“އީތަން……!!!” ފަޒާގައި ގުގުމާލެވިފައިވަނީ ކައިޝާގެ އަޑެވެ. ވެއްޓެމުން ދިޔަ ކައިޝާ ދެލޯމަރާ ތަގުޅިކޮށްލީ މިއީ އޭނާގެ ފަހު ވަގުތުކޮޅުހެން ހީވުމުންނެވެ. ވެއްޓުނު ގޮތަކުން ކައިޝާއަށް ވަރަށް ތަދުވިއެވެ. އެވަރުންވެސް ލޯހުޅުވާލަން ނުކެރިފައި އޮތީ ފެނިދާނެ އެއްޗަކުން އިތުރަށް ބިރުގަނެދާނެތީވެއެވެ. އޭރުވެސް ކައިޝާ ގޮވަމުން ދިޔައީ އީތަން އަށެވެ. އީތަން!!…އީތަން!! ކައިޝާ އޭރު ތެޅިފޮޅެމުންދަނީއެވެ. ” ކައިޝާ…ލޯހުޅުވަބަލަ..ކައިޝާ…ކައިޝާ..” އެއިވުނީ އަންހެން އަޑެކެވެ. އެއަޑުން ހީވަނީ އޭނަގެ މަންމަހެންނެވެ. ނަމަވެސް މިގަޑީގައި މަންމަ އަންނާނެހެން ކައިޝާއަށް ހިޔެއް ނުވެއެވެ. އެވާނީ […]
ހުސްނާގެ ފައިގައި އެއްޗެއް ޖެހޭހެން ހީވެގެން ބަލާލިއިރު އޮތީ ކުޑަ ކަކުންޏެކެވެ. ފައި ކުޑަކޮށް ދުރުކޮށްލަމުން ދަރިފުޅުކޮބައިތޯ ބަލާލިއިރު ފެންނާކަށް ނެތެވެ . ހުސްނާގެ ހިތުގެ ހިނގުން ނުހުއްޓުނީ ހަމަކިރިޔާއެވެ. ބިންމަތިން ތެދުވަމުން ދެކޮޅުހޯދަ ބަލާލާލީ އީތަން ފެނޭތޯއެވެ.އެވަގުތު ފެނުނު މަންޒަރުން ހުސްނާއަށް ހުރެވުނީ ގުޑިލާންވެސް ނޭނގިފައެވެ. މުޅި ދޮންވެލިގަނޑު ފުރާލާފައިއެވަނީ އެކި ސައިޒުގެ ކަކުނިންނެވެ. ” އީތަން!” ހުސްނާއަށް ރޮއެގަނެވުނެވެ. ހުސްނާ ހުއްޓިހުރި ހިސާބާ ގާތްގަނޑަކަށް ދިހަ ވަރަކަށް ފޫޓު ދުރުން އީތަން ފެނި މެޔަށް […]
ސާދަވިލޭރޭގެ ފުރިހަމަ ހަނދުވެސް މިރޭ އިތުރަށް ފުރިހަމަވެފައިވިކަހަލައެވެ. ރިހިދޮންވެލި ތުނޑިއެއްގައި ހުރި ހުސްނާގެ މޫނުމަތި އުޖާލާވެފައިވާއިރު އެހިމައަތްތިލަ ގުޅުވާލެވިފައިވާ ވެރިޔާ ޒުއްނޫރުގެ ތުންފަތުގައިވެސް މާނަފުން ހިނިތުންވުމެއްވިއެވެ. ކައިވެނީގެ އެސާދާ ހެދުމުގައި ހުސްނާ ފެންނަނީ ހޫރުޕަރީއެއްހެންނެވެ. ޒުއްނޫރުގެ ލޯ ހުސްނާގެ މޫނުން ވަކި ނުވެއެވެ. އަލަތު ލޯބި ކާމިޔާބު ކުރެވުމުން އެހިތްވަނީ އުފަލުން ފޮޅިފައެވެ. ތުނޑިމަތީގައި އަޑުގަދަކޮށްލައިގެން އުޅޭ މީހުން ފެނިފައި ހީވަނީ ރަށު ރައްޔިތުން އެއްވެގެން އުޅޭހެންނެވެ. ހައްތަހާވެސް ޒުއްނޫރުގެ އާއިލާގެ މީހުންނެވެ. ހުސްނާގެ މައިންބަފައިން ފިޔަވައެވެ. […]
