Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ބިރުވެރިލޯބި

ކުއްޅަވަށްފާ (12ވަނަ ބައި)

leem
August 15, 2016
5 Mins Read
35 Views
41 Comments

ބިންގަނޑު ހެލިގަތްލެއް    ބާރުކަމުން   ކޮޅަށް  ތިބެވޭވަރެއްވެސް   ނޫނެވެ. އެކިމީހުން އެކިދިމަދިމާއަށް ވެއްޓިއްޖެއެވެ. އޭރު  ގަދައަޑުފަށްގަނޑެއްވެސް އިވެމުންދިޔައެވެ. އެއީ ބިންގަނޑު ފުނޑުފުނޑުވެގެންދާކަހަލަ އަޑެކެވެ. ކުއްލިއަކަށް ވައިބާރުވެ، ކަޅުވިލާތަކުން އުޑުމަތިފުރާލީ މަދު ސިކުންތުކޮޅެއްގެ ތެރޭގައެވެ.ޖެހޭ ގަދަވައިގެ ސަބަބުން ދެލޯ ހުޅުވަންވެސް އުނދަގުލެވެ.އެޗަކަ ބިމުން ވަޔާއިއެކު އަންނަނީ ހިރަފުހާއީ ވެއްޔެވިެ..އަޖައިބެކެވެ.. އެއާއިއެކު ވިދުމާއިއެކު ބާރު ހޮނުގުގުރި ޖަހާއަޑުވެސް އިވެންފެށިއެވެ. އެއީ ބިރުވެރިކަމުން ފުރިގެންވީވަގުތުކޮޅެކެވެ. އެހާބިރުވެރި ކަމެއް މީގެކުރިން އަހަރެން ތަޖުރިބާކޮށްފައެއް ނުވާނެއެވެ.

