Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރިލޯބި

ކަކުނި 7

ShaiShy Level 410 Stories100 Comments500 Comments
April 20, 2017 7 Mins Read
61 Comments

އެރޭ ފަތިސް ނަމާދަށްފަހު އަހުނަފު ވަޅުލެވުނެވެ. ހިތްތަކަށް ވެރިވެފައިވާ އުދާހުން ގޭތެރެ ވަނީ ފަޅުވެފައެވެ. ޖެހިގެން އައި ދުވަހު ކައިޝާ ތައްޔާރުވަމުން ދިޔައީ އެދުވަހު އޮންނަ އެންމެ ފަހު އިމްތިހާނަށެވެ. ސިކުނޑީގައި އަދިވެސް ވަނީ އަހުނަފުގެ ކުއްލި މަރެވެ. ނަމަވެސް އިތުރަށް އެކަމާ ނުވިސްނާ ކައިޝާ އުއްމީދު ކުރަނީ ހުރިހާކަމެއް ރަނގަޅުވާނެކަމެވެ. މަންމަގެ ހައްޤުގައިވެސް ކައިޝާ ހިތްވަރުގަދަ ކުއްޖަކަށް ވާން އަޒުމު ކަނޑައެޅިއެވެ.

ފާޚާނާއިގެ ލޯގަނޑުން އަމިއްލަ ސޫރައަށް ބަލަހައްޓާއިގެން ހުރި އީތަންގެ މޫނުމަތިން ނުފިލާ ރިހުމެއް ފާޅުވަމުން ދިޔައެވެ. ކައިޝާއާއި ގާތްވެވުނުހެން އޭނާއަށް އުނދަގޫތަކެއް ވެއެވެ. އެއީ ކޮންކަހަލަ ކަމެއްކަން އީތަން އަށް ނުވިސްނުނެވެ. ކައިޝާއަކީ އީތަންގެ ހުވަފެނުގެ ރާނީއެވެ. އެހިތުގެ ހަމަޖެހުމެވެ. ވީއިރު ކައިޝާއާއި ކައިރިވެގެންނޭ ކިޔާފައި ގައިގެ ތަންތަން ނޫފައިގެންފައި ހުންނަންވީ ކީއްވެ ހެއްޔެވެ؟ހީވަނީ މީހަކު ވަކިއަޅުވާފައި ހުރިހެންނެވެ. އެހެން ނޫންނަމަ އޭނާ ސްލީޕް ވޯކްކޮށް ވަލުތެރެއަށް ވަދެވެނީއެވެ. ރޭގައިވެސް ހޭވެރިކަމެއްވީ ވަލުތެރޭގައި އޮށްވައެވެ. ފާއިތުމިވީ އަހަރުތަކުގައި ނުވާފަދަ އުނދަގޫތަކެއް އީތަންއަށް ކުރެވެމުން ދަނީ ކީއްވެކަން ޚުދު އޭނައަށްވެސް ނޭނގެއެވެ. ކޮންމެއަކަސް ވަމުން މިދަނީ ރަނގަޅު ކަމެއް ނޫނޭ އީތަންގެ ހިތް ބުނެއެވެ. އެތައް އިރަކު އެގޮތުގައި ވިސްނަން ހުރުމަށްފަހު އީތަން ފާޚާނައިން ނިކުތީ ހުސްނާ ގޮވާއަޑަށެވެ. މިކަމުގެ އަސްލާއި ހަމައަށް ވާސިލް ވުމަށް ހިތުގައި އަޒުމު ކަނޑައަޅަމުން އީތަން ތައްޔާރުވެލީ ކައިޝާ ސުކޫލަށް ލައިދޭން ދިޔުމަށެވެ.
އީތަންއާއި އެކު ސުކޫލަށް ދިޔަ ކައިޝާ ފޯނުން ދެތިންފަހަރަކު އީޝަލްއަށް ގުޅުމުންވެސް ފޯނެއް ނުނަގައެވެ. ގަޑިޖެހެން އުޅޭތީވެ އިތުރަށް ނުގުޅާ ކައިޝާ އަވަހަށް އެތެރެއަށް ވަނީ ހޯލުތެރެއިން ނަމަވެސް އީޝަލްއާ ދިމާވާނެކަމުގެ އުއްމީދުގައެވެ. ނަމަވެސް ކައިޝާ އިތުރަށް މާޔޫސްވާގޮތްވީ އިމްތިހާނު ނިމެން ގާތްވެފައި ވަނިކޮށްވެސް އީޝަލްގެ ސޫރަ ދައްކާ ނުލުމުންނެވެ. ދެތިން ފަހަރަކު އެތަނުގައި ހުރި މުދައްރިސަކު ކައިރިންވެސް އެހިއްޖެއެވެ. އެމީހުންނަށްވެސް އީޝަލްގެ ޚަބަރެއް ނުވުމުން އެތިބެނީ ކަންބޮޑުވެފައެވެ. އިމްތިހާނު ނިމުމާއެކު ކައިޝާ ނިކުމެގެން ދިޔައީ ހަލުވި މިނެއްގައެވެ. އޭރު އެހިތަށް ވަނީ ބިރުވެރިކަން ވަދެފައެވެ. އީޝަލްއަށް ބޮޑުކަމެއް ދިމާނުވާނަމަ އިމްތިހާނަށް ނައިސް ނުހުންނާނެކަން ކައިޝާއަށް ވިސްނުނެވެ. އެހެން ކަމުން ސުކޫލުން ނިކުމެވުމާއެކު މިސްރާބު ޖެހީ އީޝަލްމެންގެ ގެއާދިމާއަށެވެ.

ބާރު ހިނގުމެއްގައި ދިޔަ ކައިޝާއަށް އެގެޔާ ހަމައަށް ފޯރީ ފަނަރަވަރަކަށް މިނެޓްފަހުންނެވެ. އޭރު މީހާ ވަނީ ވަރުބަލިވެ ދާހިއްލާ ފޯވެފައެވެ. އެގޭ ދޮރުމައްޗަށް އެރުނު ވަގުތު ކުރިމަތީގައި އޮތް އެމްބިއުލާންސް ފެނި ކައިޝާގެ މެއަށް ފިނިވެގެން ދިޔައެވެ. އަނެއްކާ އީޝަލްވެސް………….

“އީޝަލް..”އީޝަލްގެ ނަމުން ގޮވަމުން ދުވެފައި އެގޭތެރެއަށް ވަދެގެން ދިޔަ ކައިޝާ ހުއްޓުވީ އީޝަލްގެ ބޮޑުދައިތަ ރަމްޒިއްޔާއެވެ. އީޝަލްގެ މައިންބަފައިން ކަނޑުމަތީގެ ހާދިސާއެއްގައި މީގެ އަހަރެއްހާ ދުވަސް ކުރިން ވަނީ ނިޔާވެފައެވެ. އެހެން ކަމުން އީޝަލް އުޅެނީ މަންމަފަރާތު ބޮޑުދައިތަ ކައިރީގައެވެ. އެގޭގައި އުޅޭނީ ބޮޑުދައިތަގެ ފިރިމީހާ ރަޤީބު އާއި އެމީހުންގެ ފިރިހެންދަރި ރައުލް އެވެ. ރައުލް އަކީ ފެށުނީއްސުރެ ކައިޝާއަށް ހިތް ކިޔާފައިވާ ޒުވާނެކެވެ. އުމުރުން 26 އަހަރު ވީއިރުވެސް މީހަކާ ނީނދެ އެހުރީ ކައިޝާގެ އިންތިޒާރުގައެވެ.

