Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރިލޯބި

ލޯބި ވެވުމުން ……….14

Noor💙 Level 710 Stories100 Comments100 Login500 Comments
May 15, 2017 5 Mins Read
52 Comments

ޝަނާޔާ ގޮސް ފެންފުޅިއެއް ހިފައިގެން ކޮޓަރިއަށް ވަދެ ދޮރު ތަޅުލި އަޑަށް އެނދުގައި އިށީނދެލައިގެން އިނދެ ފޯނާއި ކުޅެން އިން ޔާނިޢުއަށް ސިހިފައި ޝަނާޔާއަށް ބަލައިލެވުނެވެ.

ޝަނާޔާ މަޑު ހިނގުމެއްގައި ގޮސް ފެންފުޅި ޑްރެސިން ޓޭބަލް މަތީގައި ބެހެއްޓުމަށްފަހު އައިސް ޔާނިޢުގެ ގާތުގައި އިށީނެވެ.މިރޭ ޔާނިޢު ޝަނާޔާގެ ކައިރީ މަޑުކުރުމުން އޭނާގެ ހިތަށްވަނީ ލުޔެއް ލިބިފައެވެ.ޔާނިޢު އެދެމެދުގައި އޮތް ބާލީސް ނަގާ ޝަނާޔާއާއި އިތުރަށް ކައިރި ވެލާ ޝަނާޔާގެ ގައިގައި ލޯބިން ބައްދާލީ އެހިތުގައިވާ ހިތާމަތަކަށް ކުޑަނަމަވެސް ލުޔެއް ލިބޭތޯއެވެ.އެވަގުތު ކުއްލިއަކަށް މުޅި ކޮޓަރި ތެރެއަށް ހީވީ ވައިގެ ތޫފާނެއް އައި ހެންނެވެ.ޔާނިޢުގެ އަތުތެރެއިން ޝަނާޔާ ދޫވިކަން އެގުނެވެ.އެވަގުތު އޭނާ ކޯތާފަތަށް ބާރުގަދަ ހަމަލާއެއް އެރިކަމެއް ނޭނގެ މުޅި މީހާގެ ޚަބަރު ހުސްވެގެން ވެއްޓުނެވެ.މިއަދު ހަވީރެކޭ އެއްގޮތަށް މިފަހަރުވެސް އޭތި ޝަނާޔާގެ ކުރިމައްޗަށް އައީ އެ ބިރުވެރި ސޫރައިގައެވެ.އިތުރަށް ޖިއާންގެ ހިތުގައި ޝަނާޔާއަށްޓަކައި ރަހުމެއް ކުލުނެއްވެސް ހަމަ ނެތީހެއްޔެވެ؟ޙަޤީގަތުގައިވެސް ޝަނާޔާ ޖިއާންއަށް އޮޅުވާލީނަމަވެސް އެހިތުގައި ޝަނާޔާއަށްޓަކައި ލޯބީގެ ޒައްރެއްގެ މިންވަރު ވީނަމަވެސް އެހާ އަނިޔާ ޝަނާޔާއަށް ދޭން ކެތްވީސް ހެއްޔެވެ؟

ވިއްސައިގެން ގޮސް ކޮޓަރީގެ ފާރުބުަޑަށް ޖެހުނު ޝަނާޔާ އޮތީ ވީތަދުން ގުޑިވެސް ނުލެވިފައެވެ.ބަރު ފިޔަވަޅުތަކުގައި އޭތި ޝަނާޔާ އާއި ކައިރިވަމުން ދިޔައެވެ.ކަރުނަތައް ފައިބަމުން ދިޔަ ދެލޮލުން ޝަނާޔާއަށް ޓައިލްސްތައް މައްޗަށް ވެއްޓިފައި އޮތް ޔާނިޢު އަށް ބަލައިލެވުނެވެ.އެވަގުތު އޭނާގެ ހިތް ހީވީ ކުދިކުދި އެތިކޮޅުތަކަކަށްވެ ބުރައިގެން ދިޔަހެންނެވެ.ކޯތާފަތަށް އެރި ބާރުގަދަ ހަމަލާގެ ސަބަބުން ހޭނެތިފައިވާ ޔާނިޢުގެ އަނގައިގެ އެއް މިޔަކަނުން ލޭ ފައިބަމުން ދިޔައެވެ.ޝަނާޔާގެ ނެގިނެގިފައި ޖެހެމުން ދިޔަ ހިތަށް ހުއްޓުން އެރީ އޭތީގެ ކެހެރިގަނޑެއްފަދަ އަތުގެ ތޫނު ވަކިތަކުން އަޅުވައި ޝަނާޔާގެ ބުރުގާ ނަގައި އެއްލާލުމުންނެވެ.

