Skip to content
އެސްފިޔަ

ނާމާން 1

( މިވާހަކައަކީ ކިޔުންތެރިންނާއި ހިސާބަށް އަޅުގަނޑު ގެނެސްދޭ ދެވަނަ ވާހަކައެވެ. މިވާހަކައަކީ ބިރުވެރި އަދި ޚިޔާލީ ވާހަކައެއް ނަމަވެސް ވިސްނައި ފިކުރުކުރާ މީހުންނަށް ހުރި ޢިބްރަތެކެވެ. )

…………………………..

ގޭގެ ދޮރު ހުޅުވާލާފައި ޒުބޭދާ އެތެރެއަށް ވަނެވެ. ވަތްގޮތަށް އޭނާ ބަލާލީ ޒޭބާ ކޮބައިތޯއެވެ. ޒުބޭދާގެ އަތުގައި އޮތް، ފިޔާ ކޮތަޅާއި މިރުސް ކޮތަޅު ދޫވީ އެވަގުތުއެވެ. ދެލޯބޮޑުވެ، މުޅިގައި އެއްކޮށް ތުރުތުރުއަޅައި، އަދި ހުއްޓުމެއްވެސް އަރާފައި އިން ޒޭބާ ފެނުމުންނެވެ. ކޮންމެވެސް ބޮޑުކަމެއް ވެއްޖެކަން ޒުބޭދާއަށް ދެނެގަނެވުނެވެ.

” އަނހާ މަގޭ ދަރިފުޅާ .. އޭ ދަރިފުޅާ .. ދަރިފުޅާ.. އޭތް .. އޭތް.. ކިހިނެއްވެފައި ތީނީ.. އަނެއްކާ ހުންއައީތަ؟.. މަންމައާ ވާހަކަދައްކަބަލަ.. އަނގައިން ބުނެބަލަ.. އޭތް.. ” ޒޭބާއަށް ދެފަހަރަކު ގޮވައިލުމުންވެސް ޖަވާބުނުދިނުމުން ޒޭބާގެ ކޮލުގައި އަތުން މަޑުމަޑުން ޖަހައިލަމުން ޒުބޭދާ މަސައްކަތްކުރީ ޒޭބާ ލައްވައި އެއްޗެއް ބުނުވޭތޯއެވެ. ޒޭބާއަށް އިނީ އަދިވެސް ފާޑެއްގެ ހުއްޓުމެއް އަރައިފައެވެ. ޒޭބާ އިންގޮތުން ޒުބޭދާ ބިރުވެސްގަތެވެ.

“ދަރިފުޅާ.. މަންމައާ ވާހަކަ ނުދައްކަންޏާ މަންމައަކަށް ނޭނގޭނެ ދަރިފުޅަށް އެހީއެއް ވާކަށްވެސް.. މަންމަ ގާތުގައިވެސް ބުނީމާ މަންމައަށް ވެސް އެނގޭނީ..” މިފަހަރު ޒުބޭދާ، ޒޭބާގެ ދެކޮނޑުގައި ހިފާފައި ވަރަށް ބާރަށް ތަޅުވައިގަތެވެ.

ޒޭބާއަށް ހޭވެރިކަންވީ ދެނެވެ. ހުއްޓުންއަރާފައި އިންގޮތް ކެނޑި މަންމައާ ދިމާއަށް ބަލާލިއެވެ. އޭރު އޭނާގެ ދެލޮލުން ހޯސްލާފައި ކަރުނަތައް ފައިބައެވެ. “މަ ..މަ.. މަންން.. މާހްހް..” ޒޭބާ އެއްޗެއް ބުނަން އުޅުނު ނަމަވެސް އަޑު ހުރީ ބެދިފައެވެ.

ޒޭބާ ރޯތަން ބަލަން ހުރި ޒުބޭދާ އަކަށް ކެތެއް ނުވިއެވެ. އޭނާގެ ދަރިފުޅު ގެނެސް މޭގައި ލައްކޮށްލެވުނެވެ. އުމުރުން 19 އަހަރުގެ ޒޭބާ ކުޑަކުއްޖެއް ފަދައިން ހަމަރޮނީއެވެ. ޒުބޭދާ ކެތްތެރިކަމާއެކު މަޑުކުރީ ޒޭބާގެ އެ ރުއިން ހުއްޓެންދެންނެވެ.  އެވަގުތު އެއްވެސް ސުވާލެއް ކުރިއަސް އޭގެ ޖަވާބު ނުލިބޭނެކަންވެސް އޭނާއަށް އެނގުނެވެ.

