Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ބިރުވެރިލޯބި

ހުވަފެނެއްބާ؟ (10ވަނަ ބައި)

Eyesh Level 210 Stories100 Comments
December 14, 2015 4 Mins Read
23 Comments

“އަހަންނަށް އެނގޭ ހަނާގެގައިގަ އެތަވީދުނެތްކަން. ހަނާއަށް ނޭނގުނަސް ތަވީދު ވީތަންވެސް އަހަންނަށް އެނގޭ. އެތަވީދުވީ މިރަށު ތުނޑީގައި ހުންނަ ނިކަގަހުގެބުޑުގަ ވަޅުލާފަ. ” ސޯލިހު ވަރަށް ޔަގީން ކަމާއިއެކު މިހެން ބުނުމުން ހަސަނާއި އާބިދާ ހައިރާންވެފައި ސޯލިހުގެ މޫނަށްބަލަން ތިއްބެވެ. “ހަނާ… ތަވީދު ގެއްލުނު ވާހަކަ ނުބުނަންތަ އިރުޝާދުކައިރީގަ؟” ހަސަނު ހައިރާންވެފައި އިނދެ މިހެންއެހިއިރު އިރުޝާދުގެ ހާސްކަން އިތުރުވަމުން ދިޔައެވެ. “އަހަރެން ހަނދާންނެތުނީ..” ހަނާއަދިވެސް ހުރީބިރުންނެވެ. އޭނާ އެހެން ބުނިނަމަވެސް އިރުޝާދުއަށް ހަނާގެ އުނަގަނޑުގައި ތަވީދު ނެތްކަން އެނގޭނެކަން ހަނާއަށް އެނގެއެވެ. އެކަމަކު އިރުޝާދު އެކަމާއިބެހޭ ގޮތުން އެއްވެސް ސުވާލެއް ކޮށްފައިނުވާތީ ހަނާވެސް ކޮންމެހެން އެކަމާއި އަޅައިނުލީ ފަހުން ޒިލާލްގެ އެއްވެސް ހަބަރެއްވެސް ނުވާތީއާއިވެސް އެއްކޮށެވެ.

 

“މިރޭވާނެ ކިޔަވަން.. ހުރިހާކަމެއް ތައަޔާރުކުރޭ.” ސޯލިހު މިހެންބުނެ ނިކުމެގެން ދިއުމުން ހަނާއާއި އިރުޝާދު ޖޯލިފަތީގައި އިށީނދެލިއެވެ. އާބިދާވެސް ހަސަނުމެންގެ ފަހަތުން ނިކުތެވެ.

“އިރުޝާދު.. އަހަރެންގައިގަ އެތަވީދު ނެތްކަން އެނގޭއިރު ކީއްވެ އެކަމާކިބެހޭގޮތުން އެއްވެސް ސުވާލެއް ނުކުރީ؟” ހަނާ އިރުޝާދުގެ މޫނަށް ބަލައިލިއެވެ. އޭރު އިރުޝާދުގެ މޫނުމަތިން ހާސްކަމުގެ ކުލަވަރު ވަރަށް ސާފުކޮށް ފެންނަމުންދެއެވެ. “ޒިލާލްގެ.. އުނދަގޫ ނުވާތީ އެވާހަކަ…ނުދެއްކީ”
އިރުޝާދު ވާހަކަދެއްކީ ވަރަށް އުނދަގުލުންކަން ހަނާއަށް އެނގުނެވެ. އޭރު އޭނާގެ ހަށިގަނޑު ތުރުތުރު ލާހެންވެސްވެސް ހީވެއެވެ. ހަނާ ކިހިނެއްވީތޯ އެހުމުން އޭނާ ހާސްވަނީ ހަނާއަށް ދެރަގޮތެއް ވެދާނެތީކަމުގައިބުނެ ވާހަކައޮށްބައިލިއެވެ.

