Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ބިރުވެރިލޯބި

ކަކުނި 4

ShaiShy Level 310 Stories100 Comments500 Comments
April 15, 2017 8 Mins Read
50 Comments

“އެއަންހެން ކުއްޖާ ފެނުމުން އަހަރެންނަށް ތަފާތު ގޮތެއް އިހުސާސް ކުރެވުނު..އަދި ދުވަހަކުވެސް މިފަދަގޮތެއް ނުވޭ…އަހަރެން އޭނަ ހާސިލް ކުރާނަން..އިޓްސް އަ ޕްރޮމިސް..” ޒިއަދަންގެ އަޑުގައި ވަނީ ޔަޤީންކަމެވެ. ވަގުތު ޖެހުމުން އެބުނި ބަހުގައި ހުރި ބާރެއްވެސް އެނގިދާނެތާއެވެ.

**

“ދެން ހުސްނާ މިވީހާ ދުވަހު މިކޮޅަށް އަންނަ ހިޔާލެއްވެސް ނުކުރަން ދޯ..؟ އަހަރެން ވަރަށް ދެރަވި ހުސްނާ ކުއްލިއަކަށް އެގޮތަށް ވަކިވުމުން…އަހަރެން ހީކުރީ މަނިކުބޭގެ މޫނު ދެކިލަން ނަމަވެސް ހުސްނާ އަންނާނެކަމަށް… މިވާހަކަ ދެން މިހާރު ދެއްކުމުގެ ބޭނުމެއްވެސް ނެތް އެކަމަކު މިއަދު އަހަރެން ވަރަށް އުފާވެއްޖެ ހުސްނާއާއި ބައްދަލުވުމުން..” ހުސްނާގެ އަތުގައި ހިފައިލަމުން މަޖުދާ ބުނެލިއެވެ. ހުސްނާއަށް ބުނާނެ އެއްޗެއް ނޭނގިފައި އިނީ އޭނާއާއި ދިމާވި ކަންތައްތަކުގެ ވާހަކަ އެއްވެސް މީހަކާ ހިއްސާ ކުރަން ބޭނުންނުވީމައެވެ.

“މަޖޫ ތިހެން ބުންޏަކަސް އަހަރެން އޭރު ހުރީ ހއ. ތުރާކުނުގައި އެންމެ އުތުރުގައި އޮތް ރަށުން ކިހިނެއް އެހާ އަވަހަށް އާދެވޭނީ..އޭރުދެން އީތަންވެސް ވަރަށް ކުޑަވާނެ..އަހަރެން އެހާ ހިތްހަމައެއް ނުޖެހުނު އެކަނިން އަންނާކަށް..އެހެންވެ ދެން ނާދެވުނީ…އަހަރެންގެ ހެޔޮދުޢާވަނީ މަންމައާއި ބައްޕައާއި އެކު..” ހުސްނާދެއްކި އުޒުރަކީ މުޅިއަކުން ދޮގެއްވެސް ނޫނެވެ.
“އެކަންޏޭ ތިބުނީ ކޮބާ ފިރިމީހާ؟…މަނިކުބޭ ބުނި ހުސްނާ އުޅެނީ މީހަކާ އިނދެގެންނޭ..އޭނަ ނާދޭތަ މިދަތުރަކު؟ މަޖުދާ ސުވާލުކޮށްލީ ވިސްނާލަމުންނެވެ. ހުސްނާ މީހަކާ އިނދެފިއްޔާ ފިރިމީހާ ކޮބައިބާވައެވެ. ފެންނާކަށްވެސް ނެތެވެ. ދެކޮޅުހޯދާލަމުން މަޖުދާ ދޮރާދިމާއަށްވެސް ބަލާލިއެވެ. އޭރު އީތަން އާއި އަހުނަފު އަދި ހައްމާދުވެސް ފޮށިތަށް އެތެރަށް ވެއްދުމަށްފަހު ސިޓިންގް ރޫމަށް ވަންނަނީއެވެ.

“ބައްޕަ އަހަރެމެންނާއި ވަކި ވެއްޖެ އަހަރެން ވަރަށް ކުޑައިރު ދޯމަންމާ..؟ ހުސްނާކައިރީގައި ހުރި ހުސްޖާގައިގައި އިށީންނަމުން އީތަން އެހެން ބުނެލީ ހުސްނާގެ ކޮނޑުގައި އަތް ބާއްވާލަމުންނެވެ.

“އެހެންތަ؟ ދެން ހުސްނާ މިގޭގައި މަޑު ކުރަންވީނު..ކީއްކުރަން ކޮންމެހެން އެހެން ތަނަކަށް ބަދަލުވަނީ؟..އަހަރެން އުޅޭ ކޮޓަރީގައި ހުސްނާއަށް ހުރެވޭނެ..ދެން ހުސްކޮށްއެހުރި ކޮޓަރި ހުސްނާގެ ދެދަރިންނަށް ތިބެވޭނެ..އަހަރެންގެ ފިރިމީހާވީ ބޯޓް ދަތުރުކުރަންގޮސް…އަހަރަކު އެއްފަހަރު އަންނާނީ..މިއަހަރު ރޯދަމަހު މިކޮޅުގައި ހުރެފަ އެދިޔައީ ދެމަސްފަހުން..އެހެންވީމަ ހުސްނާ ބޭނުން ދުވަހަކު މިކޮޅުގައި މަޑު ކުރަންވީ..” މަޖުދާ ބުނެލިއެވެ. މަޖުދާ ހީކުރީ ހައްމާދުއަކީވެސް ހުސްނާގެ ދަރިއެއް ކަމަށެވެ.

“މަންމަ އެއްބަސްވިއްޔާ އަހަރެންނަށް މައްސަލައެއް ނެތް..ދެން ހައްމާދު އެއީ ރައްޓެއްސެއް އެކަމަކު ހަމަ ކޮއްކޮއެއްފަދަ ކުއްޖެއް..މަންމަވެސް ވަރަށް ލޯބިވާނެ ހައްމާދުދެކެ..”ފުރުސަތުގެ ބޭނުން ހިފަމުން އީތަން ބުނެލިއެވެ. މިގެއިން އެންމެ ފުރަތަމަ ފެނުނު އަންހެން ކުއްޖާގެ ހަޤީގަތް ހޯދަން އީތަން ނުހަނު ބޭނުމެވެ. އަނެއްކާ އެއީ އޭނާގެ ހުވަފެނުގެ ރާނީއަށް ވެދާނެބާއެވެ؟ އީތަންގެ މޫނުމަތިން ހިނިތުންވުމެއް ފާޅުވިއެވެ.

“އޭ…މޮޔައެއްހެން ތިހެނީޔޯ؟…މަށަށް އިނގޭ ކަލޭ އެމަންޖެއަށް ހިތް ކިޔައިފިކަން…ފުރަތަމަ ނަޒަރުންވެސް ތހުރީ އާޝިޤަކަށް ވެފައި..މަށަށްވުރެ ކުރިން ކަލޭ ކަންނޭނގެ ނިންމާނީވެސް..” އީތަންގެ ކަންފަތް ބުޑުގައި ހައްމާދު ބުނެލީ އެހެން މީހުންނަށް ނީވޭނެވަރަށެވެ.

