ހައިރާންކަމާއި އެކު އާނާގެ މޫނަށް ބަލަން ޝައުނާއަށް ހުރެވުނީއެވެ. “އާނޫ.. ހަނދާނެއް ނެތްތަ؟” ދެބުމަ ގޮށްޖަހާލަމުން ޝައުނާ އެހެން އަހާލުމުން އާނާ ކޯޗެއްހޭ އަހާލިއެވެ. “ދެން ބުނެބަލަ… އެހެން ނޫނީ އާނޫ ބުނެބަލަ މަޖަލެކޭ ތީ…” ޝައުނާ އެހެން ބުނެލީ އާނާގެ އަތުގައި ހިފައި ބާރު ކޮށްލަމުންނެވެ. “އަޅެ ކީކޭތަ ބުނަންވީ… ކީއްވެ މަޖަލެކޭ ބުނަން ވީ؟” އާނާ އެހެން އަހާލީ ޝައުނާ ދައްކަމުން ދިޔަ ވާހަކަ އަށް ދޭނެ ޖަވާބެއް ނޭނގިގެންނެވެ. ބުނާނީވެސް ކީކޭ ހެއްޔެވެ؟ އޭނާއަކަށް އެކައްޗެއްވެސް ހަނދާނެއް ނެތްތާނގާ ޝައުނާ އެހެން އެ ބުނި ސަބަބުވެސް ނޭނގުނެވެ. އާނާ މަޖާކުރަންވީ ކީއްކުރަންހެއްޔެވެ؟ މަޖާ ކުރެވޭނީވެސް ވާނުވާ އިނގިގެންތާއެވެ. “އާނޫ… ސީރިއަސް، ކޮށޭ… ހަމަ……” “ޝައު. އައި އެމް ސީރިއަސް.. އަހަރެންނަކަށް ނޭނގެ އެއްވެސް އެއްޗެއް.. އަހަރެން މި ހޭލެވުނީ އެއް ނޫންތަ..؟ ދެން އަހަރެންނަކަށް ނޭނގެ ވީ ގޮތެއް ޝައު ތި ސުވާލު ކުރި ސަބަބެއްވެސް ނޭނގެ… އައި ތިންކް ޔޫ އަރ ޖޯކިން.. ޕްލީސް ޝައު.. ދެން ސީރިއަސް ވެބަލަ..” އާނާ ޝައުނާ ބުނަން އުޅުނު ޖުމްލަ މެދު ކަނޑާލަމުން އެހެން ބުނެލިއެވެ. އޭނާގެ މޫނުމަތީގެ ކުލަވަރު ވަނީ ބަދަލުވެފައެވެ. ދެބުމަ ގޮށްޖަހާލެވިފައި ވާއިރު ކަޅި އަމާޒު ވެފައި ވަނީ ސީދާ ޝައުނާއަށެވެ. އެއީ އާނާ ތެދު ހަދާއިރު ބޭނުންކުރާ އެއް އުކުޅެވެ. ޝައުނާ ދެލޯ ބޮޑުކޮށްލީ އެހެންވެގެންނެވެ. ހިތްތެޅިލިލެއް ބާރު ކަމުން ހީވީ ހަށިގަނޑުން ނިކުމެދާނެހެންނެވެ.
