Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރިލޯބި

ކަކުނި 15

ShaiShy Level 410 Stories100 Comments500 Comments
May 14, 2017 9 Mins Read
47 Comments

” އީތަން!..” ދެލޯ ހުޅުވާލަމުން ކައިޝާ އެންމެ ފުރަތަމަވެސް ގޮވާލީ އީތަންއަށެވެ. ކަނު އަނދިރިކަމުން ތަނެއް ދޮރެއް ވަކިނުވާއިރު ބިރުން މީހާ ތުރުތުރުލަމުން ދިޔައެވެ. ކައިޝާ ދުވެފައި އެއަނދިރި ކޮޓަރިން ނިކުމެގެން ބޭރަށް ދުއްވައިގަތްވަގުތު މީހެއްގެ ގައިގައި ޖެހިފައި ވެއްޓެން ދިޔައެވެ. ނަމަވެސް އެމިހަކު ހުށިޔާރު ކަމާއެކު ކައިޝާ ނަގާ ސީދާކޮށްލިއެވެ. ކައިޝާ އެމީހާގެ މޫނަށް ބަލަހައްޓައިގެން ހުރީ ޤަބޫލުކުރަންދަތިވެފައެވެ. “މަންމާ!..ކިހިނެއްމިތާ؟..ކާކު މަންމަ މިތަނަށް ގެނައީ؟..ޔަޤީނޭ އެއީތަންކަން..ވަރަށް ނުލަފާ މީހެއް އެއީ…” ކައިޝާ ރޮއެގަންނަމުން މަޖުދާގެ ގައިގާ އޮޅުލައިގަތެވެ. ކައިޝާގެ ބުއްދިވެސް ފިލާދާވަރު ވެއްޖެއެވެ. އަނެއްކާ އިތަން އެއުޅެނީ އޭނަގެ މަންމައަށްވެސް އެފަދަ ހާލެއްޖައްސަން ހެއްޔެވެ؟ ކައިޝާއަށް ކުރެވުނު ޚިޔާލަކުން މެއަށް ނުބައި ގޮތްތަކެއް ވެއްޖެއެވެ. އީތަންގެ ރަހުމެތް ނެތްކަން އޭނައަށްވަނީ ފެނިފައެވެ. އެހެންކަމުން އޭނައަށް ޖެހުނުފަދަ ހާލެއް މަންމައަށް ޖެހެން ކައިޝާއެއް ބޭނުމެއް ނުވެއެވެ. “ދަރިފުޅު ކީކޭ ތިކިޔަނީ؟..އީތަންއޭ؟…އެކަމަކު ދަރިފުޅަށް އިނގޭތަ…………..”  ” އާނ އެނގޭ އެއީ ނުބައި ޖަނަވާރެއް ހަމަ..އަޅުގަނޑު ގެންގޮސް ކޮންމެސް ގެއަކަށްލާފައި އައްސާފަ ބެހެއްޓީ..މަންމައަށް އިނގޭތަ އަޅުގަނޑު ބަރަހަނާކޮށްފަ އެތަނުގައި އެއްސީވެސް ދެން..ދެން..އައީ ބައިވަރު ފިރިހެނުން..އަޅުގަޑަށް ނުކެރޭނެ ކިޔައިދޭކަށްވެސް…މަންމާ ޕްލީޒް އަޅުގަނޑު މިތަނުން ގެންދޭ..ގެއަށް ދާން ބޭނުންވަނީ މިކޮޓަރި ވަރަށް އަނދިރި އަނެއްކާވެސް އީތަން އަންނާނެ އަޅުގަނޑު ބަލާ..މަންމާ..” މަޖުދާގެ ވާހަކަ މެދުކަނޑާލަމުން ކައިޝާ ރޮމުން ގިސްލަމުން ޒިއަދަންގެ އެނުބައި އަމަލުތައް ކިޔައިދިނެވެ. ނަމަވެސް ހުރިހާ ބަދުނާމެއް އެޅުވުނީ އީތަންގެ ބޮލުގައެވެ. މަޖުދާވެސް ހިނދުކޮޅަކަށް ވާނުވާނޭނގިފައި ހުރެވުނަސް އޭނަގެ ދަރިފުޅު އެފަދަ ބޮޑު ވާހަކެއް އެއްވެސް ހެއްކެތްނެތި ނުދައްކާނެކަން ވިސްނުނެވެ. މަޖުދާ ކައިޝާގެ ބޮލުގައި ފިރުމާލިއެވެ. ކައިޝާ ލައިގެން ހުރި ހެނދުމުން ހިސާބަކަށް ފަރުހަކި ވަސްދުވުމުން މަޖުދާގެ މެއަށް ފިނިވެގެން ދިޔައެވެ.  ހެދުންވަނީ ކުޑަކޮށް ތެތްވެސް ވެފައެވެ. އަނެއްކާ މީ އޭނަގެ ދަރިފުޅުބާއެވެ. ނޫނީ އެހެން މިހެއްހެޔެވެ؟ މަޖުދާ ވަގުތުން ކައިޝާ ލައްވާ ޝަހާދަތުގެ ދެކަލިމަ ކިޔުއްވިއެވެ. އަދި އެވަރުންވެސް ހިތްހަމަ ނުޖެހިގެން ކުރިސިއާ ނާސި ސޫރަތްވެސް ކިޔުއްވިއެވެ. ކައިޝާވެސް އޭނަގެ މަންމަގެ ބަހައް އިޖާބަދިނީ އެވަގުތު ގަނެފައިހުރި ބިރެއްގެ ސަބަބުންނެވެ. މަޖުދާ ރޮއެގަންނަމުން ކައިޝާގެ ގައިގައި އޮލުލައިގަތެވެ. އޭނަގެ ދަރިފުޅަށް އެވަނީ ފުންއަސަރުތަކެއް ކުރުވާފަކަން ޔަޤީނެވެ. މަޖުދާގެ ހިތުގައި އީތަންއާ މެދު ރުޅިވެރިކަން އުފެދުނެވެ. އަދި އެއީތަން ކައިޝާވެސް ނޭނގުނު ކަމަށް ހަދައިފިއެވެ. ރަނގަޅަކަށްވިއްޔާ އީތަންއަށް ހުރިހާކަމެއް އިނގެއެވެ. ނޭނގޭކަމަށް ހެދީއެވެ.  އެމީހުން އޭނަގެ ދަރިއަށް ނުބައި ހާލެއް ޖައްސާފައި އަދި އެވަރުން ފިލައިގެން ރައްކާވެސް ވީއެވެ. ހުސްނާވެސް އެރޭވުމުގައި ބައިވިރިކަމަށް ނިންމަމުން މަޖުދާ ދަތްކުނޑި ވިކާލިއެވެ. “ޝްޝްޝް! ހުއްޓާލަ..ދެން އެންވެސް މީހަކަށް ދަރިފުޅަށް ގެއްލުމެއް ނުދެވޭނެ..އީތަންއަށް އޭނަ އެކުރި ކަންތަކުގެ އަދަބު ލިބޭނެ..ހިނގާ މަންމަ ކޮޓަރިއަށް…މީގެ ފަހުން ދަރިފުޅު އުޅޭނީ މަންމަގެ ކޮޓަރީގައި..” ކައިޝާގެ އަތުގައި ހިފަމުން މަޖުދާ އެކޮޓަރިން ނިކުމެގެން ސިޑިއާދިމާއަށް ދިޔައެވެ. އެހެން ދުވަސްތަކެކޭ އެއްފަދައިން މިރޭވެސް މަޖުދާ އެކޮޓަރިއަށް އައީ ކައިޝާ ފެނިދާނެ ކަމުގެ އުއްމީދުގައެވެ. ކޮންމެ މީހަކު ކޮންމެ ވާހަކައެއް ދެއްކިޔަސް މަޖުދާ އޭނަގެ ދަރިފުޅަށް ދީފައިވާ ތަރުބިއްޔަތައް އިތުބާރުކުރިއެވެ. މިއަދު އެކޮޓަރީގެ ދޮރާ އަރާ ހަމަވިތަނުން ކައިޝާގެ އަޑު ކަންފަތުގައި ޖެހުމާއެކު މަޖުދާ އެކޮޓަރިއަށް ވަތް ކަން އެއީ ހަމަ ނަސީބެކޭ އޭނާގެ ހިތައްއެރިއެވެ. އެހެން ނޫންނަނަމަ މަޖުދާއާ ދެން ބައްދަލު ވާނީ އޭނަ ލޯބިވާ ދަރިފުޅުގެ ފުރާނަނެތް މަސްގަނޑު ނޫން ކަމެއްވެސް ނޭނގެއެވެ. މަޖުދާ އަމިއްލަ ނަފުސަށް ވަޢުދުވީ އޭނަގެ ދަރިފުޅަށް އަނިޔާވެރިވި މީހުން އިންސާފުގެ ކުރިމައްޗަށް ގެނައުމަށެވެ.