“ޝަޓަޕް..!!” އީތަންވެސް ހަމަ އެހާ މަޑުމަޑުން ބުނެލިއެވެ. އެވަގުތުވެސް އެދެލޯ ހޯދަމުން ދިޔައީ ކައިޝާއެވެ. އެގޮތްނޭނގޭ އަންހެންކުއްޖާ ހަމަ އަސްލުވެސް އޭނާގެ ރީތިކަމުގެ ޖާދޫގައި ޖައްސައިފިއެވެ.

މަޖުދާ އާއި ހުސްނާމެން ވާހަކައިގައި ތިބިއިރު ކައިޝާވީ އޭނާގެ ކޮޓަރީގައިއެވެ. އެނދުގައި ހުރަހަށް އޮތް އިރު ކަންފަތުގައި ހެޑްސެޓް ޖަހަފައިވެއެވެ.

“ގެސް ވަޓް….އީތަން އާއި މިއަދު ދިމާވި…އަހަރެންނަށް އަސްލު ނޭނގެ އެއީ ކަމެއް އީތަންއަކީ..އެކަމަކު އެފިރިހެން ކުއްޖާ ފެނުމުން ފުރަތަމަވެސް އަހަރެންގެ ދުލުން ނިކުތީ އެންމެ ނަމެއް..”އީތަން” ސޯ އަހަރެންގެ ހިތް ބުނޭ އެއީ އޭ އީތަން އަކީ…” ކައިޝާ ފޯނުން ވާހަކަދައްކަމުން ދިޔައީ އޭނަގެ އެންމެ ގާތް އެކުވެރިޔާ އީޝަލް އާއި އެވެ.

“އައި ޑޯންޓް ބިލީވް ޔޫ..އަހަރެން މޮޔަވެދާނެ ކައި އުޅޭގޮތަކުން..ކިތައްދުވަހު ބުނާނީ އީތަން އެއީ ހަޤީގަތެއް ނޫނޭ..ކައި ބޭނުން ނުވޭ އެގޮތަށް ޤަބޫލުކުރަން ..” އީޝަލްގެ އަޑުގައި ވަނީ ހިތްހަމަ ނުޖެހުމެވެ. ކައިޝާއާއި ދެމީހުންގެ ޒަމާންވީ އެކުވެރިކަމުގައި އެދެމީހުން ޒުވާބު ކުރާ ހަމައެކަނި މަޢުލޫ އަކީ “އީތަން”އެވެ. ކައިޝާގެ ބުނާގޮތުންނަމަ އޭނަގެ މަދަދުވެރިޔާއަކީ އީތަން އެވެ.

“އޯހް އިޝް ޑޯންޓް ގެޓް މޭޑް…އީތަންގެ ފުރަތަމަ ނަޒަރުންވެސް އަހަރެންގެ ހިތް ފިދާވެއްޖެ..އެހެރަ ރީތިކަމެއް..ބައިމަތި ފުޅާ ވަރުގަދަ ހަށިގަނޑެއް..ހިތްކަތިލާފަދަ ބެލުމެއް..އަހަރެން ހަމަ ދީވާނާވެފަ މިހުރީ..އިޝް އަށްވެސް ފެނުނީމަ އިނގޭނީ ދެޓް ހީ އިޒް ޔުނީކް ކަން..އެން ޔޫ ނޯ ވަޓް އީތަންގެ ކަޅީގައިވެސް ހުންނަނީ ހެޒެލް ބްރައުން ކުލަ ލައިކް އައި ސޯ އިން މައި ޑްރީމްސް…އިސްތަށިގަނޑުވެސް ފަންވެފައި ހަމަ ޑާރކް ބްރައުން ކުލަ ހުންނަނީ…އަސްލުވެސް ޤަބޫލެއް ނުކުރެވޭ..ހުވަފެނުގައި ފެންނަ މީހަކު ހަޤީގަތުގައިވެސް މިއަދު އެހުރީ އަހރެންނާއި އެއް ފުރާޅެއްގެދަށުގައި..އިޝް ޖެހޭނެ މިކަން ސެލެބްރޭޓް ކުރަން އިނގޭ..މާދަމާ ސުކޫލު ނިންމާފަ ޕިއްޒާކާން ދާނީ ދޯ..މަގޭ ޚަރަދުގަ” ކައިޝާ ހިތް އުފަލުން ފޮޅިފައިވިއެވެ. އެހިތްވެސް ހީވަނީ އުދުހިގެން ދާން އުޅޭހެންނެވެ. މާދަމާއަށް ވަރުގަދަ ޕްލޭންއެއް ކޮށްލަމުން ރޭގަނޑުގެ ވަދާޢީ ސަލާމް ކުރުމަށްފަހު އީޝަލްއަށް އެއްޗެއް ބުނާނެ އިތުރު ފުރުސަތެއް ނުދީ ފޯނު ކަނޑާލީ މާދަމާ ސުކޫލުން ދިމާވާނެކަމުގެ އުންމީދުގައެވެ.

ކައިޝާ އެނދުން ތެދުވަމުން ގަޑި ބަލާލިއެވެ. މެންދަމު އެކެއް ޖަހަނީއެވެ. ކައިޝާ އަވަސްވެލީ ނިދަން ތައްޔާރުވުމަށެވެ. ނިދާހެދުން ބަދަލުކުރަން ވެގެން ލައިގެން ހުރި އެއްޗެހިބޭލުމަށްފަހު ތުވާލިއޮޅާލައިގެން ފާޚާނާއަށް ވަނީ ފެންވަރާލުމަށެވެ. ކައިޝާއަކީ އަބަދުވެސް ނިދުމުގެ ކުރިން ފެންވަރާކުއްޖެއްކަމުން އެކަމަށް ހުންނަނީ އަބަދުވެސް އާދަވެފައެވެ. ކޮންމެފަދަ ވަގުތެއްގައިވިޔަސް ވަރިހަމައެވެ.

ކައިޝާގެ ކޮންމެ ހަރަކާތަކަށް ފާރަލަމުންދާ ފަރާތެއް އެކޮޓަރިން ބޭރުގައި ހުރި ބޮޑު ބަނބުކެޔޮގަހުގައި އިނެވެ. މޫނުން އެއްފަޅި ފިހިފައިވީއިރު އަނެއްފަޅިން އިންސާނެއްގެ ސިފަޖެހިފައިވިއެވެ. ދެލޮލުން އަލިފާންކަނި ބުރަމުންދާއިރު ދެއަތުގެ އުޅަބޮށިން އިތުރު ކަށިތަކެއް ނިކުމެފައިވެއެވެ. ދެފައި ހީވަނީ ބޯވައިގެ ފައިތަކެއްހެންނެވެ. އެއެތި އިށީނދެގެން އިން އޮފިނގަނޑުން ތިރިއަށް އެފައިތަށް ފައިބައިފާވިއެވެ. އަދި ވައިގެ ތެރޭގައި އެފައިތައް އެނބުރެމުން ދިޔައީ އެމަންޒަރު ފެންނަ ބައެއްގެ ހިތްތަކަށް ބިރުވެރިކަން ވަންނަފަދަ ގޮތަކަށެވެ. ހަމަހިމޭން އެދަންވަރުގެ ވަގުތުގައި އެހިސާބުން އިވެނީ އެންމެ އަޑެކެވެ. އެއީ އެއެތީގެ ގައިން ފައިބަމުންދާ ލޮނދިތަކެއް ތިރީގައި ހިކިފައި ހުރި ފަތްތަކުގެ މަތީގައި ޖެހެމުންދާ އަޑެވެ.