 

 

“ނޫޅެންތަ ކިޔަވާމީހުން ހޯދާކަށް..މިހާރު އެއޮށް ގަޑިންހަތަރެއް ޖަހަނީ.. މިރޭ އަހަރެން އޮންނާނަން ކިޔަވާއިރު. ” އެނދުގައި އޮށޯވެލައިގެން އިރުޝާދުގެ ބޮލުގެ އިސްތަށިގަނޑާއި ކުޅެމުން ހަނާސުވާލުކުރިއެވެ. އިރުޝާދު މާބޮޑަށް ކަންކަމާ ހާސްވަނީ ކަމުގައިބުނެ ހަނާ ކޮޓަރިން ނިކުތުމުން އިރުޝާދު ބޮލުގައި އަތްއަޅައިގެންއޮވެ ވިސްނަން ފެށިއެވެ.

ގަޑިން ރޭގަނޑު ހަތެއްޖަހައިފިއެވެ. އާބިދާގެ ކޮޓަރީގައި ކިޔެވެލިކިޔެވުމުގެ ހުރިހާކަމެއްވަނީ ވަރަށް ފުރިހަމައަށް ތައްޔާރު ކުރެވިފައެވެ. ހަސަނާއި ސޯލިހު ކިޔަވަންގެނައި ދެމީހުން ނާއިއެކު ކޮޓަރިތެރޭގައި އިށީނދެތިބީ އިރުޝާދު އަންނަންދެންނެވެ. އޭރުހަނާ އޭނާބޭއްވުމަށް ހަމަޖެހިފައިވާ ގޮދަޑީގައި އޮށޯވެގެން އޮތެވެ.

 

“ކޮބާތަ އިރުޝާދު؟ މިހާރު ދެންމާލަސްވަނީ.. އިރުވަރު ގެއްލިއްޖެއްޔާ ކަމަކު ނުދާނެ. އިރުޝާދު ނަޔަސް ފަށަންވީ .” ސޯލިހުއަށް ހަގީގަތް އެނގުނު ނަމަވެސް އޭނާއެއްވެސްމީހަކަށް އެކަންއަންގަންބޭނުން ނުވީ އެންމެންގެ ލޯތަކަށް ހަގީގަތްފެންނަން ދެން މާގިނައިރެއްނެތްކަން އޭނާއަށް އެނގޭތީއެވެ.

 

ސޯލިހު ކިޔެވެލި ކިޔަވަންފެށިތަނާ މާގިނައިރެއްނުވެ ހަނާގެ ދެލޯމަޑުމަޑުން މެރުނެވެ. އަދި އޭނާގެ ހަށިގަނޑަށް އަރައިގެންދިޔަ ވަރުގަދަ ލޮޅުމަކާއިއެކު ބާރުއަޑެއް ކަރުތެރެއިން ނެރެންފެށިއެވެ.
“ކަލޭ އަދިވެސް ހަނާއާ ދުރުވާކަށް ނޫޅެންތަ؟ ” ސޯލިހު ހަނާގެ ނިތްކުރީގައި އަތްއަޅައިގެން އިނދެ ރުޅިއައިސްފައި ވާހަކަދެއްކިއެވެ.
“ހަނާ އަކީ މަގޭ މަންމަ.. ކަލޭ ހީކުރީ މަށަކީ ޒިލާލް ކަމަށްތަ؟ މަގޭ ބައްޕަ އަކީ ތިހީކުރާކަހަލަ މޮޔައެއްނޫން.. މިރޭކަލޭ ކިތަންމެ ވަރަކަށް ގޮވިޔަސް ބައްޕައެއް ނާންނާނެ.” ލޫޝިޔާން ހަނާގެހަށިގަނޑު ތެރޭގައި އޮވެ ހެމުން ވާހަކަދެއްކިއެވެ. އޭރު ހަސަނާއި ކިޔަވަން ތިބި ދެމީހުންގެ ލޯބޮޑުވެ ހައިރާންވެފައި ތިބީ ޒިލާލްއާއި ހަނާގެ ދަރިއެއް ހުންނަކަން އެނގުމުންނެވެ. “ކަލޭގެ ބައްޕަގެނޭ.. އެހެންނޫނީ ކަލޭގެ ދުވަސްވެސް ދުއްވާލާނަން.” މިހެންބުނެ ސޯލިހު ކިޔަވަމުން ދިޔަކިޔެވެލި އިތުރަށް ބާރުކޮށްލިއެވެ. އަދި ކިޔަވަންތިބި ދެމީހުންގެ ކައިރީގައި ކިޔެވުން ބާރުކޮށްލުމަށް އެދުުނެވެ. ސޯލިހު މިރޭ އެހުރީ ދޭތިން އެކައްޗަށް ހިފައިގެންވިޔަސް ޒިލާލްގެ ކިބައިން ހަނާ ސަލާމަތްކުރުމަށް ނިންމައިގެންނެވެ.

