Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ބިރުވެރިލޯބި

ލޯބި ވެވުމުން ……….13

Noor💙 Level 710 Stories100 Comments100 Login500 Comments
May 14, 2017 6 Mins Read
45 Comments

ޔާނިޢު ކިތަންމެ ޝަނާޔާ ހިތުގައި ސުވާލު އުފެދިދާނެ ކަމެއް ވިޔަ ނުދިނުމަށް މަސައްކަތް ކުރަމުން ދިޔަޔަސް އޮފީހަށް އައިސް ވަނީއްސުރެ ޝަނާޔާގެ ނަޒަރު ހޯދަމުން އެދަނީ ފަރަހާއެވެ.ފަރަހާ އެއްފަހަރުވެސް ޝަނާޔާއަށް ގޮވާލަން ހޮސްޕިޓަލަށްވެސް ނާދެއެވެ.އަނެއްކޮޅުން ފަރަހާގެ ކެބިންގައި އެއިނީވެސް މީގެ ކުރިން ޝަނާޔާ ދަންނަ ކުއްޖެއް ނޫނެވެ.ފަރަހާގެ ފޯނަށްވެސް ގުޅުނު ވަރެއްވެސް ނޭނގެއެވެ.ކުއްލިއަކަށް އެއީ މިހާރު ބޭނުންކުރާ ނަންބަރަކަށް ނުވާންވީ ސަބަބެއްވެސް ނޭނގުނެވެ.

ޝަނާޔާގެ ސިކުނޑިއަށް ބާރުކުރަމުން ދިޔަލެއް ބޮޑުކަމުން އޭނާއަށް ދެއަތުން ބޮލުގައި ހިފަހައްޓައި ލެވުނެވެ.އެވަގުތު ޔާނިޢުގެ ކެބިން އަށް ދާން ދިޔަ އަފާފްއާއި ނިޢުމާއަށް އެމަންޒަރު ފެނިގެން އައިސް ބޭސްއަޅާފައި ހުރި ތަނަށް ތަދުވަނީ ތޯ ސުވާލުކޮށްލިއެވެ.

“ކޮބާ ފަރަހާ؟އޮފީހަކުންވެސް ނުފެނޭ…ފޯނަކަށްވެސް ނުގުޅޭ…”އެމީހުންގެ ސުވާލު އެއްފަރާތް ކޮށްލަމުން ޝަނާޔާ ކޮށްލިސުވާލަކުން އެދެ މިހުންނަށް އެކަކު އަނެކަކަށް ބަލައިލެވުނެވެ.އެވަގުތު ޝަނާޔާގެ ފުރަގަހުން ޔާނިޢުގެ އަޑު އިވިގެން ދިޔައެވެ.”މިއަދު ބްރޭކްވެސް ނުނަގާ ދުވަހަކީތަ؟ހިނގާ އެންމެން އެއްކޮށް ލަންޗުނަގަން ‘ބްރޭކް ވޯޓަރ’ އަށް”.ބަނޑުގައި އަތް ކާއްތާލަމުން ޔާނިޢު ވާހަކަ ދެއްކިއެވެ.

މިވަގުތަށް ޝަނާޔާގެ ސުވާލުތަކުން ސަލާމަތް ވިޔަސް އެއީ ޖަވާބެއްނުދީ ކޮންމެ ފަހަރަކު ދޫކޮށްލެވޭނެ ސުވާލުތަކެއް ނޫނެވެ.ކެއުމަށް އިންސާފު ކުރެވެމުން ދިޔައިރު އެމީހުންގެ މެދުގައި ވަނީ މަރުފަދަ ހިމޭން ކަމެކެވެ.ޔާނިޢު ވިސްނަމުން ދިޔައީ ޝަނާޔާ ސިކުނޑިން ފަރަހާ ނެރެވޭނެ ގޮތަކާއި ދޭތެރޭގައެވެ.ޔާނިޢުގެ އެ ހަމަހިމޭން ކަމުން ނިޢުމާ އާއި އަފާފްއަށް ނެގުނީ އެހެން މާނައެކެވެ.އެމީހުން ހީކުރީ ޔާނިޢު ޝަނާޔާއާއި އެކު އެކަނިވެލަން ބޭނުންވަނީ ކަމުގައެވެ.ޔާނިޢު ޝަނާޔާއަށް އެދިއެދި ހުރި ވަރު އޮފީހުގެ ހަތަރުފާރަށް ދަންދެންވެސް އެނގެއެވެ.އެހެންވެ އަފާފް ވޮޝް ރޫމަށް ދިޔަވަގުތު ނިޢުމާވެސް ބޭރަށް ނިކުތީ ފޯނެއް ކޮށްލަން ކަމަށް ބުނެއެވެ.

އެދެމީހުން ދިޔުމުން ޝަނާޔާ އިނީ ކުޑަކޮށް އެހާލަތަށް އުނދަގޫވެފައެވެ.ނަމަވެސް ޔާނިޢު އެކަނި އެތަނުގައި ބައިންދާފައި ދިޔުމަށް އޭނާގެ ހިތް ދެކޮޅު ހަދަމުން ދިޔައީތީ މަޑުމަޑުން އިސްޖަހާލައިގެން އިނީއެވެ.ޝަނާޔާގެ ހިތްލެނބެމުންދާފަދަ ސިފަތަކެއް ޔާނިޢުގެ ކިބައިގައި ހުރީތީ އޭނާ އިނީ އެ ތޫނު އަސަރުގަދަ ދެލޮލަށް ބަލައިލަންވެސް ނުކެރިފައެވެ.ޔާނިޢުވެސް ޝަނާޔާއަށް ބަލަމުން ދިޔައީ ސިއްރު ސިއްރުންނެވެ.

