް އިތުރުވި އެވެ.

Share Article

Follow Me Written By

Faxoo

Level 310 Stories100 Comments500 Comments

Other Articles

Previous

އަނިޔާ.. 07 ވަނަ ބައި…

Next

ތީ ފުރާނައިގެ ދިރުމޭ މަގޭ (2)

Next
December 13, 2015

ތީ ފުރާނައިގެ ދިރުމޭ މަގޭ (2)

Previews
December 13, 2015

އަނިޔާ.. 07 ވަނަ ބައި…

17 Comments!

  1. Ryn says:
    December 13, 2015 at 9:36 am

    hey faxu.. kuhliakah mi stry fenifa faxu mathin miss v n ehnve hithah ery cmmnt khlaany ey.. hehehe mi prt vx vrrrrrrrrhhh salhi ingey.. waitin fr nxt prt.. 😉 n miss u tc.. 😉 <3

    1. Ryn says:
      December 13, 2015 at 9:39 am

      wow m frst thrr.. heheh yay.. 😉

    2. Faxoo says:
      December 13, 2015 at 9:39 am

      aww thankx Ryn .. n miss u too! 😉 so happy Ryyn ge comment eh fenunyma 😀

  2. Dreamgirl? says:
    December 13, 2015 at 11:30 am

    Vvvv rythi.. Wen are u gonna update the next part faxoo?? Story kuriyah dhany Hama v rychah..❤️❤️?? aslukow vex jeyd nd sherin aky sis nd bro tha? Aww emyhun v sad vaane dhw.. ?? btw next part avahah up kowdhwhchey ingey lwbivaa faxoo ?????

    1. Meekail says:
      December 13, 2015 at 4:30 pm

      loabivaa faxoooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooo ahahahahahahahahahahahahahahahaahhahahahahahaha lollllllllllllllllllllllllllllll

    2. Faxoo says:
      December 29, 2015 at 10:15 pm

      thanks DreamGirl 😉 😉 yaa ehenehnu vaany dhw… 🙁 🙂 🙂 😉 keep reading to find more mysteries 😉

    3. Faxoo says:
      December 29, 2015 at 10:16 pm

      thans meekail

  3. mice says:
    December 13, 2015 at 12:15 pm

    very nice! waiting for the next part!

  4. nukko says:
    December 13, 2015 at 2:28 pm

    Faxoooo Long tym no c dww… hehehe ehn bai thakekey ehgothah mi part vs habeys… ekm mioh v gotheh dww.. jeyd aa sheryn aa sis n bro ah v??? :O 😀

    1. Faxoo says:
      December 29, 2015 at 10:31 pm

      yaa thanks nukko <3 hehe oh thanks thats swyyt

  5. aakko says:
    December 13, 2015 at 6:40 pm

    Varah salhi mi prt ves.. nxt prt kn irakun??? cant wait for nxt prt.. plx avahah update koh dhehchey.. plxplxplxplxplxplxplxplx

    1. Faxoo says:
      December 29, 2015 at 10:33 pm

      thanks aakko 🙂

  6. Addu Kujja says:
    December 13, 2015 at 8:37 pm

    Varah salhiiiii. Ekammm mihaaar maa las up vaaa lehhhhh?

  7. mee says:
    December 14, 2015 at 12:28 pm

    fazu koba aneh part? haadha lahunney thi up kuranyy?? ekm mi part hama habeyxx ingey

  8. Faxoo says:
    December 15, 2015 at 5:54 pm

    thanks all. ?
    next part mihaaru up koffa innaany

  9. ravupinky says:
    December 16, 2015 at 2:52 pm

    wow v v v reethi mi part

    1. Faxoo says:
      December 29, 2015 at 10:18 pm

      thanks Ravoo 😉

Comments are closed.


All Right Reserved!