Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރިލޯބި

އިއުނާސް (8)

Saandy Level 1010 Stories1K Comments500 Comments100 Comments100 Stories
May 15, 2017 8 Mins Read
64 Comments

ސްކޫލަށް ކިޔަވައިދޭން ދިޔަ ފުރަތަމަ ދުވަސްކަމުން އެދުވަހު އެއްވެސް ފިލާވަޅެއް ކިޔަވައެއް ނުދެއެވެ. އެދުވަހު އޮތީ ތަޢާރަފްވެ ކުދިންނާ ގުޅުން ބަދަހިކުރުމެވެ. އާ ޓީޗަރަކަށްވުމުން ހުރިހާ ކުލާހަކުންވެސް ލިބިގެން ދިޔައީ ހޫނު މަރުހަބާއެކެވެ. މިއުވާންއަކީ ގިނަ ކުދިންތަކެއް ދަންނަ މީހަކަށްވުމުން އެކުދިންނާ ގުޅުން ބަދަހިކުރާކަށް އެހާ އުނދަގޫ ކަމަކަށް ނުވިއެވެ. އޭނާއަކީ ސާނަވީ ގްރޭޑްތަކަށް ދިވެހިބަސް ކިޔަވައިދޭން އައި ޓީޗަރެއްކަމަށްވެފައި ކުދިންނާ އެހުންނަ ގާތްކަމަކުން ހުރިހާ ކުދިންވެސް ތިބީ ނުހަނު ގަޔާވެފައެވެ. ސްކޫލުން ނިމިގެން މިއުވާން ގެއަށް އައިއިރު ރުކާން ފެންވަރައިގެން ނުކުންނަނީއެވެ. ބޮލުން ފެން ހިއްކަމުން ނުކުތް ރުކާންއަށް މިއުވާންގެ މޫނު ފެނުމުން ހަރަކާތަށް ލަސްކަމެއް އައެވެ.

މިއުވާންގެ މޫނުމަތިން އެއްފަހަރާ އެތައް އިހުސާސެއް ފާޅުވަމުން ދިޔައެވެ. ވަރުބަލިކަމާއި ލޮޑުކަމެވެ. ހިތާމައާއި މޮޅިވެރިކަމެވެ. ރުކާންއަށް އިސްޖަހާލެވުނީ އޭނާގެ އަމިއްލަ ނަފްސު ކުށްވެރިކުރެވުނުލެއް ބޮޑުކަމުންނެވެ. މިއުވާންގެ މޫނުމަތިން އެފެންނަ ހިތާމައާއި މޮޅިވެރިކަމުގެ ސަބަބަކީ އޭނާކަމަށް އޭނާއަށް ހީކުރެވެނީއެވެ. ނަމަވެސް ހަޤީޤަތަކީ މިއުވާންގެ މޫނުމަތީގައި އެވާ މޮޅިވެރިކަމުގެ އަސްލަކީ މިއުވާންއަށް ރުކާންއާ ކަންތައް ކުރެވުނު ގޮތްކަމެވެ. މިއުވާން އެހުންނަނީ ރުކާންގެ ކިބައިން މާފަށް އެދެން ނުހަނު ބޭނުންވެފައެވެ. ނަމަވެސް ވެފައިވާ ވަރުބަލިކަމުގައި އޭނާ އެއްވެސް ވާހަކައެއް ދައްކާކަށް ގަސްތެއް ނުކުރިއެވެ.

ރުކާންއާ ދިމާއަށް ބަލާލާފައި ގަދަކަމުންވެސް ހިނިތުންވުމެއް ވެރިކުރުވުން އޭނާއަށްވީ ދަތިކަމަކަށެވެ. އޭނާއަށް އަމިއްލަ ނަފްސު ކުށްވެރިކުރެވެނީ އެހާ ރަނގަޅު އަނތްބަކާމެދު އެހާ ގޯސް ހީތަކެއް ކުރެވިފައިވާތީއެވެ. ރުކާންއަށް އޭނާގެ ދިފާޢުގައި އެއްޗެއް ބުނާނެ ފުރުސަތެއް ނުދެވުނީތީއެވެ. ދެމީހުންގެ ހިތުގައިވެސް އުފެދިފައިވާ ހައިޖާނުގަނޑު ބޭރުކޮށްލާނެ ގޮތެއް ދެމީހުންވެސް ވިސްނަމުން ދިޔައެވެ. އަމިއްލަ ނަފްސު ކުށްވެރިކުރަން އުމުރު ދުވަހު ތިއްބަސް، އެއްވެސް ކަމެއް ހައްލެއް ނުވާނެކަން ދެމީހުންނަށްވެސް އެނގެއެވެ. ރަނގަޅު ވަގުތު އައިސް ޖެހުމުން ހުރިހާ ކަމެއްވެސް ހައްލުވާނެކަމަށް ދެމީހުންވެސް އުއްމީދުކުރެއެވެ . އެވަގުތަކަށް ދެމީހުންވެސް އިންތިޒާރުކުރަމުން ދިޔައެވެ.

މިއުވާން ފެންވަރަން ވަނުމުން ރުކާން ދިޔައީ އަވަހަށް ކާން ހަދާށެވެ. މިއުވާން ހެނދުނު ސްކޫލަށް ދިޔައީ ރަނގަޅަށް ސައިވެސް ނުބޮއިއެވެ. އިންޓަވަލް ގަޑީގައި މިއުވާން ގެއަކަށް ނާދެއެވެ. ކެންޓީނުންވެސް ރަނގަޅަށް ސައިބުއިކަމެއް ނޭނގެއެވެ. ކޮންމެއަކަސް މިއުވާން މިހާރު ހުންނާނީ ވަރަށް ބަނޑުހައިވެފައެވެ. މިފަދަ ޚިޔާލުތަކެއްގައިހުރެ ރުކާން ގޮސް ކާން ހެދިއެވެ. އޭރު މާހިރުވެސް މިސްކިތުން އައިސް އިނެވެ. ކާން ހަދާފައި ރުކާން މާހިރުއާއި މުނީޒާއަށް ކާން ގޮވިއެވެ. އަދި މަލާހާއާއި މަލްހާއަށް ގޮވާފައި ރުކާން ދިޔައީ މިއުވާންއަށް ގޮވާށެވެ. ރުކާން ދިޔައިރު މިއުވާން އޮށޯވެ އޮތުމުން ނިދަނީކަން އެނގުނެވެ. މާބޮޑަށް ވަރުބަލިވީ ކަންނޭނގެއެވެ. އެހެންކަމުން އޭނާއަށް މިއުވާންއަށް ގޮވާކަށް ނުކެރުނެވެ. އޭނާ އެނބުރި ބަދިގެއަށް ދިޔައެވެ.

“ކޮބާ މިއުވާން؟” މާހިރު ފުރަތަމަވެސް އަހާލީ މިއުވާން ކޮބައިތޯއެވެ.

“ނިދާފަ އޮތީ. އަޅުގަނޑަށް ހީވަނީ މާބޮޑަށް ވަރުބަލިވީހެން.” ރުކާން އެހެން ބުނެލުމުން މުނީޒާ އެއްޗެއް ބުނަން އަނގަ ހުޅުވާލިތަނާ މާހިރު ވާހަކަދައްކަން ފެށިއެވެ.

