” ތީނައަށް ކިޔަނީ ކޮން ނަމެއްތަ؟” ދެކަކޫ ޖަހައި ގޮނޑިމައްޗަށް އަރަމުން ތަނާލް އަންޝްއަށް ބަލައިލީ ވަރަށް ލޯބިންނެވެ. އެންމެންނަށް އެކުގައި ބަލައި ލެވުނީ ތަނާލްގެ މޫނަށެވެ. ނައިލް ހައިރާންވެފައި ބަލައިލިޔަސް އަންޝްގެ ހަނދާނާ ކުޅެލީ ފުރަން އައި ގަޑީ ތަނަލް ބަލަންހުރިގޮތެވެ. ” އަހަންނަށް ކިޔަނީ އަންޝް. ” ” އޯހ.. އަންޝް ވަރަށް ރީތި ނަމެއް. އަހަރެންބޭނުން އަންޝް ގެ ފޯންނަންބަރ ވެސް. ނޫނީ އެފް ބީ އައިޑީ ގެނޭ..” ތަނާލް އޭނަގެ ޑައިރީ […]
ތަނާލްގެ ތުންފަތް މައްޗަށް ވެރިވެގެންދިޔައީ ލާނެއް ހިނިތުން ވުމެކެވެ. ފަސް އެބުރި ތަނާލްއަށް ވެސް ބަލައި ލެވުނީ އެދިމާލަށެވެ.“ދެން ބުނެބަލަ ކޯއްޗެއްތަ ހުވަފެނުގައި ފެނުނީ؟” ސައިކަލުން ފައިބައި އަންޝް ހިނގައި ގަތުމުން ޔާން އަކަށް ނީދެވުނެވެ. އަންޝް ޔާންއަށް ބަލައިލީ ހައިރާންވެފައެވެ. “ނޫނޭ.. ދޮންބެ ބުނަން ބޭނުން ނޫނިއްޔާ…….” ” ފެނުނީ ފުރައިގެން އުޅެނިކޮށް. މާ ރަނގަޅަކަށް ނޭގޭ ވީ ގޮތެއް. ބަޔަކު މަރުވާކަން އެގޭ. ނޭވަޔަށް އުދަގޫ ވެގެން ދޮންބެއަށް ހަޅޭލަވައި ގަނެވުނީ” ” ތިހެން […]
ވާހަކަ: ލޭކޯރު ( ފުރަތަމަބައި) ދުނިޔޭގެ ބަދަލެއް ނާންނަ ޤާނޫނުގެ މަތިން މިއަދު ވެސް ރޭގަނޑަކަށް އިރުއޮއްސި އަނދިރި ސާލެއް ދުނިޔެ ވަކި ހިއްޕާލައިފިއެވެ. އާދައިގެ ދިރިއުޅުމެއްގައި އަވަދިނެތި އެއްބަޔަކު ދިރިއުޅެމުންދިޔަ ނަމަވެސް އެއް ބަޔަކަށް މިރޭވެސް ވީ ހިތާމައިން ފުރިގެންވާ ރެއަކަށެވެ. އެއިން އެކަކީ 25 އަހަރުގެ ޒަހުނާއެވެ. މީގެ ހަތަރު އަހަރު ކުރިން މައިން ބަފައިންގެ ނުޤަބޫލުގައި ކުރި ކައިވެނީގެ ގޮއް މިރޭ މޮހެވިގެންދިޔައީއެވެ. ސަމާޙު އާއި އެކު އުޅޭވޭތޯ ކުރި ހުރިހާ […]
ކޮޓަރި ތެރޭގައި ދިއްލާފައިވަ ބޮކީ ގައިވަނީ ފަނޑު އައްޔެކެވެ. ހުޅުވާފައިވާ ކުޑަދޮރުން ރޭގަނޑުގެ ތެއްފިނި ވައިރޯޅި ވަންނައިރު ވައިރޯޅީގެ އާހުގެ އަޑު އިވޭހެންވެސްް ހީވެއެވެ. އުުމުރުން ފަނަރަ އަހަރުގެ އާލާ އޮތީ އެނދުގައި ބަނޑުދަށަށް ބާލީހެއް ލައިގެން އޭނާގެ ލެޕްޓޮޕުން ފިލްމެއް ބަލަންށެވެ. އޭނާ އޮތީ ބިރުވެރި ފިލްމެއް ބަލަންށެވެ. ކަންފަތަށް ހުދު ކުލައިގެ ހެޑްސެޓް ގުޅާލައިފައިވާ އިރު އޭނާއޮތީ ބަނޑުދަށަށް ލައިގެން އޮތް ބާލީހުގައި ހިފައްޓާލައިގެންނެވެ. ކުއްލިއަކަށް ކޮޓަރީގެ ހެދުންތަށް އަޅުވާފައިވާ ދިމާލުގައި ގުޑުމެއްވެލިއެވެ. ކަންފަތަށް […]