ޝަނާޔާއަށް ރޮއި ރޮއި ވަރުބަލި ވުމުގެ ސަބަބުން ރަނގަޅަށް ނުވެސް ރޮވެއެވެ.އޭނާއަށް މިވަރުގެ ބޮޑު ވޭނެއް މިލިބެނީ ކޮން ސަބަބަކާއި ހުރެ ހެއްޔެވެ؟އޭނާއަށް ގޮތް ހުސްވުމުން ރޮއިރޮއި ކުރެހިފައިވާ އަޑަކުން ޔާނިޢުއަށް ގޮވެމުން ދިޔައެވެ.

އޭތި ގެނައި ދެވަނަ ހަރަކާތަކުން ޝަނާޔާގެ ހަށިގަނޑުގައި ހުރި ހުރިހާ އަންނައުނެއް ގަޔާއި ވަކި ކޮށްލިއެވެ.ޝަނާޔާގެ ހިތާއި ހަށިގަނޑު އެކީ ކަހަލަ ގޮތަކަށް ގަނޑުވިއެވެ.ދެން ކަންތައް ވެގެންދާނެ ގޮތް އިހްސާސް ވުމުންނެވެ.އޭތީގެ ރަޙުމުކުޑަކަން ޝަނާޔާގެ ގައިގައި ދަމާފައިހުރި ވަކިތަކުންވެސް އެނގި ހާމަވެއެވެ.ނަމަވެސް މީ ޝަނާޔާ ހަމަ ހޭގައި ހުއްޓާ އެގޮތަށް ދިމާކުރާ ފުރަތަމަ ފަހަރެވެ.އޭނާގެ ހިތާއި ހިތުން އެދެމުން އެދަނީ އޭނާގެ ނޭވާ ހުއްޓުމަކަށް އައުމަށެވެ.އެ ބިރުވެރި އެތީގެ ރަޙުމުކުޑަ ހަމަލާތަކުން އިތުރަށް ވޭނެއް ތަހައްމަލް ކުރާނެހާ ވަރުވެސް އެ ނިކަމެތި ހަށިގަނޑުގައި ނެތީއެވެ.

ހަށިގަނޑުގައި އަޅަމުން ދިޔަ ވޭނުން ނުތެދުވެވިފައި އޮތް ޝަނާޔާ ބަނޑު ކޫއްތަމުން ކަހަލަ ގޮތަކަށް ޔާނިޢުގެ ގާތަށް ދެވޭތޯ މަސައްކަތް ކުރަމުން ދާއިރު މީހެއްގެ ހިތް ފަޅައިގެން ދާހާ ވެއެވެ.ހަށިގަނޑުގައި ނިވައި ކަމެއް ނެތް ޙާލު އެ ބިރުވެރި އެތީގެ ކިބައިން ސަލާމަތް ވެވޭތޯ ކުރެވުނު ހިތްވަރެއް ކުރަނީއެވެ.އޭތި ޝަނާޔާއަށް ބަލަހައްޓައިގެން އޮތީ ސާބިތުކަމާއި އެކީގައެވެ.ހީވަނީ ކުޑަވަގުތު ކޮޅަކަށްވިޔަސް ޝަނާޔާގެ ވޭންދެނިވި ހަރަކާތްތައް ބަލަން ހިންހަމަ ޖައްސާލަންއޮތީ ހެންނެވެ.ޝަނާޔާއަށް ޔާނިޢުގާތަށް ދެވުނު އިރު އޭނާގެ މުޅިހަށިގަނޑުގައި ވަނީ ދިލަ ތަދެއް ހިފާލާފައެވެ.ރޮއި ރޮއި ގިސްލަމުން ޔާނިޢު ހޭއަރާތޯ އޭނާގެ ދެކޮލުގައި ތަޅަމުން ދިޔައިރު އަމިއްލަ މީހާއަށް ޔާނިޢުގެ ކުރިމަތީގައި އިނދެވުނު ޙާލުވެސް ހިތަށް ނާރާ ކަހަލައެވެ.ވާނީވެސް އެހެންތާއެވެ.ބިރުފިޔަވައި ެިއިތުރު އިޙްސާސަކަށް މިވަގުތު ތަންވެސް ދެވެންނެތީއެވެ.އެވަގުތު ޔާނިޢު ކުޑަކޮށް އެސްފިޔަތައް ތަޅުވާލިހެންވެސް ހީވިއެވެ.ނަމަވެސް ހޭ ނޭރުމުން އަނެއްކާވެސް ޔާނިޢުއަށް ނާއުއްމީދުވެފައިވާ ޙާލުވެސް ގޮވަން ފެށިއެވެ.