 

ހައިރާންވެހުރެ ކައިޝާ ވަށައިގެން ހޯދާލިއެވެ. ހަޤިގަތުގައިވެސް އޭނައަށް މިހުރެވުނީ އޭނަގެ ގޭގައެވެ. އެއީ ކިހިނެއްވީކަމެއްކަން ނޭނގުނަސް ކައިޝާއަށް ހަމްދު ކުރެވުނީ ސަލާމަތުން އޭނަގެ މަންމަ ކައިރިއަށް އެނބުރި އާދެވުމުންނެވެ. އީތަން އެކުރީ މާފު ލީބޭވަރުގެ ކަމެއް ނޫންކަމުގައި ކައިޝާގެ ހިތް ބުނަމުން ދިޔައެވެ. ކިތައްމެ ލޯބިވިޔަސް މިއަދު ކައިޝާއަށް މަޖުބޫރުވެފައި އެވަނީ އީތަން މަތިން ހަނދާން ނައްތާލުމަށެވެ. އީތަންވެސް އޭނަދެކެ ލޯބިވާނަމަ އެހެން ނުހަދާނެކަން ޔަޤީނެވެ. މިވީހާ ދުވަހު އޭނައަށް ފެނިފައި އެވަނީ އީތަންގެ އަސްލު ސިފައެއް ނޫނެވެ. އެއީ އިންސާނެއްގެ ސިފައިގައި ހުރި ވަލުޖަނަވާރެކެވެ. ޒިއަދަން އެއީ އީތަން ކަމަށް ހީކޮށް ކައިޝާ އަމިއްލަ އަމިއްލަ ނަފުސައް މަލާމާތް ކުރަމުން ދިޔައީ އެފަދަ ދަށު ދަރަޖައިގެ އިންސާނެއްދެކެ ލޯބިވެވުމުންނެވެ. ކައިޝާއަށް އީތަންގެ އެއްވެސް ކުށެއް ނެތް ކަން އިނގޭނެ ނަމައެވެ. ޒިއަދަންއެއީ ކިހާ ނުބައި މީހެއްކަންވެސް އިނގޭ ނަމަ ކައިޝާގެ ހިތް އީތަންއާ މެދު ސާފުވާނެއެވެ. ނަމަވެސް ތަޤުދީރުގައި އެކަމެއް ވާން ނެތީމަ އެއްވެސް މިހަކަށް އެކަމަށް ބާރެއް ނުފޯރުވޭނެއެވެ.

 

“ކީއްކުރަން އޭނަ އެހާއަވަހަށް ދޫކޮށްލީ..މަބުނީމެންނު އޭނަގެ ސަބަބުން އީތަންއަށް ލިބޭނީ ގެއްލުމޭ..ޒުއްނޫރުވެސް އަހަރެން ދައްކާ ވާހަކައެއް އަޑުއަހަނީއެއް ނޫން..އެހެންނުވާނި އަދިވެސް ތިހިތުގައި ވަނީ އެހުސްނާކަން މަށަށް އެނގޭ..” އިބްޒާ ހަޅޭލަވާގަންނަމުން ދުންތަކުތެރެއަށް ގެއްލުނެވެ. ” މަންމައަށް ނުވިސްނުނަސް އީތަން އެކުއްޖާ ދެކެ އިންތިހާއަށް ލޯބިވޭ..މަންމަ ކުރާ ކަންތަކުން ގެއްލުން ލިބޭނީ މަގޭ ދަރިއަށް.. އެކަން މަންމައަށްވެސް ނުވިސްނޭނެ..”ކަކުންޏެއްގެ ސިފައިގައި ކައިޝާގެ ކޮޓަރީ އެނދުދަށުގައި އޮތް ޒުއްނޫރުވެސް ދުންތަކުތެރެއަށް ގެއްލިގެން ދިޔައެވެ. ކަނުއަނދިރީގެ ތެރޭގައިވެސް އެކޮޓަރި ދުމުން ފުރާލިއެވެ.

 

**

މިޒްކާގެ އުނގުގައި ބޯއަޅައިގެން އޮތް އީތަންގެ މޫނުމަތިން ފެންނަމުންދިޔައީ ހިތްހަމަޖެހުމެވެ. އުފާވެރިކަން އެދެލޮލުން ބަބުޅަމުންދިޔައިރު މިޒްކާގެ އެއްއަތުން އިތަންގެ ފަން އިސްތަށިކޮޅާކުޅެމުންދިޔައެވެ. “މިޒީ ކޮންތާކު ތިއުޅެނީ…އަހަރެން ވަރަށް ހޯދިން ފަހުންވެސް…އެދުވަހު އަސްލު ކިހިނެއްވެގެން މިޒީ ރޮމުން ގެއްލުނީ..” ކުއްލިއަކަށް އީތަން ބުނެލި ވާހަކައަކުން މިޒްކާގެ ހިތް ނުހުއްޓުނީ ކިރިޔާއެވެ. ނަމަވެސް މޫނުމަތިން އެއްވެސް ކުލައެއް ނުދައްކާ ފުޅާހިނިތުން ވުމެއް ހަދިޔާކޮށްލިއެވެ. އެހިނިތުންވުމުން އީތަންގެ ހުރިހާ ޝަކުވާއެއް ފިލާދިޔައެވެ. ” ހިނގާބަ އަހަރެމެންގެ ފެވަރިޓް ޕާކަށް ދާން…ހަނދާންވޭތަ އެތަން؟..އެއީ އެންމެ ފުރަތަމަ އީތަން އަހަރެންދެކެ ލޯބިވާކަން ހާމަކުރިތަނަކީ…އަހަރެން އަދިވެސް އެދުވަސް ހަނދާން އެބަހުރި..” މިޒްކާގެ ދެލޮލުން ކަރުނައިގެ ތިއްކެއް ވިދާލިއެވެ. އެއީ އެހާ އުފާވެރި ދުވަހެއް ނަމަ މިޒްކާގެ ދެލޮލުން ހިތާމަ ފާޅުވަނީ ކީއްވެހެއްޔެވެ؟ އީތަން ހިނިތުންވެލަމުން މިޒްކާގެ ލޯމަތީގައި އަތް އެޅިއެވެ.

