” އެއީ އޮފީހުގައި މާބިޒީކޮށް އުޅޭތީ ” ޝަމްއާންއަށް ހީވީ އޭނާ އިނީ ތަހުގީގު ކުރާ ތަނެއްގައި ހެންނެވެ. ” އެކަމަކު ކޮންމެވެސް އެއްދުވަހަކު މިގޭތެރޭގައި އުޅެލަންވާނެހެން ހީވަނީ ” ފަހަރަކު ސުވާލެއް ޝަމްއާންގެ ބައްޕަ ކުރަމުން ދިޔައެވެ. ޝަމްއާން އިނީ ބުނާނެ އެއްޗެއްވެސް ނޭގިފައެވެ. ” ސާބަހޭ ޝަމްއާން ކުށްވެރިވީތަ މިހާރު ” ސަކީނާ ބާރުބާރަށް އައިސް ޝަމްއާންގެ ގާތުގައި އިށީނެވެ. ” ދަރިފުޅު ދެން ދޭ ގޭތެރެއަށް ” ޝަމްއާންގެ ބޮލުގައި ފިރުމައިލަމުން ސަކީނާ […]
” މަޑުކޮއްބަލަ. އަހަރެންނަށް ފެނުނީ ތިޔަ ދެމީހުން. އިތުރު މީހެއް ނުފެނޭ ” ހަސަންފުޅު ބުނެލިއެވެ. ” ބަލަ މަގޭ އަނބިމީހާ ކަލެއަށް ނުފެނޭތަ. ކަލޭ ފެނިފައި އެފިލީ ބިރުން ” ޝަމްއާން ބުނެލިއެވެ. ” އެހެންވީމަ އަހަރެން ބުނީ އެއީ ޖިންނިއެކޭ ” ހަސަންފުޅު އެހެން ބުނެލުމާއިއެކު ޝަމްއާންގޮސް ހަސަންފުޅުގެ އަނގަމަތީގައި ޖެހިއެވެ. ހަސަންފުޅުވެސް މިފަހަރު ބަލާކަށް ނުހުރެ ޝަމްއާންގެ މޫނުމަތީގައި ޖެހިއެވެ. ދެމީހުންގެ ތަޅާފޮޅުން ހުއްޓުވީ ރަށުގެ ޒުވާނުންތަކެކެވެ. ******** ހުކުރުދުވަހު އިރުއޮއްސެން ގާތްވި […]
” އެމީހުން އެއުޅެނީ ހަސަދަލައިގެން. އަހަރެންނަށް ރަނގަޅު މުރާލި ކުއްޖެއް ލިބުނީމަ މިތަން ހަލާކު ކުރަން ” ޝަމްއާން މަންމައަށް ވިސްނައިދެވޭތޯ ބެލިއެވެ. ތެދެކެވެ. ޝަމްއާންގެ މަންމަމެންވެސް ކައިވެނި ކުރަން އުޅުނުއިރު ރަށުތެރޭގައި ފާޑުފާޑުގެ ވާހަކަ ދެކުވުނެވެ. އެކަމާއި އެމީހުން އަޅައެއް ނުލިއެވެ. ކުރިން އެކަހަލަ ވާހަކަ ގަބޫލުކުރިނަމަ މިއަދު އެމީހުންގެ އާއިލާ އޮންނާނީ ރޫޅިފައެވެ. ޝަމްއާންގެ ވާހަކަ މަންމަ ގަބޫލުކުރިއެވެ. ޝަމްއާންގެ މަންމަމެންނަށް ވެސް ކަންތައް ދިމާވީ ހަމަ އެގޮތަށެވެ. އެމީހުން ދުރުކުރުމަށް ރަށްރަށުން ފަންޑިތަހަދާ […]