ބިރުން އެމީހަކު އެތިބިތާކު ތިބިގޮތަކަށް ތިބީމެވެ.އިރުކޮޅަކުންފެނުނީ ތަންކޮޅެއްދުރުން ބިންގަނޑުގައި ރެނދުލަމުން އަންނަތަނެވެ. ތެދުވެގެން ދުއްވައިގަނެވޭތޯ އެންމެންވެސް މަސައްކަތްކުރީމެވެ.ނަމަވެސް އެކަން ކާމިޔާބު ވާގޮތެއްނުވިއެވެ.އަހަރެމެންތިބި ހިސާބުވެސް ރެނދުއަޅާ ބިންގަނޑުން ހެދުނު ބާގަނޑުގެތެރެއަށް އެންމެން ވެއްޓިއްޖެއެވެ. އެންމެންވެސް އަޑުގެ ނެތްތަނަށް ހަޅޭއްލަވަމުން ގެންދިޔައެވެ.ނަމަވެސް ކަންތައްވީ ހީކުރިގޮތަކަށް ނޫނެވެ. ވެއްޓެމުންދިޔައިރުގަވެސް އެއްވެސްތަނެއްގައި ނުޖެހި ދިގުލައިގެންދާންފެށިއެވެ. އެހެންކަމުން ހިތަށް   ކުޑަނަމަވެސް   ހަމަޖެހުމެއް ލިބިގެންދިޔައެވެ. “ކޮއްކޯ..ކިހިނެއްމިވަނީ؟ އަހަރެމެންމިތިބީ އެއްވެސްތާކުނުޖެހި ވައިގެ ތެރޭގައި.  ” އަހަރެން ބުނީމެވެ. “އަހަރެންނަށް ހީވަނީ މީ އެޖިންނިތަކުގެ ކަމެއްހެން.. ނޫންނަމަ މިހާރު ތަނެއްގައިޖެހި އަހަރެމެން ޗިސްޗިސް ވެއްޖައީސް” .. ކޮއްކޮ ބުންޏެވެ”. އޭތް ބަލާބަލަ.. އޭނީ ބޮޑު ގެއެއް.. ވަށައިގެން ދެންއެއޮތީ ހިކިގަސްތައް. އަހަރެމެންގެފައި މިޖެހެނީ. އެންމެން ހުށިޔާރުވޭ.ނޫނީ އަނިޔާވެދާނެ. ތިރިއަށް ދާވަރަކަށް ސުޕީޑް އަވަސްވޭއެބަ.” ޝަހުދުގޮވާލިއެވެ. އިރުކޮޅެއްނުވެ އެ ގޭ ހުރިހިސާބަށް އަހަރެމެން ވެއްޓިއްޖެއެވެ. ނަސީބަކުން މާބޮޑު އަނިޔާއެއްނުވެއެވެ. ހަމަޖެހިލަމުން އެންމެންވެސް ވަށައިގެންވާ މާހައުލަށް ބަލައިލީމެވެ. އެސަރަހަށްދު ވަށައިގެންވަނީ ފަޅުކަމެވެ. ހިކިފައިވާ ގަސްތަކެވެ. ވީރާނާވެފައިވާ ބޮޑު ގެއެކެވެ.. ގޭގެ ކުރިމަތީގައި ރާނާފައިވާ ބޭޑު ބުރެއް ހުއްޓެވެ.އަދި އެބުރުތެރޭގައިވަނީ ޒާތެއްގެ ކަށިފަޅާފައިހުރި ގަހެކެވެ.އެގަސްވެސްހުރީ މަރުވެ ހިކިގެންގޮސްފައެވެ. މީގައި އެންމެ އަޖައިބުކަމަކަށް ފެނުނީ މިވަގުތުވެސް އެތަނަށް ހަނދުވަރުގެއަލި އެޅިފައިވުމެވެ. ފުރިހަމަ ހަނދެއް ހުރުމެވެ. “މިއީ ކޮންތަނެއްބާ؟” އަހަރެން ވަށައިގެން އެނބުރެމުން ބުނީމެވެ. “ނޭންގެ..މިއީ ހަމަ އަހަރެމެންގެ ރަށުގައި ހުރިތަނެއްބާ؟ މިއީ ވެދާނެ މިރަށުގައި އެހެރަ ތަރާގަނޑުކަހަލަ ތަނަކަށް.މިބުނީ އިހުގައި އުޅުނުމީހުން ފަސްލާ ފޮރުވާފައިވާތަނަކަށް.”މޫސަ ވަރަށް ވިސްނަންހުރެފައި ބުންޏެވެ. “ވެދާނެ.އެކަމަކު މިތަނަށް މިއާދެވުނުގޮތާއިމެދު ވިސްނާލާއިރު އެބައެނގޭ މިއީ އާދައިގެ ތަނެއްނޫންކަން. އަދި މިއީ  އަހަރެމެންނަށް  އޮޅިގެން އާދެވުނުތަނެއްވެސް ނޫން.  ބަޔަކު ގެނައިތަނެއްމީ”   ކޮއްކޮ ބުންޏެވެ. އެމޫނުމަތިން ފެންނަނީ ހިތްވަރާއި ޖޯޝެވެ. “އެންމެފަހުން ހާދީބެއަށް ކިހިނެއްބާވީ؟ ވީގޮތެއްވެސް ނުބެލި އުޅެނިކޮށް މިކަންތައްގަނޑެއް ލައިގެންފި” .. އަހަރެން ހާދީބެ މަތިން ހަނދާންވީ ކުއްލިއަކަށެވެ. އަދި   އަވަހަށް   ފޯނުނަގާ ގުޅޭތޯ މަސައްކަތްފެށީމެވެ.  ނަމަވެސް ވީ ބޭކާރުކަމަކަށެވެ .ރޭންޖެއްނުލިބެއެވެ. ލިބުނު މާޔޫސްކަމުގައި ފޯނު އަތުގެކޮޅަށް ހޫރާލީމެވެ. އެއާއިއެކު ފޯނުގެ ބައިތަށް އެކިދިމަދިމާއަށް ދިޔައެވެ. “ކިހިނެއް ތިހެދީ؟” މޫސަ  އަހާލިއެވެ .”ރޭންޖެއްނުލިބޭ.ކީއްކުރާ ފޯނެއް.” އަހްރެންނަށް އިތުރަށް ުރުޅިގަދަވެވުނެވެ. “ދެން އޯކޭ އޭ. ހިނގާބަލަ އެހެރަގެއަށް ވަންނަން. ކޮންމެވެސް ކަމަކު ކަންނޭންގެ މިތަނަށް ގެނެސްފައި މިތިބީވެސް.” ޝަހުދުގެ މޫނުމަތިން ބިރުގެ އަސަރެއްވެސް ފެންނަންނެތެވެ. އެންމެން އެއްބަސްކިޔާފައި އެގެއަށް ވަނުމަށް ހިނގައިގަތީމެވެ.