 

ވަށައިގެން ވަނީ ތަފާތު އެކި ވައްތަރުގެ މާމެލާ މެއްޔެވެ. އެންމެ ގިނައީ އެކި ކުލަ ކުލައިގެ ބޯގަންވިލާ ވެޔޮތަކެވެ. މުޅި ފަޒާގައި ހިފާލާފައިވަނި ހުވަނދުވަހެކެވެ. މިޒްކާގެ އަތުގައި ހިފައިގެން އީތަން ކުރިއަށް ހިނގަމުން ދިޔައެވެ. އީތަންގެ ހިތުގައި އުފާވެރިކަމުގެ ރާގެއް ކުޅެމުން ދިޔައިރު މިޒްކާގެ ހަނދާނުގައި ވަނީ ނުފިލާނެފަދަ ރިހުމެކެވެ. ބޭރުފުށުން އުފާވެރިކަން ދައްކައިގެން ހުއްޓަސް އެހިތް ތޮރުފަމުން ދިޔައީ މާޒީގެ ކަޅު ސޮފުހާތަކުންނެވެ. “އޯހް މިޒީ…އަދިވެސް ހާދަ ރީއްޗޭ ދޯ..މީ އަހަރެން އެންމެ ލައިކްވާކަހަލަ ބުޅި އިސްތަށިގަނޑެއް….ދުވަހަކުވެސް މި އިސްތަށިގަނޑު ބުރިކޮށްނުލާތި..”  މިޒްކާއާ ދެމިހުން ހިލަގޮނޑިއެއްގައި އިށީދެލުމަށްފަހު އީތަން ބުނެލިއެވެ. މިޒްކާގެ އިސްތަށިގަނޑުގައި ތުންފަތް ޖައްސާލަމުން އީތަން ނޭފަތް އެތެރެއަށް ދަމާލިއެވެ. މިޒްކާ ދެލޯ މަރާލީ މިވަގުތުކޮޅު ހިތުގެ އެންމެ ފުންމިނުގައި ރައްކާ ކުރުމަށެވެ. ” އީތަން…އީތަން…..” މާދުރުން މީހަކު އީތަންއަށް ގޮވާއަޑު އިވެމުން ދިޔައެވެ. ބައެއްފަހަރު އެމީހެއްގެ އަޑު ދާދި ކައިރިންވެސް އިވޭހެން ހީވެޔެވެ. “އެއިވެނީ ހައްމު ގޮވާއަޑު…މިޒީ ދާނަންތަ؟..އަހަރެން ދާންޖެހޭނެ…އެހެން ނޫނީ އެމިހުން ކަންބޮޑުވާނެ…ހީކުރަން އަދިވެސް ދިމާވާނެކަމަށް..” ކުއްލިއަކަށް ކޮޅަށް ތެދުވަމުންއީތަން ދެފަރާތް ހޯދާ ބަލާލިއެވެ. ލޯކުރިމަތިން ފެންނަމުންދާ ބަގީޗާގެ ގަސްތައް ފަނޑުވަމުންގޮސް އަނދިރިކަން ވަށާލިއެވެ. ކުރިން ފެނުނު ވެޔޮތަކުގެ ބަދަގުގައި މިހާރު އެތާނގައި ވަނީ ރެއިލިންގެ ދަގަނޑުތަކެވެ. މިޒްކާ ފެންނަށް ނެތް އިރު ހިލަ ގޮނޑީގެ ބަދަލުގައި އެތަނުގައި ހުރީ އުނދޯއްޔެވެ. އީތަން އުނދޯލީގައި އިށީނދެލުމަށްފަހު ލޯ މަރާލިއެވެ. އެވަގުތުވެސް ސިފަވީ މިޒްކާގެ ރީތި ސުރައެވެ.

 

އީތަން ނުފެނިގެން ހޯދަމުން އައިސް ހައްމާދު ޓެރަސްއަށް އެރި އެވެ. އެވަގުތު އެތާ ހުރި އުނދޯލީގައި އެކަނިމާއެކަނި އިން އީތަން ފެނުމާއެކު ދުވެފައި އެދިމާއަށް ދިޔައެވެ. “ސާބަސް މިހާރު ކޮން އިރެއް ހޯދަނީމި…އިނގޭތަ ގަޑިން ވީވަރެއް؟…ދަންވަރު ދޭއް ޖަހައިފި..ހުސްނައްތަވެސް ރޮއެ ރޮއެ ވަރުބަލިވަފއި އެބައޮތް…ތިދާތަނަކަށް ބުނެލާފަ ދިޔަނަމަވެސް ރަނގަޅު..ކޮންތާކުތަ އުޅެފަ ތިއައީ؟..މިތަނަނަށްވެސް އަހަރެން މިހާރު މިއެރީ ހައެއްކަ ފަހަރު…ކުރިއަކުން ނުދެކެން މިތާ އިންތަނެއް..” އުނދޯއްޔާ އަރާ ހަމަވުމާއެކު ހައްމާދު ފައްޗަކަށް އަމުނާލިއެވެ. އީތަން މިހާރު އުޅޭ ގޮތަކުން ހަޤީގަތުގައިވެސް އޭނަގެ ހިތުގައި ބިރުވެރިކަން އުފެދެން ފަށައިފިއެވެ. މިއަދު މޫދަށްވެސް ފުންމާލަން އުޅެފިއެވެ. އީތަންގެ މިޒާޖަށް ބޮޑެތި ބަދަލުތަކެއް އަންނަމުން އެބަދެއެވެ. އައްޑުގައި ހިނގި އެކްސިޑެންޓަށްފަހު ސިކުނޑިއަށް އުނިކަމެއް ލިބުނީ ކަންނޭނގެއެވެ. އެހެންނޫނީ  އީތަން އަބަދުވެސް ބުނާހެން އޭނައަކީ ޖިންނިއަކަށް ވެދާނެއެވެ. ހައްމާދު ހިތްދިރުވާލަމުން އީތަންއާ ދިމާއަށް ފުންކޮށްބަލާލިއެވެ. ތަފާތު އެއްވެސް ކަމެއް ފާހަގަ ނުކުރެވުނެވެ. ޖެހިލުންވެ ހުރެ އީތަންގެ އަތުގައި ހިފާ ކޮޅަށް ނަގަމުން ހައްމާދު ކުރިއަށް ހިގައިގަތެވެ. އެވަގުތު އީތަން އޭނަގެ މުށްމެޅިފައިވާ އަތް ހުޅުވާލިއެވެ. އެއަތުތެރޭގައި އޮތީ ކުޑަ ކަނީރު މަލެކެވެ. އީތަން ފަހަތް ބަލާލިއިރު އުނދޯލީގެ ވާގަނޑުގައި ހިފަހައްޓާލައިގެން ހުރި މިޒްކާ ހިނިތުން ވެލިއެވެ. އީތަން އެމާ ޖިންސްގެ ޖީބަށް ލަމުން ހައްމާދުގެ ފަހަތުން ސިޑިން ފައިބައިގެން ތިރިއަށް ދިޔައެވެ. އީތަން އޭނަގެ މަންމަމެންނަށް އަޅާލުމެއްނެތި ކޮޓަރިއަށް ވަދެގެން ދިޔައެވެ. މަންޒަރު ބަލަން ތިބި ހުސްނާއާ ސަރަފިއްޔާގެ ދެމަފިރިންގެ އިތުރުން ހައްމާދުވެސް ހުރީ ވާނުވާއެއް ނޭނގިފައެވެ. އެމީހުން އީތަން ލަސްވެގެން ހޯދިކަން އެނގޭއިރުވެސް އެކަމާ ބެހޭގޮތުން އެއްވެސް ވާހަކެއް ނުދައްކާ އީތަން އެދިޔަގޮތުން އެންމެގެ ހިތުގައިވެސް ސުވާލުތަކެއް އުފެދުނެވެ. “އަޅާނުލާ.. އެއީ ދެން މިހާރު އަބަދު ފިކުރުބޮޑުވެފައި އިނުމުންވާ ގޮތެއް… އަނެއްކާ ހަނދާނުން ބައެއް ފޮހެވިގެން ދިޔުމުން އެކަންތަކުންވެސް އީތަންއަށް ފުންއަސަރެއް ކޮށްފައިވާނެ..އަހަންނަށް ޔަޤީން އީތަން ނުބައިމަގަކުން ނުހިގާނެކަން..ދެން މާދަމާ ރިޕޯޓްތައް ދެއްކުމުން އެނގިދާނެ އީތަންއަށް ލިބިފައިވި ގެއްލުމެއް..މިވަގުތު އިތުރު ސުވާލެއް ކުރާނެކަމެއް ނެތް.. މާ ބޮޑަށްވެސް ދަންވެއްޖެ..ހިނގާދެން ނިދަން އުޅެމާ..” އަމްޖަދުގެ ވާހަކައަށް އެއްމެންވެސް ތާޢީދު ކުރަމުން ނިދަންވަނެވެ.