“ދޭ ގޮވަން. ބުނޭ ކައިގެން ގޮސް އޮންނަން އަންނާށޭ.” މާހިރު މަޑުމައިތިރިކަމާއެކު އެހެން ބުނެލުމުން ރުކާންއަށް ދެކޮޅު ހަދާކަށް ނުކެރުނެވެ.

“ވާން! ތެދުވޭ ކާން.” ނުކެރި ހުރެފައިވެސް ރުކާން މިއުވާންގެ ގައިގައި ކޮށްޓާލަމުން ގޮވާލިއެވެ.

“ވަރަށް ބޮޑަށް ބޮލުގަ ރިއްސާތީ މިއޮތީ. މިހާރަކު ނުކާނަން.” މިއުވާން ބުނެލިއެވެ.

“ކައިގެން ބޭސްކެއީމައެއްނު ރަނގަޅުވާނީ. އަހަރެންދެކެ ރުޅިއައިސްގެން ނުކައި އޮތަކަސް ރަނގަޅެއް ނުވާނެ. ވާން ނުގޮސްގެން ބައްޕަމެން އެބަތިބި ކާން ނުފަށާ.” ރުކާން މަޑުމައިތިރިކަމާއެކު ބުނެލުމުން މިއުވާން ތެދުވިއެވެ. ރޭގައި ނުނިދުމުގެ ސަބަބުން އޭނާގެ ބޮލުގައި އެބަ ވަރަށް ގަދައަށް ރިއްސައެވެ. ނަމަވެސް އޭނާ ތެދުވެގެން ދިޔައީ މާހިރުގެ ގޮތް އެނގޭތީއެވެ.

“ދަރިފުޅާ! ކިހިނެއް ސްކޫލްގެ ފުރަތަމަ ދުވަސް؟” މާހިރު އަހާލިއެވެ.

“ވަރަށް ރަނގަޅު. ވަރަށް ހިތްހަމަޖެހޭ. އެކަމް ވަރަށް ވަރުބަލި.” މިއުވާން ތަށްޓަށް ބަތް އަޅަމުން ބުނެލިއެވެ.

“ދޮންބެ މަލްމެން ކްލާހަކަށް ނުދޭ. އެކަމް ތިއްތަމެން ކްލާހަށްދޭ.” މަލްހާ ޝަކުވާކޮށްލިއެވެ. އެޔާއެކު މުނީޒާއާ މާހިރު ހީލިއެވެ. މިއުވާންވެސް ކުޑަކޮށް ހީލިއެވެ.

“އެއީ މަލް އަދި ކުޑަވީމައެއްނު. މަލްވެސް ގްރޭޑް އަށަކަށް ދިޔައިމަ ދޮންބެ ދާނަމޭ ތިކްލާހަށް.” މަލްހާ އެއިނީ މިއުވާން އެކްލާހަށް ނުދާތީ ދެރަވެފައިކަން އެނގުމުން މިއުވާން ބުނެލިއެވެ.

“ދެން އެވަރު މާލަހޭ. އަދި ދެއަހަރު ފަހުން މަލް އަށަކަށް ދާނީ.” މަލްހާ ޝަކުވާގެ ރާގަކަށް ބުންޏެވެ.

“އަސްލު މަލް ޖޭވަނީ ދޮންބެ އަހަރެމެން ކްލާހަށް އައިސްފަ އެކްލާހަށް ނުދާތީ.” މަލާހާ އެހެން އެބުނީ މަލްހާ ރުޅިއަރުވާލަންކަން އެނގުމުން މިއުވާންއަށް ބޯހޫރާލެވުނެވެ.

“ދެން ނޫން. ހުރިހާ ކުދިން ދައްކަނީ ދޮންބެގެ ރަނގަޅު ވާހަކަ. ނުލާހިކު ފްރެންޑްލީ މަޖާ ޓީޗަރެކޭ ކިޔަނީ. ދެން އެހެންވީމަ މަލްވެސް ބޭނުންވާނެއެއްނު ދޮންބެ މަލްމެން ކްލާހަށް އަންނަން. ދޯ މަންމާ.” މަލްހާ އެހެން ބުނެލުމުން މުނީޒާ އާނއެކޭ ބުނެލިއެވެ.

“ދެން ދަރިފުޅު ގޭގަ ދޮންބެއާ އެއްކޮށް މަޖާކޮށްބަލަ ދަރިފުޅު ގްރޭޑް އަށަކަށް ދަންދެން.” މާހިރު އެހެން ބުނެލުމުން މަލްހާ ފޫހިވިއެވެ. އޭނާއާ އެއްބައިވާނެ އެކަކުވެސް ނެތީހޭ އޭނާގެ ހިތަށްއެރިއެވެ.

“ކޮބާ؟ ބައްޕަވެސް އެހުރީ މަލާއާ އެއްކޮޅަށް.” މަލާހާ މަލްހާއާ ދިމާކޮށްލިއެވެ.

“ދެން ބައްޕަގެ ލާޑްލީ ވީމަ އެހެންނު ވާނީ. މަންމަ ހުންނާނީ މަލްގެ ކޮޅަށް ދޯ މަންމާ.” މަލްހާ އެހެން ބުނެލުމުން މުނީޒާ އަވަހަށް ބޯޖަހާލިއެވެ.

“ދެން ދޮންބެދައްތަ ނަމަވެސް ޖޭވާނެ އަސްލު ދޮންބެދައްތަމެން ކްލާހަށް ނައިސް އެހެން ކްލާހަށް ދަންޏާ.” ރުކާންވެސް އެމީހުންގެ ސަމާސާގައި ބައިވެރިވެލިއެވެ.

“ދެން ދޮންބެދައްތަވެސް ހުންނަނީ ތިއްތަ ކޮޅަށްތަ؟” މަލްހާ ކުސްތަޅާލަމުން ބުނެލިއެވެ.

“އާނ ދެން އެންމެ ރަނގަޅު. ދޮންބެ ބަލާނަން މަލްމެން ކްލާހަށްދާ ޓީޗަރެއް ނުދާ ދުވަހަކު ތިކްލާހަށް ދެވޭތޯ. އޯކޭއެއްނު.” މިއުވާން އެހެން ބުނެލުމުން މަލްހާގެ ތުންފަތަށް ފުޅާ ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ.

“ކޮބާ؟ ދެން ތިއްތަ ކޮޅަށް ތިބި ހުރިހާ މީހުންނަށް ބޮޅެއް.” އަތުން ދައްކާލަމުން މަލްހާ އެހެން ބުނެލީ ފޮނިވެލާފައެވެ. މިއުވާން ކިތަންމެ ބޮލުގައި ރިއްސާފައި އިންނަމަވެސް އޭނާ އެކަމާ އެއްޗެކޭ ނުބުނެ އިނީ އޭނާގެ ސަބަބުން އެތާ ތިބި އެހެން މީހުންގެ އުފާވެރިކަން ގެއްލިދާނެތީއެވެ. އަނެއްކޮޅުން މިހާރަކަށް އައިސް މާގިނައިން އޭނާ ބޮލުގައި ރިއްސާތީ އުޅޭކަން އެނގިއްޖެއްޔާ މާހިރުމެން ކަންބޮޑުވާނެކަން އެނގޭތީއެވެ. ކައިގެން ނުކުމެވުމާއެކު އެންމެ މިނެޓަކުވެސް މަޑުކޮށްނުލާ މިއުވާން ދިޔައީ ކޮޓަރިއަށެވެ. އެނދުގައި އޮށޯވެ ގިނައިރެއްނުވެ އޭނާއަށް އަރާމު ނިދީގެ ތެރެއަށް ފީނައިގަނެވުނެވެ.

