“މިސް ގްރެޓާ ގޯރޑްން!” އަނާ ހަޅޭއްލެވިއެވެ. “އެއީ ގްރެޓާ ގޯރޑްން! ފިލްމް ސްޓާރ!” “އަހަރެން މިއަންނަނީ.” އޭނާ މިހެން ބުނެފައި އަވަހަށް ތިރިއަށް އައެވެ. “އަހަރެން ވަރަށް އުފާވެއްޖެ ކަމަނާއާ ބައްދަލުވީތީ، މިސް ގޯރޑްން.” ޑޭވް ބުންޏެވެ. “ބާއްޖަވެރި ހެނދުނެއް.” ގްރެޓާ ގޯރޑްން ބުންޏެވެ. އެދެމީހުން އެކަކު އަނެކަކާ ސަލާންކުރިއެވެ. ގްރެޓާގެ ރީތި އިނގިލިތަކުގައި އަޅާފައިވަނީ އަލިމަހުގެ އަނގޮޓިތަކެވެ. އަނާއަށް މީގެކުރިން އެހާ ގިނަ އަނގޮޓިތަކެއް ފެނިފައެއް ނުވެއެވެ. މިސް ގޯރޑްން ވަށައިގެން ބަލާލިއެވެ. “މީތަ ކަލޭ […]
“ތީ ރަނގަޅު ސުވާލެއް.” ޑޭވް ބުނެލިއެވެ. “އަދި މިއޮތީ ޖަވާބު. ކަލޭމެންގެ އެއްޗެހި އަހަރެންނާ ހަވާލުކުރީމަ އަހަރެން އެއެއްޗެހި ކަލޭމެންނަށް ވިއްކަދޭނަން. އަހަރެން އޭގެން ބައެއް ނަގާފަ ދެން ހުރި ފައިސާ ކަލޭމެންނަށް.” “ކިހާ ރަނގަޅު ގޮތެއް.” މިސް ބްރައުން ބުނެލިއެވެ. “އާނ އަހަރެން އެއްބަސް.” މިސްޓަރ ހާޓްވެސް ބުނެލިއެވެ. ހުރިހާ އެންމެންވެސް އެއްބަސްވިއެވެ. ޑޭވް ސްޓެޓިންގެ ޕްލޭނަށް އެންމެންވެސް ތާއީދުކޮށް، ތިބީ އެއާމެދު ހިތްހަމަޖެހިފައެވެ. 4 ޖެނުއަރީ 1965ގައި ކޯނަރ ޝޮޕް ހުޅުވުނެވެ. އިސާހިތަކު މަސައްކަތް […]
(ކުރީގެ ޢަދަދާއި ގުޅޭ) ” މިއޮތީ ޚަތިމު.. ” އެތަނުން ފުދޭވަރެއްގެ ބޮޑުފޮތެއް ޒުބޭދާ ނަގައިފައި، އޭގެ ގަނޑުތައް ޒުބޭދާ ބަލައިލިއެވެ. ” ޒޭބާއަށް ނެގުނީ އަސްލު ޚަތިމެއްނޫން.. އެއީ މީގެ ތިންމަސްކުރިން ސީމާ ދިން ފޮތެއް.. ބޭރުފުށުން ބަލާލާއިރު އެއީ ޚަތިމެއްހެންވެސް ހީވެދާނެ. އެއީ އޭގެ ބޭރުންލާފައި އިންނަ ބޯހަންގަނޑު ހަމަ އެގޮތަށް އިންނާތީ.. ޒޭބާ އަކީ ކުލަޖައްސާ ލިޔެ ކުރަހާ ހަދާ ކުއްޖެއް. ސީމާ އެފޮތް މަންމައަށް ދިނީ އެހެންވެ. ސީމާ ބުނީ އެއީ […]
(ކުރީގެ ޢަދަދާއި ގުޅޭ) “ނޭނގެ.. އެކަމަކު ފާޑެއްގެ އެއްޗެއް.. އެއީ.. އެއީ އިންސާނެއްނޫން.. މަންމާ.. އެ އެތި ބުނީ އަދި އަންނާނަމޯ..” ވަރަށް ބިރުން ހުރެ ޒޭބާ ބުނެލިއެވެ. “ދަރިފުޅާ ބިރުނުގަނޭ.. ދަރިފުޅު ކައިރީގައި މަންމަވެސް މިހިރީ އެއްނު.. މަންމަ ހުއްޓައި އެއަށް އަންނާކަށް ނުކެރޭނެ.” ޒޭބާ ހުރި ޙާލު ފެނި، ޒުބޭދާ އެވަގުތު މަސައްކަތް ކުރީ ޒޭބާ ހިތްހަމަޖައްސައިދެވޭތޯއެވެ. ދެން އިތުރު ސުވާލެއް ކުރަން ޒުބޭދާ ނުކުރުމުން ވާހަކަތައް އަމިއްލައަށް ކިޔައިދޭން ފެއްޓީ ޒޭބާއެވެ. ޒުބޭދާ […]
( މިވާހަކައަކީ ކިޔުންތެރިންނާއި ހިސާބަށް އަޅުގަނޑު ގެނެސްދޭ ދެވަނަ ވާހަކައެވެ. މިވާހަކައަކީ ބިރުވެރި އަދި ޚިޔާލީ ވާހަކައެއް ނަމަވެސް ވިސްނައި ފިކުރުކުރާ މީހުންނަށް ހުރި ޢިބްރަތެކެވެ. ) ………………………….. ގޭގެ ދޮރު ހުޅުވާލާފައި ޒުބޭދާ އެތެރެއަށް ވަނެވެ. ވަތްގޮތަށް އޭނާ ބަލާލީ ޒޭބާ ކޮބައިތޯއެވެ. ޒުބޭދާގެ އަތުގައި އޮތް، ފިޔާ ކޮތަޅާއި މިރުސް ކޮތަޅު ދޫވީ އެވަގުތުއެވެ. ދެލޯބޮޑުވެ، މުޅިގައި އެއްކޮށް ތުރުތުރުއަޅައި، އަދި ހުއްޓުމެއްވެސް އަރާފައި އިން ޒޭބާ ފެނުމުންނެވެ. ކޮންމެވެސް ބޮޑުކަމެއް ވެއްޖެކަން ޒުބޭދާއަށް ދެނެގަނެވުނެވެ. […]