 

އާޓިފިޝަލް ބީޗްގެ ދޮންވެލިގަނޑުމަތީގައި އިން މިޒްކާގެ ދެލޮލުގައި ވިދަމުން ދިޔައީ ކަރުނައެވެ. އީތަންއަށް އޮޅުވާލައިގެން އެގޮތަށް ލޯބިން އުޅެން މިޒްކާ ބޭނުމެއް ނުވެއެވެ. އީތަން އަކީ އޭނަގެ ހިތުގެ ވިންދެވެ. ލޮލުގެ ނޫރެވެ.  މީގެ އެތަށް އަހަރެއް ކުރިން އީތަންއަށް އިސްވެ ލޯބިވެސް ހުށައެޅީ މިޒްކާއެވެ. އީތަންއާ ދެމީހުންގެ އެކުވެރިކަމުގެ މާނަ ނުބައިގޮތަކަށް ވިސްނައިގެން އެއީ ލޯބިކަމުގައި ދެކުނީވެސް ޚުދު އޭނައެވެ. “އަހަރެން ދުވަހަކުވެސް ހިޔެއް ނުކުރަން މިޒީ ތިގޮތަށް އަހަރެންނާމެދު ވިސްނާނެ ކަމަށް…އަހަރެންގެ ފަރާތުން ދުވަހަކުވެސް ތި އެދޭފަދަ ލޯތްބެއް ނުލިބޭނެ ސަބަބަކީ އަހަރެން މިޒީދެކެ ލޯބިނުވާތީވެ އަދި އަހަރެން އަބަދުވެސް ބުނާހެން ދުނިޔޭގެ ކޮންމެވެސް ހިސާބެއްގައި އަހަންނަށް އިންތިޒާރު ކުރާ ފަރާތެއް ވާކަމުގެ އިހުސާސް އަބަދުވެސް އަހަންނަށް ކުރެވޭ..ހުރިހާކަމެއް އެނގިހުރެ މިޒީ އަމިއްލައަށް ތިވިސްނުން ގެންގުޅުނީތީވެ އަހަރެން ވަރަށް ދެރަވެއްޖެ..މިޒީގެ ދުނިޔޭގައި މާއެކަށީގެންވާމީހުން އުޅޭނެ..އަހަރެންމީ ތިކަމަށް އެންމެ ޤާބިލި މީހާއެއް ނޫން..މިޒީ އުފަލުގައި ގެންގުޅެވޭނެ ކަމުގެ އެއްވެސް އުއްމީދެއްނެތި އަހަރެމެން ދެމީހުން ބޭކާރު މަސައްކަތްތަކެއް ކުރުމުގެ ބޭނުމެއްނެތް..އަހަރެން މިޒީދެކެ އަބަދުވެސް ލޯބިވަން އެކަމަކު އެއީ ހަމަ އެކަނި ގާތް ރަހުމަތްތެރިއެއްގެ ގޮތަށް..” އީތަން އެދުވަހު ބުނި ވާހަކަތައް އަޑުއަހައިގެން މިއަދު މިޒްކާ އޭނަދެކެ ލޯބިވާ ފަރާތަކާއެކު އުޅެމުން އެދަނީ ހިތްހަމަ ޖެހިގެންނެވެ. ނަމަވެސް އަދިވެސް ފަނޑުވުމެއްނެތި ހިތުގެ ކަނެއްގައި އީތަންގެ ސޫރަ ފެވިފައިވެއެވެ. އީތަންއަށް ހަޤީގަތް އަންގަން ކިތައްމެ ބޭނުމަސް މިއަދު މިޒްކާއަށް މަޖުބޫރުވެފައި އެވަނީ އޭނަގެ ދޫ ހިމޭނުން ބޭއްވުމަށެވެ. މިޒްކާ ކަރުނަތައް ފޮހެލަމުން މޫދާ ދިމާއަށް ހިނގައިގަތެވެ. މޫދަށް އެރެމުން ދުރަށްދިޔަވަރަކަށް މިޒްކާގެ ސޫރަ ފުސްވަމުންގޮސް ވަކިހިސާބަކުން ގެއްލުނެވެ.

 