އެވަގުތު އޭތި އައިސް އޮތީ ކައިރީގައި ޖައްސާފައެވެ.އޭތީގެ އެއް އަތުން ޝަނާޔާ ނަގާ އެނދުމައްޗަށް އެއްލައިލިއެވެ.ޝަނާޔާގެ ކޮނޑު ހުޅަށް އެރި ތަދާއިއެކު އޭނާގެ ރުއިމުގައިވި ވޭން އިތުރުވެގެން ދިޔައެވެ.ޝަނާޔާގެ ރުއިމަކަށް ފަރުވާލެއް ނެތި މިނިކާވަގެއް އިންސާނަކު ޝިކާރަ ކުރާ ފަދައަކުން އޭތި ޝަނާޔާގެ ގައިމައްޗަށް ޖެހިގަތެވެ.ކަންދިމާކުރި ގޮތުން އެވަގުތުވީ ޔާނިޢު ހޭވެސް އެރި ވަގުތަށެވެ.ރޮއިރޮއި ގިސްޖެހެމުންދިޔަ ޝަނާޔާ އެނދުމަތީގައި އޮތް ޙާލުފެނި ޔާނިއުއަށް ދެލޯމަރާ ތަގުޅި ކޮށްލެވުނީ އޭނާ ޝަނާޔާއަށް ކުރާ ޤަދަރެއްގެ ބޮޑުކަމުންނެވެ.ނަމަވެސް ހިތްވަރު ކޮށްފައި ދެލޯ ހުޅުވަމުން ތެދުވެ އެ ޙާލަތާއި ކުރިމަތިލީ ވަގުތު ފާއިތުވެއްޖެނަމަ ކުރަން ޖެހޭނެ ހިތާމަ މާ ބޮޑުވާނެތީއެވެ.އަވަސްއަރުވާލާފައި ފޯނު ހުޅުވާލުމަށްފަހު ޤުރުޢާން ޖެހިއެވެ.އަދި އެނދުމަތީގައި އޮތް ބެޑްޝީޓް ޝަނާޔާގެ ހަށިގަނޑުގައި އޮޅާލަމުން ދަޝަށް ދެއަތްލާފައި ޝަނާޔާ ނަގައިގަތެވެ.ޝަނާޔާގެ ހަށިގަނޑަށް ލުޔެއް ލިބުމުން ތެމިފައިވާ އެސްފިޔަތައް ހުޅުވާލާ ބަލި ގޮތަކަށް ބަލައިލި އިރު އޭނާއަށް އޮވެވުނީ ޔާނިޢުގެ އަތްދަނޑި މަތީގައެވެ.ކޮޓަރިތެރޭގައި ޖެހެމުންދިޔަ ގަދަ ވައިވެސް ވަނީ މަޑުވެފައެވެ.ޖަހާފައި ހުރި ޔާސީން ސޫރަތުގެ އަޑުފިޔަވައި އިތުރު އަޑެއް ކޮޓަރިތެރެއަކުން ނުއިވެއެވެ.

ޔާނިޢު މަޑުމަޑުން ޝަނާޔާ ޓައިލްސްތައް މަތީ ބެހެއްޓުމަށްފަހު ކަރުނަތައް ފޮހެލައި ދެމުން ބޮލުގެ އިޝާރާތުން ނުރުއިމަށް ބުންޏެވެ.ގައިގައި ބެޑްޝީޓް އޮޅާލެވިފައިވާ ޙާލު ޝަނާޔާ އަލަމާރި ހުޅުވާލުމަށްފަހު ހެދުމެއް ނަގައިގެން ގޮސް ފާޚާނައަށްވަދެ ހެދުން ލައިގެން ރޮއިރޮއި ދުޅަވެފައިވާ މޫނު ދޮވެލައިގެން ނިކުތެވެ.

ފަތިސް ނަމާދު ބަންގިއަށް ގޮވިއިރުވެސް ދެމީހުންކުރެ އެކަކުގެ ލޮލަކަށްވެސް ނިންޖެއް ނާދެއެވެ.ހިތާމައިގެ ކޯރަކަށް ދެމީހުން ގެނބިފައި ވީއިރު ސަލާމަތުގެ އައްސޭރިއަކަށް ދެވޭނެ ގޮތަކާއި ދޭތެރޭގައި ޔާނިޢު ވިސްނަމުން ދާއިރު ޝަނާޔާއަށް ކުރެވުނުހާވެސް ކަމަކީ ޔާނިޢުގެ ކޮނޑުގައި ބޯއަޅާލައިގެން މާޔޫސްކަމުގައި އޮތުމެވެ.