އަދި އެގޭގެ ދޮރުކައިރިއަށް މަޑުކޮށްލީމެވެ. އެއީ ގިނަދުވަސްވުމުގެ ސަބަބުން ދަބަރުޖަހާފައި އިން ދޮރެކެވެ.އެއީ ދެފަރާތަށް ހުޅުވޭގޮތަށް ވަރަށްބޮޑުކޮށް އިން ދޮރުެކެވެ. އެދޮރުގައިވަނީ ބޮޑު ދެއުޅާގަނޑުހެންއިން ދެ އުޅަށްގަނޑު ހަރުކޮށްފައެވެ.އިތުރު ތަޅެއްވެސް ނޫނީ އެހެން ތަފާތުކަމެއްވެސް އެދޮރުން ފެންނާކަށް ނެތެވެ. އަހަރެން މަޑުމަޑުން ދޮރުގެ އެއްފަރާތުގައި އަތް ޖައްސާލާ އެތެރެއަށް ކޮއްޕާލީމެވެ.  އެއްވެސް އަޑެއްބަޑެއްވެސް ނީވި އެދޮރު ހުޅުވިއްޖެއެވެ. ހައިރާންވެގެން އެކަކު  އަނެކަކަށް ބަލާލެވުނެވެ. އިެއީ   އެހާބޮޑަށް ދަބަރުޖަހާފައިހުރި ދޮރެއް އެހާފަސޭހައިން ހުޅުވުނީތީއެވެ. ނަމަވެސް އެކަކުވެސް އެއްޗެކޭ ނުބުނެއެވެ. ސަބަބު އެނގޭތީ ކަމަށްވެސް ވެދާނެއެވެ. ބިސްމި ކިޔާފައި އެންމެންވެސް އެގޭތެރެއަށް ވަނީމެވެ. ހީކުރިގޮތާއި ހިލާފަށް މިފަހަރުވެސް ފެނުނީ އާދަޔާއި ހިލާފް ކަންތައްތަކެވެ. އެގޭތެރެވަނީ ފުޅިބައްތިތަކަކުން އަލިކޮށްލާފައެވެ.މަތީގައިވާ ސީލިންގްވަނީ ގަދަރަތްކުލައަކުންނެވެ. ވަށްއިގެންވީ ފާރުތަކުގައި އެކި މީސްމީހުންގެ ފޮޓޯ ހަރުކޮށްފައި ހުއްޓެވެ.އަންހެނުންނާއި ފިރެހެނުންނާއި ކުޑަކުދިންގެ ފޮޓޮއެވެ. އެމީހުންގެ ހެދުން އެޅުމުގައި ޝާހީގޮތް ހުއްޓެވެ.ހުތުރޭ ބުނާވަރުގެ މީހަކު އެއިން އެއްވެސް ފޮޓޮއަކުން ނުފެނުނެވެ.ފޮޓޯތަށް ގިނަކަމުން އެހުރިހާ ފޮޓޮއަކަށް ބަލާކަށް ނުހުރެވުނެވެ. ނަމަވެސް ތަންކޮޅެއް ބޮޑުކޮށް އިން ދެތިން ފޮޓޮއެއްގައިވާ ސޫރަ ހިތުގައި ރައްކާކޮށްލީމެވެ.އިތުރު އެހެން އެއްވެސް އެއްޗެއް އެ ބޮޑު ސިޓިންގްރޫމްގައި ނެތެވެ. ފަރުނީޗަރެއްވެސް ނެތެވެ. ދެން ފެންނަންހުރީ ވަށައިގެންހުރި ދޮރުތަކެކެވެ. ބާވެ ވީރާނަވެފައިވާ ދޮރުތަކެކެވެ.ގޭގެ އިތުރު ތަނަކަށް ދެވެން އޮތީ އެތަނުން ދޮރަކުން އެތެރެއަށް ވަދެގެންކަމަށް ވެދާނެއެވެ. “ހިނގާއިތުރަށް އެތެރެއަށް ވަންނަން. އޭރުން ދެންވާގޮތެއްވެސް އެނގޭނީ..” ޝަހުދު ބުންޏެވެ.އޭނާހުރީ ވަރަށް ޖޯޝުގައެވެ “އަހަރެންގެ ހިޔާލެއް ދެންތަ؟” މޫސަ ކުރިއަށްޖެހިލާ ބުނެލިއެވެ. “ކޮން ހިޔާލެއްތަ”؟އަހަރެން އެހީމެވެ. “އަހަރެންނަކަށް ނުފެނޭ އަދި މެިތަނުން އިތުރު ތާކަށް ވަންނާކަށް. މިތަނުން ސަލާމަތްވާނެގޮތެއް ވިސްނަންވީ ފުރަތަމަ.އޭގެފަހުންމެ މިތަނަށް އަންނާނީ ރަނގަޅަށް ރެޑީވެގެން.ނޫނީ ލަނޑެއްލިބިދާނިެ. ” މޫސަ ހިޔާލުފާޅު ކުރިއެވެ. މިތަނަށް އާދެވިފައި މިތިބީ ބަޔަކު ބޭނުންވެގެން. ދެންކިހިނެއް ދާނީ އެމީހުންގެ ބާރުގެދަށުން ސަލާމަތްގެން.” ޝަހުދު ބުންޏެވެ. “ތިއޭ އަހަރެން ބުނަންމިއުޅޭ ވާހަކައަކީ.އެމީހުން ބޭނުންވެގެން ބޭނުންހާގޮތެއް ހަދައިގެން އަހަރެމެނަށް އިތުރު ކުރިއެރުމެއް ކާމިޔާބެއް ލިބިދާނެހެން ހީވޭތަ؟ އޭރުން އަހަރެމެންނަށް މިތިބެވެނީ އެމީހުނަށް އަޅުވެތިވެގެންދޯ؟ އޭރުން ލިބޭނީ ލަނޑު.” މޫސަ ދެއަތް ދުރުކޮށްލަމުން ވާހަކަދައްކަމުން ދެކޮނޑު ހިއްލާލިއެވެ. އަހަރެން ވިސްނާލީމެވެ.މޫސަ ބުންޏަސް އެބުނީ ވަރަށް ބުއްދިވެރި ވާހަކައެކެވެ.އެކަމަކު މިތަނުން ނިކުންނަން ހަދާނީ ފަހެ ކިހިނެއްހެއްޔެވެ؟ “އަހަރެންނަށްވެސް ހީވަނީ އެނބުރި ގެއަށް ދެވޭތޯ މަސައްކަތޯކުރުން މިވަގުތު މާރަނގަޅުވާނެހެން.އެހެންވީމަ ހިނގާ އެނބުރި އައިކޮޅަށް ދަމާ.” އަހަރެން ހިނގައިގަންނަމުން ބުނީމެވެ..

