Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރިލޯބި

ކަކުނި 16

ShaiShy Level 410 Stories100 Comments500 Comments
May 16, 2017 5 Mins Read
51 Comments

ކުއްލިއަކަށް އެކޮޓަރިތެރެ ރަތް ކުލައިން ދިއްލިގެން ދިޔައެވެ. އީތަން ފަހަތް ބަލާލިއެވެ. ރޭނގަޑެއްފަދަ އަނދިރިކަމަކުން ކަޅުވެފައިވާ މޫނެއްގެ ވެރި އަންހެނަކު އެކޮޓަރީގެ މެދުގައި ހުއްޓެވެ. ހުދު ފަށުވިކޮޅެއްފަދަ ދިގު އިސްތަށިގަނޑު ވަޔާ ވިހުރެމުންދިޔައިރު  ދެފައި ބިންމަތީގައި ނުޖެއެހެވެ. އެމިހާގެ ދެލޯ ލޭރަތް ކުލައިން ދިއްލިގެން ދިޔައިރު އިސްކޮޅުން ދިގުކަމުން ސީލިންގުގައި ކިރިޔާ ނުޖެހޭ ކަމެވެ. އެމީހާއާ ދިމާއަށް ބަލަހައްޓައިގެން އިރުކޮޅަކު ހުރުމަށްފަހު އީތަން ގުދުވެލަމުން ކަރުބުޑުން ހަޅޭލަވާގަތެވެ. އެވަގުތު އީތަންގެ އަނގައިން އަލިފާންކަނި ބުރައިގެން ދިޔައެވެ. އިސާހިތަކު އީތަންގެ އިސްކޮޅުވެސް އެމީހާއާ އެއްވަރުވިއެވެ. މުޅިކޮޓަރީގައި ފަރުހަކިވަސް ދުވަމުން ދިޔައިރު ހިސާބަކަށް ދުމުގެ އަސަރުވެސް ފެންނަން ހުއްޓެވެ.

 

