އެންމެންގެ ލޯ މައްޗަށް ޒޭބާ ފާޅުވުމުން އެންމެން ހައިރާންވެފައި ބަލަން ތިއްބެވެ. މިވަނީ ކިހިނެއްކަމެއް އަލިބެއަކަށް ނޭނގުނެވެ. ޟިރާރުވެސް ހުރީ އަންތަރީސް ވެފައެވެ. އަޒީމް ޒޭބާއަށް ގޮވާލަން އަނގަހުޅުވާލި ވަގުތު ޟިރާރު ވާހަކަ ދެއްކުމުން އަޒީމް ހުއްޓުން އެރިއެވެ. “ކައޭޝާ… ކައޭޝާ ކެހެނަކަށް ދުނިޔެ ތެ ހެށީ… އަވަ ތަ ނައްތަލިން…” (ކައޭޝާ… ކައޭޝާ ކިހިނެއް ދުނިޔޭގަ ތިހުރީ… އަހަރެން ކަލޭ ނައްތާލިން….)
“ކައޭޝާއޭ… އެއީ ކައޭޝާއެއް ނުން… އެއީ ޒޭބާ… ޒޭބާއަސް ތޭ ޖިންނިއަކީ؟…” (ކައޭޝާއޭ… އެއީ ކައޭޝާއެއް ނޫން.. އެއީ ޒޭބާ…. ޒޭބާވެސް ތީ ޖިންނިއެއްތަ؟…) އަޒީމްގެ ޖުމްލަ އަޑު އިވިފައި ޟިރާރު ހުރީ ވާނުވާ ނޭނގިފައެވެ. ޟިރާރަށް އެއީ ކައޭޝާ ކަން ޔަގީނެވެ. އަޑު ބާރުކޮށް ޒޭބާ ހިނިގަނޑެއް ޖަހާލިއެވެ. ވާނުވާ ނޭނގިފައި އެންމެން އެމަންޒަރު ބަލަން ތިއްބެވެ. ޟިރާރަށް އޭނާގެ މާޒީ ސިފަވި ކަހަލައެވެ. އެއީ ހަމަ އެ މޫނެވެ. ވަލުތެރެއިން ފެނިގެން ޟިރާރުގެ ހިިތް މޮޔަކޮށްލި ޒުވާނާއެވެ.
ޟިރާރާ ދިމާއަށް ކުރިއަށް ޖެހެމުން ޒޭބާ ވާހަކަ ދެއްކިއެވެ. “ކައޭޝާއޭ ކަލޭ ކައޭޝާއަށް ގޮވާކަށް ލަދެއްވެސް ނުގަނޭތަ؟… މަމީ ކައޭޝާއެއް ނޫން… މަމީ ކައޭޝާގެ ދަރި… މަމީ ކަލޭގެ ދަރިއެއް… ކަލޭ ތަނަކުން މީހަކު ފެންނައިރަށް ހިތާވާން ޖެހޭ ވިއްޔަ… މަންމަ އިންސާނަކަށް ބަލިވެއިނުމުން އާއިލާއިން ވަކިކޮށް އެކަހެރިކޮށްލީމަ މި ދުނިޔެއަށް އައިސް މިތާ އުޅުނީ… ދެން ކަލޭގެ ދަރިއަކަށް މަންމަ ބަނޑުބޮޑު ވާހަކަ ބުނީމަ ކަލޭ ހެދީ ހުސް މަކަރު.. އަހުދުތަކާ ވައުދުތައް ވެފަ މަންމަ ވިހަންވެފަ އޮތްރޭ ކަލޭ ފަންޑިތަ ހަދައިގެން މަންމަގެ ދުވަސް ދުއްވާލީ… އެކަމަކު.. އަހަރެން އެރޭ ސަލާމަތްވީ އަހަރެންގެ ބޭބެ ޒިބާނާ ހެދި… އޭނާ އަހަރެން އެތަނުން ސަލާމަތްކުރީ… މިލަކުނަކީ އެރޭ އަހަންނަށް އެތަނުން ލިބުނު އަނިޔާއެއް.. މަންމަ މަރުވެގެން ދިޔައިރު އަހަރެންގެ ގައިގެ ބައެއްގަވެސް އަލިފާން ރޯވި…. ބޮޑުވެގެން އައި އިރު އަހަރެންގެ މަންމަގެ މަރުގެ ބަދަލު ހިފަން އަހަރެން އަޒުމް ކަނޑައެޅިން… ކަލެއާ ކައިރިވާން ވަރަށް މަސައްކަތްކުރިން.. އަބަދު ތަވީދުތައް އަޅައިގެން ހުންނަ މީހަކާ ކައިިރި ނުވެވޭނެކަން އެނގުނު ހިސާބުން ރޫހީއާ ދިމާކުރީ… އެކަން ކުރީ އަހަރެންގެ ރޭވުމާ އެއްގޮތަށް އަހަރެންގެ ބޭބެ.. ދެން މަންޝާއާވެސް އުނދަގޫކުރަން ނިންމީ އެީވެސް ކަލޭގެ ދަރިއަކަށްވީމަ… ހަމަ އެހެންމެ ކަލެއަށް ލިބެން އުޅޭ ކާފަ ދަރީގެ ދުވަސްވެސް ދުއްވާލަން އަހަރެން އުޅުނިން…”
ޒޭބާގެ ވާހަކަ އެހިސާބުން މެދުކެނޑުނު އިރު ޒޭބާ ހުރީ ޟިރާރާ މޫނު ޖެހޭހާ ކައިރީގައެވެ. ޟީރާރުގެ އަތުގައި ޒޭބާ ހިފީ ޟިރާރުގެ ދުވަސް ދުއްވާލާށެވެ. އެކަމުން ޒޭބާގެ ހަށިގަނޑަށް އުނދަގޫވެ ޒޭބާގެ އަތްތިލަ އަނދަން އުޅޭހެން ހީވިއެވެ. ޟިރާރުގެ ގައިގާ އަޅާފައިވާ ތަވީދުގެ ސަބަބުން ޟިރާރުގެ ދުވަސް ދުއްވާނުލެވޭނެކަން ޒޭބާއަށް އެނގުމުން ޟިރާރުގެ އެއަތުގައި ހިފާ ޒޭބާ އަނބުރާލިއެވެ. ރޮމުން ހަޅޭއްލަވަމުން ޟިރާރު އެހުރިތަނަށް ތިރިވި ނަމަވެސް ޟިރާރަށް ވާހަކައެއް ނުދެއްކުނެވެ. އޭނާގެ އަނގަވަނީ އެއް އަރިއަށް ދަމައިގެންފައެވެ. ޒޭބާއާ ދިމާއަށް ޟިރާރު ބަލާލީ އާދޭސްްކުރާ ހާލުގައެވެ. އޭނާގެ އަތުން ދޫކޮށްލާށޭ ބުނާ ފަދައަކުންނެވެ.
އަލިބެ ގެންގުޅޭ ފެންތަށިން ފެންގޮއްޓެއް ޒޭބާގެ ގަޔަށް ބުރުއްސާލުމުން އަލިފާނުގައި ފެންޖެހުނީމަ ގޮވާ ފާޑު އަޑެއްކިއެވެ. އަދި ޒޭބާގެ ގައިގަ ފެން ޖެހުނު ދިމާތަކުން ދުން އެރިއެވެ. ޒޭބާ ގައިން ނެގި ދިލައިން ދުރަށް ޖެހެން ފިޔަވަޅު އެޅި ނަމަަވެސް ޒޭބާއަކަށް އެހުރި ފިޔަވަޅުމަތިން ފަހަތަކަށް ނުޖެހެވުނެވެ. މަޒީގެ ވާހަކަތައް ޒޭބާ ކިޔައިދެމުން ދިޔަ ވަގުތު އަލިބެ ވަނީ ޒޭބާ ވަށާ ލޮނު ބުރެއް ކުރަހާފައެވެ. އަދި އެބުރުން ޒޭބާއަށް ނުނިކުމެވޭނެ ގޮތް ހަދާފައެވެ. އަލިބެއަށް ނޭނގޭ ކަމަކީ ޒިބާން އެތާ ހުއްޓަސް އެމީހުންނަށް އޭނަ ނުފެންނަކަމެވެ. ޒިބާނަށް އެބުރުން ސަލާމަތް ވެވިފަ ހުރިކަމެވެ.
ޒޭބާ ސަލާމަތްކުރަން ހަދަންވީ ގޮތެއް ޒިބާނަކަށް ނޭނގުނެވެ. ޒޭބާގެ އަމަލުތައް ހުރިގޮތުން ޒޭބާ މިހާރު ހައްޔަރުވެއްޖެ ޒިބާނަށް އެނގުނެވެ. ޒިބާން މަސައްކަތްކުރީ އޭނާއަށް އެހީތެރިކަމުގެ އަތެއް ފޯރުކޮށްދޭނެ މީހަކު ހުރިތޯ ބަލާށެވެ. ޒިބާންގެ އަތުގައި އަޅާފައިވާ އަނގޮއްޓީގައި ފިރުމަމުން ޒިބާން ތުންތަޅުވަމުން ދިޔައީ އޭނާގެ އާއިލާ މީހަކަށް ސިގްނަލެއް ދެވޭތޯއެވެ. ޒޭބާ އެފަދަ ކަމެއް ކުރީ އެކަމަށް ޒިބާން ނުވިސްނާ ހުއްޓައެވެ.
އަޒީމް އެވަގުތު ޟިރާރު ދުރަށް ޖެއްސިއެވެ. ޟިރާރުގެ އަނގަ އޭރުވެސް ވަނީ އެއް އަރިއަށް ދަމައިގެންފައެވެ. ޒޭބާ ހިފި އަތުގެ އިނގިލިތައްވެސް ވަނީ ފާޑަކަށް އެނބުރިފައެވެ. “ދެން ތިބުނަނީ ޒެބާއާ މަންޝާއަކީ ދެބޭންނޭތަ؟… ދެން ކީއްވެ އަހަރެން ކައިރިއަށް ޒޭބާ އައީ… ޒޭބާ އަހަރެންގެ ދިރިއުޅުމާ ކުޅެން މަށާ ހިތާވީ ކީއްކުރަން….” އަޒީމަށް ހިމޭނަކުން ނުހުރެވުނެވެ. އަޒީމް ރުޅިއައިސްފަ ހުރެ ވާހަކަ ދެއްކީ އަޑަށް ބާރު ލަމުންނެވެ.
“އާން.. އަހަރެންނަކީ މަންޝާގެ ކޮއްކޮ… ބަލަ އެ ފަންޑިތަ ހަދަން އެތަނަށް ދިޔައީ ކަލޭގެ ބަފާ އަލިތައްކާނު… އެހެންވެ ކަލެއަށް ބަދަލުހިފީ… ކަލެއަށް އުނދަގޫ ކުރީ… އަލިތައްކާނާ އިބްޒީމާގެ ހުރި ނުބައިކަމުން މި ފަންޑިތަ ހަދަން ޟިރާރު މަސައްކަތް ކުރީ” ޒޭބާގެ ވާހަކަ މުޅިންހެން ހުއްޓާލީ އެ ޓެރަސް މައްޗަށް ފާޅުވި ސައިތޯނާ ފެނިފައެވެ.
އެއީ ވަރަށް ބިޔަކޮށްހުރި އެއްޗެކެވެ. މުޅިގައިގަ ކެހެރި ފަޅާފައި ހުރިއިރު އޭނާގެ ދެލޯ ވަނީ ރަތްކުލައިން ދިއްލިފައެވެ. އޭނާގެ ބޮލުގައި ދެ ދަޅުވެސް ހުއްޓެވެ. ނުބައި ސިފައަކަށް ހުރި އެތި ފެންނަނީ ހަމައެކަނި އަލިބެއަށެވެ. އަލިބެ އެ ޖިންނިއާ ވާހަކަ ދައްކަން ފެއްޓިއެވެ. “ކަލޭ ހާދަ ލަސްވީ… މިހާރު ކޭތަ ހިފާގަޑި ކައިރިވަނީ އަހަރެންނަށް މިތާ މިތިބަ ދެ ޖިންނި ނައްތާލެވޭނެތަ؟…” އަލިބެ ހުހަށް ހުރި ތަނބާ ދިމާއަށް އެނބުރިގެން ހުރެ ވާހަކަ ދައްކަން ފެށުމުން އަޒީމް ހުރީ ޖެހިލުންވެފައެވެ.
