Skip to content
އެސްފިޔަ

ނާމާން 2

(ކުރީގެ ޢަދަދާއި ގުޅޭ)

“ނޭނގެ.. އެކަމަކު ފާޑެއްގެ އެއްޗެއް.. އެއީ.. އެއީ އިންސާނެއްނޫން.. މަންމާ.. އެ އެތި ބުނީ އަދި އަންނާނަމޯ..” ވަރަށް ބިރުން ހުރެ ޒޭބާ ބުނެލިއެވެ. “ދަރިފުޅާ ބިރުނުގަނޭ.. ދަރިފުޅު ކައިރީގައި މަންމަވެސް މިހިރީ އެއްނު.. މަންމަ ހުއްޓައި އެއަށް އަންނާކަށް ނުކެރޭނެ.” ޒޭބާ ހުރި ޙާލު ފެނި، ޒުބޭދާ އެވަގުތު މަސައްކަތް ކުރީ ޒޭބާ ހިތްހަމަޖައްސައިދެވޭތޯއެވެ.

ދެން އިތުރު ސުވާލެއް ކުރަން ޒުބޭދާ ނުކުރުމުން ވާހަކަތައް އަމިއްލައަށް ކިޔައިދޭން ފެއްޓީ ޒޭބާއެވެ. ޒުބޭދާ ހަމަހިމޭންކަމާއެކު އިނީ އަޑުއަހާށެވެ.

** އޭގެ 14 ގަޑިއިރު ކުރި **

“ދަރިފުޅާ.. މަންމަ ދެން ދަނީ އިނގޭ..” ޒުބޭދާ ބަލައިލީ ޒޭބާއާ ދިމައެވެ. އޭރު ޒޭބާ އިނީ ފޯނާއި ގުޅާފައި ހުރި ހެޑްސެޓްގެ ވާގަޑު ކަންފަތަށް ޖަހައިގެން ފޯނާއި ކުޅޭށެވެ. ނަމަވެސް މަންމަ އޭނާއާ ދިމަ ބަލާލިކަން އިހްސާސްވުމުން ކަންފަތުގައި އޮތް ވާގަނޑު ނަގައި، ފޯނާއެކު އެނދުމަތީގައި ބޭއްވިއެވެ. މަންމަ ފަހަތުން ދިއުމަށްޓަކައި އޭނާވެސް ހިނގައިގަތެވެ.

” މަންމަ އަންނާނަން ވަރަށް އަވަހަށް އެއެއްޗެހިތައް ގަނެލައިގެން އިނގޭ. އެކަމަކު ފަހަރެއްގައި ނުލިބޭގޮތް ވެއްޖިއްޔާ ލަސްވެސްވެދާނެ. އައިސްއަލަމާރީގައި ހުންނާނެ ކާއެއްޗެހި. މޭޒުމަތީގަވެސް. ބަނޑުހައިވެއްޖިއްޔާ އެތަނުން އެއްޗެއް ނަގައިގެން ކާލާ.. ” ގެއިން ނުކުންނަމުން ޒުބޭދާ ވާހަކަދެއްކީ ޒޭބާއާއެވެ. ބޮލުގެ އިޝާރާތުން ޒޭބާ އާއެކޭ ބުނެލިއެވެ.

ގޭގެ ވަށައިގެން ހެދިފައިވާ ބޯގަސްތަކުގެ ތެރެއިން ދެވެން އޮންނަ މަގުން ކުރިއަށް ދިއުމަށް، ޒުބޭދާ ހިނގައިގަތެވެ. ޒުބޭދާ ދިއުމުން ޒޭބާ ވަނީ ގޭތެރެއަށެވެ. އަނެއްކާވެސް އެނދުމަތީގައި އިށީނދެއިދެގެން ފޯނާއި ކުޅެން ފެށިއެވެ.  އަދި އޭނާ ގެންގުޅުނު ހެޑްސެޓްގެ ވާގަނޑު ފޯނާއި ވަކިކޮއްލާފައި އެނދުމަތީގައި ބޭއްވިއެވެ.