“ކޮބާ އިރުޝާދު؟ ” ސޯލިހު ވަރަށް ހަރުކަށިކޮށް އަހާލިއެވެ.
އޭރުވެސް ހަނާގެ ހަށިގަނޑު ހަމަ ތެޅޭވަރުން ތެޅެމުންދެއެވެ. ހަސަނަށް އެކަނި ހަނާ މައިތިރިނުވާތީ ކިޔަވަން ތިބި ދެމީހުންގެ ތެރެއިން އެކަކުއައިސް ހަނާގެ އެއްފަރާތުގައި އިށީނެވެ.

“އިރުޝާދު މަރާލާނަން. ” ލޫޝިޔާންގެ އަޑު ބާރުވެފައި އެއަޑުގައި ރުޅިވެރިކަން އެކުލެވިގެންވެއެވެ.

“ކަލެއަކަށް އެއްކަމެއްވެސް ނުކުރެވޭނެ” ސޯލިހު ވަރަށް ޔަގީންކަމާއި އެކު މިހެންބުނެ ފެންތައްޓަކަށް ކިޔަވައި ހަނާގެ މޫނަށްޖެހިއެވެ. “ކަލޭ އަހަންނަށްތިކުރާ އަނިޔާގެ ބަދަލު އަހަރެންގެބައްޕަ ހިފާނެ. ކަލޭ އެކަން ހަނދާން ކުރާތި!” ލޫޝިޔާން ވޭނީ އަޑަކުން މިހެން ބުނިއިރު އޭނާއަށް އަނިޔާއެއް ލިބެމުންދާކަން އޭނާގެ އަޑުން ވަރަށްރަނގަޅަށް އެނގެއެވެ.
“ކަލެއަށް މަރުނޫން އިތުރު ގޮތެއްނެތް.. ” ސޯލިހު މިހެން ބުނެ މަޑުމަޑުން ކިޔެވެލިތަކެއް ކިޔަވައި އޭނާގެ ކަނާއަތުގެ ށަހާދަތް އިނގިއްޔަށް ތިންފަހަރު ފުމެލުމަށްފަހު ހަނާގެކަރުގައި ތިންފަހަރު ކާއްތައިލުމާއިއެކު ހަނާގެހަށިގަނޑު މައިތިރިވެ ހިމޭންވިއެވެ. ސޯލިހުގެ އެންމެ ހަރަކާތަކުން ލޫޝިޔާން މަރައިލީއެވެ. ކިތަންމެ ގަދަވެފައި އުޅުނަސް ޖިންނީންނަށް ޤުރުއާނަށްވުރެ ބާރުގަދަ ނުނެވޭނެކަން ސޯލިހު ހާމަކޮށްދިނެވެ.
ހަނާ މަޑުމަޑުން ދެލޯ ހުޅުވައިލައި އިރުޝާދު ކޮބާތޯ ސުވާލު ކުރުމުން އިރުޝާދު އެބައަންނަކަމަށްބުނެ ސޯލިހު އަނެއްކާވެސް ކިޔެވެލި ކިޔަވަންފެށިއެވެ. އެތަށްއިރަކު ކިޔެވުމުންވެސް މިފަހަރު ހަނާއަކަށް އެއްވެސް ގޮތެއްނުވިއެވެ. އެހެނަސް ސޯލިހު އޭނާގެކިޔެވުން ބާރަށް ކުރިއަށް ގެންދިޔައެވެ. އިރުކޮޅަކުން އިރުޝާދު ތެޅެމުން ފޮޅެމުންއައިސް ކޮޓަރިއަށް ވަނެވެ.

