Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރިލޯބި

ކަކުނި 5

ShaiShy Level 410 Stories100 Comments500 Comments
April 17, 2017 9 Mins Read
59 Comments

“މޯރނިންގް ލޭޑީސް..ރައިޑެއް ބޭނުންތަ؟ ހީވަނީ ވިއްސާރަވާން އުޅޭހެން..” އެއްއަތުން ހުންގާނުގައި ހިފަހައްޓާއިގެން އަނެއް އަތުން ކާރުގެ ކުރީ ޝީޓްގެ ދޮރު ހުޅުވާލަމުން ޖައިލާން އެހެން ބުނެލީ މައްޗަށް ބަލާލުމަށްފަހު ކައިޝާ ކައިރީގައި ހުރި އީޝަލްއަށް ބަލާލަމުންނެވެ. އެވަގުތު އެކާރުގެ ފަހަތު ޝީޓްގައި އިން ޒިއަދަންގެ ލޯ އަމާޒުވެފައިވަނީ ކައިޝާއަށެވެ. ކާރުގެ ބިއްލޫރިގަނޑު ކަޅުކަމުން ބޭރުން އެތެރެ ނުފެނުނަސް ޒިއަދަންގެ ތޫނު ނަޒަރުވަނީ ކައިޝާގެ މޫނަށް ހުއްޓިފައެވެ. ކައިޝާގެ ފަރާތުން ލިބޭނެ ޖަވާބެއްގެ އިންތިޒާރުގަ އިން ޒިއަދަންގެ ހިތްވަނީ އަވަސްވެފައެވެ.

ކައިޝާގެ ފަރާތުން ލިބުނީ ޒިއަދަން އުއްމީދުކޮށްގެން އިން ކަހަލަ ޖަވާބެއް ނޫނެވެ. އެވަގުތު އެމޫނުމަތިން ހިތްހަމަނުޖެހުން ފާޅުވިއިރު އަތްވަނީ މުށްކެވިފައެވެ. ކައިޝާ ނޫނެކޭ ބުނުމުން އެހިތަށް އެތައްހާސް ކަށިތަކެއް ހަރާލެވުނުފަދަ އިހުސާސެއް ކުރެވުނެވެ. ޒިއަދަންގެ ބާރުގަދަކަން އަންގާލަން އެވަގުތުވެސް އެހިތް ގޮވަމުންދިޔައެވެ. އަންހެންކުދިންނަކީ އޭނަގެ ފައިދަށުގައި ތިބެން ޖެހޭނެ ބައެކެވެ. ނަމަވެސް ކައިޝާއާއި މެދު އެފަދަ ގޮތަކަށް ނުދެކެވެނީ ކީއްވެކަން ޒިއަދަންގެ ހިތަށް އެރިއެވެ. އެކަމުންވެސް އިނގެނީ ކައިޝާ އެހެން ކުދިންނަށްވުރ ޚާއްސަކަމެވެ. ކައިޝާ ލޯމަތިން ގެއްލެންދެން ޒިއަދަން އިނީ ވިސްނުމަކަށް ގެއްލިފައެވެ. އޭނަ ކައިޝާ ހާސިލް ކުރަން ހަދާނީ ކިހިނެއް ހެއްޔެވެ؟ އެހެން އަންހެން ކުދިން ފަދައިން ކައިޝާ ބޭނުން ވަނީ ވަގުތީ އުފަލަކަށް ނޫންކަން ޒިއަދަންއަށް ވަނީ ޔަޤީން ކުރެވިފައެވެ. ނަމަވެސް އޭނަ ކަހަލަ މީހަކާއެއްކޮށް ކައިޝާއަށް ކެއްކުރެވޭނީ ކިހިނަކުން ހެއްޔެވެ؟ ސިކުނީޑީގައި އެނބުރެމުންދާ ސުވާލުތަކުން ޒިއަދަންގެ ބޯހާސްކުރުވަމުން ދިޔައެވެ. އެހެން ކަމުން އަނެއްކާވެސް ހެޑްސެޓް ކަންފަތަށް ޖަހާލަމުން ލަވައެއް ޕްލޭކޮށްލިއެވެ. އެވަގުތު ޖައިލާން ކާރު ދުއްވާލިއެވެ.

ކައިޝާއާއި އީޝަލްގެ ދެމެދުގައި މައިގަނޑު ގޮތެއްގައި އެދުވަހު ދެކެވުނީ އީތަންގެ ވާހަކައެވެ. ކައިޝާގެ ދުލުން އީތަންއަށް ތަޢުރީފު ކުރުން ހުއްޓޭ ގޮތެއް ނުވިއެވެ. އީޝަލް ވެސް އެކަމާ އެއްބަސް ވަމުން ކައިޝާގެ ވާހަކައަށް ބޯޖަހަމުން ގެންދިޔައެވެ. މިއަދު ކުލާހުގެ ގަޑިތަކުގައި ދެކުންދިންނަށް ރަނގަޅަށް ސަމާލުކަމެއްވެސް ނުދެވުނެވެ. ދެތިން ޓީޗަރަކު އެދެމީހުންނަށް ވަރުގަދަ ލެކްޗާއެއްވެސް ދިނެވެ. ކުރިއަށް މިއޮތީ އަހަރުގެ ފަހު އިމްތިހާނުކަން ހަނދާންކޮށްދީ ދެކުދިންނަށް ނަސޭހަތްތެރިވިއެވެ. ކައިޝައާއި އީޝަލްއަކީވެސް ކިޔެވުމަށް ފާހަގަކޮށްލެވޭވަރުގެ ވިސްނުން ތޫނު ދެދަރިވަރުން ކަމުން ޓީޗަރުންވެސް އެދެކުދިންގެ ފަރާތުން އުއްމީދުތަކެއް ކުރެއެވެ.

އާދައިގެ ގޮތެއްގައި ދުވަސް ނިމިގެންދިޔައީ އީތަން އިތުރަށް ފެނިނުލައެވެ. ކައިޝާ އެކަމާ ހިތްދަތި ވިޔަސް މޫނުމަތިން އެކަން އަންގާކަށް ބޭނުމެއް ނުވިއެވެ. އެހެންކަމުން ރޭގަނޑުގެ ކެއުމުގައި އާދަޔާ ޚިލާފަށް ވާހަކަ ގިނަވެގެން އުޅުނެވެ. މިކަން ފާހަގަވެ އަހުނަފަށް ހިމޭނުން ނީނދެވުނެވެ.

“ކައި ބޭބީ ސިސް މިއަދު ކޮންކަމަކާ މާބޮޑަށް ހާސްވެގެން ތިއުޅެނީ؟..ކަމަކާ ވިސްނަނީތަ؟” ނޫޑުލިސް ކޮޅެއް އަނގަޔަށްލަމުން އަހުނަފު ބުނެލިއެވެ. ކައިޝާއަކީ އަބަދުވެސް ކަމަކާ ހާސްވާނަމަ ވަރަށް އަނގަ ގަދަވާ ކުއްޖެކެވެ. އަހުނަފުގެ ސުވާލުން ކާމޭޒުދަށުގައި އެވަގުތު ތިބި ހުރިހާމީހުންގެ ނަޒަރު ކައިޝާއަށް އަމާޒުވިއެވެ. ކައިޝާގެ ނިތްމަތިން ދާކިތިތަށް ވިދަންފެއްޓިއެވެ. ހިނިތުންވެލަމުން ކައިޝާ ބުނެލީ ނޫޑުލިސް މާކުޅިކަމުން ވާހަކަދެއްކެނީކަމަށެވެ. ކައިޝާގެ އުޒުރު އެއްވެސް މީހަކު ޤަބޫލު ނުކުރިޔަސް ދެން އިތުރަކަށް އެވާހަކަ ނުދައްކައެވެ. އޭގެ ކުޑައިރުކޮޅެއްފަހުން ހައްމާދު އާއި އީތަން އެމީހުންނާ ބައިވެރިވިއެވެ. ކައިޝާ އަވަސް އަވަހާ އެތަނުން ދިޔައީ ކުޅިކަމުން ދެން އިތުރަށް ނުކެވޭނެއޭ ކިޔާފައެވެ. ދަމުންވެސް ލޮލުގެ ހިމަކޮޅުން އީތަންއަށް ބަލާނުލާ ނުދެވުނެވެ.