“ކިހިނެއްވީ ކުއްލިއަކަށް ތިއައީ؟” އީތަންގެ ސުވާލުކުރީ ކުރިމަތީގައި ހުރި އަންހެން މީހާއާއެވެ. އެވަގުތު އިބްޒާ ހިނިތުންވެލިއެވެ. އޭނަ އީތަންއާ ކޮންމެހެންވެސް ބައްދަލު ކުރަން ބޭނުންވުމުން އަންގާވެސް ނުލާ ކުއްލިއަކަށް އަންނަނެ ޖެހުނީއެވެ. ވަރަށްވެސް މުހިއްމު ވާހަކައެއްދައްކަންވެފައި އޮތުމުން މަޑުކުރެވެންވެސް ނެތީއެވެ. އޭނަގެ ފުރާނަފަދައިން ލޯބިވާ މާމަ ދަރީގެ ދުވަސް ދުއްވާލުމަށް އިންސާނުންގެ ބަޔާކު ރާވަމުންދާ ޚަބަރުލިބުމުން އިބްޒާގެ ފުރިހަމަ ސަމާލުކަން އެވަނީ އެކަމަށް ދެވިފައެވެ. “ދަރިފުޅާ! ދަރިފުޅު ހިނގާ މާމައާއެއްކޮށް ދާން..ދަރިފުޅުގެ ފުރާނަ ނުރައްކަލެއްގެ ތެރޭގައިވަނީ…މާމަ ބޭނުމެއް ނޫން ދަރިފުޅު މިތާ ހުންނާކަށް އެމީހުން ކޮންމެފަދަ ކަމެއްވެސް ކޮށްފާނެ..” އިބްޒާގެ އެރަތް ދެލޮލުން ކަރުނަ ވިދާލިއެވެ. ޒުއްނޫރުވެސް މިކަންތައް މާއާދައިގެ ކަމެއްކަމުގައި ދެކުނަސް އިބްޒާއަށް ކުރިމަތިވަމުން އަންނަ ތޫފާނުގެ ހިލަން ވަނީ މާކުރިއްސުރެ ވެފައެވެ. އެހެން ކަމުން އީތަންގެ ސަލާމަތަށްޓަކައި ކުރެވެން ހުރި ހުރިހާ ކަމެއް އޭނަ ކުރާނެއެވެ. “ނޫން މާމާ..އަހަރެން ބޭނުންވަނީ ކުށެއް ނެތް ކަން ސާބިތު ކުރަން..މިއަދު އަހަރެންނަށް އުޅެން ޖެހިފައި މިވަނީ މިދުނިޔޭގައި އެހެންވީމަ މިތަނުގައި އުޅެވޭނީ މިތަނުގައި ކަންތައްތައް ހިނގާ ގޮތާ އެއްގޮތަށް…މާމައަށްވެސް ރަނގަޅަށް އެނގޭނެ އަހަރެން ބޭނުންނަމަ މިހާރުވެސް މިތަނުން ނިކުމެވިދާނެކަން..އެކަމަކު އަހަރެން އެގޮތެއް ބޭނުމެއް ނޫން..” އީތަން އެކަމަށް ދެކޮޅުހެދިއެވެ. ހަޤީގަތުގައި އީތަން އޭނަގެ މަންމައާމެދު ވިސްނާލަމުން ކެތް ކޮށްލައިގެން އެހުންނަނީއެވެ. އެހެން ނޫންނަމަ މިތަނަށް އޭނަ ގެނައުމުގެ ކުރިންވެސް އެހެންމީހުންގެ ލޯތަކަށް ގެއްލުމުގެ ބާރު އީތަންއަށް ލިބިގެންވެއެވެ. “މަންމަވެސް ވަރަށް ދެރަވެފައި ހުރީ އަހަރެންގެ ބޮލުގައި މިދޮގު އިލްޒާމް އެޅުވުމުން..އަނެއްކާ މިހާރު  އަހަންނޭ ކިޔާފަ ތަފާތު އެތައް ވާހަކަތަކައް ދެކެވެމުންދާނެ..އެކަންތައް ދޮގުކަމަށް ސާބިތުވުމުން ނޫނީ އަހަރެންގެ މަންމަގެ ހިތައް ހަމަޖެހުމެއް ނުލިބޭނެ..އަނެއްކޮޅުން މީހުންގެ ކުރިމައްޗަށް އަރަންވެސް ލަދުގަންނާނެ..އެހެންވީމަ އަހަރެން ބޭނުން މިކަންތައް ކޮންމެވެސް އެއްކޮޅެއްގައި ޖައްސަން..” އަނެއްކާވެސް އީތަން ބުނެލިއެވެ. އީތަން ހުސްނާއާމެދު ވިސްނާވަރު އެނގުމުން އިބްޒާގެ މޭކަރާގޮތްވިއެވެ. އޭނައަށް ވެގެން ވަންޏާ ހުސްނާ މިހާރު ދުނިޔެއިންވެސް ފޮހެލާނެއެވެ. ނަމަވެސް އެހެން އެކަންތައް ކުރެވޭކަށް ނެތެވެ. ތާއަބަދު ޒުއްނޫރު އެހުންނަނީ ހުސްނާއަށް ފާރަވެރިވެގެންނެވެ. އީތަންއަށް ވެސް ހިތާމައެއް ދޭކަށް އިބްޒާ ބޭނުމެއް ނޫނެވެ. އިބްޒާ ދަތްކުނޑި ވިކާލިއެވެ. އޭނަ ހުސްނާދެކެ އަންނަނީ އަމަށަކު ރުޅިއެއް ނޫނެވެ. ހުސްނާގެ މަންމަގެ ސަބަބުން އިބްޒާއަށް އޭނަގެ ހުރި  ހަމައެކަނި އަންހެންދަރި ވަނީ ގެއްލިފައެވެ. އިބްޒާ އޭނަގެ ރުޅި ކޮންޓްރޯލް ނުވެދާނެހެން ހީވުމުން އަވަހަށް އީތަންގެ ކުރިމަތިން ގެއްލެން އުޅުނު ވަގުތު އީތަން ކޮށްލި ސުވާލަކުން އިބްޒާގެ ހަރަކާތްތަކަށް ހުއްޓުމެއް އެރިއެވެ. އީތަން މިޒްކާގެ ވާހަކަ އެދެއްކީ ކީއްވެ ހެއްޔެވެ؟  