ޝައުނާ ހިންދިރުވާލިއެވެ. ” ތި ބުނަނީ އަހަރެން މި ހުރިހާ ވަގުތު.. ހެނދުނުން ފަށައިގެން މި އިރަށް މިއުޅުނީ އާނޫ އާއި އެކު އެއް ނޫނޭތަ؟ އާނޫ އެއް ނޫންތަ އަހަރެންނާއި އެކު އުޅުނީ.. ދެންމެ މިތާ.. އޭރު ގަސް ކައިރި.. ދޯނި މަތީ…އެމީހުންނާއި އެކު ހިނގާލަން ވެސް ދިޔައީ.. . އެން ހުރިހާ ވާހަކައެއްވެސް ދެއްކީ ހަމަ އާނޫ ކައިރިގައެއް ނޫންތަ… އަނޫފް.. އަނގޮއްޓި.. ހުރިހާ ވާހަކައެއް..” ޝައުނާ ވާހަކަ ދެެއްކަމުން ދިޔައިރު އަޑުވެސް ބާރުވަމުންދިޔައެވެ. އޭނާ ހާސްވީ އާނާއަށް އެއްވެސް ކަމެއް ނޭނގޭތީއެވެ. އަނެއްކާ އާނާ ހޭނެތުނުފަހުން އޭގެ ކުރިން ވީ ކަންތައް ހަނދާން ނެތުނީހެއްޔެވެ.؟ އާނާ އަށް ކުއްލި ސިހުމަކާއި އެކު ފަހަތަށް ޖެހިލެވުނެވެ. ބޮލުގައި ދެ އަތް އަޅާލީ އެއިން އެއްވެސް ކަމެއް ހަނދާންވޭތޯއެވެ. ކުއްލިއަކަށް އާނާގެ ބޮލަށް ތަދުތަކެއް ވާން ފެށިއެވެ. ލޯ މަރާ ތަގުޅިކޮށްލީ އެހެންވެގެންނެވެ. ޝައުނާ ހައިރާންކަމާއި އެކު ހަރަކާތް ހުއްޓިފައި ހުރީ އެހެންވެގެންނެވެ. އޭނާގެ އެކުވެރިޔާއަށް މިއަދު އެވަނީ ކީއްހެއްޔެވެ؟ ބައްޔެއްގެ ޝިކާރައަކަށް ވީ ހެއްޔެވެ؟ އެތަކެއް ހިޔާތުތަކަކުން ޝައުނާގެ ސިކުނޑި ފުރިގެންދިޔައެވެ.
އާނާގެ ލޮލު ކުރިމަތީ ސިފަ ވެގެން ދިޔައީ މިއަދު އާނާ ކުރި ކަންތަކެވެ. ފެތި މަންޒަރުގެ އިތުރުން ހިނގާލަން ދިޔަ މަންޒަރުވެސް ފެނުނެވެ. ދެން ފެނުނީ ދާދި ދެންމެޔަކު ހިނގި ހާދިސާއެވެ. ފުސްކޮށް ފެނުނަސް އެއީ ޝައުނާއެވެ. ދެން ހުރީ އާނާއެވެ. ފުންމަ ފުންމާފައި ޝައުނާ އާނާ ކައިރި ކޮންމެވެސް ވާހަކައެއް ދައްކައެވެ. ވާހަކަ ދައްކާ އަޑު ނީވުމުން ކިޔާ ނުކިޔާ އެއް ނޭނގެއެވެ. އެންމެފަހުން ޝައުނާ އާނާގައިގާ ބައްދާލިތަން ފެނުނެވެ. އަދި އެއާއި އެކު އާނާ ކައިރިން ދުރަށް ޖެހލިތަނެވެ. ހަށިގަނޑަށް ގޮތެއް ވާން ފެށިތަނެވެ. ދެން ފެނުނީ ބިރުވެރި ސޫރަ އެކެވެ. ވަރަށް ބިރުުވެރިއެވެ. އާނާ ދެލޯ ހުޅުވާލީ އެހެންވެގެންނެވެ. ގަނެފައި ހުރި ބިރުން މާ ނޭވައި ލާން ފެށިއެވެ. ނިތްކުރިމަތިން ދާ ތިކިތައް ވެސް ވިދާލިއެވެ. ޝައުނާ އަށް މިމަންޒަރު ފެނި ކިހިނެއް ވީ ތޯ ސުވާލުކުރިއެވެ. އާނާ ޖަވާބު ދިނުމަށް އަނގަ ހުޅުވާލި ވަގުތު އަނެއްކާވެސް ބޮލަށް ތަދުތަކެއް އަރަން ފެށިއެވެ. ދެއަތުން ބޮލުގައި ހިފަހައްޓާލެވުނީ އެހެންވެގެންނެވެ. “އާހް….” އޭ ކިޔާ އާނާ ހުރިތަނަށް ކަކޫ މައްޗަށް ވެއްޓިގަތެވެ. އާނާ ދެލޯ މަރާލިއެވެ. ޝައުނާ އާނާ ކައިރި އިށީނދެ އޭނާގެ ބޮލުގައި ހިފަހައްޓާލެވިފައިވާ ދެ އަތުގައި ހިފަހައްޓާލިއެވެ. “އާނޫ.. އާނޫޫ… ކިހިނެއްވީ؟” ޝައުނާ އާނާ އަށް ގޮވަމުން އޭނާ ގެ ދެއަތުގައި ހިފައިގެން ދުރުކުރަމުން ބުނެލިއެވެ. އަޑުގައިވާ ހާސްކަން އަޑު އެހި ކޮންމެ މީހަކަށްވެސް އިނގޭނެއެވެ. “މަންމާ..! އާނޫއަށް… މަ..