“ކޮއިފުޅާ އެމަންޖެ ކައިރިއަށް ނުދޭ..ހެޔޮނުވާނެ..ދައްތަގެ ލަގޮނޑި ފަޅައިގެންދާ ވަރުވޭ..އިންސާނަކު އެހާ އަނިޔާވެރި ވާކަށް ނުވާނެ..ކޮބާތަ އެމަންޖެގެ ކުށަކީ؟ އެހެން ހެދި މީހަކު ހިތައް ހަމަ އެކައްޗެއްވެސް ނަރާނީތަ؟” ރަމްޒިއްޔާ ކަރުނަތައް ފޮހެލަމުން ނޭފަތް ދަމާލިއެވެ. އެވަގުތު ސޯފާގައި އިން ރައުލް ތެދުވެގެން އައިސް ރަމްޒިއްޔާއަށް ހިތްވަރުލައިދިނެވެ. ކައިޝާ ހުރީ ވާނުވާ ނޭނގިފައެވެ. އެވަގުތު އެތަނުގައި އިން ރަޤީބު ކޮޅަށް ތެދުވެލީ އީޝަލްގެ ކޮޓަރިން ނިކުތް ޑޮކްޓަރު ފެނުމުންނެވެ. އެމޫނުގެ ކުލަވަރު ހުރި ގޮތުން އެއްވެސް ކަމެއް ރަނގަޅު ނޫންކަމަށް ކައިޝާގެ ހިތް ބުނަންފެށިއެވެ. އީޝަލް ކޮބައިބާވައެވެ؟ މިގޭގައި ޑޮކްޓަރުންނާ ނަރުހުން މިއުޅެނީ ކިހިނެއް ވެގެން ހެއްޔެވެ؟ ކައިޝާގެ ސުވާލުތަކަށް ޖަވާބު ލިބުނީ ޑޮކްޓަރުގެ ބަހުންނެވެ.

“ހިތްވަރު ކުރޭ..އީޝަލްއަށް މިވަގުތު ބޭނުންވަނީ ހުރިހާ މީހުންގެ ލޯތްބާއި އާޅާލުން..އޭނާ އެވަނީ ރޭޕްގެ ޝިކާރައަކަށް ވެފައި..ކުރިމަތި ފަރާތުން ވަރަށް ބޮޑަށް ކަފައިގެން ގޮސްފައިވުމުން އަޅުގަނޑަށް މިވަގުތު ކުރެވެން ހުރި ކަމެއް ކޮށްފައި އެހުރީ..އިންފެކްޝަނެއް ވުން އެކަށީގެންވޭ..އަދި އިތުރަށް ބެލުމުން އެނގޭނީ އެތެރެހައްޓަށް ގެއްލުމެއް ވެފައިވޭތޯ..އެކަމަށް އީޝަލް ޖެހޭނީ ހޮސްޕިޓަލަށް ގެންދަން..ދައްތަމެން އެއްބަސްވަންޏާ މިހާރުވެސް ގެންދެވިދާނެ އެކަމަކު ހޭނައްތާލަން ޖެހޭނީ..ދެންމެވެސް އީޝަލް ވަރަށް ވަރު ދެއްކި އަހަރެމެން އޭނަގެ ގައިގައި އަތްލަން އުޅުނީމަ..އެހެންވީމަ މިކަމާ ބެހޭގޮތުން ކީކޭ ބުނަނީ..؟” ޑޮކްޓަރު އައިފާ އަކީ އީޝަލް މަންމަގެ ވަރަށް ގާތް ރައްޓެއްސެކެވެ. މިއަދު މިގެއަށް އައީ ރައުލް ގުޅާފައި ބުނުމުންނެވެ. ޑޮކްޓަރ އައިފާގެ ވާހަކަތައް އަޑުއަހަން ހުރި ކައިޝާއަށް އަނގަމަތީ އަތް އަޅާލެވުނީ ލިބުނު ޝޮކަކުންނެވެ. އީޝަލްއަށް އެހެން ދިމާއެވީ ކީއްވެހެއްޔެވެ؟ ކައިޝާ އެންމެ ލޯބިވާ ފަރާތްތައް ނިމިގެން ދަނީ ހެއްޔެވެ؟ މިއީ ތަޤްދީރު ކުރާ ސަމާސާއެއް ހެއްޔެވެ؟

ކައިޝާ ދުވެލާފައި އީޝަލް ކޮޓަރިއަށް ވަނީ ދެން އެންމެ ސިކުންތަކުވެސް އީޝަލް ލޮލަށް ނުފެނި ނުހުރެވިގެންނެވެ. އެކޮޓަރީގެ ދޮރުމައްޗަށް ހުއްޓުނު ކައިޝާ ހުރީ އެތެރެއަށް ވަންނަން ފަސްޖެހިފައެވެ. އީޝަލް ފެނުމާއިއެކު އެހިތުގައި ތޫނުތަދެއް އިޙުސާސް ކުރެވުނެވެ. އެންމެ ގާތް އެކުވެރިޔާއަށް މިވަނީ ކޮންފަދަ މުސީބާތެއް ޖެހިފައިހެއްޔެވެ؟ ކޮޓަރީގެ ކަނެއްގައި އިން އީޝަލް އިނީ ދެއަތުން މޫނު ފޮރުވާލައިގެންނެވެ. ހީވާގޮތުން ރޮނީއެވެ. އެއްވެސް މީހަކަށް އެމޫނު ދައްކަން ބޭނުން ނުވާހެންވެސް ހީވެއެވެ. ކައިޝާ މަޑުފިޔަވަޅުތަކެއްގައި އެތެރއަށް ވަދެގެން ދިޔައެވެ. އީޝަލް ކައިރީގައި އުޑުފައިން އިށީންނަމުން ވަރަށް ލޯބިން ގޮވާލިއެވެ. އީޝްލްގެ ފަރާތުން ޖަވާބެއް ނުލިބުނެވެ. ކައިޝާ ދެއަތުން އީޝަލްގެ މޫނުގައި އަޅާފައިވާ އަތް ނަގަން އުޅުމުންވެސް އީޝަލް ގަދަހަދަމުން ދިޔައީ އެއަތް ނުނަގަންވެގެނެވެ. އެންމެ ފަހުން ކައިޝާވެސް ތެދުވެލީ ގެޔަށްދާންވެގެންނެވެ. އެވަގުތު އީޝަލް އެއްލިއަތުން ކައިޝާގެ އަތުގައި ހިފެހެއްޓިއެވެ.

