ޓެކްސީގެ ދޮރުހުޅުވުމަށްފަހު މަންޝާ އިށީނުމުން އަޒީމް އެރީ މަންޝާ ކައިރިއަށް ޓެކްސީގެ ފަހަތު ސީޓަށެވެ. އެމީހުންނަށް ޓެކްސީއަށް އެރުމާއެކީ ޓެކްސީގެ ކުރީ ސީޓަށް ޟިރާރު އެރިއެވެ. ދާންވީ ތަން ޓެކްސީ ޑްރައިވަރ ކައިރީ ޟިރާރު ބުނުމުން އެ ޓެކްސީ އޭ.ޑީ.ކޭ ހޮސްޕިޓަލުގެ ގޯތިތެރެއިން ނުކުތުމަށް ދުއްވާލިއެވެ. “އަޒީމް… އަޒް… އަހަރެން ބޮލުގަ ވަރަށް ރިއްސާ….” މަންޝާ ވާހަކަ ދައްކަމުން ދިޔައިރު އޭނާގެ އަނގައިގާ އެއްވެސް ވަރެއް ނެތް ކަހަލައެވެ. ސޯސަންމަގާ މަޖީދީމަގާ ހަތަރު އަނގޮޅިވާ ސަރަހައްދުގައި ހުރި […]
ކޮރިޑޯގެ އެއްފަރާތެއްގައި މަޑުކޮށްގެން ތިބި ޒިބާނާ ތަޒްކިޔާއަށް އެމީހުން ދެއްކި ހުރިހާ ވާހަކައެއް އަޑުއިވުނެވެ. “ޒިބާން… ދެން ކެހެނަކަށް ހަދާނެއި… އެވެރިން ފަންޑިތަ ހަދާ އެ ހިނގަނީ…” (ޒިބާން… ދެން ކިހިނެއް ހަދާނީ… އެމީހުން ފަންޑިތަ ހަދަން އެއުޅެނީ…) “މިކަމާއި ތާށި ވޭނެއި ޒޭބާ.. އޯނޯ… ހިނގައު ގެއް އެބޭ…” (މިކަމުގަ ތާށިވާނީ ޒޭބާ… އޯނޯ… ހިނގާ ގެއަށްދާން…) ޒިބާނާ އެކީ ތަޒްކިޔާ އެރީ ލިފްޓްގެ އެއްފަރާތުން ބޭރު ފެންނަގޮތަށްހުރި ކުޑަދޮރު މައްޗަށެވެ. ދެމަޚްލޫގުންގެ އަތް ގުޅުވާލަމުން […]
ވަޅުތެރެއަށް ދާނި ގަންބައިލުމާއެކު ފެންކޮޅެއްގައި ނުޖެހިގޮސް ދާނި ޖެހުނީ ވަޅުގެ އެންމެ ފުލުގައެވެ. ވަޅުން ފެންހުސްވުމުން ހަސީނާއަށް ލިބުނީ ކުއްލި ސިހުމެކެވެ. “ވަޅުން ފެން ހުސްވެދާނެބާ؟!؟!” ރެއަކީ ކަޅުފޮއި ރެއެކެވެ. އުޑުމަތީގައި ހަނދެއް ނެތެވެ. އުޑުމަތިން ފެންނަނީ ވިދާ ބަބުޅާ ތަރިތަކެވެ. އެއް އަރިމަތީގައި ހުރި ބިޔަ ބަނބުކެޔޮ ގަހުން ހީވަނީ ބިރުވެރި ސިފަތަކެއް ދައްކުވައިދޭހެނެވެ. ވަޅުތެރެ އަނދިރިކަމުން ވަޅުން އެއްޗެއް ނުފެނެއެވެ. ހަސީނާ ދެން ދިޔައީ ގިފިލީ ދޮރުގައި އަޅުވާފައިހުރި ބައްތިބަލައެވެ. ބަތިއާއި ކައިރިވުމުން ބައްތީގެ […]
“މަންޝާއަކީ ޟިރާރުގެ ކުއްޖެއް… އަހަރެން ކައިވެންޏެއް ނުކުރަން…” އެހިސާބުން މަދީހާ ބަޑި ފަޅައިގެން ދިޔައެވެ. ޟިރާރަށް އެ އިވުނު ޖުމްލައިން މަދީހާގެ އަތުގައި ހިފާފައިވާ އަތް ދޫކޮށްލެވުނެވެ. މަދީހާ އަވަސް ފިޔަވަޅުތަކެއްގައި އަވަސްފަރުވާދޭ ކޮޓަރިއަށް ވަންނަން ފިޔަވަޅު އަޅާލިއެވެ. މަދީހާ ހުއްޓުންއެރީ އަވަސްފަރުވާދޭ ކޮޓަރި ކުރިމަތީ ހުރި އާމިނަ ފެނުމުންނެވެ. ޟިރާރާ މަދީހާގެ ދެމެދުގައި ދެކެވުނު ހުރިހާ ވާހަކައެއް އާމިނައަށް އަޑުއިވުނެވެ. ޟިރާރު އެނބުރެމުން މަދީހާއަށް ގޮވާލިއެވެ. ނަމަވެސް އިތުރު ބަހެއް ނުބުނެވި ހުއްޓުން އެރީ މަދީހާގެ […]