އެ ޖިންނި ދެއަތަށް ބޯހޫރާލިއެވެ. “އަހަރެން ނުލާ މިތާ އަހަންނަށް ދެޖިންނިއެއް ނުފެނޭ….. އަހަންނަށް ފެންނަނީ މިހިރަ އަންހެން އެތި…” ދުރުގައި ހުއްޓިގެން ހުރި ޒިބާން އޭތީގެ ލޮލަށް ވަނީ ވަންހަނާވެފައެވެ. “އެހެންވެއްޖިއްޔާ އަނެއް ޖިންނި މަކަރުހަދާފަ އެ ފިލީ… އޭނަ ހޯދައިގެން ގެނޭ… ކޮންމެ ގޮތެއް ހަދާފަވިޔަސް އޭނަ މިތަނަށް ގެންނަން ވާނެ… ކޭތަ ހިފާ ވަގުތު މިކަން ކުރެވޭނީ….” އަލިބެގެ ބަހަށް އެ ޖިންނި ބަލާލީ ޓެރަސްމަތީގައި ހުރި ކޮޓަރިއާ ދިމާއަށެވެ. އޭނާ ދެ ބުރަކަށް ނޯއް ދަމާލިއިރު ހީވަނީ އޭނާއަށް ކޮންމެވެސް ކަމެއް އެނގިއްޖެ ހެނެވެ.
*** *** *** *** *** ***
“ޒިބާން… ޒީބާން.. މަގޭ ދަރިފުޅު އެ ގެންދިޔައީ…. އެ ކުއްޖާ ގެނެސްދީ.. އަހަރެން މޮޔަވެދާނެ…އަޒީމް ޒިބާން ދޫކޮށްލާ….” ދޮރުގައި ލައްވެގެން ހުރެ މަންޝާ ރޮމުން ވާހަކަ ދައްކަމުން ދިޔައެވެ. އޭނާ ދައްކަމުން ދިޔަ ވާހަކަ ރަނގަޅަށް ސާފުނުވާވަރަށް އޭނާއަށް ވަނީ ގިސްލެވިފައެވެ. ދޮރުގައި ތަޅަން ހުރި މަންޝާއަށް ބަލާލެވުނީ ކުޑަދޮރާ ދިމާއަށެވެ. އޭރު ކުޑަދޮރުކައިރިން ރަތްކުލައިގެ އަލިގުޅައެއް ފާޅުވިއެވެ.
“ޒިބާން.. އެމީހުން އަހަރެންގެ ދަރިފުޅު ގެންގޮއްސި….” ކުޑަދޮރު ކައިރިއަށް މަންޝާ ދާން ތެދުވިއެވެ. ދެއަތުން ދެލޯ ފޮހެލަމުން ނޭފަތް ދަމާލިއެވެ. މަންޝާ ކުޑަދޮރު ކައިރިއަށް ގޮސް ހުއްޓުމުން އެ އަލިގުޅަ މަންޝާގެ ބޯމަތިން ކޮޓަރި ތެރެއަށް ވަނެވެ. މަންޝާ ކުޑަދޮރަށް ފުރަގަސްދެމުން އެތެރެއަށް ބަލާލީ ހިނިތުންވަމުންނެވެ. ނަމަވެސް އޭރު އެތެރޭގައި ހުރީ ޒިބާނެއް ނޫނެވެ. އެއީ ބިރުވެރި ސިފައަކަށް ހުރި ނުބައި ޖިންނިއެކެވެ. “ކޮބާ އަހަރެންގެ ޒިބާން؟… ތީ ކާކު؟…” މަންޝާ ވާހަކަ ދެއްކީ ޖެހިލުންވެ ހުރެއެވެ.
“އަހަރެންވެސް މި ހޯދަނީ ޒިބާން…ކޮބާ އޭނާ…” އޭތީގެ ބަރުއަޑުން ވާހަކަ ދައްކާލި އިރު މަންޝާ ހުރީ ސިހިސިހިއެވެ. ފަހަތަށް ޖެހި ކުޑަދޮރުގައި މަންޝާ އަތް އަޅުވާލީ ދެން ފަހަތަށް ނުޖެހެވޭނެކަން އެނގުމުންނެވެ.
“މިތާ…. މިތާކު ޒިބާނެއް ނެތް؟…” މަންޝާގެ ލޮލުން ހިފެހެއްޓުމެއް ނެތި ކަރުނަ ފައިބަމުން ދިޔައެވެ. އެވަގުތު އެ މަޚްލޫގުގެ ކަޅި އަމާޒުވީ މަންޝާ އޮތް އެނދާ ދިމާއަށެވެ. އެތާ ހުރީ ހުސް ލެއެވެ. މަންޝާގެ ހެދުމުގަޔާ ލައިގެން ހުރި ހަރުވާޅުގައިވެސް ލޭ ހުރިކަން އެ މަޚްލޫގަށް ފާހަގަ ވިއެވެ.
*** *** *** *** *** ***
އޭރު ކޭތަ ހިފަން ފައްޓައިފިއެވެ. ހަނދުގެ ބައެއް ފެންނަން ނެތުމުން ވަގުތު ކުޑަތަން ވަނީކަން ޒޭބާއަށް އެނގުނެވެ.
އަލިބެގެ އަމުރަށް އެތާ ތިބި މީހުން ކިއެވެލި ކިޔަވަން ފެއްޓިއެވެ. ހަމައެއާ އެކީ ޒޭބާ ހަޅޭއްލަވައިގަތެވެ. ގައިން ނަގަމުން ދިޔަ ތޫނު ތަދަށް ޒޭބާ ރޯން ފެށިއެވެ. އަނގޮއްޓީގައި ފިރުމަމުން ސައިބްރޯތުމެންނަށް ގޮވަން އިން ޒިބާންގެ ކަންފަތުގައި އެއަޑު ޖެހުމުން ޒިބާންގެ ހަށިގަނޑަށްވެސް އުނދަގޫވިއެވެ. ނަމަވެސް އެއްވެސް ރައްކަލެއް ނެތި ހުރި ޒޭބާގެ ހަށިގަނޑުގައި އަޅާނެ ވޭން އޭނާއަށް އިހްސާސްކުރެވުނެވެ. ޒިބާން ކައިރިވާން މަސައްކަތް ކުރިނަމަވެސް ޒިބާންގެ ފިޔަވަޅު ހުއްޓުނީ ޒޭބާ ބަލާލުމުންނެވެ. އޭނާ އެބުނަން އުޅޭ އެއްޗެއް އެނގުމުން ޒިބާނަށް އެވަގުތު ބަލާލެވުނީ މަންޝާ ގެންދިޔަ ކޮޓަރިއާ ދިމާއަށެވެ. “ޒިބާން… ދެވެރިން ސަލާމަތަށް ނިކެރެވޭހެ… އެބޭ… މަންޝާ މަރުވެފޭހެ… މަންޝާ ސަލާމަށް ކެރަ…” (ޒިބާން… ދެމީހުން ސަލާމަތެއް ނުކުރެވޭނެ.. ދޭ… މަންޝާ މަރުވެދާނެ…މަންޝާ ސަލާމަތްކުރޭ….)
ޒޭބާ ދޫކޮށްލާފަ ދާން ޒިބާން ފަސްޖެހުނެވެ.
*** *** *** *** *** ***
“ކަލޭ ޖިންނި ކުއްޖެއް ވިހައިގެން ދޯ ތިއުޅެނީ؟… ކޮބާ ކަލޭ ވިހޭ ކުއްޖާ…” އެ މަޚްލޫގު ކުރިއަށް ޖެހުނު އިރު އޭނާގެ މޭ ފުއްޕާލިއެވެ. މަންޝާ ބިރުން ދެލޯމަރާ ތަގުޅިކޮށްލިއިރު ރުއިންނޫންކަމެއް ނުކުރެވުުނެވެ. އޭތީގެ ނާމާން ސޫރަ ދެކެ މަންޝާ ބިރުގަތެވެ. ހަދާނެ ގޮތް ހުސްވި ކަހަލައެވެ. ކުދިން ގެންދިޔައީ ކާކުބާވައޭވެސް މަންޝާގެ ހިތަށް އެރިއެވެ. އެހީއަށް އެދި ގޮވިނަމަވެސް ޒިބާނަށް މިވަގުތު ނާދެވޭނެއެވެ. އޭނާހުރީ އަލިބެމެންގެ ބާރުގެ ދަށުގައި ހައްޔަރުވެފައެވެ.
އޭތި އެއައި ބާރު މިނުގައި އައިސް މަންޝާގެ މޭގައި އަތް އަޅާ ކޮށްޕާލީ މަންޝާ ހޯދަން ޒިބާން އަންނާނެކަން އޭނައަށް އެނގޭތީއެވެ. ކުޑަދޮރުން ބޭރަށް މަންޝާ އަރިއަޅާލި ވަގުތު ސަލާމަތްވާން މަންޝާ އެއްލިއަތުން ހިފުނީ ދޮރު ފޮތިގަނޑުގައެވެ. ލައްކެއްޖެހިހެން އައިސް މަންޝާ އެ އިމާރާތުގެ ފާރުގައި ބާރަކަށް ޖެހުނެވެ. އެވަގުތު މަންޝާގެ ބޮލަށް ބާރު ތަދެއް އެރިކަންް އެނގުނެވެ. ދޮރު ފޮތިގަނޑު ވީދިގެން ދިޔަ ވަގުތު އަނެއްކާވެސް މަންޝާ ގޮސް ޖެހުނީ ނުވަވަނަ ބުރީގެ ބެލްކަނީ ދަނގަނޑުގަނޑުގައެވެ. އެތަނުގައި ޖެހި މަންޝާ ވިއްސައިގެން ދިޔަ ވަގުތު އަޑުގެ ނެތްތަނަށް ޒިބާނަށް ގޮވާލިއެވެ.
ބާރުބާރަށް މަންޝާ ގޮވާލި އަޑު ޒިބާނަށް އިވުމުން ޒިބާނަކަށް އެތާކު މަޑެއް ނުކުރެވުނެވެ. ނަމަވެސް އެވަގުތަކީ ޒިބާންގެ އަނގޮއްޓީގެ ކުލަ ބަދަލުވި ވަގުތެވެ. ޓެރަސްގެ ފާރާހަމައަށް ޒިބާނަށް ދެވުނުއިރު މަންޝާގެ އަޑު އެއަންނަނީ އެ އިމާރާތުގެ ބޭރުންކަން އެނގުނެވެ. މަންޝާ ވެއްޓެނީ ކަން އެނގުމުން ބަލާކަށްނުހުރެ ޒިބާން އޭނާގެ ސްޕީޑް ބާރުކޮށްލިއެވެ.
ތިރިއަށް މަންޝާ ވެއްޓެމުންދިޔަ ވަގުތު އަޑުގެ ކޮޅަށް ހަޅޭއްލަވަމުން ދިޔައެވެ. ނުވަދިހަ ފޫޓުމަތިން ވެއްޓެމުން ދިޔަ މަންޝާއަށް އޭނަގެ ނިމުން އައިސް ޖެހިއްޖެކަމުގެ އިހްސާސް ވިއެވެ. ވައިކަފާ ތިރިއަށް ވެއްޓެންދިޔަ މަންޝާގެ ދެލޯ މަރާލީ އެހިސާބުންނެވެ.
ބާރު މިނެއްގައި ގޮސް މަންޝާ ގައިގަ ޒިބާނަށް ހިފުނީ ހަމަ ކިރިޔާއެވެ. ޒިބާންގެ އަތުތެރެއަށް މަންޝާގެ ހަށިގަނޑުލާ ބޮނޑި ކޮށްލަމުން އެނބުރި މައްޗަށް އަރަން ޒިބާން މަސައްކަތްކުރިއެވެ. ނަމަވެސް ހަމައެވަގުތު ޒިބާންގެ ހަށިގަނޑުގައި މީހަކު ހިފިކަން އެނގުނެވެ. ޒިބާންގެ ކޮނޑުގައި ހިފާ ޓެރަސް މައްޗާ ދިމާއަށް އެމީހާ ހޫރާލި އިރު ޒިބާންގެ އަތުން މަންޝާ ދޫވެގެން ދިޔައީ އެއްވެސް ހިފެހެއްޓުމެއް ނެތިއެވެ. ޒިބާން އޭނާގެ ހަށިގަނޑު ކޮންޓްރޯލް ކުރަން މަސައްކަތް ކުރި ނަމަވެސް ޒިބާންގެ ހަށިގަނޑުގެ ވަރުވަނީ ދޫވެފައެވެ.