އެގޭގެ ދޮރާއިހަމައަށް އެރުމާއިއެކު އިވެންފެށީ ބިރުވެރި ނާމާން އަޑުތަކެކެވެ. ސިފަކޮށްދޭނަމަ ސިފަކޮށްދެވޭނީ ބިރުވެރި ފިލުމުތަކުގައި އެއިވޭ ޒާތުގެ ނާމާން އަޑުއަޑެވެ. އެންމެންނަށްވެސް ސިހިފައި ފަހަތްބަލައިލެވުނީ އެއްފަހަރާއެވެ. އޭރު އަހަރެމެންނާއި ދާިމާއަށް އުދުހިފައި އަންނަ ހުދުކުލައިގެ އެއްޗެހިތަކެއް ފެނުނެވެ. ގަތްބިރުން އެންމެނަށް އެއްފަހަރާ ހަޅޭއްލަވައިގަނެވުނެވެ.އަދި އަވަހަށް އެގޭތެރެއިން ނިކުމެގެން ދުއްވައިގަތީމެވެ. ބިރުން ތިބިވަރު އެކިމީހުންަށް ދެވުނީ އެކިދިމާއަށެވެ.

ދުވަމުންގޮސް އެންމެ އަވަހަށް ދިމާވި ދިމާއިން ގަސްތަކުގެތެރެއަށް ވަނީމެވެ.އެހެނަސް އިތުރަށް ކުރިއަށް ދެވޭގޮތެއް ނުވިއެވެ.އެއީ އެތަނުގައި ވަށައިގެންވަނީ ބޯކެޔޮގަސްތަކެވެ.އެގަސްތަކުގެ ތޫނު ކަށިތަކުން ސަލާމަތްވެގެން ދާނެގޮތެއް އަދި ދާނެތަނެއްވެސް ނުވިސްނުނެވެ. ބިރުންހުރެ މަޑުމަޑުން އެހުރިތަނުގައި އިށީނީމެވެ.އޭރުވެސް ގައިގައާއި ހެދުމުގައި ބޯކެޔޮކަހުގެ ފަތްތައް ހަރުލާފައި ހުރުމުގެ ސަބަބުން ކަށިހެރެމުން ދިޔައެވެ. ގައިގެ އެތަންމިތަނުން ދިލަނަގަމުން ދިޔަނަމަވެސް ހިތްވަރުކުރަމުން ފަހަތްބަލާލީމެވެ.އެހެންމީހުން ކޮބައިބާއެވެ؟ އެކަކުވެސް އެ ހުސްބިމުން ފެންނާކަށްނެތެވެ.އަދި އޭރު އެފެނުނު ހުދުކުލައިގެ އެއްޗެހިތައްވެސް ފެންނާކަށް ނެތެވެ. އެހެންކަމުން އެހެންމީހެއްގެ ހަބަރެއްވޭތޯ ނިކުންނަން ނިންމީމެވެ. ވަރަށް ހާލުން އެގަސްތަކުގެ ތެރެއިން ނިކުތީމެވެ. އަދި އެކިމީހުނަށް ވަކިވަކިން ގޮވަންފެށީމެވެ. ނަމަވެސް އެކަކުގެވެސް ހިލަމެއް ނުވިއެވެ. އަހަރެންގެ ހިތަށް ބިރުވެރިކަންވަދެ ފުރިއްޖެއެވެ.އެމީހުނަށްވީ ކިހިނެއްބާއެވެ؟ ކޮންމެގޮތެއްވިޔަސް މިހާރު އަހަރެން މިހުރީ އެކަންޏެވެ. އެހެންކަމުން ކޮންމެގޮތެއްވިޔަސް ހެޔޮކަމަށް ބަލާފައި އެގޭގެ ތެރެއަށް ވަންނަން އަހަރެން ގަސްތުކުރީމެވެ.