ފަތިހުގެ ފިނި ވައިރޯޅި އައިސް ބީހިލުމުން ފަރްހީންގެ ގައިން ހީބިހި ނަގުވާލިއެވެ. ކޮންމެދުވަހަކުވެސް ފަތިހުގެ މި ހަމަހިމޭން ވަގުތުގައި ބެލްކަނިން ބޭރުބަލަން ހުރުމަކީ އެކާވީސް އަހަރުގެ ފަރްހީންގެ ހިތަށް ހަމަޖެހުން ގެނުވާކަމެކެވެ. އުމުރުން ނަވާރައަހަރުގައި މަންމަ ނިޔާވުމުން އެކަނި އުޅެން ދަސްކޮއްފައިވާ ފަރްހީންގެ ދުނިޔެއަކީ ކުޑަކުޑަ ދުނިޔެއެކެވެ. ކޮންމެ ދުވަހެއްގެ ވެސް ފަތިހުގެ ހިތްގައިމު ވަގުތަކީ ފަރްހީން އޭނާގެ ހުރިހާ ވިސްނުމާ ފިކުރުތައް އެއްފަރާތްކޮށް ހިތްހަމަ ޖައްސާލާ ވަގުތުކޮޅެވެ. ލޯމަރާލައިން އޮތް ފަރްހީން ގެ ސަމާލުކަން ހުއްޓުނީ […]
ލަސް ފިޔަވަޅުތަކެއްގައި ގޮސް ކައިސަން ފެރީ އަށް އެރިއެވެ. ތަންކޮޅެއް ފަހަތު ސީޓެއްގައި އޭނާ އިށީންއިރު އޭނާ އަށް މޫދުގައި އުފެދެމުން ދިޔަބާނީތަށް ފެނެއެވެ. އެބާނީތަކުގެ ހަރަކާތާ ކިތަންމެހާވެސްް އޭނާގެ ހަޔާތާ ގުޅެއެވެ. އެބާނީތަށް ހީވަނީ ރުޅި އައިސްގެން ތެޅި ފޮޅޭހެންނެވެ. މަޑުން ދިޔަ ބާނީ ތަށް ހީވަނީ އެ ރުޅިވެރި އައިސްގެން އުޅޭ ބާނީ ތަށް މަސަލަސް ކުރަން އުޅޭ ހެންނެވެ. ދެހިޔާލެއްގަ ހުރެ ކައިސަން އޭނާގެ އައިފޯން ހުޅުވާލިއެވެ. ފެރީގެ އިންޖީނުގެ އަޑާ އެއްވަރަށް […]
ބަރަކާތުންނޭ އޮހެމުންދަނީ.. ނޫރުންއުފާވެރި ކަންމަތީ… އުފަލައްޓަކާ ހުޅުވޭމަގެއް.. އިސްލާހުވާން ހުޅުވޭ ދޮރެއް.. މަރްހަބާ ރަންއަކުރުން ފެވޭ.. އާ އަހަރަކަށް މަރްހަބާ ދަންނަވަން… HAPPY NEW YEAR TO ALL THE READERS AND AUTHORS…. may your 2017 is blessed with joy and rizq… 🙂 … happy new year.. 🙂 😛 <3 luv u alll with love, meemi
ވިލިމާލެ ބަނދަރަށް ދާ މަގު ހަދާފައިވަނީ ހިތްގައިމު ގޮތަކަށެވެ. ދޭތެރެއަކުން ތާޒާ ގޮތަކަށް ހެދިފައިވާ ގަސްތަކަށް ވައިރޯޅި ވެލައެވެ. ސާދަ ފަނަރައިގެ ބުރަހަމަ ހަނދާއެކު ކަޅު ސާލެއްފަދަ އުޑުމަތީގައި ވިދުންގަދަ ތަރިތަކެއްވެއެވެ. މި މަންޒަރު ބަލަން ތިިބި ހިތްތަކަށް އުފާވެރިކަން ލިއްބައިދިނުން ގައިމެވެ.ނަމަވެސް ބަނދަރުގައިވާ ހިލަތަށް މަތީީ އިށީންދެގެން އިން ކައިސަންގެ ހިތުގައި މިއިން އެއްވެސް ކަމަކުން ހިތްހަމަޖެހުން ލިއްބައި ނުދޭފަދައެވެ. އޭނާގެ ނަޒަރު ހުއްޓިފައިވަނީ އޭނާގެ ފޯނަށެެވެ. އޭނާ ދިޔައީ ފޯނުގައި މެސެޖެއް ލިޔަމުންެވެ. ހަލުވިކަމާއެކު […]
ރައްޓެހިކުއްޖަކާ، ފޯނުން ވާހަކަދަށްކަން އެނދުގައި އޮތް ޒީނާ ކުއްލިއަކަށް، ސިއްސައިގެންދިއައީ، ބަދިގެ ތެރެއިން މިކްސްޗަރ ޖައްސާ އަޑަށެވެ. ފުންމައިގެން ތެދުވެވުނީ،، ކިހިނެއްކަމެއްވެސް ނޭނގެއެވެ….، ”އަހަ! ގަޑިން 12 ޖެހީ!. ނޭނގެ މަންމަ ކިޔާނެ އެއްޗެވެސް މިއަދު!” ޒީނާއަށް ހިތާހިތުން ކިޔާލެވުނެވެ.. ޒީނާ އަކީ އޭނާގެ އުމުރުން 18 އަހަރުން ފެށިގެން މީހަކާ އިދެގެން އުޅޭ ކުއްޖެކެވެ. ޒީނާގެ ފިރިމީހާގެ މަންމަ ޝާލިނީ އަކީ، ކަންކަމުގައި ވަރަށް ޗުސްތަޅާ މީހެކެވެ. ޒީނާއަށް ގޭގައި ރަނގަޅަށް ކުރެވޭ އެއްކަމެވެސް […]