ންމާ!!”ޝައުނާ ވަރަށް ބާރަށް ސާނިޔާއަށް ގޮވާލިއެވެ. ޖުމްލަ ފުރިހަމަވެސް ނުކުރެވުނީ ހާސްވެފައި ހުރި ވަރުންނެވެ. އޭރު އޭނާ ބިރުން ތުރު ތުރު އަޅައެވެ. އާނާއަށް އެ ވާގޮތެއް ވީ އޭނަ ކުރިމަތީގައި ކަމުން ބިރު ގަންނަން ފެށީއެވެ. އާނާ ދެފަރާތަށް ބޯ ހޫރަމުން ނޫން އޭ ކީ އިރުވެސް ދެ އަތް ބޮލުން ދޫ ނުކުރެއެވެ. ޝައުނާއަށް ޖަވާބު ވެސް ދިނުން މުހިއްމު ކަމަކަށް ނުދެކުނެވެ. އެ ފަކީރު ކުރިމަތީ ހަލާކުވާއިރުވެސް އާނާއަށް އެކަމެއް ނޭނގެއެވެ. ބޮލުގައި އަޅާވޭން އެކަމަށް ތަން ނުދެނީ ކަންނޭނގެއެވެ. އަޑުވެސް ނީވެނީ ކަންނޭނގެއެވެ. ލޯ ހުޅުވާވެސް ނުލައެވެ.
ސާނިޔާ މެން ޝައުނާގެ އަޑު އިވުމާއި އެކު އަވަހަށް އެ ދިމާލަށް އައީ ކުރަން ހުރި ކަމެއްވެސް ބަހައްޓާފައެވެ. މިފަހަރު އެ އަޑުގައިވާ ހާސްކަމުން އެންމެންގެ ހިތްވެސް ވަނީ އަވަސްވެފައެވެ. އޭރު ފަހަތުން ހިނގާލަން ގޮސްގެން އައި އާލިމް އާއި ރައުނާއަށްވެސް އެންމެން އެ ދިމާލަށް ދުވެފައި ދާ ތަން ފެނި އަވަހަށް އެ ދިމާލަށް މިޝްރާބް ޖެހިއެވެ. “މަންމާ.. ބަލާބަލަ.. އާނޫ އެއް.. މަންމާ..!” ޝައުނާ ރޮމުން ރޮމުން ވާހަކަ ދެއްކި އިރުވެސް އޭނާ އާނާ ކައިރިން ދުރަކަށް ނުދިޔައެވެ. އެ ދެއަތުގައި ހިފަހައްޓައިގެން ހުރީއެވެ.
“އާނާ..! ކިހިނެއްވީ؟ އާނާ.. އަޑުއަހާބަަލަ.. އާނާ” އާނާގެ ކޮނޑުގައި ހިފައި ތަޅުވާލަމުން ސާނިޔާ އެހެން ބުނެލީ ޝައުނާ ކައިރި އިށީންނަމުންނެވެ. ޒަޔާލް ހުރީ ފެންކަޅިވެފައެވެ. އޭނާ ކުރިމަތީ އޭނާގެ ލޯބިވާ ކުއްޖާ އުޅޭ ހާލު ފެނިފައެވެ. އޭނާ ހުރީ ހަރަކާތް ހުސްވެފައެވެ. ސިކުނޑި އަށް ނުބައި ވިސްނުންތަކެއް އަންނަން ފެށުމުންނެވެ. ރައުނާއާއި އާލިމްއަށް އެހިސާބަށް އެރުނު އިރު ހިތް ނުހުއްޓުނީ ކިރިޔާއެވެ. އެދެމީހުންގެ ލޯބިވާ ދަރިފުޅު ދެފަރާތަށް ބޯ ހޫރަ ހޫރާފައި އުޅޭ ގޮތުން ހީވަނީ މޮޔައެއް ހެންނެވެ. ކައިރީގައި އިށީނދެ އިން ޝައުނާއާއި ސާނިޔާ އޭނާ މަތަ ކުރުމުގައި އުޅެއެވެ. ނަމަވެސް އެކަމުން އެއް ކަމެއްވެސް ކާމިޔާބެއް ނުވެއެވެ. އެހެން މީހަކު ދައްކާ ވާހަކައެއްވެސް އާނާ އަޑު އަހަނީކީ ނޫނެވެ.