ރުކާން ކޮޓަރިއަށް އައިއިރު އެނދުގައި އަރާމުކޮށް ނިދާލާފައި އޮތެވެ. އޭނާ ގޮސް މިއުވާންގެ މަގަތުގައި އިށީނެވެ. އަރާމުކޮށް ނިދާލާފައި އޮތް މިއުވާންގެ މައުސޫމު މޫނަށް ބަލަން އިނދެވުނީ ކިހާއިރަކު ކަމެއް ނޭނގުނެވެ. މިއުވާންގެ ނިތްމައްޗަށް ވެއްޓިފައިވާ އިސްތަށިކޮޅުތައް އެއްފަރާތްކޮށްލަމުން ނިތުގައި ތުންފަތް ޖައްސާލިއެވެ. އޭނާ ތެދުވަން ހިފި ވަގުތު އޭނާގެ ލޮލުން ވެއްޓުނު ކަރުނަތިކި ގޮސް ހަރުލީ މިއުވާންގެ ތުންފަތުގައެވެ. އޭނާ ބޭނުންވީ އެތުންފަތުގައި ލޯބިކޮށްލާށެވެ. ނަމަވެސް ރޭގެ ހާދިސާތައް ހަނދާންވުމުން ދެލޯ ފޮހެލާފައި އަވަހަށް ތެދުވިއެވެ. އޭނާ ގޮސް އަލަމާރިން އޭނާގެ ފޮތް ނަގައިގެން ސޯފާގައި އިށީނދެ ހަމަޖެހިލިއެވެ. އަދި އޭގައި އޭނާގެ ހަޔާތުގެ ޞަފުހާތައް ލިޔަމުން ދިޔައީ ކަރުނަ އަޅަމުންނެވެ.

ރުކާން ފޮތް ހިފައިގެން ލިޔެލިޔެ އިންދާ ކުއްލިއަކަށް ވައިގަދަވެއްޖެއެވެ. ބެލްކަންޏަށް ނުކުންނަން ހުންނަ ކަހާލެވޭ ބިއްލޫރި ދޮރުން އޭނާއަށް ބޭރު ބަލާލެވުނެވެ. އުޑުމަތި ބައްދާލާފައިވަނީ ކަޅު ފުސްވިލާތަކުންނެވެ. ވިއްސާރައިގެ އަސަރު މިފެނުނީ ހާދަ ދުވަހެއް ފަހުންނޭ ރުކާންގެ ހިތަށްއެރިއެވެ. ކުއްލިއަކަށް ވިދާލާފައި ޖަހާލި ބާރު ގުގުރިއާއެކު ރުކާންއަށް ވީގޮތްވެސް ނޭނގުނެވެ. ފޮތަކާއި ފޮތެއް ދޫކޮށްލާފައި ގޮސް އެނދުގައި ނިދާފައި އޮތް މިއުވާންގެ ގައިމައްޗަށް ޖެހިގަނެވުނެވެ. އެއީ މިއުވާންއަށްވެސް ހޭލެވުނު ވަގުތުކަމުން އޭނާއަށް ގުގުރީގެ އަޑު ވަރަށް ރަނގަޅަށް އިވުނެވެ. އެހެންކަމުން އޭނާއަކަށް ރުކާންދެކެ ރުޅިއެއް ނާދެވުނެވެ. ރުކާންއަކީ ބާރަށް ގުގުރާ ވިދަންޏާ ބިރުގަންނަ މީހެއްކަން އޭނާއަށް ވަރަށް ރަނގަޅަށް އެނގެއެވެ.

އެތައްއިރަކު ވިދާ ގުގުރާފައި ވާރޭ ވެހެންފެށިއެވެ. އެހުރިހާ އިރުވެސް ރުކާން އޮތީ މިއުވާންގެ ގާތުން ފޭއަށް ޖެހިނުލައި މިއުވާންގެ ގައިގައި ބާރަށް ބައްދާލައިގެންނެވެ. މިއުވާންވެސް ރުކާންގެ ހާލަށް ހަމްދަރުދީވެ ރުކާންގެ ގައިގައި ބައްދާލައިގެން އޮތީ ހިމާޔަތްތެރިކަން އިހުސާސްކޮށްދިނުމުގެ ގޮތުންނެވެ. ވިއްސާރަވެ ފިނި ގަދަވުމާއެކު ރުކާން އެހާ ގާތުގައިވުމުން އޭނާގެ ހިއްސުތަކަށްވެސް އެނގުންވެލައިގެން ދިޔައެވެ. ނަމަވެސް އަމިއްލަ ނަފްސުގެ މައްޗަށް ބާރުފޯރުވަމުން ދިޔައީ، އިތުރަށް ރުކާންއާ އެފަދަ ގުޅުމެއް ބާއްވަން އޭނާ ބޭނުންވަނީ ރުކާންގެ ހަޤީޤަތް ރަނގަޅަށް އޮޅުންފިލުމުންކަމަށް ވާތީއެވެ. އޭނާގެ ކެތްތެރިކަން ކޮޅުންލައިގެން ހިނގައިދާނެހެން ހީވުމުން އޭނާ ރުކާން އޭނާގެ ގަޔާ ދުރުކޮށްލިއެވެ.

މިއުވާން ކުއްލިއަކަށް ރުކާން ދުރުކޮށްލުމުން ރުކާންއަށް ބަލާލެވުނީ މިއުވާންއަށެވެ. މިއުވާންގެ މޫނުން ފާޅުވަމުންދިޔަ އަސަރުތައް ތަރުޖަމާކުރާކަށް ރުކާންއަކަށް ނޭނގުނެވެ. ނަމަވެސް އޭނާއަށް ޔަޤީންވީ އެއްކަމެއް އޮތެވެ. މިއުވާންއަށް ރޭގެ ޙާދިސާ ހަނދާންވެ އޭނާ މަތިން ފޫހިވީއެވެ. މިހުރިހާއިރު އެހާ ލޯބިން ބައްދާލައިގެން އޮވެފައި ކުއްލިއަކަށް ދުރުކޮށްލުމުން އޭނާއަށް ކުރެވުނު ކުށްހީއާމެދު އަމިއްލަ ނަފްސަށް މަލާމާތްކޮށްލެވުނެވެ. ވޭތުވެދިޔަ ވަގުތުކޮޅު އޭނާއަށް ހީކުރެވުނީ މިއުވާން އޭނާއަށް މާފްކޮށް އަލުން އެދިރިއުޅުމައިގެން ކުރިއަށްދާން ބޭނުންވީކަމުގައެވެ. އޭނާގެ ދެލޮލުން ކަރުނަ ހިލުނީ އެހުރިހާ ކަމެއްގެ ޒިންމާ ނަގަންޖެހޭ ފަރާތަކީ އޭނާކަން ވިސްނޭތީއެވެ. ފުރަތަމަވެސް ހުރިހާ ވާހަކައެއް ކިޔައިދިންނަމަ މިއަދު މިދުވަހެއް ނުފެނުނީހޭ އޭނާގެ ހިތަށްއެރިއެވެ. ނަމަވެސް އޭރު އޭނާއަށް އެވާހަކަ ބުނަން ނުކެރުނީ އޭނާއަށް މިއުވާން ނުލިބިދާނެތީއެވެ. އިއުނާސްގެ ހަނދާނުގައި އެތައް ދުވަހެއް ހޭދަކުރުމަށްފަހު މިއުވާން އަމިއްލައަށް އޭނާގެ ކައިވެންޏަށް އެދުމުން އޭނާއަށް ލިބުނު ފުރުސަތު ގެއްލުވާލަން ނުކެރުނީއެވެ. އެއީ އެތައް ދުވަހެއް ވަންދެން އޭނާ ކުރި އުއްމީދަކަށް ވާތީއެވެ. ނަމަވެސް މިހާރު އޭނާގެ ދިރިއުޅުން މިވަނީ ވަރަށް ނާޒުކު ފައްތަރަކަށް ވެއްޓިފައެވެ. އޭނާއަށް މިއުވާންއާ ދުރަށް އެނބުރިލެވުނީ އިތުރަށް ކެތްނުވުމުންނެވެ. އޭނާ ތެދުވެ ދާން ހިނގައިގަތްތަނާ މިއުވާން އޭނާގެ އަތުގައި ހިފެހެއްޓިއެވެ.

