Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަބިރުވެރި

އެ ހުވަފެން (1 ވަނަ ބައި)

Mai Level 1
November 7, 2016 2 Mins Read
17 Comments

ޓިއުޝަން ނިމުމުން ގެއަށް އައުމަށް އަހަރެން ހިނގައިގަތީ ޓިއުޝަން ކިލާހު ކުއްޖަކާ އެކުއެވެ. އަހަރެމެންނަށް އާދެވުނީ ޖުމްހޫރީ މައިދާނާ ދިމާއިންނެވެ. ޖުމްހޫރީ މައިދާނާ ހަމަ ކައިރިވެވޭއިރަށް، އެތާ ތިބި ބަޔަކު އަހަރެމެންނާއި ދިމާއަށް، އެމީހުން ގެންގުޅުނު ބަޑި ދިއްކޮށްފިއެވެ. އިނގިރޭސިބަހުން ބުނާނަމަ، އަހަރެމެން “ސްޓެޗޫ” ނުވަތަ “ފްރީޒް” ވީ އެހިސާބުންނެވެ.

އެމީހުންނާއި ދިމާއަށް ބަލާލެވުނުއިރު އެމީހުންގެ ތެރޭގައި ލިލިތު ހުއްޓެވެ. ލިލިތު ހުރީ ނުބައި ފާޑަކަށް ހެވިފައެވެ. ލިލިތު ފެނިފައި އަހަރެންގެ ގާތަށް އައީ އަމަށަކު ރުޅިއެއް ނޫނެވެ. ނަމަވެސް ވަރަށް މަޑުމަޑުން އަހަރެން ހުރީމެވެ. ހީވާގޮތުން ނަމަ ލިލިތު ހުރީ އެމީހުންގެ އެހީތެރިއަކަށެވެ. ލިލިތުއަކީ އެކަހަލަ މީހެއް ކަމަކަށް ފަހަރެއްގައިވެސް އަހަރެން ހިއެއް ނުކުރަމެވެ. އޭނާއަކީ ތަންކޮޅެއް ކުރީގައި، އަހަރެންނާއި އެއްކިލާހެއްގައި އުޅުނު ކުއްޖެކެވެ. އޭރު އޭނާއަކީ ރީތިކޮށް މީހުންނާއި ވާހަކަދައްކާ ރަނގަޅު ކުއްޖެކެވެ. ނަމަވެސް، މީހާ ހުންނަގޮތުން ގޮތް އެނގޭނެ ހެއްޔެވެ؟ މިކަހަލަ ޚިޔާލުތަކެއް އަހަރެންގެ ސިކުނޑިއަށް ވެރިވަމުން ދިޔައެވެ.

ދެން، އަހަރެންނަށް ފެންނަމުން ދިޔައީ، އޮޅިގެން އެތަނަށް ދެވޭ މީހުންވެސް ގަދަކަމުން ހިފަހައްޓާ، ދިޔަނުދީ ގެންގުޅޭ މަންޒަރެވެ. އަހަންނަށް ބަލާލެވުނީ ބަންޑާރަ ކޮއްޓާ ދިމާއަށެވެ. ދެން، ޝަހީދު ހުސެން އާދަމް ބިލްޑިންގްއާ ދިމާއަށެވެ. އެއްވެސް ސިފައިންގެ މީހެއް ނޫނީ ފުލުހެއް ފެންނާކަށްވެސް ނެތެވެ. މިއީ އަޅެ ކިހައި ބޮޑު އަޖާއިބެއް ހެއްޔޭ އަހަރެންގެ ހިތަށް އެރިއެވެ. މި ނާޒުކު ދަނޑިވަޅުގައި މިމީހުން މިދިޔައީ ކޮންތާކަށް ބާވައެވެ؟

އަހަރެންނަށް އަނެއްކާވެސް ބަލާލެވުނީ ލިލިތުއާ ދިމައެވެ. އޭނާއަށްވެސް އަހަރެން އެނގުނީ ކަންނޭގެއެވެ. ތަންކޮޅެއް ބޮޑާ ފާޑަކަށް އަހަރެންނަށް ބަލައިލިއެވެ. ހަޤީޤަތުގައި ލިލިތުއަކީ ރާއްޖޭ މީހެއް ނޫނެވެ. އޭނާއަކީ، ސައުތްކޮރެއާ އަށް ނިސްބަތްވާ، އިސްކޮޅުން ދިގު، ދޮން އަންހެނެކެވެ. ފަހަރެއްގައި އޭނާގެ މަންމަ ރާއްޖެއަށް ނިސްބަތްވެދާނެ ކަންނޭނގެއެވެ. އަހަންނަށް، ލިލިތުއާއި ބެހޭ ގިނަ މައުލޫމާތެއް ނުވެސް އެނގެއެވެ.

ލިލިތުމެން މިއުޅެނީ ރާއްޖެ ހިފޭތޯ ކަންނޭނގެއެވެ. މިކަމެއް ހިނގަމުން ދާކަމެއް ނޭނގުނީ އަހަރެމެންނަށެވެ. ޓިއުޝަން ކިލާހުގައި ތިބިއިރު، އަހަރެމެންނަށް ނޭނގުމުގެ ސަބަބުން އެދިމާއިން އާދެވުނީއެވެ.