ފޯނުގެ މަސްތުގައި ޖެހިފައި އިން ޒޭބާ ދިޔައީ، އޭގެ އެކި ފިތްތަކަށް ފިތަމުންނެވެ. އިންޓަރނެޓަށް ވަދެ އެކި ސައިޓްތައް ބަލައި، ފޭސްބުކްވެސް ހާވަމުންނެވެ. އެކިކަންކަމާއި، އެކި ތަންތަނާއި ގުޅޭ ތަފާތު އެކިއެކި ޚަބަރުތަކާއި މަޢުލޫމާތުތައް ޒޭބާއަށް ފެންނަމުންދިޔައެވެ. އެހުރިހާ އެއްޗެއް ފެނި، ޒޭބާ އިންނަނީ އާޝޯޚުވެފައެވެ. އެއާއި ގުޅޭ އިތުރު ޚަބަރުތަކާއި މަޢުލޫމާތުތައް ހޯދުމަށްޓަކައި އިތުރު ވެބްސައިޓްތަކަށްވެސް ވަންނަމުންދިޔައެވެ. އަދި ބޭނުންވާ އެހެނިހެން ކަންތައްތަކާއި ބެހޭ މަޢުލޫމާތު ހޯދުމަށްޓަކައި ގޫގުލް ސާރޗްގައި ލިޔެ ހޯދަމުންދިޔައެވެ.

” ހުއް!!… އެ ކެނޑުނީ ކަނެކްޝަން.. އެވެސް ކެނޑޭންވާނީ އޮންނަ އެންމެ ނުބައި ވަގުތު.. ދާންވީ ފެންބޯން.. މިތާ ކިތަންމެ އިރަކު އިނަސް ދެން ކަނެކްޝަން ލިބޭނެހެނެއް ހިޔެއް ނުވޭ.. ” ކުއްލިއަކަށް އިންޓަރނެޓް ކަނޑައިގެން ދިއުމުން ޒޭބާ ކުދިކިޔަން ފެށިއެވެ.

ފެންބޯން ދިއުމަށްޓަކައި ޒޭބާއަށް ބަލައިލެވުނު ވަގުތު އޭނާގެ ދެލޯ ބޮޑުވެގެންދިޔައެވެ. ” ޔާރައްބީ…. މިއީ ކޮންހައި ދުމެއްތަ؟.. އަޅެ.. ގޭގޭ ދޮރުވެސް އެހެރީ ނުލައްޕާ.. ” ބޭއިޚްތިޔާރުގައި ޒޭބާއަށް ބުނެވުނެވެ. އޭރު މުޅި ގޭތެރޭގައި ވައްތަރެއްގެ ހުދު ދުމެއް ފެތުރެމުން ދިޔައެވެ. އެ ދުންތައް އަންނަނީ ގޭގެ ބޭރު ދޮރުން ވަދެގެންނެވެ.

އެމަންޒަރު ފެނުމުން އިންތަނުން ގުޑިލާކަށްވެސް ޒޭބާއަކަށް ނުކެރުނެވެ. އެނދުމަތީ އަޅާފައި އިން ފޮތިގަނޑުގައި ފިސާރި ބާރަށް ދެއަތުން ހިފަހައްޓައިގެން ޒޭބާއިނެވެ.

ދުންތައް ފެތުރި، ގިނަވަމުންގޮސް، އޭގެ ތެރެއިން ސޫރައެއް ފާޅުވިއެވެ. މިމަންޒަރު ބަލަން އިން ޒޭބާ ތުރުތުރުވެސް އަޅަން ފެށިއެވެ. ” މީކޮންފަދަ ކަންތައްގަނޑެއްބާ؟ ” އެވަގުތު ޒޭބާގެ ހިތަށްއަރަމުން ދިޔައެވެ.

އެސޫރާގައި ހުރި އެތި ހުރީ ވައްތަރެއްގެ އަޅި ކުލައަކުއެވެ. އޭތި އެނބުރެލީ ޒޭބާއާއި ދިމާއަށެވެ. ” އޭނީ ޚަތިމު.. ނަސީބެއްނު.. ” ލޮލުގެ އެއްކަނަކުން ބަލާލުމުން، އެނދުގެ އެއްފަރާތެއްގައި ބާއްވާފައި އޮތް ޤުރްޢާން ޚަތިމު ފެނުމުން، ޒޭބާގެ ހިތަށް އެރިއެވެ. ދެން އަނެއްކާވެސް ބަލާލެވުނުއިރު، އެއެތި ޒޭބާއާއި ދިމާއަށް އަންނަނީއެވެ.