ފެންވަރާ ތާޒާވެލުމަށްފަހު ނިދާ ހެނދުން ލަމުންދިޔަ ކައިޝާއަށް މިއިން އެއްވެސް ކަމެއް ރޭކާނުލައެވެ. އޮށޯންނަން އެނދަށް އަރަން އުޅުނު ވަގުތު އޭނާގެ ލޮލުގައި އަޅައިގަތީ ވަޔާ ވިހުރެމުންދާ ދޮރުފޮތި ގަނޑެވެ. ހަނދާންނެތި ކުޑަދޮރުތައް އެހުރީ ނުލެއްޕިކަންވެސް ހަނދާންވީ ދެނެވެ. ދޮރުފޮތިށް ދަމާފައި ހުރުމުން އެކަން ހަނދާނުން ކައްސާލީއެވެ. ބިރުގަތް ނަމަވެސް ކައިޝާ އަވަސްއަވަހާ އެނދުން ފުންމާލައިގެން ގޮސް ހުޅުވާލެވިފައިވާ ދެ ކުޑަދޮރު ލައްޕާލިއެވެ. އެވަގުތު ބޭރުން ތޫލި ހަޅޭކެއްގެ އަޑު އިވުނުހެން ހީވުމުން ކައިޝާ ކުޑަދޮރުތަކާ ދުރައްޖެހިލީ ކުއްލިއަކަށެވެ. އިރުކޮޅަކު ކުޑަދޮރުތަކާއި ދިމާއަށް ބަލަން ހުރުމަށްފަހު ސިއްރުސިއްރުން ދޮރުފޮތިން ތަންކޮޅެއް ކަހާލުމަށްފަހު އެއްލޮލުން ބޭރު ބަލާލިއެވެ. އެއިރު އެހިތް ތުރުތުރު ލަމުން ދިޔައެވެ. ނަސީބަކުން މީހެއްގެ ހިލަމެއް ނުވިއެވެ. ފުންނޭވައެއް ދޫކޮށްލަމުން ކައިޝާ އެނބުރި އެނދަށް އަރަން އުޅުނު ވަގުތު ފައިގައި އެއްޗެއް ޖެހުނު އަޑު އިވުމުން ސިއްސައިގެން ދިޔައެވެ.

“ޝިޓް! ފެން ފުޅިވެސް ހުސްވެފައި..މަންމަވެސް ހަނދާން ނެތުނީ ކަންނޭގެ..އެހެންޏާ ކޮންމެރެއަކު ފެންފުޅި ގެނެސްދޭނެ މިރޭ މާގާތް ރަހުމަތްތެރިއެއް ލިބުމުން އަހަރެންމީ ނެތް މީހެއްފަދަ..އަނެއްކާ ތިރިއަށް ފައިބާންޖެހޭނީ..” އެނދުކައިރި ތިރީގައި ހުސްވެފައި އޮތްފެންފުޅި ނަގަމުން ކައިޝާ އޭނާގެ މަންމައަށް ކުދި ކިޔަމުންގޮސް ކޮޓަރިން ނިކުމެއްޖެއެވެ.

ކައިޝާ ސިޑިންފައިބައިގެން ތިރިއަށް ދިޔައިރު ގޭތެރެއަށް ވަނީ ހަމަ ހިމޭންކަން ވެރިވެފައެވެ. ބަދިގެތެރެއަށްވަދެ ހުސްފެންފުޅި ބެހެއްޓުމަށްފަހު އައިސްއަލަމާރިން ފެންފުޅިއެއް ނަގައިގެން ނިކުންނަން ދިޔަ ކައިޝާގެ އަތުގައި މީހަކު ހިފެހެއްޓުމާއިއެކު ހަޅޭލަވަން އަނގަހުޅުވާލިއެވެ. ނަމަވެސް ކާމިޔާބުވާގޮތެއް ނުވީ ބާރުގަދަ އަތަކުން އަނގަމަތީގައި އަތް އެޅުމުންނެވެ. ކައިޝާ ގަދަހަދަން އުޅުމުގެތެރޭގައި އަތުގައި އޮތް ފެންފުޅިވެސް ދޫވިއެވެ. އެމީހަކު ހިފހައްޓައިގެން ހުރެ ކައިޝާގެ ހަށިގަނޑު ބަދިގޭގެ އެތެރެއަށް ދަމައިގަތީ ޖަހާލި އެންމެ ލުއްކަކުންނެވެ.

“ޝްޝްޝް…ތިއުޅެނީ މިގޭ މީހުން ހޭލައްވާލަންތަ؟” ކައިޝާގެ ކަންފަތުގައި ޖެހުނީ ފިރިހެންވަންތަ އަޑެކެވެ. އެއަޑުން އެކަނިވެސް ކައިޝާ ހިމޭންވިއެވެ. އެވަގުތު މަޑުމަޑުން އެއަތްވެސް ކައިޝާގެ އަނގަމަތިން ދޫވަމުންދިޔައެވެ. ހަމައެއާއެކު ފަސްއެނބުރި ކައިޝާ ބަލާލިއެވެ. ދާދި ގާތުން ފެނުނު އީތަންގެ ސޫރައިން ހިތަށް ފިނކަން ލިބުނަސް ބިރުވެސްގަތެވެ. ދެފިޔަވަޅު ފަހަތަށް އަޅާލެވުނީވެސް އެހެންވެގެންނެވެ. އެވަގުތު ކައިޝާ ގޮސް ޖެހުނީ އެތާހުރި ކަބަޑެއްގައެވެ.

އީތަންގެ ތުންފަތްމަތީ ކުޅެލީ ލާނެއް ހިނިތުންވުމެކެވެ. ބިރާއި ސިހުން އެކުލެވިފައިވާ ކައިޝާގެ އެބޮޑު ދެލޮލުން އީތަން އަށް އެހެން ކަމެއްވެސް ފާޅުވަމުން ދިޔައެވެ. އުފާވެރިކަމާއި ލަދުވެތި ކަމެވެ. ކައިޝާގެ ހިތުގައިވެސް އޭނައަށް ހާއްސަ މަޤާމެއް ދެވިއްޖެކަން ޔަޤީނެވެ.
އީތަން ކުރިއަށް ޖެހިލަމުން ދެއަތުން ކަބަޑުގައި ހިފަހައްޓާލިއެވެ. މިހާރު ހަމަރަނގަޅަށްވެސް ކައިޝާ އެހުރީ އީތަންގެ ހައްޔަރުގައި ޖެހިފައެވެ.