“މިދެން ކުޅިތަ؟ މަށަށް އިނގޭ ކަލޭފެނުނީމަ އެމަންޖެ ހިތަށް ގޮތްތަކެއްވާތީކަން އެދިޔައީ..” ހައްމާދު އަނގަޔަށްލީ ފުރަތައެތިކޮޅު ހަފާލަމުން އީތަންއާއި ދިމާކޮށްލިއެވެ. އެއަށް އީތަން ވަކިއެއްޗެއް ނުބުނިނަމަވެސް ހިނިތުންވެލިއެވެ. ހައްމާދުއާއި އީތަންގެ ހަރަކާތްތަކަށް ފަރުވާތެރިވެ އިން ހުސްނާއަށް ކޮންމެވެސް ކަމެއް ރޭކާލިއެވެ. ކައިޝާގެވެސް އަމަލުތަށް ހުރިގޮތުން އިތުރު ތަފުސީލަކަށް ބޭނުމެއްނުވިއެވެ. ނަމަވެސް ހުސްނާ ކަންބޮޑުވަނީ އީތަންގެ ހަޤީގަތެއް ނޭނގޭތީވެއެވެ. ޒުއްނޫރު ބުނިފަދައިން 25 އަހަރުވުމުން އޭނަ އީތަން ބަލާ އަންނާނެހެއްޔެވެ؟ މިވީހާދުވަހު ނައިސް 25 އަހަރުފަހުން އަންނަނީ ކީއްކުރަން ހެއްޔެވެ.؟ މިހުރިހާދުވަހު ވޭނާއި ހިތްދަތިކަމާއެކު އުޅުނީ އޭނައެއް ނޫންހެއްޔެވެ؟ އެކަނިމާއެކަނި އީތަން ބަލާބޮޑުކުރީ ހުސްނާގެ އަމިއްލަ މަސައްކަތުންނެވެ. ނަމަވެސް ހުސްނާއަށްވެސް ނޭނގުނު ކަމަކީ މިވޭތުވެދިޔަ ހުރިހާ އަހަރުތަކެއްގައި ޒުއްނޫރުވަނީ އެމިހުންނާ އެންމެގާތުގައި އެހެނަސް އެންމެ ދުރުގައި ކަމެވެ. އެގޮތަށް ކަންތަން ކުރަން އޭނައަށްވަނީ މަޖުބޫރުވެފައި ކަމެވެ.

ހުސްނާގެ މޫނަށް ބަލަހައްޓައިގެން އިން އީތަންގެ ހިތުގައި އެތަކެއް ޖަޒުބާތުތަކެއް ވިއެވެ.
“މަންމާއެވެ! މަންމަ ހާސް ނުވާށެވެ!..ހުރިހާކަމެއް ރަނގަޅުވާނެއެވެ!..އަހަރެން މިހުރީއެއް ނޫންހެއްޔެވެ..؟އަހަރެންގެ ފަހަތުގައި ކިތައް މީހުން އެބަތިބިކަން މަންމައަށް އަންދާޒާއެއް ނުކުރެވޭނެއެވެ!..އެމީހުންގެ ފުރާނަ ހުރިހާ ހިނދަކު އަހަރެން ސަލާމަތް ކުރާނެވެ!..މަންމާއެވެ! މަންމަ ކަންބޮޑު ނުވާށެވެ.!” އީތަންގެ ހިތުގައި ވި ވާހަކަތައް ހުސްނާއަށް ކިޔައިދެވޭނެނަމައެވެ. ނަމަވެސް ބައެއް ކަލަހަލަ ކަންތައްތަކަކީ ވަގުތު ޖެހުމުން މެނުވީ އެނގިގެންވާނެ ކަންތަކެއް ނޫނެވެ.

***********

ދުވަސްވަރަކީ 1972ގެ ދުވަސްތަކުން ދުވަހެކެވެ. އައްޑުއަތޮޅު މަރަދޫ ކުރެދިމާގޭ ގޯތިތެރެއަށް ވަނީ ހީމޭންކަން ވެރިވެފައެވެ. އިވެމުންދާ ހަމައެކަނި އަޑަކީ ވޭނީ ރުއިމެއްގެ އަޑެވެ. ހީވާގޮތުން އެމީހަކު އެއުޅެނީ ގަދަފަދަ ވޭނަކަށް ކެތް ނުކުރެވިގެންނެވެ. އެއަޑު ހިތްތަކަށް ލޮޅުން ގެނުވާހާ އަސަރުގަދައެވެ. އެގޭގެ މެދުގޭތޭރޭގައި ކަމުވޮށީގެންވާ ދެތިން އަންހެނަކު ހަރަކާތްތެރިވަމުން ދިޔައީ ފަރުވާތެރި ކަމާއެކުއެވެ. “މަރީނާ ހިތްވަރުކުރޭ..މިހާރު ވަގުތު ވަރަށް ކައިރިވެއްޖެ…އަދި ކުޑައިރުކޮޅަކު ކެތްކޮށްލާ ﷲއިރާދަފުޅުން ދެރަގޮތެއް މެދުވެރި ނުވާނެ..” އެތަނުން އެކަކު ބުނެލިއެވެ. ދެންތިބި ދެމީހުންވެސް މަރީނާއަށް ހިތްވަރުލައިދެމުން އެމީހުންގެ ކަންތަކުގައި ކުރިއަށް ދިޔައެވެ. ބަރާބަރު އެއްގަޑިއިރު ފަހުން އެތާއެތެރެއިން އިވުނީ ތުއްތު ކުއްޖެއްގެ ރުއިމުގެ އަޑެވެ. “އަލްހަމްދު ލިﷲ…އަންހެންދަރިއެއް..” ހަދީޖާގެ ލޮލުން ކަރުނަ ހިލުނެވެ. 9 މަހުގެ ބޮޑު ބަނޑާއިކު މަރިނާގެ ޚިދުމަތުގައި ހުރިކަމީ އެކުވެރި ކަމުގެ މިސާލެކެވެ. އެވަގުތު ބޭރުގައި ތިބި މީހުންގެ ކިޔެވެލި އިހުނަށްވުރެ ބާރުވީ އަޑު އިވުނެވެ. ވައިވެސް ގަދަވާހެން ހީވީއެވެ. މަރީނާގެ ލޮލުން ބިރާއި ސިހުންފެނުނެވެ. ހަމައެވަގުތު ޚަދީޖާގެ ދެއަތަށް ބާރުވެސް ކޮށްލެވުނެވެ.

“މަރީ އަހަރެންވެސް އިރާދަކުރެއްވިއްޔާ ވިހާނީ އަންހެންދަރިއެއް..ފޫޅުމާދައިތަ ވަރަށް ޔަޤީން ކަމާއެކު ބުނެފައިއޮތީ ..އެހެން ވީމަ އަހަރެން މިހާރުވެސް އޮންނާނީ ނަމެއް ހޯދާފަ..މަޖުދާ ކިޔާނީ..ރީތި ދޯ އެނަން..ދެން މަރީގެ ކުއްޖާއަށް ކުރިންވެސް ބުނިހެން ހުސްނާދޯ..” މަރީނާގެ ބިރު ކަނޑުވާލުމަށް ތުއްތު ކުއްޖާއަތަށްލައިގެން މަޖުދާ ވާހަކަދައްކަމުންދިޔައެވެ. ޚަދީޖާ ގެ ލޮލުން ހުރިހާކަމެއްވެސް ރަނގަޅުވާނޭ ބުނެލިއެވެ.
“އަލިމަނިކާ ! މަބުނި ވަގުތު ޖެހިއްޖެ.. އެއްވެސް މީހަކު ހިތްވަރު އެލުވާ ނުލާނި..” އެގޭ ބޭރު ފެންޑާގައި ތިބި ފަސް މީހުންނާ މުޚާތަބުކޮށް އެތަނުގައި އެންމެ އިސްކޮށް އިން ހުސޭންފުޅު ބުނެލިއެވެ. ހުސޭންފުޅަކީ މުޅިއައްޑު އަތޮޅަށް މަޝްޚޫރު ފަންޑިތަވެރިއެކެވެ. އަދި ހަމައެހެންމެ އަލިމަނިކުގެ އާއިލީ މީހެއްވެސްމެއެވެ. މިއަދު އޭނާގެ ކޮއްކޮއަށް ޖެހިފައިއެވާ މުސީބާތުން ސަލާމަތް ކުރުމަށް ހުސޭންފުޅު އެވަނީ އަތުކުރި އޮޅާލާފައެވެ. ނަމަވެސް މިފަހަރު ލައިގަނެގެން މިއުޅެނީ ވަރަށްވެސް ނުރައްކާތެރި ކަމަކާއެވެ. ޖިންނީންގެ ތެރެއިންވެސް ރަސްކަލަކާ ކުރިމަތި ލުމަކީ އާދައިގެ ކަމެއް ނޫނެވެ. ނަމަވެސް ހުސޭންފުޅު އެވަނީ އޭނައަށް ވެވުނު މިންވަރަކުން ކަމުގެ ހައްލު ހޯދާފައެވެ. އެކަމަކީ އަލިމަނިކު ޤަބޫލު ކަމެއް ނޫންވިޔަސް މިއަދު އެނޫންގޮތެއް ނެތެވެ.