**

އާދުވަހަކަށް އިރު އަރައިގެން އައިރު ހުސްނާ އުޅުނީ ބަދިގެ ތެރޭގައެވެ. އަމިއްލައަށް ތައްޔާރުކޮށްގެން ކާން އާދަވެފައި ހުރުމުން އެހެން މީހެއްގެ އަތުން ހަދާފައި ހުންނަ އެއްޗެހި ހުސްނާއަށް ކަމަކު ނުދެއެވެ. އެހެންކަމުން މިއަދު ފަތިހު ފަތިހާ ބަދިގެއަށް ވަނީ ލަތާއަށް ވުރެވެސް ކުރިންނެވެ. ހުސްނާ ރޮށިފިހެފައި ލައިގެން ކާނެއް އެއްޗެއް ތައްޔާރުކުރަން ހުއްޓާ ސަރަފިއްޔާ ބަދިގެތެރެއަށް ވަދެ ހިތްހަމަ ނުޖެހުން ފާޅުކުރީ އެމީހުންގެ މެހެމާނެއްގެ ގޮތުގައި ހުރެގެން ބަދިގޭ ކަންތަކުގައި ހުސްނާ އުޅޭތަން ދެކެފައެވެ. ” މީދެން އެހާވަރުގެ ކަމެއް ނޫނޭ..އަހަރެން އަބަދުވެސް ކަނީ އަމިއްލައަށް ކައްކާ އެއްޗެހި އެހެންވެ ލަތާ ކައިރީވެސް ބުނެފިން އަހަރެން މިކޮޅު ހުންނަ އިރެއްގައި ކައްކާނީ އަހަރެންނޭ..ލަތާއަށް ހުރެވޭނެއްނު އަތްގާތް ކޮށްލަދޭން އޭރުން ދެން ބުރައެއްވެސް ނުވާނެ..”ހީލަމުން ހުސްނާ ބުނެލިއެވެ. ސަރަފިއްޔާއިތުރު އެއްޗެކޭ ނުބުނެ ސައިތައްޔާރު ކުރަން އުޅުނީ އަމްޖަދު މަސައްކަތަށް ދާން ނިކުތުމުންނެވެ. ހުސްނާ މަސައްކަތް ނިންމާލުމަށްފަހު ސިންކު ކައިރިއަށް އަތް ދޮވެލަން ކައިރިވަގުތު ފޯނު ރިންގްވިއެވެ. މީހާ ހެނދުނަކާ ގުޅާނެ މީހަކާ މެދު ވިސްނާލަމުން ހުސްނާ އަވަސްއަވަހާ ފޯނު ނެގީ ނަމްބަރަކަށްވެސް ނުބަލައެވެ. “ހަލޯ..މީ މަޖުދާ…މި ގުޅާލީ ވަރަށްބޮޑު ވާހަކައެއް ބުނަންވެގެން..އިނގޭ ޤަބޫލުކުރަން ދަތި ވާނެކަންވެސް އެކަމަކުވެސް…އަހަރެންގެ ދަރިފުޅު ކައިޝާ ފެނިއްޖެ…” ” އަލްހަމްދުލިﷲ ވަރަށް އުފާވެރި ޚަބަރެއް..ކޮބާތަ އެމަންޖެ..ރަނގަޅުތަ؟ ކޮންތާކުން ފެނުނީ؟..ކިހިނެއްތަ އަސްލު ވީ؟ ކައިޝާ އެއްވެސް ވާހަކެއް ދެއްކިތަ؟” މަޖުދާގެ ވާހަކަ އަޑުއަހަން ހުރި ހުސްނާގެ އުފަލުގެ ކޮޅެއްނެތެވެ. ކައިޝާއަކީ މަދު ދުވަސްކޮޅެއްގެ ތެރޭގައި އޭނަގެ ހިތުން ޖާގަ ހޯދި ކުއްޖެކެވެ. އެހިތުގައި ވަނީ ކައިޝާއަށް ދަރި ކުލުނު ޖެހިފައެވެ. ވީއިރު ކައިޝާ ސަލާމަތުން ހުރި ޚަބަރު ލިބުމުން ބަޔާން ކުރަން ދަތި އުފަލެއް ލިބުނެވެ. “ސާބަސް އިނގޭ…ދެންކުންތެރިކަމަށް ހަމަ އެވޯޑެއް ދޭވަރުވެފަ ތިހުރީ..ކަލެއާ ކަލޭގެ ދަރީގެ ނުބައިކަމުން އަހަރެންގެ ދެލޯފަދަ އަންހެންދަރި އެހުރީ ކިރިޔާ ސަލާމަތުން..އަހަރެން ދުވަހަކުވެސް ކަލޭމެން ތިކުރި ވިޔާނުދާ ކަންތަކަށް މާފެއް ނުކުރާނަން..އަދި ހީނުކުރާތި އެކުވެރިކަމަށް ބަލާފަނަމަވެސް އީތަން އެކުރި ކަމެއް އަހަރެން ފޮރުވާނޭ..މިއަދު އޮފީސްތައް ހުޅުވުމާއެކު އަހަރެން ފުލުހުންނަށް ރިޕޯޓް ކުރާނަން..ކަލޭމެން ދެމައިންނަށް ތިހެން ފިލައިގެން ނޫޅެވޭނެ..އަދި އެއީތަންވެސް ބުނެފިއެއްނު ކައިޝާއެއީ ކާކުހޭ…ބަލަ އޭނައޭ މަގޭ ދަރިއަށް އެހާލެއް ޖެއްސީވެސް…ލާހިކެއްނޫން މިފަހަރު ސަލާމަތް ވާކަށް…” މަޖުދާގެ ރާގު ބަދަލުވެ ރުޅިވެރިކަން އިންތިހާއަށް ދިޔައެވެ. އަޑުވެސް ތުރުތުރު ލަމުން ދިޔައެވެ. އޭނަގެ ދަރިފުޅަށް އެދިން އަނިޔާގެ ބަދަލު ނުހޯދާ ދެން އިތުރަށް ހަމަޖެހުމުގެ ނޭވައެއް ނުލެވޭނެއެވެ. މަޖުދާ ކިޔާނެ އެއްޗެއް ކިޔުމަށްފަހު ހުސްނާއަށް އެއްޗެއް ބުނާނެ ފުރުސަތެއް ނުދީ ފޯނު ކަނޑާލިއެވެ. ހުސްނާއަށް ކިޔާނެ ބަހެއް ނޭނގުނުތާ އެސްފިޔަ ޖަހާލަންވެސް ހަނދާންނެތިފައި ހުރެވުނީ ލިބުނު ޝޮކަކުންނެވެ. “ނުވާނެ އެހެނެއް..މަގޭ އީތަން އެފަދަ ވިޔާ ނުދާ އަމަލެއް ނުހިންގާނެ..” ހުސްނާ މަޑުމަޑުން ބުނެލިއެވެ. ކާގޭގައި ތިބި ސަރަފިއްޔާ އާއި އަމްޖަދުވެސް އިނީ ހުސްނާގެ ހަރަކާތަކަށް ސަމާލުވެގެންނެވެ. ހުސްނާ ދެއްކިވާހަކެއް ނީވުނަސް އެމޫނުމަތީގެ ކުލަވަރުން ކަމެއް ގޯސްވެއްޖެކަން ހެކިދެއެވެ. ހުސްނާ ދުވެފައި ނިކުމެގެން ދިޔަގޮތުން އެމީހުން ހީކުރި ވަރަށް ވުރެވެސް ބޮޑުވަރު ވެއްޖެކަން ސަރަފިއްޔާއަށް ވިސްނުނެވެ. އެހެން ކަމުން ހުސްނާގެ ފަހަތުން ނިކުމެގެން އީތަން ނިދާފައޮތް ކޮޓަރިއާދިމާއަށް ހިނގައިގަތެވެ.

 

“މަންމާ…ކިތައްފަހަރު ބުނަންވީ މަށެއް އެކަހަލަ ކަމެއް ނުކުރަމޭ…މަންމައަށް ޤަބޫލު ނުކުރެވެނީ ކީއްވެތަ؟ އަހަރެންނަށް ކުޑަނަމަވެސް އިތުބާރެއް ނެތީތަ؟ ކާކު ކީކޭ މަންމަ ކައިރީގަ ކިޔައިގެން ތިހާ ވަރެއް ވެފައި ތިހުރީ..؟ ” އީތަން ހަޅޭލަވާގަތެވެ. މިނޫނީ ދުވަހަކުވެސް އޭނަގެ މަންމައާ އެފަދަ ގޮތަކަށް މުޚާތަބު ކޮށްފައެއް ނެތެވެ. ނަމަވެސް މިއަދު އޭނަގެ ބޮލުގައި އެއަޅުވަމުންދާ ދޮގު ވާހަކަތަކުން އީތަން ރުޅިގަދަވިއެވެ. އެފަދަ ކަމެއް ނުކުރާނެކަން އެނގި ހުރެވެސް އޭނަގެ މަންމަ އެފަދަ ވާހަކަތަކެއް އެދައްކާ ސަބަބެއް އީތަންއަށް ނުވިސްނުނެވެ. “ބަލަ މަޖުދާގެ އަނގައިންނޭ ބުނީ ކައިޝާއަށް ގެއްލުވާލީ އީތަންއޭ…ކައިޝާ އެނބުރިއައިސް ހުރިހާ ވާހަކެއް އޭނަގެ މަންމަ ކައިރީގައި ކިޔައިދީފި…އެމީހުން އީތަން ޖަލަށްވެސް ލާނެ…މަށަށް އިނގޭ އެމީހުންނަށް ނުލާހިކު ފަސޭހަ ވާނެކަން..މަޖުދާގެ ބޮޑުބޭބެއަކީ ޕޮލިސް ކޮމިޝަނަރު ދެން ކީއްވެތަ އެހެން ނުވާންވީ..ލާނެ…. ޖަލަށް ލާނެ…މިފަހަރު ދަރިފުޅު މަންމައާ ހަމަރަނގަޅަށްވެސްމވަކިވާނެ..ބުނެބަލަ އެއީ ދޮގެކޭ..ދަރިފުޅު އެހެން ކަންތައް ނުކުރަން ދޯ…؟” ހުސްނާ ހީވަނީ މޮޔަވެދާނެހެންނެވެ. އީތަން ޖަލުގެ ތޭރިތަކުގެ އެތެރޭގައިވާތަން މިހާރުވެސް ސިފަކުރެވެމުން އެބަދެއެވެ. އޭނަގެ ލޯބިވާ ދަރިފުޅު ނުރައްކާތެރި ކުށްވެރިއަކަށްވެ އެ ހުތުރު ބަދުނާމުވާތަން ދެކެން އެހިތައް ކުޅަދާނައެއް ނުވާނެއެވެ. އެކަނިމާއެކަނި އީތަން ބަލާ ބޮޑުކުރީ ހިތާމަތަކާ ހިތްދަތިކަމުގައެވެ. މިފަދަ ދުވަހެއް ހުވަފެނުގައިވެސް ފެންނާކަން ހުސްނާގެ ހިތެއް ނޭދެއެވެ. “ކޮން ކައިޝާއެއްގެ ވާހަކަ ތިދައްކަނީ؟..ކުރިންވެސް އަހަރެން ބުނިންދޯ ތިނަން ކިޔާ މީހަކު ނުދަންނަމޭ..އަހަރެން ނުކުރާ ކަމަކަށް އެއްބަސް ނުވާނަން.. ހެޔޮ ޕޮލިސް ކޮމިޝަނަރެއް ނޫން ރައީސުލް ޖުމުހޫރިއްޔާ އެހިޔަސް އެއްބަސް ނުވާނަން…އަހަރެން ހުންނާނީ އަހަރެންގެ ގޮތުގައި.. ތިބުނާ ކައިޝާއެއް ކައިރީގައި އަހާބަލަ އަހަރެން އޭނައަށް ކީއްކޮށްގެންހޭ އެވަރުގެ ދޮގު ވާހަކަތަކެއް ފަތުރަމުން އެދުވަނީ..” އީތަން ރުޅިގަދަވަމުން މީހާ ތުރުތުރުލާން ފެށިއެވެ. މޭތެރޭގައި ދިލަހޫނެއް އިހުސާސް ވުމާއެކު އީތަން އަވަސް އަވަހާ އެކޮޓަރިން ބޭރަށް ނިކުމެގެން ޓެރަސް މައްޗަށް ދިޔައެވެ.