ހެނދުނު ހައެއް ޖެހުމުން ޔާނިޢު ގެއަށް ދިޔައީ އޮފީހުން ޝަނާޔާއާއި ބައްދަލް ކުރުމަށް ކެތްމަދުވެފައިވާ ހިތަކާއި ގެންނެވެ.

އެރެއަށްފަހު އޭތި ޝަނާޔާގެ ކުރިމައްޗަކަށް ނާދެއެވެ.ޝަނާޔާއާއި ޔާނިޢުގެ ކައިވެންޏަށް ބާކީ އޮތީ އެއްދުވަހެވެ.ދެމީހުންވެސް ކެތްމަދުވެފައިވާ ހިތަކާއިގެން އިންތިޒާރު ކުރަމުން އެދަނީ މާދަމާގެ އިރު އަރާނެ ވަގުތަކަށެވެ.ދެފަރާތުގެ ޢާއިލާއިންވެސް ދަނީ ކައިވެންޏަށް ވާންޖެހޭ ތައްޔާރީތައް ވަމުންނެވެ.ނަމަވެސް އެރޭގެ ޙާދިސާ ދެމީހުންކުރެ އެކަކުވެސް ހަނދާނެއް ނުނެތެއެވެ.

ހުސްފަޔާ ފެހިކަންގަދަ ވިނަގަނޑުމަތީ ހިނގާލާފައި މަޑުހިނގުމެއްގައި ޝަނާޔާ ފިޔަވަޅުތައް ނަގަމުންދިޔައީ ވަކި މިސްރާބެއް ނެތިއެވެ.ނަމަވެސް ނުފެންނަ ބާރަކުން އޭނާގެ ހަރަކާތްތަކުގެ ހުންގާނު ހިފަހައްޓަމުން ދާކަހަލައެވެ.އެގޮތަށް ހިނގާތާ ލައްކައިރު ވެއްޖެކަން އެނގެނީ އޭނާގެ ނިތްކުރިމަތިން ފައުޅު ވަމުންދާ ދާތިކި ތަކުންނެވެ.ނަމަވެސް އެ ހަށިގަނޑަށް ކުޑަކޮށްވެސް އެކަމެއް ނޭނގޭ ކަހަލައެވެ.އެގޮތުގައި ވަރަށް ދުރަށް ދެވުނު އިރު ކުރިމަތިން މާ ދުރު ނޫން ހިސާބުގައި ހުރި ގަނޑުވަރެއް ފެނުނެވެ.އެގަނޑުވަރުގެ ބޭރުގައި ވަނީ މިލާ މޯޅިވެފައިވާ ދެ ފިނިފެންމާ ޕާކެވެ.އެވަރުބޮޑު ރީތި ގަނޑުވަރެއްގައި އެ ޕާކުތަކަށް ފެންދީ ބަލަހައްޓާނެ ނޯކަރަކުވެސް ނެތީ ހެއްޔެވެ؟ޝަނާޔާއަށް ހައިރާންވެފައި ހުރެ ހިތާއި ހިތުން ކިޔައި ލެވުނެވެ.އޭނާގެ އެއްވެސް އިޚްތިޔާރަކާއި ނުލާ ގޮސް އެޕާކު ތެރެއަށް ވަދެވުންވީ ޝަނާޔާއަށް ލިބުނު އިތުރު ހައިރާން ކަމަކަށެވެ.އަދި ހިކި މުރަނަ ވެފައިވާ ބޮޑު ފިނިފެންމަލެއްގައި އަތްޖައްސާލުމުން ވަގުތުން މުޅި ޕާކަށް ދިރުން ލިބުނު ކަހަލައެވެ.ހިކިފައި ހުރި މާތަކުގެ ކުލަ އެކި ކުލަކުލައަށް ބަދަލުވެގެން ދިޔައެވެ.ޝަނާޔާއަށް ލިބުނު ހައިރާން ކަމުގައި ދެލޯ ބޮޑުކޮށްލާ އަނގަމަތީ އަތް އަޅައިލެވުނެވެ.އަނެއްކާ މި ޕާކާއި އޭނައާއި ހުރީ ކޮން ގުޅުމެއް ބާވައެވެ.ހީވީ ދުވަސްތަކަކަށްފަހު ޝަނާޔާއާއި ބައްދަލް ވުމުން މާތަކަށްވެސް ދިރުން އައީ ހެންނެވެ.

