Skip to content
އެސްފިޔަ

އެ ހުވަފެން ( 2ވަނަބައި )

******************

ކުރީގެ އަދަދާއި ގުޅޭ :

ހަވޭލީގެ ދޮރުހުޅުވާލާފައި ނުކުމެވުނުއިރު ހުރީ އޯކިޑްމާގޭ ބޭރަށް ނުކުމެވިފައެވެ. އޯކިޑްމާގެއަކީ އަހަރެން ނިސްބަތްވާ ރަށުގައި ހުންނަ ގެއެކެވެ. ބޭރު ބަލާލެވުނުއިރު އެތަށް ބައެއް އެތަނުގައި މަޑުކޮށްގެން ތިއްބެވެ. ހީވަނީ މަދަރުސާދޮށަށް ދަރިން ބަލައި އައިސް ތިބޭ ހެންނެވެ. އެމީހުންގެ ތެރެއިން އަހަރެންގެ މަންމަ ފެނުނެވެ. މަންމައަށް އަހަރެން ހަމަ ފެނުމާއެކު ކައިރިއަށް އައެވެ. މަންމަ ހުރީ އަހަރެން ބަލާ އައިހެވެ. އެތަނުގައި ތިބި އެހެން މީހުންވެސް ތިބީ އެމީހުންގެ ދަރިން ނުކުންނާނެ ވަގުތަކަށް އިންތިޒާރު ކޮށްލަކޮށްލައެވެ. މަންމަ އަވަސްއަވަހަށް އަހަރެން ގެއަށް ގެންގޮސްފިއެވެ. އޯކިޑްމާގެއާއި އަހަރެމެންގެއާ ވަރަށް ކައިރިވާނެއެވެ. ދެފިޔަވަޅު އަޅާއިރަށް ގެއަށް ދެވޭނެއޭ ބުންޏަސް ދޮގަކަށް ނުވާނެެއެވެ. އެހައިވެސް ކައިރިއެވެ.

****************

ގެއަށް އައިގޮތަށް، ކޮޓަރިއަށް ވަދެވުމާއެކު، މަންމަ ފެށީ އަހަރެންނާއި މަންމަގެ ބޭނުންވާ ސާމާނުތައް ފޮށިފޮއްޓަށް އަޅާށެވެ.   ޓީވީއިންނާއި ރޭޑިޔޯ އިން އެވާހަކަ ގޮވަމުން ގެންދެއެވެ. މަންމަ ހުރީ ވަރަށް ބޮޑަށް ހާސްވެފައިކަން މޫނުމަތިން އެނގެއެވެ. މަންމަ ކިޔަމުން ދިޔައީ، މިހާރު އަހަރެމެންނަށް މިޤައުމުގައި އުޅެވޭކަށް ނެތެވެ. މިކަންތައްގަނޑު ހަމަޖެހެންދެން ސިންގަޕޫރަށް ދަމާ ހިނގާށެވެ. މަންމަ މިހާރު ޓިކެޓުވެސް ނަގައިފީމެވެ.