 

އަމްޖަދާއި ސަރަފިއްޔާގެ އެތައް ވާހަކައަކުންހުސްނާ ހަމައަކަށް އެޅުނީ އެތައް އިރެއް ފަހުންނެވެ. ހެނދުނު ހެނދުނާ ހައްމާދު ހޮސްޕިޓަލަށް ދިޔުމުން ގޭތެރޭގައި ވީކަމެއް އޭނައަށް ރޭކާ ނުލައެވެ. އީތަންވެސް ޓެރަހަށް އެރިއްސުރެ އަދި ތިރިއަށް ނުފައިބައެވެ. ހުސްނާ އޭނަގެ ދަރިފުޅުގެ ކިބައިން މާފަށް އެދެން ބޭނުމަސް އެހިތްވަރެއް ނުކުރެވުނެވެ. ޖަޒުބާތުގައި ޖެހިގެން އީތަންއާ ދިމާއަށް އެތައް އެއްޗެއް ކިއިއްޖެއެވެ. ހެނދުނު ނުވައެއް ޖެހިއިރުވެސް އީތަންގެ ޚަބަރެއް ނުވުމުން ހުސްނާ ޓެރަސް މައްޗަށް އަރަން ދިޔައީ ތެޅި ތެޅި އޮތް ހިތަކާއެކުއެވެ.

 

**

މަޖުދާ ސިއްރު ސިއްރުން ގޮސް ރަޤީބުމެންގެ ގެއަށް ވަނެވެ. އެވަގުތުވެސް ރައުލްއާ ދެބަފައިން ތިބީ އެމީހުން ކިޔެވެލިކިޔަވަން ޚާއްސަކޮށްފައިވާ ކޮޓަރީގައެވެ. ރަމްޒިއްޔާވެސް އީޝަލް ގޮވައިގެން އިންޑިއާއަށް ދިޔަގޮތަށް އަދި ނާދެއެވެ. އެހެންކަމުން އެގޭތެރެއަށް ވަނީ މަރުގެ ހިމޭންކަން ވެރިވެފައެވެ. ދޮރުމައްޗަށް އަރާ މަޖުދާ ދެތިން ފަހަރު ސަލާން ގޮވާލުމާއެކު ރަޤީބު ސަލާންބަލައިގަތީ އެކޮޓަރިތެރޭގައި ހުރެފައެވެ. މަޖުދާ ދެފިކުރެއްގައި ހުރެ އެގެއަށް ވަނެވެ. އެއިރު ރައުލްއާ ރަޤީބުވެސް އެމީހުން ތިބި ކޮޓަރިން ބޭރަށް ނިކުމެގެން އަންނަނީއެވެ. “އިށީނދޭ..!” ހިތްހެޔޮކަމާއެކު ރަޤީބު ބުނެލިއެވެ. ކައިރީގައި ހުރި ސޯފާގައި ރައުލްވެސް ހަމަޖެހިލިއިރު މަޖުދާ އިށީނީ އެމީހުންގެ ކުރިމަތިންވާގޮތަށް ހުރި ސޯފާގައެވެ.  “މި..އަސްލު..އަހަރެންގެ ދަރި……..” މަޖުދާއަށް ވާހަކަ ފަށާނެގޮތެއް ނޭނގުނެވެ. އޭނަ މިގެއަށް އެއައީ ނިކަން ހިތްވަރުންނެވެ. ކައިޝާގެ ގެއްލުމާ ކުއްލި ފެނުމާ އެއީ އާދައިގެ ކަމެއް ނޫންކަމުގައި ހިތް ބުނަންފެށި ހިސާބުން ދެންކަންތައް ކުރަންވީގޮތެއް މަޖުދާއަށް ނުވިސްނުވެ. ރޭ ކައިޝާއާ ދެމީހުން ދެކެވުނު ވާހަކައެއްގެ ތެރެއިން ރަޤީބަކީ ރުޤްޔާ ކަންތައް ކުރާމީހެއްކަން ހަނދާންވުމުން ހެނދުނު ހެނދުނާ ކައިޝާއަށްވެސް ފިލައިގެން މަޖުދާ އެގެއަށް އައީ އެންމެ ބޭނުމަކުއެވެ. “އަހަރެންނަށް އެނގޭ..މިހާރުވެސް ކުރިއަށް މިގެންދަނީ ތިކަންތައް..މިއީ ވަރަށް ނުރައްކާތެރި ކަމެއް…ކައިޝާގެ ދިރިއުޅުމުގައި އެޅިފައިވާ ކަޅުވިލާގަނޑުގެ އަސަރު އޭނަގެ ވަށައިގެންވާ މިހުންނަށް ކުރާނެ…އެހެން ކަމުން ކޮންމެ ކަމެއްވެސް ކުރަންވާނީ ހުށިޔާރު ކަމާއެކު…މިވަގުތަށް އަހަރެން ބުނާ ކަންތައް ކުރަމުންދޭ..އޭރުން އިރާދަފުޅުން ކައިޝާއާ އެއްވެސް އުނދަގުލެއް ކުރިމަތި ނުވާނެ..އަޑުހާތި ރަނގަޅަށް…!” ރަޤީބު މަޖުދާ ކައިރިއަށް ޖެހިލަމުން ސިއްރު ވާހަކަތަކެއް ހިއްސާކުރިއެވެ. ރަޤީބުގެ ވާހަކަތައް އަޑުއަހަން އިން މަޖުދާގެ މޫނަށް އެތައްހާސް ކުލަވަރެއް އަރާފައިބަމުން ދިޔައެވެ. ނަމަވެސް އިތުރު ސުވާލެއް ނުކޮށް މަޖުދާ އެގެއިން ނިކުމެގެން ދިޔައީ ހިތައް ހަމަޖެހުމެއް ލިބިގެންނެވެ.

