ނާމާން 3
(ކުރީގެ ޢަދަދާއި ގުޅޭ)
” މިއޮތީ ޚަތިމު.. ” އެތަނުން ފުދޭވަރެއްގެ ބޮޑުފޮތެއް ޒުބޭދާ ނަގައިފައި، އޭގެ ގަނޑުތައް ޒުބޭދާ ބަލައިލިއެވެ. ” ޒޭބާއަށް ނެގުނީ އަސްލު ޚަތިމެއްނޫން.. އެއީ މީގެ ތިންމަސްކުރިން ސީމާ ދިން ފޮތެއް.. ބޭރުފުށުން ބަލާލާއިރު އެއީ ޚަތިމެއްހެންވެސް ހީވެދާނެ. އެއީ އޭގެ ބޭރުންލާފައި އިންނަ ބޯހަންގަނޑު ހަމަ އެގޮތަށް އިންނާތީ.. ޒޭބާ އަކީ ކުލަޖައްސާ ލިޔެ ކުރަހާ ހަދާ ކުއްޖެއް. ސީމާ އެފޮތް މަންމައަށް ދިނީ އެހެންވެ. ސީމާ ބުނީ އެއީ ނޭނގި، ޚަތިމެއް ކަމަށް ހީކޮށް ގަނެވިފަ އިން ފޮތެކޯ. އެތެރޭގެ އެއްވެސް ގަނޑަކު އަކުރުތައް ޗާޕްވެފައެއްނެތޯ… މަންމަ މިހުރީ ހަނދާންވެސް އެވާހަކަ ބުނަން ހަނދާން ވެސް ނެތެފަ.. އެކަމަކު މަންމަ ހީކުރީ ޒޭބާ މިހާރު ހުންނާނީ އެފޮތް ބަލައިގެންކަމަށް.. އެނދުމަތީބޭއްވީވެސް އެހެންވެއޭ.. ޒޭބާ.. އެކަމަކުވާދޯ.. ތިބުނީ ދޮރުވެސް ހުޅުވާފައޭ ހުރީ.. އޭރު ނުވެސް ލައްޕަންދޯ؟.. މަންމަ އަބަދުވެސް ބުނަމެއްނު ބިސްމި ކިޔާފައި ދޮރު ލައްޕާށޭ.. ބިސްމި ކިޔުމަކީ ރައްކާތެރިކަން ލިބޭކަމެކޭ.. ގައިމު، ބިސްމި ކިޔާފަ ދޮރުލެއްޕިނަމަ، އެދޮރުން، އެއެއް ނުވަންނާނެދޯ.. މަންމަ ދެންކިހިނެއް ޒޭބާއަށް ނަސޭހަތްދޭނީ.. ޒޭބާވެސް ތިއީ މިހާރުބޮޑު ކުއްޖެއް.. ބުނީމަ ބުނާގޮތް ނުހަދާވަރުގެ ކުޑަކުއްޖެއް ނޫން.. ” ޚަތިމަށްވީގޮތް އޮޅުންފިލައި، ޒޭބާކަންތައް ކުރިގޮތް އެނގުމުން ޒުބޭދާގާތަށް ރުޅިއަންނަގޮތްވިއެވެ.
“ހޫން.. ދެންކިޔާބަލަ.. ” އަދިވެސް ވީގޮތް އޮޅުންފިލުވުމުގެ ގޮތުން ޒުބޭދާ ބުނެލިއެވެ.