ވައިރޯޅިތައް ބާރުވަމުން މަގުމަތީގައިވާ ހިކިފަތްތަށް ގޭތެރެއަށް ވަންނަމުން ދިޔައެވެ. އަދި ހަމައެހެންމެ އެގޭ ބޭރުގައި ކަކުނީގެ ބައިގަނޑެއް ވިޔެވެ. ނަމަވެސް އެގޭގެ ހަތަރުފާރުން އެތެރެއަށް އެއިން އެކައްޗެއްވެސް ނުވަދެއެވެ. ކުއްލިއަކަށް އިވުނު އަޑަކުން އެކަކުނިތައް ދެބަޔަށް ބެހި އެއްވެފައި ތިބިތަނުން މަގެއް ހެދުނެވެ. އެމަގުގެ ކޮޅުން އެތާތިބި އެހެން ކަކުނިތަކަށް ވުރެ ބޮޑު ކަޅުކަންގަދަ ކަކުންޏެއް އާދެއެވެ. ދެލޯ ދިއްލިފައިވަނީ ލޭރަތް ކުލައިންނެވެ. ރުވާފައި ދުއްވާލި ތީރެއްފަދައިން އެކަކުނި އެގޭ ދޮރުމައްޗައް އައިސް ހުއްޓުނުއިރު ހަމަ އެކުލައިގެ ނަމަވެސް ސައިޒުން ތަންކޮޅެއް ކުޑަކަކުންޏެއް ހުއްޓެވެ. އެދޭތި ދޭއްޗައް ބަލަން ތިބިގޮތުން ހީވަނީ ވާހަކައެއް ދައްކަމުން ދާހެންނެވެ. އެގޮތުގައި އިރުކޮޅަކު ތިބުމަށްފަހު އެދެކަކުނީގެ ދަތްގަނޑުން ބިންގަޑުގައި ތަޅަންފެށުމާއެކު ބިންގަނޑަށްވެސް ލޮޅުންއެރިއެވެ. އެކަމުގެ އިހުސާސް އެގޭތެރޭގައި ތިބި މީހުންނަސްވެސް ކުރެވުނެވެ. އިސާހިތަކު ބިންގަނޑުން ދުންތަކެއް އަރައިގެން ގޮސް އެދެކަކުނި ލޯމައްޗަށް ގެއްލުނެވެ.

ފެންޑާގައި ކިޔަވަންތިބި މީހުންގެ މެދުން ފާޅުވީ ދެއިންސާނުންނެއް ނޫނެވެ. މޫނުގެ ސިފަ ވަކިކުރާކަށް ނޭނގެއެވެ. ކަޅުކަމުންގޮސް ހީވަނީ ކަޅުފޮއިރެއެއްގެ ކަނު އަނދިކަމެއްހެންނެވެ. އަނގުރުކޮޅެއްފަދަ ދެލޮލެވެ. ބޮލުގައިވާ އިސްތަށިގަނޑު ބޯކިރުފޮދެއްހާ ހުދެވެ. އަތުގެ އިނގިލިތައް ހިމަވެފައި ދިގެވެ. އިނގިލިތަކަށްވުރެ ނިޔަފަތިތައް ދިގުހެން ހީވެއެވެ. ފަޔެއް ފެންނާކަށް ނެތެވެ. ތިރީގައި ވަނީ ހުސް ދުމެވެ. ބިންމަތީގައި ނުޖެހި ވައިގެތޭރޭގައި ހުއްޓިތިބީ އެއްވެސް އުނދަގުލަކާ ނުލައެވެ. ޖެހެމުންދާވައިރޯޅިން ލައިގެން ހުރި ކުރުތާ ފާޑުގެ ކަޅުކުލައިގެ ދިގު ހެދުމާ ބޮލުގެ އިސްތަށިގަނޑު ވިހުރެމުން ދިޔައެވެ.

” ކޮބާ؟..ކޮންގޮތެއް ނިންމީ؟ އަހަރެންނަށް މާކަ ގިނަ ވަގުތެއް ނެތް..މިކަންތައް އަވަހަށް ނިންމައިފިއްޔާ ދެފަރާތުގެ ވަގުތު ސަލާމަތް ވާނީ..” އަނގަ ހުޅުވާލުމާއެކު ފެންނަންހުރި ތޫނު ދަތްތަކުން މީހަކުވެސް ކޮށާ ކުދިކޮށްލެވޭނެކަން ޔަޤީނެވެ. އެއަޑުގެ ބަރުދަންވެސް ހެކިދެނީ އެމީހެއްގެ ޝަހުޝިއްޔަތު ވަރުގަދަކަމެވެ .އެވަގުތު އެތަނުން މީހަކު ބިރުންގޮސް ހޭވެސް ނެތުނެވެ. ބާކީ ތިބި މީހުން އަދިވެސް ކިޔެވެލި ކިޔަވަމުންދެއެވެ.

“އަހަރެން އެއްބަސްވަން….ޒަންނާރޫރުގެ ދަރިފުޅު ޒުއްނޫރަށް އަލިމަނިކުގެ ދަރިފުޅު ހުސްނާ ހިބަކޮށްދެން..އަދި މިއަދަށްފަހު އަހަރެން މިކަމަށް އެއްވެސް ފަންޑިތައެއް ނުހަދާނެކަމަށް ހުވާކުރަން..” ހުސޭންފުޅުގެ އަޑުވެސް ތުރުތުރުލަމުން ދިޔައެވެ. ކިތައްމެ ހިތް ނޭދުނަސް މިއަދު އޭނާއަށް ވަނީ މަޖުބޫރުވެފައެވެ. އޭނާގެ އަންހެނުން ޚަދީޖާ ވެސް އެއިނީ ވިހަން ތައްޔާރަށެވެ. އެދެމައިންގެ ފުރާނައަށް ނުރައްކަލަކަށް ހުށައަޅަން އޭނާގެ ޒަމީރު ތަނެއް ނުދިނެވެ. ޒައްނާނޫރަކީ ކިހާ ބާރުގަދަ ޖިންނިއެއްކަން އޭނައަށް ވަނީ އަންދާޒާ ކުރެވިފައެވެ. އޭނާ މަރާލުން އެއީ އަމިއްލަ ފުރާނަ ކަނޑިއެއްގެ މިޔަމައްޗަށް އެއްލާލުން ފަދަ ކަމެކެވެ. އެފަދަ ބޮޑު ކަމަކާ ކުރިމަތިލަން ހުސޭންފުޅު ބޭނުމަސް މިވަގުތު އޭނާވެސް އަނބިމީހާއާއި މެދު ވިސްނާލިއެވެ. ކައިރީގައި އިން އަލިމަނުގެ އަތަށް ފިއްތާލަމުން ހުސޭންފުޅު ލޯމަރާލިއެވެ. އެވަގުތު އަލިމަނިކުގެ ލޮލުން ހޯސްލާފައި ކަރުނަތައް ފައިބައިގަތްއިރު މެދުގޭތެރެއިން މަރީނާ ރޮއެގަތް އަޑު އިވުނެވެ.