ކުއްލިއަކަށް ފުއްމައިގަނެފައި، އެނދުގައި އޮތް ޚަތިމު ޒޭބާއަށް ނެގުނީ ހަމަ ކިރިޔާއެވެ. އޭރު އެއެތި ހުރީ ވައިސޫރިއެއްހެން އައިސް ޒޭބާއާ ވަރަށް ކައިރީގައެވެ. އިތުރަށް ވަގުތުބޭކާރުނުކޮށް، ޒޭބާ އަވަސްއަވަހަށް ޚަތިމު ހުޅުވާލިއެވެ. ” ކޮބާ މީގައި ހުރި ހުރިހާ އަކުރުތައް.. ދެން ކިހިނެއް ކިޔަވާނީވެސް.. ” އެންމެ އަކުރެއްވެސް ޚަތިމުގެ ގަނޑުތަކުގައި ފެންނަން ނެތުމުން ޒޭބާ ހަދާނެގޮތް ހުސްވިއެވެ.

* * * * * * * * * *

” ކީ..ކީހް.. ކީކޭ؟.. ޚަތިމުގައި ހަމަ އެންމެ އަކުރެއްވެސް ނެތިއްޔޭ؟.. ސުބްޙާނަﷲ.. ” ޒޭބާ އެހެންބުނުމުން، ޒުބޭދާވެސް ބިރުގަތެވެ.

އެހިސާބަށް ވާހަކަ ދިއުމުން ޒުބޭދާއަށް މަޑުންނެއް ނީދެވުނެވެ. ޒޭބާ ހަމަ އެހެން ބުނުމާއެކު، އެތާ ހަރުކޮށްފައިހުރި ދަގަޑުގެ މަތީގައި އޮތް ތުވާލި ހިފައިގެން ފާޚާނާއަށްވަދެ ވުޟޫ ކޮށްލައިގެން ޒުބޭދާ ނުކުތެވެ. ނިކުތްގޮތަށް އެނދުމަތީގައި އޮތް އެޚަތިމު ހުޅުވާފައި ގަނޑުތައް އެއްކޮޅުން އަނެއްކޮޅަށް އުކަން ފެށިއެވެ. ” އެބުނާހެން.. ހަމަ އެންމެ އަކުރެއް ވެސް ނެތް.. ” ޒުބޭދާއަށް ބުނެވުނެވެ.

“ނޫން.. ނޫން.. ” ކުއްލިއަކަށް ޒުބޭދާ ކަމެއް ހަނދާންވިއެވެ. އައިސްއަލަމާރި ކައިރީގައި ހުރި ކަބެޑު ކައިރިއަށް ޒުބޭދާ ދިޔައެވެ. ” މަ.. މަންމާ.. މަންމަވެސް ބިރުގަތީތަ؟.. ” ޒުބޭދާ ކުއްލިއަކަށް އެތަނުން ތެދުވެގެން އެދިޔައީ ބިރުން ކަމަށް ހީވުމުން، ޒޭބާވެސް ކަރުއެލޭގޮތްވިއެވެ. ޒޭބާގެ އެސުވާލަށް ޒުބޭދާގެ ފަރާތުން އެއްވެސް ޖަވާބެއްނައެވެ. އޭގެ ބަދަލުގައި، ކަބެޑުގައި ހުރި ފޮތްތައް، ޒުބޭދާ ހާވަމުންދިޔައެވެ.