އެންމެންވެސް ހައިރާންކަމާއި އެކު އާނާއާއި ދިމާލަށް ބަލަން ތިބީ އެމީހުންނަށްވެސް ވަކި ކުރާނެ ކަމެއް ނޭނގުނީމައެވެ.
ރައުނާ އަވަހަށް ގޮސް އާނާ ކައިރި އިށީނދެ އާނާއާއި ވާހަކަ ދެއްކޭތޯ މަސައްކަތް ކުރިއެވެ. ނަމަވެސް އާނާ ގެ އަނގައިން ނިކުންނަނީ އެންމެބަހެކެވެ. ތަކުރާރު ކުރަމުން ދިޔައީ އެންމެ ބަހެކެވެ. “ނޫން” އެވެ. ޒަޔާލް އަށް އެތަން ބަލާކަށް ކުޅަދާނައެއް ނުވިއެވެ. އާނާ ކައިރިއަށް ގޮސް އާނާ އަށް ގޮވަން ފެށިއެވެ. އެންމެ ފަހުން “އާނާ އަޑުއަހާބަލަ” އޭ ވަރަށް ބާރަށް ބުނެ އާނާގެ ދެއަތުގައި ހިފެހެއްޓިއެވެ. އެންމެންގެ ނަޒަރު ވެސް ހުއްޓުނީ ޒަޔާލް އަށެވެ. އާނާއަށް މަސަލަސްކުރެވޭތޯ މަސައްކަތް ކުރަމުން ދިޔަ ޝަައުނާ، ސާނިޔާ އަދި ރައުނާގެވެސް ނަޒަރު ހުއްޓުނީ ޒަޔާލްއަށެވެ. ހިތް ބުނާކަހަލައެވެ. ޒަޔާލްއަށް އެކަން ވާނެއެވެ. އާނާ ކުއްލިއަކަށް އޭނާގެ ހަރަކާތްތަށް މަޑުކޮށްލިއެވެ. އެއަށްފަހު ލޯ ހުޅުވާލިއެވެ. އިސް އުފުލާ ބަލާލުމުން ކައިރީގައި ތިބި 4 މީހުންވެސް ދިޔައީ އެއްލިގެންނެވެ. އާނާގެ ލޯ ވަނީ ރަތް ކުލައަށް ބަދަލުވެފައެވެ. ޝައުނާއަށް ރޮވެ ގަނެވެނެވެ. އެމީހުން ވަށާލައިގެން ތިބި އެންމެންވެސް ދުރަށް ޖެހިލީ ދެލޯ ބޮޑު ކޮށްލައިގެން ތިބެއެވެ. ރައުނާ އާއި ޒަޔާލް ގަނޑުވެފައި އެތަން ބަލަން ތިބެވުނީ އާނާއާއި ދާދި ކައިރީގައެވެ. އާނާ އެމީހުންނަށް ބަލަމުން ދިޔައީ ސިންގާއަކު އޭގެ ޝިކާރައަށް ބަލާ ފާޑަށެވެ. ހީވީ ދެންމެ ދެންމެ ކާލަފާނެހެންނެވެ. “އަތް ނުލާތި އަހަރެންގައިގަަ.. ހަނދާން ބަހައްޓާލި..” އާނާ އެހެން ބުނެލި އިރު އަޑުގައި ވަނީ ފިރިހެން އަޑަކާއި އާނާގެ އަސްލު އަޑު އެއްވެފައެވެ. އޭނާ އެހެން ބުނީ ޒަޔާލް އާއި ދިމާލަށް ބަލާލަމުން ކަންނޭނގެއެވެ. ކަޅިވެސް ފެންނާކަށް ނެތެވެ. އެ ބޮޑު ދެލޮލުން ރަތް ކުލަ ފެންނަގޮތުން ވަރަށްވެސް ބިރުވެރި ގޮތެއް ހުރެއެވެ. އަނޫފް އައި ގޮތަށް އައިސް ޝައުނާ އާއި ސާނިޔާ ކޮޅަށް ނަގާ އެތަނުން ދުރަށް ގެންދިޔައެވެ. ޝައުނާ ނުދާން ކިތަންމެ ވަރަކަށް ގަދަ ހެދިޔަސް ޝައުނާ ގައިގާ އަނޫފް ހިފަހައްޓާލައިފައި ހުރިލެއް ބާރުކަމުން އެކަމެއް ކާމިޔާބެއް ނުވިއެވެ. ދެންް އަނޫފް ރައުނާ އާއި ޒަޔާލް ބަލާ އައުމުން އެމީހުން އެތަނުން ގުޑައެއް ނުލިއެވެ. އަނޫފް ދުރަށް ޖެހލީ ސާނިޔާގެ އެދުމުގެ މަތިންނެވެ.