“ރުކޫ! އައިމް ސޮރީ. އައިމް ރިއަލީ ވެރީ ސޮރީ. އަހަރެންނަށް އެނގޭ އަހަރެންނަށް ކަންތައް ކުރެވުނީ ރަނގަޅަކަށް ނޫންކަން. އަހަރެން ރުކޫ ވާހަކަދައްކަން ފުރުސަތު ދޭންޖެހޭނެ.” ރުކާން އޭނާގެ ގާތުގައި އެނދުގައި ބައިންދަމުން މިއުވާން ދެރަވެފައި ބުންޏެވެ.

“ނޫން. ވާން ސޮރީ ބުނާކަށް ނުޖެހޭނެ. އަސްލު ކޮންމެ މީހަކުނަމަވެސް ވާނީ އެހެން. ހީވެސްނުކޮށް ހުއްޓާ އެކަހަލަ ބޮޑު ކަމެއް އެނގުނީމަ. ހަޤީޤަތުގަ ސޮރީ ބުނަން ޖެހޭ މީހަކީ އަހަރެން. އަހަރެން މިހުރިހާ ދުވަހު ވާންއަށް އެކަން ސިއްރުކުރީމަ. އެކަމް އަހަރެންނަށް ވާހަކައިގެ ގޮތުން ބުނަން ނުކެރުނީ. އަހަރެން އަބަދުވެސް ވާންދެކެ ލޯބިވޭ. އަހަރެން ވާންއާ ގުޅެވޭނެކަމުގެ އުއްމީދުގަ ހުއްޓާ ވާން ނާސްއާ ގުޅުނީ. ނާސް ވަކިވެދިއުމުން އަނެއްކާވެސް އަހަރެންނަށް އުއްމީދެއް ކުރެވުނު. އަހަރެން އޭރުވެސް އެތައްފަހަރަކު ވާން ގާތު ލޯބިވާ ވާހަކަ ބުނަން މަސައްކަތްކުރިން. އެކަމަކު ވާން އަހަރެންނަކަށް އެފުރުސަތެއް ނުދިން. އެހެން ހުއްޓާ އޭގެވެސް އެތައްދުވަހެއް ފަހުން ވާން އަމިއްލައަށް އަހަރެންގެ ކައިވެންޏަށް އެދުނީމަ އަހަރެންނަށް އެހާ ފަސޭހައިން އެއްބަސްވެވުނީ. އެކަމަކު މިހާރު ވާންގެ ހިތުގަ ވަރަށް ގިނަ ސުވާލުތައް އުފެދިފަ ހުންނާނެކަންވެސް އަހަރެންނަށް އެނގޭ. އަހަރެން ވާންއަށް ހުރިހާ އެއްޗެއްވެސް ކިޔައިދޭނަން. އެކަމަކު…” ރުކާން އެހެން ބުނެފައި ހުއްޓާލިއެވެ. އޭނާ މިއުވާންއަށް ބަލާލިއިރު މިއުވާން އިނީ ސުވާލުގެ ނަޒަރަކުން ބަލާށެވެ.

“އެކަމަކު ކިހިނެއްވީ؟” މިއުވާން އިނީ އެކަން އެނގެން ނުހަނު ބޭނުންވެފައެވެ. ސަބަބަކީ އޭނާއަށް ރުކާންއާމެދު ގޮތެއް ނިންމަން އެނގޭނީވެސް އެހަޤީޤަތް އެނގުމަށްފަހުގައިކަމަށް ވާތީއެވެ.

“ވާން އަހަރެންނަށް ވަޢުދެއްވެދީ. އެހެންނޫނީ މިވާހަކަ ކިޔައެއް ނުދެވޭނެ.” ރުކާން ބުނެލިއެވެ.

“ކޮން ވަޢުދެއް؟ އަވަހަށް ބުނޭ.” މިއުވާން ހިތްއަވަސްވެފައި ބުނެލިއެވެ.

“އަހަރެން ބޭނުމެއްނޫން ހަޤީޤަތް ނޭނގި، އިތުރަށް އެންމެ މިނެޓަކުވެސް ވާން އަހަރެންދެކެ ރުޅިއައިސްފަ ހުންނާކަށް. ހަޤީޤަތް އެނގުމަށްފަހު ވާން އަހަރެންދެކެ ރުޅިއަޔަސް ނޫނީ އެހެންގޮތެއް ހެދިޔަސް އަހަރެންގެ އެއްވެސް ޝަކުވާއެއް ނެތް.” މިއުވާންއާ ދުރަށް އެނބުރި ދެލޯ މަރާލަމުން މިއުވާން އެހެން ބުނެލީ ހިތަށް ކެތްނުކުރެވޭ ހާލުގައެވެ.

“ވާން! އަހަރެން ކިޔައިދޭން މިއުޅެނީ އަހަރެންގެ ހަޔާތުގެ އެންމެ ބޮޑު ސިއްރު. މީ މިހާތަނަށް މުޅި ދުނިޔެއަށްވެސް ސިއްރުކުރެވިފަ އޮތް ހަޤީޤަތެއް. ކުޑަމިނުން އަހަރެންގެ އާއިލާ އެކަކަށްވެސް މިކަމެއް ނޭނގޭނެ. އަހަރެން ބޭނުމެއްނޫން މިކަން އެނގިގެން އެމީހުން އެއްވެސް ހިތާމައެއްކޮށް ހަދާކަށް. އެހެންވީމަ އަހަރެންގެ މިވާހަކަ މުޅި އުމުރަށްވެސް ސިއްރުކޮށްދޭން ވަޢުދުވެދީ. އަހަރެމެންގެ މެދުގަ އޮތް ރަޙުމަތްތެރިކަމަށްޓަކައިވެސް މިކަން އަހަރެންނަށް ކޮށްދޭނަމޭ ބުނޭ.” ރުކާން އާދޭހުގެ ރާގަކަށް އެހެން ބުނުމުން މިއުވާންއަށް ވިސްނާލަން މަޖުބޫރުވިއެވެ. އޭނާ އެއްޗެކޭ ނުބުނެ އިރުކޮޅަކު އިނެވެ. ރުކާން އެބުނަން އުޅެނީ ކޮންފަދަ ވާހަކައެއްބާއެވެ. ޔަޤީނުންވެސް އެއީ ބޮޑު ވާހަކައެކެވެ. ނޫންނަމަ މުޅި ދުނިޔެއަށް ސިއްރުކޮށްފައި އެވާހަކައެއް ނުބާއްވާނެތާއެވެ. ސިއްރެއް ނުވެސްވީސްތާއެވެ. އަނެއްކޮޅުން އެކަމުގައި އަޑިނޭނގޭ ކަންތައްތަކެއް އެބަވެއެވެ. އެކަންތައްތައް އެނގޭނީ ރުކާންގެ ވާހަކަ އަޑުއަހައިގެންނެވެ. އެންމެފަހުން އޭނާ ގޮތެއް ނިންމައިފިއެވެ. ކޮންމެގޮތެއްވިޔަސް އެންމެ ރަނގަޅެވެ. އެއީ ކޮންމެފަދަ ވާހަކައަކަށްވިޔަސް، މާތް ﷲގެ އިރާދަފުޅާއެކު އޭނާ މުޅި އުމުރަށްވެސް އެކަން ސިއްރުކޮށްދޭނެއެވެ.