އަހަރެން އިނީ ވެދިޔަ ކަންތައްތަކާމެދު ފިކުރުކުރާށެވެ. އެއީ ކޮންތަނެއްގެ ކޮންބައެއްކަމެއްވެސް އަހަންނަކަށް ނޭނގުނެވެ. ނަމަވެސް ހީވާގޮތުންނަމަ އެއީ ރާއްޖޭ ބައެއް ނޫނެވެ. އެބަޔަކު ތިބީވެސް ހަމައެކަނި ޖުމްހޫރީ މައިދާނުގައެވެ. ދެން ހަނދާންވީ ލިލިތު މަތިންނެވެ. އޭރު އޭނާއަކީ އަހަރެންގެ ވަރަށް ގާތް ރައްޓެއްސެކޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ކިލާހުގައި އުޅުނުއިރު އަހަރެމެން އުޅުނީ ހާދަ މަޖާކޮށެވެ. އެކި ޖޯކުކިޔައި ހީސަމާސާކުރުމުގައެވެ. އެކުވެރިވެ ގުޅިގެންނެވެ. ކިލާސް މެދުކަނޑާލާ ގަޑީގައި އަހަރެމެން ކައިއުޅުނީ އެއްތަށިންނެވެ. އޭރު އެއްވެސް ނުބައިސިފައެއް ލިލިތުގެ ކިބައަކުން ނުފެނެއެވެ. ލިލިތުއަށް މިހައި ބޮޑުބަދަލެއް އަންނަން  ޖެހުނު ސަބަބެއް އަހަންނަކަށް ފުރަަތަމަ ނުވިސްނުނެވެ. ދެން ހަނދާންވިއެވެ. ފަހުން ލިލިތު މަދަރުސާގައި ނޫޅެއެވެ. ހީވާގޮތުންނަމަ އޭނާގެ މައިންބަފައިން އޭނާ ރާއްޖޭން ބޭރަށް ގެންދިޔައީއެވެ. އެހެންވީމާ ވީގޮތެއްކަމަށްވެސް ވެދާނެއެވެ.

ދެން، އަހަރެން އެންމެ ހާސްވީ ބޯމަތިވަމުން އަންނަ އިމްތިހާނުގައި ބައިވެރިނުވެވިދާނެތީއެވެ. މިއިމްތިހާނަކީ އަހަންނަށް ވަރަށް މުހިންމު އިމްތިހާނެކެވެ. މިއިމްތިހާނުން ކާމިޔާބުވެއްޖެނަމަ، އަހަރެންގެ މުސްތަޤްބަލް ބިނާކޮށްދިނުމަށް އެހީތެރިވެދޭނެ އިމްތިހާނު ލިޔުމެއް ދޭނެއެވެ.

ހިތަށް އެރިއެވެ. ހުރިހާ ފޮތެއް ފޮއްޓަކަށް ނުވެސް އެޅޭނެއެވެ ރީތިވާ ސާމާނު ހުންްނަ މޭޒު ވަތްގަނޑު ހުޅުވާލާފައި އަހަރެންނަށް އެންމެ ދަސްނުކުރެވޭ، އެންމެ އުދަނގޫ ދެމާއްދާގެ ދެފޮތް ނަގާފައި ފޮއްޓަށް ވައްޓާލީމެވެ. ސިންގަޕޫރަށް ގޮސް ނަމަވެސް ކިޔާލެވޭތޯއެވެ. ހުރިހާ ސާމާނެއް އަޅައިނިމިގެން އަހަރެމެން ގެއިން ނުކުތީ ފޮށިތައް ހިފައިގެންނެވެ.

އެއާޕޯޓަށް ދެވޭތޯ އަހަރެމެން ވަރަށް މަސައްކަތް ކުރީމެވެ. ދެފަޔަށް ލެވުނުހާ ބާރެއްލާފައި ފިސާރި ހަލުވިކޮށް ހިނގީމެވެ. ނަމަވެސް ވަކި ހިސާބަކުން، އެމީހުން އަނެއްކާވެސް އަހަރެމެން ހިފެހެއްޓީއެވެ. އަހަރެމެން ހޯދި ގޮތެއްވެސް ނޭނގުނެވެ. ދެން އަހަރެމެންނަށް ތިބެވުނީ ހަމަ އެ ޖުމްހޫރީ މައިދާނުގައެވެ. ދުއްވައިގަނެވޭކަށް ވެސް ނެތެވެ. ދުވުނަސް މަރެވެ. ނުދުވުނަސް މަރެވެ. ވަށައިގެންވަނީ ކަޅު އަނދިރި ކަމެވެ. ހަމަހިމޭން ކަމެވެ. އެމީހުންވެސް އެތާ ތިއްބެވެ. އަދި ލިލިތުވެސް ހުއްޓެވެ. އެ މައިދާނުގައި އަހަރެމެންނާއި އެމީހުން ފިޔަވައި އިތުރު ބަޔަކުވެސް ނެތެވެ.