ޝަނާޔާ ޕާކުތެރެއިން ނިކުމެ މިސްރާބު ޖެހީ ގަނޑުވަރުގެ ދޮރާއި ދިމާއަށެވެ.އެތެރެއަށް ވަތްއިރު ތަނަށް ވެރިވެފައިވާ އަނދިރިކަމުން ތަނެއް ދޮރެއް ނޭނގެއެވެ.ސުވިޗެއް ކަހަލަ އެއްޗެއް ފެނޭތޯ ފާރުގައި އަތް ކާއްތަމުން ދަނިކޮށް ކޮންމެސް އެއްޗެއްގައި އަޅައިގަނެ އަނގަ ބަންުޑުން ވެއްޓެން ދިޔަ ޝަނާޔާ ވެއްޓުނަ ނުދީ ބާރުގަދަ އަތަކުން އެމީހަކާއި ދިމާއަށް ދަމައިގަތެވެ.އެވަގުތު މުޅިތަން އަލިވެ ޝަނާޔާގެ މޫނު ފެނުމުން ބިރުވެރި ސޫރައެއްގައިވާ އެ ޒުވާނާގެ މޫނު ރީތިވެ އުޖާލާ ވެގެން ދިޔައެވެ.އެ މާތަކާއި ޝަނާޔާއާއި ގުޅުމެއް ވާހެން މި ޒުވާނާއަށްވެސް ޝަނާޔާ ފެނުމުން އެވަރުގެ ބޮޑު ބަދަލެއް އެއައީ ޝަނާޔާ އާއި ކޮންމެވެސް ގުޅުމެއް ވާތީކަމަށް ޝަނާޔާގެ ހިތް ބުނަމުން ދިޔައެވެ.އަނެއްކޮޅުން މިގަނޑުވަރަކީވެސް އޭނާ މީގެ ކުރިން ދެކިފައިވާ ގަނޑުވަރެއްހެން ހީވަނީ ކީއްވެގެން ހެއްޔެވެ؟އެ ޒުވާނާގެ ބެލުމުގައި އެވާ ފުން އިހުސާސަކުން ނަގަންވީ މާނައެއް ނޭނގިފައި ޝަނާޔާއަށް ހަމަ ބަލަހައްޓައިގެން ހުރެވުނީއެވެ.އެއީ ޝަނާޔާއާއި ހޮސްޕިޓަލުންވެސް ދިމާވި ޒުވާނާއެވެ.އެއީ ކޮންމެ މީހަކު ކަމުގައި ވިޔަސް އެޒުވާނާގެ ހިތުގައި ވާ ރިހުމާއި ޝަކުވާ އެ ރީތި ދެލޮލުން ހާމަވާން ހުރިއިރު ،އެ ހިތްދަތިކަން ގުޅިފައިވަނީ ޝަނާޔާއޭ ޝަނާޔާގެ ހިތް ބުނަމުން ދިޔައެވެ.އެހެންކަމަށް ވާނަމަ އޭނާގެ ހަނދާނުގައި އެ އެއްވެސް ކަމެއް ނެތީ ކީއްވެ ހެއްޔެވެ؟އެ ޒުވާނާ އިސްޖަހާލަމުން ޝަނާޔާއަށް ފަސްދީފާ އެތެރެއަށް ދާން ހިނގައި ގަތުމުން ޝަނާޔާއަށް ވެސް އެޒުވާނާގެ ފަހަތުން ހިނގައިގަނެވުނެވެ.އެވަގުތު ހަރުކަށި ނަމަވެސް ރިހުން އެކުލެވިފައިވާ އަޑަކުން އެގަނޑުވަރުން ނިކުތުމަށް އަމުރު ކުރިއެވެ.ވަގުތުން ޝަނާޔާގެ ދެލޯ ފެންކަޅިވީ އިންތިހާއަަށް ލޯބިވާ މީހަކު އޭނާ އެހިތުން ނެރެ އެއްލާލިކަމުގެ އިޙްސާސް ކުރެވެމުންނެވެ.އަދި ހިތަށް ތަދުވީވަރުން އެހުރިގޮތަށްހުރެ ފަހަތަށް ފިޔަވަޅު ނަގަން ފެށުނެވެ.ކުއްލިއަކަށް އަނގައިން ނިކުތް އާހަކާއި އެކު ފަހަތަށް އެނބުރި ބަލައިލެވުނު އިރު އޭނާއަށް އެރިފައިވަނީ އެތަނުގައި އޮތް ތޫނު އެތިކޮޅަކަށެވެ.ކުޑަކޮށް ފައި ހިއްލާލިތަނާ ފެނުނީ އެ ޒުވާނާ އައިސް ޝަނާޔާގެ ދަށްފަޔަށް ހެރިފައި އިން އެތިކޮޅު ނައްޓުވާލަ ދިން ތަނެވެ.ޝަނާޔާގެ ހައިރާންކަންވީ ހައްތަހާ އިތުރެވެ.އެ ޒުވާނާ އެއީ ކާކުތޯ، ޝަނާޔާއާއި ހުރީ ކޮން ގުޅުމެއްތޯ ނުބަލައެއް ދެން އޭނާއަކަށް ކެތެއް ނުވާނެއެވެ.”އަހަރެން ދަންނަންތަ؟ތިއީ ކާކު؟”