“އޭނަ އެހެރީ ޖިންނި އަވަލާފަ.. އޭރުވެސް އަހަރެން ހިތަށް އެރިއޭ.. އެކަކުވެސް އޭނަ އާއި ކައިރި ނުވާތި އަހަރެންގެ ބަހެއް އަހަންޔާ..” އާޒިފާ އެހެން ބުނެލީ އާނާ އާއި ދިމާލަށް ބަލަން ހުރެއެވެ. އޭނާގެ އަޑުގައި ތުރުތުރެއް ހުއްޓެވެ.ނަމަވެސް އާނާ އާއި ދުރަށް ދާނީ ކިހިނަކުން ހެއްޔެވެ؟
އާނާ އިތުރު އެއްވެސް ހަރަކާތެއް ނުކޮށް އެތާ އިސްޖަހާލައިގެން އިނެވެ. އޭނާގެ ބޯ ބުޅިވީހެންވެސް ހީވިއެވެ. އާލިމް ފެންކަޅިވެފައި ހުރި ހާލު އައިސް ރައުނާ ނެގިއެވެ. ރައުނާ މޭގައި އަތް އަޅާލިއެވެ. އަދި ބާރު ބާރަށް ރޯންފެށިއެވެ. އާލިމް ރައުނާ ގެނެސް މެޔާލާ ބޮނޑި ކޮށްލީ އާނާއާއި ތަންކޮޅެއް ދުރަށް ގޮއްސައެވެ. އެންމެންވެސް އެމީހަކަށް އިނގޭ ހެޔޮ އެއްޗެއް ކިޔަންފެށިއެވެ. ނަމަވެސް އެތަނުން ދުރަށް ދާކަށް އެކަކުވެސް ބޭނުމެއް ނުވެއެވެ. ޒަޔާލް އާނާގެ ކުރިމަތީ އިނީ ގޮތް ހުސްވެފައެވެ. އޭނާގެ ހިތުގައި ނޭނގޭ ރިހުމެއް އުފެދުނެވެ. “އާނާ..” އެންމެންގެ ނަޒަރު ހުއްޓުނީ އާނާއަށް ގޮވާލި ޒަޔާލް އާއި ދިމާލަށެވެ. ޒަޔާލް އިސްޖަހައިގެން އިން އާނާ އާއި ކައިރިވެލިއެވެ. “އާނާ..” އޭނާގެ އަޑު ކުރެހިގެން ދިޔައެވެ. އެންމެން ޒަޔާލް އަށް ވާނެވަރު ވިސްނާލެވުނެވެ. އާލިމްގައިގައި ބައްދާލައިގެން ހުރި ރައުނާވެސް ޒަޔާލްއާއި ދިމާލަށް ބަލާލިއެވެ. “އާނާ..” ޒަޔާލް އާނާއާއި ކައިރި ވަމުން ދިޔައެވެ.
