Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ބިރުވެރިލޯބި

ބީރައްޓެހިޔާ 3

InsaanehMiAAlamGaivAA
November 16, 2016
2 Mins Read
36 Views
6 Comments

“ތީ ރަނގަޅު ސުވާލެއް.” ޑޭވް ބުނެލިއެވެ. “އަދި މިއޮތީ ޖަވާބު. ކަލޭމެންގެ އެއްޗެހި އަހަރެންނާ ހަވާލުކުރީމަ އަހަރެން އެއެއްޗެހި ކަލޭމެންނަށް ވިއްކަދޭނަން. އަހަރެން އޭގެން ބައެއް ނަގާފަ ދެން ހުރި ފައިސާ ކަލޭމެންނަށް.”

“ކިހާ ރަނގަޅު ގޮތެއް.” މިސް ބްރައުން ބުނެލިއެވެ.

“އާނ އަހަރެން އެއްބަސް.” މިސްޓަރ ހާޓްވެސް ބުނެލިއެވެ.

ހުރިހާ އެންމެންވެސް އެއްބަސްވިއެވެ. ޑޭވް ސްޓެޓިންގެ ޕްލޭނަށް އެންމެންވެސް ތާއީދުކޮށް، ތިބީ އެއާމެދު ހިތްހަމަޖެހިފައެވެ.

4 ޖެނުއަރީ 1965ގައި ކޯނަރ ޝޮޕް ހުޅުވުނެވެ. އިސާހިތަކު މަސައްކަތް ބުރަވެ ޑޭވްއަށް އެސިސްޓެންޓަކު ބޭނުންވިއެވެ. އެއެސިސްޓެންޓަކީ އަނާ ކިޔާ ކުއްޖެކެވެ. އަނާ ފިހާރައިގައި މަސައްކަތްކުރަން ފެށީ ޖެނުއަރީ މަހު ފަހުކޮޅެވެ.

ޑޭވް ސްޓެޓިން އޭނާގެ ވައުދު ދެމެހެއްޓިއެވެ. ފިހާރައިގެ ސާމާނު އަގުހެޔޮވެފައި ކޮލިޓީއެވެ.

“އޭނަ ކިހިނެއް އެކަން ކުރަނީ؟” މިސަޒް ހެރީސަން އެއްސެވެ. “މީ ފިނި މޫސުން. އެކަމަކު އޭނަ ބައިވަރު މޭވާއާ ތަރުކާރީ ވިއްކާ. އަދި އެއެއްޗެހި އެހާ އަގުހެޔޮ. އަހަންނެއް މިހާރަކު ލިޑްނީއަކަށް ނުދަން.”

އަވަށުގެ އެހެން މީހުންވެސް އެއާ އެއްބަސްވިއެވެ. ކޯނަރ ޝޮޕް ކާމިޔާބެވެ. އަދި ޑޭވް ފެންނަނީ އުފާވެރިކޮށެވެ. އޭނާ އަނާއަށް ރަނގަޅު މުސާރަ ދެއެވެ. ބައެއްފަހަރު އަނާގެ އެކުވެރި ޕީޓަރ ފިހާރައަށް އެހީތެރިވެދެން އާދެއެވެ. އަދި ޑޭވް އޭނައަށްވެސް ލާރި ދެއެވެ.

ޑޭވް ނޫސްތަކުގައި ފިހާރަ އިޝްތިހާރުކުރެއެވެ. އަދި ފިހާރައިގެ ތަކެތި ރަނގަޅަށް ވިކެއެވެ. ލިޑްނީއިން މީހުން ކޯނަރ ޝޮޕަށް އާދެއެވެ. އަވަށަށް ބައިވަރު މީހުން ޒިޔާރަތްކޮށް ކުރިއަށްވުރެ ވުޑެންޑް މަޝްހޫރުވެއްޖެއެވެ.

އަވަށުގެ މީހުން ތިބެނީ މިކަމާ ވަރަށް ރުހިފައެވެ. އެމީހުންނަށް ބައިވަރު ލާރި ލިބެއެވެ.

ޑޭވް އުޅެނީ ފިހާރައިގެ މަތީގައި ހުންނަ ފްލެޓެއްގައެވެ. އަވަށުގައި އޭނާ ވަރަށް މަޝްހޫރެވެ. އެކަމަކު އެކަކުވެސް އޭނާގެ ފްލެޓަށް ޒިޔާރަތް ނުކުރެއެވެ. އެތަނުގެ އެތެރެއެއް އެކަކަށްވެސް ނުފެނެއެވެ. ފްލެޓަށް އަރާ ސިޑިބަރީގެ ތެރޭގައި ދެކޮޓަރި ހުރެއެވެ. އެއްކޮޓަރިއަކީ ގުދަނެވެ. އަނެއް ކޮޓަރީގެ ބޭރުގައި ޖަހާފައި ވަނީ ‘ޚާއްސަ އޯޑަރުތަކަށް އެކަނި- އެތެރެއަށް ނުވަންނާތި.’ މިހެންނެވެ.މިދޮރު އަބަދުވެސް ހުންނަނީ ތަޅުލާފައެވެ. އަނާ ދުވަހަކުވެސް އެތަނުގެ ތެރެއަކަށް ނުވަދެއެވެ.