މިޒްކާ އީތަން ކައިރީގައި އެއްޗެކޭ ބުނީ ހެއްޔެވެ؟ އިބްޒާ ހަމަޖެހެން މަސައްކަތް ކުރަމުން ހިނިތުން ވެލިއެވެ. އީތަންއާ ފަހުން ބައްދަލު ކުރާނެކަމަށް ބުނެ އަވަސް އަވަހާ އެތަނުން ގެއްލިގެން ދިޔައީ ދެވަނަ ސުވާލެއް ކުރިމަތި ވެދާނެ ކަމުގެ ބިރަށެވެ. އީތަން އޭނަގެ މާމައަށް ވީގޮތުން ހައިރާންވިޔަސް ދެވަނަ ފަހަރަށް މާމަކައިރީގައި މިޒްކާގެ ވާހަކަ އަހާކަށް ނުކެރުނެވެ. އީތަންގެ ލޯކުރިމަތިން  އިބްޒާ ގެއްލުމާއެކު އޭނަގެ އަސްލު އިސްކޮޅަށް ތިރިވެ އެނދުގައި އިށީނެވެ. އެވަގުތު އޭނަގެ ނޭފަތުގައި ހިތްގައިމު މީރުވަހެއް ޖެހުނެވެ. އީތަން ނޭފަތް އެތެރެއަށް ދަމާލަމުން ވަށައިގެން ހޯދާލިއެވެ. ކުއްލިއަކަށް ކަމެއް ހަނދާންވުމުން ބާލިސްދަށް ބަލާލިއެވެ. ބާލިސް ހިއްލާލިވަގުތު އީތަންގެ ލޮލުގައި އަޅައިގަތީ އެތަނުގައި އޮތް ރަތް ކުލައިގެ މަލެކެވެ. ކަނު އަނދިރިކަން ވެރިވެފައި އޮތް އެކޮޓަރި ތެރޭގައިވެސް އެމަލުގެ ކުލަ އާދަޔާ ޚިލާފުގޮތަކަށް އަލިވެފައިވެއެވެ. އީތަން އެމާ ނެގުމަށް ފަހު ނޭފަތު ކޮޅުގައި ޖައްސާލިއެވެ. އެވަގުތު ކުރީގެ ހަނދާނެއް ސިކުނޑިގައި އާވެލިއެވެ. އެއީ އައްޑޫގައި ހޮސްޕިޓަލު އޮއްވާ އިބްޒާ ގެނެސްދިން މަލެކެވެ. އެދުވަހުވެސް ހަމަ ރަތް ކުލައިގެ މަލެއް ދިނުމަށްފަހު އިބްޒާ އެދުނީ އޭގެ ވަސްބަލާލުމަށެވެ. އީތަން އެއްވެސް ފިކުރެއްނެތި އެގޮތަށް ކަންތައް ކުރިއެވެ. އެވަގުތު ހިނދުކޮޅަކަށް ނަމަވެސް ބޮލަށް އެނބުރުން އަރައިގެން ދިޔައެވެ. ނަމަވެސް ސިކުންތެއްވެސް ނުވަނީ އީތަންގެ ބޮލުގެ ރިހުމަށް ލުޔެއް ލިބުނެވެ. އޭގެ ފަހުން ކޮންމެ ރެއަކުވެސް އެވައްތަރުގެ މަލެއް އީތަންގެ ބާލިސްދަށުގައި އޮވެއެވެ. އީތަން އެމަލުން ވަސްބަލަނީ ސިކުނޑިއަށް ލުޔެއް ލިބޭތީވެއެވެ. ނަމަވެސް އީތަންއަށް ނުވިސްނުނު ކަމަކީ އެމަލުން ވަސްބަލާ ކޮންމެ ފަހަރަކު އީތަންގެ ހަނދާނުން ބައެއް ފޮހެވިގެންދާ ކަމެވެ. އިބްޒާގެ ސަބަބުން މިހާރުވެސް އީތަންއަށް އެވަނީ އޭނަގެ ހަނދާނުން ބައެއް ފޮހެވިގެން ގޮސްފައެވެ. އިބްޒާގެ ބޭނުމަކީ އީތަން ވީހާވެސް ބޮޑަށް އިންސާނުންނާ ދުރުކުރުމެވެ. އޭރުން ވަގުތު ޖެހުމުން އީތަން އެނބުރި އެމީހުންގެ ދުނިޔެއަށް އައުމަށް ފަސޭހަ ވާނެއެވެ. އެވިސްނުމުގައި ހުރި އިބްޒާއަށް ނުވިސްނުނު ކަމަކީ ބައެއް ކަހަލަ ހަނދާންތަކަކީ އިންސާނުންގެ ސިކުނޑިން އެހާ ފަސޭހައިން ފޮހެވޭނެ ކަންތައް ތަކެއް ނޫން ކަމެވެ. އީތަން ކަހަލަ އާދަޔާ ޚިލާފު ބާރުތަކެއް ލިބިފައިވާ މީހެއްގެ ސިކުނޑިއާ އެހާ ފަސޭހައިން ކުޅެލަން ވަގުތު ނަގާނެއެވެ. މިހާރުވެސް ކައިޝާގެ ހަންދާންތައް ފުސްކޮށް ނަމަވެސް އީތަންގެ ހަނދާނުގައި އެވަނި އެކަމުގެ ހެއްކަކަށެވެ.