” މިއޮތީ ޚަތިމު.. ” އެތަނުން ފުދޭވަރެއްގެ ބޮޑުފޮތެއް ޒުބޭދާ ނަގައިފައި، އޭގެ ގަނޑުތައް ޒުބޭދާ ބަލައިލިއެވެ. ” ޒޭބާއަށް ނެގުނީ އަސްލު ޚަތިމެއްނޫން.. އެއީ މީގެ ތިންމަސްކުރިން ސީމާ ދިން ފޮތެއް.. ބޭރުފުށުން ބަލާލާއިރު އެއީ ޚަތިމެއްހެންވެސް ހީވެދާނެ. އެއީ އޭގެ ބޭރުންލާފައި އިންނަ ބޯހަންގަނޑު ހަމަ އެގޮތަށް އިންނާތީ.. ޒޭބާ އަކީ ކުލަޖައްސާ ލިޔެ ކުރަހާ ހަދާ ކުއްޖެއް. ސީމާ އެފޮތް މަންމައަށް ދިނީ އެހެންވެ. ސީމާ ބުނީ އެއީ ނޭނގި، ޚަތިމެއް ކަމަށް ހީކޮށް ގަނެވިފަ އިން ފޮތެކޯ. އެތެރޭގެ އެއްވެސް ގަނޑަކު އަކުރުތައް ޗާޕްވެފައެއްނެތޯ… މަންމަ މިހުރީ ހަނދާންވެސް އެވާހަކަ ބުނަން ހަނދާން ވެސް ނެތެފަ.. އެކަމަކު މަންމަ ހީކުރީ ޒޭބާ  މިހާރު ހުންނާނީ އެފޮތް ބަލައިގެންކަމަށް.. އެނދުމަތީބޭއްވީވެސް އެހެންވެއޭ.. ޒޭބާ.. އެކަމަކުވާދޯ.. ތިބުނީ ދޮރުވެސް ހުޅުވާފައޭ ހުރީ.. އޭރު ނުވެސް ލައްޕަންދޯ؟.. މަންމަ އަބަދުވެސް ބުނަމެއްނު ބިސްމި ކިޔާފައި ދޮރު ލައްޕާށޭ.. ބިސްމި ކިޔުމަކީ ރައްކާތެރިކަން ލިބޭކަމެކޭ.. ގައިމު، ބިސްމި ކިޔާފަ ދޮރުލެއްޕިނަމަ، އެދޮރުން، އެއެއް ނުވަންނާނެދޯ.. މަންމަ ދެންކިހިނެއް ޒޭބާއަށް ނަސޭހަތްދޭނީ.. ޒޭބާވެސް ތިއީ މިހާރުބޮޑު ކުއްޖެއް.. ބުނީމަ ބުނާގޮތް ނުހަދާވަރުގެ ކުޑަކުއްޖެއް ނޫން.. ” ޚަތިމަށްވީގޮތް އޮޅުންފިލައި، ޒޭބާކަންތައް ކުރިގޮތް އެނގުމުން ޒުބޭދާގާތަށް ރުޅިއަންނަގޮތްވިއެވެ.

“ހޫން.. ދެންކިޔާބަލަ.. ” އަދިވެސް ވީގޮތް އޮޅުންފިލުވުމުގެ ގޮތުން ޒުބޭދާ ބުނެލިއެވެ.

(ނުނިމޭ)

Comments (14)

  1. axoo

    Haadha kurukoh genesdhiny thi… thankolheh dhigu kohlahchey next part.. mi part salhi.. waiting.. eha lahun up kuraathy first part handhaN nethey goi vey … anyways waiting..story is nice

  2. kaaai

    too short

  3. iffa

    Ehaa ginadhuvas kohffa genai episode ves ehaa kuru . Mivarun dhanya kiya hithvaanetha .. But reethi ingea varah.. Nrxt partvdhigu kohllHchea.. V v inthixaaru kurevea biruveri vaahaka aka. Ok…

  4. Khajja

    V v v rythi n ibraiytheri but thankolheh kury nxt part kon irakun

  5. reem

    Mi vaahaka,haadha kurey

  6. Naurif

    Haadha salhi ey mi part ehen part akah inthizaaru kuraanan

  7. Maree

    Vv reethi vaahaka eh

  8. bad

    huh… seriously…..

  9. Anonymous

    vvv reethi

  10. Maavee

    v reethi mai thankolhe kuru

  11. Maavee

    Asluvedhaane evarahakiyaahithun hureemajamaves

  12. Shi

    V teething vaahakei ekam haadha kurukoh thi genes dhinee.. anyways next part dhigu vaanei kamah umeedhu kuran

  13. nafeesaa

    2 part genesdhin iruves adhi thiulheny rangalhah story nufeshigen. sifa kurun evves varakah naadhe. mi vaahakaiga ulhey kujjaa image kollanves neynge. ehen e vany maa kuru vymahen heevany. feshun goaheh noon.

  14. rauu

    salhi dhn….

Comments are closed.