އަހަރެންނަށް ލިލިތުގެ މަކަރުވެރިކަން ވިސްނުނީ އަދި ކިރިޔާއެވެ. އޭނާ ހަވޭލީގައި ހުރީ ސަލާމަތްވާ މީހުންގެ ނަންލިޔެ ފާހަގަކުރުމަށެވެ. އެކަން އެމީހުންގެ ވާހަކައިން އެނގުނެވެ. އޭނާ، އަހަރެންގެ ނަންވެސް ލިޔުނީތާއެވެ. އެހެންކަމުން، އެ ހަވޭލިން ފިލައިގެން ދިޔަ އެއްވެސް މީހަކަށް ސަލާމަތެއް ނެތްކަން އަހަންނަށް އެނގުނެވެ. އެމީހުންވެސް އަދި އަތުލައިގަންނާނެތާއެވެ. ހަމަ އެކަކަށް ވެސް ސަލާމަތެއް ނެތެވެ. ފިލައިގެން ދިޔަޔަސް ހޯދާނެއެވެ.

އެހެން ތިބެފައި އެތަނުން މީހަކު މަންމަ ގަޔަށް ބަޑިޖެހުމަށް އަމާޒުކުރިއެވެ. ލިލިތުވެސް ހުރީ އެކަންތައް ކުރުވާށެވެ. ބޭއިޚްތިޔާރުުގައި، އަހަރެންނަށް ހިފަހައްޓާލެވުނީ ދިއްކޮށްފައި ހުރި ބަޑީގެ ދިގު “ބެރެލް” ގައެވެ. އަހަރެން އެހެންހެދުމުން ބަޑި ހިފައިގެން ހުރި މީހާގެ ގާތަށް އައީ ރުޅިއެވެ. ބަޑި ޖަހާގޮތް އޭނާ ދައްކާލުމުން އަހަރެން އެެއިން އަތް ދޫކޮށްލީމެވެ. ނަމަވެސް އަހަރެން ބަލަން ހުއްޓައި މަންމަ ނިމިގެންދާތަން ބަލަން ހުރުމަކީ ކެތްކުރެވޭވަރުގެ ކަމެއް ނޫނެވެ. މަންމައާއި ވީހައިވެސް ކައިރީގައި މަންމަގެ ގައިގައިި ހިފަހައްޓާލައިގެން އަހަރެން ހުރީމެވެ. މަންމަވެސް ހުރީ ދެންް ސަލާމަތްނުވާނެކަން އެނގޭ ޙާލުގައި ވަރަށް ބޮޑަށް މާޔޫސްވެފައެވެ.

ދެން އެމީހުން ބަޑިޖަހައިފާނެހެން ހަމަ ހީވުމުން އަހަރެމެން ތިބީ ނޭވާހިފަހައްޓާލައިގެން ހިތްނަގައި އަތްމައްޗަށް ލައިގެން ތުރުތުރު އަޅާ ހާލުގައެވެ. ބަޑި ޖަހާނެހެން ހީވާފަހަރުފަހަރު ދެލޯވެސް މަރަމެވެ. ބަޑިހިފައިގެން ހުރި މީހާ ބަޑި ރަނގަޅަށް ހެޔޮވަރުކޮށްލުމަށްފަހު ޖެހިއެވެ. ބަޑިން ނިކުތް ވަޒަން ދަތުރުކޮށްފައި ދިޔައީ މަންމައާ ދިމާއަށެވެ.