“އެންމެ ރަނގަޅު. ތީ ކޮންމެފަދަ ވާހަކައަކަށްވިޔަސް މުޅި އުމުރަށްވެސް ސިއްރުކޮށްދިނުމަށް އަހަރެން ވަޢުދުވަން. ހަމައެކަނި ﷲއަށްޓަކާ.” މިއުވާން އެހެން ބުނެލުމުން ރުކާން ދެލޯ މަރާލެވުނެވެ. ހަޔާތުގައި ރަނގަޅު ޒުވާނުންވެސް ފެނިއްޖެއެވެ. ނަމަވެސް އެފަދަ ހެޔޮލަފާ ޒުވާނެއް އޭނާގެ ހަޔާތުގައި އަދި ނުދެކެއެވެ. ނަމަވެސް އޭނާއަށް އެޒުވާނާގެ ހަޔާތާ ވަރަށް ބޮޑަށް ކުޅެލެވިއްޖެއެވެ. މިއޮއްފަދަ ޒަމާނުގައި އޭނާއަށް މިލިބުނު ރަންގަނޑެއްފަދަ ޒުވާނާ އޭނާގެ އަތުން ބީވެދާކަށް ދެން މާގިނަ ދުވަހެއްނެތޭ އޭނާގެ ހިތަށްއެރިއެވެ. އިތުރު ވަގުތުތަކެއް ބޭކާރުކުރަން ނުހަދާ އޭނާގެ ވާހަކަ ކުރިއަށް ގެންދިޔައެވެ.

“ހަޤީޤަތް އަޑުއަހާ. އެއީ މީގެ އެއްއަހަރު ކުރި.”

**********

އޭރު އިއުނާސް ވަކިވެދިއުމުގެ ހިތާމައިގައި މިއުވާން އުޅުނީ ވަރަށް އެކަހެރިކޮށެވެ. މާގިނައިން މީހުންނާ ވާހަކަދައްކައެއް ނޫޅެއެވެ. ގެއިން ބޭރަށްވެސް ގޮސް އުޅެނީ މަދު ފަހަރަކުއެވެ. އެއީވެސް ޔާމިންއާ އެކުގައި އެކަންޏޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. އެދުވަސްވަރު މިއުވާން އަހަރެންނާވެސް ވަރަށް ދުރެވެ. ކޮންމެ ދުވަހަކު ދެމީހުން ބައްދަލުވީ ނަމަވެސް އަހަރެންނާވެސް މާގިނައިން ވާހަކައެއް ނުދައްކައެވެ. އަބަދު ހުންނަނީ ނެގިމަޑުވެފައެވެ. އަހަރެން އެތައްފަހަރަކު ވާހަކަދައްކަން މަސައްކަތްކުރިޔަސް އެކަން މާބޮޑަށް ކާމިޔާބުވާގޮތެއް ނުވެއެވެ. ވަކިވަރަކަށްވުރެ އަހަރެންގެ އަނގަތެޅުން އިތުރުވެއްޖެނަމަ މިއުވާންގެ ގާތަށް އަންނަނީ ރުޅިއެވެ.

އެއީވެސް ހަމަ އެފަދަ ދުވަހެކެވެ. އޭރު އިރުއޮއްސެން ވަރަށް ގާތްވެއްޖެއެވެ. އަހަރެމެން ތިބީ މިއުވާންގެ ކޮޓަރީގައި ހުރި ބޮޑު މޭޒު ކައިރީ އިށީނދެގެންނެވެ. އަހަރެން މިއުވާންއާ ވާހަކަދެއްކޭތޯ ވަރަށް މަސައްކަތް ކުރީމެވެ. ނަމަވެސް މިއުވާން އުޅުނީ އޭނާގެ އަމިއްލަ ދުނިޔެއެއްގައެވެ. އިއުނާސްގެ ޚިޔާލުތަކަށް ގެއްލިފައި އިނުމުން އަހަރެން ވަރަށް ދެރަވިއެވެ. ހިތުގައި އެތައް ޝަކުވާއެއް އުފެދުނެވެ. އަހަރެން މިއުވާން ގާތުގައި އިނދެ އެހާވަރަށް ވާހަކަދެއްކުމުންވެސް އަހަރެންނަށް އޭނާގެ ކުޑަވެސް ސަމާލުކަމެއް ނުލިބުނީތީއެވެ. އެހެންކަމުން އަހަރެން މިއުވާންގެ އަތުގައި ހިފާ ތަޅުވައިގަތީމެވެ. މިއުވާން ސިހުނުވަރުން އަތުން ޖެހިފައި ވެއްޓި ތެޅުނީ އޭނާ ނުހަނު ލޯބިން ގެންގުޅުނު އިއުނާސްގެ ފޮޓޯ ލޯގަނޑެވެ. އެޔާއެކު މިއުވާން އަހަރެންނާ ދިމާއަށް ރުޅިވެރިކަމާއެކު ބަލާލަމުން ހަމަ މިހާރު އެކޮޓަރިން ނުކުތުމަށް އަމުރުކުރިއެވެ. އަހަރެން ހިތުގައި ޖެހުނުވަރުން ރޮވުނެވެ. އަހަރެން ނުނިކުމެ ހުންނަން ފެށުމުން މިއުވާން އަހަރެންގެ އަތުގައި ހިފާ ދަމާފައި ގެންގޮސް ކޮޓަރި ދޮރުން ބޭރަށް ކޮށްޕާލާފައި ދޮރު ތަޅުލިއެވެ.