މަރީނާއަށް ކުރެވުނު ކުށަކީ އާދައިގެ ކުށެއް ނޫނެވެ. ނޭނިގަނަމަވެސް އެދުވަހު އެކަކުނި މަރާނުލެވުނު ނަމައޭ މަރީނާގެ ހިތަށް އެރިއެވެ. އެދުވަހުވެސް އާދައިގެމަތިން މަރީނާ ގޮޑުދޮށަށް ފޭބީ އަތިރިއަކަށް ދާށެވެ. އިރުއޮއްސި ރަތްވިލާ ލާފައިވާ އުޑުމައްޗަށް ބަލަން އިން މަރިނާ އިނީ ހަތް މަހުގެ ބަނޑާހެދި ބޭނުންވާގޮތަށް ނީނދެވުމުން ރުޅިގަދަވެފައެވެ. އެވަގުތު އައިސްފައިވާ ރުޅިބޭލުނީ ކަރީގައި ދުވަމުން ދިޔަ ކަކުންޏަކަށެވެ. އެކަކުނިއެއީ ޖިންނީންގެ ރަސްކަލެއް ކަމުގައިވާ ޒައްނާރޫރުގެ ހުރި ހަމައެކަނި އަންހެން ދަރިފުޅެވެ. ނަމަވެސް އެކަމެއް މަރީނާއަށް އިނގޭނީ ކިހިނަކުންހެއްޔެވެ؟ ކައިރީގައި އޮތް ގަލެއްނަގާ އެކަކުނި ގައިގާ ޖެހިލެއް ބާރުކަމުން ވަގުތުން މަރުވިއެވެ. އެދުވަހުންފެށިގެން މަރީނާދިޔައީ ތަފާތު އުނދަގޫތަކާ ކުރިމަތިލަމުންނެވެ. އެކަންތަކަކީ އާދައިގެ ކަންތައްތަކެއް ނޫންކަން އެނގިގެން ހުސޭންފުޅުގެ އެހީއަކަށް އެދުނީއެވެ. ކަމުގެ ހަޤީގަތް އެނގުނުއިރު ވަގުތު މިވަނީ ފާއިތުވެފައެވެ. ކުރެވޭނެ އިތުރުކަމެއް ނެތެވެ. ހުސޭންފުޅާ އެޖިންނިއާއި މެދު އެއްބަސްވުމަކަށް އާދެވުނީ އެތަށް މަސައްކަތަކަށްފަހުއެވެ. އަލިމަނިކުހިތް ނޭދުނަސް އެކަމާ އެއްބަސްވީ މަރީނާގެ ދެމައިންދެކެ ވާ ލޯތްބަކުންނެވެ. ދެމީހުންކުރެ އެކަކުވެސް ބީވެދާކަށް އަލިމަނިކު ބޭނުން ނުވިއެވެ. ހުސޭންފުޅު ބުނިގޮތުންނަމަ އެޖިންނި ބޭނުން ދެގޮތެއް ހާމަކުރިއެވެ. އެއްގޮތަކީ މަރީނާއަށް އަންހެން ދަރިޔަކު ލިބިއްޖެނަމަ ޖިންނިއަށް ހިބަކޮށްދިނުން ފިރިހެން ދަރިޔެއް ނަމަ ވިހާތަނުން މަރާލުމެވެ.

**
ރާޅުޖަހާފަށުގައި އިން ޒުއްނޫރުގެ ހަނދާންތައް ގުޅިފައިވަނީ މީގެ އެތައް އަހަރުތަކެއް ކުރިއާއެވެ. އެދުވަހު ހުސްނާ އޭނައަށް ހިބަކޮށްދިނުމުން އޭނަގެ ބައްޕަވަނީ ވަޢުދެއް ކުރުވާފައެވެ. އެއީ ހުސްނާގެ ފަރާތުން އޭނާގެ ކޮއްކޮގެ މަރުގެ ބަދަލެވެ. ހުސްނާއަށް ފާރަލަމުން ދިޔަ ޒުއްނޫރުގެ ހިތުގައިވެސް އޭރު ވަނީ ބަދަލުހިފުމުގެ ރޫހެވެ. ނަމަވެސް ހުސްނާ ބޮޑުވަމުންއައިހެން އެރީތިކަން ދިޔައީ އިތުރުވަމުންނެވެ. ލޯބިވެވުނީ ޒުއްނޫރަށްވެސް ނޭނގި ހުއްޓައެވެ. ކުރެވުނު ކުށަށް ހިތާމަނުކޮށް ޒުއްނޫރުގެ ލޯބި ފުންވަމުންދިޔައެވެ. އެކަމުގެ ނަތިޖާއަކަށްވީ އިންސާނެއްގެ ސިފަޖެހިގެން ހުސްނާގެ ހަޔާތަށް ދިޔުމެވެ. އެކަންތައް ޒައްނާރޫރުގެ ކަންފަތާހަމަޔަށް ފޯރުމާއިއެކު ޒަލްޒަލާއެއް އައިފަދައެވެ.

“ކަލޭތީ މަގޭ ހުރި ހަމައެކަނި ފިރިހެންދަރިއަށްނުވިނަމަ މިއަދު އޮންނާނި އަނދާ އަޅިޔަށްވެފައި..ޔައުކިއްޒާ އަށް މިކަންތަށް އެނގުނީމަ ވާނެގޮތް އިނގެއެއްނު..އަހަރެން ހުންނަހެން މަޑަކުން އޭނައެއް ނުހުންނާނެ..މިވީހާދުވަހުވެސް ކަލޭގެ ވިޔާނުދާ ކަންތައްތައް ސިއްރުކޮށްގެން މަމިހުންނަނީ ވަރަށް ކެތްކޮށްގެން..އެކަން ވިސްނައިގެން އުޅޭތި” ހުސްނާ ބަލިވެއިންކަން އެނގުމާއިއެކު ޒައްނާރޫރު ހީވީ ފަޅަފަޅައިގެން ދާން އުޅުނުހެންނެވެ. އޭނާ ހުރީ އެހާވެސް ރުޅިގަދަވެފައެވެ.

ޔައުކިއްޒާ އަކީވެސް ޖިންނިއެކެވެ. ޒައްނާރޫރުގެ އެކުވެރިއެއްވެސްމެއެވެ. ޔައުޒިއްކާގެ އަނިޔާވެރިކަމަކީ މުޅި ޖިންނީންގެ ދުނިޔެއް އެނގި ދެކެފައިވާ ކަމެކެވެ. އަނިޔާވެރިކަމުގެ ނަމޫނާއެކެވެ. ހައްދުފަހަނައަޅާފައިވަނީ އިންތިހާއަށެވެ. އެފަދަ މީހެއްގެ ދަރިޔަކާ އިނދެގެން ޒުއްނޫރަށް ކެތްވަނީވެސް ކިރިޔާއެވެ. ޒިމްރީނާއަކީ ކަންތައްތަކުގައި ވަރަށް ރުޅިގަދަ މީހެކެވެ. ޒުއްނޫރުގެ ކައިވެންޏަށް އެދި އާދޭސް ކުރަމުން ޒިމްރީނާ އެންމެފަހުން އެކަންތައް ކާމިޔާބު ކުރިކަމުގެ ނަތީޖާއަކީ މިއަދު އޭނާގެ އަލަތު ދަރިފުޅަށް ބަލިވެ އިންކަމެވެ. ނަމަވެސް ހުސްނާގެ ޚަބަރެއް އެކަންފަތާހަމައަށް ނުފޯރައެވެ. އެހެން ނަމަވެސް އެގޮތުގައި ދެމިއޮތީ ކުޑަދުވަސްކޮޅަކަށެވެ. ވައިގެތެރޭގައި ފެތުރެމުންދާ ވައިރަހެއްހެން ޔައުޒިއްކާގެގެ ކަންފަތާހަމައަށް އެޚަބަރުދިޔައެވެ.

“ހުރި ނުބައިކަން ދެކެބަލަ.. މަގޭ ހުރި ހަމައެކަނި ދަރީގެ ދިރިއުޅުން ބަރުބާދުކޮށްލާނަމޭ ހިތާތަ ތިއުޅެނީ..ނުވާނެ..ދުވަހަކުވެސް ތިކަމެއް ނުވާނެ..އަހަރެން އެއިންސާނާއަށް އެއްވެސް ގެއްލުމެއް ނުދޭނަން..ނަމަވެސް އޭނާގެ ބަނޑުން ދިރިހުރި ފުރާނައެއް އުފަން ވެއްޖިއްޔާ އެއީ އެދެމީހުންގެވެސް އެންމެ ފަހުދުވަސްކަން ކަލޭ ހަނދާން ބަހައްޓާތި..!!” ޔައުކިއްޒާގެ މޫނުމަތި ބަނަވެފައިވިއެވެ. އަނދީރެގެ ތެރެއިންވެސް އެދެލޯ ވިދާލިގޮތުން ޒުއްނޫރުގެ ހިތައްވެސް ގޮތްތަކެއް ވެއްޖެއެވެ.