ދެމީހުންނަށްވެސް އެކީ ކަހަލަ ގޮތަކަށް އެކަކު އަނެކެއްގެ ލޮލަށް ބަލައި ލެވުނެވެ.ޝަނާޔާއަށް ގަތް ލަދުން އިސްޖަހާލެވުނެވެ.ޝަނާޔާގެ އެ ބަލައިލުމުގައިވި ޖާދޫއަކުން ޔާނިޢުއަށް ބޭއިޚްތިޔާރުގައި ޝަނާޔާގެ މަޑުމަޑު ގަނޑުފެންކޮޅެއްފަދަ އަތްތިލައިގައި ހިފާލެވުނެވެ.ޝަނާޔާ އިނީ ލަދުންގޮސް ހަލާކުވެފައެވެ.ޔާނިޢުފަދަ ރީތި މަޑުމައިތިރި ޒުވާނަކަށް ފުރަގަސްދޭން ބޭނުން ނުވާތީ ނޭވާ ހިފަހައްޓާލައިގެން އިނީއެވެ.ޝަނާޔާގެ އެ ހަރަކާތުން ޔާނިޢުގެ ހިތުގެ އުއްމީދު އައު ވެގެން ދިޔައެވެ.އެއީ ޔާނިޢުއަށް ލިބުނު ދަޢުވަތެއްކަން އެނގުމުން އޭނާގެ ހަށިގަނޑުގެ އެންމެ ހިމަ ނާރަށްދަންދެން ޕާޓީކުރަން ފެށިއެވެ

އެދެމީހުންނާއި ދާދި ގާތުގައި އިން ގޮނޑީގައި އިން ޖިއާންގެ ހިތް ޝަނާޔާގެ ބޭވަފާތެރިކަމުން އަލިފާނަށްވެ ވިރެމުންދާއިރު،ޔާނިޢުގެ ހިތަށް އެވަނީ ދިރުން ލިބިފައެވެ.އެ ބައްދަލްވުން ނިމިގެންދިޔައީ ދެވަނަ ބައްދަލްވުމަކަށް ޖާގަ ހުޅުވާލަމުންނެވެ.މަންޒަރު ބަލަން ބޭރުގައި ތިބި ނިޢުމާއާއި އަފާފް އެތެރެއަށް އައުމުން އެންމެން އެއްކޮށް އޮފީހަށް ދިޔުމަށް ހިނގައިގަތެވެ.

ދުވަސްތައް އެގޮތުގައި ފާއިތުވަމުން ދިޔައެވެ.ޝަނާޔާގެ ހިތުގައި ޔާނިޢުގެ ލޯބި ފުންވަމުންދިޔައިރު ޖިއާންގެ އުނދަގޫވެސް އެކި ގޮތްގޮތަށް ފޯރަމުން ދިޔައެވެ.ނިދިން ހޭލެވޭއިރު ހަށިގަނޑުގެ އެތަން މިތަނުގައި ވަކިވެސް ދަމާފަ ހުންނަނީއެވެ.ޝަނާޔާއަށްވެސް އެއީ ރޫޙާނީ ކަމެއްކަން ޔަޤީންވާތީ މީހާ ހުންނަނީ ނެގިމަޑުވެ ބަސްމަދުވެފައެވެ.އެހެންވެ ޔާނިޢު ފެނުނަސް މާކަ މޫޑެއް ނުހުރެއެވެ.އޮފީހަށް ނުގޮސް ސަލާމުގައި ހުންނަ ދުވަސްތައް އެހާ ގިނައެވެ.ޝަނާޔާގެ އުޅުމަށް އައިސްފައިވާ ބަދަލުން ހުސްނާގެ ހިތަށްވެސް ވަނީ ނުތަނަވަސްކަމެއް ވެރިވެފައެވެ.ގިނަވަގުތު ކޮޓަރީގައި ހޭދަކުރާ ޝަނާޔާ ހުންނަނީ ފާޑަކަށް ރުންކުރު ވެފައެވެ.ކިތަންމެ ވަރަކަށް ވާހަކަ ދެއްކިޔަސް ހަމަ އަނގައިންވެސް ނުބުނެ އިނދެ ދާނެއެވެ.އެހެންވެ ހުސްނާ ނިންމީ ޔާނިޢުއާއި ވާހަކަ ދައްކާށެވެ. އަނެއްކާ ދެކުދިން މައްސަލައެއް ޖެހުނީ ކަމަށް ހީކޮށެވެ.

ހުސްނާގެ ވާހަކަ އަޑުއަހަން ތިބި ޔާނިޢު އާއި ފިރާޝާގެ މޫނުމަތީގައިވެސް ވަނީ ހާސްކަމެވެ.ޝަނާޔާއަށް އެވަރުގެ ބޮޑު ބަދަލެއް އަންނަންވީ ސަބަބެއް އެކަކަށްވެސް ނުވިސްނުނެވެ.އެތެރެއަށް ވަދެގެން އައި ޝާހިދު ދިން ޚިޔާލަކުން އެންމެންނަށްވެސް އެކަމާއި ވިސްނާލެވުނެވެ.އާނ އެކެވެ.ދެކުދިންގެ ކައިވެނި އަވަސްކުރަން ވީއެވެ.އޭރުން ޝަނާޔާވެސް ހަމައަކަށް އެޅިދާނެއެވެ.ފަރަހާ އެހާ ކުއްލި ގޮތަކަށް ޝަނާޔާގާތު ބުނެވެސްނުލާ ކައިވެނިކޮށްގެން މެލޭޝިއާ އަަށްދިޔަ ޚަބަރުންވެސް ޝަނާޔާއަށް ވަނީ ވަރަށް އަސަރު ކޮށްފައެވެ.އެންމެ ގާތް ރަޙުމަތްތެރިޔާ އެހެން ކަންތައް ކޮށްލީތީއެވެ.