“އަހަރެން ހަމައެހާ ރީތިތަ؟ އެހެންވެގެންނޭ މި ބިޔަ ހަށިގަނޑު ފޮރުވައިގެން އުޅެނީ..ވަރަށް އަވަހަށް ސިކްސް ޕެކް ވެސް ފެންނާނެ އިނގޭ..ތިކުއްޖާއަށް ފެނުމުން ފެއިންޓްވެސް ވެދާނެ..ބޭނުންތަ މިގަޑިގަ ބަލާލަން..” އެއްލޯމަރާލަމުން އީތަން ބުނެލީ ލާނެއް ރާގަކަށެވެ. މަޑު ހުނުމެއްގެ އަޑުވެސް އިވުނެވެ. ކައިޝާ ދެލޯ ބޮޑުކޮށްލަމުން އީތަން އާއި ދިމާއަށް ބަލާލީ ހައިރާންކަން އެކުލެވިގެންވި ނަޒަރަކުންނެވެ.

“ދެލޯ ބޮޑު ނުކުރިޔަސް ނުލާހިކު ބޮޑު ދެލޯ އިންނަނީ..އަހަރެން ބިރުގަނޭ ތިހެން ހުރީމަ..ތިހާ ރީތި ކުއްޖަކު ނުވާނެއްނު އަހަރެން ކަހަލަ ނިކަމެއްޗެއް ބިރުގަންނުވާކަށް..” މޫނަށް ވައްތަރެއް ޖައްސާލަމުން އީތަން ބުނެލިއެވެ. ކައިޝާ އިސްދަށަށް ޖަހާލީ އަނގައިން ބަހެއް ބުނުމެއްނެތިއެވެ.

“އަހަރެންނާ ވާހަކަ ނުދައްކަން ހުވާކޮށްގެން ހުރިހެން ހީވޭ..އޯކޭ ވާހަކަ ނުދެއްކިޔަސް ނަން ބުނެލަދީބަ..އޭރުން ދެވޭނީ..އެހެން ނޫނީ އިރުއަރަންދެން މިހެން ހުންނަން ޖެހޭނީ..” އީތަން ސަމާސާކޮށްލިއެވެ. ކައިޝާ ވާހަކަދައްކަން ކިތައްމެ ބޭނުމަސް ދުލުގައި ތަޅެއް ލެވިފައިވާ ފަދައެވެ. އިސްއުފުލާ ބަލާވެސް ނުލާ ހުރީ އީތަންގެ ސިހުރުވެރި ދެލޮލަށް އިތުރަށް ނުބަލަންވެގެނެވެ. އެގޮތުގައި ކައިޝާ ހުއްޓާ ހިތުގެ ހިނގުން އަވަސްވެލީ އީތަންގެ މޫނު ކައިޝާގެ މޫނާއި ކައިރިވާހެން ހީވުމުންނެވެ. އެހުރިގޮތަށް ހުރެ ކައިޝާ ދެލޯމަރާތަގުޅިކޮށްލީ އީތަން ކުރަން އުޅޭ ކަމެއް ނޭނގުމުންނެވެ. ނަމަވެސް އެވަގުތުވެސް އެހިތް އުފަލުން ނަށަމުންދިޔައެވެ.

ކައިޝާއަށް ވަމުންދާގޮތްފެނި އީތަން އަށް ވަރަށް މަޖާވިއެވެ. އިތުރަށް ތަޅުވާލާހިތްވެސް ވިއެވެ. އެހެން ކަމުން އަދިވެސް ބޮޑަށް ކައިޝާއާއި ކައިރިވެލަމުން އެމޫނާ އިތުރަށް ގާތް ވެލިއެވެ. އީތަންގެ ހޫނުނޭވާ އހުސާސްކުރެވުމުން ކައިޝާގެ ހިއްސުތައް ގަނޑުވިކަހަލައެވެ. ނޭވާވެސް އެތެރެހަށީގައި ތާށިވީހެން ހީވިއެވެ. ކައިޝާގެ އެދޮން މޫނަށް އަރާފައިބަމުންދާކުލަތަކުން އީތަން އަށް މަޖާވިޔަސް އެހާގާތުން އެޕަރީއެއްފަދަ ކުއްޖާ ފެނުމުން އީތަންގެ ހިއްސުތަކަށްވެސް ލޮޅުންއަރައިގެން ދިޔައެވެ. އެހިތް އާދަޔާޚިލާފަށް ތެޅެމުންދަނީ ސިކުނޑިއާ ކުރަމުންދާ ވަރުގަދަ ހަނގުރާމައަކުންނެވެ. ކައިޝާގެ މޫނަށް ނަޒަރު ހުއްޓާލައިގެންހުރި އީތަން ޖަޒުބާތުތަކުގެ މައްޗަށް ކުރިހޯދިއެވެ. މަޑުމަޑުން އެމޫނާ ދުރުވެލަމުން ކައިޝާގެ ކަންފަތް ބުޑުގައި ސިއްރެއް ބުނެލިއެވެ.

“ފުރަތަމަ ނަޒަރުންވެސް ތި ކުއްޖާ އަހަންނަށް ވަރަށް ކަމުގޮސްފި” ވައި އަޑަކުން އީތަން ބުނެލި އެއްޗަކުން ކައިޝާގެ ހިތުގެ ތެޅުން އަވަސްވެލިއެވެ. ކަނދުރާގައިވާ ހުރިހާ ލޯލި ތަކެއް ކޮޅަށް ޖެހިފައިވާއިރު އަތްފައި ހީވަނީ ގަނޑުފެން ކޮޅެއް ހެންނެވެ.

ލޯމަރައިގެން ހުރި ކައިޝާ އިރުކޮޅަކު އެހެން ހުރުމަށްފަހު ދެލޯ ހުޅުވަލިއެވެ. އަޖައިބެކެވެ. މިހާރު އީތަންގެ ނިޝާނެއްވެސް ބަދިގެ ތެރެއިން ނުފެނެއެވެ. އެއީ އަނެއްކާ ހީވި ހީވުމެއްބާއެވެ؟ ނޫނީ ހޭލާ ހުއްޓާވެސް މިހާރު ހުވަފެން ފެންނަން ފެށީހެއްޔެވެ؟ އެހެން ނޫނަސް އީތަންގެ ރީތި ވާހަކަ ކައިޝާ ދެއްކީ އީޝަލް ގާތުއެވެ. ވީއިރު އެކަން އީތަން އެނގުނީ ކިހިނަކުން ހެއްޔެވެ؟ އެވާނީ ކައިޝާއަށް ހީވި ހީވުމެއްކަން ޔަޤީނެވެ.

އަމިއްލަ މޮޔަކަމާމެދު ހެމުން ކައިޝާ އަތުން ވެއްޓުނު ފެންފުޅިކޮބާތޯ ހޯދާލިއެވެ. އެވަގުތު އޭނާގެ ލޮލުގައި އަޅައިގަތީ މޭޒުމަތީގައި ހުރި ފެންފުޅިއެވެ. މިރޭ މިދިމާވަނީ އަރަތެއް ކަހަލަ ކަންތަކާއެވެ. ބަދިގެއިން ނިކުންނަން އުޅުނު ވަގުތު ކައިޝާގެ ނޭފަތުގައި ސެންޓެއްގެ ވަހެއް ޖެހުނެވެ. އެއީ އީތަންގެ ގައިންވެސް ދުވިވަހެވެ. މިވަނީ ކީއްހެއްޔެވެ؟ ކައިޝާ އަމިއްލަ ނަފުސަށް އަޑުލަމުން ބަދިގޭގެ ދޮރުލައްޕާލިއެވެ.