 

އިރުޝާދު ފެނިފައި އެންމެންވެސް ހައިރާންވެ އަނގަހުޅުވުނެވެ. އޭރު އޭނާގެ ދެލޯރަތްކަމުން ހީވަނީ އަނގުރުއަލިފާން ކޮޅެއްހެންނެވެ. އިރުޝާދު ރުޅިއައިސްފައިހުރެ ސޯލިހުއާއި ދިމާލަށް އިނގިލި ދިއްކޮށްގެންހުރެ ހަޅޭއްލަވައިގަތެވެ. ހަނާއަށް މިއަޑަށް ދެލޯހުޅުވައި އިރުޝަދުއާއި ދިމާލަށް ބަލައިލެވުނެވެ. އަދި ސޯލިހުގެ އިޝާރާތަށް ހަނާއާއި ހަސަނުގޮސް ކިޔަވަންތިބި މީހުންގެ ކައިރީގައި އިށީނެވެ. ސޯލިހުގެ ކިޔެވެލި ވަކިހިސާބަކަށް ދިޔަތަނާ އިރުޝާދު ތަޅުންގަނޑުމައްޗަށް ވެއްޓިގަނެ ތެޅެންފެށިއެވެ. ސޯލިހު އަވަސްހަރަކާތަކާއިއެކު އިރުޝާދުގެ ނިތްކުރީގައި އަތްއަޅައި އޭނާ މައިތިރިކުރިއެވެ. އޭރުވެސް އިރުޝާދުގެ ހަށިގަނޑު ތުރުތުރު ލަމުން ދިޔައެވެ. “ކަލޭ ކީއްވެ މަގޭ ދަރި މަރާލީ.. ކަލެއަށް ކޮން ހައްގެއް އޮވެގެން؟” ޒިލާލް އިރުޝާދުގެ ހަށިގަނޑުގެ ތެރޭގައިއޮވެ ހަޅޭއްލަވައިގަތެވެ.
“ކަލޭމެންގެ އުނދަގުލުން ހަނާ ސަލާމަތްކުރަންވެގެން އޭނާމަރައިލީ… ކަލޭމެންނަށް ހީވާކަހަލަދޯ ކަލޭމެން ތީވަރަށް ބާރުގަދަބަޔެކޭ؟” ސޯލިހު ވާހަކަ ދައްކަމުންދިޔައީ ވަރަށްރުޅިއައިސްފައި އިނދެއެވެ.
“އަހަރެން ހަނާދެކެ ލޯބިވުން އެއީ ކުށެއްތަ؟” ޒިލާލްގެ އަޑުގައިވާ ރުޅިވެރިކަން ކެނޑި ހިތާމަވެރި ރާގަކަށް ބުންޏެވެ. ނަމަވެސް ސޯލިހު މިކަމާ އެއްވެސް ފަރުވާލެއްނެތި އޭނާގެ ކިޔެވުން ކުރިއަށް ގެންދިޔައެވެ. “ކަލޭ ކިތަންމެ ގަބޫލުކުރަން ބޭނުން ނުވިޔަސް އިންސާނުންނާ ޖިންނީންނަށް ކައިވެނިކޮށްގެނެއް ނޫޅެވޭނެ.” ސޯލިހު މަޑުމަޑުން މިހެންބުނެ ފެންތައްޓަކަށް ކިޔަވަންފެށިއެވެ.