” އެއެތި ހުރީ ގަނޑުތައް އެއްކޮޅުން އަނެއް ކޮޅަށް ބަލާތީ، އަހަރެންގެ ހަރަކާތްތަކަށް ބަލަން ހުއްޓެގެން .. އޭރު ހުރީ ފުދޭވަރަކަށް ދުރުގައި.. އެއީ އަންހެން އެއްޗެއް.. އޭގެ ދިގު އިސްތަށިގަނޑެއްވެސް އޮވޭ.. އަކުރުތައް ނެތީމަ އަހަރެން ހާސްވި ހިސާބަށް ހަމަދާއިރަށް.. ކުއްލިއަކަށް ހުރީ އައިސް އަހަރެންގެ ގައިގަ ޖެހޭ ނުޖެހޭ ހިސާބުގަ.. އަހަރެން އެންމެ ބިރުގަތީ އެހެންވެ.. އެހާކައިރީގަ ހުރީމާ، ހިތުން އަހަރެންނަށް އެނގޭ އެއްޗިހި ވެސް ކިޔޭ ވަރެއް ނުވި.. ކުރުސިވެސް ފަލަޤި، ނާސިވެސް ކިޔޭވަރެއްނުވި.. އޭތި ހުންނަނީ އޭތީގެ މޫނުވެސް އަހަރެންގެ މޫނާއި ކައިރިކޮށްގެން.. އަހަރެން ބިރުން ހޭ ނުނެތުނީ ހަމަ ކިރިޔާ.. އަހަރެންގެ މޫނާ ކައިރިވެފަ ކުއްލިއަކަށް ހަޅޭއްލަވައިގަތީ.. ކަންފަތުގަ އިން ތޫރިވެސް ފަޅައިގެން ނުދިޔައީ ހަމަ ކިރިޔާ.. ހަމަ ކިޔަން އަނގަ ހުޅުވާލާއިރަށް.. އައިސް ހަޅޭއްލަވައިގަނޭ.. ހަމަ އެހާބާރަށް… ކޮންމެފަހަރަކުވެސް، ބިރުން ފިއްކަނޑައިގެން ދާވަރުވޭ.. އެކަމަކު ވެސް އަހަރެން އިނީ ހަމަ އެތާ.. އެއެތި އަހަރެން ކައިރީގަ ވިއްދާފަ ހުރީމަ.. އޭތީގެ މޫނު މަތިވެސް އަހަންނަށް ފެނުން… އެ އެއެތި ވައްތަރީ ” ދަ ވޯކިން ޑެޑް “ގަ އުޅޭ ފަދަ މަރުވެފައި، ދެން އަލުން ދިރިގެން އައިސްފަ ހުރި މީހަކާ.. މޫނުމަތިވެސް އެހާ ބިރުވެރި.. މުސްކުޅި، ބިރުވެރި ވައްތަރެއް ޖަހާ އެއްޗެއް.. އޭތި ހަޅޭއްލަވަ ލަވާފައި ކޮންމެވެސް އެއްޗިހި ތަކެއް ވެސް ކިޔާ.. އަހަންނަކަށް ނޭނގެ ކީ ކޯޗެއް ކަމެއްވެސް.. އެއީ އެހެން ބަހެއް.. އޭތި ހުރީ ވަރަށް ރުޅިއައިސްފަ.. ދެލޯ ހީވަނީ އަނގުރު އަލިފާންކޮޅެއްހެން.. އަހަންނަކަށް ނޭނގެ އެއީ ކީއްވެ ކަމެއްވެސް.. ހަމަ ގައިމުވެސް އަހަންނަށް އެނގިގެން އޭއްޗަކަށް ކަމެއް ނުކުރަން.. ނޭނގި ނުކުރެވޭ ކަމެއް ދެން ނޭނގޭ.. އެއްފަހަރު އޭތީގެ އަގައިން ނުކުތް ދިޔައެއްވެސް އަހަރެން މޫނުމައްޗަށް އެޅުން.. އެއީ ވަރަށް ތަތް ތަތް ދިޔައެއް.. އެވަރުންވެސް އަހަރެން އިދެވުނީ.. އެހެން ހަޅޭއްލަވަލަވާފައި އެންމެ ފަހުން އޭތި ދަމުން ބުނި އެއްޗެއް އަހަރެންނަށް އެނގުން.. އެއީ ދިވެހި ބަހުން ބުނީމަ.. އަހަރެން އަދި އަންނާނަން.. ހަމަ އެހެން ބުނީ… އޭތި ދިޔައިމަ.. ދުންތައް ވެސް ގެއްލެއްޖެ.. ދެން، ބޭރު ދޮރުން ފެންނަން އޮތީ އަނދިރިކަން.. އަހަންނަކަށް ދެން ނުކެރުން ގޮއްސަ ދޮރު ލައްޕާކަށްވެސް.. އެކަމާ ވިސްނާވިސްނާ އަހަރެން އިނީ ބޯހަލާކުވާވަރުވެފައި… ނުވެސް ނިދަން.. ހަމަ އެ ދޮރާއި ދިމަ ބަލަހައްޓައިގެން އިނީ މި.. ފަތިސް ވަންދެން.. ” ބިރުން ހުރެ ޒޭބާކިޔައިދިނެވެ.