އަހަރެން ވީދެރައިން އިތުރަށް އެންމެ މިނެޓަކުވެސް މަޑުނުކޮށް ދިޔައީ އާޓިފިޝަލް ބީޗަށެވެ. އެއީ އަހަރެން ހިތްހަމަނުޖެހޭ ނޫނީ ދެރަވާ ކަމެއްވިޔަސް އަހަރެން ދާ ތަނެވެ. އެތަނަށް ދިއުމުން ނުހަނު ފަސޭހައިން ހިތަށް ހަމަޖެހުން ލިބެއެވެ. އަހަރެން އެތައްއިރަކު އިނީމެވެ. އެހުރިހާއިރު ވީއިރުވެސް އެތާނގައި އިތުރު ބަޔަކު އުޅޭކަމެއް އަހަރެންނަކަށް ނުވިސްނުނެވެ. އަހަރެންގެ ހަރަކާތްތަކަށް ބަލާފާނެކަމަށްވެސް ވިސްނައެއް ނުލެވުނެވެ. އެޔަށްވުރެ ބޮޑަށް އަހަރެން އިނީ ހިތްދަތިވެފައެވެ. ހިތް ފުރޭވަރަށް ރޯލުމުން ހިތަށް ހަމަޖެހުމެއް ލިބުނެވެ. ނަމަވެސް ޖެހެމުންދިޔަ ނަލަ ރޯޅިތަކުން ހިތްއުފާކޮށްލަން އަހަރެން ބޭނުންވިއެވެ.

އަހަރެން އެހެން އިންދާ ފެނުނީ މޫދުން އަރައިގެން އައި ނުހަނު ރީތި ޒުވާނެކެވެ. ފެންނަ ފެނުމަށް ދިވެއްސެއް ވައްތަރެއް ނުޖަހައެވެ. ހަންގަނޑުގައި ހުރީ ޔޫރަޕްގެ ދޮންކަމެވެ. ބޮލުގެ ވަރުގަދަ އިސްތަށިގަނޑުގައިވެސް ހުރީ ކަޅުކުލައެއް ނޫނެވެ. ޗޮކުލެޓް ކުލައިގެ ފަން އިސްތަށިގަނޑު ހުރީ ޒަމާނީ ރީތި ގޮތަކަށް ކޮށާލާފައެވެ. މަސްތައް ވަރުގަދަ ހަށިގަނޑު ފެނުމުން ބަރާބަރަށް ކަސްރަތުކުރާ މީހެއްކަން އެނގުނެވެ. ކަކުލާއި ހަމައަށް އަންނަ ހުދުކުލައިގެ ސޯޓުގައި އެޒުވާނާ ފެންނައިރު ނުހަނު ރީއްޗެވެ. މޮޑެލްއަކަށް ދޫނުކުރާނެކަން ގައިމެވެ.

އެޒުވާނާ ހިނގާލާފައި އައީ ސީދާ އަހަރެންނާ ދިމާއަށެވެ. އަހަރެންގެ އަތްފައި ފިނިވިއެވެ. އޭނާ އަހަރެން އިން ހިލަ ގޮނޑިއާ ކައިރި ވީވީހެން އަހަރެންނަށް އޭނާގެ ރީތިކަން އިތުރަށް ފާހަގަވިއެވެ. އެންމެ އަޅައިގަތީ އޭނާގެ ލޮލުގައެވެ. އެލޮލުގައި ވަނީ ރަން ފާޑު ކުލައެއްގެ ކަޅިއެކެވެ. އަނެއްކާ އެއީ ލެންސެއް ލައްވާފައިބާއެވެ. ނޫނީ ހަނދުވަރުގެ އަލި އެޅިފައިވާތީ ހީވާގޮތެއްބާއެވެ. އޭނާ އައިސް އަހަރެންވެސް އިން ހިލަ ގޮނޑީގައި އަހަރެންނާ ތަންކޮޅެއް ދުރުގައި އިށީނދެލިއެވެ. އޭނާ ތެމިގެން ހުރުމުން އަހަރެން ގާތުގައި އިށީނުމުން އަހަރެން ތެމިދާނެތީ ކަންނޭނގެއެވެ. އަހަރެންނަށް އިރުއިރުކޮޅާ ސިއްރު ސިއްރުން އޭނާއަށް ބަލާލެވެއެވެ.

“ހާދަ ވަރަކަށޭ ތި ބަލަނީ.” އެޒުވާނާގެ އަޑު އިވުމުން އަހަރެންގެ އެންމެ ހިމަނާރަށް ދަންދެން އަސަރުކޮށްލިއެވެ. އެހާ ފިރިހެންވަންތަ، ރީތި އަޑެއް އަހަރެން އަދި އަޑެއް ނާހަމެވެ. ނަމަވެސް އޭނާ އެހެން ބުނެލުމުން އަހަރެންނަށް ތެޅިގަނެވުނީ ވައްކަމެއް ކުރަން އުޅެނިކޮށް ފަޅާއެރުމުން ތެޅިގަންނަ މީހެއްފަދައިންނެވެ. އެހާ ސިއްރުން ބަލަނިކޮށްވެސް އޭނާއަށް ފާހަގަވީތާއޭ އަހަރެންގެ ހިތަށްއެރިއެވެ. ނަމަވެސް އޭނާ އެންމެ ފަހަރަކުވެސް އަހަރެންނާ ދިމާ ބަލާލިތަނެއް އަހަރެން ނުދެކެމެވެ. ވީއިރު އަހަރެން އޭނާއަށް ބަލާކަން އޭނާއަށް އެނގެންވީ ސަބަބެއް އަހަރެންނަކަށް ނުވިސްނުނެވެ.

“އެހާ ވަރަށް ވިސްނާކަށް ނުވާނެ. ލޭމައްޗަށް ދާން ފަށާފާނެ.” އެޒުވާނާ އަނެއްކާވެސް ބުނެލިއެވެ. އަހަރެންނަށް އަނެއްކާވެސް ހައިރާންވެފައި އޭނާއަށް ބަލާލެވުނެވެ. މިއީ އަޖައިބެއްކަހަލަ މީހެކެވެ. އަނެއްކާ މިއީ ސައިކޮލޮޖިސްޓެއްބާއެވެ. ނޫނީ އެހާ ފަސޭހައިން މީހުންގެ އިހުސާސްތައް ދެނެގަންނަން އެނގޭނެ ހެއްޔޭ އަހަރެންގެ ހިތަށްއެރިއެވެ.

“އަހަރެންނަކީ ސައިކޮލޮޖިސްޓެއް ނޫން.” އެޒުވާނާ އެހެން ބުނެލުމުން އަހަރެންގެ ހައިރާންކަން އިތުރުވިއެވެ. އޭނާއަށް އަހަރެންގެ ހިތުގައިވާ އެއްޗެއްވެސް އެނގެނީ ހެއްޔެވެ؟ އަހަރެން ބޭނުންވީ ގެއަށްދާށެވެ. އެގޮތްނޭނގޭ ޒުވާނާގެ ސަބަބުން އަހަރެންގެ ހިތުގައި އެތައް ސުވާލެއް އުފައްދައިފިއެވެ. ކުޑަކޮށް ބިރުވެރިކަމެއްވެސް ވަނެވެ. އެހެންކަމުން އަހަރެން އަވަސްއަވަހަށް ތެދުވެ ގެއަށް ދިއުމަށްޓަކައި ހިނގައިގަތީމެވެ.