ކުޑަކޮށް ހުޅުވިފައިހުރި ދޮރުން ސިއްރުސިއްރުން ބޯދިއްކޮށް އެތެރެ ބަލައިލީމެވެ.. އެވަގުތު ހައިރާންވެ ބަސްހުއްޓިޖެއެވެ. މުޅި އެގޭތެރެވަނީ ބަދަލުވެފައެވެ..ކުރިން އެއްވެސް ފަރުނީޗަރެއް އެއްޗެއްނެތް އެބޮޑު ހޯލުގައިވަނީ އެކިކަހަލަ ފަރުނީޗަރެވެ. އެކިތަންތަނަށް އުކާ ފުނިޖަހާފައިވާ އެތަކެއްޗަކީ ބާވެ ހަސްނެތިފައި ހުރިއެއްޗެއްސެވެ.މަތީގައި ކުރިން ފެންނަންއޮތް ސީލިންގެއްވެސް ނެތެވެ. މަތިވަނީ އިހުގެގޮތަށް ފަރުމާ ކުރެވިފައިވާ ކަޅުވަކަރު ލަކުޑިތަކެކެވެ. ކުރިން ފެންނަންހުރި އެއްވެސް ދޮރެއްވެސް ފެންނަންނެތެވެ.  އަރިމައްޗަކަށް ބަލާލުމާއިއެކު މައްޗަށް އެރޭގޮތަށްހުރި ސިޑިއެއް ފެނުނެވެ.އެ ސިޑިވެސްވަނީ އެކިދިމަދިމާއިން ހަލާކުވެ ވީރާނާވާން ފަށާފައެވެ.. ބިރުންހުރިނަމަވެސް މީހެއްގެ ހިލަންވޭތޯ އެސިޑިން އަރަން އަހަރެން ގަސްތުކުރީމެވެ.ކުރިންދިމާވި ކަހަލަ ބިރުވެރިކަމަކާއި ދިމާނުވޭތޯ ހިތާހިތުން ދުއާ ކުރަމުން ސިޑީގެ ހަރުފަތަކަށްފަހު ހަރުފަތެއް ގިރާކުރަމުން މައްޗަށް އަރަން ފެށީމެވެ. ގާތްގަނޑަކަށް މިނެޓެއްހާއިރުފަހުން އިތުރު ފުލޯއެއް ފެނިއްޖެއެވެ.އެތަން ފުރިފައިވަނީ އެކިކަހަލަ ފޮތްހަރުގަނޑުތަކުންނެވެ. މަތީގައިވަނީ ދަގަނޑުން ހަދާފައިވާ އެންޓަނާތަކެއްފާޑުގެ އެއްޗެހިތަކެކެވެ.