ޒަޔާލް އާނާ އާއި ދާދި ކައިރިއަށް އާއިރުވެސް އާނާގެ އެއްވެސް ހަރަކާތެއް ނެތެވެ. އެކަން ވެގެން ދިޔައީ ޒަޔާލް އަށް ލިބުނު ކުރިއެރުމަކަށެވެ. އެހެންކަމުން އިތުރަށް ގާތްވެލާ އޭނާގެ އިސްއުފުލާލަން މޫނާއި ދިމާލަށް އަތް ދިއްކޮށްލިއެވެ. ދެވަނަ ސިކުންތުގައި އަތް ދަމައިގަތީ އާނާ އިސްއުފުލާލުމުންނެވެ. އޭނާގެ ރަތް ދެލޮލުން އަލިފާންކަނޑި ބުރާހެންވެސް ހީވިއެވެ. ޒަޔާލް ހިންދިރުވާލިއެވެ. ނަމަވެސް މިފަހަރި އޭނާ ދުރަށް ދާކަށް ގަސްތެއް ނުކުރެއެވެ. “ޒަޔާ.. ދުރަށް ދޭބަލަ… ކޮންމެ ފަދަ ގޮތެއްވެސް ހަދާފާނެ..” އަނޫފް އަކަށް އެމީހުންނާއި ކައިރިވާކަށް ނުކެރުނެވެ. އެހެންކަމުން އެހެން ބުނެލިއެވެ. ނަމަވެސް ޒަޔާލް އިންތާ އިނީ އާނާ ގެ އެއްވެސް ހަރަކާތެއް ނުކޮށް ޒަޔާލްއަށް ބަލަން އިނުމުންނެވެ. އޭނާ އިނީ ބިރުން ވިރި ވިރިއެވެ. ނަމަވެސް ކުރިމަތީ އޭނީ އޭނާގެ ފުރާނަ ފަދައިން ލޯބިވާ އާނާއެއް ނޫންހެއްޔެވެ؟ ރައުނާ އަނެއްކާވެސް ރޯންފެށިއެވެ. އާލިމް އިތުރަށް ރައުނާ އޭނައާއި ގާތް ކޮށްލިއެވެ.
“އާނާ….” އަނެއްކާވެސް ޒަޔާލް ގޮވާލިއެވެ. ކުއްލިއަކަށް އާނާގެ ހަށިގަނޑަށް ލޮޅުން ގަނޑެއް އެރިއެވެ. އެއާއި އެކު އޭނާ ލޯ ހުދު ކުލަ ވިއެވެ. ކަޅިވެސް ފެންނަން ފެށިއެވެ. “އާނާ…” “އާނާ..” ޒަޔާލް ވަރަށް އަވަސް އަވަހަށް ގޮވާލިއެވެ. “ޒަ..ޒަޔާލް.” އާނާއަށް އެހެން ބުނެވުނެވެ. “ޒަޔާލް…” އާނާއަށް ރޮވުނެވެ. ޒަޔާލް އާނާގެ ގައިގާ ބައްދާލިއެވެ. ވަރަށްވެސް ބާރަށެވެ. އެންމެންވެސް އެ ދިމާ ބަލާލިއެވެ. “އަހަރެން ސަލާމަތް……” ކުއްލިއަކަށް އާނާގެ އަރު ބެދުނެވެ. އެއާއި އެކު ޒަޔާލް ކޮށްޕާލިއެވެ. ޒަޔާލް ވިއްސައިގެން ދިޔައެވެ. ނަމަވެސް އެހާ ދުރަކަށް ނޫނެވެ. އެ ދިމާލަށް ގޮސް ގޮސް ހުރި ރައުނާގެ ފިޔަވަޅުތަށް ހުއްޓުނީ އެހެންވެގެންނެވެ. “ޒަޔާލް” އޭ ކިޔާ އެންމެންވެސް ހަޅޭ ލަވައިގަތެވެ. “އަހަރެންގައިގަ އަތް ނުލާށޭ ބުނެފީމެއްނު..” އަނެއްކާވެސް އާނާ ގެ އަޑު ބަދަލުވިއެވެ. ލޯ ރަތްކުލައަށް ބަދަލުވިއެވެ.
-ނުނިމޭ (:-
4032 Comments
Comments are closed.
Ryn
December 13, 2015 at 11:37 amhey guys here is the nxt prt.. hope u all wil lyk it.. n i gues mistakes hunnaane cx i really dnt knw abt jin n all hehe.. so lt me knw ingey hama nujehey than than hurihya.. n as i said bfr also dhn in prt innaany in sha allah nxt wed ga.. 😉 thnks fr readin.. enjoy 😉 😉 😉
Immy
December 13, 2015 at 11:50 amvaraj salhi…. waitin fr nxt prt… wen nxt rt??????