“އޭރު މަޣްރިބް ނަމާދުކުރިންތަ ؟ ފަހުން، އިޝާ ނަމާދު ކުރިންތަ؟ މިއަދު، ފަތިސްނަމާދުކުރިންތަ؟ ” ސުވާލަކަށްފަހު ސުވާލެއް ޒުބޭދާ ފައްޗަކަށް އަމުނައިލިއެވެ. ” ނޫން.. ތިއިން އެއްވެސް ނަމާދެއް އަހަންނަކަށް ނުކުރެވޭ.. މަޣްރިބް ނަމާދު ވަގުތުވީކަމެއް އަހަންނަކަށް ނުވެސް އެނގޭ.. އެއެތި އައީ ދެނަމާދުދޭތެރެ ވަގުތު.. ފާޚާނާއަށް ވަންނަތަނުން އެއެތި އައިސްފާނެތީ އަހަންނަކަށް ނުކެރުން ވުޟޫ ކުރަންދާކަށްވެސް.. އެހެންވެ ޢިޝާނަމާދާއި ފަތިސްނަމާދުވެސް ނުކުރެވުން.. ” ޒުބޭދާގެ އެސުވާލުތަކަށް ޒޭބާ ޖަވާބުދިނެވެ.
” ނޫނޭ.. ޒޭބާއަށްވާ ހަމަ ސާބަސް.. އެއްވެސް ނަމާދެއްވެސް ނުކޮށް ތިއިނީދޯ.. އެހެންވީމާ ވެސް ނަމާދެއް ކޮށްލާކަށް ނޭނގުން ވިއްޔަ.. އަނެއްކާ ފަރުވާކުޑަކަމުން ދޮރުވެސް ނުލައްޕާ ތިހުރީ.. ތި ފޯނާއި އިންޓަރނެޓްގެ ކަންތައްވެސް މިހާރު ހިސާބަށްވުރެ ބޮޑުވެއްޖެ.. އޭގަ ޖެހިއްޖިއްޔާ ދެން ނަމާދު ވަގުތު ވާއިރުވެސް ޒޭބާއަށް ނޭނގޭ… މިހާރަކަށް އައިސް ދީނީ ކަންތައްތަކަށް ދޭ ސަމާލުކަންވެސް ކުޑަވެއްޖެ.. ގައިމު ނަމާދުކޮށްގެން އެ ކުޅެން އިންނަ ނަމަކަ ނުވާނެދޯ އެހެންނެއް.. ނޫނީ ނަމާދުވަގުތު ވީމަ ނަމާދަށް ދާނަމަކަވެސް އެހެންނެއް ނުވީސް.. އަނެއްކާ ޒޭބާއަށް ވެސް އެނގެންޖެހޭނެ މިގެ މިހުންނަނީ ކޮންހިސާބެއްގަ ކަންވެސް.. މިއީ މީހުން އުޅޭ ހިސާބާ ނުލާހިކު ދުރުގަ ހުންނަ ގެއެއްކަންވެސް.. މިގެ ވަށައިގެން މާދުރަށް މި އޮންނަނީ ނުލާހިކު ބޯކޮށް ހެދިފައި އޮންނަ ގަސްތަކެއް.. މިހިސާބަކީ އެއެއްޗެހި އުޅޭނެ ހިސާބެއް.. މަންމަ ކުރިންވެސް މިހެން ބުނީމެއްނު.. އެކަމަކު ޒޭބާ ދެނީ ބީރުކަންފަތެއް.. ކަމެއްވާނީ ބުނެބުނެފަކާ ނޫން.. މިހާރުވެސް އެއޮތީ ވެފަ.. އަނެއްކާ.. އެ ޚަތިމުގެ ކަންތައްވެސް.. އެއީ އަސްލު ޚަތިމެއް ނަމަޔޯ.. ކިހިނެއްވާނީ އޭރަށް.. އެއް؟.. ހުޅަނގު ފަރާތުން އިރު އަރައިފިއްޔާ، އޭރުން ތައުބާވާނެ ފުރުސަތެއްވެސް