” ކޮބާ ދައްކަބަލަ ” އަކްރަމް ވަށައިގެން ހޯދައިލިއެވެ. ” އެހުރީ ދުރުގައި ބަލަހައްޓައިގެން ” ޝަމްއާން ހީލަމުން ބުނެލިއެވެ. ” އޯކޭ ކޮންމެހެން އަހަރެމެން ހައްދަން އުޅޭނެކަމެއް ނެތް. އަހަރެމެން މިދަނީ ” އަކްރަމްމެން ދާން ހިނގައިގަތެވެ. ޝަމްއާންވެސް އެމީހުންގެ ފަހަތުން ހިނގައިގަތެވެ. ޒުމްރާ ދޫކޮއްލާފައެވެ. ޒުމްރާ ކަންތައްކުރި ގޮތުން ޝަމްއާން ހުރީ ވަރަށް ހިތްހަމަ ނުޖެހިފައެވެ. މާދުރަށް ނުދެވެނީސް ޒުމްރާ އައިސް ޝަމްއާންގެ އަތުގައި ހިފައިގެން ހިނގައިގަތީ އެތާ ހުރި ގަހަކާއި ދިމާލަށެވެ. ޝަމްއާން […]
މިއުޒިކް ޝޯ ފެށުނީ ދިވެހި ސަގާފީ އައިޓަމަކުންނެވެ. މުޅި ހިސާބުގަނޑުވަނީ މިއުޒިކުގެ އަޑުން ގުގުމައިފައެވެ. އެކި މީހުން އެކި ދިމަ ދިމާލުގައި ހުރި ގޮނޑިތަކުގައި އިށީދެ ތިއްބެވެ. ބައެއް މީހުން ކޮޅަށްވެސް ތިއްބެވެ. ޝަމްއާން އާއި އަކްރަމް ވެސް ގޮސް އެކަހެރި ދިމާލެއްގައި ހުރި ގޮނޑިއެއްގައި އިށީނެވެ. އެތާ ކައިރީގައި ތިބީ ވަރަށް މަދު މީހެކެވެ. ސްޓޭޖާ ދުރުވުމުން ކަމަށްވެސް ވެދާނެއެވެ. ހަމަ ޖެހިލައިގެން ޝޯ ބަލާލެވޭނީ އެތާނގަ އިނދެގެން ކަމަށް ޝަމްއާނަށް ގަބޫލު ކުރެވުނެވެ. އަކްރަމަކަށް […]
ޝަމްއާން ސިއްސައިގެން ދިޔައީ ދަރިފުޅު ރޮއިގަތް އަޑަށެވެ. އަވަހަށް ތެދުވެ ދަރިފުޅު އުރައިލިއެވެ. ޝަމްއާން އަކީ ފިރިހެނެއް ނަމަވެސް ދަރިފުޅުގެ ހުރިހައި ކަމެއް ބަލަހައްޓަނީ އޭނާ އެވެ. ވާނީވެސް އެހެންތާއެވެ. ޝަމްއާންގެ ހުރި ހަމަ އެކަނި ދަރިފުޅަކީވެސް އެއީއެވެ. ދަރިފުޅުގެ މަންމަ ޒިހުނާ ނިޔާވި ފަހުން އެހެން މީހަކާއި ކައިވެނި ކުރާކަށް ޝަމްއާން އެއް ބޭނުމެއް ނޫނެވެ. އެއީ ޝަމްއާންގެ އާއިލާގެ މަޖުބޫރުން ކުރި ކައިވެންޏެއް ނަމަވެސް ޒިހުނާ ދެކެ ކޮންމެވެސް ވަރަކަށް ޝަމްއާން ލޯބިވެއެވެ. އެކައިވެންޏަށް […]