“ދެން ތެދުވެބަލަ ދަރިފުޅާ..މިއީ މަންމައޭ..މިހާރު ޔާނިޢުވެސް މަންމަ ފޯނަށް ގުޅައިފި ދަރިފުޅު ފޯނު ނުނަގައިގެން..މިއަދު ކައިވެނި ކުރާ ދުވަސް ވީމައި ހާދަ ގިނަ ކަންތަކެއްވެސް އެބަހުއްޓޭ ކުރަން.ޔާނިޢު ބުނި ތައްޔާރު ވެގެން ހުންނާށޯ..އެބަ އަންނަމޯ ބަލާ….ދެން ތެދުވޭ..މިހާރު އެއޮއްގެން އަށެއް ޖަހަން ދަނީ..”ހުސްނާގެ އަޑު އިވުމުން ޝަނާޔާ ކަންނެތް ގޮތަކަށް ދެލޯ ހުޅުވާލިއެވެ.

ތެދުވެގެން ފާޚާނައަށް ވަދެ ފެން ވަރާލައިގެން ނިކުމެ ޝޯލް އަޅަން ޑްރެސިން ޓޭބަލް ކުރިމަތީގައި ހުއްޓިލައިގެންހުރި ޝަނާޔާއަށް ވިސްނެމުން ދިޔައީ އެ ފެނުނު ހުވަފެނާއި ދޭތެރޭގައެވެ.އެހެންވީމާ ހޮސްޕިޓަލުން އެ ޒުވާނާ ފެނުން އެއީ ޝަނާޔާއަށް ހީވި ގޮތެއް ނޫންތާއެވެ.އެހެންކަމަށް ވާނަމަ ޝަނާޔާއާއި އެދިމާކުރާ ބިރުވެރި އެއްޗަކީ…”.ނޫން ނޫން.”.އެއީ އެ ޒުވާނާއާއި އަޅާކިޔޭ ވަރަށް ވުރެވެސް ރަޙުމުކުޑަ ނުލަފާ އެއްޗެކެވެ.ޝަނާޔާ ހިތާއި ހިތުން ކިޔާލިއެވެ.

ހިޔާލީ ދުނިޔެއެއްގައި ހުރެ ޝޯލްއަޅަމުން ދިޔަ ޝަނާޔާ ސިއްސައިގެންގޮސް އަތަށް ޕިން ހެރުނީ ޔާނިޢުގެ އަޑު އިވުމުންނެވެ.”މަގޭ ލޯބިކޮޅު އަދިވެސް ތައްޔާރު ނުވަނީތަ؟”.ޝަނާޔާގެ އަތަށް ޕިން ހެރުނު ތަން ފެނުމުން ޔާނިޢު ދުވެފައި އެތެރެއަށް ވަދެގެން އައިސް ޝަނާޔާގެ ޝަހާދަތް އިނގިލި ކުރީގައި އިން ލޭކޮޅު ބޯލުމަށްފަހު ވަރަށް ތަދުވިހޭ އަހާލިއެވެ.ޔާނިޢު ޝަނާޔާ ދެކެ ވާ ލޯބި ފެނިފައި އޭނާއަށް ހުރެވުނީ އަނގައިން ބަހެއް ބޭރުކުރުމަށް ނުކުޅެދިފައެވެ.އެހާ ލޯބިވާ ބައިވެރިއަކު އޭނާގެ ޙަޔާތުގައި ވާއިރު ހުވަފެނުން އެ ފެނުނު ޒުވާނާއަކީ ޝަނާޔާއާއި ކޮން ގުޅުމެއްހުރި ކާކު ހެއްޔެވެ؟އަނެއްކާވެސް ޔާނިޢު އިނގިލީގައި ހިފަހައްޓައިގެން ހުރެ އެ ސުވާލު ތަކުރާރު ކޮށްލުމުން ނޫނެކޭ ބުނެ އަވަހަށް ޕިންޖަހާލައިގެން ޔާނިޢު އާއިއެކު ބޭރަށްދާން ނިކުތެވެ.