 

**

އަވިން މީހާ ފިއްސަމުން ދިޔަނަމަވެސް އީތަން ހަމަޖެހިލައިގެން އުނދޯލީގައި އިނެވެ. މިއަދު އޭނަގެ މަންމަ އެދެއްކި ވާހަކަތަކަކުން ހިތުގެ ހަމަޖެހުން ގެއްލިއްޖެއެވެ. އީތަން ފުންވިސްނުމަކަށް ގެއްލިގެން އިންދާ ސިހިގެން ދިޔައީ އޭނަގެ އަތްމަތީގައި މިހަކު އަތް ބާއްވާލުމުންނެވެ. އިސްއުފުލާ ބަލާލިއިރު ފެންކަޅިވެފައިން އޭނަގެ މަންމަ ފެނުމުން އީތަންގެ ހިތުގައިވެސް ރިއްސާލިއެވެ. ދެމީހުން ކުރެ އެކަކުވެސް އިސްވެ އެއްވެސް ވާހަކައެއް ނުދައްކާ ހިނދުކޮޅެއް ވޭތުވެގެން ދިޔައެވެ. ” މެޑަމް ބުނަނީ އަންނާށޭ…ވަރަށް މައްސަލަ ހުންނަނީ..ޕޮލިސް ހުންނަނީގޭގައި..ދައްތާ އަވަސް.. ބޭބެ ވެސް އަންނަނީ ތިރިޔަށް…” ކުއްލިއަކަށް މާބާރަށް މީހަކު ވާހަދެއްކުމުން ހުސްނާއާއި އީތަންވެސް ދޮރާ ދިމާއަށް ބަލާލިއެވެ. އެވަގުތު ހާސްވެ ކަންބޮޑުވެފައިވާ ލަތާ އޭނަގެ ކޮށި ދިވެހިބަހުން ވާހަކަތަކެއް ދެއްކުމަށްފަހު އަނެއްކާވެސް ދުވެފައި ސިޑިން ތިރިއަށް ދިޔައެވެ. ހުސްނާއަށް އީތަންގެ އަތަށް ބާރުކޮށްލެވުނެވެ. ދެފަރާތަކަށް ބޯ ހޫރުވާލިއިރު ދެދޮލުން ފޭބި ކަރުނަތައް ކޯތާފަތްމައްޗަށް ވެއްޓުނެވެ. އީތަން އޭނަގެ މަންމަގެ ކަރުނަ ފޮހެލަމުން ހިނތުންވެލިއެވެ. ” ހާސް ނުވޭ މަންމާ ދުނިޔޭގެ އެއްވެސް މީހަކަށް އަހަރެން މަންމައާ ވަތްކެތް ނުކުރެވޭނެ..އަހަރެންގެ ކުށެއް ނެތްކަން ސާބިތުވާނެ..” އީތަންގެ އަޑުގައި ވަނީ ޔަޤީންކަމެވެ.

 

އެދުހުގެ މެންދުރުގެ  ޚަބަރުގައި އެންމެ ބާރަށް ދެކެވެމުން ދިޔައީ ޕޮލިސް ސާޖަންޓް އީތަން އަހުމަދު ހައްޔަރު ކުރެވުނު ވާހަކައެވެ. އެކި މީޑިއާތަކުން ތަފާތު އެތައް ގޮތަކަށް ވާހަކަ ފަތުރަމުން ދިޔައެވެ.  ޕޮލިހުންވެސް އެކަމާބޭހޭ ބަހެއް އާންމު ނުކުރުމުން ސޯޝަލް މީޑިއާގައިވެސް އީތަންގެ ފޮޓޯއާއެކު އެތައް ވާހަކަތަކެއް ދެކެވެމުން ދިޔައެވެ. އެއްބަޔަކު އެއީ ރޭޕް ކޭސްއެއްގެ ސިފައިގައި ވާހަކަދައްކަމުން ދިޔައިރު އަނެއްބަޔަކު ބުނަނީ މަސްތުވާ ތަކެތީގެ މައްސަލައެއްކަމަށެވެ. އިތަން އޭނަގެ ދިފާޢުގައި އެންމެ ބަހެއްވެސް ބުނެނުލާއިރު އޭނަ އެދެމުން ދިޔައީ އެމީހުން އެބުނާ ކައިޝާއަކާ ބައްދަލު ވާނެ ގޮތެއް ހަދައިދިނުމަށެވެ. އީތަންގެ ހިތުގައި ކައިޝާއަށްޓަކައި ނަފުރަތުގެ އަލިފާންކޮޅެއް ރޯވެއްޖެއެވެ. އެގޮތް ނޭނގޭ އަންހެން ކުއްޖާ އޭނަ ބަރުބާދުކޮށްލައިފިއެވެ. ދުނިޔެއަށް ގިނަ ކޮށްލައިފިއެވެ. ކޯޓުއަމުރެއްގެ ދަށުން އީތަން ހައްޔަރު ކުރެވުނަސް ތަހުޤީގު މަރުހަލާއެއްގައި ބަންދުކުރެވިފައިވަނީ ޕޮލިހުން ކަނޑައަޅާފައިވާ ތަނެއްގައެވެ.

 

ދަގަނޑު އެނދެއްގައި އޮށޯވެލައިގެން އޮތް އީތަންގެ ހިތާ ސިކުނޑީގައި ވަނީ އެންމެ ނަމެކެވެ. “ކައިޝާ” އެނަމުން އޭނަގެ ހިތައް ގޮތްތަކެއް ވިޔަސް އެއީ ނަފުރަތު ނޫން ދެވަނައެހެން އިހުސާސެއް ނޫން ކަމުގައި އީތަން ނިންމިއެވެ. އެނދުގައި އެތައް އިރަކު އޮތުމަށްފަހު އީތަން ތެދުވެލިއެވެ.  އެވަގުތު އެނދުން ކިއި އަޑަކުން ހިނދުކޮޅަކަށް ނަމަވެސް ހިމޭންކަން ގެއްލިގެން ދިޔައެވެ. ކަނުއަނދިރި އެކޮޓަރީގައި އީތަން ފިޔަވާ އިތުރު މިހުންތަކެއް އުޅޭކަމުގެ އިހުސާސް ވަމުން ދިޔަ ނަމަވެސް އެއްވެސް މީހަކު ފެންނާކަށް ނެތެވެ. އީތަން ދެކޮޅު ދެކޮޅަށް ހިނގާލަ ހިނގާލާ ހުރީ މިކަމުން އަވަހަށް ސަލާމަތް ވާނެ ކަމުގެ އުއްމީދުގައެވެ. “އީތަން!” ކުއްލިއަކަށް އެކޮޓަރިތެރެ ރަތް ކުލައިން ދިއްލިގެން ދިޔައެވެ. އީތަން ފަހަތް ބަލާލިއެވެ. ރޭނގަޑެއްފަދަ އަނދިރިކަމަކުން ކަޅުވެފައިވާ މޫނެއްގެ ވެރި އަންހެނަކު އެކޮޓަރީގެ މެދުގައި ހުއްޓެވެ. ހުދު ފަށުވިކޮޅެއްފަދަ ދިގު އިސްތަށިގަނޑު ވަޔާ ވިހުރެމުންދިޔައިރު  ދެފައި ބިންމަތީގައި ނުޖެއެހެވެ. އެމިހާގެ ދެލޯ ލޭރަތް ކުލައިން ދިއްލިގެން ދިޔައިރު އިސްކޮޅުން ދިގުކަމުން ސީލިންގުގައި ކިރިޔާ ނުޖެހޭ ކަމެވެ. އެމީހާއާ ދިމާއަށް ބަލަހައްޓައިގެން އިރުކޮޅަކު ހުރުމަށްފަހު އީތަން ގުދުވެލަމުން ކަރުބުޑުން ހަޅޭލަވާގަތެވެ. އެވަގުތު އީތަންގެ އަނގައިން އަލިފާންކަނި ބުރައިގެން ދިޔައެވެ. އިސާހިތަކު އީތަންގެ އިސްކޮޅުވެސް އެމީހާއާ އެއްވަރުވިއެވެ. މުޅިކޮޓަރީގައި ފަރުހަކިވަސް ދުވަމުން ދިޔައިރު ހިސާބަކަށް ދުމުގެ އަސަރުވެސް ފެންނަން ހުއްޓެވެ.

 

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

ShaiShy

Level 410 Stories100 Comments500 Comments

Other Articles

Previous

ލޯބި ވެވުމުން ……….13

Next

ދުރުގައިވިޔަސް… (17 ވަަނަ ބައި)

Next
May 15, 2017

ދުރުގައިވިޔަސް… (17 ވަަނަ ބައި)

Previews
May 14, 2017

ލޯބި ވެވުމުން ……….13

47 Comments!

  1. kayashandy says:
    May 14, 2017 at 11:10 pm

    here is the 15th part of KAKUNI…hope yu all will enjoy. …i ll be looking forward for de comments frm all de lovely ppllz..

    keep waiting for tuesday nyt..thank u all:) much love<3

  2. Maan says:
    May 14, 2017 at 11:13 pm

    mee first.. vvvvvvry nice love this story ..avahah up kohdhecheyyy…

    1. kayashandy says:
      May 14, 2017 at 11:28 pm

      aaarrrnnn dhw…thankuu maan…ennnem avahaaves dn upvaanee tuesday nyt ga..keep waiting dear:)

  3. Jasmine says:
    May 14, 2017 at 11:24 pm

    ???