“ކީއްވެ އެދޮރު އަބަދުވެސް ތަޅުލާފަ ހުންނަނީ، ޑޭވް؟” އެއްދުވަހަކު އަނާ އެހިއެވެ. “ކޯއްޗެއް އެތާ އެތެރޭގަ ހުރީ؟”

“އެއީ ޚާއްސަ އޯޑަރުތަކަށް.” ޑޭވް ޖަވާބުގައި ބުންޏެވެ. “ބޮޑެތި އޯޑަރުތަކަށް.”

“އެކަމަކު ވުޑެންޑުގަ ބޮޑެތި އޯޑަރެއް ނުލިބޭނެ.” އަނާ ބުންޏެވެ.

ޑޭވް ޖަވާބެއް ނުދިނެވެ. އޭނާ އެކޮޓަރިއާ ބެހޭގޮތުން ވާހަކަދައްކާކަށް ބޭނުމެއް ނުވިއެވެ.

ތިންމަސް ވަންދެން ހުރިހާ ކަމެއްވެސް އާދައިގެ މަތިން ހިނގަމުން ދިޔައެވެ. ދެން އޭޕްރީލްމަހުގެ ދުވަހަކު އާދަޔާޚިލާފު ކަސްޓަމަރަކު ފިހާރައަށް އައެވެ. މި އާ ކަސްޓަމަރަކީ ވަރަށް ރީތި އަންހެނެކެވެ. އޭނާ ލައިގެން ހުރީ އަގުބޮޑު ހެދުމެކެވެ. އަދި އޭނާ އައީ ކާރެއްގައެވެ.

“މީ ކޯނަރ ޝޮޕްތަ؟” އެއަންހެންމީހާ އެއްސެވެ. އޭނާ ވަށައިގެން ބަލާލީ ހައިރާނުގެ ނަޒަރަކުންނެވެ.

“އާނ، މީ ކޯނަރ ޝޮޕަކީ. ” އަނާ ޖަވާބުދިނެވެ. ” މީ މިއަވަށުގަ ހުރި ހަމައެކަނި ފިހާރަ.”

“އަހަރެން މިއައީ ޑޭވް ސްޓެޓިންއާ ބައްދަލުކޮށްލަން. މިތަނުގެ ވެރިމީހާއާ.” އަންހެންމީހާ އެދުނެވެ.

“އަހަންނަށް ހީވަނީ ވީ މަތީގަހެން. އަހަރެން އަންނާނަން ގޮވައިގެން. ޑޭވްއަށް އެނގޭނެތަ ކަމަނާގެ ނަން؟” އަނާ އެއްސެވެ.

“އާނ، ހީވަނީ. އޭނަ ގާތު ބުނޭ…” އަންހެންމީހާ ކުއްލިއަކަށް ހުއްޓުނެވެ. “އޭނަ ގާޓު ބުނޭ މިސް ގޯރޑްން އެބަހުއްޓޭ. މިސް ގްރެޓާ ގޯރޑްން.”

އަނާ އަޖައިބުވިއެވެ. “ތީތަ ގްރެޓާ ގޯރޑްން؟ ފިލްމުކުޅޭ؟”

“އާނ ތިބުނީ ރަނގަޅަށް.” އަންހެންމީހާ ހީލީ ނުތަނަވަސްކަމާއެކީގައެވެ.

“މަޑުކޮށްލާ. އަހަރެން މިސްޓަރ ސްޓެޓިން ގާޓު ކަމަނާ އައި ވާހަކަ ބުނާނަން.” އަނާ ބުންޏެވެ.

އަނާ ދުވެފައި ގޮް ސިޑިބަރީގެ ތިރީގައި ހުރެ ގޮވާލިއެވެ. “ޑޭވް! ޑޭވް! ކޮންމެވެސް މީހަކު އެބަހުރި ޑޭވް ހޯދަން އައިސް.”

“އެއީ ކާކުތަ؟” މަތީގައި ހުރެ ޑޭވް އެހިއެވެ.

“މިސް ގްރެޓާ ގޯރޑްން!” އަނާ ހަޅޭއްލެވިއެވެ. “އެއީ ގްރެޓާ ގޯރޑްން! ފިލްމް ސްޓާރ!”

4
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

InsaanehMiAAlamGaivAA

Other Articles

Previous

ސޫރަ

Next

ހިތުގެއުދާސް

Next
November 16, 2016

ހިތުގެއުދާސް

Previews
November 16, 2016

ސޫރަ

6 Comments

  1. Maree says:
    November 16, 2016 at 12:56 pm

    Aslu v reethi adhives mi vaanulhey gothe hama nuvisnunu v ves sirru kanthakeh eba ulheyhen haadha heevey

  2. Maree says:
    November 16, 2016 at 1:05 pm

    Haadha majaa vaahaka thakekey thiliyenee asl liyefahurihurihaa vaahakaves v majaa

  3. Ba says:
    November 16, 2016 at 2:06 pm

    V nice avahah up kohdhecche please 🙂

  4. maaishahil says:
    November 16, 2016 at 6:22 pm

    v thafaathuvaahakaeh. thankolheh kuru vyma massala aky. interesting

  5. raf says:
    November 22, 2016 at 12:24 pm

    mi vaahaka jahaa tha biruveri vatha re…?? :/

  6. Nim says:
    November 30, 2016 at 5:46 pm

    mihaaru story dhaagoh rangalhu..keep it up 🙂

Comments are closed.

All Right Reserved!