“މަރާލާނެ.. ކަލޭވެސްމަރާލާނެ..އެންމެން މަރާލާނެ..އަހުނަފުވެސް މަރާލީ…އެއީ..އެއީ އިންސާނެއް ނޫން..” އީޝަލް ހަޅޭލަވާގަތެވެ. ހަމައެވަގުތު ރޮއެވެސް ގަތެވެ. ކައިޝާހުރީ ދެންމެ އީޝަލް ދެއްކިވާހަކަތައް ފަހުމް ނުވެފައެވެ. ކުއްލިއަކަށް ކައިޝާގެ އަތަށް ދަމާލުމުން ނުވިސްނާހުރުމުގެ ސަބަބުން ތިރީގައި އިށީނދެވުނެވެ. އީޝަލް ކުޑަކޮށް ކައިޝާއާއި ކައިރިއަށް ޖެހިލަމުން ކަންފަތް ބުޑުގައި އެއްޗެކޭ ބުނެލިއެވެ.

“އެއީ އިންސާނެއް ނޫން..” ވައިއަޑުން އީޝަލް ބުނެލި ޖުމްލައިން ކައިޝާގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ. ކައިޝާއަށް އިތުރު އެއްޗެއް ނުވިސްނިގެން އުޅެނިކޮށް އީޝަލް ދެން ފެއްޓީ ހޭށެވެ. ވާނުވާ ނޭނގިފައި އިން ކައިޝާގެ އަތުގައި ހިފާ ކޮޅަށް ނެގީ އެތަނުގައި އެވަގުތު ހަރަކާތްތެރިވަމުންދާ ނަރުހުންގެ ތެރެއިން ކުއްޖެކެވެ.

“އީޝަލް ދައްކާ ވާހަކަތަކަށް އެހާ ބޮޑަށް އަޅާނުލާ..އޭނައަށް މެންޓަލީވެސް އެހުރީ އަސަރުތަކެއް ކޮށްފައި..މޮޔަވެފައެކޭ ނުބުނާނަން އެކަމަކު އެސިކުނޑި ތެރޭ ހިނގާކަންތައްތަކަށް އީޝަލްއަށް ބާރު ނުފޯރުވޭ އެހެންވެ އެއްވެސް އަސްލެއްނެތް ވާހަކަތައް އެދައްކަނީ..އިރާދަކުރެއްވިއްޔާ ފަހުން ރަނގަޅުވާނެ..” އެނަރުސް ކުއްޖާ ކައިޝާ ކައިރީގައި އެދުނީ އީޝަލްއަށް އެކަނިވެލަން ވަގުތު ދިނުމަށެވެ. ކައިޝާވެސް ދެބަހެއް ނުވެ ނިކުތުމަށް ހިނގައިގަތްއިރު ކުރިމައްޗަށް އެރި ރައުލްގެ ބެލުމުން އުނދަގޫވިއެވެ. ފާޑަކަށް ބަލަހައްޓާއިގެން ހުރި ރައުލްއާއި ދިމާއަށް ލޯއަޅާލަމުން ކައިޝާ އެގެއިން ނިކުމެގެން ހިނގައްޖެއެވެ.

“ބައްޕާ އަހަރެން ބޭނުން ކަމެއް ބަލާލަން..އެކަމުގައި ބައްޕަގެ އެހީތެރިކަން ވަރަށް ބޭނުންވޭ..ބުނެބަލަ އާނއެކޭ..” ރައުލް ވާހަކދައްކަމުން ދިޔައީ އޭނާގެ ބައްޕަ ރަޤީބުއާއެވެ. ރަޤީބަކީ ރުޤުޔާ ކުރުމުގެ ކަންތަކުގައި އަރާހުންނަ މީހެކެވެ. ރާއްޖޭގެ ގިނަ ހިސާބުތަކުންވެސް އޭނަގެ އެހީއަށް އެދި މީހުން އަންނަނީ ރަޤީބަށް ކުރެވޭ އިތުބާރެއްގެ ބޮޑުކަމުންނެވެ. ރައުލްއަށްވެސް އެކަމާބެހޭ މަދު މަޢުލޫމާތެއް އެނގިފައި ވިއެއްކަމަކު އަމަލީގޮތުން އެކަމުގައި އަބަދުވެސް އުޅޭނީ ރަޤީބެވެ. އެތައް ދުވަހެއް ފަހުން ކައިޝާފެނުމުން އެހެންޏާ ނުކުރެވޭފަދަ އިހުސާސެއް ރައުލްއަށް ކުރެވެމުން އެބަދެއެވެ. ރައުލް އަށް ހީކުރޭވޭ ކަންތައް ތަކުގެ އަސްލެއް އިނގޭނީ އޭގެ އެންމެ ފުން މިނަށް ފީނައިގެންނެވެ. މިވަގުތުން ފެށިގެންވެސް ކައިޝާގެ ރައްކަލަށް ކުރެވެން ހުރި ކަމެއް ވިއްޔާ ލަސް ނުކޮށް އެކަމެއް ފަށަން ރައުލް ބޭނުންވެއެވެ.

**
ރޭގަނޑުގެ ހަމަހިމޭން ވަގުތުގައި ކައިޝާއާއި އީތަން އެގޭ ބޭރު ޖޯލިފަތީގައި ތިއްބެވެ. ހައްމާދުވީ އީޝަލްގެ ހާލުބަލައިލާން ގޮހެވެ. އީޝަލްވެސް މިހާރު ވަނީ އެޑްމިޓް ކޮށްފައިއެވެ. ގޭގައި ބާއްވައިގެން އެކަށީގެންވާ ފަރުވާއެއް ނުހޯދޭނެކަން ވިސްނުމުން ވެދާނެ ބަދުނާމަކަށް ނުބަލައި އޭނާގެ ބޮޑުދައިތަ އެކަމަށް އެއްބަސްވީވެސް ޑޮކްޓަރު އައިފާ އެކަމަށް ބާރު އެޅުމުންނެވެ. ހުސްނާވެސްވީ ހޮސްޕިޓަލްގައި މަޖުދާގެ އެހީތެރިކަށެވެ. ކައިޝާ އެތަނުގައި ހުންނަން ބޭނުންވިއެއްކަމަކު އޭނާގެ މަންމަ އެކަމަށް އިންކާރު ކުރުމުން ހަވީރުގެ ވަގުތެއްގައި އެތަނުގައި އިނުމަށްފަހު ގެއަށް އައީ މަޣްރިބް ނަމާދު ވަގުތަށެވެ. އީތަންއާއި އެކު ގޭގައި އެކަނި ނުއިންނަންވެގެން ކައިޝާއެދުނީ ހައްމާދު އަންނަންދެން ދެމީހުންވެސް ބޭރުގައި މަޑުކޮށްލުމަށެވެ.