“ނޫން..ތިހެން ނުހަދާ އާދޭސް ކުރަން..އަހަރެން ޒިމްރިނާ ބުނި ކޮންމެގޮތެއް ހަދާނަން..ހުސްނާމަތިން ހަނދާންވެސް ނައްތާލާނަން..އަދި ލިބެން އުޅޭދަރިފުޅުވެސް ބައްޕައެއްގެ ލޯބިން މަހުރޫމު ކޮށްލާނަން..އެދަރި ވިހެއުމުން އަހަރެން އެނބުރި މިދުނިޔެއަށް އަންނާނަން..މިއީ އަހަރެން ކުރާ ވަޢުދެއް..” ޒިމްރީނާގެ ދެލޮލަށް ބަލަހައްޓައިގެން ހުރެ ޒުއްނޫރު އެހެން ބުނަމުން ހިފހައްޓައިގެން ހުރިއެދެއަތަށް ފިތާލިއެވެ. އެވަގުތު ޒިމްރީނާގެ ދެލޮލުން ބަޔާންކުރަން ދަތި އިހުސާސެއް ފެނުނެވެ. ޔައުކިއްޒާގެ ބަލިފަޔަކީ ޒިމްރީނާކަން އެންމެންވެސް ދަނެއެވެ. އެކަމުގެ ފައިދާ ނަގަން ޒުއްނޫރު އޭނަގެ ވިސްނުމުގެ ބޭނުންކޮށްލީ ހުސްނާދެކެ ވާލޯތްބެއްގެ ބޮޑުކަމުންނެވެ. އެންމެފަހުން ކަންތައްވެގެން ދިޔައީ ޒުއްނޫރު ބޭނުންގޮތަށެވެ. ހުސްނާއާއި ލިބެން އުޅޭދަރިފުޅުވެސް ޔައުކިއްޒާގެ އަނިޔާވެރިކަމުން ސަލާމަތްވީއެވެ. ހަމައެފަދައިން ޒުއްނޫރުވެސް އޭނާގެ ވަޢުދުމަތީގައި ދެމިހުރީއެވެ. ނަމަވެސް 25 އަހަރު ވަންދެނެވެ. އެދުވަހަކުން އެއްވެސް މީހަކަށް އޭނަލޯބިވާ ފަރާތްތަކާ ދުރުގައި ހުންނަން މަޖުބޫރު ނުކުރެވޭނެއެވެ.

ޒުއްނޫރުގެ ހިތަށް ހަމަޖެހުމެއް ލިބޭނީ ހުސްނާގެ މާފު ލިބިގެންނެވެ. ވަގުތު ޖެހުމުން މާފަށް ވެސް އެދެން ތައްޔާރަށްހުރި ޒުއްނޫރަށް އަދިވެސް ކުށްވެރިކަން އިޙުސާސް ކުރެވެއެވެ. އީތަންގެ މާފުލިބުނުންވެސް އެހިތަށް އެތައް ގުނަ ލުޔެއް ލިބުނެވެ. ހުސްނާގެ ލޮލުގައި އަނދުންއަޅުވައިގެން އީތަންގެ އަސްލު ފޮރުވުމުގައި މިއަދާހަމައަށްވެސް ޒުއްނޫރުވަނި ކާބިޔާބު ހޯދާފައެވެ. ނަވެސް ދެން އޮތީ އެންމެ ފަސް އަހަރެވެ. ހުސްނާއަށްވެސް އެހަޤީގަތް އެނގިދާނެއެވެ. ބަސްބުނާހާ ކުޑަހިނދުކޮޅެއްގެ ތޭރޭގައި ވަގުތުތައް ހުސްވެދާނެއެވެ. ޒުއްނޫރު މިހާރު އިންތިޒާރު އެކުރަނީ އެދުވަހަކަށެވެ. ނަމަވެސް ބޯމަތިވެފައިވާ ކަޅުވިލާގަނޑުގެ ބާރުގަދަކަން މިހާރުވެސް ޒުއްނޫރަށް އިހުސާސް ކުރެވެއެވެ. އެކަމަށް ދާއިމީ ހައްލެއް ނުހޯދިއްޖެނަމަ ހަލާކުވެގެންދާނީ ދެމީހެއް ނޫނެވެ. އެކަމުގެ އަސަރު އެތައް ބަޔަކަށް ކުރާނެކަން ޔަޤީނެވެ.

**

ދުވަސްތައް މާޒީވަމުން ހަޔާތުގައި އެކި ކުލަޖެހެމުން ދެއެވެ. ކައިޝާގެ ފަހުއިމްތިހާނުގެ ދުވަސްވަރު އުޅުނީ ވަރަށް ބުރަކޮށެވެ. އީތަންގެ ލާނެއް ސަމާސާތަކުން އެހިތް އުފާކުރަމުންދެއެވެ. ހަމައެހެންމެ ހައްމާދުއާއި އީޝަލްވެސް ލޯބިވެރިންގެ ލިސްޓަށް ނަން އިތުރުކޮށްލައިފިއެވެ. ނަމަވެސް ކައިޝާ ހުރީ އެހާ ފަސޭހައިން އާނބަސް ބުނާގޮތަކަށް ނޫނޭވެ. އާދައިގެ މަތިން މިރޭވެސް އީޝަލްއާއި ކައިޝާ އިނީ މާދަމާ އޮންނަ ޓެސްޓަށް ތައްޔާރުވުމުގެ ގޮތުން ފިލާވަޅުދަސްކުރުމަށެވެ. ވިއްސާރަ ރެއެއްކަމުން ފަޒާގައިވަނީ ފިނިކަމެވެ.

“ކައި ދެން ނުވާނެ ދޯ ތިވަރަށް އީތަން ތަޅުވާކަށް..އެފަކީރު އެހުންނަނީ ކައިގެ އިންތިޒާރުގައޭ..” އާދައިގެ މަތިން އީޝަލް އޭނާ އާންމުކޮށްދައްކާ ވާހަކަ ފެށިއެވެ. ހައްމާދުއާއި ރައްޓެހިވީފަހުން އީޝަލްގެ ޝަކުވާއަކީއެއީ އެވެ. އަބަދުވެސް ދައްކާނީ އެއްވާހަކައެވެ. އީޝަލްގެ ވަހަކައަށް މާބޮޑު ސަމާލުކަމެއް ނުދީ ކައިޝާ ފޮތުގައި އެއްޗެހިތަކެއް ލިޔަމުން ދިޔައެވެ.

“ކައި! ކައިޝާ..!” ހުޅުވާލެވިފައިވާ ކުޑަދޮރުން ވަދެގެންއައި ވައިރޯޅިއެއް ކައިޝާގެ ކަނދުރާގައި ބީހިލިއެވެ. ކައިޝާ ދެފަރާތް ބަލާލަމުން ފަހަތްވެސް ބަލާލިއެވެ. އަޖައިބެކެވެ. ދެންމެ އޭނައަށް ހީވީ އީތަން ގޮވާލިހެންނެވެ. ކައިޝާ ތެދުވެގެންގޮސް ކުޑަދޮރުން ބޭރުވެސް ބަލާލިއެވެ. އެއްވެސް މީހަކު ފެންނާކަށް ނެތެވެ. ހީވި ހީވުމެއްކަމަށް ނިންމަމުން ކައިޝާ އައިސް ގޮނޑީގައި އީށިނެވެ. އީޝަލް އިނީ ސުވާލުގެ ނަޒަރުން ބަލަހައްޓައިގެންނެވެ. ކައިޝާވެސް ދެން އެކަންތައް ބޮޑުނުކޮށްލަންވެގެން އެއްވެސް ކަމެއް ނުވެޔޭ ބުނެލިއެވެ. އެއަށްފަހު އަނެއްކާވެސް މަސައްކަތާއިގެން އުޅުނެވެ.

“ކައިޝަތު..! ކައިޝަތޫ..” އަނެއްކާވެސް ވީ ހަމައެފަދަގޮތެކެވެ. މިފަހަރު ކައިޝާއަށް މަޑަކުން ނީނދެވުނެވެ. ގޮނޑިންތެދުވަމުން އުނަގަނޑުގައި އަތް ވިދެލީ އަތުގައި އޮތް ގަލަން ކޮޓަރިތެރެއަށް ހޫރާލަމުންނެވެ. އެއަޑަށް އީޝަލްވެސް ބަލާލިއެވެ .އޭރު ކައިޝާގެ މޫނުވަނީ ރަތް ވެފައެވެ.