އެތައް ވަގުތުތަކަކަށްފަހު ޒޭބާގެ ރުއިން ހުއްޓުނެވެ. ޒޭބާގެ ދެލޯ، ޒުބޭދާ އޭނާގެ އަތުން ފޮހެލައިދިނެވެ. އަދި ދަރިފުޅުގެ ބުރަކަށީގައި މަޑުމަޑުން ފިރުމަންފެށިއެވެ.

“މަންމާ.. އެ އެތި.. އެ އެތި އަތުވެދާނެ… މަންމާ.. އަހަރެން.. އަހަރެން ވަރަށް ބިރުގަނޭ..” އެންމެފަހުން ޒޭބާއަށް ވާހަކަ ދެއްކޭގޮތްވިއެވެ. “ކޯޗެއްތަ ދަރިފުޅާ؟.. މަންމަ ގާތު ނިކަން ބުނެބަލަ..” ޒުބޭދާ މަސައްކަތް ކުރީ  އެވީގޮތް ކޮންމެވެސް ވަރަކަށް އޮޅުންފިލުވާށެވެ.

“ނޭނގެ.. އެކަމަކު ފާޑެއްގެ އެއްޗެއް.. އެއީ.. އެއީ އިންސާނެއްނޫން.. މަންމާ.. އެ އެތި ބުނީ އަދި އަންނާނަމޯ..” ވަރަށް ބިރުން ހުރެ ޒޭބާ ބުނެލިއެވެ. “ދަރިފުޅާ ބިރުނުގަނޭ.. ދަރިފުޅު ކައިރީގައި މަންމަވެސް މިހިރީ އެއްނު.. މަންމަ ހުއްޓައި އެއަށް އަންނާކަށް ނުކެރޭނެ.” ޒޭބާ ހުރި ޙާލު ފެނިފައި، ޒުބޭދާ އެވަގުތު މަސައްކަތް ކުރީ ޒޭބާ ހިތްހަމަޖައްސައިދެވޭތޯއެވެ.

ދެން އިތުރު ސުވާލެއް ޒުބޭދާ ނުކުރުމުން، ވާހަކަތައް އަމިއްލައަށް ކިޔައިދޭން ފެއްޓީ ޒޭބާއެވެ. ޒުބޭދާ ހަމަހިމޭންކަމާއެކު އިނީ އަޑުއަހާށެވެ.

** އޭގެ 14 ގަޑިއިރު ކުރި **

“ދަރިފުޅާ.. މަންމަ ދެން ދަނީ އިނގޭ..” ޒުބޭދާ ބަލައިލީ ޒޭބާއާ ދިމައެވެ. އޭރު ޒޭބާ އިނީ ފޯނާއި ގުޅާފައި ހުރި ހެޑްސެޓްގެ ވާގަޑު ކަންފަތަށް ޖަހައިގެން ފޯނާއި ކުޅޭށެވެ. ނަމަވެސް މަންމަ އޭނާއާ ދިމަ ބަލާލިކަން އިހްސާސްވުމުން ކަންފަތުގައި އޮތް ވާގަނޑު ނަގައި، ފޯނާއެކު އެނދުމަތީގައި ބޭއްވިއެވެ. މަންމަ ފަހަތުން ދިއުމަށްޓަކައި އޭނާވެސް ހިނގައިގަތެވެ.

(ނުނިމޭ)

Comments (35)

  1. raf

    mi vaahaka v salhi vaane kama unmeedu kuran…v salhi mi part…

  2. raf

    ekam haada kurey mi part

    1. Mai
      raf

      Iraadha kureh viyya mivaahaka akee reethi vaahaka akah vaane. Mai thankolheh bxy koh ulheythy nuliyeveny. Ekamaku hama hithah ery kuruviyas mivahaka genesdhen fattanamey.