އޭރުހަނާ އިނީ ބިރުންގޮސް ހަލާކުވާވަރު ވެފައެވެ. ފެންނަމުން ދާމަންޒަރުން އޭނާހިތް ބާރަށް ތެޅެމުންދިޔައެވެ.

 

ސޯލިހު ކިޔެވި ފެންތަށި އިރުޝާދުގެ މޫނަށް ޖެހިވަގުތު އޭނާގެ ކަރުތެރެއިން ވޭނީ އަޑުތަކެއް ނެރެ ރޮމުންދިޔައެވެ. އިރުކޮޅަކު މިހެން ރުއިމަށްފަހު ޒިލާލްގެ އަޑުކެނޑި މުޅިތަން ހިމޭންވިއެވެ.އެންމެންނަށް ބަލައިލެވުނީ ކުއްލިއަކަށް ހަނާ އަނބުރައިގަނެގެން ވެއްޓި ތަޅުންގަނޑުމަތީގައި ޖެހުނު އަޑަށެވެ. އިރުޝާދު ދެލޯ ހުޅުވައިލުމުން ސޯލިހު އޭނާއަށް ފެންދިނުމުންތެދުވެ ހަނާގެ ނިތްކުރީގައި ފިރުމަމުން ހަނާ އަށްގޮވަން ފެށިއެވެ.

 

“ދަރިފުޅާ އިރުޝާދު… ސޯލިހުބެ އަދި މިހާތަނަށް ނުދެކެން ތިކަހަލަ ކެރޭ ހިތްވަރުގަދަ ކުއްޖެއް. ” ސޯލިހު އިރުޝާދުގެ ބުރަކަށީގައި ފިރުމާލަމުން މިހެން ބުނިއިރު ހަސަނު ވާނުވާނޭނގި އާގަމަވެފައި ސޯލިހުގެ މޫނަށް ބަލަހައްޓައިގެންއިނެވެ. ސޯލިހު ހަސަނަށް އިރުޝާދުގެ ހަށިގަނޑުގެ ތެރޭގައި ޒިލާލް އުޅެމުން ދިޔަގޮތުގެ ވާހަކަ ކިޔައިދިނެވެ.

“މިހާރު އެދެކުދިންނަށް އެއްވެސް ނުރައްކަލެއްނެތް.. އިރާދު ކުރެއްވިއްޔާ ހުރިހާކަމެއްވެސް ރަނގަޅުވާނެ. ” ސޯލިހުގެ ވާހަކަތަކުން ހަސަނަށް ހިތްހަމަޖެހުމުގެ ނޭވާއެއްލެވުނެވެ. އަދި ސޯލިހުގެ ހިތްވަރުގަދަކަމާއި މޮޅުކަމަށް ތައުރީފު ކުރިއެވެ.

 

އިރުޝާދު ހަނާ އޭނާގެ އަތްދަނޑި މައްޗަށް ލައިގެންގޮސް ހަނާގެކޮޓަރިއަށް ވައްދައި އެނދުގައި ބޭއްވިއެވެ. އަދި ހަނާކައިރީގައި އޮށޯވެ ލޯމަރައިލީ ވެފައި ވަރުބަލިކަމުގެ ބޮޑުކަމުންނެވެ.

************
އާ ދުވަހަކަށް އިރުއެރީ މުޅިން އާއުންމީދުތަކާއިއެކުއެވެ. ހަނާއަށް ހޭލެވުނުއިރު އިރުޝާދު ހަނާގެމޫނަށް ބަލަހައްޓައިގެން ހެވިފައިއޮތެވެ. ” ކީއްވެ ތިބަލަނީ.. ކީއްވެ ނުގޮވީ؟” ހަނާ ލަދުން އިސްޖަހައިލަމުން ލަދުރަކި ހިނިތުންވުމެއް އިރުޝާދުއަށް ރައްދު ކުރިއެވެ.