ބުރައިގެންގޮސް އިމާރާތުގެ ފާރުގައިި ޒިބާން ޖެހުމާއިއެކު އޭނާގެ ހަތަރެސްފައި ތަތްކޮށްލީ އިމާރާތުގެ މެދެއްހާ ހިސާބުގައެވެ. އަދި ބޯ ތިރިކޮށްލަމުން މަންޝާ ވެއްޓެމުން ދިޔަ ދިމާއަށް ބަލާލިއެވެ. އޭރު މަންޝާ ވައިގެ ތެރޭގައި ހަރުލާފަ ހުރިތަން ޒިބާނަށް ފެނުނެވެ. މަންޝާގެ ވަށައިގެން ހުދުކުލައިގެ އަލިކަމެއް ފެންނަން ހުރިއިރު އެއަލިކަމުގެ ދުރަށް ޒިބާންގެ ނަޒަރު ހިންގާލީ ދުރުދުރުން ރަތްކުލައިގެ އަލިގުޅަތަކެއް ފެންނަން ފެށުމުންނެވެ. އެއީ ކޮންބައެއްތޯ ބަލަން މަޑުކޮށްލި ވަގުތު ތިރިން އެ ބިޔަ ޝައިތޯނާ ޒިބާނާ ދިމާއަށް އަންނަ ތަން ފެނުނެވެ.
ހަތަރު މޮށްގަނޑު ޖަހައިގެން ބުޅަލެއްހެން ޒިބާން އެ އިމާރާތުގެ އެއްބެލްކަނިން އަނެއް ބެލްކަނިން ފުންމަމުން މައްޗަށް އެރިއެވެ. ޒޭބާ އާ ހަމައަށް ދާން ޒިބާން މަސައްކަތް ކުރީ މަންޝާ އެ އޮތީ ބައެއްގެ ހިމާޔަތުގެ ދަށުގައިކަން އޭނާއަށް ޔަގީންވުމުންނެވެ. ޓެރަސްއާ ހަމައަށް ޒިބާނަށް ނޭރެނީސް ފަހަތުން އައި އެ ނުބައި މަޚްލޫގު ޒިބާންގެ ކަރުގައި ހިފިއެވެ. އަދި އޭނާގެ ބާރުގައި ޒިބާން ދަމައިގަތީ މަންޝާ އޮތް ކޮޓަރިއަށެވެ. ނޭވާނުލެވިގެން ތެޅިފޮޅެމުން ދިޔަ ޒިބާން އެ ނުބައި ޖިންނީގެ ކިބައިން ސަލާމަތްވާން މަސައްކަތްކުރަމުން ދިޔައިރު ޒިބާންގެ އަތުގައިވާ އަނގޮއްޓިއަށް ބަލާލެވުނެވެ. ޒިބާންގެ އަތުގައި އެ އަނގޮއްޓި އެޅުމުން އޭގެ އެސް ރަތްކުލައަށް ބަދަލުވީ ނަމަވެސް މިވަގުތު އެ އެހަށްވަނީ ހުދުކުލަ އަރާފައެވެ. އޭގެ މާނައަކީ މަންޝާ ސަލާމަތްކުރަން ދިޔަ ވަގުތު އެ ޝައިތޯނާއަށް ޒިބާން ފެނުނީ އެ އަނގޮއްޓީގެ ބާރު ކެނޑުމުންނެވެ. ސަކޭރާމެން ބުނިވާހަކައެއް ޒިބާންގެ ހަނދާނަށް އައީ އެވަގުތެވެ. ކޭތަ ހިފަން ފެށުމުން އެމީހުންގެ ބާރު ގެއްލިގެންދާކަމެވެ.
އެ ޝައިތޯނާގެ ބާރުގެ ބޭނުން ހިފައިގެން ޒިބާންގެ ދުވަސް ދުއްވާލަން މަސައްކަތް ކުރަމުން ދިޔަ ނަމަވެސް އެ މަޚްލޫގުގެ ކިބައިން ސަލާމަތްވާން ގަދައަޅާ ޒިބާން މަސައްކަތް ކުރަމުން ދިޔައީ ލޯބިވާ ކޮއްކޮ ސަލާމަތްކުރަން ބޭނުންވާތީއެވެ. އޭނާ ހުރީ ޒިބާނާ ކުރިމަތިލައިގެން ކަމުން އެ މަޚްލޫގުގެ ނުބައި ސިފަ ވަކިކުރަން ޒިބާނަށް އެނގުނެވެ. ޒިބާންގެ ކަރުގައި ހިފައިގެން ހުރި އިރު ޒިބާންގެ ފައި ބިމުން ދެފޫޓެއްހާ މައްޗަށް އެނާ އުފުލާލައިގެން ހުރީ އޭނާގެ އެއްއަތުގެ ބާރުންނެވެ. އަނެއް އަތް އޭނާ މައްޗަށް ނަގާ ހިއްލާލި ވަގުތު އޭތީގެ އަތުގެ ނިޔަފަތިތައް ދިގުވެގެން ބޭރަށް ނުކުތެވެ. އެ ނުލަފާ ޖިންނީގެ ތުންފަތާ ކުޅެލީ ލާނެއް ހިނިތުންވުމެކެވެ. އެއަތުން އެ ޝައިތޯނާ ޒީބާންގެ މޫނަށް ހަމަލާ ދިނެވެ. އެއަށްފަހު އޭތީގެ އަތް ޒިބާންގެ މޭދަށަށް ކޮށްޕާލީ އެއްވެސް ރަހްމެއްނެތިއެވެ. ޒިބާންގެ ހަޅޭކުގެ އަޑަށް އެތަނަށް ފާޅުވި ހުދު އަލިކަމަށް ޒިބާން ބަލާލީ އެ ޝައިތޯނާ ޒިބާންގެ ގައިން ދޫކޮށްލުމުންނެވެ. ވަރެއް ނެތް ޒިބާން ތަޅުންގަނޑު މައްޗަށް ވެއްޓުނެވެ. އެ އަލިކަން ގަދަވެގެން ދިޔައިރު ޒިބާންގެ ގާތުގައި އެހެން މީހަކު ހުރިކަމުގެ އިހްސާސްވި ނަމަވެސް އެއަލިކަމުގެ ތެރެއަށް ޒިބާންގެ ދެލޯ ހުޅުވޭ ގޮތެއް ނުވިއެވެ.
ޒިބާންގެ ކަންފަތުގައި ޖެހުނީ ކިޔެވެއްޔެއްގެ އަޑެވެ. އެކިޔެވެލި ކިޔަވަމުންދާ އަޑު ޖެހުމާއެކީ އެއީކާކުކަން ޒިބާނަށް ދެނެގަންނަން އެނގުނެވެ. ޒިބާން ދެލޯ ހުޅުވާލީ އެމީހަކާ ދިމާއަށް ބަލާށެވެ. އޭރު ސައިބްރޯތުހުރީ އެ ޝައިތޯނާގެ ކަރުގައި ހިފަހައްޓާއިގެންނެވެ. ސައިބްރޯތުގެ ފަހަތުގައި އެތައް މޫމިން ޖިންނިންތަކެއް އެތަނަށް އެއްވެފައި ތިއްބެވެ. ސައިބްރޯތުގެ ކިޔެވެލީގެ އަޑަށް ކެތްނުކުރެވިގެން އެ ޝައިތޯނާ ހަޅޭއްލަވައިގަތެވެ. ސައިބްރޯތުގެ އަތްދަށުން ސަލާމަތްވާން އޭނާގެ ހަށިގަނޑު ލަކިޖަހަަމުން ދިޔައެވެ. ސައިބްރޯތ ުފަހަތުގައި ތިބި މޫމިން ޖިންނިންތައް ސައިބްރޯތް ވަށާލުމަށްފަހު އެންމެން އެއްފަހަރާ ކިޔެވެލީގެ އަޑު ބާރުކޮށްލިއެވެ. އެވަގުތު އޭނާގެ ހަށިގަނޑު އަޅިއަށްވެގެން ދިޔައިރު ރަތްކުލައިގެ ވިދުމެއް ފަޒާއަށް އަރައިގެން ދިޔައެވެ.
ސައިބްރޯތުގެ ކިޔެވެލި ހުއްްޓުމުން ކޮޓަރިތެރެއަށް ވެރިވި ހުދުކުލައިގެ ގަދައަލި މުޅިންހެން ކެނޑިއްޖެއެވެ. ޒިބާންގައިގަ އޭރު އެއްވެސް ވަރެއް ނެތެވެ. ޒިބާންގެ ގާތުގައި އޭރު މަންޝާ އޮތްތަން ފެނުމުން ޒިބާން މަންޝާގެ ގައިގާ އޮޅުލައިގަތެވެ. މަންޝާއަށް ޒިބާން ގޮވާލިއެވެ. މަންޝާގެ ބަނޑުގައިވާ ޒިބާންގެ ދަރި ނެތްކަމުގެ އިހްސާސްވުމުން މަންޝާގެ ބަނޑުގައި ޒިބާން އަތް ޖައްސާލި އިރު އޭނާގެ ލޮލަށް ކަރުނަ ޖަމާވިއެވެ. ރޮމުން މަންޝާގެ ހަށިގަނޑުގައި ޒިބާން އޮޅުލައިގަތެވެ. ކޮންމެ ގޮތެއް ވިޔަސް މަންޝާ ގެއްލޭކަށް އޭނާ ބޭނުމެއް ނުވިއެވެ. މަންޝާގެ ހަށިގަނޑުން ޒިބާން ވަކިކޮށްލަމުން ސައިބްރޯތު ޒިބާން ނަގާ ކޮޅަށް ޖެހިއެވެ. އޭރުވެސް މަންޝާ އޮތީ ލޯމަރައިގެންނެވެ. މަންޝާގެ ިތްކުރިން ބައެއްވަނީ ފަޅައިގެންގޮސްފައެވެ. ޒިބާންގެ ކަޅި އެންމެ ވަގުތު ކޮޅަކަށްވެސް މަންޝާއާ ވަކިކޮށްނުލައެވެ. ޒިބާންގެ އަތުގައި ހިފައިގެން ސައިބްރޯތު މިސްރާބުޖެހީ އެކޮޓަރީގެ ކުޑަދޮރާ ދިިމާއަށެެވެ.
“މަގޭ ކޮއްޔާ… މަގޭ މަންޝާ ބާހިށުވެއި ނިއޭށުން… މަ ކޮއްޔާ ކޮބާ؟…” (މަގޭ ދަރިފުޅު.. މަގޭ މަންޝާ ބަހައްޓާފަ ނުދާނަން… މަގޭ ދަރިފުޅުކޮބާ؟…) ޒިބާން ނުދާން ގަދަ ހަދަން މަސައްކަތް ކުރިއެވެ. ސައިބްރޯތާއެކީ އެތާ ތިބި ހުރިހާ ޖިންނިން އެއިމިރާތުން ބޭރަށް ނުކުންނަން މަސައްކަތް ކުރިއެވެ. އެމީހުންގެ ބާރުގައި ޒިބާން އެތަނުން ގެންދިޔައީ ޒިބާނަށް ލިބިފައިވާ ބާރުގެ ބޭނުން ނުހިފޭނެކަން އެމީހުންނަށް އެނގޭތީއެވެ. އެ ޝައިތޯނާ ދީފައިވާ ހަމަލާތަކުގެ ސަބަބުން ޒިބާންގެ ގައިންވަނީ ބާރު ދޫވެފައެވެ. އެމީހުން ކުޑަދޮރާ ހަމައަށްގޮސް މައްޗަށް ދިޔުމަށް މިސްރާބުޖެހިއެވެ.
“އެކަލޯ އަފިރިންނަށް މަވަގުތެ މަޑޮކެރެވޭކަށްނެއް… ބައްޕާއަށް ނިއެނގެ މަންޝާ ވިހެއި ކޮއްޔާ ވީތަނަށް… ބައްޕާއަށް މިހިސާބަ އާއްސެއި ސަލާމާތްކެރެވެނީ މަންޝާއި ޒިބާނާ… ދެން ހިނގައު އެބޭ.. މިތެއި މަޑޮކެރާ އެހެއި ބުއްދިވެރިއެއްނޫން…” (ދަރިފުޅާ އަހަރެމެންނަށް މިވަގުތު މަޑުކުރެވޭކަށްނެތް؟.. ބައްޕައަކަށް ނޭނގެ މަންޝާ ވިހެއި ކުއްޖާ ވީތަނެއް.. ބައްޕައަށް މިހިސާބަށް އައިސް ސަލާމަތް ކުރެވުނީ މަންޝާއާ ޒިބާން… ދެން ހިނގާ ދާން.. މިތާ މަޑުކުރުން އެހާ ބުއްދިވެރިއެެއްނޫން…) ސައިބްރޯތު ޒިބާނަށް ނަސޭހަތް ދިނެވެ.