“ދެން މިވަގުތު ގޮސްލީ..ވީހާވެސް އަވަހަކަށް ކައިވެނި ހަމަޖައްސަން ޝަނާޔާއާއި ވާހަކަ ދައްކާފައި ގުޅާނަން”ފިރާޝާ އާއި ވާހަކަ ދައްކަމުން ދޮރާށިން ނިކުންނަން ދިޔަ ހުސްނާ މަޑުކޮށްލީ ޔާނިޢުގެ އަޑު އިވުމުންނެވެ.”އަޅުގަނޑާއިއެކު ދާން މަޑުކުރޭ…މިނިކުންނަނީ ކާރު ތަޅުދަނޑި ހިފައިގެން.”

ހުސްނާގެ ފަހަތުން ކާރުން ނިކުމެގެން އައި ޔާނިޢުއަށްވެސް ހުސްނާއެކޭ އެއްފަދައިން ފިޔަވަޅުތަކަށް ބާރުލާފައި ޝަނާޔާގެ ކޮޓަރިއަށް ދިޔުމަށް ދުއްވައިގަނެވުނީ ކޮޓަރިތެރެއިން އިވިގެން ދިޔަ ރުއިމުގެ އަޑަށެވެ.ހުސްނާއަށް ގޮސް ދޮރުހުޅުވައިލެވުނު އިރު ޝަނާޔާ އިނީ ކޮޓަރީގެ ކަނަކަށްވަދެ ދެކަކުލުގައި އަތްއަޅައިގެން ބިރުންގޮސް ފިއްކެނޑިފައެވެ.ބާލީސްތައް ޓައިލްސްތައް މައްޗަށް އުކާލެވިފައިވާއިރު އެނދުގައި އަޅާފައިވާ ބެޑްޝީޓްވެސް ވަނީ ފާޚާނާ ދޮރުމަތީގައި އަޅާފައިވާ ފައިފުހި މައްޗަށް ގުޅައަކަށް އެއްލާލާފައެވެ.ހުސްނާއަށް ހުރެވުނީ އެތެރެއަށް ވަންނަން ފިޔަވަޅެއްވެސް ނަގަން ނޭނގިފައެވެ.އަނެއްކާ އޭނާގެ ދަރިފުޅަށް ކުރިމަތި ވެފައިއެވަނީ ކޮންފަދަ ތޫފާނެއްބާވައޭ ހިތަށް އަރާ ދޮރުގެ ތަޅުގައި ހިފަހައްޓާފައި ހުރި އަތްވެސް ތުރުތުރު އަޅަމުން ދިޔައެވެ.

ފަހަތުގައި ހުރި ޔާނިޢު ހުސްނާގެ ކޮނޑުގައި ދެއަތުން ހިފަހައްޓައިގެން ހުސްނާ ގޮވައިގެން އެތެރެއަށް ވަނެވެ.ޝަނާޔާގެ ބޮލުގައި ބުރުގާވެސް ނެތްތަނުގައި އޭނާގެ ބޮޑު އިސްތަށުގަނޑުން ކަނދުރާގައި ރަތްވެފައި ހުރިތަން ފޮރުވަން މަސައްކަތްކުރަމުންދާތަން ޔާނިޢުއަށް ކިތަންމެ ރަނގަޅަކަށްވެސް ފެނުނެވެ.އެ މަންޒަރުފެނި ޔާނިޢުގެ ހިތަށް ކިތަންމެ ތަދުވީނަމަވެސް ހުސްނާއަށް އެތަން ފެނުމުގެ ކުރިންގޮސް އެނދު ބިއްދަށުގައި އޮތް ބުރުގާ ނަގައިގެން އައިސް ޝަނާޔާގެ ބޮލުގައި އަޅައިދިނީ ނުހަނު ލޯބިން އޯގާތެރިކަމާއި އެކުގައެވެ.އޭރުވެސް ޝަނާޔާގެ ބޮޑުދެލޯ ހުއްޓިފައިވަނީ ކުރިމަތީގައި ހަތަރުމޮއްގަނޑު ޖަހައިގެން އޮތް ބިރުވެރި ސޫރައަށވެ.އޭތީގެ ދަހިވެތި ނަޒަރު ހުއްޓިފައިވަނީ ޝަނާޔާގެ ހަށިގަނޑަށެވެ.

ގަނޑުވެފައި ހުރި ހުސްނާވެސް ހޭވެރިކަން ވުމުން އައިސް ދަރިފުޅުގެ ފިނިވެފައިވާ ހަށިގަނޑުގައި އޮޅުލައިގަނެފައި ރޮއިގަތެވެ.ދަރިފުޅަށް ޖެހިފައިވާ މުސީބާތެއްގެ ބޮޑުކަމާއިހުރެ ހިތުގައި ޖެހިޖެހިފައި ރޮވެމުންދިޔަ ހުސްނާ ހިތްވަރުކޮށްފައި ކަރުނަ ފޮހެލަމުން ހިތަށް އާއިހާ ހެޔޮ އެއްޗެއް ކިޔަން ފެށިއެވެ. އެވަގުތު ޝަނާޔާގެ ކުރިމަތީގައި އޮތް ޖިއާންގެ ބިރުވެރި ސޫރަވެސް ގެއްލުނެވެ.