Ryn
December 13, 2015 at 12:10 pm*varah* *prt* hehhe thnks immu.. n nxt prt wed ga in sha allah.. 😉 thnks fr readin enjoy 😉 n luv ya.. n thnks ingey kiyaathyve n cmmnt kuraathyve…. ur the bst 😉
kudoo
December 13, 2015 at 12:02 pmVvv reethi mi baives.all the best
Ryn
December 13, 2015 at 12:11 pmthnks kudu.. it myns alt.. n thnks fr readin.. enjoy 😉
nukko
December 13, 2015 at 12:31 pmWowwwwwwww….. v v v v rythi….. no words… hehehe…. I cant wait fr wed…..alhey aana salaamaii kurachey…… n xaayal ah aanaa libey goii hadhachey….. rovijje 🙂 🙂 😉 😉 😉 😉 luv this part tooo….. take care miss u besty
Ryn
December 13, 2015 at 12:37 pmthnks nukko…. hehehe… dhn neynge dhw vaane gwtheh… jxt wait n watch **Devil** hehehe.. n tc miss u mre n luv ya… 😉 n jxt nw i missd Dncin room. 😛 hehehhe.. thnks fr readin.. enjoy 😉
Luvna❤
December 13, 2015 at 12:37 pmOMG..????.. Ninnyyyyy.. Mi part kiyaa luv dhiya ee hama elligen???????.. Varaaaaah salhi and aana ah kihinei thihedhyy..???.. Poor xayal..???.. Eager to know what’s next..???.. Miss yuh and lurv yuh..????.. Mi story hama habeyyyys???..
Luvna❤
December 13, 2015 at 12:38 pmKiyaafa***
Ryn
December 13, 2015 at 12:40 pmhehehe.. thnks mimmyyy… xayaal gwthah thr ehlign dhiyaee?? 😛 hehehe.. alhey xayaal dheravaane dhw… 🙁 hehehe.. n miss u mre n mre n mre.. luv u too… n thnks fr readin.. enjoy.. 😉 i ws hama thinkin abt ur cmmnt eh n tadaann…. fenuny.. 😉
mice
December 13, 2015 at 12:38 pmvery nice! waiting fo the next part ryn!
Ryn
December 13, 2015 at 12:43 pmthnks…. n thnks fr readin.. enjoy 😉 😉
Luvna❤
December 13, 2015 at 12:41 pmForth paragraph ga ebain mistake eh ‘a ee’ ge badhalu ‘a i’ jahaafa iny. You told mistake bune dheyshey my liv ah fenunu mistake????????
Luvna❤
December 13, 2015 at 12:43 pmLuv** pis pus ninny kairin mistake hadhan dhas kohffin??
Ryn
December 13, 2015 at 12:45 pmn i saw one too frm urs LIV o haha 😛 😛 ,.. haha yrh yrh abadhu ninny enmn ah vx mistake virus jeheny ryn faraathun ey dhw. 😛 😛 hahaha.. n thnks fr tellin the mistake.. nw its crrctd 😉
Ryn
December 13, 2015 at 12:46 pmpis pus???? **rolleyes** 😛 😛 *pis pis* heheh 😉
Mish
December 13, 2015 at 1:26 pmWowwwwwwww … hama varah salhi .. ekm mibai kiyaafa hama rovunu .. hehe mish varah hiyy balivaane .. varah reeethi mibaivess .. aanu ah evy gothun varah dheravey …. ryb oopsyy ryn hehehe anehbai varah kiyaalaa hiyy vey eba .. but have to wait for wednesday dhw .. hmm waiting .. gud luck .. n keep up the gud work .. luv u n miss u alt ??? .. n ryn baraabarah kahchey ingey .. hehehe .. tvgc of ur self .. ??☺???❤????????????????☺
Ryn
December 13, 2015 at 1:55 pmawwww sryy hehehe… ehnthr.. yrh hve to wait fr wed… beynumiyya mosh oops mish ah vakin fehna gwthah up khla dhyfaanan 😛 😛 anways thnks ingey. vrh happy vehjey mish ge cmmnt eh fenunyma… n labba dhn mosh viyya ehnvyma ryb jeheyne ehnu kaan 😛 😛 mosh vx knchey ingey rangalhah n tc of urslf. n alwys miss me 😛 😛 n i miss u mre thn u do n luv ya. thnks alt again.. enjoy 😉 varaaaah lwbi vey 😉