އީތަން ނަމާދު ކުރަންތަ؟..އަހަރެން ނުދެކެން ނަމާދު ކުރަތަނެއް އެހެންވެ މިއަހާލީ” ކުއްލިއަކަށް ކައިޝާ ކޮށްލި ސުވާލުން އީތަން އެމޫނަށް ބަލާލީ ދެބުމަ ކައިރިކޮށްލަމުންނެވެ. އެވަގުތު ކައިޝާއަށް އޭނާ ކުރަން ނުޖެހޭފަދަ ސުވާލެއް ކުރެވިއްޖެ ކަން ވިސްނުމުން އިސްދަށަށް ޖަހާލިއެވެ. އީތަންގެ ޒާތީ ކަންކަމާ ބެހެން އޭނަ އެއީ ކާކުހެއްޔެވެ؟ ކޮންމެ މީހަކު ނަމަވެސް ރުޅިއަންނާނެއެވެ. އީތަން އަދިވެސް އިނީ ކައިޝާގެ މޫނަށް ބަލަހައްޓައިގެންނެވެ. އެސުވާލަށް އޭނަ ޖަވާބު ދޭން ބޭނުމެވެ. އެހެނަސް ކައިޝާއަށް ބުނެދޭނީ ކިހިނަކުންހެއްޔެވެ؟ އީތަންއަށް އަބަދުވެސް ހުސްނާ ނަމާދުކުރާތަން ފެނެއެވެ. އެންމެ ތުއްތު އިރު ނޭނގުނަސް ބޮޑުވަމުން އައި ވަރަކަށް އީތަންއަށް އޭނާގެ މަންމަ އެކުރަނީ ކީއްކަން އޮޅުންފިލުވައިދިނެވެ. އަދި އީތަންވެސް އެކަން ކުރަންޖެހޭނެ ކަމާ އެއީ މުސްލިމުންގެ މައްޗަށް ފަރުޟެއްކަން ބުނެދިނެވެ. އީތަން ވެސް އެގޮތަށް އަމަލު ކުރަމުން އައެވެ. ނަމަވެސް އުމުރުން ވިހިއަހަރުވީފަހުން ނަމާދު ގަޑިތަކުގައި އޭނައަށް އުނދަގޫވަމުން ދިޔައެވެ. ހަށިގަނޑުގައި ދިލަ ހޫނެއް އުފެދެމުން ދެއެވެ. އެގޮތަށް އިހުސާސް ވަނީ ހަމައެކަނި ނަމާދުގަޑިތަކުގައެވެ. ކުރިން އެހެން ނުވިޔަސް މިހާރު ކަންކަން އެދަނީ ބަދަލުވަމުންކަން އީތަން އަށް އެނގެއެވެ. ނަމަވެސް ކައިޝާއަށް ހުރިހާ ވާހަކެއް އީތަން ކިޔައިދޭނީ ކިހިނަކުން ހެއްޔެވެ؟ ކައިޝާ ގެއްލޭކަށް އީތަން ބޭނުމެއް ނޫނެވެ. އޭނާގެ އަސްލު ސިއްރު އެކުރަނީ އެހެން ވެގެންނެވެ. ވަގުތު ޖެހުމުން ކައިޝާއަށްވެސް ހުރިހާކަމެއް އެނގޭނެއެވެ. އެދުވަހަކުން ކައިޝާ ބޭނުންނަމަ އީތަން އުޅޭނީ ކައިޝާއާއި އެކުއެވެ.

“ބައެއް ކަހަލަ ކަންތައްތަކަކީ އެންމެންނަށް އެނގެން ޖެހޭނެ ކަންތައް ތަކެއް ނޫން ކަމުގައި އަހަރެން ދެކެނީ..ކައިވެސް ނަމާދުކޮށްފަ އެވާހަކަ ހުރިހާއެންމެންނަށް އިއުލާން ކުރަންތަ؟ އެކަންތައް އޮންނަނީ ކައިގެ ހިތުތެރޭގައެއްނު..” އީތަން ބުނެލީ މާނަފުން ވާހަކައެކެވެ. ކައިޝާއަށްވެސް ވިސްނާލަން މަޖުބޫރުވިއެވެ. އީތަން އެބުނަނީ ތެދުވާހަކައެވެ. އޭނަ އަޅުކަން ކުރަނީ މީހުންނަށް ދައްކާކަށެއް ނޫނެވެ. ވީއިރު އޭނައަށް ނުފެނި އީތަންވެސް ނަމާދު ކުރާނެއެވެ. ކައިޝާ ހިނިތުންވެލިއެވެ. އީތަންއާ އެސުވާލު ކުރެވުނު މޮޔަކަމޭ ހިތަށް އަރަމުންދިޔައެވެ.

“ކައި އަހަރެން ވަރަށް ބޮޑު ކަމަކު ކިޔަން މިއުޅެނީ..އުއްމީދު ކުރަން ކައި އަހަރެން މާޔޫސް ކޮށްނުލާނެކަމަށް..” އީތަން އެހެން ބުނެލީ ކައިޝާގެ އަތުގައި ހިފަމުންނެވެ. ކައިޝާގެ ނޭވާވެސް ކުރުވިހެން ހީވިއެވެ. އަނެއްކާ އީތަން ބުނަން މިއުޅެނީ ކީކޭ ހެއްޔެވެ؟ ލޯބިވާ ވާހަކަހެއްޔެވ؟ އެހެންނަމަ ކައިޝާ އެހުރީ އެކަން އުފަލުން ބަލައިގަންނަން ތައްޔާރަށެވެ. ކައިޝާއަށް ވިސްނުމުގެތެރެއިންވެސް ހީނލެވުނެވެ.

” އަހަރެން މިރަށަށް އައުމުގެ ކުރިން ވަރަށް ގިނައިން ފެންނާނެ ހުވަފެނެއް..އެންމެ ފުރަތަމަ އެހުވަފެން ފެނުނީ އަހަރެންގެ އުމުރުން 13 އަހަރުގައި އޭރު ދެން އެހާވަރަކަށް އެކަމާ އަޅާ ނުލަން..އެކަމަކު ބޮޑުވަމުން އައި ވަރަކަށް އެއްކަލަ ހުވަފެން ދިޔައީ ފެންނަމުން..އަހަންނަށް ފެންނަނީ އަންހެން ކުއްޖެއް އަހަރެންގެ ހިމާޔަތަށް އެދޭތަން..އެއަންހެން ކުއްޖާގެ މޫނު ފެންނަވަރެއް ނުވޭ އަނދިރިކަމުން..އެކަމަކު އަހަރެންނަށް ކައި އެންމެ ފުރަތަމަ ދުވަހު ފެނުމުން ތިމޫނުމަތިން ބީރައްޓެހި ކަމެއް ނުފެނޭ..ހީވަނީ އެތައް ޒަމާނެއް ވަންދެން ދެކެފަރިތަ ކަމެއް ހުރިހެން..ނޭނގެ ކީއްވެކަމެއް އެކަމަކު އަހަރެންނަށް ހުވަފެނުގައި ފެންނަނީ ކައި އޭ ހިތް ބުނޭ..އިނގޭ މިވާހަކަތައް ޤަބޫލުވެސް ނުކުރެވޭނެކަން..އެކަމަކުވެސް އަހަރެން ބުނެލަން ބޭނުމީ ކައި އެއްވެސް ކަމެއް ބޭނުމިއްޔާ ބުނާށޭ..އަހަރެން މިހިރީ ކައި އަށް ހެލްޕްވާން..” ކައިޝާގެ މޫނަށް އަރާފައިބަމުންދާ ކުލަތަކުން ދޭހަވަނީ ކީކޭކަން އީތަންއަށް ހަމަރަނގަޅަށްވެސް އިނގެއެވެ. ކައިޝާ އުއްމީދުވެސް ނުކޮށް ހުރި ވާހަކައެއް ބުނުމުން އެހުރީ ހައިރާންވެފައެވެ. ލޯބިވާ ވާހަކަ ބުނަން އީތަންވެސް ބޭނުމެވެ. ނަމަވެސް އަދި އެކަމަށް އޭނަ ތައްޔާރެއް ނޫނެވެ. ކައިޝާގެ ހަޤީގަތް ހޯދުމަށްފަހު ނޫނީ އިތުރު ކަމަކަށް ވިސްނަން ޖާގައެއް ނުދެވޭނެއެވެ.