ހަރުގަނޑުތަކުގެ ކައިރިން މަޑުމަޑުން ކުރިއަށް ދިޔައީމެވެ.ކުއްލިއަކަށް ސިހިފައި މަޑުކޮށްލެވުނީ ކުރިމަތިން އެއްޗެއް ހުރަސްކަނޑާލިހެން ހީވެގެންނެވެ.ހަމަ އެހާއަވަހަށް ފުރަގަހުންވެސް ވޫސް ލާފައި އެއްޗެމް ދިޔަ އަޑު އިވުނެވެ.ބިރުންގޮސް ޑަންޑަންލާފައި މޭތެޅެންފެށިއެވެ. ދެއަތްނަގާ މެޔާއި ގާތްކޮށްލަމުން ވަށައިގެން އެނބުރި ދިމަދިމާ ހޯދާލީމެވެ.އިތުރަށް އެ އެއްޗެއްގެ ހިލަމެއްނުވިއެވެ.އެހެންކަމުން އަނެއްކާވެސް ކުރިއަށް ހިނގައިގަތީމެވެ. އޭރު ކުރިމަތިން ކޮޓަރިއެއްފާޑުގެ ތަނެއް ފެންނަން ހުއްޓެވެ. މަޑުމަޑުންގޮސް އެކޮޓަރި ދޮރުކައިރިއަށް ހުއްޓިލީމެވެ.އަދި ހުޅުވާފައި ހުރި ދޮރުން އެތެރެބަލައިލީމެވެ.އެތަން ވަރަށް އަނދިރިއެވެ. އެހެންކަމުން ކޮނޑުގައި އަޅުވާފައިއޮތް ދަބަހުން ބައްތިއެއްނަގާ ދިއްލާލީމެވެ.އަދި އެކޮޓަރިތެރެއަށް  ވަދެ އެކިދިމަދިމާއަށް އަލާިކުރަމުން ހިނގައިގަތީމެވެ. ކުއްލިއަކަށް ސިހިފައި މައްޗަށް ބަލާލެވުނީ ގަޔަށް ލޭތިކި ޖަހަން ފެށީމައެވެ..އަދި އަތުގަނިއޮތް ބައްތިން މައްޗަށް އަލިކޮށްލީއިރު މިފަދަ މަންޒަރެއް ފެނިދާނެކަމަށް އުއްމީދުވެސް ނުކުރަމެވެ. އަހަރެންނަށް ދެލޯ ބޮޑުކޮށްލަމުން ހަޅޭއްލަވައިގަނެވުނެވެ.ރޮއެގަނެވުނެވެ. ނޫނެކޭ ކިޔާ ބާރަކަށް ހަޅޭއްލަވަން ފެށުނެވެ.އާއެކެވެ. މަތީގައިވާ ދަގަނޑުތަކުގައި ދަންޖައްސާ މަރާލާފައި އެހުރީ އަހަރެންގެ ދެލޯނޭދިއެދޭ ލޯބިވާ ކޮއްކޮއެވެ.ދެން އެހުރީ އަހަރެންގެ މި މަސައްކަތުގައި އެހީވެދިން ދެ ރަހުމަތްތެރިންގެ ފުރާނަނެތް މަސްގަނޑެވެ. އޭރު ކޮއްކޮގެ ދެލޯ މެރިފައިވީއިރު ގައިގެ އެތަންމިތަނުން ލިބިފައިވާ ޒަހަމުތަކުގެ ސަބަބުން ލޭއޮރެމުން ދިޔައެވެ.މޫސަ އާއި ޝަހުދުވެސް ހީވަނީ ޅިޔަޖަހާލާފައި ތިބިހެންނެވެ.ރޮމުންރޮމުންގޮސް އަހަރެންނަށް ހުރިތަނުގައި އިށީންދެވުނެވެ. ހިތްދަތިވެގެންގޮސް ލަގޮނޑި ފަޅައިގެންދާން އުޅޭހެންވެސް ހީވެއެވެ. އަހަރެންނަށް ހަމަ ހޭވެރިކަމެއް އަނެއްކާވެސް އައީ އެއްޗެއް އަހަރެންގެ ފަހަތުންނާއި ކުރިމަތިން ވޫސް ލާފައި ދާންފެށީމައެވެ. އާއެކެވެ. އެއެއްޗެއް އެއުޅެނީ އަހަރެންވެސް މަރާލާށެވެ.ނަމަވެސް އަހަރެން އަދި މަރުވާކަށް ބޭނުމެއްނޫނެވެ. މި ޖިންނިތަކުގެ ކިބައިން ބަދަލުހިފަން އަހަރެން ބޭނުމެވެ.އަހަރެންގެ ކޮއްކޮއާއި އެކުވެރިންގެ ހައްގު ހޯދައިދޭން އަހަރެން ބޭނުމެވެ. އަވަސްއަވަހަށް ދަބަސްނަގައި ހުޅުވާލީމެވެ. ކަރުނުން ފުރިފައިވާ އަހަރެންގެ ދެލޯ ފުހެލީމެވެ.އަދި ހާދީބެ ގެންގުޅުނު ފަންޑިތަފޮތް ހުޅުވާލީމެވެ. އެފޮތް ފެނުނު ވަގުތުންފެށިގެން އަހަރެން ވާނީ އެފޮތް ކޮންމެވެސް ވަރަކަށް ކިޔާލާފައެވެ. އެހެންކަމުން ނުފެންނަ ރޫހުތަކުން ސަލާމަތްވުމަށް ބޭނުންކުރާ މަންތިރި ހޯދާލީމެވެ.އަދި އޭގައިވާ ގޮތަށް އަމަލުކުރަން ފެށީމެވެ..ދެލޯ މަރާލާ ކިޔަވަން ފެށުމާއިއެކު ފާޑުފާޑުގެ ބިރުވެރި އަޑު އިވެންފެށިއެވެ. މީހުން ރޯއަޑާއި ހޭއަޑެވެ.ކުޑަކުދިން ރޯއަޑާއި ކައިރިން ބުޅާ ކޯޅޭއަޑެވެ.ހީވަނީ ހަމަ ދެންމެދެންމެ އައިސް ގައިގައި ހިފައިގެންފާނެހެންނެވެ. ތަފާތު އެތައް އުނދަގޫ ބިރުވެރި އަޑުތަކުން އަހަރެން ހާސްވަމުން ދިޔަނަމަވެސް ކެތްތެރިވަމުން ކިޔެވެލި ކުރިއަށް ގެންދިޔައީމެވެ.އަހަރެން ކިޔަވަމުންދިޔަ ކިޔެވެލީގެ އަޑުގަދަވަމުން ދިޔައެވެ..އޭރުވެސް ލޮލުން ހުއްޓުމެއްނެތި ކަރުނަ އޮހޮރެއެވެ. މުޅިމީހާ ތުރުތުރު އަޅަމުންދިޔައެވެ. ފޮތުގައިވާގޮތަށް ތިންފަހަރަށް އެކިޔެވެލި ކިޔާ ނިންމާލީމެވެ. އަދި އެޭގައިވާ ދުއާ ކިޔުމަށްފަހު މެޔާއި ބޮލާއި މުޅިހަށިގަނޑުގައި އަތް ފިރުމާލީމެވެ. އޭރުވަނީ ކުރިންއިވުނު އަޑުތަން މަޑުވެ ހަމަހިމޭންވެފައެވެ. ރަނގަޅަށް ދެލޯހުޅުވާ ލުމަށްފަހު ވަށައިގެން ބަލާލެވުނެވެ.ދެން އެއަށްފަހު ފޮތް ލައްޕާލުމަށްފަހު އެފޮތް ދަބަހަށްލާ ޒިބު ދަމާލީމެވެ.އަދި އަނެއްކާވެސް ރަހުމްކުޑަ ގޮތަކަށް މަރާލެވިފައިވާ އަހަރެންގެ ބައިވެރިންނަށް ބައްތި އަލިކޮށް ބަލާލީމެވެ. ނަމަވެސް މިހާރު އެއިން އެއްވެސް މީހެއްގެ ހަށިގަނޑު އެތަނުގައިނެތެވެ.އެމީހުނަށް އެވީ ކިހިނެއްހެއްޔެވެ؟ އޭރު ތަޅުންގަނޑަށް ފޭބި ލޭތަކެއްވެސް މިހާރު ނެތެވެ.މިއީ އެހާމެ ބިރުވެރި އަދި އަޖައިބުން ފުރިފައިވާ ގެއެކެވެ. ރޫހުތައް ދުރައްލާން ކިޔެވީމައި އެ ހަށިގަނޑުތައް ގެއްލެންވީ ކީއްވެހެއްޔެވެ؟