ނޯންނާނެ.. މިއީ ފަހު ޒަމާން.. ޚަތިމުގައި ހުންނަ ހުރިހާ އަކުރެއް އުފުއްލެވުން، އެއީ ޤިޔާމަތް ވުމުގެ ޢަލާމާތެއް.. އެޢަލާމާތް ފާޅުވެއްޖިއްޔާ އެއްވެސް ޚަތިމަކު އެއްވެސް އަކުރެއް ނުހުންނާނެ.. އޭރަށް ކޯޗެއް ކިޔަވާނީ.. އޭރަށް ކިޔެވޭނީ ހަމައެކަނި ހިތުގަ ހުރި އެއްޗެއް.. ބުނާގޮތް ނެހެދޭތީ ވާގޮތް ހައްތާވެސް ތިއީ.. ދޭ.. ހަމަ މިހާރު ދޭ ވުޟޫ ކުރަން.. އެންމެ ސިކުންތެއްވެސް ލަސް ކޮށްގެން ނުވާނެ.. ދޮރުލައްޕަން ނުކެރެންޏާ ދޮރު ހުޅުވާފަނަމަ ވެސް އެކަން ކުރޭ.. މިހާރު އެއޮއް މެންދުރު ނަމާދުވަގުތު ޖެހެނީ.. މެންދުރު ނަމާދަށްފަހު ނުކުރެވުން ހުރިހާ ނަމާދެއް ގަޟާ ކުރަން ވާނެ.. އެކަމަކު ހަނދާން ކުރާތި އެއީ މާރަނގަޅު ގޮތެއް ނޫންކަން.. ގަސްދުގައި ނަމާދު އެޅުމަކީ ބޮޑު ފާފައެއް.. އެކަމަކު ޒޭބާކުރި ކަމަކުން ތިއޮތީ ތިކަންތައްވެސް ކުރަންޖެހެފަ.. ޒޭބާއަށް ކަންތައްކުރެވުން ގޮތާއިމެދު ދެރަވެ ހިތާމަކޮށް ތައުބާވާންވެސް ޖެހޭނެ. އިނގޭ.. ދޭ އަވަހަށް.. ” ޒުބޭދާ ހުރީ ވަރަށް ބޮޑަށް ރުޅިއައިސްފައެވެ.
ފާޚާނާއަށް، ޒޭބާ ދިއުމުން ފޯނުނަގައިފައި ޒުބޭދާ ގުޅާލީ ޙައްވާއަށެވެ. ” ހަލޯ.. ހައްވާ.. މިއުޅެނީ ވަރަށް ބޮޑުކަމެއް ޖެހިގެންނޭ.. އިދުރީސްބެއްޔާ ނަންބަރު ދީފާނަންތަ؟.. ” ޒުބޭދާ ބުނެލިއެވެ. ” އާނ.. ދީފާނަން.. އަނެއްކާ ކިހިނެއްވީތަ؟ ޖިންނިއެއްގެ އުދަގޫ ޖެހުނީތަ؟.. ” އެކޮޅުން ހައްވާ ވާހަކަދެއްކިއެވެ. އޭނާއަކީ ޒުބޭދާގެ އެއްބަޑު އެއްބަފާ ކޮއްކޮއެވެ. ” އާނ.. އެކަހަލަ ކަމެއް ޖެހިގެން މިއުޅެނީ.. ރޭގައި ލަސްވީމަ އަހަރެން ތިގޭގަ މަޑުކުރީއެއްނު.. ހެނދުނު އައިއިރު ޒޭބާއަށް އިނީ ފާޑެއްގެ ގޮތެއްވެފަ.. އެކަމަކު އެހެންޏާވެސް ޒޭބާ ބައިންދާފަ ދަން ވަރަށް ގިނައިން.. ކުރިއަކު ނެތް މިކަހަލަ ކަމެއް ދިމާވެފަކާ… އަހަންނަށްވެސް ނައިސް ނޯވޭ ވާކަށްވެސް.. އެއްޗިހި ގަންނަން ޖެހޭތީ.. ހައްވާއަށް ވެސް އެނގެއެއްނުދޯ.. ” ޒުބޭދާ ބުނެލިއެވެ.