ދެން ފެންނަން ފެށީ މުޅިން އެހެން ތަނެކެވެ. ބޮޑު ހަވޭއްޔެކެވެ. އަހަރެމެންނަށް މި ތިބެވުނީ އެހަވޭލީގެ އެތެރޭގައެވެ. އަހަރެމެން ހިފަހައްޓައިގެން ތިބިމީހުން އެމީހުންނާއި އެންމެ ކައިރިއަށް ތިބި މީހުންތައް މަރަން ފެށިއެވެ. ފަހަތުގައި ތިބި މީހުން، ހަވޭލީގެ ދެ އަރިމަތިން ސަލާމަތްވުމަށް މަސައްކަތް ކުރެއެވެ. އަހަރެންވެސް، އަހަރެންގެ ސަލާމަތް ހޯދުމަށް އެމީހުންގެ ފަހަތުން ދިިޔައީމެވެ. އަހަރެމެން ސަލާމަތްވުމަށް ދިޔަނަމަވެސް، އެތާ އަހަރެމެން ގައިދު ކޮށްގެން ތިބިމީހުން އަޅައެެއް ނުލައެވެ. އަހަރެންވެސް އެހެން ސަލާމަތްވުމަށް ދަނިކޮށް އެތަނުގައި ލިލިތު ހުއްޓައި ފެނުނެވެ. އުޅުނުގޮތުން ހީވީ އޭނާވެސް ސަލާމަތްވާން އުޅުނު ހެންނެވެ. އަހަރެންވެސް އެކަމާ މާބޮޑަށް އަޅައެއް ނުލަމެވެ.

ހަވޭލީގެ ދޮރުހުޅުވާލާފައި ނުކުމެވުނުއިރު ހުރީ އޯކިޑްމާގޭގެ ބޭރަށް ނުކުމެވިފައެވެ. އޯކިޑްމާގެއަކީ އަހަރެން ނިސްބަތްވާ ރަށުގައި ހުންނަ ގެއެކެވެ. ބޭރު ބަލާލެވުނުއިރު އެތަށް ބައެއް އެތަނުގައި މަޑުކޮށްގެން ތިއްބެވެ. ހީވަނީ މަދަރުސާދޮށަށް ދަރިން ބަލައި އައިސް ތިބޭ ހެންނެވެ. އެމީހުންގެ ތެރެއިން އަހަރެންގެ މަންމަ ފެނުނެވެ. މަންމައަށް އަހަރެން ހަމަ ފެނުމާއެކު ކައިރިއަށް އައެވެ. މަންމަ ހުރީ އަހަރެން ބަލާ އައިހެވެ. އެތަނުގައި ތިބި އެހެން މީހުންވެސް ތިބީ އެމީހުންގެ ދަރިން ނުކުންނާނެ ވަގުތަކަށް އިންތިޒާރު ކޮށްލަކޮށްލައެވެ. މަންމަ އަވަސްއަވަހަށް އަހަރެން ގެއަށް ގެންގޮސްފިއެވެ. އޯކިޑްމާގެއާއި އަހަރެމެންގެއާ ވަރަށް ކައިރިވާނެއެވެ. ދެފިޔަވަޅު އަޅާއިރަށް ގެއަށް ދެވޭނެއޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. އެހައިވެސް ކައިރިއެވެ.

Share Article

Follow Me Written By

Mai

Level 1

Other Articles

Previous

ވާލޯބި އެނގޭނަމަ… 10

Next

އެފިނިމެންދަން 23

Next
November 7, 2016

އެފިނިމެންދަން 23

Previews
November 7, 2016

ވާލޯބި އެނގޭނަމަ… 10

17 Comments!

  1. Lilithu says:
    November 7, 2016 at 10:49 pm

    Ok dhw dhen

  2. imagination says:
    November 7, 2016 at 10:51 pm

    looking forward….hope to see a better intro

  3. Sheeby says:
    November 7, 2016 at 10:56 pm

    Mee koacheh?

  4. faaax says:
    November 7, 2016 at 11:08 pm

    Mirey ithurubaeh upload kolladhee

    1. Mai says:
      November 8, 2016 at 3:54 pm

      Ithurubaeh varah avahah upload vaane ..

  5. Lily says:
    November 7, 2016 at 11:41 pm

    Me alhe fahe huvafeneh tha, v vv nice next part avas kohkohla dhehc, ,

    1. Mai says:
      November 8, 2016 at 3:49 pm

      Thank you :). Vaahahaki ge namaki ei dho. Dhevana bayah inthizaaru kohllahvaa. Varah avahah upload vane.

  6. ?? says:
    November 8, 2016 at 9:17 am

    Mee huvafeneh huvafenun aslu sifakohdhen miulhunee 3 november dho ehaadhisaa ah liyaavaahakaeh mee

    1. Mai says:
      November 8, 2016 at 3:47 pm

      Ehen kamah ves vedhane. Dhevana bayah inthizaaru kohllahvaa ..

  7. Qeen says:
    November 8, 2016 at 9:27 am

    Miothee november 3 liyefa

  8. Qeen says:
    November 8, 2016 at 9:29 am

    Huvafenevesnoonmeekee meehama 3 november

  9. Mai says:
    November 8, 2016 at 3:56 pm

    Ehen kamah ves vedhane ..

  10. ?? says:
    November 8, 2016 at 4:48 pm

    Mives dhen vaahaka eh tha

  11. Naa says:
    November 8, 2016 at 4:59 pm

    Mives vaahaka eh. Ekamaku ehen vahaka thah kahala romantic vaahaka eh noon dhen… Mikahala vahaka ves liyaan vaane.

  12. Boo says:
    November 8, 2016 at 6:37 pm

    Goaheh nun…

  13. Mai says:
    November 10, 2016 at 10:27 am

    Mai ge fullname bunedhy faanantha..

  14. raf says:
    November 10, 2016 at 3:38 pm

    mai mivaahaka nice dhw ekam ehaa kiyaa hithe ney ekam hope u will go forward…..kuriah huri baitha reethi kolaa…

Comments are closed.



All Right Reserved!