ދޮރުބިއްދަށުގައި ހުރި އީތަން އަށް ފުން ނޭވައެއް ދޫކޮށްލެވުނެވެ. އެވަގުތު ހިނިވެސް އައެވެ. ކައިޝާ އާއި އެފަދަ ސަމާސާއެއް ކޮށްލެވުމުން އެހިތަށް ހަމަޖެހުމެއް ލިބިފައިވިއެވެ. އަސްލު މިރޭ އީތަން ބަދިގެއަށްއައީ ހައްމާދުގެ ބޮލުގައި ރިއްސާތީވެ ކާނެ ބޭހެއް ހޯދުމަށެވެ. އަހުނަފު ކައިރީގައި އެހުމުން ބަދިގޭގެ ކަބަޑެއްގައި ހުންނާނެކަމަށް ބުނުމުން އީތަން އައީ ހައްމާދުއަށް އިތުރު ތަކުލީފެއް ނުޖައްސަންވެގެންނެވެ. އީތަން އަށް އާދެވުނުކަން ނަސީބެވެ. އެހެން ނޫންނަމަ މިފަދަ ރަނުގެ ފުރުސަތެއް ނުލިބުނީހެވެ. ބޭސް ގުޅަމަތިން ހަނދާން ވުމުން އީތަން އަވަސް އަވަހާ އޭނާގެ ކޮޓަރިއާ ދިމާއަށް މިސްރާބުޖެހީ ހައްމާދުގެ ހާލެއް ބަލާލުމަށެވެ. އޭރުވެސް އެމޫނުމަތީގައި ނުފިލާ ހިނިތުންވުމެއްވިއެވެ.

އީތަން ބަދިގެއިން ނިކުމެގެން ދިޔަތަނާ އިރުކޮޅެއްފަހުން އައިސް އަލަމާރި ބިއްދަށުން ބޮޑު ކަކުންޏެއް ނިކުތެވެ. އާދައިގެ ކަކުންޏަކަށް ވުރެ ބޮޑު އެކަކުނީގެ ދެލޯ އަނދިރީގެ ތެރެއިންވެސް ވިދަމުން ދިޔައެވެ. އޭތީގެ ބޮޑު ދެދަތް ގަނޑުން ބިންމަތީގައި ތަޅަންފެށުމާއެކު ބަދިގެތެރެ ދުމުންފުރާލީ ފަޅި ސިކުންތުކޮޅެއްގެ ތެރޭގައިއެވެ. ދެވަނަ ސިކުންތުގައި މުޅިތަން ސާފުވެގެން ދިޔައިރު ކުރިން އެކަކުނި އޮތް ތަނުގައި ހުއްޓި އެހުރީ ޒުއްނޫރު ނޫން ދެވަނަ އެހެން މީހެއް ނޫނެވެ. އެމޫނުމަތިން ކަންބޮޑުވުން ފާޅުވަމުންދިޔައިރު ބަލަހައްޓައިގެން ހުރީ ބަދިގޭގެ ދޮރާދިމާއަށެވެ.

“ދަރިފުޅު ތިކުރަން އުޅޭ ކަމަކުން ހުރިހާ ގެއްލުމެއްވެސް ވާނީ ބަދު ނަސީބު މި ބައްޕައަށް.. އެކަމަކުވެސް ދަރިފުޅުގެ ރައްކަލަކަށް ކުރެވެން ހުރި ހުރިހާކަމެއް ބައްޕަ ކުރާނަން..ކުރިންވެސް ކުރަމުން އައި ފަދައިން.. ފުރާނަ ހުރިހާހިނދަކު ބައްޕަ ސާބިތުވެ ހުންނާނީ ދަރިފުޅާ ދަރިފުޅުގެ މަންމަގެ ހަށިފާރަވެރިއެއްފަދައިން” ލޮލުގައި ވިދަމުންދިޔަ ކަރުނައިން ޒުއްނޫރުގެ ހިތަށް ކޮށްފައިވާ އަސަރު ފުންކަމަށް ހެކިދެއެވެ. ބަދިގޭގެ ފެންލައިޓާއި ދިމާ ބޭރަށް ބަލާލަމުން ޒުއްނޫރު ގެއްލިގެން ދިޔައީ އެސްފިޔަޖަހާލައި ހިނދުކޮޅެއްގެތެރޭގައެވެ.

**
އާދުވަހަކަށް އިރު ފެނުން ތޮޅިލިއިރު އީޝަލް ހުރީ ކައިޝާމެންގޭގެ ދޮރުމަތީގައެވެ. އެހެން ހުއްޓާ އެގޭތެރެއަށް ވަދެގެންއައި ފިރހެނެއް ފެނުމުން އީޝަލް އެމީހަކަށް ފަރުވާތެރިކަމާއެކު ބަލާލިއެވެ. ލައިގެން ހުރި ޓީޝާރޓް އާއި ސޯޓް ވަނީ ގައިގައި ތަތްލާފައެވެ. މޫނުމަތިން ދާތިކިތަށް ވިދަމުން ދިޔައިރު ބޮލުގައިވެސް ކޮންމެވެސް ވަރަކަށް ތެތްކަން ހުރިހެން ހީވެއެވެ. އަރާފައިވާ ޓެނިހުން އެނގެނީ ކަސްރަތަށް ދުވެފައި އައިކަމެވެ. އީޝަލް އާއި ދިމާއަށް ބަލާލަމުން އެކުއްޖާ ހީލިއެވެ. އަޅައިގަންނަ ގޮތެއް އެބަހުއްޓެވެ.

“ހްހްމްމް..ޔަޤީނޭ މީކަން އެބުނާ އީތަން އަކީ..އެކަމަކު މަށަށް ޔަޤީން ބޮޑު ފްލާރޓްގަނޑެއްކަން..ބަލާބަލަ މަށާ ދިމާއަށްވެސް ހީލި ވައްތަރު….” އީޝަލް އަމިއްލަ ނަފުސަށް އަޑު އިވޭވަރަށް ބުނެލިއެވެ. އޭރު އެފިރިހެންކުއްޖާ ގޭތެރެއަށް ވަދެގެން އައިސް އީޝަލް އާއި އަރާ ހަމަވަނީއެވެ.

“ހެލޯ ބިޔުޓީ..ހާދަ ލޯބިއޭ ތި ޔުނިފޯރމްގަ ހުންނައިރު..ކޮންނަމެއް ކިޔަނީ..؟” އީޝަލް އާއި ދިމާއަށް ގުދުވެލަމުން އެޒުވާނާ ބުނެލިއެވެ. އީޝަލްގެ ހިތައް އެރިއެވެ. ކައިޝާ މޮޔަވެގެން އެއުޅޭނީ މިކަލަ މީހަކާހެއްޔެވެ؟ އީޝަލް އަނގައިން ބުނެވެސް ނުލާ ހުއްޓެވެ. އިރުކޮޅެއްފަހުން ކައިޝާ ދަބަސް ކޮނޑުގައި އަޅުވަމުން ނިކުތެވެ.