” ނާ ހަމަ ތެދެއްތަ؟ ތިކަމުގައި އަހަރެންވެސް ވެވެންއޮތް އެހީއެއް ވާނަން. މި ފޮނުވާލަނީ ގުޅޭނެ ނަންބަރުވެސް.. ހޯދަން ޖެހޭ އެއްޗެއްވިއްޔާވެސް އަހަރެން ކައިރީ ބުނައްޗޭ.. ލިބޭ އެއްޗެއްވިއްޔާ ހޯދައިދޭނަން.. ” ޒޭބާއަށްވީގޮތް ޒުބޭދާ ކިޔައިދިނުމުން، ޒޭބާއަށް އެހީވާން ހައްވާވެސް ބޭނުންވިއެވެ.
އެދުވަހުގެ ހުރިހާ ނަމާދެއް ޒޭބާކުރިއެވެ. އޭނާއަށް ކަންތައްކުރެވުނު މޮޔަގޮތް ހިތަށްއަރާފައި ދެރަވެސްވިއެވެ. އެރޭ ކައިގެން ވަރުބަލިވެފައި ހުރުމުގެ ސަބަބުން ޒޭބާނިދަން އޮށޯތެވެ.
ޒޭބާ ނިދުމުން، ޒުބޭދާ އިދުރީސްބެއްޔާއަށް ގުޅާލިއެވެ. ” އަހާ.. އެކޮއި..ހާސްނުވޭ.. ހައްވާ އަހަންނަށް ކިޔައިދީފި ވީގޮތް.. ހޯދަން ޖެހޭ އެއްޗިހިތައްވެސް ހައްވާއާ ހަވާލުކޮށްފިން.. ” އެކޮޅުން އިދުރީސްބެއްޔާ ވާހަކަދެއްކިއެވެ. އިދުރީސްބެއްޔާ އަކީ ހައްވާ އިނދެގެން އުޅޭ ފިރިމީހާގެ ބޮޑުބޭބެއެވެ. މުޅި މަގޫފުށީގައިވެސް، އެއަށްވުރެ ކުޅަދާނަ ފަންޑިތަވެރިއަކު ނުހުންނާނެއެވެ. އެކަން ޒުބޭދާއަށްވެސް އެނގެއެވެ.
” ޒޭބާވެސް ގެންދަން ޖެހޭނެތަ؟ ” ޒޭބާ ގެންދަން ޖެހިދާނެތީ ޒުބޭދާ ކޮންމެވެސް ވަރަކަށް ކަންބޮޑުވިއެވެ. ” ނޫނޭ.. ޒޭބާ ގެންނާކަށް ނުޖެހޭނެ.. އެކަމަކު ޒޭބާ އަށް ގެއްލުމެއްވީނަމަ ޒޭބާވެސް ގެންނަންޖެހުނީސް.. މާދަމާނޫން އަނެއްދުވަހު މިކަންތައް ނިމޭވަރުވާނީ.. ވީގޮތް ބަލާފަ އަހަރެން ޒުބޭދާއަށް އަންގާނަން.. ” އިދުރީސްބެއްޔާ އޮޅުންފިލުވައިދިނެވެ.
* 2 ދުވަސް ފަސް *
” އިދުރީސްބެއްޔާ.. އަހަރެން އެދެނީ ޚުދު އިދުރީސްބެއްޔާ އަމިއްލައަށް، ތިވާހަކަތައް ޒޭބާއަށް ކިޔައިދިނުމަށް.. އޭރަށް އެންމެ ރަނގަޅުވާނީވެސް.. އަހަރެމެން ދާންވީ ގަޑިއެއް ބުނީމަ ޒޭބާ ގޮވައިގެން އަހަރެން ދާނަން.. ” ޒޭބާ އަޑުއަހަން ހުރިތޯ ބަލާފައި، ފެންނަން ނެތުމުން ޒުބޭދާ ބުނެލިއެވެ. ” އެންމެ ރަނގަޅު.. މާދަމާ ހެނދުނު 8 ޖަހާއިރަށް ޙައްވާމެން ގެއަށް އާދޭ.. އޭރަށް އަހަރެންވެސް އެގެއަށް ދާނަން.. ” އިދުރީސްބެއްޔާ އެއްބަސްވިއެވެ.