“ރުކާން!” އަހަރެންނަށް ހުއްޓެވުނީ އެޒުވާނާ އަހަރެންގެ ނަމުން ގޮވާލުމުންނެވެ. އެއީ މީގެކުރިން އަހަރެން ދުށް މީހެއް ނޫނެވެ. އަދި އަހަރެންނަކަށް އޭނާގެ ނަމެއްވެސް ނޭނގެއެވެ. ނަމަވެސް އޭނާއަށް އަހަރެންގެ ނަންވެސް އެނގިއްޖެއެވެ. އަނެއްކާ އޭނާގެ ބޭނުމަކީ ކޮބައިބާއޭ އަހަރެންގެ ހިތަށްއެރިއެވެ. އަހަރެންގެ ހިތަށް ވަންނަންފެށި ބިރުވެރި ޚިޔާލުތަކަކުން އަހަރެންގެ ހަމަޖެހުން ގެއްލިއްޖެއެވެ. ދާހިއްލާލީވެސް ބަސްބުނާހާ ހިނދުންނެވެ. ދުއްވައިގަންނަން ހިތަށްއެރި ނަމަވެސް އަހަރެންނަށް އެންމެ ފިޔަވަޅެއްވެސް ކުރިއަށް ނޭޅުނެވެ. ހީވީ ބިމުގައި ދެފައި ތަތްލާފައިވާހެންނެވެ. އިސާހިތަކު އެޒުވާނާ ހުރީ އަހަރެންގެ ކުރިމަތީގައެވެ. އަހަރެންނަށް ހިންދިރުވާލެވުނީ ވާންއުޅޭ ގޮތެއް ނޭނގިފައި ހުރެއެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Saandy

Level 1010 Stories1K Comments500 Comments100 Comments100 Stories

ވާހަކަ ލިޔާހިތްވާ އަދި ވާހަކަ ކިޔާހިތްވާ މީހަކީމެވެ... އަދި ކޮމެންޓް ކިޔާހިތްވާ މީހަކީމެވެ https://web.facebook.com/SaandyStories/?ref=page_internal

Other Articles

Previous

ދުރުގައިވިޔަސް… (17 ވަަނަ ބައި)

Next

  އަންވާރު (ޓްރެއިލަރ)

Next
May 15, 2017

  އަންވާރު (ޓްރެއިލަރ)

Previews
May 15, 2017

ދުރުގައިވިޔަސް… (17 ވަަނަ ބައި)

64 Comments!

  1. Saandy says:
    May 15, 2017 at 1:32 pm

    Assalaam A’laikum!! Miothy “IUNAAS” vaahakaige 8 vana bai… Ummeedhu kuran hurihaa kudhinnahves kamudhaane kamah… Ran’galhu kollan jehey kankan buneladhiniyyaa varah ufaavaane… Hurihaa kudhinnahves baajjaveri dhuvahakah edhen… Love u all 🙂

    1. Saandy says:
      May 15, 2017 at 1:33 pm

      “BUDHA” dhuvahu 9 vana bai genesdheynan… Insha Allah!! 🙂

  2. Riffu says:
    May 15, 2017 at 1:46 pm

    Alheyyy… Haadha kurey mi part
    ??????????

    1. Riffu says:
      May 15, 2017 at 1:48 pm

      Alah mi kiyunee first ? 1 jehin suren mi innany balan hama

    2. Saandy says:
      May 15, 2017 at 1:55 pm

      ThanQ Riffu… Kurey!!? Hama ehen baithahves genna dhiguminuga mi gennany… Maa kiyaahithun ineema kanneynge kuruhen thi heevy… Next part dhigukolleveythoa masakkaiy kollaanan… Ekam promise eh noon in’gey mee 🙂

    3. Saandy says:
      May 15, 2017 at 1:57 pm

      Ehentha? ThanQ mivaahakayah thihaa bodu shauguverikameh dhineema… Finally 1st libijje dhw… hehehe

  3. Maly says:
    May 15, 2017 at 2:05 pm

    V reethi.. e zuvaana aky jinni eh hen maly ah heevany.. next part ah inthixaru kuran..

    1. Saandy says:
      May 15, 2017 at 2:26 pm

      ThanQ Maly… Next part Wednesdayga 🙂

  4. luhan says:
    May 15, 2017 at 2:14 pm

    Haadha reehchey mi stry Saandy…hama v salhi..Nxt prt avahah up kohdhythi ingey..V v v salhi..??

    1. Saandy says:
      May 15, 2017 at 2:26 pm

      ThanQ Luhan… Next part Wednesdayga 🙂

  5. Muhamma says:
    May 15, 2017 at 2:22 pm

    vaahakaige misraabu dhaagoe olhije. Iunas dhanjehigen maruvee. Rukan aah jinni eh undhagoo kuranee. Miuvaan hurihaa namaadhe kuraa iru ves jinni eynayaa kairi eba vey. Rukan ves namaadhu kurey evarun ves jinni eba kairi vey. Mihaaru mi vaahaka typicla Jinni & human love story akah badhalu vanee tha

    1. Saandy says:
      May 15, 2017 at 2:29 pm

      Nooney Muhamma… Mihaaru thiothy v bodah olhifa aslu… Rukaan-ah ehen e dhimaavaa sababu fahun en’geyne… Iunaas ah veegoiyves… Miuvaan-akaa jinni kairieh nuvey… Baeh faharu Miuvaange sifa jehigen Rukaan ah fennany… Ummeedhu kuran mihaaru olhunfilaifi kamah 🙂

  6. Coco says:
    May 15, 2017 at 2:26 pm

    When next part

    1. Saandy says:
      May 15, 2017 at 2:30 pm

      ThanQ Coco… Wednesdayga 🙂

  7. Noor says:
    May 15, 2017 at 2:51 pm

    Varah salhi…varah furihama???

    1. Saandy says:
      May 15, 2017 at 6:25 pm

      ThanQ Noor 🙂

  8. EYEMIN says:
    May 15, 2017 at 2:52 pm

    v reethi vaahaka eh 🙂

    1. Saandy says:
      May 15, 2017 at 6:27 pm

      ThanQ Eyemin 🙂

  9. Leen says:
    May 15, 2017 at 3:19 pm

    Alhey vvvv reethi story.. waiting for next part vv kiyaa hiyvey mi story

    1. Saandy says:
      May 15, 2017 at 6:28 pm

      ThanQ Leen… Next part Wednesdayga 🙂

  10. Eeny says:
    May 15, 2017 at 3:56 pm

    Vvvvvvv nice as usual,??????????

    1. Saandy says:
      May 15, 2017 at 7:01 pm

      ThanQ Eeny 🙂

  11. jj says:
    May 15, 2017 at 4:29 pm

    Male’ school eh ge gina kudhin dhanna meehakah miuvaan v keehvebaa?
    mi vaahaka kiyaa iru heevanee raajje therey rasheh ge hen. ekam male dho mi sifa kohdheny.
    mashah heevany rukaan iunas maraaleehen and iunas eulheny mihaaru revenge nagan vegen dho.

    1. Saandy says:
      May 15, 2017 at 7:04 pm

      ThanQ Jj… Ehaa gina kudhin Miuvaan dhanna sababuves adhi en’geyne… Raajje therey rashehhen baeh kudhinnah heevany keevve kameh Saandy akah neynge… Male’ ga ulhey baehge vaahaka mi kiyaidheny… Egothah sifaves kohdheny… Iunaasge maruge hageegaiy en’geyny adhi dhuvaskolheh fahun 🙂

  12. Princess Yaa says:
    May 15, 2017 at 4:55 pm

    Varah varah reethi. Keep going.

    1. Saandy says:
      May 15, 2017 at 7:05 pm

      ThanQ Princess Yaa 🙂

  13. Anonymous says:
    May 15, 2017 at 5:08 pm

    woww varah reethi ingey mi part.. ehaa biruveri nukuraathi ingey mi vaahaka ehn nuny mi vaahaka kiyaign nidhan nukeridaane.. waiting for another part,.. knme dhuvahaku up vaane nama ey hithah araa… well, will wait for wedenesday..