“ހިނގާ ދާން…ގަޑި ޖެހިދާނެ…ދޮންބެވެސް ހޭނުލާއަދި ސޯ ކާރުގައެއް ނުދެވޭނެ..” ކައިޝާ ބުނެލީ އީޝަލް އާއި ދިމާއަށް ބަލާލަމުންނެވެ. އީޝަލްގެ މޫނުމަތި ހުރިގޮތުން ކަމެއް ވެއްޖެކަން ކައިޝާ ހިތަށް އެރިއެވެ.

“އަހަރެން ރައިޑެއް ދޭންވީތަ؟ އެކަމަކު މިކުއްޖާ މަށާ ރައްޓޭހިވާން އެއްބަސްވާނަމަ އިނގޭ..” އެއްމިޔަކަނުން ހީލަމުން އަނެއްކާވެސް އެފިރިހެން ކުއްޖާ ބުނެލިއެވެ. އީޝަލްގެ ރުޅިހައްތަހާ ގަދަވުން ނޫންގޮތެއް ނުވިއެވެ.

“ނޯތޭންކްސް…ކައި ހިނގާދާން..” ކައިޝާގެ އަތުގައި ހިފާ ދަމާލަމުން އީޝަލް ހިތްހަމަނުޖެހިފައިހުރެ ބުނެލިއެވެ. އެވަގުތު ކައިޝާ އެފިރިހެންކުއްޖާއަށް ބަލާލަމުން އީޝަލް އާއި ދިމާއަށް ބަލާލީ ވާނުވާނޭނގިފައިހުރެއެވެ.

“ސީރިއަސްލީ؟ އެވަރުގެ މީހަކަށް ހިތް ކިޔައިގެން ތިއުޅެނީ؟..އޭނަ ވަރަށް ފްލާރޓީ ވާނެ..މަ ގެރެންޓީ މިދެނީ..ތިކަންތައް ހަނދާން ނައްތާލާ އިނގޭ..ކައިއަށް އޭނައާއި އެއްކޮށް ނޫޅެވޭނެ..” ގޭގެ މައި ދޮރުން ނިކުމެވުމާއެކު އީޝަލް ފައްޗަކަށް އަމުނާލިއެވެ. ކައިޝާގެ ފަރާތުން ޖަވާބެއް ނައުމުން ބަލާލިއިރު ކައިޝާގެ ނަޒަރު އަމާޒުވެފައި ހުރީ ކުރިމަތިން އަންނަ ޒުވާނަކަށެވެ.

ގަޔަށް ފިޓް ޓީޝާޓަކާއި ދިގު ޓްރެކްސޫޓެއްގައި ދުވަމުން އަންނަ އީތަންގެ ނަޒަރުވެސް ވަނީ ކައިޝާއަށް ހުއްޓިފައެވެ. ކައިޝާއާއި އަރާ ހަމަވުމުން ލޮލުގެ ހިމަކޮޅުން އީތަން އާއި ދިމާއަށް ބަލާލިއެވެ. އެވަގުތު އީތަން ހީލިއިރު ކޮލަށް އެޅުނު އަޑި ކޮޅުން އެރީތިކަން އިތުރަށް ފުރިހަމަވިއެވެ. ކައިޝާ ފަސްދީފައި ކުޑަތަންކޮޅެއް ދުރަށް ގޮސްފައި ފަސްއެނބުރި އީތަން ބަލާލިއެވެ. ހަމައެވަގުތު ކައިޝާވެސް ފަސްއެނބުރި އީތަންއަށް ބަލާލަނީއެވެ. ގަތް ލަދުން ކައިޝާގެ މޫނަށް ޖަންބު ކުލައަރައިގެން ދިޔައިރު އީތަންގެ ތުންފަތްމަތީގައި ހިނތުންވުމެއް ދުވެލިއެވެ.

“ހްމްހްމް…ލަވް އިޒް އިން ދަ އެއަރ ދޯ..އަޅޭ ހާދަ ރީއްޗޭ ދޯ..ކައި ރޭގަ އެހެން ބުންޏަސް ޤަބޫލެއް ނުކުރެވުނު..އަސްލުވެސް ވަރަށް ރީތި އިނގޭ…ކޮންގްރާ ” އީޝަލް ބުނެލި އެއްޗަކުން ކައިޝާ ކުޑަކޮށް ސިހިގެންދިޔައެވެ.

“ކާކު؟..އިޝް ކީކޭ ތިކިޔަނީ؟..އަހަރެންނަށް ނުވިސްނުނު..” ނޫންކަމަށް ހެދެމުން ކައިޝާ ތަންކޮޅެއް ބާރަށް ހިނގާލިއެވެ. ފަހަތުން އީޝަލް ހެމުން އާދެއެވެ.

“މިދައްކަނީ އީތަންގެ ވާހަކަ..އައި އޭމް ވެރީ ޝުއަރ ދެންމެގައި މިހެންލާފަ އެދިޔައީ އީތަންކަން…ތިދެމީހުން ލޮލުން ފޮނުވާލި ވިދުވަރުން މުޅިތާނގަ ކޮކާ އުދުހެމުން ދިޔައީ..ހެހެހެ…މަގޭ ހިތަށް އަރަނީ މިއީ އީތަންއަށް ވިއްޔާ ދެންމެ ކައިމެންގެ ގެއިން އެދިމާވީކާކުބާއޭ؟ ކައިޝާއާއި ދިމާކޮށްލަމުން އީޝަލް ވިސްނުމަކަށް ގެއްލުނެވެ.

“އައި ޑޯންޓް ނޯ..އޭނަވެސް ހުންނަނީ އަހަރެމެންގެ ގޭގަ..އީތަން މެންނާއިއެކު އައި ކުއްޖެއް އެވެސް..އަހަންނަކަށް ނޭނގެ ނަމެއް..ދެންވެސް އަވަހަށް ހިނގާބަލަ..” ކައިޝާ އެހެން ބުނެލުމުން އީޝަލްވެސް ހިނގުން ބާރުކޮށްލިއެވެ.

**
އީތަން ގެއަށް ވަދެގެން އައިއިރު ގޯތިތެރޭގައި ހުރި ބަނބުކެޔޮ ގަސްކައިރީގައި ހުރި ޖޯލިފަތީގައި ހައްމާދު އޮށޯވެގެން އޮތެވެ. ލޯމަރާލައިގެން ނިތްކުރިމަތީގައި އެއްއަތް ބާއްވާލައިގެން އޮތްގޮތުން ހީވަނީ ފުންވިސްނުމަކަށް ގެއްލިފައި އޮތް ހެންނެވެ.

“ސާބަސް ކަލެއަށް…ތަނަކުން އަންހެން ކުއްޖެއް ފެނުމާއެކު ބެހިލާނެ..އެމަންޖެ ހުރީ ވަރަށް ނައްޓާފަ..” ހައްމާދުކައިރީ ގައި ހުރި ޖޯލީގައި އިށީންނަމުން އީތަން ބުނެލިއެވެ. އެވަގުތު ހައްމާދު ސިއްސައިގެން ގޮސް ޖޯލިންވެސް ތެދުވިއެވެ.