“ހުވާ މިބުނީ..އަހަރެން ވަރަށް ނައްޓާ އެނަމުން ގޮވަންޏާ..އެއީތަން އުޅޭނީ އަހަރެން ރުޅިއަރުވަން..ފިލާވަޅެއްވެސް ދަސްކުރެވެނީއެއް ނޫން އޭނަޔާހެދި..މީދެން ބޮޑުވެއްޖެ ކަމެއްނު..” ކައިޝާގެ ރުޅި ހައްތަހާ ގަދަވުން ނޫން ގޮތެއް ނުވެއެވެ. އީޝަލް އިނީ ކިޔާނެ ބަހެއް ނޭނގިފައެވެ. ކައިޝާ މިރޭ މިއުޅޭނީ ކިހިނެއްވެގެން ހެއްޔެވެ؟ އީތަން މިހާރު ކޮން ޖެއްސުމެއް ކޮށްގެންހެއްޔެވެ؟ ހަމަގައިމުވެސް މީގެ ބައިގަޑިއިރު ކުރިން އެމީހުން ސިޓިންގްރޫމުގައި ފުޓުބޯޅަމެޗެއް ބަލަން ތިއްބެވެ. ޔަޤީނުންވެސް އަދިވެސް ތިބީ އެކަމުގައެވެ. ހައްމާދުގެ މެސެޖުތައް ހުއްޓުމެއްނެތި އީޝަލްއަށް ލިބެމުން ދެއެވެ.

“އިޝް އަކަށް ނީވޭތަ؟ މަށަށް ގޮވަނީއޭ ކައިޝަތު ކިޔާފަ..އިނގޭނު މަ އެނަންދެކެ ނައްޓާވަރު ހުވާ މިބުނީ މިފަހަރު ހަމަ ދުލެއް ނުކުރާނަން..” ކައިޝާ އެހެން ބުނުމުން ހައިރާންވެ ހުރެ އީޝަލް ދެފަރާތަށް ބޯހޫރުވާލިއެވެ. އޭނައަށް ނީވޭ އަޑެއް ކައިޝާއަށް އިވުނީ ކިހިނެއްހެއްޔެވެ؟ އީޝަލްގެ ހަރަކާތައް ބެލުމެއްނެތި ކައިޝާ ކޮޓަރިން ނިކުމެގެން ތިރިއަށް ފޭބިއެވެ.

ސިޓިންގްރޫމު ސޯފާގައި ތިބި ހައްމާދުއާއި އީތަން އިނީ މެޗުތެރެއަށް ވަދެގެން ތިބި ފަދައަކުން ޓީވީއަށް ބަލަހައްޓައިގެންނެވެ. އަހުނަފު އޭނާ ރައްޓެހިވެގެން އުޅޭ ކުއްޖާ ގުޅައިގެން ކޮޓަރިއަށް ވަނީ ކުޑައިރުކޮޅެއް ކުރިންނެވެ. ހުސްނާއާއި މަޖުދާވެސް ވީ ފިހާރައަކަށް ގޮހެއެވެ. މާދަމާއަކީ ހުރުދުވަހަށް ވުމުން މެންދުރަށް ތައްޔާރު ކޮށްލާނެ އެއްޗެއް ގަތުމަށް ބާޒާރުކުރަންށެވެ. ތިރިއަށް ފޭބި ކައިޝާ އެދިޔަގޮތަށް ގޮސް އީތަންގެ ކުރިމައްޗަށް ހުއްޓުނެވެ.

“ޕްލީޒް މިގަޑިއެއް ނޫން މޮޑެލް ކުރަން އުޅޭނީ..ވަރަށް މުހިއްމު ވަގުތުކޮޅެއްމީ..ފަހުން ތި ޖައްސާވައްތަރުތައް ބަލާނަން..” އާދައިގެ މަތިން އެވަގުތުވެސް އީތަން ކައިޝާ ރުޅިއަރުވާލުމަށް ބުނެލިއެވެ. ކައިޝާ ހުއްޓި ހުރި ގޮތުން އީތަންއަށް ޓީވީ ފެންނަގޮތެއް ނުވެއެވެ. އެހެންކަމުން ކައިޝާގެ މޫނަށް ބެލުމެއްނެތި އީތަން އަރިއަރިއަށް ބޯއަރިކުރަމުންދިޔައީ މެޗުން އެންމެ ތަންކޮޅެއްވެސް ގެއްލުވާނުލަންވެގެންނެވެ.

“އީތަން! އަހަރެންނަށް ޖެއްސުން ނުކޮށްފާނަންތަ؟ ” ކައިޝާ ހަޅޭލަވާގަތެވެ. އެވަގުތު އީތަންވެސް ސިހިގެންދިޔައިރު ހައްމާދު އަތުގައި އޮތް ރިމޯޓުވެސް ޓައިލްސްމައްޗަށް ވެއްޓުނެވެ. ހައްމާދު އެނބުރިލަމުން ސިޑިމަތީގައި ހުރި އީޝަލްއަށް ބަލާލުމުން ދެކޮނޑު އަރުވާލީ ނޭނގެއޭ ބުނާފަދައަކުންނެވެ.

“އޯހް ޕްލީޒް..ނޭނގޭ ކަމަށް ނުހަދާތި…އައި ނޯ ޔޫ ވެރީ ވެލް..މިވީހާދުވަހު މަގޭފަހަތުން އުޅެ އުޅެ ބޭނުންވާކަހަލަ ޖަވާބެއް ނުދެވުމުން އެކަމުގެ ބަދަލު ހިފަން ތިއުޅެނީ..އެކަމަކު ބުނަން މަށަށް އެނަމުން ނުގޮވާތި އިނގޭ..އަދި ބުނަން އަހަރެން ބޭނުން ހަމަޖެހިލައިގެން ކިޔަވަން ސޯ ވިލް ޔޫ ޕްލީޒް ސްޓޮޕް ބޯދަރިން މީ..ވަރަށް އުނދަގުވޭ އަސްލުވެސް..” ހައިރާންކަން އެކުލެވިގެންވި އީތަން ގެ މޫނަށް ބަލަހައްޓާއިގެން ހުރެ ކައިޝާ ބުނެލިއެވެ. އެއަޑުގައިވެސްވަނީ ހިތްހަމަނުޖެހުމެވެ. ކައިޝާގެ ހަރުކަށި ބަސްތަކުގެ އަސްލެއް ނޭނގިފައި އީތަންއަށް ހުރެވުނީއެވެ. ކައިޝާ އޭނާގެ ބޮލުގައި އެއަޅުވަނީ ކޮންފަދަ އިލްޒާމެއް ހެއްޔެވެ؟ އޭނާ ކައިޝާއަށް އުނދަގޫ ކުރީ ކޮންއިރަކުހެއްޔެވެ؟ ދެތިން ފަހަރު ދިމާކޮށްލުން ފިޔަވާ އިތުރު ޖެއްސުމެއް ނުކުރެއެވެ. އެއީވެސް ދެން އެހާ ބޮޑުކަމެއްގެ ގޮތުގައި އީތަން ނުދެކެއެވެ. ސަބަބަކީ ކައިޝާވެސް އޭނަށް ދެމުން ދިޔައީ ފެހި ސިގުނަލް ކަމުންނެވެ. އެހެންކަމުން އީތަންއަށް ހީކުރެވިފައި އޮތީ ކައިޝާވެސް ބޭނުންވާގޮތަކީ އެއީ ކަމަށެވެ.

ކިޔާނެ އެއްޗެއް ކިޔުމަށްފަހު ކައިޝާ އެނބުރި އޭނާގެ ކޮޓަރިއަށް ދިޔައެވެ. އީތަން އެންމެ ދެރަވީ އެމީހުންގެ ވާހަކަތައް އަޑުއިވޭފަށުގައި އަހުނަފުވެސް ހުރިކަން އެނގުމުންނެވެ. އޭނާ ހިތަށްއަރާނީވެސް ކީކޭހެއްޔެވެ؟ އީތަންއަކީ ގޮތެއްނެތް މީހެއް ކަމުގައި ކައިޝާ ސާބިތުކޮށްދީފިއެވެ. ދެން އިތުރަށް އޭނާގެ ދިފާއުގައި އީތަން ބުނާނީވެސް ކީކޭހެއްޔެވެ؟ އިތުރަށް އެތާ މަޑު ކުރުމެއްނެތި އީތަން ގެއިން ބޭރަށް ނިކުތެވެ. އީޝަލްވެސް ދެން އިތުރަށް މައްޗަށް ނުގޮސް ހައްމާދުކައިރީ ސޯފާގައި އިށީނެވެ. އަހުނަފު ހުރީ ކަންތައްތައް ވެގެންދިޔަ ގޮތް ވިސްނާލާށެވެ.

