(ކުރީގެ ޢަދަދާއި ގުޅޭ) ” މިއޮތީ ޚަތިމު.. ” އެތަނުން ފުދޭވަރެއްގެ ބޮޑުފޮތެއް ޒުބޭދާ ނަގައިފައި، އޭގެ ގަނޑުތައް ޒުބޭދާ ބަލައިލިއެވެ. ” ޒޭބާއަށް ނެގުނީ އަސްލު ޚަތިމެއްނޫން.. އެއީ މީގެ ތިންމަސްކުރިން ސީމާ ދިން ފޮތެއް.. ބޭރުފުށުން ބަލާލާއިރު އެއީ ޚަތިމެއްހެންވެސް ހީވެދާނެ. އެއީ އޭގެ ބޭރުންލާފައި އިންނަ ބޯހަންގަނޑު ހަމަ އެގޮތަށް އިންނާތީ.. ޒޭބާ އަކީ ކުލަޖައްސާ ލިޔެ ކުރަހާ ހަދާ ކުއްޖެއް. ސީމާ އެފޮތް މަންމައަށް ދިނީ އެހެންވެ. ސީމާ ބުނީ އެއީ […]
(ކުރީގެ ޢަދަދާއި ގުޅޭ) “ނޭނގެ.. އެކަމަކު ފާޑެއްގެ އެއްޗެއް.. އެއީ.. އެއީ އިންސާނެއްނޫން.. މަންމާ.. އެ އެތި ބުނީ އަދި އަންނާނަމޯ..” ވަރަށް ބިރުން ހުރެ ޒޭބާ ބުނެލިއެވެ. “ދަރިފުޅާ ބިރުނުގަނޭ.. ދަރިފުޅު ކައިރީގައި މަންމަވެސް މިހިރީ އެއްނު.. މަންމަ ހުއްޓައި އެއަށް އަންނާކަށް ނުކެރޭނެ.” ޒޭބާ ހުރި ޙާލު ފެނި، ޒުބޭދާ އެވަގުތު މަސައްކަތް ކުރީ ޒޭބާ ހިތްހަމަޖައްސައިދެވޭތޯއެވެ. ދެން އިތުރު ސުވާލެއް ކުރަން ޒުބޭދާ ނުކުރުމުން ވާހަކަތައް އަމިއްލައަށް ކިޔައިދޭން ފެއްޓީ ޒޭބާއެވެ. ޒުބޭދާ […]
( މިވާހަކައަކީ ކިޔުންތެރިންނާއި ހިސާބަށް އަޅުގަނޑު ގެނެސްދޭ ދެވަނަ ވާހަކައެވެ. މިވާހަކައަކީ ބިރުވެރި އަދި ޚިޔާލީ ވާހަކައެއް ނަމަވެސް ވިސްނައި ފިކުރުކުރާ މީހުންނަށް ހުރި ޢިބްރަތެކެވެ. ) ………………………….. ގޭގެ ދޮރު ހުޅުވާލާފައި ޒުބޭދާ އެތެރެއަށް ވަނެވެ. ވަތްގޮތަށް އޭނާ ބަލާލީ ޒޭބާ ކޮބައިތޯއެވެ. ޒުބޭދާގެ އަތުގައި އޮތް، ފިޔާ ކޮތަޅާއި މިރުސް ކޮތަޅު ދޫވީ އެވަގުތުއެވެ. ދެލޯބޮޑުވެ، މުޅިގައި އެއްކޮށް ތުރުތުރުއަޅައި، އަދި ހުއްޓުމެއްވެސް އަރާފައި އިން ޒޭބާ ފެނުމުންނެވެ. ކޮންމެވެސް ބޮޑުކަމެއް ވެއްޖެކަން ޒުބޭދާއަށް ދެނެގަނެވުނެވެ. […]
****************** ކުރީގެ އަދަދާއި ގުޅޭ : ހަވޭލީގެ ދޮރުހުޅުވާލާފައި ނުކުމެވުނުއިރު ހުރީ އޯކިޑްމާގޭ ބޭރަށް ނުކުމެވިފައެވެ. އޯކިޑްމާގެއަކީ އަހަރެން ނިސްބަތްވާ ރަށުގައި ހުންނަ ގެއެކެވެ. ބޭރު ބަލާލެވުނުއިރު އެތަށް ބައެއް އެތަނުގައި މަޑުކޮށްގެން ތިއްބެވެ. ހީވަނީ މަދަރުސާދޮށަށް ދަރިން ބަލައި އައިސް ތިބޭ ހެންނެވެ. އެމީހުންގެ ތެރެއިން އަހަރެންގެ މަންމަ ފެނުނެވެ. މަންމައަށް އަހަރެން ހަމަ ފެނުމާއެކު ކައިރިއަށް އައެވެ. މަންމަ ހުރީ އަހަރެން ބަލާ އައިހެވެ. އެތަނުގައި ތިބި އެހެން މީހުންވެސް ތިބީ އެމީހުންގެ ދަރިން […]
ޓިއުޝަން ނިމުމުން ގެއަށް އައުމަށް އަހަރެން ހިނގައިގަތީ ޓިއުޝަން ކިލާހު ކުއްޖަކާ އެކުއެވެ. އަހަރެމެންނަށް އާދެވުނީ ޖުމްހޫރީ މައިދާނާ ދިމާއިންނެވެ. ޖުމްހޫރީ މައިދާނާ ހަމަ ކައިރިވެވޭއިރަށް، އެތާ ތިބި ބަޔަކު އަހަރެމެންނާއި ދިމާއަށް، އެމީހުން ގެންގުޅުނު ބަޑި ދިއްކޮށްފިއެވެ. އިނގިރޭސިބަހުން ބުނާނަމަ، އަހަރެމެން “ސްޓެޗޫ” ނުވަތަ “ފްރީޒް” ވީ އެހިސާބުންނެވެ. އެމީހުންނާއި ދިމާއަށް ބަލާލެވުނުއިރު އެމީހުންގެ ތެރޭގައި ލިލިތު ހުއްޓެވެ. ލިލިތު ހުރީ ނުބައި ފާޑަކަށް ހެވިފައެވެ. ލިލިތު ފެނިފައި އަހަރެންގެ ގާތަށް އައީ އަމަށަކު ރުޅިއެއް […]