“ކިތައް ފަހަރު ބުނާނީ އަޑެއް ބަޑެއް ނީއްވާ ތޮގޮތަށް ކުއްލިއަކަށް ވާހަކަ ނުދައްކާށޭ…މަށަށް އަދި ހާޓް އެޓޭކެއް ޖެހޭނެކަން ޔަޤީން..” މެއާ ދިމާއިން އަތް އަޅަމުން ހައްމާދުގެ ނޭވާހަމައަކަށް އަޅުވާލަމުން ބުނެލިއެވެ.

“ހޭނެކަމެއްނެތޭ…ދެން ބުނެބަލަ ކަލެއަށް ކިހިނެއް އެނގުނީ އެކަންތައް…އޭނަ ބުނީ ކީކޭ..ކަލެއާ ދިމާވިތަ؟” އަނެއްކާވެސް ހައްމާދު ބުނެލިއެވެ. އެވަގުތު އީތަން ދެފަރާތަށް ބޯހޫރުވާލަމުން ޖޯލިން ތެދުވިއެވެ.

” އާނ…މަށާ ދިމާވި…އޭނައަށް ކިޔަނީ އީޝަލް..ކިޔަވަނީ މަރަދޫ ސުކޫލު ގްރޭޑް ބާރައިގައި..އޭނައެއް ނުބުނޭ ކަލެއޭ ކިޔައިގެން އެކައްޗެއްވެސް…އެކަމަކުވެސް މަށަށް ހަމަ އެނގުނީ..ހަހަހަ..” ހިނިގަނޑެއް ޖަހާލަމުން އީތަން އެހެން ބުނުމަށްފަހު ގޭތެރެއަށް ވަންނަން ހިނގައިގަތެވެ. ހަމަ އެވަގުތު އެގޭ ދޮރުމަތިން ހުރަސްކޮށްލީ ޖައިލާންގެ ކާރެވެ. ފަހަތު ޝީޓްގައި ޒިއަދަން އިނީ ކަންފަތަށް ހެޑްސެޓް ޖަހައިގެން ލޯމަރާލައިގެންނެވެ.

ކުއްލިއަކަށް ވައިގަދަވެ އުޑުމަތި ބަނަކޮށްލީ ވިއްސާރަ ވާން އުޅޭކަމުގެ އަލާމާތްތަށް ދައްކަމުންނެވެ. ކަޅު ވިލާތަކުން ދުނިޔެމަތި އަނދިރިކޮށްލައިފިއެވެ. ކުއްލިއަކަށް މޫސުން ބަދަލުވުމުން ހައްމާދު މާޔޫސް ވާގޮތްވިއެވެ. ވިއްސާރަ ވުމަކި އޭނަ މާގަޔާވާކަމެއް ނޫނެވެ.

“ކަލޭގެ ރާނިއަށް ކިޔަނީ ކޮންމެވެސް ކައިއެއް..އޭނަވެސް ނުބުނޭ..މަށަށް ހަމައެނގުނީ..ހަހަހަ..”ހައްމާދުވެސް ފޮނިވެލިއެވެ. ހަޤީގަތުގައި އީތަންގެ އެހުންނަ ސިއްރުވެރި ގޮތެއް އޭނައަށްވެސް ނުވިސްނެއެވެ. ކުޑައިރުން ފެށިގެން މިއަދާ ހަމައަށްވެސް އީތަންގެ ފަރާތުން ހާއްސަ ކަންތައް ތަކެއް ހައްމާދުއަށް ވަނީ ފެނިފައެވެ. އެކަމަކުވެސް ހައްމާދުގެ ހިތުގައި އީތަން އާއި މެދު އެއްވެސް ބިރުވެރިކަމެއް ނެތެވެ. ސަބަބަކީ އީތަންގެ ފަރާތުން އޭނައަށް ގެއްލުމެއް ވެފައި ނެތެވެ. ވިޔަސް ވަނީ ފައިދާއެވެ.
“މަށަށް އިނގޭ އޭނަގެ ނަމަކީ ކައިޝާކަން..އޭނަޔާ އީޝަލް އާއި އުޅޭނީ އެއްކުލާހެއްގައި ކަންވެސް އިނގޭ..” އެއްލޯ މަރާލަމުން އީތަން އެހެން ބުނެލީ ހައްމާދު އިތުރަށް ރުޅިއަރުވާލުމަށެވެ. އެއަށްފަހު ބޫޓޫ ބާލާ ބޭރުގައި ހުރި ހަރުގަނޑުގައި ބަހަޓަމުން އެތެރެއަށް ވަދެގެން ހިނގައްޖެއެވެ.

ބާރު ހިނގުމެއްގައި ދިޔަ ކައިޝާއާއި އީޝަލް މަޑު ޖެހުނީ ދާދި ކައިރިއަށް ކާރެއް މަޑުކޮށްލުމުންނެވެ.

“މޯރނިންގް ލޭޑީސް..ރައިޑެއް ބޭނުންތަ؟ ހީވަނީ ވިއްސާރަވާން އުޅޭހެން..” އެއްއަތުން ހުންގާނުގައި ހިފަހައްޓާއިގެން އަނެއް އަތުން ކާރުގެ ކުރީ ޝީޓްގެ ދޮރު ހުޅުވާލަމުން ޖައިލާން އެހެން ބުނެލީ މައްޗަށް ބަލާލުމަށްފަހު ކައިޝާ ކައިރީގައި ހުރި އީޝަލްއަށް ބަލާލަމުންނެވެ. އެވަގުތު އެކާރުގެ ފަހަތު ޝީޓްގައި އިން ޒިއަދަންގެ ލޯ އަމާޒުވެފައިވަނީ ކައިޝާއަށެވެ. ކާރުގެ ބިއްލޫރިގަނޑު ކަޅުކަމުން ބޭރުން އެތެރެ ނުފެނުނަސް ޒިއަދަންގެ ތޫނު ނަޒަރުވަނީ ކައިޝާގެ މޫނަށް ހުއްޓިފައެވެ. ކައިޝާގެ ފަރާތުން ލިބޭނެ ޖަވާބެއްގެ އިންތިޒާރުގައި އިން ޒިއަދަންގެ ހިތްވަނީ އަވަސްވެފައެވެ.

Share Article

Follow Me Written By

ShaiShy

Level 310 Stories100 Comments500 Comments

Other Articles

Previous

ލޯ މެރޭ ހިނދު ހީވޭ ގާތުގާ ވާހެން (17)

Next

މިހިތުގެ ވިންދޭ ތީ (ފަސްވަނަ ބައި)

Next
April 16, 2017

މިހިތުގެ ވިންދޭ ތީ (ފަސްވަނަ ބައި)

Previews
April 15, 2017

ލޯ މެރޭ ހިނދު ހީވޭ ގާތުގާ ވާހެން (17)

50 Comments!

  1. kayashandy says:
    April 15, 2017 at 8:49 pm

    enjoy…hope u ll will like it..plx feel free to express ur views..i ll b looking forward to it..
    thank u so much for de love n support..:)
    hav a grt nyt :* luv u all :* :*

  2. Luju says:
    April 15, 2017 at 9:04 pm

    Wowww… Varah varah salhi.suvaal vany ithuru hatthaa javaab nulibi hop vrh avahah hurihaa javaabeh libeyne kamah any wayx love it vvv much ..gud job. ❤❤❤❤

    1. kayashandy says:
      April 15, 2017 at 9:57 pm

      thank u luju…slowly u ll get allde answers..insha allah ☺ ?