ބެލްކަނީގައި އެމަންޒަރު ބަލަން ޒިބާނާ އެކީ ތަޒްކިޔާއާ ޒޭބާ ތިއްބެވެ. އޭރުވެސް ޒިބާނަށް ރޮވެނީއެވެ. ޒިބާން ރޯ ތަން ބަލަން ހުންނަން ޒޭބާއަކަށް ކުޅަދާނައެއް ނުވިއެވެ. ޒޭބާ އެމީހުންނާ ދުރަށް ޖެހިލުމަށްފަހު ވައިގެތެރެއަށް އަރައިގެން ދިޔައީއެވެ. ޒިބާންގެ އަތުގައި ހިފާލަމުން ތަޒްކިޔާ ބާރުކޮށްލިއެވެ. ތަޒްކިޔާއާ ދިމާއަށް ޒިބާން ބަލާލިއެވެ. މަންޝާ އޭރު އެގެއިން ނެރެ އެމްބިއުލަންސަށް ލަނީއެވެ. ޒިބާނާ ތަޒްކިޔާއާ އެކުގައި މިސްރާބު ޖެހީ އެމްބިއުލަންސް ދިޔަ ހޮސްޕިޓަލާ ދިމާއަށެވެ. *** *** *** *** *** […]
“ތެހެއި ޔަގީންކަން އޮއްފެހޭ މަދައްކާ ވާހަކަސް ކަނޮލާއި އަޑޮއަހަފެލަ… ތަޒްކިޔާ އެބެނީ ތެދަށްފެހޭ ޒިބާން ކާވެނި ކެރާށް ޖެހޭނެއި ތަޒްކިޔާއި… މަށް ތަޒްކިޔާއަކީ ކިހެއިވަރެއްގެ ކޫދަކާކަން އެއިނގެން މިހެންމި ބެނަނީ… ޒިބާނަށް ތެ މަންޝާއި އެނގެނތާން މާގިނަ ދުވަހަަކށް ވީކީ ނޫން… އެވަރުން މީހުންގެ ގޮށްކޭއް އެނގޭށީ…” (ތިހާ ޔަގީންކަން އޮވެއްޖިއްޔާ މަދައްކާ ވާހަކަވެސް ކަނުލާ އަޑުއަހާ… ތަޒްކިޔާ އެހެދީ ތެދުކަމަށް ވެއްޖިއްޔާ… ޒިބާން ކައިވެނި ކުރަން ޖެހޭނީ ތަޒްކިޔާއާ… އަަހަރެންނަށް ތަޒްކިޔާއަކީ ކިހާވަރެއްގެ ކުއްޖެއްކަން އެނގިގެން […]
އަލިތައްކާން ހިފި ކަންފަތުގައި ފިރުމަމުން އަޒީމް ދިޔައީ އޭނާގެ މަންމަ އުޅޭ ކޮޓަރިއަށެވެ. އޭރު އެ ކޮޓަރީގައި ހުރީ އޭނާގެ މަންމަ އެކަނި ނޫންކަން އަޒީމަށް އެނގުނެވެ. ” އާމިނަ ދެން ނިގޯވައި ހުއްޓަލަ… އާމިނައަށް މީން އެއްވެސް ކަމަށް އެނގޭކަމަށް ހަދާނެކަމަށް ނެއް… އެނައްކެޑުން އާމިނާސް ތެހިށީ ވެހާށް ކަވަރިވެފެއި… އަލިތައްކާނު ދޭތިން އެކައްތައް ހިފާށުމައު ބެނި… އެ ޖިންނިއަކީ ވަރަށް ބާރޮގަދަ ޖިންނިއަ… އެހެންވެ މާދުމެއި ރެއި މިކަންތައް ކެރާ އެދިމާ ކެރަނީއަސް… ހަނދޮ […]
އެ ކޮޓަރި ތެރެއިން އަފްނާން ފެންނާކަށް ނެތެވެ. މުނިރާގެ ފަހަތުން އެތެރެއަށް ވަތް މަދީހާއަށް ދޮރު ބިއްދޮށް ބަލާލެވުނީ އަފްނާން ފިލާ ހުރެދާނެތީއެވެ. މުނީރާގެ ބަސްތަކާއި އަމަލު ހުރިގޮތުން ޚުދު އޭނާވެސް އެހުރީ ބިރުގެންފައެވެ. ދޮރު ބިއްދަށުގައިވެސް އަފްނާން ނެތުމުން މަދީހާ ކޮޓަރިތެރެއަށް ވަނެވެ. ބިންމަތީގައި ހުރި ކަރުދާސްތަކަށް ނަޒަރު ހިންގާލިއަސް މުޅިންވެސް ފެންނަނީ “އައިމް ސޮރީ” ޖަހާފައިވާ ގަނޑުތަކެވެ. މަދީހާ ގޮސް އެކޮޓަރީގައި ހުރި ސިންގަލް އެނދު ކައިރިއަށް ހުއްޓިލިއެވެ. “ކޮބާ އަފްނާން؟..” ފުން ނޭވާއެއް […]
“ތަޒްކީ އޯ ވަޓް އެވާރ… ކޮންމެހެން މަށަށް ތި ބޭސް ދޭނެ ކަމެއް ނެތް؟… އަހަންނަށް ތިބޭހާ ނުލާވެސް މިކުއްޖާ ވިހޭނެ… ކަލޭ ތިއައި ތާކަށްދޭ… އަދި ޒިބާން ކައިރީ ބުނޭ އަހަރެން މިއުޅެނީ އަޒީމާ އެކީ ވަރަށް ހެޕީކޮށޭ…” މިހެން ބުނެ މަންޝާ ބެލްކަނި ދޮރު ހުޅުވާ ކޮޓަރިއަށް ނުކުތެވެ. މަންޝާއަށް ހަމައަށް އައި އިރު ތަޒްކިޔާ ހުރީ އެހާ ބިރުގަނެ ޖެހިލުންވެފައެވެ. ނަމަވެސް މަންޝާ ކަންތައް ކުރި ގޮތުން މަންޝާ ގާތަށް އައުމުގެ ބޭނުމަކީ […]