ކުއްލިއަކަށް އަހަންނަށް ދެލޯ ހުޅުވާލެވުނެވެ. ރަނގަޅަށް ވިސްނާލެވުނުއިރު އޮވެވުނީ އެނދުމަތީ ގައެވެ. ފެންނަމުން އެދިޔައީ ހުވަފެނެއްކަން އެނގުނީ ދެނެވެ. އެނދުމަތިން ތެދުވެ ރަނގަޅަށް ހަމަޖެހިލައި އިށީދެލުމަށްފަހު ހުވަފެނާއި މެދު ވިސްނާލީމެވެ.

ނޮވެމްބަރ 3 ގައި ދިމާވި ހާދިސާތައްފަދަ ހުވަފެނެކެވެ. އެކަމަކު ތަފާތެވެ. ފެންނަމުންދިޔައީ އޭރުގެ ނޮވެމްބަރު 3ގެ މާފަހެވެ. ހުސެން އާދަމް ބިލްޑިންގް އެތާހުންނާނީ އެހެންވީމާ ތާއެވެ. އަދި ބަންޑާރަކޮއްޓާއި ހުސެންއާދަމް ބިލްޑިންއާ ދިމާލުގައި ސިފައިންނާއި ފުލުހުން ނެތުމަކީ މިހާރު ވާނޭކަމެއް ނޫނެވެ. އޭގެއިތުރުން ޓެކްނޮލޮޖީގެ ދުނިޔެ މިހާރު ކުރިއަރައިގެން ގޮސްފައިވާ ހިސާބަށް ބަލާނަމަ ކަމެއް ގޯސްކޮށްވާނަމަ އެމީހުންނަށް އޮންނާނީ މާކުރިން އެނގިފައެވެ.

ލިލިތުގެ ގޮތުގައި ފެނުނު ސައުތުކޮރެއާ އަންހެންމީހާއަކީ ހަޤީޤަތުގައި އަހަރެންގެ ކިލާހު ކުއްޖެއްވެސް ނޫނެެވެ. އެހެންކިޔާ ކުއްޖެއް އަހަރެންގެ ކިލާހަކު ކުރިއަކުވެސް އަދި މިހާރަކުވެސް ނުހުންނާނެއެވެ. ހުރިހާވެސް ކަަމަކީ އެ ކޮރެއަން ޑްރާމާ ސީރީޒްތަކުގެެ ކަންތަކެވެ. “ސިޓީ ހަންޓަރ” އާއި “ފެއިތް-ދަ ގްރޭޓް ޑޮކްޓަރ” އާއި “ޑެސެންޑެންޓްސް އޮފް ދަ ސަން” ބެލީމާ ވީގޮތެކެވެ. އެސީރީޒްތަކުގެ ތެރެއަށް އަހަންނަށް ވަދެވިފައި ހުރީ މާބޮޑަށެވެ.

ހަޤީޤަތުގައި ލިލިތު އަކީވެސް އެތަނުން ސީރީޒްއެއްގައި އުޅޭ ފިލްމުކުޅުންތެރިއެކެވެ. ލިލިތުގެ ގޮތުގައި އަހަންނަށް ފެންނަމުން ދިޔައީ އެއަންހެންމީހާއެވެ. އެއަންހެންމީހާ ކުޅޭ ރޯލަކީ ލިލިތުގެ ރޯލާއި އެއްވެސް ގުޅުމެއް ހުރި އެއްޗެއް ނޫނެވެ. އަދި އޭނާ އަށް ކިޔަނީ ވެސް ލިލިތްއެއް ނޫނެވެ.

އަހަރެންގެ މަންމަގެ ގޮތުގައިވެސް ފެނުނު މީހަކީވެސް އަހަރެންގެ މަންމައެއްނޫނެވެ. ހުވަފެނުގައި ފެނުނީ އަހަރެންގެ އަސްލު މަންމަ އަށްވުރެ ޒުވާން، ތަފާތުއާ މޫނެކެވެ.