” ރޭގަ ކަންތައްތައް ވީގޮތުން ހަނާ ވަރުބަލިވެފަ އޮންނާނެވަރު އެނގޭތީ ނުގޮވީ.” އިރުޝާދު ހަނާގެ ކޮލުގައި ފިރުމާލަމުން މިހެން ބުނުމުން ހަނާ ހައިރާންވެފައި ދެލޯ ބޮޑުކޮށްލިއެވެ.
“ކޮން ކަމެއްތަ ވީ ރޭގަ.؟ އަހަންނަށް ވަރަށް ބިރުވެރި ހުވަފެނެއް ފެނުން.. އިރުޝާދުގެ ގައިތެރެއަށް ޖިންނިއެއް ވަދެގެން އުޅެނިކޮށް ފެނުނީ. އެއީ ހަމަ ހުވެފެނެއްތަ؟” ހަނާ ނިތްކުރީގައި އަތްއަޅައިގެން އޮވެ ވާހަކަ ދެއްކިއެވެ. ހަނާ އެއްވެސްކަމެއް ހަނދާންނެތްކަން އެނގުމުން އިރުޝާދު ހައިރާން ވީނަމަވެސް އުފާވިއެވެ.
“އެހެންތަ…. ތީ ހާދަ ބިރުވެރި ހުވަފެނެކޭދޯ… ދެންއެކަމާ ނުވިސްނާ.. އެއީ ހަގީގަތެއްނޫނެއްނު.. ” އިރުޝާދު މިހެންބުނެ ހަނާގެ ނިތްކުރީގައި ބޮސްދިނެވެ. “އާނ… އެހެންވީރު ތިވާނީ ހުވަފެނަކަށް… އެހެންނޫނަސް އިރުޝާދު އަހަރެން ކައިރީގަ ހުންނަންޏާ އަހަރެން ބިރެއް ނުގަންނާނެއެއްނު.”

 

ހަނާއެހެންބުނެ އިރުޝާދުގެ އަތުތެރޭގައި ބޮނޑިވެލިއެވެ. އަދި ޒިލާލްއާއި ލޫޝިޔާންއަކީ އޭނާއަށް ފެނުނު ބިރުވެރި ހުވަފެނެއްކަމުގައި ގަބޫލުކޮށް އިރުޝާދުގެ މޫނަށް ބަލައިލުމަށްފަހު ހިނިތުންވެލިއެވެ.

…ނިމުނީ…

Share Article

Follow Me Written By

Eyesh

Level 210 Stories100 Comments

Other Articles

Previous

ނޭދެމޭ ވަކިވުމެއް…ހާދަހާ ލޯބިވޭ 32

Next

އަނިޔާ… 09 ވަނަ ބައި

Next
December 15, 2015

އަނިޔާ… 09 ވަނަ ބައި

Previews
December 14, 2015

ނޭދެމޭ ވަކިވުމެއް…ހާދަހާ ލޯބިވޭ 32

23 Comments!

  1. Eyesh says:
    December 14, 2015 at 11:01 pm

    Hi everyone ? this is the last episode of this story. I hope u all will like this part too. And thank u all for the support n all the lovely comments. Enjoy peeps ??

  2. Ahmed Ammu says:
    December 14, 2015 at 11:08 pm

    V Reethi. Keep it up ??

    1. Eyesh says:
      December 14, 2015 at 11:16 pm

      Thanx ammu ?

  3. Maalu says:
    December 14, 2015 at 11:42 pm

    Vvv reethi mi vaaahaka …kohba anneh vaahaka????

    1. Eyesh says:
      December 14, 2015 at 11:46 pm

      Tahnx maalu ? loabeegaa vaathy fanaa ge next part madhama upload kuraanan ingey ?