” ބައްޕާ ދެން ކޮބާ ޒޭބާ؟… މަ ސަލާމަށްކެރާ އެފަންޑިތަހަދާ މީހާއި ކުރިމަތިލީ ޒޭބާ… އެއަ ސަލާމަށްކެރާ ޖެހޭހެ… ކޮއްޔާ ވީތާން އެގޭނެއި ޒޭބާއަށް… ބައްޕާ ހިގައު އެތަނަށް އޭއް…” (ބައްޕާ ދެން ކޮބާ ޒޭބާ؟.. އަހަރެން ސަލާމަތްކުރަން އެ ފަންޑިތަ ހަދާ މީހާއާ ކުރިމަތިލީ ޒޭބާ.. އޭނަ ސަލާމަތް ކުރަން ޖެހޭނެ… ކުއްޖާ ވީތަން އެނގޭނީ ޒޭބާއަށް… ބައްޕާ… ހިނގާ އެތަނަށްދާން…) މައްޗަށް އަރަމުން ދިޔަ ވަގުތު ޒިބާން އިޝާރާތްކުރަމުން ދިޔައީ އެ ޓެރަސްއާ ދިމާއަށެވެ. ޒިބާންގެ ގަދަހެދުން މަޑުޖެހުނީ އޭނާއަށް ފެނުނު މަންޒަރުންނާއި އިވުނު އަޑުންނެވެ.
އޭރު ޒޭބާގެ ވޭނީ ރުއިމުގެ އަޑު އެސަރަހައްދުގައި ހިއްޕާލާފަ ހުއްޓެވެ. ޒޭބާގެ މުޅިގައިގާވަނީ ހުޅު ހިފާފައެވެ. އޭރު އަލިބެއާއެކީ ކިޔަވަން ތިބި ހަތް މީހުން ނުހުއްޓި ކިއެވެލި ކިޔަވަމުން ދިޔައެވެ. ޒޭބާގައިގާ އަލިފާން ރޯވެ އަނދަމުންދިޔައެވެ. އެންމެ ފަހުން އިވުނު ހަޅޭކުގެ އަޑާއި އެކީ ޒޭބާ ހައްޔަރުކޮށްފައިވާ ބުރުގެ ތެރެއިން މައްޗަށް ފާޅުވެގެން ދިޔަ ނޫކުލައިގެ އަލި ފެނުމާއި އެކީ ޒިބާންގެ ދެލޯ މަރާލިއެވެ. އެލޮލުން ފޭބި ކަރުނަތައް ސައިބްރޯތަށް ފެނުނެވެ. ނަމަވެސް މިވަގުތު އެތަނަށް ފޭބުމަކީ އެންމެ ރަނގަޅު ގޮތެއް ނޫންކަން ސައިބްރޯތަށް އެނގޭތީ އޭނާ ލަސްނުކޮށް ޒިބާން ގޮވައިގެން ސަކޭރާއާ ހަމައަށް ދިޔުމަށް އަވަސްވެގަތެވެ. އޭރު ޒިބާން ގައިން ވަރުދޫވާން ފަށައިފިއެވެ. އޭނާގެ މޭދަށަށް ވަކި ހެރިފައިވާ ދިމާ ވަނީ ވަރަށް ފުންކޮށް ޒަހަމްވެފައެވެ.
*** *** *** *** *** ***
ދެލޯ ތަންމިނަށް ހުޅުވާލަމުން މަންޝާ ހަޅޭއްލަވައިގަތެވެ. އޭރުވެސް ބޮލުގައި ތޫނު ރިހުމެއް ހުއްޓެވެ. ބޮލުގައި އަތް އަޅާލަމުން މަންޝާ ބަލާލީ އޭނާ ކައިރީގައި ހުރި މަދީހާގެ މޫނަށެވެ. “މަންމާ… ” މަންޝާ ވާހަކަ ދައްކަން ފެށުމުން މަދީހާ މަންޝާގެ ވާހަކަ މެދުކަނޑުވާލަމުން ވާހަކަ ނުދެކުމަށް އެދުނެވެ. މަންޝާ ހޮސްޕިޓަލުގައި އެނދުމަތި ކޮށްފައިވާތާ މީ ތިންވަނަ ދުވަހެވެ. މަންޝާގެ ނިތްކުރިމަތީގައި އަޅާފައިވާ ބެންޑޭޖްގަނޑު ވަނީ ނައްޓާލާފައެވެ. މިހާރު ނިތްކުރީގައި އަޅާާފައިވަނީ ބޭސް މަލަންގަނޑެކެވެ. އަޒީމާ އެކީ އެކޮޓަރިއަށް އަލިބެ އައިސް ވަނީ އެވަގުތުއެވެ. މަންޝާއަށް މިވާން އުޅޭ ގޮތެއް ރަނގަޅަށް ދެނެގަންނާކަށް ނޭގުނެވެ. އަޒީމް އައުމާ އެކު މަންޝާ އަޒީމަށް ގޮވާލަމުން ކިހިނެއް ވީތޯ ސުވާލުކުރަން ފެށިއެވެ.
“މަންޝާ… މަންޝާއަށް ވީގިތް ހަނދާން އެބަހުރިތަ؟..” އަޒީމް މަންޝާއާ ވާހަކަދެއްކީ ވަރަށް ލޯބިންނެވެ.
“ނޭނގެ… ޒުހާ ވިހައިގެން އޮއްވާ ހޮސްޕިޓަލަށް އައި ދުވަސް މަތިންހަނދާންހުރޭ.. ދެން ހަނދާންހުރީ ޔާ އައިވޯޒް ޕްރެގް… ބަނޑަށް ސިކްސް މަންޓްސް ވާނީ…. މަން ދިޔައީ ރަސްފަންނަށް. އެތާ ބީޗުގަ ވަރަށް ގިނައިން އިރުއޮއްސޭ މަންޒަރު ބަލަން ގޮސް ހުންނަ ހަނދާންވޭ… ދެން އެ ދުވަހު އެތާ ހުއްޓާ އަޒީމް އަހަންނަށް ގުޅައިގެން ވާހަކަ ދެއްކި… އަހަރެން ގެއަށް އަންނަން މަގު ހުރަސްކުރި ހަނދާންވޭ… ދެން ދެން… ދުއްވާފަ އައި ސައިކަލެއް… ވަރަށް ބާރަށް އައިސް އަހަރެން ގައިގަ ޖެއްސި… އެ ސައިކަލު ގޮސް ތަށިގަނޑަށް އެރީ… އަހަރެން ުިރައިގެންގޮސް ދުރަށް ވެއްޓި.. ނިތްކުރި ފަޅައިގެން ދިޔައީ… ދެން އެތަނަށް އައި ދެމަފިރިން.. އެމީހުން ދައްކާ ވާހަކަ އަޑު އިވުނަސް.. އަހަންނަށް ވާހަކައެއް ނުދެއްކުނު… ބޮލުތެރެއަށް ފިނިވަމުން ދިޔައީ… ދެން ދެލޯ ފުސްވެ އަހަރެންނަށް އެއްވެސް ކަމެއް ނޭނގޭ… ދެން އައި ރިމެމްބަރ ވޭކިން އަޕް ހިއަރ… ވަޓް ހެޕަންޑް… ވެއަރސް މައި ބޭބީ…” މަންޝާ ހަނދާން ހުރި ކަންތައް ކިޔައިދިން ނަމަވެސް އެއީ އަޒީމަށް އިނގޭކަމެއް ނޫނެވެ. އެއީ މީގެ ދެމަސްކުރިން މަންޝާއަށް ފެނިފައިވާ ހުވަފެނެކެވެ. މަންޝާ ކައިރީ އަޒީމް ބުނާނެ އެއްޗެއް ނޭނގުނެވެ. ނަމަވެސް މިވަގުތު މަންޝާ ސްޓްރެސްވާ ކަހަލަ ކަންތައް ނުކުރުމަށް ޑޮކްޓަރުން ވަނީ ނަސޭހަތް ދީފައެވެ.
“އަސްލު އެ ދުވަހު މަންޝާ އެކްސިޑެންޓެއް ވީ… އިތުރު ކަމެއް ހަނދާންވެސް ނެތް ދޯ… ޒުހާވީ މެލޭޝިޔާގަ.. އެންޑް މަންމަވެސް އައިސް މިހުރީ…. ދެން މަންޝާ ރަނގަޅުވަމުން ދަނީ… ޑޯންޓް ސްޓްރެސް އިނގޭ….” އަޒީމް މަންޝާއާ ވާހަކަ ދައްކާ ހަމަޖައްސާލުމަށްފަހު އެ ކޮޓަރިން ނުކުމެގެން ދިޔައީ މަންޝާ ބަލަމުން ދާ ޑޮކްޓަރާ ބައްދަލުކުރާށެވެ. ޑޮކްޓަރ އިންނަވާ ކޮޓަރީގައި ޓަކިޖަހާލަމުން އަޒީމް އެކޮޓަރީގެ ދޮރު ހުޅުވާލިއިރު ޑޮކްޓާރ އިނީ މަންޝާގެ ސްކޭން ރިޕޯޓްތަކާ އެކްސްރޭތަކަށް ބަލާށެވެ.
“ކަމްކަމް.. ސިޓް ޕްލީސް… ހައުޒް ޝީ…” ޑޮކްޓަރ އަޒީމާ ސަލާމްކޮށްލަމުން އަހާލިއެވެ.