ޝަނާޔާގެ ލޯބީގައި ފިދާވަމުންދިޔަ ޖިއާން ޝަނާޔާގެ ދިރިއުޅުން ޒަހަރަށް ހަދަމުންދާއިރު އެކަމުގައި ޝަނާޔާގެ އެއްވެސް ކުށެއް ނެތި ވެސް ހިނގައިދާނެ ކަމަށް ހަމަ ކުޑަކޮށްވެސް ވިސްނާ ނުލައެވެ.އޭނާ ޤަބޫލުކުރާ ގޮތުގައި ޝަނާޔާއަކީ ބޭވަފާތެރިއެކެވެ.ކެހިވެރިއެކެވެ.ޝަނާޔާއަށް އެއްވެސް މީހެއްގެ ލޯބި ލިބިގެން ނުވާނެއެވެ.ޝަނާޔާއަކީ ލޯތްބަށް ހުރި ހުތުރެކެވެ.ނަމަވެސް އެންމެ ބޮޑު އަޖައިބަކީ ޝަނާޔާދެކެ އެވަރަށް ލޯބިވި މީހަކަށް ޝަނާޔާއަށް ވޭންތަކެއްދޭން ހަމަ އެއްވެސް ޖެހިލުމެއް ނުވާތީއެވެ.ޝަނާޔާގެ އެ ބީރަށްޓެހި ކަމުގެ ފުރަގަހުގައި ފޮރުވިފައިވީ ޙަޤީގަތް ހޯދަން އެންމެ ފަހަރަކުވެސް މަސައްކަތް ކުރިނަމަ ޔަޤީނުންވެސް އެކަން ހޯދަން އެންމެ ފަސޭހަ މީހަކަށް ޖިއާން ވީސް ކަން ޤައިމެވެ.އެހެނެއްކަމަކު އެންމެ ނުވިސްނޭ މީހުން ފަދައިން ޖިއާން އިޚްތިޔާރު ކުރީ ނަފްރަތުގެ މަގެވެ.އެކަމުގައި ހުރިހާ ވޭނެއް ތަޙައްމަލް ކުރަމުން އެދަނީ އޭނާ އެކުއްޖެއް ދެކެ އެންމެ ލޯބިވި ކުއްޖާއެވެ.

“ދަރިފުޅާ!މަންމަ އަށް ސިއްރުނުކޮށް ހުރިހާ ވާހަކައެއް ކިޔާދީބަލަ..މަންމަގެ ހިތް ހާދަ ބިރުގަނެއޭ އެބަ…އަނެއްކާ ދަރިފުޅަށް އެއްޗެއް އުނދަގޫ ކުރަނީތަ…މަންމަ އަށް ބުނެދީބަލަ”.ހުސްނާގެ ވާހަކަ އަޑު އަހަން އެނދުގައި އިން ޝަނާޔާ އިނީ ހަދާނެ ގޮތް ހުސްވެފައެވެ.އޭނާއަށް ކުރިމަތިލާން ޖެހިފައި އެވާ ކަންތަކަކީ ދަރިއަކަށް މަޔަކާއި ހިއްސާކުރަން ފަހަރެއްގައިވެސް ފަސޭހަ ވާނެ ކަމެއް ނޫނެވެ.ޝަނާޔާގެ ހަމަ ހިމޭންކަމުން ޔާނިޢުގެ ހިތަށް އުނދަގޫވިޔަސް އޭނާ ބޭނުންވީ ޝަނާޔާ އެ ޙާލަތުން ނެރެދޭށެވެ.

“ހޭއި…އަނެއްކާ ސުޖޭ ދެއްކި ވާހަކަ ނާޔާ ޤަބޫލުކުރީތަ؟ދެން އޭނަގެ ގޮތްު އެނގެއެންނު ..އަބަދުވެސް ކޮންމެވެސް މީހަކު ތަޅުވަން އުޅޭނީ…ފަޒީ އާއި މަށާ އެއްވެސް ގުޅުމެއް ނޯންނާނެ..ދެން ހަމަޖެހިލަ ބަލަ..މަ ކުޑަކޮށްވެސް ހިއެއް ނުކުރަން ނާޔާ އެވާހަކަ އެހާ ސީރިއަސްކޮށް ނަގައިފާނެ ކަމަކަށް.އެހެންވެ ފަހުން އެވާހަކަ ނުދެއްކީވެސް”.ޝަނާޔާއަށް އިނދެވުނީ ފެންކަޅިވެފައިވާ ދެލޮލުން ޔާނިޢުއަަށް ބަލަހައްޓައިގެންނެވެ.ޔާނިޢުގެ ވާހަކަ އަޑުއަހާފައި ހުސްނާވެސް ހަމައަކަށް އެޅުނެވެ.އެއީ ޔާނިޢު އެ ދެއްކި ވާހަކައިން ދަރިފުޅުގެ މިޒާޖަށް އެފަދަ ބަދަލުތަކެއް އައުމަކީ ވެދާނެ ކަމަކަށްވާތީއެވެ.ދަރިފުޅުގެ ލޮލުގައި ފޮރުވިފައިވި ބިރު ހުސްނާއަށް ވެސް ވަނީފެނިފައެވެ.ނަމަވެސް މިވަގުތު ދެކުދިން ވާހަކަ ދައްކާލަން ފުރުސަތު ދެމުން ކޮޓަރިން ނިކުންނަން ދިޔަ ހުސްނާ ދިޔައީ ޓައިލްސްތައް މަތީ އޮތް ދެ ބާލީސް ނަގައި އެނދުމަތީ ބާއްވާފައެވެ.