    1. Saandy says:
      May 15, 2017 at 7:08 pm

      ThanQ Anonymous… Saandy balivegen aslu story fashan buni date ah ekkoh liye ninmaanulevuny… 5 bai liyevuny edhuvaskolhu… Ehenve aslu dailykoh upkoh nudheveny… Midhuvaskolhu Saandy ulheyleh bixy veemayaaves ekkoh 🙂

  14. Any says:
    May 15, 2017 at 6:38 pm

    V.v.v reethi ? birun idheves ebakiyan vahaka reethi kamun saandy eha biruveri nukurahchey❤❤❤

    1. Saandy says:
      May 15, 2017 at 7:09 pm

      ThanQ Any… Adhi ehaa bruveriehves noonehnu 🙂

  15. Rau says:
    May 15, 2017 at 6:56 pm

    masha allah.mi bai wes v furihama

    1. Saandy says:
      May 15, 2017 at 7:10 pm

      ThanQ Rau 🙂

  16. Arkaa says:
    May 15, 2017 at 7:18 pm

    Anehkaa knkanthakeh dhimaa v baa rukaan ah?
    Naas vx maraalee kannge meehku ..hehe miuvaan ah loabi vx khnuleveyh anehkaa
    …..anyways its nice…jinni n human love story akah vanytha.. Saandy knirakun next part genesdheynee…

    1. Saandy says:
      May 15, 2017 at 10:59 pm

      ThanQ Arkaa… Rukaan-ah dhimaavi goiy v avahah en’geyne… Next part Wednesdayga 🙂

  17. Malsa says:
    May 15, 2017 at 8:33 pm

    mi partves varah reethi.♥♥♥ Budha dhuvahu avahah up kohdhehchey. I think this jinn guy killed Naas. let’s see what happens! 🙂 🙂

    1. Saandy says:
      May 15, 2017 at 11:00 pm

      ThanQ Malsa… Insha Allah!! 🙂

  18. silver mist says:
    May 15, 2017 at 8:52 pm

    v v v reethi..can’t wait for nxt part

    1. Saandy says:
      May 15, 2017 at 11:01 pm

      ThanQ Silver mist… Next part Wednesdayga 🙂

  19. Natha says:
    May 15, 2017 at 10:11 pm

    V v reethi.❤❤ bt thankolheh dhigu kohla dhiniyya varah rangalhu..??

    1. Saandy says:
      May 15, 2017 at 11:03 pm

      ThanQ Natha… Masakkaiy kollaanan miahvure dhigulleveythoa 🙂

  20. Zee says:
    May 15, 2017 at 10:14 pm

    Mi partves vvv reethi

    1. Saandy says:
      May 15, 2017 at 11:04 pm

      ThanQ Zee 🙂

  21. Fan girl says:
    May 15, 2017 at 10:30 pm

    Saandyge enme feekalhaa story miee ? kulliakah dhevana nazarun thi liyan feshy.. Liyaa varakah vany kos thoacheh.

    1. Saandy says:
      May 15, 2017 at 11:11 pm

      ThanQ Fan girlge khiyaalahves… Aslu Fan girl ah mibai ehaa ran’galhah kiyaanulevi kanneynge thiothy… Fahun aharenge nazarun liyefa eothy Rukaan Miuvaan ah eynage maazeega hin’gaafa oiy kameh kiyaidhey bai… Kudhinnah vaanuvaa olhidhaanethy stars ron’geh dhamaa vakikollaafa ebai liyuneeves… Ebai nimuneema anekkaaves furathama liyunu gothah vaahaka dhaany… Ummeedhu kuran mihaaru Fan girl ah olhunfilaifi kamah 🙂

  22. Hud says:
    May 15, 2017 at 11:10 pm

    saandy…! very nice..

    1. Saandy says:
      May 15, 2017 at 11:12 pm

      ThanQ Hud 🙂

  23. Maree says:
    May 15, 2017 at 11:48 pm

    vvvvvvvv reethi

    1. Saandy says:
      May 16, 2017 at 12:30 am

      ThanQ Maree 🙂

  24. ithoo says:
    May 16, 2017 at 12:21 am

    Alhe a kon boy eh tha aee.. Rukaan kairiah..mi part vx v v nice saandy..hama hageegaih engen beynun vany stry kiyaa varakah.. Dhn avahah hageegaih bunedheyn v nun ehen v ma dww..hehe…keep it up saandy.. Miuvaan kokko Malhaa..a name ga varah alhaaigaih ingeyy..??

    1. Saandy says:
      May 16, 2017 at 12:31 am

      ThanQ Ithoo… E aee kon boy ehkan en’geyne next partga… Dhen maa gina dhuvaheh nuve hageegaiy en’gidhaane… Hehehe 🙂

  25. Yaani says:
    May 16, 2017 at 8:49 am

    Alhey haadha reechey mi story comment nukuriyas konmedhuvahakuves mi vaahaka kiyan plx Saandy rukan a vaan dhurunukuruvahchey

    1. Saandy says:
      May 16, 2017 at 11:23 am

      ThanQ Yaany… V ufaavejje comment nukuriyas kiyaakan en’guneema 🙂

  26. Lucifer says:
    May 16, 2017 at 10:48 am

    v v v v reethi. Budha dhuvahah inthizaaruga

    1. Saandy says:
      May 16, 2017 at 11:23 am

      ThanQ Lucifer 🙂

  27. Appy says:
    May 16, 2017 at 2:51 pm

    Alhey kihineh tha mi vany ……haadha kiyaa hiyyvaa hisaabakunney thi nimmaaly ……dhn in bai kiyaahithun moya vanyy???

    1. Saandy says:
      May 16, 2017 at 3:58 pm

      ThanQ Appy… Alhe moyanuvahchey… Maadhamaa up kolladheynan… Insha Allah!! 🙂

  28. Aai says:
    May 16, 2017 at 3:41 pm

    Alhey i think rukaan maruvaane kanneynge can’t wait for wednesday pls avahah up kodhechey?

    1. Saandy says:
      May 16, 2017 at 3:59 pm

      ThanQ Aai… Rukaan-ah vaagothehves en’gidhaanethaa dhw… Maadhamaa up kolladheynan… Insha Allah!! 🙂

  29. pritty says:
    May 16, 2017 at 10:19 pm

    waiting for the next part sanndy.. mi bai vers v nice….

    1. Saandy says:
      May 16, 2017 at 11:15 pm

      ThanQ Pritty… Maadhamaa up kolladheynan… Insha Allah!! 🙂

  30. Anonymous says:
    May 17, 2017 at 11:43 am

    waiting waiting waiting for another part..

    1. Saandy says:
      May 17, 2017 at 8:37 pm

      ThanQ Anonymous… Mihaaru up kollaafa innaany 🙂

  31. Juu says:
    May 17, 2017 at 1:47 pm

    Saandy kobaa that story

    1. Saandy says:
      May 17, 2017 at 8:38 pm

      ThanQ Juu… Story up kollaafa innaany mihaaru… Sorry for the late update… Ekam hama buni dhuvahu up kohdheefin 🙂

Comments are closed.

Next Episodeއިއުނާސް (9)←


All Right Reserved!