ކައިޝާގެ ލޮލުން ފޭބި ކަރުނަ ފެނިފައި އީތަންގެ ހިތުގައި ޖެހުނެވެ. ބަލިކަށި އަންހެން ކުއްޖެއްގެ އިހުސާސް ތަކާ އޭނައަށް ކުޅެވިއްޖެއެވެ. އީތަން ކައިޝާގެ ކޮނޑުގައި ހިފާ ކައިރިއަށް ގެނެސް ބޮލުގައި ފިރުމާލިއެވެ. އަދި އީތަންގެ ތުންފަތް ކައިޝާގެ އިސްތަށިގަނޑުގައި ޖައްސާލަމުން ލޯމަރާލިއެވެ. އީތަންގެ އަތުތެރޭން ވީއްލިގެން ކައިޝާ ދުއްވައިގަތީ ގޭތެރެއަށެވެ. އީތަންގެ ފަރާތުން ކައިޝާ ބޭނުންވަނީ އެފަދަ ހަމްދަރުދީއެއް ނޫނެވެ. ލޯތްބާއި އަޅާލުމެވެ. ކައިޝާއަށްވެސް އީތަންގެ ލޮލުން އެލޯބިވަނީ ފެނިފައެވެ. ނަމަވެސް މިއަދާ ހަމައަށްވެސް އެކަން ހާމައެއް ނުކުރެއެވެ. ކައިޝާ ހީކުރީ މިރޭ އީތަން ބުނާނީ ލޯބިވާ ވާހަކަކަމަށެވެ. އެކަމަށް މާބޮޑަށް އުއްމީދުކޮށްގެން އިނުމުން އީތަން ދެއްކި ވާހަކަތަކަށް އެކަށީގެންވާ ސަމާލުކަމެއްވެސް ނުދެވުނެވެ. އެހެން ނޫންނަމަ އީތަން އެދެއްކި ވާހަކަތަކާ ކައިޝާއާ ގުޅުމެއްވާކަން ވިސްނުނީހެވެ.

**
ހައްމާދުއާއި އެއްކޮށް ކޮފީއެއްގައި އިން އީތަން ވިސްނަމުން ދިޔައީ ކައިޝާއާއި މެދުގައިއެވެ. ހައްމާދުއަށް ގުޅައިގެން ގެނައީވެސް ސިކުނޑިން އެކަންތައް ނެރެލުމަށެވެ. ނަމަވެސް ހައްމާދުގެ ހާލަތު އަދި މާގޯހެވެ. އީޝަލްއަށް އެދިމާވި ކަމަކުން ހައްމާދު އެވަނީ ހިތާމައިގެ ވަޅުގަނޑަކަށް ވެއްޓިފައެވެ.

“ދެން އެގޭ މީހުން ހަމަ އަސްލުވެސް އިޝް ގޮވައިގެންދަނީތަ؟” އީތަން ސުވާލުކޮށްލިއެވެ. ހައްމާދު ބުނިގޮތުން ނަމަ އީޝަލްގެ ބޮޑުދައިތަމެން އޭނަ ގޮވައިގެން އިންޑިއާއަށް ދިޔުމަށް ތައްޔާރުވަނީއެވެ. ހައްމާދު އެކަމާ ވިސްނަމުން ބޯހާސްކުރުވަމުން އެދަނީ އެކޮޅުގައި ވާނެ ދުވަހެއް އެމީހުންނަށްވެސް ބުނެދޭން ނޭގޭތީވެއެވެ. އީޝަލް ގެއްލިދާނެ ކަމުގެ ބިރު ހައްމާދުގެ ހިތުގައިވެއެވެ. މިހާރުވެސް ގިނަފަހަރަށް ހައްމާދު އެއީ ކާކުކަންވެސް އީޝަލްއަށް ނޭނގެއެވެ. ހޭވެރިކަން ވަނީ މަދު ވަގުތު ކޮޅަކަށެވެ.

“އާނ..ދެތިން ދުވަސްތެރޭ ފުރާނެ..އޭނަ ބޮޑުދައިތައާއި ޑޮކްޓަރު އައިފާ ދަނީ..ރައުލް އާއި އެނަގެ ބައްޕަ މިކޮޅުގައި މަޑުކުރަނީ..މަވެސް ބޭނުން ދާން އެކަމަކު ޗުއްޓީއެއް ނުލިބުނު..މިރޭވެސް ވަރަށް ޓްރައި ކޮށްފިން” މާޔޫސީ ގޮތަކަށް ހައްމާދު ބުނެލިއެވެ. ދެލޮލުގައި ވަނީ ވަރުބަލިކަމެވެ. ހަމަ ނިދި ނުލިބުމުން އެހެންވެސް ވާނެއެވެ. ކުއްލިއަކަށް ދިރިއުޅުމަށް މިއައި ބަދަލުން ސިކުނޑިވަނީ ހާސް ކަމެއްގެ ތެރޭގައެވެ.

“ފަހުން ރަނގަޅުވާނެ..ކޮބާ މަޖުދައްތަ؟ މާދަމާ ދޫކޮށްލާނެ ވާހަކަ ބުނެފަ އޮތީ..” އީތަން މަޢުލޫ ބަދަލުކޮށްލިއެވެ. އަމިއްލަ ހާލަތު ސިއްރުކުރަމުން އެކުވެރިޔާ ހިތްހަމައްސޭތޯ އުޅުނެވެ. މަޖުދާ ރަނގަޅުކަމަށް ބުނެލަމުން ހައްމާދު ފަނޑު ހިނިތުންވުމެއް ދިނެވެ. އީތަންއާއި ދެމީހުން އެތައް އިރަކު ވާހަކަދައްކަންތިބެފައި ގެޔާދިމާއަށް މިސްރާބުޖެހީ ލަސްވުމުގެ ކުރިން ގެޔަށް ދިޔުމަށެވެ. ކައިޝާވެސް ކޮޓަރިއަށް ވަތް ގޮތަށް ނިކުތްކަމެއް ނޭނގެއެވެ. އީތަންމެން ގެއިން ނިކުތް އިރު އޮތީ ކޮޓަރީގައެވެ. ޓަކި ދިނުމުންވެސް ދޮރު ނުހުޅުވިއެވެ. އެންމެފަހުން އީތަން މެސެޖް ކުރީ ހައްމާދުއާއި އެކު ބޭރަށް ދާކަމެވެ.
**