“ނޭނގެ. މަންޝާގެ މެމޮރީގަ ގިނަ ދުވަސްތަކެއް ނެތްހެން ހީވަނީ.. މާކުރީގެ ވާހަކަ ތަކެއް މަންޝާ ދައްކަނީ.. ކިހިނެއްތޯ އެވީ…” އަޒީމް ސުވާލު ކުރުމުން ޑޮކްޓަރ ގޮނޑީގައި އިށީނދެ އަޒީމާ ދިމާއަށް ބަލާލިއެވެ. “މަންޝާއަށް އެދިމާވި އެކްސިޑެންޓުން އެވަނީ ވަރަށް ބޮޑު އަނިޔާއެއް ސިކުނޑިއަށް ލިބިފަ.. މިފަދަ ދުވަސްވަރެއްގަ މަންޝާއަށް ކުއްލިއަކަށް މާޒީގެ ހުރިހާ ކަމެއް ހަނދާންކޮށްދިނުމަކީ އެހާ ރަނގަޅުކަމެއް ނޫން.. އޭޒް ޝީހޭޑް އަމިސްކެރިއޭޖް މިވަގުތު އެންމެ ރަނގަޅުވާނީ ދިރިއުޅެމުންދާ މާހައުލުވެސް ބަދަލުކޮށްލުން.. ފަހުން ހަމައަަކަށް އެޅޭހާ ދުވަސްކޮށްފަ އޭނާއަށް ކަންތައް ހަނދާންކޮށްދިނުމަށް ހެލްޕްވުން މީގަ ބުއްދިވެރީ.. ނޫނީ ސްޓްރެސް ވިލް ޕްލޭއަ މޭޖާ ރޯލް އެންޑް މައިޓް ރުއިންހާ ލައިފް… ޓޭކް ކެއައޮފް ހަރ… އެންޑް އެއް މަސްދުވަހުގެ ބޭސް ދީފަ ހުންނާނެ.. ކަންތައްތައް ހަނދާންވާ އިރު އެގްރެސިވް ބިހޭވިއަރއެއް ފާހަގަވުމަކީ އެކަށީގެންވާ ކަމެއް.. އެހެންވާ ކަހަލަ ހާލަތުގައި ނިދާބޭސް ދީގެން މޭކް ހާ ސްލީޕް… މޭކް ޝުއަރ ޝީ ޓޭކްސްދަ މެޑިސިންސް ޕްރޮޕަރލީ… ނަރުސްކުދިން މިހާރު މަންޝާގެ ޑިސްޗާރޖް ޑޮކިއުމަޓްންޓްސްތައް ތައްޔާރު ކުރާނެ…”
ޑޮކްޓަރަށް ޝުކުރު އަދާކުރުމަށްފަހު މަންޝާ އޮތް ކޮޓަރިއަށް އަޒީމް ދިއުމަށް ހިނގައިގަަތެވެ. އެވަގުތު މަންޝާ ބާއްވާފަ އޮތް ކޮޓަރީގެ ބޭރުގައި އަޒީމްގެ އިންތިޒާރުގައި ރިޔާޒް މަޑުކޮށްގެން ހުރިތަން ފެނުނެވެ. “އަޒީމް ލުކް ވަޓް ހެޕަންޑް… ތެކަމުން މަގޭ ބައްޕައަށާއި މަންޝާއަށް ކިހެއިބޮޑޮ ގެއްލުމަށްއެވީ… މަ ބައްޕާ އެހިށީ ނިކުޅެދޭ މީހަަކަށް ވެފެއި… މަންޝާގެ ހަޔާތުން އެއްބެއި އެވެނީ ސިކުނޑިން ފޮހެވިފެއި.. އަޒީމަށް އެނގޭހެ އަޒީމްގެ ބައްޕާސް ތެކަހަލައި ކަމަށް ކެރަނިކޮށްކަން ނެތިގެން އެބެގެއީއަސް…” (އަޒީމް… ލުކް ވަޓް ހެޕަންޑް.. ތިކަމުން އަހަރެން ބައްޕައަށާ މަންޝާއަށް ކިހާ ބޮޑު ގެއްލުމެއް އެވީ.. އަހަރެންގެ ބައްޕަ އެހުރީ ނުކުޅެދޭ މީހަކަށް ވެފަ… މަންޝާގެ ހަޔާތުން އެއްބައި އެވަނީ ސިކުނޑިން ފޮހެވިފަ… އަޒީމަށް އެނގޭނެ އަޒީމްގެ ބައްޕަވެސް އެކަހަލަ ކަމެއް ކުރުމުގެ ތެރޭގަ ކަން ނެތިގެން ދިޔައީ…)
ރިޔާޒްގެ ވާހަކަ މެދުކެޑުނީ އަޒީމް ރިޔާޒާ ދިމާއަށް އޭނާގެ އަތްތިލަ ދިއްކޮށްލަމުން ދެން ހުއްޓާލާށޭ ބުނުމުންނެވެ. “ރިޔާޒަކަށް ނިއެނގޭހެ އެކަހަލެއިކަމަށް ވީމެއި ކެރާ އިހްސާސަށް… މަންޝާ ވޭނޑެނެއި އެ ޖިންނިއައި ހިތާ ވެގެން… މަ ބޭނުމަށް ނޫން މަންޝާ އެއިން އެއްވެސްކަމަށް ހަނދާންވޭކަށް…މަ ބޭނުމީ މަންޝާ މިޅި އުމުރުދުވަހިއަސް އެގޮތެ ހިންނަން… މިކޯ މި ވޭނޑެނީ އެކަމަށް މަ ކެރާށްޖެހެއި އެންމެފަހުގެ ތައްޔާރީތައްވޭއް…” (ރިޔާޒަކަށް ނޭނގޭނެ އެކަހަލަ ކަމެއްވީމަ ކުރާ އިހްސާސެއް.. މަންޝާ އުޅުނީ އެ ޖިންނިއާ ހިތާގެެން.. އަހަރެން ބޭނުމެއް ނޫން މަންޝާއަށް އެއިން އެއްވެސް ކަމެއް ހަނދާންވާކަށް…އަހަރެން ބޭނުމީ މަންޝާ މުޅި އުމުރު ދުވަހުވެސް އެގޮތުގަ ހުންނަން… މިހާރު މިއުޅެނީ އެކަމަށް އަހަރެން ކުރަންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ވާން…) އަޒީމް މިހެން ބުނެ މަންޝާ އެނދުމަތި ކޮށްފަ އޮތް ކޮޓަރިއަށް ވަނެވެ. އޭރު އެކޮޓަރި ތެރޭގައި މަދީހާއާ އަލިބެ ތިއްބެވެ.
އަޒީމް އެތެރެއަށް ވަތްއިރު މަންޝާއަށް ވަނީ ނިދިފައެވެ. އަޒީމްގެ އިޝާރާތަށް އަލިބެ ކިޔަވަން ފައްޓަން އޭނާގެ އަތުގައި އޮތް ފޮތް ހުޅުވާލިއެވެ. ކިޔަވަން ފެށުމުގެ ކުރިން ފުންނޭވާއެއް ބޭރުކޮށްލަމުން އަލިބެ ވާހަކަދައްކަން ފެއްޓިއެވެ. “އަޒީމް… މީ އަލިބެ ތި އާއިލާއަށް ކޮށްދޭނެ އެންމެ ފަހުގެ ކަންތައް… އަސްލު މިފަދަ ކަންކަމަކީ އެތައްކަމެއް ސިިއްރުކޮށްގެން ކުރެވޭނެ ކަންކަމެއް ނޫން… ޟިރާރުގެ ހާޔާތުގެ މާޒީއާ ގުޅިފައިވާ ކަމަކަށް މިކަންވީއިރު ޟިރާރު މިއިން އެއްވެސް ކަމެއް އަހަރެން ކައިރީ ނުބުނުމުން ޒޭބާ އައިސްދާނެ ކަމަށް އަހަރެން ތައްޔާރު ނުވީ.. އެކަމުގެ ސަބަބުން މަންޝާއާ އަވަލައިގެން އުޅުނު ޖިންނިއަށް ސަލާމަތްވެވުނީ… ނުވިތާކަށް އަހަރެން ގެންގުޅުނު ޖިންނިވެސް ނެތިގެން ދިޔައީ… މަންޝާ އެއްވެސް ކަމެއް ހަނދާން ނެތްކަން އެއީ އަޒީމްގެ ނަސީބު… އެއީ ޖިންނިންނަށް އޭނާގެ ނަމުން ގޮވާލާ އިރަށް އެމީހަކު ހުރި ހިސާބަކަށް އާދެވޭނެ… އެ ޖިންނިންގެ ލޯތަކަށް މިއާއިލާ ފޮރުވަން މިފަންޑިތަ މިހަދަނީ… މަންޝާ އޭނާއަށް ގޮވާލައިފިއްޔާ އެހިސާބުން މި ހަދާ ފަންޑިތައިގެ ބާރު ކެނޑި ތި އާއިލާ އެމީހުންނަށް ފެންނާނެ…”
އަލިބެގެ ނިންމުމަށް އަޒީމް އެއްބަސްވެ ބޯޖަހާލިއެވެ. އަދި މަދީހާ ގާތު ހުރިހާ ކަމެއްވެސް ރަނގަޅު ވާނެކަމަށް ބުންޏެވެ. އަލިބެގެ ކިޔެވެލި ފެށުމުން މަދީހާ އެކޮޓަރިން ބޭރަށް ނުކުތީ ރޮމުންނެވެ. އޭނާގެ ދަރިފުޅަށް ދިމާވި ކަންތަކުން މަދީހާގެ ހިތަށް ކެތްނުވީއެވެ.
*** *** *** *** *** ***
ހޮސްޕިޓަލުން މަންޝާ ދޫކޮށްލުމުން އަޒީމް އަވަސްވެގަތީ ވީ އެންމެ އަވަހަކަށް މަންޝާ ގޮވައިގެން އައްޑޫއަށް ބަދަލުވާށެވެ. އިބްޒީމާއާ ޒިމްނާއާ ރަށަށް ދާން އުޅޭތީ އެމީހުންނާ އެކީ މަންޝާ ގޮވައިގެން ރަށަށްދާން އަޒީމް ނިންމިއެވެ. އަދި އައްޑޫއަށް ދާން ޓިކެޓް ހަމަޖެއްސިއެވެ. އަޒީމްމެން ދިރުއުޅުނު ގޭގައި މަޑުކުރަން އަޒީމް ބޭނުން ނުވީ މަންޝާއަށް ކަންތައްތަކެއް ހަނދާން ވެދާނެތީއެވެ.
ޒިބާން ހޭއަރާ މީހާ ހަމައަކަށް އެޅުނު އިރުވެސް އޭނާ އެއްވެސް މިހަކާ ވާހަކައެއް ނުދައްކައެވެ. ޒޭބާ ސަލާމަތް ނުކުރެވުމުން އެކަމާ ޒިބާން ހުރީ އިންތިހާއަށް ސައިބްރޯތު ދެކެ ރުޅިއައިސްފައެވެ. މޭ ދަށުގައި އަޅާފައިވާ ބޭސްގަނޑު ނައްޓާލުމުން ޒިބާން ތެދުވެ އޭނާ ގެއިން ބޭރަށް ދާން މިސްރާބު ޖެހިއެވެ. އެވަގުތު ޒިބާން ހިފެހެއްޓީ ސަކޭރާއެވެ.
“ކޮންތާކަށް ތެއެނީ… އަދި ރަނގަޅާ ހަމައަކަށް އެޅޭތިކޮށް މަޑުކޮށްލަ… ފަހުނަސް މަންޗާކޮބާތޯ ބަލާ ގިއޭހެ… ނުނީ،،” (ކޮންތާކަށް ތި ދަނީ… އަދި ރަނގަޅަށް ހަމައަކަށް އެލޭންދެން މަޑުކޮށްލާ… ފަހުންވެސް މަންޝާ ކޮބާތޯ ބަލަންދެވިދާނެ… ނޫންތަ؟..) ސަކޭރާގެ އެދުމަށް ޒިބާން އެތާ މަޑުކުރާކަށް ބޭނުމެއް ނޫނެވެ. މަންޝާ އޮތް ހާލެއް ބަލަން އޭނާ ބޭނުންވިއެވެ. ޒިބާން ހޭއެރި ފަހުން ކުރަމުން ދިޔަ އިހްސާސުން މަންޝާއާ އޭނާގެ ގުޅުމަށް ހީނަރުކަމެއް އައިސްފިކަން އޭނާއަށް ހީވާކަހަލައެވެ.
ދުނިޔެއަށް އައިސް ޒިބާން ތިރިކޮށްލީ މަންޝާމެން ދިރިއުޅޭ ގެއަށެވެ. ނަމަވެސް ޒިބާނަށް އެތަނުން އެއްވެސް މީހަކު ފެންނަން ނެތުމުން ގޭތެރޭގައިވާ ސާމާނުތަކަށް ބަލާލިއެވެ. އެމީހުންގެ އަންނައުނާ ސާމާނުތައް ވަނީ މުޅިން ހުސްކޮށްފައެވެ. ޒިބާނަށް އެ އެޕާޓްމަންޓުން ފެންނަމުން ދިޔައީ ފަޅުކަމެވެ. މަންޝާ ވީީތަނެއް އޭނާ ހޯދަން މަސައްކަތް ކުރިއެވެ. އޭނާ ދެލޯ މަރާލަމުން ސިކުނޑިއަށް ބާރުކޮށްލީ މަންޝާގެ އިހްސާސް އޭނާއަށް ކުރޭތޯއެވެ. ނަމަވެސް އެފަދަ އެއްވެސް ކަމެއް އޭނާއަށް އިހްސާސެއް ނުވެއެވެ. ޒިބާންގެ ސިކުނޑީގެ ކަނަކުން މަންޝާ ދެން އެނބުރި ނާންނާނޭ ބުނާ ކަހަލައެވެ. ނަމަވެސް އެކަން އޭނަ ގަބޫލުކުރާކަށް ބޭނުމެއް ނޫނެވެ. މަންޝާމެން ކޮޓަރި ބެލްކަންޏަށް ނުކުމެ ޒިބާން ބޭރުބަލާލިއެވެ. ޒިބާނަށް މަންޝާއާ ނުލާ ނޫޅެވޭނެއެވެ. އެޚިޔާލުން ޒިބާންގެ ހިތް ކުދިކުދިވެގެން ދިޔަކަހަލައެވެ. ދެލޮލުން ހިފެހެއްޓުމެއް ނެތި ފައިބަމުން ދިޔަ ކަރުނަތައް ހިންދަން މަސައްކަތް ކުރަމުން ޒިބާން ކަރުބުޑުން މަންޝާގެ ނަމުން ގޮވާލިއެވެ.
