އީތަންއާ ޒުއްނޫރުގެ ފަހަތުން އެނބުރެމުން ދިޔަ ކަކުންޏަކުން ދުންއަރަމުން ދިޔައެވެ. އެދުންތަކުގެ ތެރެއިން ފާޅުވީ މީހެއްފެ މޫނުމަތިން ފެންނަމުން ދިޔައީ ރުޅިވެރިކަމެވެ. އީތަންގެ ފަހަތުން އައިސް އެމީހަކު ހުއްޓުމާއެކު ޒުއްނޫރާއި އީތަން އެކުއެކީގައި ފަހަތަށް ބަލާލިއެވެ. އާދައިގެ ކަޅުހެދުމެއްގައި ހުރި އަންހެނަކު ހުރުމުން އެއީ ކާކުކަމެއް އީތަންއަށް ނޭނގުނަސް ޒުއްނޫރަށް އެނގުނެވެ. އެމީހުންގެ ފަހަތުގައި ހުރި ޒިމްރީނާގެ ދެބުމަ ގޮށްޖެހިފައިވާއިރު އީތަންއަށް ކަޅިއަޅާލިއެވެ. ” މީދޯ ކަލޭ ކުރާ ކަމަކީ..މަގޭ ދަރި ފަރީކު ހަލާކުވެގެން ދާއިރުވެސް ކަލޭ […]
ދަންވަރުގެ ހަމަހިމޭން ވަގުތެވެ.ޝަނާޔާ އޮތީ ފުންނިންޖަކަށް ގެނބިފައެވެ. ކޮޓަރިތެރޭގައި ވަނީ ހަމަހިމޭން ކަމެވެ. ބަލާލަން ރީތި މާބޮޑުނޫން އެހިތްގައިމު ކޮޓަރިތެރެ ދިއްލިފައިވަނީ ނިދާބޮކީގެ ފަނޑު ނޫކުލައިންނެވެ. ޝަނާޔާއަކީ ހަމުގެ ކުލަ އަލި ބަލާލިކޮންމެ މީހެއްގެ ހިތަށް އަސަރުކުރުވާފަދަ ރީތިކަމެއް ޤުދުރަތުން ލިބިފައިވާ ރީތި ކުއްޖެކެވެ.އެ ދޮން އޮމާން މޫނުމަތީގައިވަނީ މައުސޫމް ކަމެވެ. ކުއްލިއަކަށް ސިއްސައިގެން ގޮސް ޝަނާޔާއަށް ހޭލެވުނީ………
ހައްމާދުއާއި އީތަންއަށް އެމަގުގެ ކޮޅާހަމައަށް އާދެވެނު ވަގުތު ފެނުނު މަންޒަރުން ހައިރާންވިއެވެ. ދާދި ދެންމެއަކާ ޖެހެންދެން ކައިޝާ ދޮރުމަތީގައި ހުރެގެން ކުރި ކަމެއް އީތަންމެންނަށް ފެނުނަސް އެހާ ދުރުން އެފިރިހެނެއް ވަކި ކުރާކަށް އީތަންއަށް ނޭނގުނެވެ. އަދިއެހެންމެ ކައިޝާ އެހެން ފިރިހެނަކާއެއްކޮށް އެފަދަ ގޮތަކަށް ފެނިދާނެ ކަމަށް އީތަން ހީކޮށްފައިނެތެވެ. މިރޭ ކައިޝާގެ ހިތުގައި ޖެއްސުމުން އެކަމުގެ ބަދަލު ދިނީ ހެއްޔެވެ؟ ކައިޝާއަކީ އެހާ ރަހުމު ކުޑަ ކުއްޖެއް ހެއްޔެވެ؟ އެވަގުތު އީތަންގެ ހިތުގައި އެމީހެއް ދެކިލުމުގެ […]