މިއީ ޚިޔާލީ ވާހަކައެކެވެ. ލޯބީގެ ބިރުވެރި މިވާހަކައަކީ އަޅުގަނޑު ލިޔާ ފުރަތަމަ ބިރުވެރި ވާހަކައެވެ. “އެކަމަކު ބައްޕާ…” “ބައްޕައަށް އެނގޭ އަދިވެސް ދަރިފުޅަށް އިއުނާސްގެ ހަނދާންތަކާ ދުރަށް ނުދެވޭކަން. އެކަމަކު ތިގޮތަށް ބޭކާރު ގޮތުގައި ދަރިފުޅުގެ އުމުރު ނަގާލާކަށް ބައްޕަ ބޭނުމެއް ނޫން. ކިތަންމެ ވަރަކަށް އެހަނދާންތައް އާކުރިޔަސް އިއުނާސް އެނބުރިއެއް ނާންނާނެ. ދަރިފުޅަށްވެސް އެކަން އެނގެއެއްނު.” މާހިރު މިއުވާންއަށް ވިސްނައިދޭފަދަ ގޮތަކަށް ބުންޏެވެ. “ލައްބަ ބައްޕާ. އެކަމަކުވެސް އަޅުގަނޑަކަށް ނޭނގެ ކީއްވެކަމެއް އެހަނދާންތަކާ ދުރަށް ނުދެވިގެން މިއުޅެނީ. އަޅުގަނޑު […]
“މަންމީ! މަންމީ! ކެބެއް ކެބެއް މިއޮތީ..” 3 އަހަރުގެ ކުޑަ ކުޑަ އީތަން އުފަލުން ފޮޅިފައިވިއެވެ. “ދަރިފުޅާ މަންމަ ބުނަމެއްނު ކަކުނި ނުހޮވާށޭ…ދަތް އަޅާނެއޭ..” އީތަންގެ އަތުގައި އޮތް ކަކުނި އެއްލާލަމުން ހުސްނާ ބުނެލިއެވެ. އެވަގުތު އޭނާގެ މޫނުމަތިން ފެންނަމުން ދިޔައީ ހާސްކަމެވެ. ** އީތަން ! އޭތް ބަލާބަ މިފުޅި..ޔުއަރ ފެވަރިޓް” ހައްމާދު ދިއްކޮށްލި ފުޅި ހިފައިގެން އީތަން ގެއަށް އެޅި ފުރަތަމަ ފިޔަވަޅު މަޑުޖެހުނީ ކުރިމަތީގައި ހުރި ހުސްނާ ފެނިފައެވެ. ” ސާބަސް! މިހާރު […]
“އަވްފް….ހެހެ..ވޫޕްސް.. ތަދުވި؟..ދެން ކޮން ތަދެއް ވާނީ. ކަލެޔަކަށް ނޭންގޭނެ މިހާރު އެއީ ކޯޗެއް ކަމެއް. ހިއް. ހެހެ..އަވްފް” ކޮޓަރި ތެރެއިން އިވެމުން ދިޔައީ މީހަކު ހީހީފައި އެއްޗެއް ކަފަމުން ދިޔަ އަޑެވެ. ކުއްލިޔަކަށް މުޅިތަމުގައި ވަރުގަދަ އެލާމެއްގެ އަޑުހިފާލިއެވެ. ދެން ފެނުނީ ފުލުހުންގެ ވަރުގަދަ ތީމެއް އައިސް އެކޮޓަރިތެރެއަށް ވަދެގަތް ތަނެވެ. ފެނުނު މަންޒަރުން ގިނަ ފުލުހުންނާ ސިފައިން ތިބީ މޭ ނުބައި ކޮށްފައެވެ. މާސްކެއް އަޅައިން އިން މީހެއްގެ ކައިރީ އެއޮތީ މަރުވެ ކުނިވެފައިވާ މީހެކެވެ. […]