ގޭ ދޮރުމަތީ މަޑުކޮށްގެން އޮތް ޓެކްސީއަށް ލަގެޖް އެރުވުމަށްފަހު މަންޝާ ޓެކްސީއަށް އަރަން ދޮރުހުޅުވާލި ވަގުތު އޭނާގެ ހިތަށް ތަފާތު އިހްސާސެއް ވާން ފެށިއެވެ. ޖެހެމުން ދިޔަ ވައިރޯޅިތައް އޭނާގެ ގައިގާ ބީހެމުން ދިޔައިރު އޭނާގާތު މަޑުކުރާށޭ ބުނާ ކަހަލައެވެ. އެވަގުތު މީހަކު ބެލްކަނީގައި ހުރިހެން އޭނާއަށް ހީވުމުން އިސްއުފުލާ ބެލަކަންޏާ ދިމާއަށް ބަލާލިއެވެ. ނަމަވެސް އެތަނުން މަންޝާއަށް އެއްވެސް މީހަކު ފެންނާކަށް ނެތެވެ. މީހަކު ގޮވާލިހެންވެސް އެނާއަށް ހީވިއެވެ. މަޑުޖެހިފައި މަންޝާއަށް ހުރިތަން ފެނިފައި މަންޝާއަށް އަޒީމް ގޮވާލިއެވެ.”ހެއި ކިހިނެއްވީ؟…”
ކަމެއް ނުވެއޭ ބުނަމުން މަންޝާ ކާރަށްއަރާ އިށީނެވެ. ހުޅުމާލެ ފެރީ ޓަރމިނަލަށް ދާން ކާރު މިސްރާބު ޖެހި އިރުވެސް މަންޝާއަށް ކާރުގެ ކުޑަދޮރާ ދިމާލުން ބެލެމުން ދިޔައީ އެގޭގެ ބެލްކަންޏާ ދިމާއަށެވެ. މަންޝާގެ ހިތަށް ވަމުން އެދާ އުނދަގޫ އޭނާއަށް ބަޔާންކޮށްދޭކަށް ނޭނގުނެވެ. އެނގޭހާވެސް ކަމަކީ އޭނާއަށް ވަރަށް ހާއްސަ އެއްޗަކާ ދުރަށް ދެވެނީ ހެންނެވެ. އެ ހާއްސަ އެއްޗަކީ ކޮން އެއްޗެއްކަން ދެނެގަންނަން ނޭގުން އެއީ ތަގްދީރު މަންޝާއާ ކުޅުނު ބޮޑު ޑްރާމާއެކެވެ. ވޭތުވެދިޔަ ދެމަސްދުވަހެއްހާ މުއްދަތުގެ ކަންތައްތައްވަނީ އޭނާގެ ހަނދާނުން މުޅިން ފުހެވިފައެވެ.
އެއަރޕޯޓަށް ދެވުމާ އެކީ އަޒީމް އެދެމަފިރިންގެ ލަގެޖް ޓްރޮލީއަށް ލައިގެން މިސްރާބުޖެހީ ޑިޕާޗަރ ޓަރނަލްއަށް ވަންނާށެވެ. “މަންޝާ ހިނގާ އަވަހަށް އެތެރެއަށް ވަންނަން… މަންމައާ ޒިމީ މިހާރު ޗެކްއިން ވެއްޖެ…”
އަޒީމްގެ ފަހަތުން ހިނގަމުން ދިޔައިރު ވަށައިގެން އެ މާހައުލަށް މަންޝާ ބަލަމުން ދިޔައެވެ. އެތައް ބަޔަކު އެތަނުން ވަދެ ނުކުންނަ ތަން ފެނުނެވެ. އެމީހުންގެ ތެރެއިން ނުކުމެގެން ދިޔަ މީހުންތަކަށް މަންޝާ ބަލަމުން ދިޔަ ނަމަވެސް މަންޝާ ވިސްނަމުން ދިޔައީ އޭނާގެ ހިތަށް ކުރަމުން ދިޔަ ތަފާތު އިހްސާސްތަކަށެވެ. ފެންނަ ކޮންމެ މޫނެއް އެއީ ދަންނަ މީހެއްކަމަށް އޭނާއަށް ހީވާ ހީވުމުން އޭނާ ބިރުގަނެ ފަސްޖެހޭ ގޮތްވިއެވެ.
ޓަރމިނަލް ތެރެއިން ނުކުތް މީހަކު ދިޔައީ މަންޝާގެ ގައިގާ ޖެހިގެންފައެވެ. މަންޝާގެ ކޮނޑުގައި އަޅާފައިވާ އަތްދަބަސް ވެއްޓުމުން އެ ނަގަން މަންޝާ ގުދު ވެލިއެވެ. އޭރު އެތަނަށް ވެއްޓިފައިވާ ފޮތް މަންޝާގެ ލޮލުގައި އަޅައިގަތެވެ. ފޮތް ނަގަމުން މަންޝާ ފަހަތަށް އެނބުރި ބަލާލީ އެމީހާއަށް އެފޮތް ހަވާލު ކުރާށެވެ. ނަމަވެސް އެތާ ވަރަށް މީހުން ގިނައެވެ. އެ އެންމެންގެ ތެރެއިން މަންޝާ ގައިގަ ޖެހުނު މީހާ ދެނެގަންނާކަށް ނޭނގުނެވެ. އަޒީމް ގޮވާލުމުން މަންޝާ އެނބުރި ބަލާލިއެވެ. އަދި މަންޝާގެ އަތް ދަބަސްތެރެއަށް އެ ފޮތްލަމުން ކުރިއަށް ހިނގައިގަތެވެ.
ފްލައިޓަށް އެރުމަށްފަހު މަންޝާ އިށީނީ ކުޑަދޮރު ކައިރީގައިވާ ސީޓެއްގައެވެ. މަންޝާ ކައިރީގައި ޒިމްނާ އިށީނީ އިބްޒީމާ ކައިރީގައި އޭނާ އިންނަން ބޭނުން ނުވާތީއެވެ. ޒިމްނާ އެތާ އިށީނުމުން އަޒީމް ސިއްރުސިއްރުން މަންޝާ އާ މާގިނައިން ވާހަކަ ނުދައްކައްޗޭ ބުނެލިއެވެ. އެކަމަށް އެއްބަސްވެ ޒިމްނާ ބޯޖަހާލީ ކުރިން އަޒީމް ދައްކާފަހުރި ވާހަކަތަކަށް ބުރަވެފައެވެ. މަންޝާގެ ހަނދާނުން ބައެއް ފުހެވިފައިވާކަން އަޒީމް ކިޔައިދީފައި ވާތީއެވެ. މަންޝާއަށް ބަލާލަމުން ޒިމްނާ ހީލިއެވެ. އަދި މަންޝާގެ ނިތްކުރީީގައި އަޅާފައިވާ މަލަންކޮޅަށް ބަލާލިއެވެ.
“ބޮލުގަ ރިއްސާތަ؟…” ޒިމްނާ ކުރި ސުވާލުން މަންޝާ ނިތްކުރީގައި އަތްޖައްސާލިއެވެ. ނޫނެކޭ ބުނެ މަންޝާ ހިނިތުންވެލަމުން ދަބަހަށް ލީ ފޮތް ބަލާލަން ނަގާ ހުޅުވާލިއެވެ.
އެއީ ކަޅުކުލައިގެ ޑައިރީއެއް ފާޑުގެ ފޮތެކެވެ. ފޮތް ހުޅުވާލުމާ އެކީ މަންޝާގެ ދެލޯ ބޮޑުވެގެން ދިޔައެވެ. އެއީ މަންޝާ ދަންނަ މީހެއްގެ ފޮތެއްކަން އެ ލިޔުން ފެނިފަވެސް މަންޝާއަށް އެނގުނެވެ. މަންޝާ އެފޮތުގެ ފުރަތަަމަ ސަފްހާގައިވާ ލިޔުންކޮޅު ކިޔާލިއެވެ.
“އަފްނާން ކިޔަވާހިތެއް ނުވޭ… ސްކޫލަށް ދާކަށް ބޭނުމެއް ނުވޭ…. ބައްޕަ އަފްނާނަށް ވަރަށް ރަނގަޅު… މަންމަ މަސައްކަތް ކުރަނީ އަފްނާން ކޮންރޯލް ކުރަން އައި ޖަސްތް ހޭޓް އިޓް….”
މަންޝާއަށް ހީވީ ހަމަ ރަނގަޅަށެވެ. އެއީ މުނީރައްތަގެ ދަރިފުޅު އަފްނާނެވެ. އެއީ އަފްނާންގެ ހިތުގެ އުދާސްތައް ބޭރުކޮށްފައިވާ ފޮތެވެ. ޓަރމިނަލް ތެރެއިން ފެނުނު މީހުންގެ މޫނުތައް ހަނދާންކުރަން މަންޝާ މަސައްކަތް ކުރިިއެވެ. އަފްނާންގެ ސިފަހިތަށް ގެންނަން މަސައްކަތް ކުރި ނަމަވެސް މަންޝާގެ ހަނދާނަށް އަންނަނީ ކުޑަކުޑަ އަފްނާން ހުރި ގޮތެވެ. ފަހުން އަފްނާނާ ދިމާވި ހަނދާން މަންޝާއެއް ނުވެއެވެ. އެމީހުންގެ ތެރެއިން އަފްނާން ފެނުނުކަންވެސް މަންޝާއަށް ނޭނގުނީ އެހެންވެއެވެ. އެކަމަކު މަންޝާ ފެނިގެން އަފްނާން މަޑުނުކުރީ ކީއްވެހެއްޔެވެ. އެހާ ގިނަ ބައެއްގެ ތެރެއިން އަފްނާނަށްވެސް މަންޝާ ވަކިކުރަން ނޭގުނީކަމަށް ވެދާނޭ މަންޝާގެ ހިތަށް އެރިއެވެ.
“ހެއި ޑްރީމް ގާރލް…” މީހަކު ވާހަަކަ ދައްކާ އަޑަށް މަންޝާ އިސްއުފުލާ ބަލާލަމުން އަތުގައި އޮތް ފޮތް ލައްޕާލިއެވެ. މަންޝާގެ ކުރިމަތީގައި ދެބުމަ އަރުވާ ދެލޯ ބޮޑުކޮށްގެން ހުރި ޒުވާނާއަކީ ވަރަށް ރީތި ޒުވާނެކެވެ. އެއީ ހަމުގެ ކުލަ ދޮން ވަރަށް ރީތި މީހެކެވެ. ކޮނޑާހަމައަށް އަންނަ ފަން ދިގު އިސްތަށިތަކުގެ ކޮޅުގައިވަނީ ރަތްކުލަ ޖައްސާފައެވެ. ލޮލުގެ ކަޅި ހުރީ މުށި ކުލައަކަށެވެ.
“ޔަގީން މީ ބޭރު މީހެއް… ހާދަ ރީއްޗޭ ދޯ..” އެ ޒުވާނާއާއި ދިމާލަށް މަންޝާ ބަލަންހުރީ އޭނާގެ ރީތިކަމުންނެވެ. ފިލްމުތަކުން ފެންނަކަހަލަ ފުރިހަމަ ކަމެއް ލިބިފައި ހުރި މި ޒުވާނާ ފެނުމުން މަންޝާގެ ހިތް ބާރަށް ތެޅެން ފެށިއެވެ.
އޭރު އޭނާގެ ފަން ދިގު އިސްތަށިގަނޑުގެ ތެރެއަށް އަތް މަހާލަމުން ހިނިތުންވެލިއެވެ. “ތިތަނަށް މަގޭ ކެމެރާގެ ލެންސް ވެއްޓިއްޖެ… ނަގައިދީބަލަ… އިފްޔޫ ޑޯންޓް މައިންޑް…” ކަޅި ޖަހާނުލާ އޭނާއާ ދިމާއަށް ބަލަން އިނދެވުނީ މަންޝާއަށް އެސޫރައަކީ ދަންނަ މީހަކާ ވައްތަރުވުމުންނެވެ.
“ޑޫ ޔޫ ނޯމީ…” މަންޝާ ސުވާލުކޮށްލީ އެއީ އޭނާއަށް ހީވި ހީވުމެއްތޯ ޔަގީން ކުރާށެވެ.
“ނޯ… ބަޓް ޔުއާ ވެރީބިއުޓިފުލް…” އެއްލޯ މަރާލަމުން އެޒުވާނާ ވާހަކަ ދެއްކި ގޮތުން އޭނާއާ ޖެހިގެން ހުރި ފިރިހެން ކުއްޖާ ގާތަށް ހިނިއައެވެ. މަންޝާގެ ފައި ކައިރީގައި އޮތް ލެންސް ނަގާ އެ ޒުވާނާ އަތަށް ދިއްކޮށްލުމުން އެ ފިރިހެން ކުއްޖާ ގޮނޑީގައި އިށީނެވެ.
“ޑުޔޫނޯ މީ….” މާހިރު ވާހަކަ ދެއްކީ ތުއި އަންހެން އަޑަކުންނެވެ. މަންޝާ ބުނި މިބަސް ތަކުރާރު ކޮށްލަމުން ކިޝާންއާ މާހިރު ދިމާކޮށްލިއެވެ. “އެމަންޖެ އެހުރީ ކިޝަން ފެނިފަ ފަސްޓް ސައިޓުން ފޯލް ވެފަ..”