**

ގޯތިތެރޭ ބޭރުގައި ހުރި ބަނބުކެޔޮ ގަހަށް ފުރަގަސް ދީގެން ހުރި އީތަންގެ ކޮނޑުގައި އަހުނަފުގެ އަތް ބާއްވާލިއެވެ. އީތަން އެހުރިގޮތަށް ހުރީ އަނގައި ބުނުމެއްނެތިއެވެ. އަހުނަފު ބޭނުންވީ ކަންވީގޮތް އޮޅުން ފިލުވަންވިޔަސް މިވަގުތު މީ އެންމެ އެކަށޭނެ ވަގުތުހެން ހީނުވުމުން އެމަޢުލޫ ނުނެގިއެވެ.

“ހޭއި މޭން..މަގޭ ހިތުގައި އެއްވެސް ބުރަކަމެއް ނެތް އަސްލު..އެކަމު މިރޭ ކައިގެ ވާހަކައިން އެނގިއްޖެ ނޭނގިނަމަވެސް އީތަންއަށް އޭނާ ވަރަށް ރުޅިއަންނަ ކަމެއްކުރެވިއްޖެކަން..ކައި ވަރަށް ރުޅިއަންނާނެ އޭނައަށް ކައިޝަތު ކިޔަންޏާ..އެއީ ތަންކޮޅެއް ކުޑައިރު ބުލީގެ ޝީކާރައަކަށް ވެފައި ހުރީމަ..އޭރުދެން ކައި ވަރަށް ފަލަވާނެ..ސޯ އޭނަ ކުލާހުގައި އުޅުނު އަންހެން ގުރޫޕަކުން ދިމާކުރާނެ ވަރަށް.. އެމީހުން ކިއި ނަމެއް އެއީ ..އަހަރެންވެސް ބައެއްފަހަރު ރުޅިއަރުވާލަން އެނަމުން ގޮވާފަ..އަދިވެސް ކައިގެ މައިންޑްގައި ހަރުލާފަ ހުރޭ އެކަންތައް..އެހެންވެ އެހާ ރުޅިއެއް އެއައީ..އެން ބުރޯ އިފް ޔޫ ލައިކް ހަރ ދެން އަހަރެން ހަމަ ތިގުޅުމަށް މަރުހާބާ ކިޔަން..އެކަމަކު ކައި ކިޔަވާ ނިމުނީމަ..މިހާރު ދެން އެގްޒާމްސް ދޯ އެއިނީ..އެޓްލީސްޓް އޭރަށް މަޑުކޮށްލާ އިނގޭ..” އަހުނަފުގެ ވާހަކައިން އީތަންގެ ކުށެއް ނެތްކަން އޭނާ ޤަބޫލުކުރާކަން ހާމަވެގެންދިޔައެވެ. އޭނާގެ އުއްމީދަކީ އީތަންވެސް ގިލްޓީ ފީލްނުވެ އެކަން ހަނދާން ނައްތާލުމެވެ.

އީތަންގެ ފަރާތުން ޖަވާބެއް ނުލިބުމުން ދާން ހިނގައިގަތް އަހުނަފުގެ އަތުގައި އީތަން ހިފާލިއެވެ. އެވަގުތު އެއަތުގައިވި ކުރަކިކަން އަހުނަފަށް ފާހަގަވިޔެވެ. އެއްޗެކޭ ބުނަން އަނގަހުޅުވާލި ވަގުތު އީތަން ކޮށްލިކަމަކުން އަހުނަފުގެ ނޭވާ ހިނދުރީގައި ތާށިވިއެވެ. މެޔާ ދިމާއިން ކޮށްޕާލެވިފައިވާ އީތަންގެ އަތުން ހިފަހައްޓާފައިވަނީ އަހުނަފުގެ ހިތުގައެވެ. އަހުނަފު ލައިގެން ހުރި ގަމީހުގެ މެޔާދިމާއިން ފޯވަމުން ދިޔައީ ލެއިންނެވެ. ކަޅިވެސް މައްޗަށް އަރާފައިވާއިރު ސިކުންތެއް ނުވަނިސް އަހުނަފުގެ ހިތުގެ އެންމެ ފަހު ވިންދު ޖެހިއެވެ. އެވަގުތު ނޭވާވެސް ވަނީ ހުއްޓިފައެވެ.

ކައިޝާގެ ކޮޓަރީގެ ކުޑަދޮރުކައިރީ ހުރި މީހަކަށް މިމަންޒަރު ވަރަށް ރީތިކޮށްފެނުނެވެ. އެވަގުތު އީތަންވެސް މަތި ބަލާލަމުން ކަނާއަތުގެ ޝަހާދު އިނގިލި ތުންފަތާކައިރިކޮށްލިއެވެ. އަނދިރީގެތެރެއިން އެދެލޯވިދާލިއެވެ.
“ޝްޝްޝްޝް”……………………………………………….

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

ShaiShy

Level 410 Stories100 Comments500 Comments

Other Articles

Previous

ފުން ލޯބި (31)

Next

އާވާ ހަނދާން 12

Next
April 17, 2017

އާވާ ހަނދާން 12

Previews
April 16, 2017

ފުން ލޯބި (31)

59 Comments!

  1. kayashandy says:
    April 17, 2017 at 12:56 am

    hey all m extremely sowwree for de late update..its been a tough day for me so cudnt get time to write it..v fast koh type kohlaafa mihuree so may b mistakes huredhaane i hv read it once so hama sight in kassaalaafa ves indhefaane if u found it plx let me knw..n heart brk vefa thibi kudhinves mi part kiyaafa maafu kuraane kamah hope kuranee..u guy’s support means alot for me n varah dheravi aslu 12 ge kurin up nukohdhevuneema….:(

    heekuran baei suvaaluthakah javaabu libunuhen n if anyone get confused plx let me knw..

    next part on tuesday nyt insha allah..keep waiting…hav a grt nyt…thank u all 🙂 🙂 🙂

  2. Nana says:
    April 17, 2017 at 12:57 am

    Yeyyy.. First dhw… Mi part vx vrh salhi…?

    1. kayashandy says:
      April 17, 2017 at 9:26 am

      congra! hehhe…n thank u…:)

  3. poohbear says:
    April 17, 2017 at 2:04 am

    Reethi 🙂

    1. kayashandy says:
      April 17, 2017 at 9:26 am

      thank u…:)

  4. Maree says:
    April 17, 2017 at 5:27 am

    ?? vvv reeethi hama vv salhiey Reyga kiriyaa magey ❤ nuhuttunee loabi lasveema

    1. kayashandy says:
      April 17, 2017 at 9:28 am

      thank u maree..glad sat u liked it…:) naseebeinnu hiyy nuhuttunukan otherwiswe i wud hav lost a lovly reader..hhehehhe..:) 🙂

  5. luhan says:
    April 17, 2017 at 5:48 am

    V salhi..

    1. kayashandy says:
      April 17, 2017 at 9:29 am

      thnak u luhan..:)

  6. yaloo says:
    April 17, 2017 at 6:02 am

    Lahey moreaku nunthr

    1. kayashandy says:
      April 17, 2017 at 9:30 am

      yaloo mireyga ei noon..maadhama reyga..heekuran inthizaaru kuraanekamah..:) thank u…:)

  7. Misha says:
    April 17, 2017 at 6:14 am

    Vvv rythi..alhe exam ga vc mikahala rythi vaahakain suvaalu anna nama dhw…????

    1. kayashandy says:
      April 17, 2017 at 9:31 am

      dhw misha….hehehe..btw thank u so much..:) :*

  8. ❤mixoo n myly says:
    April 17, 2017 at 7:30 am

    woww…. vvv interesting.
    waiting for the next part..