ކައިވެނީގެ ވަގުތު ނުތަންވަޅު ވީވަރަކަށް ޝަނާޔާގެ ހިތުގެ ތެޅުން ދިޔައީ އިތުރު ވަމުންނެވެ.އޭނާގެ ދިރިއުޅުމުގެ ވަރަށް މުހިންމު ބައެއް ފަހަތަށް ދޫކޮށްލެވިފައިވާ ކަމުގެ އިޙުސާސުން ޝަނާޔާގެ ހިތުގެ ހަމަޖެހުން ވަނީ ގެއްލިފައެވެ.ހުދުކުލައިގެ އެ ރީތި ވެޑިން ޑްރެސްގައި މަޑު މޭކަޕަކާއިއެކު ޝަނާޔާގެ ރީތިކަން ވަނީ ދެގުނައަށް އިތުރުވެފައެވެ.

،**ނުނިމޭ**

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Noor💙

Level 710 Stories100 Comments100 Login500 Comments

Other Articles

Previous

ފުން އިހުސާސެކޭ 11

Next

ލޯ މެރޭ ހިނދު ހީވޭ ގާތުގާ ވާހެން (33)

Next
May 15, 2017

ލޯ މެރޭ ހިނދު ހީވޭ ގާތުގާ ވާހެން (33)

Previews
May 15, 2017

ފުން އިހުސާސެކޭ 11

52 Comments!

  1. Lim says:
    May 15, 2017 at 4:07 pm

    Vvv salhi mi part vxx.. When next part?

    1. Noor says:
      May 15, 2017 at 4:10 pm

      Thanx Lim..?

  2. Eanal says:
    May 15, 2017 at 4:08 pm

    Nice MI Bai Wx.. ❤
    Kwn Irakun Next Part.. ?

    1. Noor says:
      May 15, 2017 at 4:10 pm

      Thanx Eanal..?

  3. Yaxaa says:
    May 15, 2017 at 4:12 pm

    plz shanaa ge memory aadhebala!!!
    or other wise let me be the owner of that dreamy castle!!
    jiaan if you love me I promise I wouldnt let you go?

    1. Yaxaa says:
      May 15, 2017 at 4:20 pm

      “I have died everyday,waiting for you
      darling don’t be afraid,I have loved you
      for a thousand years,
      and I’ll love you for a thousand more”
      I love that song by christina perri,its asong from twilight!!! seeing that cover pic reminds me of it!!!❤?

    2. Noor says:
      May 15, 2017 at 4:26 pm

      Thanx Yaxaa.shanaa n jian ge loabeega evves baareh huriyyaa they will definitely meet..?

  4. nux says:
    May 15, 2017 at 4:15 pm

    wow v reethi can’t waiting next part avass kohlaathi love you ????

    1. Noor says:
      May 15, 2017 at 4:39 pm

      Thanx nux..?will try dear

  5. max says:
    May 15, 2017 at 4:16 pm

    Vrh salhi ??

    1. Noor says:
      May 15, 2017 at 4:40 pm

      Thanx max.?

  6. Naju says:
    May 15, 2017 at 4:33 pm

    Wow … ?❤❤

    1. Noor says:
      May 15, 2017 at 4:41 pm

      Thanx Naju..?

  7. luhan says:
    May 15, 2017 at 4:33 pm

    Haadha kurey..Ekm vc v reethi..Nxt prt kn irakn??v salhi..??

    1. Noor says:
      May 15, 2017 at 4:42 pm

      Thanx luhan..?will try to up soon

  8. Almaa says:
    May 15, 2017 at 4:53 pm

    V salhi ingey part vx

    1. Noor says:
      May 15, 2017 at 5:00 pm

      Thanx Almaa..?

  9. Anonymous says:
    May 15, 2017 at 5:05 pm

    V salhi??

    1. Noor says:
      May 15, 2017 at 5:13 pm

      Thanx Anonymous…missed u dear..?

  10. Maaisha says:
    May 15, 2017 at 5:06 pm

    V salhi??

    1. Noor says:
      May 15, 2017 at 5:14 pm

      Thanx Maaisha..??

  11. The says:
    May 15, 2017 at 5:10 pm

    Kyvetha jiaan ah naangany Shana memory loss vikan. Please let him know this before marriage!!

    1. Noor says:
      May 15, 2017 at 5:16 pm

      Thanx dear….??