“މާއްޓޭ…. ސާބަސް…. އެނީވޭޒް އައިމް ހޮޓް.. ސޯ އަހަރެން ވަަރަށް ކާމިޔާބުވާނެ… އެމަންޖެ އަހަންނަށް ސެޓްވާނެ…” މާހިރަށްވުރެ ކިޝަން ކާމިޔާބުކަން ހާމަކުރަން އޭނާ ބޭނުންވިއެވެ. “ބަޓް ޝީޒް ޓޫ އޯލްޑް… އެކަމު ހަޑިއެއްވެސް ނޫން… އައި ތިންކް އައި ޝުޑް ޓަރައި ހާ… ޝީ މަސްޓްބީ ރިއަލީ އެކްސްޕީރިއަންސް…” ކިޝަން މިހެން ބުނެ ސީޓް ބެލްޓް އަޅުވާލިއެވެ.
މަންޝާގެ ހިތުގެ ވިންދު އަވަސްވަމުން ދިޔައެވެ. ފްލައިޓް ނައްޓާލުމުން މަންޝާ ބާރުބާރަށް ސީޓުގެ އަތްގަނޑުގައި ހިފެހެއްޓިއެވެ. ދެލޯ މަރާ ބާރުކޮށްލަމުން ފުންނޭވާއެއް ބޭޭރުކޮށްލިއެވެ. ބަނޑަށް ހީލިއަރާކަހަލަ ގޮތެއް އިހްސާސްވުުމުން މަންޝާ ދެލޯ ހުޅުވާ ބަލާލީ ކުޑަދޮރާ ދިމާއަށެވެ. ވިލާތައް މަތިން ޕްލައިޓް ދަތުރުކުރަން ފެށުމުން މަންޝާއަށް އެމަންޒަރު ވަރަށް ކަމުދިޔައެވެ. ވިލާތަކުގައި އަތް ޖައްސާލަން ލިބޭނެ ނަމައޭ އޭނާގެ ހިތަށް އެރިއެވެ.
އިރުއިރުކޮޅުން ކުރިމަތީ ހުރި ސީޓުުގައި އިން ބީރައްޓެހި ޒުވާނާއަށް މަންޝާއަށް ބެލެނީ ކީއްވެގެންކަމެއް ނޭނގެއެވެ. މަންޝާއަށް ކަމުދިޔައީ އޭނާގެ ސޫރާ އެކަންޏެއް ނޫނެވެ. އެ އިސްތަށިގަނޑުވެސް މަންޝާއަށް ކަމުދިޔައެވެ.
މަންޝާއަށް ނޭނގޭ ކަމަކީ އެއީ އެ ސިފައެއްދެކެ އިންތިހާއަށް މަންޝާ ލޯބިވީ ސިފައެވެ. ޒިބާންއައިސް މަންޝާ ގާތުގައި އުޅުނީ އެ ސިފައިގައެވެ. މަންޝާގެ ސިކުނޑިއަށް ބާރުކުރާތީ އޭނާގެ ދެލޯ މަރާ ބާރުކޮށްލިއެވެ. ނުވިސްނަން މަސައްކަތް ކުރި ނަމަވެސް އެވަގުތު މަންޝާގެ ކަންފަތުގައި ޖެހުނީ ތުއްތު ކުއްޖެއްގެ ރުއިމުގެއަޑެވެ.
އެއަޑު ޖެހުމުން މަންޝާ ލޯހުޅުވާ ފަލްއިޓު ތެރެއަށް ނަޒަރު ހިންގާލީ މަންޝާގެ ގައިން ހީބިހި ނެގުމުންނެވެ. މަންޝާ ލައިގެންހުރި ހެދުން ތެމޭކަން އޭނާއަށް އިހްސާސް ވިއެވެ. ހެދުމަށް މަންޝާ ބަލާލީ ހައިރާންވެފައި ހުރެއެވެ. މަންޝާގެ ހެދުމުގެ ދެފަރާތުން ކިރުފައިބެ ހެދުން ވަނީ ތެމިފައެވެ. އެވަގުތު ދެލޯ ބޮޑުކޮށްލަމުން އަނެއްފަރާތު ސީޓުގައިއިން އަޒީމާ ދިމާއަށް މަންޝާ ބަލާލީ ގުދުވަމުންނެވެ. މަންޝާގެ މޫނުގެ ކުލަވަރު ފެނުމުން އަޒީމް ހާސްވިއެވެ. އެ ޖިންނިމަތިން އޭނާ ހަނދާންވާކަށް އަޒީމެއް ނޭދެއެވެ.
މަންޝާ ޕާޓް 1 – ނިމުނީ.
މަންޝާ ޕާޓް 2 – އިންތިޒާރުކޮށްލައްވާ……
47
125 Comments
Comments are closed.
ޖުމްލަ 53 އެޕިސޯޑާ އެކީ މިވާހަކަ މި ނިންމާލެވުނީ ވަރަށް ގިނަ ބައެއްގެ އެހީތެރިކަމާއެކީ… ހާއްސަކޮށް އެސްފިޔަ ހިންގާ ޓީމަށް ވަރަށް ބޮޑު ޝުކުރެއް އަދާކޮށްލަން ބޭނުން… ވާހަކަ ލިޔަން ބޭނުންވެފައި ތިބޭ އެތައް ކުދިންނަކަށް ހުޅުވައިދީފައިވާ މި ފުރުސަތު އަޅުގަނޑު ބަލައިގަތީ ވަރަށް އުފަލާއެކު… ދެން މިކަމުގައި އަޅުގަނޑަށް އެހީތެރުވެދޭ ގާތް އެކުވެރިން އާއިލާ ގެ ނަން ފާހަގަ ކޮށްލަން… ޒާން، މަރީ ހަމީދު، ޝައު، ފިރިމީހާ، މަންމަ، އަދި ކޮއްކޮމެން… ހަމައެއާއެކު ވާހަކައަށް ތަރުހީބު ދެއްވާ ހުރިހާ ކިޔުންތެރިންވެސް ފާހަގަ ކޮށްލަން. މި ހުރިހާ ބޭފުޅުން ނެތްނަމަ މި ވާހަކަ އެހާ ފުރިހަމަކޮށް ނުގެނެސް ދެވޭނެ… މަންޝާ މިވާހަކައިގެ ދެވަނަ ބައެއް ލިޔާނަން… ހުރިހާ ބޭފުޅުންވެސް މަންޝާގެ ދެވަނަ ބަޔަށް އިންތިޒާރު ކުރާނެކަމަށް އުންމީދުކުރަން…. ހުރިހާ ކުދިިން ގާތުގަވެސް ބުނެލަން އޮތީ ތި ދެއްވާ ތަރުހީބަށް ފަށްފަށުން ޝުކުރިއްޔާއޭ….
wow vr reethi..knirakun part 2 genesdheynii?
Wow wow. Can’t wait long for part2.
Ey Shaz dhen liyaany MAASHA 2 dho?
Varah varah reethi mi vaahaka shaax ge hurihaa vaahaka thahves varah kiyaa hiy vey unmeedhu kuran mi vaahakaige 2 vana bai v avahah kiyaalan libeyne kamah
Wow hama superb ey buneweynee. Luv u shaz umwah dhoony :*
Wow vvvvvvvvreethi
Hulhumale a diya taxi hulhuairport diyaeee. Aekamkuves vaahaka Vara teething thanks
My first comment
Great job lady. I enjoy reading from first to last episode, even expects prompt upload. You have done great job in delivering the story of two dilect,
Clap Clap Clap
My first comment
Great job lady. I enjoy reading from first to last episode, even expects prompt upload. You have done great job in delivering the story of two dilect,
Clap Clap Clap
This story have been amazing since the beginning till the end.Keep up your work and your standards.Negative comments will come. No one can make everyone satisfied.
Waiting for Part 2 😀
This is one of the best dhivehi stories I have ever read! I hope you write mansha2 soon.. All the best to you ?
Wow…. Varah varah varah reethi…..I love this n hope to see u soon…… Can’t wait to read mansha 2
Just wow…..mansha part 2 ah inthizaaru kuran…ehaa gina dhuvas nukuraane kamah ummeedhu kuran….???
Waiting for mansha 2. This story is absolutely stunning
Warah salhi Igey warah hinhama jehun feshigen hama kuriyah huhtaanula gendhiyaee thy waiting for part 2
Varah Vavah Reethi…..great job Shaz….shaz ge hurihaa vaahaka eh ves varah varah reethi…waiting for masha2
Heheh nice
cant wait to read season 2… Alhe ziban n man dhn hama dhimaa nuvanytha!!?.. That is so sad dhw.. Bt 1 vx varah varah varah reethi.. shax plx season 2 avahah genesdhehchey…
Wow vvv reethi. Feshigen nimen dhn kiyaalan libunyma v happy. Comment nukuriyas hama vv salhi. Waiting for part two. Plx Las nukoh genes dhehcheyy
wow…. just wow… vaahaka nimmaali goiy haadha reechey… i feel sad for manshan ziban… emeehunge kids gendhiya bayaku ingrn beynun… n want to see there love story complete on next part….
Me too?
Wow
Waiting…….
The whole story is awsome. Waiting for mansha 2. konirakuntha mansha 2 up kuran fesheyny? (expected date)
Mihaathanah kiyunu enme reethi eh vahaka mi ee.. varah inthizaaru kurevey dheva bayah.. las nukoh genes dheyne kamah ummeedh kuran.. vahaka hama varah best..
The best Dhivehi story I’ve read ever. The descriptions were so real that it seems that it is almost impossible to be a narrative! Great job!
v v v salhi…. ???
really??? 2nd part??? kn iraku??????? cant wait!!!!!!!!!!!!!!!!!!!!!!!!!!! varah rythiiiiiiiii
vara reethi.. mee v inthixaarukurevey vara ves reethi story e. just hats of to the writer. ??
waiting eagearly for season two of this stroy…
Mansha vaahaka ekkoh kee iruxx afnaan ah v goiy neynuneeema vrh kada…n afnaan bappa ah fonuvi ge vaahakaehvxx neh…ehenve vrh boring
Msg***
Dhevana season ah inthizaaru kohla eyrun javaab libi dhaane :*
I think afnaange part genesdheyny season 2 ga hn.. So wait for nxt season of mansha☺
Omg omg season 2 eh vx thrr ?….btw this story is just wow!!…loss of words to say ?…vrh kiyaa hithun kiyi vrh reethi vrhaka eh mee ingey…hats off to u shaax…? nd when is season 2 starting….pls tell us a date…eagerly waiting….once again good job shaax?
Ly?
SO FAR THE BEST HORROR DHIVEHI STORY I HAVE EVER READ.. WAITING FOR PART 2
v rythi…second part knirakun kiyan Iibeyny?
Vvv rythi mi vaahaka.. mansha 2 ah vv inthizaaru kurevey.. hykuran horror scenes v gina vaane kamah.. thnx for ur hard work shazlyn.. n good luck
girl u did it.. u have talent.. pls dont stop writing…. eagerly waiting for the next part….. ?????
Sorry Mansha 2 *
masha allah… thiee thafaathu liyun theriyehkan faahaga kollan.. and i have seen u improving after one another. kandufen is still my favourite. manshaves varah reethi… mivaahakaige dhevana baeh nukuthyma adhi mivaahaka dhaagoiy ingeynee.. mibaives varah furihama… i hope part two will be full of surprises… cant wait…
Wow! v reethi.. nimun v reethi. V hiythalhuvaalaafa part 1 thi nimmaalee.. thy ahrnge fvrt writer mendhu kedumen nethi bunaa dhuvahah vaahaka genesdheytheee shaz ge vaahaka v kiyaahiyvey n thafaathu reethi vaahaka thakeh genes dhey kan faahaga kollan. Avahah mansha part 2 genes dheyne kamah ummeedhu kuran… inthizaarinh.. shaz ehaa gina dhuvas nukuurahchey.. pls pls…
mi vaahaka v hasalhi..life ga kiyunu enme rithi baahaka mi….i Love this story….mansha 2 ah intizaaru kuraana..i hope 2nd baiga mansha ge maaze aburaa jandaavaane and zibaan aa ekiga ulheyni fahun…i hate azeem…i Love zibaan…..
rithi vaahaka…**
handaavaane**
i just wonder the new character KISHAN part two ga bodu role eh kulheyne hen
KISHAN seems naughty..
this story is so superb… i love it. adhives kiyeyne foohikameh nethi. dhen shaazge ehen vaahakaeh neiytha. i want to read all ur stories. kon site akun kiyeynee hurihaa vaahakaeh..
face book page.. SHAZ ge vaahaka… u can read all her stories.. kandufen story eyee enme salhi vaahaka shaz ge
kon vaahaka thake huri fb page ga can u tell
woooow…shax u r grt…waiting 4 season2…i ll miss u zibmanzo….xoxo
V nice, waiting for second part
One of the best story I have read in this site. Love your stories Shax.