ނުނިމޭ..

 

 

 

3
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

leem

Other Articles

Previous

ލާޔާ

Next

މަންޝާ (ސަތުތިރީސްވަނަ ބައި)

Next
August 15, 2016

މަންޝާ (ސަތުތިރީސްވަނަ ބައި)

Previews
August 14, 2016

ލާޔާ

41 Comments

  1. leem says:
    August 15, 2016 at 8:19 am

    ހޯޕް ކުރަން ހުރިހާކުދިންވެސް މިބައި ކިޔާލާނެކަމަށް.. އަދި އެކުއްޖެއްގެ ހިޔާލު ހުށައަޅާލާނެކަމަށް.. Love u all readers..

  2. Appy says:
    August 15, 2016 at 8:24 am

    Kihineh e v enmen maruvytha? ??

    1. leem says:
      August 15, 2016 at 11:30 am

      Eyothynu enmen maruviyye kiaafa liyefa.gabooleh nukureveytha appy…????? ehenveema dhen in part kiyaalyma gaboolu kureveyne dhen e veegoi dhw?thank u somuch appy.??

  3. sabeeha says:
    August 15, 2016 at 8:24 am

    vvv reethi n biruveri..?

    1. leem says:
      August 15, 2016 at 11:30 am

      Thank u sabeeha??

  4. rizu says:
    August 15, 2016 at 8:46 am

    haada lahun up kury nd haada kurey btw story v salhi

    1. leem says:
      August 15, 2016 at 11:31 am

      Lasvany hama. Dhen kanthahthah hunna gothun. Leem ah veevarakun up kuran v try kuran. Thanks rizu??

  5. azeem says:
    August 15, 2016 at 8:49 am

    varah best vaahaka ekamu up vaaleh maalahee

    1. leem says:
      August 15, 2016 at 11:32 am

      Thanks azeem. Try kuraanan awas veythw ingey.

  6. iffa pink says:
    August 15, 2016 at 10:31 am

    Appy emmen adhi marenuvey ei ethaa ulhunu roohu thake ekudhinge sifaiga maruvefa thibeehen ifa ya heevany.. Dhw leem. Vvvv salhi mivaahaka medhunukedi upkurahchea.

    1. leem says:
      August 15, 2016 at 11:34 am

      Lets c dhw iffa. Next part ga engeyne e veegotheh.. iraadhakureviyya kithanme lahun vaahaka up kurevunas leem gadhave salaamathun dhuniyeygai huriyya vaahaka up kuraanan nimendhen.. ???