ނަމަވެސް ބުނެ އުޅެއެވެ. ހުވަފެނަކީ ބިލާހެއް ނޫނެވެ. ހުވަފެން ފެންނަނީ ތިމާއާއި، ތިމާގެ ވަށައިގެން ހިނގާ ކަންތައްތަކުގެ މައްޗަށް ބިނާކޮށެވެ. އެހެންވީމާ އެހުވަފެނަކީ ވެސް ބިލާހެއްނޫންތާއެވެ. އެ ހުވަފެން ފެނުނީ އަހަރެން ކުރި ކަންތައްތަކެއްގެ މައްޗަށް ބިނާކޮށް ކަމަށްވާތީއެވެ.

***ނިމުނީ***

Comments (23)

  1. Toin

    V salhi

  2. haamidh

    nice masha allah ?

  3. Qeen

    Mai asluves vv reethi haadha avahaka thininmaalee

  4. Mai

    Thank you all. Miee alhugandu liyunu furathama vahaka ah vaathee mivaahaka genesdhen visnafa innanee varah kurukoh. Kiyuntherinnah mivaahaka reethiveethee varah ufaa vejje 🙂

  5. Inee

    Miee mivaahakaage furathama partutha

    1. Mai
      Inee

      Noon.. inee.. mi ee dhevana part

  6. ފޫހި

    Mi dhen koncheh..?

    1. someone
      ފޫހި

      dhw v hadi mi vaahaka kiyaa hithe ves ney….

  7. yoosuf

    Mee vaahaka liyaa meehuhnah huthuru aruvaafa ehnu…

  8. Mai

    Liyunu iru ves huriha kiyuntherinnah mi vaahaka kamu nugos faane kan engey. Ei eki kiyuntheri vaaahaka aa medhu eki gothah dekeynethy. Faharegga mi vahakaige gothun kamah ves vedhane. Adhi miee alhu gandu alah liyunu enme furathama vaahaka kamah vaathee furihama vaahaka akah nuvumakee ekasheegenvaa kameh.

  9. Inee

    Mai ge furathama vaahakaves v reethi thigothuga kuriyah dhaathi

    1. Mai
      Inee

      Iraadha kurehviyya hama migothugaa kuriah dhaanan. Inee ah ves mivaahaka reethi veethee varah ufaakuran. Ithuru, aa vaahaka eh varah avahah upload vaane.

    2. Mai
      Inee

      🙂

  10. Maavee

    V reethi vaahakaehmee mai ge biruveri vaahaka eh kiyaalanlibeynetho konmekiyuntheriyakuves liyuntheriyaa ah ihuthiraamkuramaa aharamennakee ekakuanekakah ihuthiraamkuramaabayakah vamaatho ehenmeehunge ihusaastha dhannabayakah vamaatho

    1. Mai
      Maavee

      Neygi ves dhen upload kohfa innaanee thiya kiyuntheriyaa beynunvaa fadha biruveri vaahaka eh. Evaahaka kamudhane kamah hykuran. 🙂

  11. Mai

    Hey.. Mai ge full name bunedhiyfaanan tha? Furathama vaahakayaa balaafa v reethi… Keep it up!!! U can do it!!

    1. Mai
      Mai

      Thee ves Mai kiyaa kuhjjeh dho. Sorry but Mai ge aslu nan liyan mai ehaa beynun nuvaathy egothah eyny.

    2. Mai
      Mai

      Hmmm… Mi mai ah kiyaniy maishara…. Ok. Ehama ahaaliy… Gud luck mai!

  12. Mai

    Inee, Maavee adhi Mai thi dhin hiyyvarah varah bodah shukuruveri vann. Kiyuntheringe khiyaalah abadhuves maruhabaa kiyanan. Adhi ves kuriyah oii thanuga ithuru vahaka thah genesdheveyne. Abadhu ves kuree vahaka ah vure dhen genesdhen oi vaahaka furihama koh genesdheveytho alhugadu masahkai kuraanan.

  13. raf

    nice

  14. Michael

    Nice

  15. Arubaan

    Nice

  16. Ayesher

    Not bad….

Comments are closed.