އެސްފިޔައިގެ މެމްބަރުންނަށް ވާދަވެރި މާހައުލެއް ހޯދައިދިނުމުގެ ގޮތުން މެމްބަރުންނަށް ޕޮއިންޓްލިބޭ ނިޒާމެއް މިވަނީ ތަޢާރަފްކޮށްފައެވެ. މިސިސްޓަމްގެ ދަށުން ޕޮއިންޓް ލިބޭނީ އެސްފިޔަގައި ރެޖިސްޓަރ ކޮށްފައިވާ މެމްބަރުންނަށެވެ. ޕޮއިންޓް ލިބޭނީ ހަމައެކަނި ލޮގިންވެފައިވާނަމަ އެވެ. ކޮންމެ މެމްބަރަކަށްވެސް ލިބިފައިވާ ޕޮއިންޓް ، އެ މެމްބަރެއްގެ ނަމާއި ދިމާލުން ފެންނަން ހުންނާނެއެވެ. މިގޮތުން މެމްބަރުން ހުށަހަޅާ ވާހަކަ ނުވަތަ ލިޔުންތަކާއި، ޙިޔާލު ފަދަ ތަކެއްޗަށް ބިނާކޮށް ތިރީގައިވާ އުސޫލުގެ މަތިން ޕޮއިންޓް ދެވިގެން ދެވިގެންދާނެއެވެ. މިޕޮއިންޓް ސިސްޓަމްގައި ހިމެނެނީ މައިގަނޑު […]
ހ. ޝަރުތުތައް ޤަބޫލުކުރުން: 1. މި ވެބްސައިޓް ބޭނުން ކުރާނީ، ވެބްސައިޓް ބޭނުންކުރާ ފަރާތްތަކުން، ނުވަތަ ވެބްސައިޓް މެދުވެރިކޮށް ޚިދުމަތް ހޯދާ ފަރާތްތަކުން މިވެބްސައިޓުގެ ދަށުން ނުވަތަ ވެބްސައިޓަށް ނިސްބަތްވާ ނުވަތަ ވެބްސައިޓު ރަމްޒުކޮށްދޭ ހުރިހާ އެއްޗަކާއި ކަމެއް ހިމެނޭ ގޮތަށް، ވެބްސައިޓްގެ އެންމެހާ ކަންކަމާއި އެއްބަސްވެވޭނަމައެވެ. 2. “އެސްފިޔަ”ގެ ޤަވާއިދުތަކަށް އަންނަ އިސްލާހުތައް، ޚިދުމަތް ހޯއްދަވާފަރާތްތަކަށް، އަދި “އެސްފިޔަ” ބޭނުންކުރާފަރާތްތަކާއި ހިއްސާކުރަމުން ގެންދިޔަ ނަމަވެސް، އެންމެ ފަހުގެ ޤަވާއިދުތަކަށް (www.esfiya.com/rules) އަހުލުވެރިވުމަކީ “އެސްފިޔަ”ގެ ޚިދުމަތް ލިބިގަންނަ […]
މެންދަމުގެ ހަމަހިމޭން ވަގުތުގައި ދުއްވާލިއެ ފުރާނަ މައުސޫމް ކުޑަ ދެދަރިންނާއި މަންމަ ނިކަމެތި މަންމަ ރޮއިފާ އާދޭސް ކުރިޔަސް ނުކުރިޔެ އެހިލަ ހިތަކަށް އެއްވެސް އަސަރެއް، ކުރިޔޭ އުފާ އެވަގުތު ފަހުނޭވާ ދުނިޔެއަށް ދޫކުރިފަހުން ، އޭރުގައި ގަޑިތަކުން އިއުލާން ކުރިޔެ ވެއްޖެ ކަމުގައި ‘ދެގަޑި ތިރީސް’ ފެނިގެން ފޮޓޯ ފޭސްބުކުން ހިތުލިޔެ އެލޯބި ހޯދަން ދުނިޔެއިން، ހީން އަށް ހިތްކިއީ ނޭނގިހުއްޓާ ، މަޖުބޫރަކުން ބަދަލުވީ އަނިޔާވެރިޔަކަށް، އެންމެފަހު ވަގުތުގައި ބަދަލަކަށް ބީހާލް އައެ ނުރުހުންވެގެން، […]