“އަހަރެން ވަރަށް ލޯބިވާކަން އަބަދުވެސް ހަނދާންކުރައްޗޭ.” އިއުނާސްގެ ދެލޮލަށް ބަލަހައްޓައިގެން ހުރެ މިއުވާން ބުނެލިއެވެ. “އަހަރެންވެސް ވާންދެކެ ވަރަށް ލޯބިވޭ. އަހަރެން ދުވަހަކުވެސް ވާންއާ ވަކިވާކަށް ބޭނުމެއްނޫން.” އިއުނާސްވެސް އޭނާގެ ހިތުގެ ގޮވުން މިއުވާންއަށް އިއްވާލިއެވެ. “އިރާދަކުރެއްވިއްޔާ އަހަރެމެން ދެމީހުން ވަކިވާން ޖެހޭނެ ދުވަހެއް އެހާ އަވަހަކަށް ނާންނާނެ.” މިއުވާން އިއުނާސްގެ މޫނުގައި ހިފަހައްޓައިގެން ހުރެ މަޑުމަޑުން އޭނާގެ މޫނު އިއުނާސްގެ މޫނާއި ގާތްކުރަމުން ދިޔައެވެ. މިއުވާންގެ ހޫނު ނޭވާތައް މޫނަށް އެޅޭހާ ގާތްވެލުމުން އިއުނާސްއަށް ލޯމަރާލެވުނީ […]
“ނޫން. އަސްލު އަހަރެން މިކޮޅަށް މިއައީ ވެސް މިއަދު. އާލް އަކަށް ވެސް އެކަމެއް ނޭންގޭނެ. އާލް ކާރިއަށް މިއައީވެސް ހޭނެތުނު ފަހުން. އަހަރެން ފެނުނީމަ އާލްއަށް ޝޮކްޖެހޭނެ. އެއީ ކުރީގެ ހަނދާންތައް އާވާތީ.. އުމުރުން ތޭރަ އަހަރުގަ އާލްގެ ރަހުމަތްތެރިން ނާ އާލް ވަނީ ހިނގި އަލިފާނުގެ ހާދިޘާއެއްގަ މަޒީ ހަނދާން ނެތިފަ. އެ ހުރިހާ ކަމަކުން ވެސް އެންމެ ބޮޑުވަރުވީ މަގޭ ދަރިއަށް. ދެއަހަރު ކޯމާގަ އޮތުމަށްފަހު އޯލެވެލް ވެސް ހެދީ ވަރަށް ހާލުން. […]
ކުޑައިރުކޮޅެއްގެ ތެރޭގައި ކައިވެނީގެ ހަފްލާ ފެށިއްޖެއެވެ. ހުދުކުލައިގެ އަގުބޮޑު ކައިވެނީގެ ހެދުމުގައި ރުކާން ފެންނަނީ ނުހަނު ފުރިހަމަކޮށެވެ. ހަމަ އެގޮތަށް މިއުވާންވެސް ހުދުކުލައިގެ ގަމީސްލައި، ކަޅު ޖެކެޓެއްލާފައި ކަޅު ފަޓުލޫނުގައި ފެންނައިރު އެހާ ނަލައެވެ. އެހާ ފިރިހެންވަންތައެވެ. ހަފްލާއަށް ހާޒިރުވާ ކޮންމެ މީހެއްގެ ދުލުގައިވަނީ ކައިވެނިކުރެވުނު ދެމަފިރިންނަށް ތަޢުރީފާއި ހެޔޮދުޢާއެވެ. ރުކާންގެ ތުންފަތުގައި ނުފިލާ ހިނިތުންވުމެއްވީއިރު މިއުވާންވެސް މޫނުމައްޗަށް ހިނިތުންވުމެއް ވެރިކުރުވައިގެން ހުރީ ހިތުގެ ހާލަތު ސިއްރުކުރަމުންނެވެ. މެދުކެނޑުމެއްނެތި މެހެމާނުންނާ ސަލާމްކުރަމުންދިޔަ މިއުވާންގެ ހަރަކާތްތަކަށް ލަސްކަމެއް އައީ […]
“އޭތް. ރައޫފްބެއޭ ބުނީމަ މި ހަނދާންވީ. އެގޭ ރުކާން އަދިވެސް ހުންނަނީ ހުހަށްތަ؟” ކުއްލިއަކަށް ޔާމިން އެހެން އަހާލުމުން މިއުވާން ހައިރާންވިއެވެ. “ކިހިނެއްވީ؟” ޔާމިންގެ ސުވާލަށް ޖަވާބު ދިނުމުގެ ބަދަލުގައި މިއުވާންވެސް ކޮށްލީ ސުވާލެކެވެ. “އެގޮނޑިއަށް ކުރިމަތިލާންކަމަށް.” ހިނިގަނޑަކާއެކު ޔާމިން ބުނެލުމުން މިއުވާން ޗޮކެއް ކަނޑާލަމުން ބޯހޫރާލިއެވެ. “ސާބަހޭ ޔާމްބެ. ތިގޮތް ދޫކޮށްލަބަލަ ދެން. ދިރިއުޅުމާ ދޭތެރޭ ތަންކޮޅެއް ސީރިއަސްވާން ވެއްޖެއެއްނު މިހާރު.” މިއުވާން ބުނެލިއެވެ. “ސީރިއަސް؟ އަހަރެންނަކަށް ނޭނގެ ސީރިއަސްވާކަށް. ފުރަތަމަ ޖެހޭނީ ތިކަން ދަސްކުރަން. […]