ކައިޝާހުރީ އެގޭ ދޮރުމަތީގައެވެ. އީތަންމެން ލަސްވުމުން ކޮބާތޯ ބަލާލުމަށެވެ. މިހާރު ދެތިން ފަހަރު އީތަން އަށް ގުޅިއެއްޖެއެވެ. ކައިޝާ ކޮޓަރީގައި އޮވެގެން އެތައް ގޮތަކަށް ވިސްނިއެވެ. އީތަންގެ ވާހަކަތަކާ މެދުރަނގަޅަށް ވިސްނުނީވެސް މީހާ ހަމަޖެހިލުމުންނެވެ. ކައިޝާގެ ހިތުގައި އެތައް ސުވާލުތަކެއް އެނބުރެމުން ދިޔަނަމަވެސް އީތަންއާއި ދިމާވުމުން ނޫނީ ސުވާލުތަކުގެ ޖަވާބު ނުލިބޭނެއެވެ. އެހެން ހުއްޓާ ކައިޝާއަށް ފެނުނީ އެގޭކައިރީގައި ކަންމަތީ ހުންނަ ފިހާރައަކުން ނިކުތް އީތަން އެވެ. ކައިރީގައި އިތުރު ފިރިހެން ކުއްޖެއްވެސް ހުއްޓެވެ. އަނދިރިކަމުން އެމީހާއެއް ސާފުކޮށެއް ނުފެނެއެވެ.ހީވާގޮތުން އެވާނީ ހައްމާދުއަށެވެ. ކައިޝާ އީތަން އަށް ގޮވާލިއެވެ. އަތުން އިޝާރާތް ކުރީ ކައިރިއަށް އައުމަށެވެ. އީތަން ކައިޝާކައިރިއަށް އައުމާއެކު ކައިޝާ އެހަށިގަނޑުގައި ބައްދާލިއެވެ. އެކަމަށް ނުވިސްނާ ހުރި އީތަންގެ މޫނުމަތިން ހައިރާންކަން ފާޅުވިއިރު ހިނދުކޮޅެއްގެތެރޭގައި އުފާވެރިކަންފެނުނެވެ. އީތަންގެ ދެއަތުން ކައިޝާގެ އުނަގަނޑުގައި ވަށާލިއެވެ.

“ވަރަށް ބޮޑަށް ސޮރީ ކައިއަށް އެގޮތަށް ކަންތައް ކުރެވުނީމަ.. ފަހުން ކައި ވަރަށް ދެރަވި ކޯޒް އައި ލަވް ޔޫ އީތަން..” ކައިޝާދެލޯމަރާލަމުން އޭނާ ލޯބިވާކަން ހާމަކުރިއެވެ. މާކުރިންވެސް ކައިޝާހުރީ މިރޭ ކޮންމެ ގޮތަކުން ނަމަވެސް އީތަންއަށް ލޯބި ހުށައަޅަން ތައްޔާރުވެގެންނެވެ. އީތަން ކައިޝާ ދުރަށް ޖައްސާލަމުން ދެއަތުން މޫނުގައި ހިފަހައްޓާލިއެވެ. މަޑުމަޑުން ކައިރިވަމުންއައި އީތަންގެ މޫނުފެނި ކައިޝާއަށް ދެލޯމަރާލެވުނެވެ. އީތަންގެ ތުންފަތް ކައިޝާގެ އެތުނި ތުންފަތުގައި ބީހިލުމާއެކު ހިއްސުތައް ހަލަބޮލިވިއެވެ. ޖަޒުބާތުގެ އޮއިވަރެއްގައި ދެމީހުން ބެހިގެން ނުދިޔައީ ކައިޝާދުރަށް ޖެހިލުމުންނެވެ. ދެމީހުންވެސް ނޭވާ ހަމައަކަށް އަޅުވަމުން ދިޔައިރު ތިބެވުނީ މަގުމަތީގައިކަންވެސް ހަނދާންނެތުނެވެ. ގަތް ލަދުން ކައިޝާގެ މޫނަށް ޖަންބު ކުލައަރައިގެން ދިޔައެވެ. މޫނުގައި ދެއަތް އަޅަމުން ދުވެފައި އެތެރެއަށް ވަނީ ދެން އެންމެ ސިކުންތަކުވެސް އީތަންގެ ކުރިމަތީގައި ހުރެފިނަފަ ކައިޝާ ވިރިގެން ހިނގައިދާނެކަމަށެވެ. އީތަންގެ ބެލުމުގައި އެހުރި މަސްތުކަމަކުންވެސް ކައިޝާގެ ހިތުގެ އެންމެ ހިމަނާރާ ކުޅެލައިފިއެވެ.

” ކަލޭގަދަ އިނގޭ…މަހަމަ ހައިރާންވެއްޖެ…އެމަންޖެ އެންމެފަހުން ކާމިޔާބުވީއޭދޯ؟” ޖައިލާން ދިމާ ކޮށްލީ ޒިއަދަންއާއެވެ. ކައިޝާމެންގެ ގޭދޮރުމަތީގައި ދެމީހުން ހުއްޓިގެން ތިބއިރު ޒިއަދަން ވިސްނަމުން އެދަނީ ކީކޭ ކަމެއް ނޭނގެއެވެ.

“އެކަމަކު މަ ހިތައް މިއަރަނީ އޭނަ ކީއްވެބާއޭ ކަލެއަށް އީތަން އޭ ކިޔާފަ އެގޮވާލީ..އަނެއްކާ ކަލޭ އެހެން ކިޔާފަތަ އޭނަ ކައިރިއަށް ޖައްސަނީ..ހިނގާ ދެން ސައިދޭން..” ޒިއަދަންގެ ކޮނޑުގައި އަތް ބާއްވާލަމުން ޖައިލާން ބުނެލިއެވެ. އެވަގުތު ޒިއަދަންގެ ތުންފަތުގައި ކާމިޔާބުގެ ހިނިތުންވުމެއް ދުވެލިއެވެ.

“ކަލެއަށް އެކައްޗެއް ނުވިސްނުނަސް މަށަށް ހުރިހާއެއްޗެއް އެނގިއްޖެ…ހިނގާދެން ތިބުނާ ސައެއްވެސް ދެވޭނީ މިތަނުން ދިޔައީމައެއްނު..” ކުރިއަށް ހިނގައިގަންނަމުން ޒިއަދަން އެހެން ބުނެލީ ނުލަފާ ހިނިގަނޑެއް ޖަހާލަމުންނެވެ. ދަމުންވެސް ފަސް އެނބުރި ކައިޝާމެންގެ ގެއާ ދިމާއަށް ބަލާލިއެވެ.