* * * * * * * * * *
” އެކޮއި.. ޒޭބާ.. ބިރުނުގަނޭ.. ބޭބެ، ޒޭބާ މިގެނައީ ޒޭބާ އަށް އެވާހަކަތައް ކިޔައިދޭންވެގެން.. އެއްވެސް ކަމެއް ޒޭބާއަށް ކުރާކަށް ނޫން.. މިތާ އިށީދޭ.. ” ހައްވާމެން ގެއަށް ވަތް، ޒޭބާ ފެނުމުން އިށީންނާނެ ތަނެއް ދައްކަމުން، އިދުރީސްބެއްޔާ ބުނެލިއެވެ. ޒޭބާއިށީނުމާއެކު ގާތުގައި ހުރި ޒުބޭދާވެސް އިށީނެވެ.
” އާނ.. އަޑުއަހާ.. ޒޭބާ އަށް ފެނުނު އެތީގެ އަސްލުނަމަކީ މިޝްކިޔާތު.. ޒޭބާއަށް ފެނުނު ފަދައިން، އެއެއްޗަކީ އަންހެން ޖިންނިއެއް.. މިހާރު އޭތީގެ ނަމަކީ ޙުނައިނާ.. އޭތީގެ ނަން އެގޮތަށް ބަދަލުވެފައިވަނީ، އެއެއްޗަކީ މުސްލިމް ޖިންނިއަކަށް ވާތީ.. މުސްލިމް ޖިންނިންނަކީ އިންސާނުންނަށް ގެއްލުންދޭ ބައެއް ނޫން.. ޒޭބާ އުޅޭ ގެ ހުރި ތަނަކީ ޙުނައިނާގެ ގެ ކުރިން ހުރިތަން.. ޒޭބާމެން އެގެއަށް ބަދަލުވީއްސުރެ، ޙުނައިނާ ވަރަށް ޚާއްސަ ނަޒަރަކުން ޒޭބާމެންނަށް ބަލާ.. ޒޭބާ އެންމެ ކުޑައިރުއްސުރެވެސް ޙުނައިނާއަށް ޒޭބާ އެނގޭ.. ޒޭބާއަށް އެއްވެސް ގެއްލުމެއް ނުވަނީ ޙުނައިނާ ޒޭބާއަށް ބަލާތީ.. ބޭބެ ކައިރީ ޙުނައިނާ ބުނިގޮތުންނަމަ ތިގެ ހުންނަ ހިސާބުގައި، ޖިންނިންގެ ތެރެއިން ބޮޑެތި ޢިފްރީތުންނާއި މާރިދުންނާއި ދެޔޯ އިންނާއި ނުލަފާ ޝައިތާނުންތައް ވެސް އުޅޭ.. އަދި ނުވިތާކަށް ކަނޑުން އަރާ ވިގަނިތައް ވެސް އެހިސާބަށް އާދޭ.. އެއެއްޗެހި ޒޭބާއަށް ފާރަލާވަރު ޙުނައިނާ އަހަންނަށް ކިޔައިދިން.. އަދި ޚާއްސަކޮށް، ފިރިހެން ޖިންނިން ޒޭބާއާ ކައިރިވެވޭތޯ ވަރަށް ބަލާ.. އެއެއްޗެއްސަށް ކާމިޔާބު ނުވަނީ ޙުނައިނާ ހުންނާތީ.. ކާފަރު ޖިންނިންނަށްވުރެ މުސްލިމް ޖިންނިންގެ ބާރު މާގަދަ ވާނެ.. އެހެންނަމަވެސް ޙުނައިނާއަކީ މިހާރު 100 އަހަރުވެފައިހުރި ޖިންނިއެއް.. މިހާރު ޒޭބާއަށް ބަލައިގެން އުޅެވޭވަރަށް ވުރެ ޙުނައިނާ މުސްކުޅިވެފައި ބާރުވެސް ދެރަ.. އެކަމަކު، އަސްލު މައްސަލައަކަށް ވެގެން މިއުޅޭ ކަމަކީ، ދީނީ ކަންތައްތަކަށް ޒޭބާ ފަރުވާކުޑަކުރުން.. ބައެއް ނަމާދުތައް ނުކޮށް ޤުރްޢާން ނުކިޔަވައި އުޅުން.. އެގޮތަށް