އެރޭ ފަތިސް ނަމާދަށްފަހު އަހުނަފު ވަޅުލެވުނެވެ. ހިތްތަކަށް ވެރިވެފައިވާ އުދާހުން ގޭތެރެ ވަނީ ފަޅުވެފައެވެ. ޖެހިގެން އައި ދުވަހު ކައިޝާ ތައްޔާރުވަމުން ދިޔައީ އެދުވަހު އޮންނަ އެންމެ ފަހު އިމްތިހާނަށެވެ. ސިކުނޑީގައި އަދިވެސް ވަނީ އަހުނަފުގެ ކުއްލި މަރެވެ. ނަމަވެސް އިތުރަށް އެކަމާ ނުވިސްނާ ކައިޝާ އުއްމީދު ކުރަނީ ހުރިހާކަމެއް ރަނގަޅުވާނެކަމެވެ. މަންމަގެ ހައްޤުގައިވެސް ކައިޝާ ހިތްވަރުގަދަ ކުއްޖަކަށް ވާން އަޒުމު ކަނޑައެޅިއެވެ. ފާޚާނާއިގެ ލޯގަނޑުން އަމިއްލަ ސޫރައަށް ބަލަހައްޓާއިގެން ހުރި އީތަންގެ މޫނުމަތިން ނުފިލާ ރިހުމެއް […]
އަހަރެން އިނީ ސިޓިންގ ރޫމުގައި ހުރި ސޯފާގައި ލެޕޮޓޮޕުން ފިލްމެއް ބަލާށެވެ. ކުއްލިއަކަށް ސިހިފައި އަހަރެންގެ އަތުންދޫވެ ލެޕްޓޮޕް ތަޅުން މައްޗަށް ވެއްޓުނެވެ. އަހަރެންނަށް ހީވީ ފިލްމުތެރެއިން މީހަކު ސީދާ އަހަންނަށް ބަލާލިހެންނެވެ. ކުޑަކޮށް ހިތަށް ބިރުވެރިކަން ވަތް ނަމަވެސް އެއީ ހީވިހީވުމެއްކަން އިހުސާސްވުމުން އަމިއްލަނަފްސަށް މަލާމާތް ކޮއްލެވުނެވެ. އަދި އަވަސްއަވަހަށް ލެޕްޓޮޕް ނެގީމެވެ. ބޭރުފުށުން ގެއްލުމެއް ލިބިފައި ނެތަސް ލެޕްޓޮޕް ހުޅުވޭ ގޮތެއް ނުވިއެވެ. އަހަރެން ކަންބޮޑުވީ ފައިސަލް ރުޅިއަންނާނޭ ވަރު ހިތަށް އަރާފައެވެ. […]
ކައިޝާގެ ކޮޓަރީގެ ކުޑަދޮރުކައިރީ ހުރި މީހަކަށް މިމަންޒަރު ވަރަށް ރީތިކޮށްފެނުނެވެ. އެވަގުތު އީތަންވެސް މަތި ބަލާލަމުން ކަނާއަތުގެ ޝަހާދު އިނގިލި ތުންފަތާކައިރިކޮށްލިއެވެ. އަނދިރީގެތެރެއިން އެދެލޯވިދާލިއެވެ. “ޝްޝްޝްޝް”………………………………. އަނދިރީގެ ތެރެއިން ވިދާލި އީތަންގެ ލޯ ފެނުމާއެކު އީޝަލް ހެޔަށް ގޮތް ވެގެން އަނބުރައިގަތެވެ. އެވަގުތު އެކޮޓަރީގެ ފާޚާނާއިން ނިކުތް ކައިޝާއަށް ވެއްޓިފައި އޮތް އީޝަލް ފެނުމުން ދުވެލާފައި އެދިމާއަށް ދިޔައެވެ. ކައިޝާ ހާސްވެފައިހުރި ވަރުން އަތްވެސް ތުރުތުރުލަމުން ދިޔައެވެ. އީޝަލްގެ މޫނަށް ފެންފޮދެއް ބުރުވާލުމުން ދެލޯ ހަރަކާތް ކޮށްލިތަން […]