ހަވީރުގެ ހިތްފަސޭހަ ވަގުތެވެ. އަލާނިޔާ ރީތިވަމުން ދިޔައީ އެކުވެރިންނާ ބައްދަލު ކޮށްލުމަށް ރަސްފަންނަށް ގޮސްލާށެވެ. ހުދުކުލައިގެ ކްރޮޕް ގަމީސްކޮޅަކާ ކަޅު ސިކިނީ އެއްލައިންހުރި އިރު އެބައްޓަން ރީތި ހަށިގަނޑު ވަރަށްވެސް ފުރިހަމައެވެ. އިސްތަށިގަނޑަށް އެއްވެސް ގޮތެއް ނުހަދާ މިނިވަންކަމާއެކު ދޫކޮށްލެވިފައިވާއިރު އެ ސާދަކަމަށް އެތައްބައެއް ފިދާވާހާ ވެއެވެ. އަނެއްކޮޓަރީގައި އުޅޭ ޔުސްރާވެސް ރީތިވެލައިން ނިކުތްއިރު ހީވަނީ ހޫރު ޕަރީއެއްހެނެވެ. ލުއި މޭކަޕެއް ކޮށްފައިވާއިރު ރަތް ލޭކުލަ ޖައްސާލެވިފައިވާ ތުންފަތް އެ ދޮން މޫނު ފުރިހަމަ ކޮށްދީފައިވެއެވެ. ދަނބު […]
“އަވްފް….ހެހެ..ވޫޕްސް.. ތަދުވި؟..ދެމް ކޮން ތަދެއް ވާނީ. ކަލެޔަކަށް ނޭންގޭނެ މިހާރު އެއީ ކޯޗެއް ކަމެއް. ހިއް. ހެހެ..އަވްފް” ކޮޓަރި ތެރެއިން އިވެމުން ދިޔައީ މީހަކު ހީހީފައި އެއްޗެއް ކަފަމުން ދިޔަ އަޑެވެ. ކުއްލިޔަކަށް މުޅިތަމުގައި ވަރުގަދަ އެލާމެއްގެ އަޑުހިފާލިއެވެ. ދެން ފެނުނީ ފުލުހުންގެ ވަރުގަދަ ތީމެއް އައިސް އެކޮޓަރިތެރެއަށް ވަދެގަތް ތަނެވެ. ފެނުނު މަންޒަރުން ގިނަ ފުލުހުންނާ ސިފައިން ތިބީ މޭ ނުބައި ކޮށްފައެވެ. މާސްކެއް އަޅައިން އިން މީހެއްގެ ކައިރީ އެއޮތީ މަރުވެ ކުނިވެފައިވާ މީހެކެވެ. […]
މިއުވާންއަކީ މުއްސަނދި ދެމަފިރިއެއްގެ ހުރި ހަމައެކަނި ފިރިހެން ދަރިއެވެ. އޭނާގެ ހަގަށް ދެ އަންހެންކުދިން ތިބެއެވެ. އާއިލާގައި އޭނާގެ އިތުރަށް ތިބީ ދެ އަންހެންކުދިންނަށްވެފައި އެކުދިންނާ އުމުރުގެ ފަރަޤު ބޮޑުކަމުން އޭނާއަށް އަބަދުވެސް އެކަނިވެރިކަން އިހުސާސްވެއެވެ. އެހެންކަމުން އޭނާގެ މަންމަ މުނީޒާއާއި ބައްޕަ މާހިރުއަށް އޭނާއާ ދޭތެރޭ ޚާއްސަ ގޮތެއް ބެހެއްޓެއެވެ. ދޮށީ ދަރިއަށްވެފައި ހުރި ހަމައެކަނި ފިރިހެން ދަރިއަށް ވާތީވެސްމެއެވެ. ނަމަވެސް ދެން ތިބި އެކުދިންނަށް އެކަން އިހުސާސް ނުވާނެހެން އެކުދިންނަށްވެސް ލޯބިދެއެވެ. ދަރިން ތަފާތުކުރުމަކީ […]
އަޖައިބެއްފަދަ ފުރިހަމަ ރީތިކަމެއް ލިބިފައިވާ އެކޮޓަރި ތެރެއަށް ބަލަމުންދިޔަ ޝަނާޔާ ސިހުނީ ޖިއާން އޭނާގެ އެ ބާރުގަދަ އަތްދަނޑި މައްޗަށް ޝަނާޔާ ނަގައިގަތުމުންނެވެ. ދެލޯބިވެރިން އެކުގައި އުފާވެރި ވަގުތު ކޮޅެއް އެ ރީތި ގަނޑުވަރުގައި ހޭދަ ކުރުމަށްފަހު ޖިއާން އެރޭ ޝަނާޔާ ކޮޓަރިއަށް ގެނައި އިރު ހުރީ ގަޑިން މެންދަމު ދޭއް ޖަހަން ކައިރިވެފައެވެ.ޝަނާޔާއަށް މިރޭ ލިބިގެން އެދިޔައީ އޭނާ ކުޑަކޮށްވެސް އުއްމީދު ކުރި އުފަލެއް ނޫނެވެ.ޖިއާންގެ ދުނިޔޭގައިި ޝަނާޔާއަށްޓަކައި ބިނާކުރެވިފައި އެވާ ގަނޑުވަރުވެސް އޭނާ ޝަނާޔާދެކެ […]