    1. kayashandy says:
      May 14, 2017 at 11:29 pm

      thanku jasmine 🙂

  4. Aashoo says:
    May 14, 2017 at 11:24 pm

    Alhey so interesting… Hama kiya kiya i dha e nimuny.. Next part avas plz

    1. kayashandy says:
      May 14, 2017 at 11:30 pm

      awwnnn Aashoo thank u soo much:) next part miahvure dhigukohleveythw balaanan..:) keep waiting for tuesday nyt…:)

  5. Sam says:
    May 14, 2017 at 11:25 pm

    Wow vvvv reethi..dhn vaany kihinehbaa???waiting for the nxt ep…

    1. kayashandy says:
      May 14, 2017 at 11:31 pm

      thank u sam…dnvaane gothei balaalan stay tuned..hehe:)

  6. Princess Yaa says:
    May 14, 2017 at 11:26 pm

    Hehe. Me first dho. Thanks avahah upkohlleema. Varah reethi. Waiting for the next part

    1. kayashandy says:
      May 14, 2017 at 11:33 pm

      may b in next tym dhw dear…:) ur welcome n thank u for waiting:)

  7. Saandy says:
    May 15, 2017 at 12:20 am

    WOW!! V v salhi… Ziyadhange nubaikamuge sazaa mi liben ulheny Eathan ah dhw… Ehenviya nudhehchey… Next partge inthizaaruga… Alhe Tuesday avahah annaanenama… hehehe… Keep it up Kaya 🙂

    1. kayashandy says:
      May 15, 2017 at 4:37 pm

      thaaaankkuu saandy…:) poor ethan dhw..keekuraanee mihaaru ethan ah huri goi eii..:( tuesday annaane maadhama..ehhehe…keep waiting dear..:)

  8. Zail says:
    May 15, 2017 at 12:29 am

    Adhi mikiyaalevunyh..varah salhi..mizee dheke eethan ah loabi vevunytha?..story vara salhi hama…eethan bahppa nunyh maama kannege dho efennanyh..hehe…varah interesting.. Sail ge fav mi story mee..wen is nxt part kaya?… Gudnyt?

    1. kayashandy says:
      May 15, 2017 at 4:39 pm

      neynge dhw zail…eethan ah vefa ehuri gothei eyna ah ves neynge..sson u ll knw wats all these things going on in his life..btw thaaankkk u soooo much for ur support..:) next part insha allah tmrw nyt..:)

  9. it's me! ? says:
    May 15, 2017 at 1:21 am

    WoW vvv salhi.. btw eathan kaisha aai bahdhalu vaane dhw nxt partga..avahah hurihaa kameh eethan handhaan vaane nama dhw..?

    1. kayashandy says:
      May 15, 2017 at 4:40 pm

      neynge dhw dhimaaves vedhaane hama..dn ethan ge memory come bak vaane kameives neynge…hingaa dhw balamaa:)

  10. remoo says:
    May 15, 2017 at 2:00 am

    wow vvvv salhi

    1. kayashandy says:
      May 15, 2017 at 4:52 pm

      thaaaaaankuu remoo

  11. luhan says:
    May 15, 2017 at 5:42 am

    V salhi..Nxt prt avaskohdheythi ingey..?

    1. kayashandy says:
      May 15, 2017 at 4:53 pm

      happy to c yu here..thanku..insha allah will try:)

  12. Maree says:
    May 15, 2017 at 6:28 am

    vvvv loabi ingey

    1. kayashandy says:
      May 15, 2017 at 4:54 pm

      thaaank u maree:)

  13. Lucifer says:
    May 15, 2017 at 8:23 am

    v reethi

    1. kayashandy says:
      May 15, 2017 at 4:54 pm

      thaaaaaaaaank u:)

  14. hana says:
    May 15, 2017 at 9:58 am

    wow wow wow im speechlessssss. varah varah reethi inge

    1. kayashandy says:
      May 15, 2017 at 4:55 pm

      thank u sooooooo much hana..:) glad dat u liked it:)

  15. The says:
    May 15, 2017 at 10:28 am

    Author thy girl ehtha?

    1. kayashandy says:
      May 15, 2017 at 4:56 pm

      sure btw wat hppd dear?

    2. The says:
      May 15, 2017 at 9:51 pm

      He he. Hama ahaaly
      Story vvvv loabi
      I’m so sad 4 zunoor. He’ll b heartbroken dhw….living away from wife and beloved son, and having a devil like wife zimreena and equally wicked son zyadan..???????? I hope he and husna will b together at the end.

  16. Anonymous says:
    May 15, 2017 at 10:37 am

    woww mi part vx v nice.. v different story eh.. waiting for another part.. dhigukoh genas deyne kamh heekuran.. up soon as possible..

    1. kayashandy says:
      May 15, 2017 at 4:58 pm

      thaaank u sooo much..:) insha allah dhigukohleveythw try kuraanana:) keep waiting.. tmrw nyt..:)

  17. silver mist says:
    May 15, 2017 at 10:53 am

    Alhe mivanii kihineh???
    Pls avahah nxt part up kohdhiiiba?

    1. kayashandy says:
      May 15, 2017 at 4:59 pm

      alhe neynge..ehehe..thank u soooo much dear:) next part will try to up ASAP

  18. v says:
    May 15, 2017 at 11:53 am

    ???

    1. kayashandy says:
      May 15, 2017 at 5:00 pm

      thhhhaaaaaaaaaaaaannnnnkuuuu:)

  19. ely says:
    May 15, 2017 at 12:28 pm

    Don’t take me wrong but mi vaahaka a laarage heeveey kalaa vaahen vaahaka a vahttharu gotheh ebahuri. Both stories have twins base on humans and jinni. May b it is a coincidence. Still both stories r nice ?

    1. kayashandy says:
      May 15, 2017 at 5:01 pm

      tbh i hvnt read any stories of laaraa so i dnt hav any idea abt de story u hv mentioned..thibunihen coincidence akah vefa miothy..hehe..bta thank u ely:)

  20. Jjeyツ says:
    May 15, 2017 at 12:46 pm

    Omg… eethange maaama dho e aeee…kihineh baa vaany dhean.?. Waiting ingey?. V salhi mi part vs?

  21. xim says:
    May 15, 2017 at 4:23 pm

    salhi eyy ingeyy ? hama waiting ga mihuree?

  22. Misha says:
    May 15, 2017 at 4:59 pm

    Mi part vc vrh reethi??..waiting for the next part

  23. Liaa says:
    May 15, 2017 at 5:03 pm

    Hii kaya..
    Love this story 🙂 Keep up the good work ingey
    Can’t wait for the next part.. Dhen vaanee kihinehbaa?

    1. The says:
      May 15, 2017 at 9:56 pm

      Waiting vvvvvvvvvvvvvvvvvvvv impatient 4 ur story Liaa
      One of the most unique story ideas I’ve ever seen till now!!!

  24. ASH CHUM says:
    May 15, 2017 at 7:55 pm

    Alhy mi vaahaka reethi kan.keep it up

  25. lil grl says:
    May 16, 2017 at 3:20 pm

    when is next part?? v reethi mi vaahaaka <3

  26. Riffu says:
    May 16, 2017 at 3:40 pm

    When up vaany? *feeling impatient ?

  27. Ethan says:
    May 30, 2017 at 12:16 pm

    miee hama enme best story..kaya ge “kakuni” dheke loabi vevihje.. <3

Comments are closed.

Next Episodeކަކުނި 16←


All Right Reserved!