ހުސްނާ ދިޔުމުން ޔާނިޢު ވަރަށް ލޯބިން ޝަނާޔާގެ ދަތްދޮޅީގައި ހިފައި އުފުލާލުމަށްފަހު ރޮއިރޮއި ވަރުބަލިވެފައިވާ ޝަނާޔާގެ އެ ރީތި ދެލޮލަށް ބަލައިލިއެވެ.ލޯބިން ފުރިގެންވާ ނަޒަރަކުންނެވެ.އެ ދެލޮލުގެ ތެރެއަށް ފީނިވަރަކަށް ވޭނާއި ހިތްދަތިކަމާއި ބިރުނޫން އެއްޗެއް އޭނާައަކަށް ނުފެނުނެވެ.ޔާނިޢު ގެ އަޅާލުމާއި އޯގާތެރިކަން ފެނިފައި ޝަނާޔާއަށް ބޭއިޚްތިޔާރުގައި ޔާނިޢުގެ ގައިގައި ބައްދައިގަނެ ރޯން ފެށުނެވެ.އޭނާގެ ވޭނުން ފުރިފައިވާ ހިތަށް ފަރުވާއެއް ދެވޭނެ ހަމަކަނި މީހަކީ ޔާނިޢުކަމުގައި ތަކުރާރުކޮށް އޭނާގެ ހިތް ބުނަމުން ދިޔައިރުވެސް ޔާނިޢުއާއި ދުރުން ދުރުން އެއުޅުނީ އޭނާގެ ޙަޔާތަށް އެޅިފައިވާ ކަޅުވިލާގަނޑުގެ ސަބަބުން ޔާނިޢު ޝަނާޔާ ދޫކޮށްލަ ފާނެކަމަށް ގަތް ބިރަކުންނެވެ.

“އަހަރެން ނާޔާދެކެ ވަރަށް ލޯބިވޭ…ކޮންކަމެއް އަހަންނަށް ތި ސިއްރު ކުރަނީ…އަހަރެންގެ ލޯތްބަށް އިތުބާރު ނުކުރެވެނީތަ؟އަހަރެން ކޮންމެ ޙާލެއްގައި ވިޔަސް މަގޭ ފުރާނަފަދަ ލޯބިވާ ކުއްޖަކު ހިމާޔަތްކުރަން ފަސް ޖެހިދާނެ ކަމަށް ހީވަނީތަ؟އަހަންނަކަށް ނޭނގެ ނާޔާ އަހަންނަށް އިތުބާރު ކުރާނީ ކިހިނެތް ހެދިއްޔާ ކަމެއް..އިނގޭހާވެސް ކަމަކީ ނާޔާ ތި ބިރުވެރި ކަމުގައި އުޅޭތަން ބަލަން އިތުރަކަށް ދެން ކެތެއް ނުވާނެކަން…މަންމަމެންވެސް ބޭނުމީ އަހަރެމެންގެ ކައިވެނި ވީހާވެސް އަވަސްކުރަން…މަންމައާއި އެއްކޮށް ގެއަށް މި އައީވެސް އެ ވާހަކަ ދައްކަން..ނާޔާއަށް ހީވަނީތަ ތި ސިއްރުކުރާ ކަމެއް އެނގިއްޖެނަމަ އަހަރެން ކައިވެންޏަށް އިންކާރު ކުރާނެ ކަމަށް.”ޔާނިޢުގެ މޭގައި މޫނު ފޮރުވައިގެން އިން ޝަނާޔާ ޔާނިޢު އާއި ތަންކޮޅެއް ދުރުވެލަމުން އެނދުން ތެދުވެގެން ގޮސް ކޮޓަރި ދޮރު ތަޅު ލުމަށްފަހު ޔާނިޢު އާއި ކުރިމަތި ލިއެވެ.ޔާނިޢުގެ ލޯބިވެތި އޯގާތެރި ބަސްތަކުން އޭނާއަށް ހިތްވަރު ލިބިފައިވާ ކަހަލައެވެ.ޝަނާޔާގެ ހަރަކާތްތަކުން މާނައެއް ނަގަން ނޭނގިފައި އިން ޔާނިޢުއަށް ޝަނާޔާއަށް ބަލަހައްޓައިގެން އިނދެވުނީއެވެ.

ޝަނާޔާ ގެ ބޮލުގައި އަޅާފައިހުރި ބުރުގާ ނަގައި ލާފައި ހުރި ބޮޑު ކަޅު ހެދުން ބޭލުމަށްފަހު އައިސް ޔާނިޢުގެ ކުރިމަތީގައި ހުއްޓިލިއެވެ.ޝަނާޔާގެ ބަނޑާއި ދެއަތާއި ކަނދުރާއާއި މޭމަތީގައި ދަމާފައި ހުރި ވަކިތަކުން އޭނާ ބަރުދާސްތު ކުރަމުން އެދާ ވޭން ކިތަންމެހާވެސް ސާފުކޮށް އެނގެއެވެ.ޔާނިޢުއަށް އެއީ އިންސާނެއްގެ ކަމެއް ނޫންކަން ޔަޤީން ވިއެވެ.އޭނާއަށް ޤަބޫލުކުރަން ދަތިވެފައި ހުރެ ޝަނާޔާގެ މިލާފައިވާ މޫނަށް ބަލައި ލެވުނެވެ.ފެންކަޅިވެފައިވާ ޙާލު ޝަނާޔާ އިސްދަށަށް ޖަހާލަމުން ވާހަކަ ދެއްކިއެވެ.