އަހަރެން އިނީ ސިޓިންގ ރޫމުގައި ހުރި ސޯފާގައި ލެޕޮޓޮޕުން ފިލްމެއް ބަލާށެވެ. ކުއްލިއަކަށް ސިހިފައި އަހަރެންގެ އަތުންދޫވެ ލެޕްޓޮޕް ތަޅުން މައްޗަށް ވެއްޓުނެވެ. އަހަރެންނަށް ހީވީ ފިލްމުތެރެއިން މީހަކު ސީދާ އަހަންނަށް ބަލާލިހެންނެވެ. ކުޑަކޮށް ހިތަށް ބިރުވެރިކަން ވަތް ނަމަވެސް އެއީ ހީވިހީވުމެއްކަން އިހުސާސްވުމުން އަމިއްލަނަފްސަށް މަލާމާތް ކޮއްލެވުނެވެ. އަދި އަވަސްއަވަހަށް ލެޕްޓޮޕް ނެގީމެވެ. ބޭރުފުށުން ގެއްލުމެއް ލިބިފައި ނެތަސް ލެޕްޓޮޕް ހުޅުވޭ ގޮތެއް ނުވިއެވެ. އަހަރެން ކަންބޮޑުވީ ފައިސަލް ރުޅިއަންނާނޭ ވަރު ހިތަށް އަރާފައެވެ. މިހާރަކަށް […]
“މޯރނިންގް ލޭޑީސް..ރައިޑެއް ބޭނުންތަ؟ ހީވަނީ ވިއްސާރަވާން އުޅޭހެން..” އެއްއަތުން ހުންގާނުގައި ހިފަހައްޓާއިގެން އަނެއް އަތުން ކާރުގެ ކުރީ ޝީޓްގެ ދޮރު ހުޅުވާލަމުން ޖައިލާން އެހެން ބުނެލީ މައްޗަށް ބަލާލުމަށްފަހު ކައިޝާ ކައިރީގައި ހުރި އީޝަލްއަށް ބަލާލަމުންނެވެ. އެވަގުތު އެކާރުގެ ފަހަތު ޝީޓްގައި އިން ޒިއަދަންގެ ލޯ އަމާޒުވެފައިވަނީ ކައިޝާއަށެވެ. ކާރުގެ ބިއްލޫރިގަނޑު ކަޅުކަމުން ބޭރުން އެތެރެ ނުފެނުނަސް ޒިއަދަންގެ ތޫނު ނަޒަރުވަނީ ކައިޝާގެ މޫނަށް ހުއްޓިފައެވެ. ކައިޝާގެ ފަރާތުން ލިބޭނެ ޖަވާބެއްގެ އިންތިޒާރުގަ އިން ޒިއަދަންގެ ހިތްވަނީ […]
“އެއަންހެން ކުއްޖާ ފެނުމުން އަހަރެންނަށް ތަފާތު ގޮތެއް އިހުސާސް ކުރެވުނު..އަދި ދުވަހަކުވެސް މިފަދަގޮތެއް ނުވޭ…އަހަރެން އޭނަ ހާސިލް ކުރާނަން..އިޓްސް އަ ޕްރޮމިސް..” ޒިއަދަންގެ އަޑުގައި ވަނީ ޔަޤީންކަމެވެ. ވަގުތު ޖެހުމުން އެބުނި ބަހުގައި ހުރި ބާރެއްވެސް އެނގިދާނެތާއެވެ. ** “ދެން ހުސްނާ މިވީހާ ދުވަހު މިކޮޅަށް އަންނަ ހިޔާލެއްވެސް ނުކުރަން ދޯ..؟ އަހަރެން ވަރަށް ދެރަވި ހުސްނާ ކުއްލިއަކަށް އެގޮތަށް ވަކިވުމުން…އަހަރެން ހީކުރީ މަނިކުބޭގެ މޫނު ދެކިލަން ނަމަވެސް ހުސްނާ އަންނާނެކަމަށް… މިވާހަކަ ދެން މިހާރު ދެއްކުމުގެ […]