ޒޭބާއުޅޭތީ ޙުނައިނާއަށް ވެސް ޒޭބާއަށް ރައްކާތެރިކަން ދިނުމަށް މިހާރުވަނީ އުނދަގޫވެފައި.. ޒޭބާއަށް ދެން ރައްކާތެރިކަން ލިބެނީ ޒޭބާގެ މަންމަ ހުންނަ ވަގުތުތަކުގައި.. ޒުބޭދާއަކީ ނަމާދުތައް ހަމައަށް ކުރާމީހަކަށް ވާތީ.. އަދި ދީނީ އެހެން އަޅުކަންތައްވެސް ކުރާމީހަކަށް ވާތީ.. ޒޭބާ ކައިރިއަށް ޙުނައިނާ އަންނާނަމޭ ބުންޏަސް ރަނގަޅަށް އުޅޭނަމަ ނާންނާނެ.. ޒުބޭދާގެ ބަސްނާހައި ޒޭބާ އުޅޭގޮތްވެސް ޙުނައިނާ އަށް ހަމަ ރަނގަޅަށް ފެނޭ.. ޒޭބާގެ ގާތަށް ޙުނައިނާ ފާޅުވީވެސް ހަމަ އެހެންވެ.. ޙުނައިނާގެ މަޤްސަދަކަށްވީ ކޮންމެވެސް ވަރަކަށް ޒޭބާ ބިރުގަންނަވާލުން.. ޒޭބާއަށް ހެޔޮވިސްނޭނީ އޭރުންކަން ޙުނައިނާއަށް އެނގޭ.. އެރޭ ޙުނައިނާދިޔަހެން ޒޭބާއަށް ހީވިއަސް، ޙުނައިނާ ހުރީ ތިގޭ ބޭރުގައި.. ޒުބޭދާ ނުހުންނަ ވަގުތުގަކުގައި މުޅިންވެސް ޙުނައިނާ ހުންނަނީ އެހެން.. އެކަމަކު، އެހިސާބުގަނޑުގައި، ޙުނައިނާ ފިޔަވައި، ދެން އިތުރު މުސްލިމް ޖިންނިއެއް ނުވެސް އުޅޭ.. އެހެންވީމާ، ޙުނައިނާ ނެތް ދުވަހަކުން ޒޭބާ ރައްކާތެރިކޮށްދޭނެ ޖިންނިއެއް ނުހުންނާނެ.. އެހެންވީމާ މިކަން ހަނދާންކުރަން ޒޭބާ ޖެހޭނެ.. ޒޭބާ އަމިއްލައަށް ރައްކާތެރިވެވޭނީ ބަރާބަރަށް ދީނީ އަޅުކަންތައް ކުރެވޭ ކުއްޖަކަށް ވެގެން.. އެހެންނޫނަސް ދީނީ އަޅުކަންތައް ނުކުރުމަކީ ކިހާ ބޮޑު ފާފައެއްކަން ޒޭބާއަށްވެސް އިނގޭނެ.. އެހެންވީމާ ޒޭބާ ވާންވީ އެފަދަ ކުއްޖަކަށް.. އިނގޭ.. ” އެޖިންނީގެ ހަޤީގަތް އޮޅުންފިލުވައިދެމުން ދިޔަ އިދުރީސްބެއްޔާ ބުނެލިއެވެ.
” އާނ.. ބޭބޭ.. މިހާރު ވަރަށް ދެރަވޭ އެގޮތަށް ކަންތައްކުރެވުނީތީ…. ލަދުވެސް ގަނޭ.. އެދުވަހަށްފަހު ނަމާދުތައް ބަރާބަރަށް ކުރަން.. އިރާދަ ކުރެއްވިއްޔާ ދެން، އެގޮތުގައި ދެމިހުންނާނަން.. ” އިދުރީސް ބެއްޔާއަށް، ޒޭބާ ޔަޤީންކަންދިނެވެ. ” ޒޭބާއަށް ހެޔޮ ވިސްނުނީތީ ބޭބެ ވަރަށް އުފާވެއްޖެ.. ދެން އިރާދަކުރެއްވިއްޔާ އެއްވެސް ކަމެއް ދިމާއެއްނުވާނެ.. ” ޒޭބާގެ ވާހަކަތައް އަޑުއަހަން އިން އިދުރީސްބެއްޔާ ބުނެލިއެވެ.