“އަދި މިއަދު އެ ބިރުވެރި އެތި ހަމަލޮލަށް މިފެނުނީ…ކިތަންމެ ދުވަހެއް ވެއްޖެ ފަހަތުން ހިޔަންޏެއް އުޅޭހެން ހީވަނީ..މީގެ ހަފްތާއެއްވަރު ކުރިން ފުރަތަމަ ވަކިދަމާފަ ހުއްޓަ ފެނުނީ…އަނެއްކާވެސް މިއަދު ހެނދުނު ފެންވަރަން ވަތްތަނުން ފެނުނީ…އެއީ ހަތަރު މޮއްގަނޑު ޖަހައިގެން އޮތް ބިރުވެރި އެއްޗެއް.އަހަންނަށް ހީވަނީ އޭތި އަހަރެން ދުނިޔެއިން މޮޔަކޮށްލާނެހެން.މިއަދު ޔާނިޢުއާއި މަންމަ ނައިނަމަ އޭތި އަހަރެން ނޮޅައިގެން ކާލީސް ކަންނޭނގެ”

ޝަނާޔާ ރޮއިރޮއިފައި ކިޔައިދިން އިރު ޔާނިޢުއަށް ހީވީ ބުރުމާއަކުން އޭނާގެ ހިތް ތޮރުފަމުން ދިޔަހެންނެވެ.ޝަނާޔާއަކީ އޭނާގެ ހަށިގަނޑުގެ އެއްބަޔެވެ.އެހެން ފިރިހެނަކު އެ ހަށިގަނޑުގައި ބީހުން އެއްފަރާތުގައި އޮއްވާ،ޝަނާޔާއަށް ކަތިނަޒަރަކުންވެސް ބަލާލުމަށް އޭނާ ނޭދޭއިރު ޝަނާޔާގެ ހަށިގަނޑުގައި އެހާ ރަޙުމުކުޑަގޮތަކަށް ދަމާފައި ހުރި ވަކިތައް ފެނުމުން ޔާނިޢު ހުރީ ކިރިޔާ ހަމައިން ނުނައްޓައެވެ.އޭނާ ޝަނާޔާގެ ހާމަކަން ބޮޑު ހަށިގަނޑުގައި ދެއަތުން ވަށާލަމުން ބައްދާލީ އެ ހިތަށް ކޮށްފައިވާ އަސަރެއްގެ ބޮޑުކަމުންނެވެ.ނަމަވެސް ހަމަ އެވަގުތު ގާތްވެވިފައިވަނީ މާބޮޑަށްކަން ދެމީހުންނަށްވެސް އިޙްސާސްކުރެވުމުން ނޭވާ ހަމައަކަށް އަޅުވާލަމުން ޔާނިޢު ޝަނާޔާއާއި ދުރަށް ޖެހިލުމަށްފަހު ހެދުން ނަގާ ޝަނާޔާއަށް ދިއްކޮށްލަމުން ފުރަގަސް ދިނެވެ.ޝަނާޔާވެސް ހެދުންލާ ބުރުގާ ނަގާ ބޮލަށް މަހާލަމުން ވާހަކަ ދެއްކިއެވެ.

ި”ޔާނިޢު..ޕްލީޒް މަންމައަށް މިކަން ސިއްރު ކޮށްދީ..މަންމައަށް އެނގިއްޖެނަމަ މަންމަގެ ހިތްވެސް ހުއްޓިދާނެ”ޝަނާޔާގެ އަޑުއިވުމުން ޔާނިއު އެނބުރި ޝަނާޔާ ގެނެސް އޭނާގެ އަތުތެރެއަށް ލަމުން ވަރަށް ލޯބިން ޝަނާޔާއާއި ވާހަކަ ދެއްކިއެވެ.”ނާޔާ އަހަންނަށް އިތުބާރު ކުރޭ…ތީ އަހަރެންގެ ލޯބި…ހިތާއި ފުރާނަ…އަހަރެންގެ ހަށީގައި ފުރާނަ ހުރިހާ ހިނދަކު އަހަރެން ނާޔާއާއި އެކުގައި ވާނަން..އަދި ހިމާޔަތް ކުރާނަން…މިރޭވެސް މަގޭ ލޯބިކޮޅު އެތޫނު ވަކިތަކާއި ޙަވާލުކޮށްފަ ގެއަށް ދާކަށް ހިތެއް ނުރުހޭ…ކިހިނެތް ހަދާނީ…އެންމެ އަވަހަށްވެސް ކައިވެނި ކުރެވޭނީ ހަތް ދުވަސް ފަހުން…ލޯބިކޮޅު ތިހާލަށް ދޫކޮށްލާފަ ގޮސް އަހަންނަށް ކިހިނެތް ލޮލަށް ނިދި އަންނާނީ.”

ާޔާނިޢުގެ މޭގައި މޫނު ފޮރުވައިގެން ހުރި ޝަނާޔާވެސް ޔާނިޢުއާއި ވަކިވާކަށް ބޭނުމެއް ނުވެއެވެ.އަނެއްކޮޅުން އޭތި މިރޭވެސް ޝަނާޔާއާއި ދިމާުކުރާނެ ކަންނޭނގެއެވެ.ހިތަށްއެރި އެއްޗަކުން ނޫން..ނޫން އަހަރެން އެކަނިކޮށްފަ ނުދާށޭ ކިޔައި ޝަނާޔާަށް ރޮއިގަނެވުނެވެ.ޝަނާޔާ ބިރުންގޮސް ހިފަހައްޓާފައި ހުރިލެއް ބާރުކަމުން ޔާނިޢުގެ ގަމީހުގެ މޭމަތީގައި ހުރި ގޮށްތަށްވެސް ހީވަނީ އުފުރައިގެން އައިސްފާނެ ހެންނެވެ.