  12. i_far says:
    May 15, 2017 at 7:17 pm

    Maa Shaa ALLAH. V reethi.

    1. Noor says:
      May 15, 2017 at 7:39 pm

      Thanx i_far..?

  13. Arkaa says:
    May 15, 2017 at 7:21 pm

    Oh nooo…alhe shanaa marry kurumuge kurin jiaan ah hageegai egiba n stop that marriage…still yaniu r marry kurias ok ekmvx jiaan r dhn,hehe .nice story

    1. Noor says:
      May 15, 2017 at 7:42 pm

      Thanx Arkaa.?…

  14. Thaa says:
    May 15, 2017 at 7:55 pm

    Wow amazing kihineh baa dhen vaanee

    1. Noor says:
      May 15, 2017 at 7:57 pm

      Thanx Thaa..?next part kiyaalaany dhw

  15. Pinkish says:
    May 15, 2017 at 10:16 pm

    Aslu jiaan lwbivaanama shanaayaa ah ehn nahadhaane.. and lwbivaanama hageegaiy hoadhan ulhunis.. and jinni akaa insaanakaa gulhun e ee vaane kameh noon kanneyge.. hehe.. my views igeyy.. ehchekeyy hynukuraathi.. i think yaaniu is the best guy for shanaayaa… storyy hama habeys.. keep it up.. love it.. ??

    1. Noor says:
      May 15, 2017 at 10:39 pm

      Thanx Pinkish…ya dhw..??

  16. Zee says:
    May 15, 2017 at 10:54 pm

    Vvvvvvvvvvvvvvvvvv salhi

    1. Noor says:
      May 15, 2017 at 11:01 pm

      ❤❤thanx Zee..??

  17. Shee says:
    May 15, 2017 at 11:07 pm

    Wow. amazing. I love it dear. Waiting waiting …..

    1. Noor says:
      May 16, 2017 at 7:06 am

      Thanx Shee..??

  18. Hud says:
    May 15, 2017 at 11:14 pm

    naaaaaaaaaaaaaaaaaaaaaaaaaaice!

    1. Noor says:
      May 16, 2017 at 7:07 am

      Thanx Hud..??

  19. remoo says:
    May 16, 2017 at 12:49 am

    vvv nice

    1. Noor says:
      May 16, 2017 at 7:07 am

      Thanx remoo..??

  20. Eeny says:
    May 16, 2017 at 7:50 am

    Vvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvv nice ?? love your story??

    1. Noor says:
      May 16, 2017 at 8:46 am

      Thanx Eeny..❤❤

  21. lily says:
    May 16, 2017 at 9:30 am

    Ohhh haadha reechey …..noor….thigothuga kuriah…v nice…

    1. Noor says:
      May 16, 2017 at 11:25 am

      Thanx lily..❤❤❤

  22. rim says:
    May 16, 2017 at 9:40 am

    V v v v furihama v v v v v vriiiiithi jiyaan ah hagiigai igey dhuvahun haadha dhera eh vaaney lobiigaa jiyaan evanii dhiivaanaavefa noor bixiinoon na myadhu adhi ehpart up koh dgiiba plx plx plx plx plx plx plx plx plx plx plx kohdhiiiiiiiiiiiiiiiiiiiiiiiiiiiiiii

    1. Noor says:
      May 16, 2017 at 11:27 am

      Thanx rim..ok dear..today i will try..❤❤❤

  23. Anonymous says:
    May 16, 2017 at 10:34 am

    kobaa 10 vana part? adhi alah mi vaahaka mi kiyany.. vvv salhi mivaahka.. waiitng for another part.. up soon..

    1. Noor says:
      May 16, 2017 at 11:29 am

      Thanx dear..asluvestha?but i thought i used to get comments frm u on the previous parts..anyways happy to meet u Anonymous

  24. Faree says:
    May 16, 2017 at 11:14 am

    Alhe haadha reechey waiting for the next part?

    1. Noor says:
      May 16, 2017 at 11:40 am

      Thanx Faree..❤❤❤

  25. Rysh says:
    May 16, 2017 at 12:16 pm

    Yaaniu & Shanaa will be perfect together. By the way Noor keep up the good work.

    1. Noor says:
      May 16, 2017 at 12:43 pm

      Thanx Rysh..❤❤

  26. Anonymous says:
    May 18, 2020 at 5:44 pm

    Aslu Jian aa Shanaayaa aa gulhu v ma habeys vaany ekm vx nice mi part keep it up ??

Comments are closed.

Next Episodeލޯބި ވެވުމުން ……….15←


All Right Reserved!