އެދުވަހުގެ ފަހުން ޒޭބާ، އޭނާގެ ދިރިއުޅުން އިސްލާހު ކުރިއެވެ. އޭނާގެ ޢުމުރުގައި ދެން ބާކީ އޮތް ދުވަސް ތަކުގައި، ވަރަށް އުފަލުގައި، ހިތްހަމަ ޖެހުމާއި އެކީގައި އުޅެމުންދިޔައެވެ. އޭގެ ފަހުން، އެއްވެސް ޖިންނިއެއްގެ އުނދަގުލެއް ޒޭބާއަކަށް ނުފޯރައެވެ.
*(ނިމުނީ)*
15 Comments!
Comments are closed.

Wow v rythi masha allah v ibraiytheri hama super
Varah salhi.adhi biruveri vaahaka eh mi site in genes dhehchey .n mi story in iburaih libi gannan jehey huri ha kudhin ves..
Thank you 🙂 Then kuriah iny biruveri vaahaka eh noon.. kuriah oi vaahakaky lobi.. majaa.. hithaama ekuleve vaaahakaeh. Mai ah heevany gina kiyuntherin enme kiyaa hiyy vany loabeege vaahaka hen
V reethi
Mai alhe minmaaleetha haadhadheraey v reethi
Then oii vahaka akee “saaraa” kiyaa vaahaka eh. Kuriah oii thanugaa mivaahaka ves genesdheveyne.. Mivaahakaiga loabi.. hithaama .. majaa .. category.. himanaifaa vaane..
V reethi
Reethi vaanehenheevanee loabi majaa hithaama mihurihaarahaeh mi vaahakaige himeney vaahaka mai thibunee v asarugadhakoh genesdheythi kiyamundhaair hama enme himanaarahves asrukuruvaafadha gothakah v inthizaaru ebakuran konirakuntha kiyalevey varuvaanee
Mai ge vaahakaehtha foruvifaivaa hageygaiy eee ehenmibunee mai kiyaakujjeh liyefain vaahakaeh ehenve ahaalee thi mai tho eee ehenkujjahkaves vedhaane v reethi vaahakaeh eves
Adhi evahaka genesdhen fudhey varakah gina dhuvas nagane. Ei dhigu vaahakaakah vaathy.. aan iraadha kureh viyya mi vahaka ves reethi vaane.. kuryga mai genesdheny vaahaka vaguthun liye gen kamah vaathy thankolheh udhagoo. Bxy koh ulheythy.. up eh ves nukohdhevey.. varah kuru koh up kurevenyves. Noon.. saaraa vahaka aky ves khiyaalee vahaaka eh. Ekamaku mihaaru anhen kudhinnah dhimaavaa eki kanthah thakuge machah bina koh saaraa vahaka mi liyany. Mi vahaka v dhigu koh genesdheveytho mi balany ..
v reethi iburaiytheri vaahakaeh.ekamaku zeybaage mamma akee konkahala anheneh? thibunaahaa dheenveri, heto visney, rangalhu maeh vejjeyaa engen vaane dho boduvefa huri anhen dhariaku ekani bahattaafa ehaa gina irah nudhaan. e kujjaa namaadhu nukuraathy biruveri kamakaa dhimaavy. ekam anhen dhariaku ekani huttaa bayaku vadhe rape kolla faanethy jehilumeh nuvey. ge inna hisaabun halheyh leviyas meehakah adeh nuiveyne…. biteh veddhiyas neyngeyne. dhen balive indhehjeyyaa kuvveri kuranvy dhari? dheenee kanthakah baaru elhumaky mai meehaage vaajibeh kan gaboolu kuran jehey. but allah havvaalu kuravvaafavaa amaanaatheh dharin naky. maehge vaajibves adhaa kureven vaanedho. over night ah dhaa kamah vanya govaigen dho dhaan vaanee. any ways this story is also awesome.
nice ekam sifa kurun tha ehaa riche nu
Kobaa tha 4th vana bai…
Masahkah kohlaifiyya adhi miahvuren reethi koh liyeveyne…ekamaku mi ves goahehnoon…try…trying nd practice makes u perfect
Very nice