    2. Mai
      raf

      Kuree vahaka ekey ehfadha in mivahaka ves kuru vaahaka akah vumaky ekasheegen vaakameh. Ekamah takaa kiyuntheringe kibain maaafah edhen. Ehn nama ves.. Iraadha kurehviyya alhugadu genesdheyne thinvana vaahaka genesdheveynee varah dhigu vaahaka eh gothuga 🙂

  3. lai

    Ha ha haa haadha kuray. Akamaku mi vaahaka reethi vaane kama unmeedhu kuran. Konme dhuvahaku ves up vaanetha.

    1. Mai
      lai

      Konme dhuvahaku up nukurevumaky ekasheegen vaa kameh. Vaguthu veevarakun up koh dheveytho balaanan

  4. raf

    miii mai ge 2nd vaahaka dhw kurige vaahaka akee e huvafen kaney ge am i correct….evaahaka ah vure mivaahaka kiyaahivey….unmeedukuran kuriah huri baitha biruveri vaanekama…:)

    1. Mai
      raf

      Thi bunee hama rangalhah.
      Mai ah ves hyvany ehen . Mndf meehunnai polihunn kanyge “e huvafen” evahaka bodah kiyaa hiyy vaanee .. dho Raf.. hehehe..

      Mi balany hama veehai ves biru verikoh genesdheveytho

    2. Mai
      raf

      🙂

  5. Maavee

    Mai vv biruveri kollachey v reethi aslu maavee ah biruverivaahaka v reethi

    1. Mai
      Maavee

      Evarah biru veri koh genesdhveytho hama mi balany 🙂

  6. Shai

    Haada ehh vahh tharu ge name thakehhh ti used kuraneee mikannn tahh ragalhu kuraaane kamahhh umeedu kurannn Heevanee vaahaka ves reethi vaane kamahhhh

    1. Mai
      Shai

      Zeybaa ah e nan dheefa einee zubeydhaa ge dhari eh vyma. Hageegathuga gina myhun emyhunge dharinnah nan kiyani ehnnehnu. Ehnve. Ekamaku dhen anna vahaka aku ekan thafaathu kohlaanan 🙂

  7. Anonymous

    V reethi mi vaahakaves

    1. Mai
      Anonymous

      Thank you.. 🙂

  8. Rafittey

    Varah kuru

  9. Nisher

    Thankolheh avahah up kohba pls…

  10. yaish..

    mai alhugandah hyvany shai ebuny storyge name eh vathar vahak hen.. kurin mi site ga in naamaaney kiyaa stry eh.. nd huvafen kiyaa stry ehvx… stryga ulhey cherectrnge vahak eh nuun kanneynge shai ekiyany.. anyways. mi stry ge mi part vv nice.. bt maa kury.. hope next part will be long.. ?.. waiting… plx upload soon

    1. Mai
      yaish..

      Mai ves konmes varakah mi site un vahaka kiyan. Ekamaku mai akah neyge edhevaahaka ah kiyaa nanthakuge vaahaka thakeh kuryga mi site ga hurikameh. Sorry. Then up kuraa faharakun vaahaka ehkoh genesdheynan. Eyrah kiyuntherinn ufaa vane dho 🙂

  11. mixoo

    alhugandah varah kamudhey biruveri vaahaka.. dhen anna part miahvure dhigu kohlaathi..

  12. Mujey

    biruveri v ma ok dhn thankolheh dhigu koh adhi avahah up kohdheveytho balaathi

  13. raf

    raf nuves kiyan e vaahaka e….mathimathin kiyaaliii

    koniaku 2nd part up kodenii

  14. Naurif

    Mi vaahaka ge 2 vana part anaanee konirakun?

  15. maryyyyy

    v reethi. ekamu update vaaleh varah las

  16. Maavee

    Mai kobaatha vaahaka

  17. Ahhna

    Dhevana Bai varah Kiyaa hih vey…..

  18. zomss

    Miah kiyaatha biruveri vaahaka ey

    1. Asaam
      zomss

      Dogeh nun

  19. Kobadi fureytha

    Mi den biruveri

  20. Mai

    It’s good

  21. Anonymous

    Yea koba fureytha

  22. IBA Adam

    Hmm dheraee vaahaka vaki hisaabakah inaathe ?

  23. Rayee

    Mi vaahaka v reethi vaanekamah ummeedhu kuran

  24. Lol

    Wow! Good keep it up

  25. Anonymous

    dhen vaani kihineh baa

Comments are closed.