    1. kayashandy says:
      April 17, 2017 at 9:31 am

      thank u n keep waiting….:)

  9. Aashoo says:
    April 17, 2017 at 8:02 am

    OMG! Ei aslu eethan eh noon dho. Eethan eha goaheh nuvaane. Evaany yaukizza kamah

    1. kayashandy says:
      April 17, 2017 at 9:32 am

      wel aashoo adhi neynge ehen bunaakah cux ethan ves adhi eynage trueself eikkoh neyngigen eulheny…keep waiting to knw de secrets..:) thank u so much..:)

  10. Chum handi says:
    April 17, 2017 at 8:44 am

    whaaaaaaaaaaaaaaaattttttttttttttt??????????????????? i don’t think that is ethen… btw as usual I like this part too///

    1. kayashandy says:
      April 17, 2017 at 9:33 am

      hehehhe… thank u chum…hope u ll keep waiting to knw de truth..:)

  11. Luju says:
    April 17, 2017 at 9:38 am

    Oh no what’s happening here now ??? BT yes baeh javaab ves libijje v salhi… Mi vhk ehkoh nimenedhen genes dhehche huttaanulaa ingey plx plx.. V lwbi mi story …..❤❤❤❤

    1. kayashandy says:
      April 17, 2017 at 2:39 pm

      insha allah..heekuran luju vaahaka nimendhen kiyaane kamah..n thank u for ur luv n support..:)

  12. azu says:
    April 17, 2017 at 10:21 am

    ain……evee kihineh…hama ethan tha eyee…ehen nahadhahchey…ethan ehaa goas kuraakah nuvaanu…..vaahaka vvv reethi….:)

    1. kayashandy says:
      April 17, 2017 at 2:38 pm

      thank u azu..ethan ah ves vedhaane dhw..keep waiting..n thank u so much..:*

  13. Rainy princess says:
    April 17, 2017 at 10:39 am

    mareena delivery kuri part confused vefa mi inanee..can u explain me dat part …:-/

    1. kayashandy says:
      April 17, 2017 at 2:37 pm

      ethanuga vaagothakee zunnoorah husna hibakohdhenee..so dats hw husna got engaged with a jinni family..aslu mareena kakunyei maraalaanee husna ah balive indha so ekamuge sababun v gina dhati undaguthah kurimathivaane..fanditha hadhaa meehaa aai zunooruge dad aa eibasvefa inee gal ei viyaa eynage firihen dhariyah hiba kohdhen..dn ethanug infanditha veriyakee kaisha ge kaafa mareena ennmm gaai ekuvriyakee kaisha ge maama edheeemunves evaguthu ethanuga thibeyne..so kaisha n ethan ves knmeves gothakun gulhifa dhw miinnanee..lyk husna is mareena’s daughter n majudha is fandithaveriyaage…
      heekuran olhun filaifikamah….adhives ithuru suvAlei othiyyaa feel free to ask..n thank u..:)

  14. Jjeyツ says:
    April 17, 2017 at 10:51 am

    Kayashandy. Zimreena aky jinni ehtha.? And what about ziadhan? Is he too a jinni? And v interesting ingey?. Got some answers too.? Waiting for next part ….?

    1. kayashandy says:
      April 17, 2017 at 2:31 pm

      yeah she is a jinni so i guess ziadhan will b a jinni too..thnak u so much..keep waiting..:)

  15. silver mist says:
    April 17, 2017 at 11:34 am

    Can’t wait for next part…plx avahah up kohdhiibaa….

    1. kayashandy says:
      April 17, 2017 at 2:13 pm

      thank u silvermist..next part tomrw nyt insha allah…keep waiting..:)

  16. Saandy says:
    April 17, 2017 at 1:13 pm

    V salhin mibaives… Alhe e ee Eathan heneh hiyeh nuvey… Evaany Kaishaa ah faaralaigen ulhey jinniah… Ahunaf ah ehen veema haadha dheraey… Can’t wait… Dhen maadhamaa reyah inthizaaru kollaany dhw ekamves… Keep it up Kaya 🙂

    1. kayashandy says:
      April 17, 2017 at 2:12 pm

      hehe…saandy neynge dhw ei kaakukamei hama vedhaanu ethan ahves..ahunaf dhw dn keekuraanee asluves vearah dheragothei mivee…keep waiting..n thank u so much for ur support..:)

  17. Looohaaa says:
    April 17, 2017 at 2:01 pm

    Ummmmmmm kaya aaa sandy aa gulhumeh better..kayashandy….. interesting..btw v salhi

    1. kayashandy says:
      April 17, 2017 at 2:11 pm

      hahha…no i dnt tnk so..name in eigoi viyas v both r 2 different persons…thank u so much looohaaa 🙂

  18. Looohaaa says:
    April 17, 2017 at 2:03 pm

    Gulhumeh veybaa..*

  19. myly? says:
    April 17, 2017 at 2:08 pm

    OMG this story is like hama vvvvv reethi??and aammu gothehga most of the biruveri story’s ga hunnaanee fanditha hadhaa vaahakah and bla bla but mi vaahaka is different….vvvvvv different…and it makes this nice…thankyou kayashandy…waiting for the next part?

    1. kayashandy says:
      April 17, 2017 at 2:46 pm

      thank u soooo much myly…i really appriciate ur comment..it makes me really happy dat my readers like this story n i ll try my best to never let down any of u..n this is my second story n 1st horror stories i tried to make it different from other stories which i read..once again thnak u n keep waiting..:)

  20. firu says:
    April 17, 2017 at 2:58 pm

    Wow. ❤?Vaahakaige mi baives reethi. Ekm confuse vaa baeh ebaulhey mareenaa vihey part. Can u explain that part please… Mi vaahaka ah nahulaa lahvaa film eh hadhan feney ?

    1. kayashandy says:
      April 18, 2017 at 2:56 pm

      heheh dhw firu v salhivaane kanneyngedhw filmves btwi hv already explained dat part in rainy princess’s rpl..plx read dat..thnak u so much..:)

  21. ? says:
    April 17, 2017 at 7:04 pm

    Alhey kaaku tha e kai brybe maraaly

    1. kayashandy says:
      April 18, 2017 at 3:01 pm

      no idea..hehhe..lets read next part to knw it..thank u..:)

  22. imagination says:
    April 17, 2017 at 8:38 pm

    omg.. who ever that us… ei meehaa haadha goahey.. i liked ahunaf..y u killed him.. :'( i cryyyyyyy

    1. kayashandy says:
      April 18, 2017 at 3:02 pm

      heheh..dhw imagination..hingaa emeehei hoadhan ulhemaa..:)

  23. Romeo says:
    April 18, 2017 at 12:18 am

    Aslu varah salhi…

    1. kayashandy says:
      April 18, 2017 at 3:03 pm

      thank u so much..:)

  24. Raa says:
    April 18, 2017 at 8:22 am

    Heevany aslu manzareh Sifa vaahen. Varaha furihama…

    1. kayashandy says:
      April 18, 2017 at 3:07 pm

      Raa ah manzaru sifa kurevey gothah liyevuneema v ufaavejje..thank u for ur support..:)

  25. Kiyaa kujja says:
    April 18, 2017 at 10:56 am

    Miee mi site in mihaaru kiyaa hithun kiyaalaa vaahakaeh… Vaahaehga hunnavaa sifathah mivaahakain fenigendhey.. Mivaahaka liyaa kujjaa ah bunelan beynumee thi kujjaa ah mikamuge hunaru libifa ebahuttey… MASHA ALLAH..
    Kuriyah huribaithakah inthizaaru kuran.

    1. kayashandy says:
      April 18, 2017 at 3:06 pm

      vvv bodah shukuriyyaa…asluves v ufaavejje mi comment fenifa..v motivate vey thigothah support dheythyve..thank u so much..i cnt express it in words..:)

    2. Kiyaa kujja says:
      April 18, 2017 at 3:14 pm

      WC. Komme part akah cmt nukurevunas vaahaka up kollaane irakah waitga hunnanee.
      So keep it up.

  26. Heyo edhey faraathe says:
    April 18, 2017 at 2:02 pm

    Can’t wait for next chapter
    Upload it now If possible upload full story
    MALDIVES UP COMING MOST TALENTED STORY WRITER

    1. kayashandy says:
      April 18, 2017 at 3:00 pm

      hehhe..thank u so much..i really appriciate ur love..btw i cnt upload it all cux i havnt finish it yet..hehhe…:)once again thank u soooooo much…:)

  27. Fathun says:
    April 18, 2017 at 2:56 pm

    Koba miadhuge part

    1. kayashandy says:
      April 18, 2017 at 2:57 pm

      mirey up kuraanan between 8 -10pm …insha allah

  28. Maree says:
    April 18, 2017 at 3:41 pm

    Mamihiree iruohseyne irehge inthizaaruga kaya ehkoh kakuni hifandhan magovaigen ingey dhaanee hehehe inthizaaruga ingey

  29. Misha says:
    April 18, 2017 at 6:08 pm

    Alhey..mirey claahah dhaahih ves kendijje…vaahaka kiyaalaa hithun

  30. Rainy princess says:
    April 18, 2017 at 8:23 pm

    kaya avaha up kohba. Cant wait to read the 6 th part

  31. Julie says:
    April 18, 2017 at 9:45 pm

    Kaya avahah up kohdheeba

  32. Raa says:
    April 18, 2017 at 9:56 pm

    Waiting….

  33. bella says:
    April 19, 2017 at 8:00 am

    covr page ga in photo vara rythi….haaskn robert v.v.v.vv. hot…luv it

Comments are closed.

Next Episodeކަކުނި 6←


All Right Reserved!