“މަންމަ ޤަބޫލުވާނެތަ އަހަރެން މި ރޫމްގަ ނިދަން….”ޝަނާޔާގެ ކަރުނަތައް ފޮހެލައިދެމުން ޔާނިޢު ވާހަކަ ދެއްކިއެވެ.އެވަގުތު ޝަނާޔާއަށްވެސް ޔާނިޢުއަށް ބަލައި ލެވުނެވެ.އެ ސުވާލުގެ ޖަވާބު ދެ މީހުންނަށްވެސް އިނގޭތީ އިތުރު ގޮތެއްވެސް ނެތުމުން ޔާނިޢު ގެއަށް ދިޔުމަށް ޝަނާޔާގެ ރޫމުން ނިކުތްތަނާ ކުއްލިއަކާ ބޯކޮށް ވާރޭ ވެހެންފެށީ ހީވެސް ނުކޮށް ތިއްބައެވެ.އޭރު ގަޑިން ރޭގަނޑު 11 ޖަހަން ދަނީއެވެ.ކުއްލިއަކަށް ޖަހާލި ބާރުގަދަ ގުގުރިއަކާއި އެއްކޮށް މުޅިތަން އަލިވެގެން ދިޔައެވެ.ގެއަށް ދާން ނިކުތް ޔާނިޢު، ސިޓީންގ ރޫމުގައި އިން ހުސްނާއަށް ފެނުމުން ދިޔަނުދީ ހުއްޓުވިއެވެ.އެހާ ބޯކޮށް ވާރޭވެހި ވިދާ ގުގުރަނިކޮށް ކާރުގައި ވިޔަސް މަގުމައްޗަށް ނިކުތުން ރައްކާތެރި ކަމަކަށް ނުވާނެތީއެވެ.

“އެކަމަކު މިރޭ ވާރޭ ހުއްޓާނެ އިރެއްވެސް ނޭނގޭ…އެހާލަހުން ގެއަށް ގޮސް ނިދައިގެން ޔާނިއުއަށް ހެނދުނާ އޮފީހަށް ދާންވެސް ނުހޭލެވޭނެ މަންމާ”.ޔާނިޢު ޝަނާޔާގެ ގާތުގައި ބަހައްޓަން ބޭނުންވާލެއް ބޮޑުކަމުން ޝަނާޔާ ފުރުސަތުގެ ބޭނުން ކޮށްލިއެވެ.”މިގޭގަވެސް ނިދި ދާނެއްނު..ޔާނިޢު މަންމައަށް ގުޅާލާފަ އެކަމަކު ބުނެލާތި…އެހެން ނޫނީ ތަނެއްގައި ވިއްސާރައިގައި ޖެހުނީކަމަށް ހީކޮށް މަންމަ ކަންތައް ބޮޑުވެގެން އުޅޭނެ.”ހުސްނާގެ ވާހަކަ އަޑުއަހާފައި ޔާނިޢު ޝަނާޔާައަށް ބަލައިލަމުން އެއްމިޔަކަނުން ހިނިތުންވެލިއެވެ.ދެމީހުން އެކުގައި ގޮސް ކޮޓަރިއަށް ވަތްތަނާ މަންމަ ގޮވާލި އަޑު އިވިގެން ޝަނާޔާ ބޭރަށް ނިކުތްއިރު ހުސްނާ ގޮސް އޭނާގެ ކޮޓަރިއަށް ވަންނަނީއެވެ.

ޝަނާޔާ މަންމަ ފަހަތުން ގޮސް ކޮޓަރިއަށްވަނެވެ.ހުސްނާއަށް ދަރިފުޅު ފެނުމުން ވާހަކަ ދެއްކިއެވެ.”ދަރިފުޅާ!ކިތަންމެ އަވަހަށް ދަރިފުޅުމެންގެ ކައިވެނި ކުރުމަށް ހަމަޖެހިފައި ވީނަމަވެސް އަދި ކައިވެނި ނުކުރެވޭކަން ހަނދާން ކުރާތި..މާދަމާވެސް ކަންތައްތައް ބަދަލުވެދާނެ ގޮތެއް އެކަކަށްވެސް ބުނާކަށް ނޭނގޭނެ.ހީކުރަން މަންމަ ލަދުގަންނަން ޖެހޭ ވަރުގެ ކަމެއް ދަރިފުޅު ނުކުރާނެ ކަމަށް.މަންމަ މި އޮށޯންނަނީ…ދަރިފުޅު ރޭގަނޑު ފެން ނުބުޔަސް ޔާނިޢު ފެން ބޯން ބޭނުން ވެދާނެ..ކޮޓަރިއަށް ފެންފުޅިއެއް ލާފައި ބައިންދާތި.”

ޝަނާޔާގޮސް ފެންފުޅިއެއް ހިފައިގެން ކޮޓަރިއަށް ވަދެ ދޮރުލައްޕާ ތަޅުލި އަޑަށް އެނދުގައި އިށީނދެލައިގެން ފޯނާކުޅެން އިން ޔާނިޢުއަށް ސިހިފައި ޝަނާޔާއަށް ބަލައިލެވުނެވެ.

**ނުނިމޭ***

Share Article

Follow Me Written By

Noor💙

Level 710 Stories100 Comments100 Login500 Comments

Other Articles

Previous

ޝައިން (ޕާޓް_24)

Next

ކަކުނި 15

Next
May 14, 2017

ކަކުނި 15

Previews
May 14, 2017

ޝައިން (ޕާޓް_24)

45 Comments!

  1. i sher says:
    May 14, 2017 at 8:28 pm

    Vvvv reethi..

    1. Noor says:
      May 14, 2017 at 8:44 pm

      Thanx i sher..???

    2. siu says:
      May 15, 2017 at 11:44 am

      Plx send new part can’t wait plxxxxxx

    3. Noor says:
      May 15, 2017 at 2:54 pm

      In sha Allah today i will up next part

  2. Sidhu says:
    May 14, 2017 at 8:31 pm

    Amazing…????

    1. Noor says:
      May 14, 2017 at 8:44 pm

      Thanx Sidhu..???