ހެނދުނު ޝަމްއާންއަށް ހޭލެވުނީ މަންމަ ރޯއަޑަށެވެ. އަވަސްއަވަހަށް ވީކީއްތޯ ބަލާލުމަށް ކޮޓަރިން ބޭރަށް ނުކުތެވެ. ” ކިހިނެއްވީ މަންމާ ” ޝަމްއާން ހައިރާންވެހުރެ އަހާލިއެވެ. ” އަނެއްކާވެސް މިރަށުން މީހުން މަރުވާންފެށީ ” މަންމަ ރޮމުން ބުނެލިއެވެ. ” ކާކު މަރުވީ؟ ” ޝަމްއާން އަނެއްކާވެސް ސުވާލުކުރިއެވެ. ” ކަލޭގެ ޖިންނި އަނބިމީހާ މިރަށުން މީހުން މަރަނީ ” ޝަމްއާންގެ މަންމަ ސަކީނާގެ ގާތަށް ރުޅިއައެވެ. ” އޭނ ! މަންމާ ދެން ކަލޭމެން ޒުމްރާއާއި ނުބެހޭތި […]
އެހެން ދުވަސްތަކެކޭ އެއްފަދައިން މިއަދުވެސް އިރުއޮއްސެން ގާތްވިތަނާހެން ޝަމްއާން ގޯތިތެރެއަށް ނިކުތެވެ. ނަމަވެސް މިއަދު ޝަމްއާން ހުއްޓުވާކަށް ސަކީނާއެއް ނޫޅެއެވެ. ނަމަވެސް ޝަމްއާންގެ ހަރަކާތްތަކަށް ވަރަށް ރަނގަޅަށް ސަކީނާ ސިއްރުން ބަލަމުންދިޔައެވެ. ޝަމްއާން ދިޔަގޮތަށްގޮސް ޖޯލީގައި އޮށޯތެވެ. އަނެއްކާވެސް ތެދުވެފައި އޮށޯތެވެ. މީހަކާއި ވާހަކަދައްކާ ގޮތަށް އަތުގެ ހަރަކާތަށް އިޝާރާތްކުރާތަން ސަކީނާއަށް ފެނުނެވެ. ސަކީނާ ގޮސް ޝަމްއާންގެ ގާތުގައި ޖޯލިފަތީގައި އިށީނެވެ. ” އަތުގެ އިޝާރާތުން ކާކާއި ވާހަކަތިދައްކަނީ؟ ” ސަކީނާ ސުވާލުކުރިއެވެ. ” މިތާ މިއިނީ […]
ކިޔެވެލި ކިޔަވައި ނިމުމާއިއެކު ސަކީނާމެންނާއިއެކު ހަސަންފުޅު ގޭތެރެއަށްވަނެވެ. ހަސަންފުޅަށް ވަދެވުނީ ސިޓިންގރޫމާއި ހިސާބަށެވެ. ކުއްލިއަކަށް ހަސަންފުޅުގެ ކުރިމައްޗަށް އައިސް ޖެހިގަތީ ޒުމްރާއެވެ. “ކަލޭ މިގެއަށް ނުވަންނާތި” ޒުމްރާ ބުންޏެވެ. “ވަންނާނަން. އަދި ކަލޭގެ ކިބައިން މިރަށްވެސް ސަލާމަތް ކުރާނަން” ހަސަންފުޅު ބުނެލިއެވެ. މިމަންޒަރު ބަލަން ޝަމްއާންގެ މަންމަ އާއި ބައްޕަ ތިއްބެވެ. ޒުމްރާ ކައިރި ޝަމްއާންގެ ދަރިފުޅު ޔަމީން ހުއްޓެވެ. ހަސަންފުޅު އެހުރި ދިމާލަށް ބިންމަތީގައި އިށީނެވެ. ޒުމްރާ ހުރެގެން ތެޅިފޮޅެނީއެވެ. ބަލާކަށް ނުހުރެ ޝަމްއާންގޮސް ހަސަންފުޅު […]