“ޔޫ އާރ މައިން..އަހަރެން ކައި ހާސިލް ކުރާނަން..އަހަރެމެން ދެމީހުންގެ މެދަށް ވަނުމުގެ ހުއްދަ އިތުރު އެއްވެސް މީހަކަށް ނޯންނާނެ..” ޒިއަދަން އަމިއްލަ ނަފުސަށް ވަޢުދެއްވިކަހަލައެވެ. އަނދިރީގެ ތެރެއިން ވިދާލި އެދެލޮން ދުން އަރަމުން ދިޔައެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

ShaiShy

Level 410 Stories100 Comments500 Comments

Other Articles

Previous

ހިތް އެދެނީ (13)

Next

ހެލޯ

Next
April 20, 2017

ހެލޯ

Previews
April 20, 2017

ހިތް އެދެނީ (13)

61 Comments!

  1. kayashandy says:
    April 20, 2017 at 8:57 pm

    sorry guys…m facing some internet problems..heevanee lap update nukoh ineemahen..comments thakah rpl ves nukurevunu..:( baei comment thakah kurevunu n again de same problem..angaaves nulevunu cux 4n in data expire vefa ineema..:( heekuran appology accept kuraanekamah..kuree part ah comment kohfa thibi hurihaa kudhinnah vvvv bodah thank u..vv happ vey thihaa supportive kudhinkolhei libuneema..really i cant express hw happy i feel wen i c de lovely comments..u guys means alot in this journey of my life..love u all n i hope u all will like this part too..keep waiting for next part..hv a grt nyt lvly ppl:)

    1. Naira says:
      April 20, 2017 at 11:52 pm

      I thought that my favourite writers were shax lyn,shine,liya and ushaali..but mihaaru kayashandy ves e list ge namakah araafi..mi story ge namevarahh unique dho ehnvE i red the trailer..and trailer ekeni ky ma ves ingihjje mi story varahh hit vaane kan..hehe i’m so happy that mihaa rethi story eh kiyaalann libeythi? also tried to write a story in esfiya but i’m not fast in writing dhivehi so e kan thahh mihaaru handhaan nahhthaalaifin..kayashandy ge stories thakuga varahh hiydhamaaganna thankolhukokhu hurey..and first part kiyaafa ves gain heebihi negi..i just wanna say that yuh are the best???

    2. kayashandy says:
      April 21, 2017 at 3:19 pm

      awwnnn..:) nairage thi listga thihuree my fav writers..dn v happy vejje thi list ah naira alhuganduge name ithuru kohfeemey buneema..asluves v v happy..n i still dnt blv thibuni writers aa eifenvarah adhi liyevidhaanehen..ekamves alhugandu masaikai kuramun midhanee day by day rangalhu kureveythw..dn thikalaha support kuraa kudhin libuneema v motivate vey..n naira ah bunelan othy fast koh type nukurevunas u shud atleast try..m also not dat much fast to type..it takes me 3 hours to write n edit 1 episode but still i dnt give up..y dnt give a chance to urself? may b thrs a good writer inside u who wnt to come out …:) think abt it dear..:) n thank u sooooooooooo much for de lovly comment:)

    3. Naira says:
      April 20, 2017 at 11:55 pm

      Lots of love girl..i’m the biggest fan of yours
      *hope u’ll c my cmnt

    4. kayashandy says:
      April 21, 2017 at 3:10 pm

      really happy to c ur comment..heekuran kuriah oithaanga nairage ithuru comments fennaanekamah..:)

  2. ????❤ says:
    April 20, 2017 at 9:04 pm

    Nyc…

    1. kayashandy says:
      April 20, 2017 at 9:11 pm

      thankuu:)

  3. Nisha says:
    April 20, 2017 at 9:06 pm

    Me first dw varah reethi mi part vx.. ?????

    1. kayashandy says:
      April 20, 2017 at 9:13 pm

      1st comment ga inee namei nujhaa in kujjei..is dat u? btw tnks alot drr..:)

  4. iffa says:
    April 20, 2017 at 9:18 pm

    Its beautiful part. I love it.. This is a secound story that i really intrested to read.. First story is mansha.. And here is the secound story.. Ummeedhu kuran vaahaka medhu nukada kuriya gendhaane kama becos ei alhugadu vaahaka mathin v foohikohlla kame… Love u hope u will undurstand me…

    1. kayashandy says:
      April 20, 2017 at 9:25 pm

      yes iffa..hama v understand vey..thank u so much mivaahaka ah thi dheivvaa tharuheebah..insha allah mivaahaka ninmaafa noonee huttaa nulaanan..love u..:)

  5. ssss? says:
    April 20, 2017 at 9:27 pm

    Wow… Eheviima asslu eyshal ah e fennanii eethan eh noon dhw?… Ziadhan dhw… Wow…. Can’t wait for next part…. Avahah next part up kohdheychey

    1. kayashandy says:
      April 20, 2017 at 9:39 pm

      ziadhan v goas dhw..thank u so much..keep waiting..:)

  6. cenhi says:
    April 20, 2017 at 9:33 pm

    Salhi. Keep going

    1. kayashandy says:
      April 20, 2017 at 9:41 pm

      thankuu cenhi..:)

  7. Misha says:
    April 20, 2017 at 9:36 pm

    Alhey..kihineh mi vany…haadha dhrera ey..mee hus ziadhan ge kanthah dhw..anyways vaahaka vrh rythi

    1. kayashandy says:
      April 20, 2017 at 9:42 pm

      thank u misha…asluves ziadhan v goas dhw..:)

  8. Jjeyツ says:
    April 20, 2017 at 9:38 pm

    Kayashandy!! Finally you are back. Hehe❤. Mihuree hama mi part ge ithizaaruga.v nice and interesting ingey. Yes of course apology accept koffin?. Ingey gasthuga readers disapoint nukuraanekan?. Understand vey dear?. Waiting for next part ingey❤. Keep up the good work!!!

    1. kayashandy says:
      April 20, 2017 at 9:45 pm

      awwwwwwnnn so happy to c such a lovly comment..thanku inthizaaruga hureema n understand ves veema..:) keep waiting for next part..thank u so much for ur support…:)

  9. yus says:
    April 20, 2017 at 9:41 pm

    Vaanuvaa

    1. kayashandy says:
      April 20, 2017 at 9:46 pm

      hope kuranee mi next part akun yus ah vaanuvaa engidhaanekamah..thank u dr..keep waiting for next part…:)

  10. sam says:
    April 20, 2017 at 10:07 pm

    Vvv nice

    1. kayashandy says:
      April 20, 2017 at 11:03 pm

      thank u sam:)

  11. Baby says:
    April 20, 2017 at 10:16 pm

    Buoooootiful. Mi bai ves varah reethi. Keep going writer

    1. kayashandy says:
      April 20, 2017 at 11:04 pm

      thaaaaankuuu baby… 🙂

  12. Azu says:
    April 20, 2017 at 10:21 pm

    Ma sha allah…kaya…vaahaka liyumuge hunaru ebahuri yageenun ves…..liyun theri kamugai miah vure ves kaamiyaabu dhehvun edhi dhuaa kuran …aameen…❤❤alhe zidhaan gandah gotheh hadhaabala kaya….kobaatha zunnooru mihaaru???avahah gos ethan salaamaiy kurey zunnooru….zaidhaan ge mi hunnanee eynage kaafa ge varu dho…e goas kan…. ?vaahaka vvvvv reethi….aneh baige inthixaaruga hurin…??