dark princess
December 13, 2015 at 3:05 pmAhdhey…. ryn haadha loabi vegen ulhey dhivaheh… he he… story is best… v salhi… waiting 4 the next part… nd keep it up ryn… ryn hama vaahaka liyan molhy ey dhw…
Ryn
December 13, 2015 at 3:20 pmhahaha 😛 😛 thnks ingey.. n it myns alt.. 😉 thnks fr evrythin… enjoy 😉 😉
Shabee
December 13, 2015 at 3:24 pmhey ryn..hey HG 😉 laaee mihaaru shaby kudakh birugannan fashaifi 😛 alhe xayaal n aanaa gulhuvahchey…story vrh habeyss…like eh 😀 all da bst 🙂
ryn
December 13, 2015 at 3:28 pmhey shaby hey SG. hahahah ehnthr… in sha allah 😉 n once again thnks ingey… stry faraathun vx shaby ah lyk eh… thnks fr readin.. enjoy 😉 n ryn vrh miss vey shaby mathin.,, tc of urslf.. luv ya 😉
Irry
December 13, 2015 at 5:50 pmhey rynnn….. varah salhi mi part ves.. kon irakun aneh part up kuraneee
cant wait…..
ryn
December 13, 2015 at 7:35 pmhey irry…. thnks… in sha allah wed ga… n thnks fr readin.. enjoy 😉 😉
lai
December 13, 2015 at 8:42 pmhi ryn .. story hama varhh reethi .. hama ehvana .. hama number 1 hehe .. ryn mihaaru kyhve cht room ah naanany .. just asking ingey nw nufennaathyve .. dhn wednesdayga dhw aneh bai .. eagerly waiting for next part .. gud luck ryn 🙂 🙂 🙂
ryn
December 13, 2015 at 8:48 pmhey lai….. thnks alt.. it myns alt… hehehe nthin…hama nudhany.. 😛 aslu vrh miss vey ingey nudhiya yas.. dhn hithah araa lai kyhvebaaey cmmnt eh vx neyhlany 😛 i miss enmn alt.. n rynge salaam vahtaalnchey enmn ah.. heheehe.. n yrh wed ga… thnks once again.. n enjoy 😉 i miss u alt Lailaa hehehe luv u 😉
lai
December 13, 2015 at 10:16 pmhehehe saabas ryn hehehe .. hmm enmenah vess salaan vahtaalaanan hehe .. cmmmnt dhw dhn ehlaanan konmehen hadhaafavess konme bayakah vess hahaha .. i miss u too ryn .. luv u .. hmm lailaa kiyaathy mihaaru ryn ah kiyaane nameh vess hoadhan vehje 😛 ..
Ryn
December 14, 2015 at 12:59 pmhahaha 😛 yrh dhn cmmnt ehlan fashaa ingey… hahaha ryn ah hwdhaa nameh lailaa ge name haa rythi eh nuvaane.. 😛 😛 lailaa kihaa rythi thr..?? 😛 n thnks ingey.. miss ya 😉
Anonymous
December 13, 2015 at 9:21 pmvarah varah varah varah varah hadi thi vaahaka…. digest plz rynnn….
plz digest…… bandu dhiyaavey eba ingeyy….. ehaa hadi….. hodu vx levun thi kiyaafa
Ryn
December 13, 2015 at 9:33 pmthnks anonymous fr readin it knme gwtheh viyas… n sry if it made u hodulavanings n all wht u said bfr. 😉 enjoy… n asluvx happy vehje kiyaalyma.. 😛 .. 🙂 😉 😉
Luv
December 14, 2015 at 6:41 amRyn. . Story v salhi. Ekam mistakes ebahuri.. alifaan kandu buraahenves ge badhaluga ihnaanee alifaankani buraahen dhoa ? hope u will rechek the story before u upload. Best of luck
Ryn
December 14, 2015 at 12:56 pmhey.. thnks ingey aslu kani jahan ulhenikh mistake akun liyevifa eyny.. thnks fr findin it.. n dhn faharakun i will chck it n dhn upld.. once again thnkyou so much… n thnks fr readin.. enjoy 😉