****************** ކުރީގެ އަދަދާއި ގުޅޭ : ހަވޭލީގެ ދޮރުހުޅުވާލާފައި ނުކުމެވުނުއިރު ހުރީ އޯކިޑްމާގޭ ބޭރަށް ނުކުމެވިފައެވެ. އޯކިޑްމާގެއަކީ އަހަރެން ނިސްބަތްވާ ރަށުގައި ހުންނަ ގެއެކެވެ. ބޭރު ބަލާލެވުނުއިރު އެތަށް ބައެއް އެތަނުގައި މަޑުކޮށްގެން ތިއްބެވެ. ހީވަނީ މަދަރުސާދޮށަށް ދަރިން ބަލައި އައިސް ތިބޭ ހެންނެވެ. އެމީހުންގެ ތެރެއިން އަހަރެންގެ މަންމަ ފެނުނެވެ. މަންމައަށް އަހަރެން ހަމަ ފެނުމާއެކު ކައިރިއަށް އައެވެ. މަންމަ ހުރީ އަހަރެން ބަލާ އައިހެވެ. އެތަނުގައި ތިބި އެހެން މީހުންވެސް ތިބީ އެމީހުންގެ ދަރިން […]
ޓިއުޝަން ނިމުމުން ގެއަށް އައުމަށް އަހަރެން ހިނގައިގަތީ ޓިއުޝަން ކިލާހު ކުއްޖަކާ އެކުއެވެ. އަހަރެމެންނަށް އާދެވުނީ ޖުމްހޫރީ މައިދާނާ ދިމާއިންނެވެ. ޖުމްހޫރީ މައިދާނާ ހަމަ ކައިރިވެވޭއިރަށް، އެތާ ތިބި ބަޔަކު އަހަރެމެންނާއި ދިމާއަށް، އެމީހުން ގެންގުޅުނު ބަޑި ދިއްކޮށްފިއެވެ. އިނގިރޭސިބަހުން ބުނާނަމަ، އަހަރެމެން “ސްޓެޗޫ” ނުވަތަ “ފްރީޒް” ވީ އެހިސާބުންނެވެ. އެމީހުންނާއި ދިމާއަށް ބަލާލެވުނުއިރު އެމީހުންގެ ތެރޭގައި ލިލިތު ހުއްޓެވެ. ލިލިތު ހުރީ ނުބައި ފާޑަކަށް ހެވިފައެވެ. ލިލިތު ފެނިފައި އަހަރެންގެ ގާތަށް އައީ އަމަށަކު ރުޅިއެއް […]
ފާއިޒަށް އެއާޕޯޓުން ވަޒީފާ ލިބުނުތާ މިވީ ދެއަހަރެވެ. ފާއިޒުގެ އަންހެނުން ޝިފާނާ ވަޒީފާއިން ވަކިވި ފަހުން ވެސް މިވީ ދެއަހަރެއެވެ. ޝިފާނާ އަށް ކުއްޖަކު ލިބުމުން ފާއިޒު ޝިފާނާ ވަޒީފާއަށް ނުގޮސް ގޭގައި މަޑުކުރަން އެދުނެއެވެ. ޝިފާނާވެސް ބޭނުންވަނީ އެގޮތެއެވެ. ފާއިޒު ކުރިން އުޅުނު ރިސޯޓުން ކެނޑިގެން ހަނިމާދޫ އަށް ދިރިއުޅުން ބަދަލު ކުރީ އަންހެނުންނާ ދަރިފުޅުގެ ހައްޤުގައެވެ. އަނބިދަރީން ކައިރީގައި އުޅުމަކީ އުފާވެރި ހިތްހަމަޖެހޭ ކަމެއްކަން އެނގޭތީއެވެ. “ފާއިޒް، އޭ. ފާއިޒް މިރޭ ޑިއުޓީ އަށްވެސް […]
އެންމެންގެ ލޯ މައްޗަށް ޒޭބާ ފާޅުވުމުން އެންމެން ހައިރާންވެފައި ބަލަން ތިއްބެވެ. މިވަނީ ކިހިނެއްކަމެއް އަލިބެއަކަށް ނޭނގުނެވެ. ޟިރާރުވެސް ހުރީ އަންތަރީސް ވެފައެވެ. އަޒީމް ޒޭބާއަށް ގޮވާލަން އަނގަހުޅުވާލި ވަގުތު ޟިރާރު ވާހަކަ ދެއްކުމުން އަޒީމް ހުއްޓުން އެރިއެވެ. “ކައޭޝާ… ކައޭޝާ ކެހެނަކަށް ދުނިޔެ ތެ ހެށީ… އަވަ ތަ ނައްތަލިން…” (ކައޭޝާ… ކައޭޝާ ކިހިނެއް ދުނިޔޭގަ ތިހުރީ… އަހަރެން ކަލޭ ނައްތާލިން….) “ކައޭޝާއޭ… އެއީ ކައޭޝާއެއް ނުން… އެއީ ޒޭބާ… ޒޭބާއަސް ތޭ ޖިންނިއަކީ؟…” (ކައޭޝާއޭ… […]