  3. Luju says:
    April 15, 2017 at 9:08 pm

    Hehe mifahr ves first Luju dhw…love uuu kayashandy ..good job dear…. Waiting fr the next part???

    1. kayashandy says:
      April 15, 2017 at 10:01 pm

      heheh..arrnn dhw..u r a true reader hehhe? love u too??❤ keep waiting ☺

  4. Misha says:
    April 15, 2017 at 9:31 pm

    Mi part vc vrh salhi …waiting for the next part

    1. kayashandy says:
      April 15, 2017 at 9:58 pm

      thank u misha..? keep waiting ❤❤

  5. Maree says:
    April 15, 2017 at 9:58 pm

    vvvv reethi loabikamun hama obinovey

    1. kayashandy says:
      April 15, 2017 at 10:27 pm

      happy to knw dat u liked it…thank u sooooo much…?

  6. Jjeyツ says:
    April 15, 2017 at 10:03 pm

    Nice and interesting. Looking forward to see more interesting parts kayashandy?. Adhi vs bodah biruveri kurahchey ingey. Waiting for the answers storyge.v gina suvaalu eba huri?.avahah javaab libeyne gotheh hadhahchey ingey kayashandy?…. and btw will support you till the end . Hehe?

    1. kayashandy says:
      April 15, 2017 at 10:26 pm

      thank u so much dear ? happy to c such a lovely comment from a lovely reader..yeah i knw thr r too many questions..hope u ll get ur answers soon..??❤

  7. Azu says:
    April 15, 2017 at 10:35 pm

    V interesting stry eh mee ingey…..v kiyaa hiy vey…..vaahaka ehkoh kiyaalaa hiy vanee …..hehehe

    1. kayashandy says:
      April 16, 2017 at 6:09 pm

      thnak u so much azu…:) dn ehenveema vaahaka eikkoh nimunyma kiyaalan madu kurey..hehhe..:)

  8. ayya says:
    April 15, 2017 at 10:50 pm

    salhi

    1. kayashandy says:
      April 16, 2017 at 6:08 pm

      thank u..:)

  9. ReeXa says:
    April 15, 2017 at 11:04 pm

    Reethi… but ummeedhu kuran kaisha n eethan ah dhera gotheh nahadhaane kamah

    1. kayashandy says:
      April 16, 2017 at 6:08 pm

      thank u..:) i ll try not to harm them..
      🙂

  10. Ibbe 22 says:
    April 15, 2017 at 11:45 pm

    Vaahaka Hama Habeys. Varah kiyaahithun indha komme baevves mi nimenee. Pls dont stop doing regular uploading. You are excellent. In writing horror stories.

    1. kayashandy says:
      April 16, 2017 at 6:07 pm

      ehentha..thank u dr…iraadha kureviyyaa bunefa in dhuvasthaku up kohdheynane..ekam nyt ga up vaanee..so keep waiting..:) once again thank u for de lovely commenet..:)

  11. Nana says:
    April 16, 2017 at 12:35 am

    Vrh salhi mi part vx

    1. kayashandy says:
      April 16, 2017 at 6:04 pm

      thank u nana…:)

  12. Saandy says:
    April 16, 2017 at 1:14 am

    V salhi mibaives… Hatthaaves suvaalu ithuruvany… Suvaaluthakuge javaabu madumadun libemun dhw dhaany Kayashandy… Next partah eba v inthizaaru kurevey… Keep it up dear!! 🙂

    1. kayashandy says:
      April 16, 2017 at 6:04 pm

      oooohh dr saandy…thank u so much for ur comment..n yeah insah allah u ll get ur answers soon..next part tonyt…:)

  13. who am i? says:
    April 16, 2017 at 3:33 am

    v salhi

    1. kayashandy says:
      April 16, 2017 at 6:03 pm

      thank u…:)

  14. Thoofa says:
    April 16, 2017 at 3:33 am

    Ziyadhan and eethan aee twins eh.. nooru one baby gendhiyaee aee xiyadhan.. e dhemeehun eh magakun huras kuraa irah undumathi banave goi goi vani
    😛

    1. kayashandy says:
      April 16, 2017 at 6:02 pm

      may b dhw..lets c wats their relation..btw thank u thoofa..:)

  15. luhan says:
    April 16, 2017 at 11:48 am

    V salhi mi stry..??

    1. kayashandy says:
      April 16, 2017 at 6:01 pm

      thank u luhan..:)

  16. Fathun says:
    April 16, 2017 at 12:53 pm

    Hama varah furihama

    1. ❤mixoo n myly says:
      April 16, 2017 at 5:36 pm

      We reallyyy love it..
      thanks a lot

    2. kayashandy says:
      April 16, 2017 at 6:01 pm

      thank u mixoo n myly…:)

    3. kayashandy says:
      April 16, 2017 at 6:01 pm

      thank u fathun..:)

  17. ? says:
    April 16, 2017 at 7:46 pm

    Lurve koba

    1. kayashandy says:
      April 17, 2017 at 12:42 am

      part 5 has been uploaded…:)

  18. Heyo edhey faraathe says:
    April 16, 2017 at 8:11 pm

    You have the talent of writing story’s
    I have read your previous story also
    Keep continuing your work
    Success Weill smile for you

    1. kayashandy says:
      April 17, 2017 at 12:43 am

      thank u so much for ur lovely comment…i really appriciate ur support and i uz hope i cn c more comment through out this journey…thank u soooo much..:)

  19. Misha says:
    April 16, 2017 at 8:25 pm

    Alhe,kon irakun tha mi story ge next part up kohdheyny..dhn vaany kihineh thw balailaa hithun hurevenyky noon…?

    1. kayashandy says:
      April 17, 2017 at 12:44 am

      sowreee misha…inaane mihaaru up kohfa..thank u for de support..:)

  20. Maree says:
    April 16, 2017 at 8:27 pm

    kaya mamihiree inthizaaruga ey mamihiragen halaakuvanee ey thibaa ah inthizaaru koh koh

    1. kayashandy says:
      April 17, 2017 at 12:45 am

      sowreee maree…inthizaaruge nimun aisfi…part 5 has been uploaded..:)

  21. Lam says:
    April 16, 2017 at 8:32 pm

    Vara vara vara vara vara reethi cant wait

    1. kayashandy says:
      April 17, 2017 at 12:45 am

      thanku lam..:)

  22. silver mist says:
    April 16, 2017 at 8:46 pm

    Waiting for next part

    1. kayashandy says:
      April 17, 2017 at 12:46 am

      thank u sliver mist…:)

  23. yaloo says:
    April 16, 2017 at 10:44 pm

    kobaatha part5

    1. kayashandy says:
      April 17, 2017 at 12:46 am

      inaane up kohfa yaloo..:)

  24. Maree says:
    April 16, 2017 at 11:27 pm

    MEE mihaaru ? oiy goiy
    ?????????

    1. kayashandy says:
      April 17, 2017 at 12:47 am

      alheyyy….sad dhw..heekuran part 5 kiyaafa join vaane kamah..sowreee again…:(

  25. sheni says:
    April 28, 2017 at 6:26 pm

    salhi ?

Comments are closed.


All Right Reserved!