  3. yaana says:
    May 14, 2017 at 8:42 pm

    Me first:::: v v varah reethi mi part ves…☺☺☺☺☺

    1. Noor says:
      May 14, 2017 at 8:46 pm

      Thanx yaana

    2. Noor says:
      May 14, 2017 at 8:46 pm

      ???

  4. AKI says:
    May 14, 2017 at 8:42 pm

    varah reethi mi vaahaka dhen konirakun up kohla dhey nee

    1. Noor says:
      May 14, 2017 at 8:48 pm

      Thanx AKI..hopefully tuesday night.???

  5. luhan says:
    May 14, 2017 at 9:13 pm

    V v salhi..Salhi ingey..??

    1. Noor says:
      May 14, 2017 at 9:15 pm

      Thanx luhan..???

  6. Zee says:
    May 14, 2017 at 9:21 pm

    Vvv reethi mipart ves

    1. Noor says:
      May 14, 2017 at 9:23 pm

      Thanx Zee..???

  7. nuz says:
    May 14, 2017 at 9:26 pm

    v reethi mihaaru thigendhaa goeh well done noor n dhemeehun dhuru nukuruvahchey ??????

    1. Noor says:
      May 14, 2017 at 9:30 pm

      Thanx dear..Shanaayaa ge hiy hurihaaves echchaky..ehiy badhalu nuvejiyyaa dhw..???

  8. Chum handi says:
    May 14, 2017 at 9:31 pm

    gorgeous…. waiting for the nxt prt…

    1. Noor says:
      May 14, 2017 at 9:32 pm

      Thanx dear.???

  9. nonns says:
    May 14, 2017 at 9:45 pm

    Wow noor. Keep it up. Mihaaru heevey kuriah vureh maa bodahvves reethihen. Next part thankolheh avas kollevidhaane tha. Pls pls pls pls

    1. Noor says:
      May 14, 2017 at 9:49 pm

      Thanx nonns.will try dear.???

  10. princess says:
    May 14, 2017 at 10:00 pm

    OMG v v v reeti ekamaku haada kurey dear noor avahah digukoh genes dehchey???

    1. Noor says:
      May 15, 2017 at 6:44 am

      Thanx dear..?

  11. i_far says:
    May 14, 2017 at 10:12 pm

    Salhi. But sanaya ah aslu mammage room ga ves oveveynedhoa. Ebai ehaa kamakunudhey. But story v reethi

    1. Noor says:
      May 15, 2017 at 6:46 am

      Thanx dear..?n good point..will try to avoid such things..

  12. lily says:
    May 14, 2017 at 10:32 pm

    Wow v reethi nimunu gohves ney gunu reethikamun noor keep it up….

    1. Noor says:
      May 15, 2017 at 6:46 am

      Thanx dear..?

  13. sheni says:
    May 14, 2017 at 10:45 pm

    salhi vaahaka..ekam haadha aniyaa e??? good luck for next part Noor.. ??

    1. Noor says:
      May 15, 2017 at 6:47 am

      Thanx dear..?

  14. Hud says:
    May 14, 2017 at 10:50 pm

    Noooooor…!! This part is also v v v nice.. please upload next part soooooon..

    1. Noor says:
      May 15, 2017 at 6:47 am

      Thanx dear..?

  15. Princess Yaa says:
    May 14, 2017 at 11:37 pm

    Woww haadha reehchey. ??? Noor u r the best. I really like this story. ??

    1. Noor says:
      May 15, 2017 at 6:47 am

      Thanx dear..?

  16. jj says:
    May 14, 2017 at 11:45 pm

    mee varah thaakunthaaku nujehey vaahaka eh. i mean concept. jiaan abadhu sanaya kaireega ulhey iru engeyne dho memory loss vefa kan. thi noon uzureh dhakkaafa 2 meehun dhurukuruvinama maa reethi vees.
    dhen zuvaan anhen dhari eyna ge loabiveriyaa aa eky room share kuran gotheh huri maeh huhdha eh nudheyne kan yageen.

    1. Noor says:
      May 15, 2017 at 6:51 am

      Thanx dear..?aslu shanaayaa ge memory loss vikan jian ah engunas eyna ekan gaboolukuran beynun nuvany…dhen fahun bunefa in kanthah i also agree…will try to avoid ekahala kanthahthah…

  17. Nayaa says:
    May 15, 2017 at 10:13 am

    Beautiful story keep it up noor?

    1. Noor says:
      May 15, 2017 at 10:59 am

      Thanx Nayaa..?

  18. Nayaa says:
    May 15, 2017 at 10:15 am

    Woe v nice mi partvx?

    Wow v nice mipartvx

    1. Noor says:
      May 15, 2017 at 11:00 am

      Thanx Nayaa..?

  19. Rainy princess says:
    May 15, 2017 at 10:20 am

    Stry vara salhi..ekam shanaya nd jiaan dhuru kohleema vara dhera 🙁 ekam insiakaa jinni aka ekeega nuves ulheveyne dho.?

    1. Noor says:
      May 15, 2017 at 11:01 am

      Thanx Rainy princess..?lets c dhw wat happens at the end

  20. brother says:
    May 19, 2017 at 8:58 pm

    How do I knw where is the starting and can I get pdf version of the story (any)

  21. Aarny says:
    May 20, 2017 at 6:13 pm

    aslu ves nidhaafa ona iru jinnin vaki alhaa tha???

    1. brother says:
      May 21, 2017 at 11:37 am

      Ann alhaane. Jinni v high tech vaane…!!!

  22. No name? says:
    May 18, 2020 at 5:22 pm

    Jian aa Shanaayaa aa gulhuvaaba eyrun mi vhk maa reethi vaane.. Ekm vx Mi part vx hadi eh noon??

Comments are closed.


All Right Reserved!