“މަން.. އަހަރެން އެބަ އަންނަން ފެންވަރައިގެން އަހަރެން ގައިންދުވަނީ މަސްވަސް….” އަޒީމްގެ ދުލުގައި ތަޅެއް ލެވުނު ކަހަލައެވެ. މަންޝާ ދިޔަ ގޮތަށް ގޮސް އަޒީމްގެ ތުންފަތުގައި އަނގަ ޖެހުމަށްފަހު އޭނާގެ ހަށިގަނޑުގައި މަންޝާ ބައްދާލިއެވެ. އަޒީމްގެ ހަށިގަނޑުން ވަސްބަލަމުން ދިޔައިރު އެނާ ހީވަނީ އެތައް ދުވަހަކަށް ފަހު ނުލިބި ހުރި މީރު ކާއެއްޗެއް ލިބިގެން އުޅުނު ހެނެވެ. “މަން އޭއި… މަން…. އަހަރެން އެބަ އަންނަން ފެންވަރައިގެން….” މަންޝާގެ ހަށިގަނޑުގައި ހިފާ ދުރުކޮށްލަމުން އަޒީމް ވާހަކަ ދެއްކިއެވެ. […]
ިއިރުގެ އަލި ދުނިޔެމަށްޗަށް ފެތުރޭ ވަގުތު އެދައްކައި ދޭ ގުދުރަތީ ރީތި މަންޒަރު ދެކިލުމަށްޓަކައި ، މަޑުހިނގުމެއްގައިި ހިނގަމުން ދިޔަ ސަނާ ގެ މިސްރާބު ހުރީ ތުނޑިމައްޗަށެވެ. ޖާދުވީ ގޮތަކަށް ވިދަވިދާ ހުރި ދޮންވެލިގަނޑު މަތީ އިށީންނުމަށް ފަހު ގީބުން ހެޑްސެޓު ނަގާ ކަންފަތަށް ޖެހިއެވެ. އަދި އެލަވަޔާ އެއްވަރަށް ބޯތަޅުވަމުން ދިޔައެވެ. އިރުއިރު ކޮޅާ ޖެހޭ ވައިރޯޅި ތަށް ސަނާގެ ފަން އަދި އެހާމެ ދިގު އިސްތަށިގަނޑުގައި ބީހެމުން ދެއެވެ. މި މަންޒަރު ފެންނަ މީހެއް […]
މިގަޑީގަ ދެން އަންނާނީވެސް ކާކުބާވައޭ މަންޝާގެ ހިތަށް އެރިއެވެ. ދޮރު ހުޅުވަން ދާން ހިނގައިގަތް ވަގުތު ސޯފާ ކައިރީ ހުރި ހަދިޔާ ކޮތަޅު މަންޝާގެ ލޮލުގައި އަޅައިގަތެވެ. އެއީ ޒުހާއަށް ހަވާލުކުރި ހަދިޔާ ދަޅުތަކެވެ. އެކޮތަޅު ހިފައިގެން ގޮސް ދޮރު ހުޅުވާލަމުން މަންޝާ ވާހަކަ ދެއްކިއެވެ. “މި ބަހައްޓާފަ ދެވުނީމަދޯ ތިއައީ… ސާބަ….” ދޮރު ހުޅުވާލަމުން ކޮތަޅު ދިއްކޮށްގެން ވާހަކަ ދައްކަމުން ދިޔަ މަންޝާއަށް ހުއްޓުމެއް އައީ ދޮރުމަތީ ހުރި ޒުވާނާ ފެނުމުންނެވެ. އެއީ ހަމުގެކުލަ ދޮން […]
ކަޅި ޖަހާނުލާ މީރާ ހުރީ އެ ފެންނަ މަޚްލޫގާ ދިމާއަށް ބަލާށެވެ. ދެން ފެނުނީ އެ އަަންހެން ކުއްޖާގެ ކުދި ބުޅި އިސްތަށިތައް ފޯލި ފޯއްޔަށް ވައިގެތެރޭ ވިހުރެން ފެށިތަނެވެ. އޭނާގެ އިސްތަށިގަނޑެކޭ ބޯވަ ފައިތަކެކޭ ތަފާތެއް ނެތެވެ. ގައިގެ ހަންގަނޑު ހުދުވެގެން ދިޔައެވެ. މުޅިގައިގަ ހުޅުނބު ފަޅަން ފެށިއެވެ. އޭނާގެ ދެލޯ ވަނީ ނޫކުލައިން ދިއްލިފައެވެ. މީރާ ހާސްވެ ދެލޯ ބޮޑުވީ އެ މަޚްލޫގު މީރާއާ ދިމާއަށް ކުރިއަށް ޖެހުމުންނެވެ. އޭރު އެ މަޚްލޫގު ހުރީ […]
“މިރޭ ތީގެން އެއްވެސް މީހަކަށް ސަލާމަތެއް ނުވެވޭނެ.. އާސީންއަކަށްވެސް.. އަދި އައިރްގެ އެކުވެރި.. ރީހާންއަކަށްވެސް.. ރީހާންގެ ދުވަސް ދުއްވާލާފައި އަހަރެން ޖައިޝް، އާސީންގެ ދޮންބެގެ ދުވަސް ވެސް ދުއްވާލާނަން.. އަދި ރަށަށް ދިޔަ އާސީންގެ މަންމަ އާއި ބައްޕަ އަދި ކޮއްކޮވެސް މަރާލާނަން.. އަހަރެންގެ ހިތުގައި ޖެއްސުން އެއީ އާސީންއަށް މިދުނިޔެމަތީގައި ކުރެވުނު އެންމެ ބޮޑު އެއް ކުށް.. އެކަން ހަނދާންކުރާތި” އެހެން ބުނެ ކުއްލިއަކަށް ބަންޝީލް ގެއްލުނެވެ. ނޫނެކެވެ. ގެއްލުނީކީ ނޫނެކެވެ. ދުންކޮޅަކަށް ބަދަލުވިއެވެ. މަޑުމަޑުން […]