Vrh thafaathu reethi vaahaka ehh. ??2 vana part avas kohdhiniyya rangalhii☺☺
well done??? waitting for the second season of mansha… soo mihurihaa dharintha bodethi vaane dhow next part ga.. curoous to know abt afnan and her mystry secret.. zibaaan ah mansha gelluneeta.. bt am sure he will find her .. and zoe kaneynge mansha hoadhaany… aslu kids gendhiyaeee kaaku baaa??? avaha part 2 kiyaalan libey goi hadhaaba.. soo hidden secrets will b revealed i guesss… this is a veryyy beautiful extar ordinery piece of workk… i salute to the writter for entertainin with a awsum story.. mee now esfiya ga huri enme strong writer kama faahaga vey… keep it up girl
Wow wow haaadha reehcheyy mi bai. Waiting 4 the next part. Plx avaha up koh dhechey
wow.. best story ever.. waiting for the next episode
????
next episode ge dateh bunelevidhaanetha???
Great story..Waiting for MANSHA 2
second part kon irakun kiyaalan libeyny haadha reethi vaahaka ekey
Wow!! Very nice ?? Shax ge vaahaka than vrh obi.. Waiting ingey masaa part 2 ah ?
Varah furihama vaahaka eh…konme dhuvahakuves enme furathama balanee mi vaahaka up kohffa indheytho❤️
Mansha 2 ah varah inthizaaru kuran
Dhn nun… Keehve anehkaa inthizaareh kuruvaneethi… Alhe haadha reehchey ?
ehen bai thakekey ehgothah mibaives v furihama. but thankolheh mistakes ginakan faahaga kohlevey. fahu part up kureveythy hiy avas vy dho… aee massalaeh noon. masala aky dhevana bayah kuran jehey dhigu inthizaaru.. I jst love it
shaazu gandaa… as much as I love this story I HATE you. balaabala enmenge name liyunu iru magey mathin handhaan nahthaaly dho. thi vy gothun joori manaa vy. thun dhamaigen mi iny
hiiiii shaaz. this is the most wonderful horror story I have read in esfiya. baeh negative coments aa eku ves u did not give up hope so u are on top of my list.. that means maaishahil bunihen aharumenge name ves bodu akurun nuliyuniyyaa kithanme story reethi viyas positive comments ge badhaluga negative comments in furaalaanamey… black mail kuraneee eh noon ingey. mihaa reethi vaahakaeh nimunu iru name nuhimenyma hithuga jehuny. thihen nahadhaa vaki meehehge name nuliye family enmenaa/ friends and comment kuraa meehun nah shukuru adhaa kuri namaehnun. ekakuves eyrun baakee eh nuvaane.
eyyyy kihineh vegen mi ulheny? magey thalain araa dhumeh nufeneytha. jinninge ekanyeh nooney dhalhu falhany. insaanunge nagulaa dhalhaa nukuthyma maa nubai vane. vvv vefa maves iny vaahaka ninmaafa comment kuran. ekam dhenmege comments balaa levunyma shukuru adhaa kuri meehunge list beli iraku magey nameh nei. mala ma nei nama nubaibayah vannan ithuru meehaku vees tha? zeybaa ves nimigen dhiyaee. dharin kolhuves dhiruvaaly. evarun nuvegen hurihaa aniyaaeh dheefa vaahakaige bodu roalakah act kohdhinyma mashah shukuruves adhaa nukuri. v foohivey. dhen mi vaahakaige emme part ehves nukiyaanan. ehen noony mansha2 ge foiy nerey. buri buri kohgen nukiyaa ehfaharaa kiyan beynumy.
wow!!!!!!!!!!!! ebunaahen shaaz foi nereykah nuvisnantha? vaahaka up kuriyas foi nereveyne eh nun. i jst love ur stories… pls avahah part 2 nerehchey.
mi vaahaka nimuneema dhn nei esfiya ga kiyaalaane vaahaka e ves.. mansha is the best ever story esfiya in genesdhin. and mihaa regular koh upload kuraa ehen writer e nuves nei aslu esfiya ga.. i wish shazlyn ehen vaahaka e namaves avaha genesdheyn fashaa nama ey.. shazlyn ge vaahaka thakaky foohi kame nethi kiyaalevey vaahaka thake.. thank u shaz.we are waitting for ur story eh.
Vaahaka varah salhi.. Enah part ah inthizaara keran..
konirakun 2nd part
aharenves mi innany dhevana bai annaane iregge inthizaaruga. aharennah mi page refresh kurevey adhadhu neynge. hama heevanu dhemme dhemme up vedhaaney. Shaz, dhen bunelaa kon irakun up kolleveynee.
varah rythi shax… varah rythi. Wish you will upload the second part as soon as possible
Alhe second part fahtaany kon iraku? So the readers will know
Shaz alhe dhn bunebala 2nd part fashaane date .. heyo nuvaane aadhays mi kurany bunay bunay :'( :'(
kon irakuntha 2nd apart genes deynii……shax….
Shaz plxxx second part upkohdhyy.. Plx i beg u… Vvv foohivea mihaaru esfiyasga neth biruveri story ehves up kohffa abadhu loabyge hithaama vaahaka.. I hate those storry.. Vvvv kiyaahithvea biruveri vashaka plxx shazzz i need second part.. Esfiya ya iffa intrest vi sababaky ves manshaa storry…. E story nimunyma esfiyaage beanume neth.. Keevetha comment kuryma ripley nukurany.. Shazz plxx kommeves javaabehdhyy.. Mihith negi negifa thelheny thi story kiyaahithun plxxx shazzz plzzzz :'(
Shaz plxxx second part upkohdhyy.. Plx i beg u… Vvv foohivea mihaaru esfiyasga neth biruveri story ehves up kohffa abadhu loabyge hithaama vaahaka.. I hate those storry.. Vvvv kiyaahithvea biruveri vashaka plxx shazzz i need second part.. Esfiya ya iffa intrest vi sababaky ves manshaa storry…. E story nimunyma esfiyaage beanume neth.. Keevetha comment kuryma ripley nukurany.. Shazz plxx kommeves javaabehdhyy.. Mihith negi negifa thelheny thi story kiyaahithun plxxx shazzz plzzzz :'( v dheravea up kutrveane dhuvas lafaakohgfa bunebrrr…
Thanks for the love n support…. thank u all…..
MANSHA part two genesdheynee 2017 ge kommes hisaabehgga.. seedha date bunan adhi varah undhagoo…. ill be very busy till the end of November so new story eh genesdheveynee November ge fahun…. I knw hurihaa readers thibeynee varah kkehmadhuvefa kan…
mi story ehkoh libeyne gothei neitha..??? v beynun ehkoh alun kiyaalan mihen kiyan v undhagoo webite in.. plx plx libeyne gothei hadhaidhyba
Ok….inthizaaru kuraanan..mansha 2 baya….
Aisha….Hodha jahaafa in na baaga jahaaba mansha jehiima annnane mansha vaahaka ekani…so u can read it……easy vaane eyrah
hiiiiiiiiii. koba adhives second part up kuran fashaakah nuveytha. 2017 ge inthizaarugai huttaa second part nukiyenis maru vejjeya yo? esfiya aku nei kamudhaa vaahakaeh ves. kiriyaaves kiyaa hiyvaa vaahaka akah iny loabeega hayyaru vefa. ekamaku eves time ah up nuvey. biruveri vaahakaeh liyelan kerey varuge kujjaku nei viyya. dhe faiga hifaa aadheys kuran nufashanis dhen avas koh bala.
Oh this story is so amazing and I am impatiently waiting for the 2nd part
Regards from Switzerland
mivaahaka kiyaa ninmaafa thibi kudhin shaz ge new story eh fashan dhen MEEKAIL story kiyaalun rangalhu kama feney. mi story dheke ehaa like vaa iru e story vez v kamudhaane. Its a JINNI love story. I’m reading it now
Shaax .. mivaahaka varah ves reethi. Ekamaku nimeythanuga zibaan ge lolah manshaa nufennathee varah dera vehje.
Manshaa aa zibaan aa aslu maa gulhey. Azeem ah vre. Part 2 ga kaneyge dho zibaan ah anehka manshaa fennaanee
Can someone please tell me what is berebedi maa?
Eii kn maleh?
Prefect ❤❤❤ you’ve got talent girl. Keep it up. You’re my favorite writer. Wish you all the best now and in your future ??? Eagerly waiting for Mansha 2 ?
ވަރަށް ފުރިހަމަ..ކޮންދުވަހަކުންތަ ޕާޓް 2 ގެނެސްދޭން ފަސަނީ… ވެއިޓިން.. ވެއިޓިން
pls part 2 fashaaba aavahahah inthixaaruge
Dhn fashan veenu avahah mihaaru kiriyaaa hurevenii kiyaahithun…vaahaka vrhh reethi..❤
Kobaa MANSHA
mihaaruves heevani 6eka garunu vejehen inthizaaru kuraathaaa…… haada digu inthizaarekeyyyyyyyyyyy 🙁
Kirufaibaneeyoa Baiyhyyeh.!?
waiting for part 2 wow vara salhi story a
Waiting for part 2..52nd vana bai kiyaali iru ziban aa mansha aa dhuruveema rym ah rovun rangalhah ves..alhe dhen ziban aa man dhimaa nuvaane tha dhuvahakuves??ehaa loabin ulhefa kulliakah dhemeehun vaki veema varah dhera hageegathuga..eh dhuvas thereyga part 1 in feshigen part 53 aa hama ah kiyaa mi nimaalee foohi kameh nethi..heevy lolu kurimathin gina kanthah sofa vamun dhiyahen..shax hama molhee vaahaka liyan?????
Where’s part two ?
Kobaa manshaage 2 vana bai. Shaax plx up kohba. Plxx
alhey miyoh 2017 ves nimeneee.. kon irakuntha dhevana part nereynee.. thivarah readers thalhu vaakah nuvaane
Alhe Adhives 2 vana part nerevey varu nuveytha?
Wohooo
2017 nimeniii kober still story up nukuran tha :'(
alhe 2017 mi nimuny nu. atleast readers ge comments ah reply eh kohlaba dhw. :/
Alhe facebook ah nuvanna kudhin vx thibeyneh nun. Esfiya ah mansaa part 2 up nukurany tha. ???
When are you going to upload the second part of Mansha. I love this story… can’t wait read . Please upload soon .
Thank you and best regards from Switzerland:)))
miharu mansha ge 2 vanaba sax ehen ehchehga up kurey eba barabarah ekam i dont remember kochegakameh
alhe pls manshaa 2 genes dhybala…..man nd zibaan gulhu vai dheh chey….e azeem gadu maraalaaa…..wow writer ur da best…I love uu nd much more ur story….waiting for mansha 2 restlessly
މަންޝާ ޕާޓް 2 އަށް ވަރަށް އިންތިޒާރު ކުރެވޭ!
mansha 2 still not there?? waiting for this wonderful story 🙂
Waiting for part 2 .. Interesting story …
shax mansha part 2 koba? adhi kihaa wait eh kuran jheyne?:/
thi link in hurihaa episode eh kiyanee kihineiytha… first page ekani fenany
Shaz alhe plx maasha part 2 feshigen kiyeune gotheh hadhaaba or else mi site ah up kohba ?
manshaa ge part 2 kobaa shaaz???
Kon irakun next part annaanee??
Mansha part 2 kobaatha alheyyy
mansha part 2 up koddhheeba v avahah pls maasha allah stry hama habeys hama ehaa vx reethi, adhi mi vaahaka mi kiyuny, ehn vaahakathah kiyaafa adhi mi kee, mi haa reethi stry eh nukiyan adhi v v v v v v v v v v v v v v v reethi ingey shax. luv ya, u r a perfect writer dear
kbaa tha part 2 dear
where is mansha stories part 2? eagerly waiting for it..
This is an amazing story can’t wait for mansha 2.
when will it be uploaded. applause for the writer
Alhe up kodheeba please mansha ge 2nd part
Ey Aisha maruveetha?
Shaax koba mansha next part
Varah kiyaa hiy vey
Shaaz manshaa ge 2 vana bai kobaatha? 2016 in sureh i am waiting. unmeedhu kuran 2 vana bai libeyne kamah
Kobaa tha aneh bai?? Still waiting
Kobaa part 2. Avas avas.
kobaatha part 2
Koba Mansha 2????
Manisha part2ge inthizaa ruga kaymadhuvefa vvvv avaha hushahalhaa dheeba