ފާއިޒަށް އެއާޕޯޓުން ވަޒީފާ ލިބުނުތާ މިވީ ދެއަހަރެވެ. ފާއިޒުގެ އަންހެނުން ޝިފާނާ ވަޒީފާއިން ވަކިވި ފަހުން ވެސް މިވީ ދެއަހަރެއެވެ. ޝިފާނާ އަށް ކުއްޖަކު ލިބުމުން ފާއިޒު ޝިފާނާ ވަޒީފާއަށް ނުގޮސް ގޭގައި މަޑުކުރަން އެދުނެއެވެ. ޝިފާނާވެސް ބޭނުންވަނީ އެގޮތެއެވެ. ފާއިޒު ކުރިން އުޅުނު ރިސޯޓުން ކެނޑިގެން ހަނިމާދޫ އަށް ދިރިއުޅުން ބަދަލު ކުރީ އަންހެނުންނާ ދަރިފުޅުގެ ހައްޤުގައެވެ. އަނބިދަރީން ކައިރީގައި އުޅުމަކީ އުފާވެރި ހިތްހަމަޖެހޭ ކަމެއްކަން އެނގޭތީއެވެ. “ފާއިޒް، އޭ. ފާއިޒް މިރޭ ޑިއުޓީ އަށްވެސް […]