މާގިނަ އިރެއްނުވެ ދޮންބެ ގެއަށް އައެވެ. ދޮންބެ ފެނުމުން އަހަރެން ކުޑަކޮށް ހިތްހަމަޖެހުނެވެ. ދޮންބެއާއި އެކު އެތެރެއަށް ވަދެގެން އައި ޖައިޝް ފެނުމުން އަހަރެން ހީލީމެވެ. “އާސީން.. ކޮބާ ކިހިނެއްވަނީ” ޖައިޝް އަހަރެން ފެނުމާއި އެކު ހިނިތުންވުމަކާއި އެކު ވާހަކަ ދެއްކިއެވެ. “އަހަރެން އަޑު އަހައިފިން އަހަރެންގެ ކުރީގެ އެކުވެރިޔާ އާއި އެކު ދަތުރެއް ކޮށްލި ވާހަކަ.. ކިހިނެއްވަނީ” ކުރީގެ އެކުވެރިޔާއޭ ބުނެ ޖައިޝް އެބުނީ ބަންޝީލްގެ ވާހަކަ ކަން އަހަރެންނަށް ނަގައިގަނެވުނެވެ. އަހަރެން ހިނިތުންވުމެއް ރައްދުކޮށްލީމެވެ. […]
މާމަގެ މޫނުމަތިން ފެނުނު އަސަރުތަކުން މާމައަށް ކޮންމެވެސް ޝައްކެއްވިކަން އަހަރެންނަށް އެނގުނެވެ. ނަމަވެސް ނޫންކަމަށް ހަދާލުމަށްފަހު އަވަހަށްގޮސް މާމަ ގައިގައި ބައްދާލީމެވެ.މާމަގެ ހިތްހަމަ ޖައްސައިދެވޭތޯއެވެ. މާމަވެސް ހިނިތުންވެލާފައި އަހަރެންގެ ބޮލުގައި ފިރުމާލިއެވެ. އެހެންކަމުން އަހަރެންބެލީ އަވަހަށް ކޮޓަރިއަށް ދިއުމަށެވެ. ކޮޓަރިއަށް ވަދެވުމާއިއެކު އެނދުމައްޗަށް ވެއްޓިގަނެވިއްޖެއެވެ. ވެފައިހުރި ވަރުބަލިކަމާއިއެކު ނިދީގެ އަސަރު އަހަރެންގެ މައްޗަށް ގަދަވެގަތެވެ.ނަމަވެސް ކުއްލިއަކަށް ސިކުނޑިއަށް އައި އެއްޗަކުން ފުންމައިގެން ތެދުވެވުނެވެ. “ހާދީބެ؟ ހާދީބެއަށް ކިހިނެއްބާވީ؟” އަހަރެންނަށް ހިތާއިހިތުން ކިޔާލެވުނެވެ. އަވަސްކަމާއިއެކު ފޯނު ހޯދާލެވުނެވެ. […]
މަންޝާގެ ކަނދުރާގައި ބޮސްދެމުން ހަސަނާ މަންޝާގެ ގުޅުން ފެށުނު ހިސާބު ކިޔައިދޭން ފެއްޓިއެވެ. “ހަސަނުބެއަށް ކޮންކަހަލަ ސަޕްރައިޒެއް ތި ދިނީ… މީ ހާދަ ބޭނުންވި ދުވަހެކޭ.. މަންޝާ ހަސަންބެ ދެކެ ލޯބިވާނެކަން އިނގޭ… ކޮން ދުވަހެއް ހަސަންބެ މަންޝާ ގައިގަ ފިރުމާތާ.. އެންމެ ތުއްތު އިރުއް ސުރެ އަހަރެން މަންޝާ ގައިގާ ފިރުމާ ހަދަން… މަދީހާއާ މުނީރާއާ ދެބެން ކުނިކަހަން، ނޫނީ އެހެންވެސް މަސައްކަތްތަކުގައި ދިޔައިމަ މަންޝާ ބަލަން އަހަރެން ހުންނަނީ ގޭގަ… އަހަރެން މަންޝާ ގައިގާ […]
ނިތްކުރިމަތިން އޮއްދާ ހިއްލަމުން ދިޔައެވެ. ދެލޮލުން ހޯސްލާފައި ކަރުނަތައް ފައިބަމުން ދިޔައެވެ. ބާރަށް ނުރޯން ދެތުންފަތް ފިއްތާލަމުން ތިރީތުންފަތުގައި ދަތްއަޅާލެވުނެވެ. އިރުކޮޅެއް ފަހުން ބަންގި ގޮވާ ނިމިއްޖެއެވެ. މަންޝާއަށް ވަމުންދިޔަ އުނދަގޫތަކުން ނަޖާ ވިއެވެ. ވަރުބަލިކަމެއް އިހްސާސް ވުމުން އެގަސް ކައިރިން ދުރަށްޖެހި މަންޝާ ހިނގައިގަތީ ގެއަށް ދިއުމަށެވެ. ކުރިއަށް އެޅި ފިޔަވަޅަށް ހުއްޓުމެއް އައީ ފަހަތުން މީހަކު ގޮވާލި އަޑު ކަންފަތުގައި ޖެހުމުންނެވެ. “މަންޝާ… މިތާ ކީއްކުރަނީ؟…” ހިން ދިރުވާލަމުން މަންޝާ ދޭނެ ޖަވާބަކާ ދޭތެރޭ […]