  4. Mar Sha Marsha says:
    December 14, 2015 at 11:59 pm

    Anhaaa nimunytha???? Vaahaka varah rythi… waiting for more stories. Gud luck. ?

    1. Eyesh says:
      December 15, 2015 at 12:46 am

      Awwn… assu tha? thank u so much dear . V v ufaa vejje ?? adhi varah avahah ehen vahaka ehge masahkai ves fashaanan. ?

  5. Eyesh says:
    December 15, 2015 at 12:05 am

    Yeah marsha. Thank u so much dear. mivahaka minimuneee… ? ekamaku eyesh ge anehvahaka (loabygaa vaathy vana) adhi nunimey. So i hope u will read that story ?

    1. Mar Sha Marsha says:
      December 15, 2015 at 12:07 am

      E vaahaka vess kiyan.. ekamu konme faharaku comment nukureveny… vv rythi e vaahaka vesss.

  6. Hana says:
    December 15, 2015 at 12:05 am

    Varah reethi mi vaahaka. Keep it up. Waiting for more stories from you.❤?

    1. Eyesh says:
      December 15, 2015 at 12:43 am

      Thanx for reading this story. Insha Allaah adhi more stories genasdheynan. And hope u will read n like my other story (loabyga vaathy fanaa) too ??

  7. Ira says:
    December 15, 2015 at 12:20 am

    Story varah reethi 😉 luv the story from start to end a dream dw hehehe 😉

    1. Eyesh says:
      December 15, 2015 at 12:40 am

      Thanx ira… aslu hana ehurihaa kameh handhaan nethuni.. ehenve eyna ah heevee ei hivafenekey.. ekamaku ehirihaa kameh ves ei hageegai ? ehenve huvafenehbaa kiyuni mi story ah. Thanx for reading my dear. M so happy to know that u loved it… ??

  8. Sijaa says:
    December 15, 2015 at 8:08 am

    Alhe v v v salhi mi story feshigen nimendhen evves foohi kameh nethi ky vaahaka eh mee nimmaalun vs v obi.

    1. Eyesh says:
      December 15, 2015 at 8:38 am

      Awwn thanx sijaa ? v v v happy vejje… thanx for enjoying it ? Hope u like my other story too ?

  9. nuhnu says:
    December 15, 2015 at 8:59 am

    Vrh vrh reethi..waiting 4 other stories.keep it up eyesh

    1. Eyesh says:
      December 15, 2015 at 9:24 am

      Thnx nuhnu? m so happy that u enjoyed ?? insha allaah ehen story eh v avahah genesdheynan ?

  10. maain says:
    December 15, 2015 at 2:16 pm

    hama aslu ves haadha rychey..v habeys..salhi story eh

    1. Eyesh says:
      December 15, 2015 at 4:03 pm

      Thanx maain. ? m so glad that u liked it

  11. Addu Kujja says:
    December 15, 2015 at 4:50 pm

    Varah salhi vaaahaka.
    Feshuneeeeh sure nimen dhen.. komme dhuwahak aaa bayeh ge inthixaaaruga huttaaaa nimuneeeeee varah habeysss. Aaa vaahakaya inthixaaaaar kuran ?

    1. Eyesh says:
      December 15, 2015 at 5:00 pm

      Awwwn thank u so much addu kujja ? eyesh ge aneh vahaka (loabyga vaathy fanaa) nunimey adhi ingey hope u like it too. And soon ehen vahaka eh liyan fashaanan ?

  12. Shabee says:
    December 15, 2015 at 8:23 pm

    hey eyesh…… story nimuny dhw 🙁 vrh ufaavejje nimen dhn jenesdhinyma…. 😀 mivaahaka vrh salhi…… all da bst 🙂

    1. Eyesh says:
      December 15, 2015 at 10:31 pm

      Yeah shabee story nimuni ?
      But soon mikahala taste ehge ehen story eh liyanfashaanan soon. ???

Comments are closed.


All Right Reserved!