  7. Aish says:
    August 15, 2016 at 10:44 am

    Pis e hurihaa kudhinkolhu maru v tha? dhn noon.. maa bodah kuru ehaaa lahun up khfa vx.. but vrh salhi. avaha up khdhybala…

    1. leem says:
      August 15, 2016 at 12:03 pm

      Thanks aish.. next part kiyaalamaa dhw.. ekudhinnah evee gotheh balaalan. ???

  8. z_i 2121 says:
    August 15, 2016 at 10:51 am

    Vvvv salhi… can’t wait for the next part…. avahah up koddhehccheyyy… Please…

    1. leem says:
      August 15, 2016 at 12:01 pm

      Thanks z_i 2121.. leem try kuraanan ingey

  9. Saajidh says:
    August 15, 2016 at 10:52 am

    Vaahaka v v reethi… v interesting… ekam dhen mihaa lasvanyaa kudhin foohivaane dho kiyanves… ehbai up kuraairu kurin kiyunu baiga veegotheh han’dhaaneh nuhurey… Ehen veema dhen avahah up kollaane kamah ummeedhu kuran…

    1. leem says:
      August 15, 2016 at 12:00 pm

      Thanks saajidh.Leem gaboolukuran vaahaka up kureveyleh laskamah. Bt leem try mikurany hama leemge bestah. Adhi miahvureves best kureveythw balaanan kudhin happy kohdheyn.vaahakaigai veegoi handhaan nethiyya alun ehpart kiyaalaany. Eyrun ok vaane. ???

  10. Sharu says:
    August 15, 2016 at 11:43 am

    Vrh reethi story eh

    1. leem says:
      August 15, 2016 at 11:57 am

      Thanks sharu???

  11. ayya says:
    August 15, 2016 at 12:21 pm

    story kuriah dhaa goii reethi…ekam thankolheh lahee update vaaleh..

    1. leem says:
      August 15, 2016 at 3:05 pm

      Thanks ayya. Dhen lasnuve veythw balaanan iraadhakureviyya..???

  12. Metal0-1 says:
    August 15, 2016 at 12:23 pm

    Awesome

    1. leem says:
      August 15, 2016 at 3:06 pm

      Thanks metal ???

  13. Reem says:
    August 15, 2016 at 7:14 pm

    Vrh reethi! Pls avahah up kohdhehchey! !

    1. leem says:
      August 15, 2016 at 8:39 pm

      Thanks reem. V try kuraneba awahah up kuran ingey..???

  14. Marsha says:
    August 15, 2016 at 7:35 pm

    Mee haadha rythi biruveri vaahaka ekey… vv rythi scenes genesdhyfa huri goiy… leem vvv molhu… vv biru ganey kiyamun dhaa iru.. 13 vana bayah inthizaaru kurany keiytheri kameh nethi…. i really love this.

    1. leem says:
      August 15, 2016 at 8:38 pm

      Thank u so somuch marsha. V v v ufaavejje comment kohleethyves.. hope kuran dhen kuriah huri part thahves baraabarah kiyaane kamah..??????

  15. an says:
    August 16, 2016 at 10:26 am

    scary???i love it

    1. leem says:
      August 16, 2016 at 2:14 pm

      Thanks an ???

  16. sheen says:
    August 16, 2016 at 5:55 pm

    story is awesome..Waiting for the next part

    1. leem says:
      August 16, 2016 at 6:12 pm

      Thanks sheen.. ???

  17. nasru says:
    August 16, 2016 at 9:36 pm

    VARAH HABEYYSSS

    1. leem says:
      August 17, 2016 at 12:01 pm

      Thanks nasru. Habeys.???

  18. z_i 2121 says:
    August 17, 2016 at 3:24 pm

    Leemdhatthaaaa…. kobaatha aneh part??
    Komme faharaku notification eh anna irah balaalevey mi vaahaka kamah heekoh…. avass kolladheeba next part… Please….

    1. leem says:
      August 18, 2016 at 7:23 am

      Hehe. Miadhu nuny mirey vaahaka up kohdheynan. Insha allah. Kehkohlaa z kokko.???

    2. z_i 2121 says:
      August 18, 2016 at 11:10 am

      Yayyyyyyy

    3. zubakko says:
      August 18, 2016 at 11:17 am

      Up up up… fastt…

  19. zara says:
    August 17, 2016 at 10:45 pm

    Up up up up avss avas avs leeeeemoooooou up up up!!

    1. leem says:
      August 18, 2016 at 7:15 am

      Up kohdheyshey miulheny.. kehkohlaa zara..???

  20. ram says:
    August 28, 2016 at 11:41 pm

    Asluves v reethi

  21. raviraviravi says:
    September 8, 2016 at 12:19 pm

    wow vara reethi keep it up 😉

Comments are closed.

All Right Reserved!