  13. Azu says:
    April 20, 2017 at 10:22 pm

    Ma sha allah…kaya…vaahaka liyumuge hunaru ebahuri yageenun ves…..liyun theri kamugai miah vure ves kaamiyaabu dhehvun edhi dhuaa kuran …aameen…❤❤alhe ziadhaan gandah gotheh hadhaabala kaya….kobaatha zunnooru mihaaru???avahah gos ethan salaamaiy kurey zunnooru….ziadhaan ge mi hunnanee eynage kaafa ge varu dho…e goas kan…. ?vaahaka vvvvv reethi….aneh baige inthixaaruga hurin…??

    1. Azu says:
      April 20, 2017 at 10:23 pm

      Haadha varakashey comment mi kurevenee ….lol

    2. kayashandy says:
      April 20, 2017 at 11:02 pm

      arrn ekey dhw azu..hehe..thanks dear..:) zunnooru will protect ethan..hehe or may b not..dn ziadhan ehuree hama eynage grandpa ge goi dhw..lets c wat wil hppn next..keep waiting..thank u soooo much…:)

  14. Nana says:
    April 20, 2017 at 10:30 pm

    Salhi mi part vx

    1. kayashandy says:
      April 20, 2017 at 10:59 pm

      thank u nana…:)

  15. Maree says:
    April 20, 2017 at 11:24 pm

    Loabikan Loabikan v reethi Ingey anehkkaaves kuda kuda inthizaareh dho kayaa

    1. kayashandy says:
      April 21, 2017 at 2:52 pm

      awwwnnnn maree thi dheivvaa tharuheebah varah bodah skukuruverivan..:)

  16. Shy beauty says:
    April 20, 2017 at 11:35 pm

    Vvvvv reethi….vv furihama..mi vhk ekkoh hama kiyaalaaa hiyvany…ehaa vess reethi…?☺️ Btw mi story up kurany kondhuvas thakehggaikan bunedhyfaanantha???

    1. kayashandy says:
      April 21, 2017 at 3:20 pm

      thanks alot dear..:) sunday tuesday thursday saturday…keep waiting:)

  17. Anee says:
    April 20, 2017 at 11:55 pm

    V v reethi stry. Var reethikn stry liyan egey kayaa ah… Waiting fr nxt part….

    1. kayashandy says:
      April 21, 2017 at 3:09 pm

      ehhhe..ehanetha…thank u dear..v happy vejje:) keep waiting:)

  18. Khajja says:
    April 21, 2017 at 2:03 am

    Masha allah v rythi waitin waitin nxt n gud nyt

    1. kayashandy says:
      April 21, 2017 at 3:08 pm

      thank u khajja:) keep waiting:)

  19. who am i? says:
    April 21, 2017 at 4:02 am

    wow superb???
    keep it up dear!❤?

    1. who am i? says:
      April 21, 2017 at 4:05 am

      whn nxt part?

    2. kayashandy says:
      April 21, 2017 at 3:07 pm

      tmrw nyt..keep waiting:)

    3. kayashandy says:
      April 21, 2017 at 3:08 pm

      thank u dear..really happy to knw dat u liked it..:)

  20. imagination says:
    April 21, 2017 at 9:20 am

    i knew that feloow was trying to get kai.. ethan comon.. save kai.. eheh.. mi story mee mihaaathanah biruveri stories ge therein kii emme col story ingey.. <3 <3 <3

    1. kayashandy says:
      April 21, 2017 at 3:03 pm

      thank u so much…really happy to know dat u liked it.. 🙂 names thah reethiveemaves v happy vejje..keep reading..:)

    2. kayashandy says:
      April 21, 2017 at 3:06 pm

      dhw imagination:) ethan ah kai save kureveynebaa ? thank u so much for de lovely comment:)

  21. Chan chan chal says:
    April 21, 2017 at 2:02 pm

    V rythi ingey..ham azlu vx v rythi.u r the bxtxt writer in this site.keep it up …i luv all ur strys.dnt frgt to upld nxt prt.um imptntly wtng.ethan and zaidhan is really nice name n my cousin name is also ethan.bye kaya.i luved ths prt 2.

    1. kayashandy says:
      April 21, 2017 at 3:05 pm

      thank u sooo much..ethan ei vaahaka liyanikoh hama hithah eri namei..hehhe:) m glad dat u liked it 🙂 keep reading

  22. Heyo edhey faraathe says:
    April 21, 2017 at 2:13 pm

    It’s look like I am addicted to this story

    1. kayashandy says:
      April 21, 2017 at 3:00 pm

      happy to c ur comment..u r a true reader..thank u so much..:)

  23. Maree ge mom sahzu says:
    April 21, 2017 at 2:36 pm

    kaya ge mi vaahakaves v nala eethan n ziadhan vvv reethi midhenan

    1. kayashandy says:
      April 21, 2017 at 2:59 pm

      soo sweet of u..maree ge mom ves vaahaka kiyantha..:)

  24. Rainy princess says:
    April 21, 2017 at 2:41 pm

    Wow ❤ Cant wait to read the next part..??

    1. kayashandy says:
      April 21, 2017 at 3:01 pm

      thank u soooo much rainy princess..:) keep waiting:)

  25. Maree says:
    April 21, 2017 at 3:52 pm

    Hahahaha?????? sahzu nulafaakandho koei

  26. firu says:
    April 21, 2017 at 8:19 pm

    Wow. Mi part ves v reethi. Hama ehvanaige liyun therieh thee. Biru veri vaahaka akas vaki dhuleh nukurey ehn liyun therinnalah… Mi story ge name in ves i really love this story. “Kakuni ” is a very special name for me ??? waitng fr the nxt part.

  27. Heyoedhy..... says:
    April 22, 2017 at 1:28 am

    Story vvvvvvvvv salhi eethan aee jinniakah nuhadhaathi plx plx plx plx plxplxplx plx

  28. Saandy says:
    April 22, 2017 at 1:38 am

    WOW… V salhi mibaives… V kiyaa hithun kiyaalevey vaahakaeh mee… Kiyaa hiyyvefa innaleh bodukamun heevany 2 folhuvaiy kiyaaleveyhen… Next partga inthizaaruga mihury… Keep it up Kaya 🙂

  29. " " says:
    April 22, 2017 at 11:33 am

    Varah reethi mivaahaka… Dhen vaany kihineh thoa abadhu visneny???.. Kayashandy.. Thank u for the interesting story..

  30. Sugarplum says:
    April 22, 2017 at 7:40 pm

    This story is just amazing warah warah reethi warah interesting and
    Can’t wait for the next part ?❤️

  31. Book worm says:
    June 24, 2017 at 4:35 pm

    Kihineh kuree ge baitha hoadhanee

Comments are closed.

Next Episodeކަކުނި 8←


All Right Reserved!