 

ވަށައިގެން ވަނީ ވާބޯ ގަސް ތަކެވެ. އިބްޒާ ކުރިއަށް ހިނގަމުންދާ ވަރަކަށް ގަސްތަކުން އެލިފައިވާ ވާތަށް ދެފަރާތަށް ކެހެމުންދިޔައީ އަމުރަށް ތަބާވާފަދައިންއިންނެވެ. ކުރިއަށް ހިނގަމުން އިބްޒާ ގޮސް ހުއްޓުނީ ގަސްތަކާ ތަންކޮޅެއްދުރުގައި އޮތް ހުސްބިމެއްގައެވެ. އިބްޒާގެ އެންމެ އިޝާރާތަކުން މުޅި ހިސާބުގައި އަލިފާން ހުޅުތަކެއް ފަޅައިގެން ދިޔައެވެ. އެހުޅުތަކުގެ މެދުން އިބްޒާ ގޮސް މާދުރުގައި ހުރި އުސް އިމާރާތަކަށް އެރީ އުދުހިލާފައެވެ. އޭނަގެ ހުދު އިސްތަށިގަނޑު ވަޔާ ވިހުރެމުންދާގޮތުން ހިތްތަކަށް ލޮޅުން އަރައިގެންދާއިރު އެދެލޮލުން ފާޅުވަމުންދާ ރުޅިވެރިކަން ފެންނަ މީހަކު ބިރުން ފިއްކަނޑައިގެންދާނެއެވެ. އިބްޒާ އެއުސް އިމާރާތަށް އެރުމާއެކު އެތަނުގައި ތިބި ދޮރުއާނުން ދޮރުހުޅުވާދިނެވެ. ގަދަފަދަ އަޑުފަށްގަނޑަކާއެކު ދަގަނޑު ތޭރިތަކެއްލާފައިވާ އެދޮރު ހުޅުވިގެން ދިޔައަޑާއެއްކޮށް އެގޭތެރެއިން އަންހެން ކުއްޖެއްގެ ވޭނީ ހަޅޭކުގެ އަޑެއްވެސް އިވިގެންދިޔައެވެ. އިބްޒާގެ ދެފައި ތިރީގައި ނުޖެހޭއިރު އަނދިރިކަން ވެރިވެފައިވާ އެއިމާރަތުގެ ތެރެއިން ތަފާތު އެކި އަޑުއަޑު އިވެމުން ދިޔައެވެ. ބުޅާ ގޮވާއަޑާ ފަނިފަކުސާގެ އަޑުވެސް އިވެމުން ދިޔައެވެ. ދޭތެރެއަކުން ބާރު ގުގުރިއެއްގެ އަޑު އިވެމުން ދިޔައިރު ވިދާލާ ވިދުވަރުން އެތަނަށް އަލިވެގެން ދެއެވެ.  އެއިމާރާތުގެ އެންމެ ކޮޅުގައި ބޮޑު އަލިފާންގަނޑެއް ޖަހާފައިވާއިރު އެއަލިފާންގަޑު މެދުގައި ދަގަނޑު ޗޭނު ތަކަކުން އައްސާފައިވަނީ ކުޑަ އަންހެން ކުއްޖެކެވެ. އެއަލިފާންގަނޑުގެ ބިއްދަށުން އަންހެނަކު ރޯއަޑު އިވެމުން ދިޔައެވެ. އިބްޒާ އެދިޔަ ގޮތަށް ގޮސް އެ އަންހެން މީހާގެ  ބުޅިކޮށް އޮތް އިސްތަށިގަނޑުގައި ހިފާ އިބްޒާގެ އަތަށް އޮޅާލުމަށްފަހު ލުއްކެއް ޖަހާލިއެވެ. “އާއާހްހްހް…” މިޒްކާ ހަޅޭލަވާގަތެވެ. އެދެލޮލުން ވޭނީ އަސަރެއް ފެންނަން ހުރި އިރު އިބްޒާގެ ހިތައް އެކައްޗެއްވެސް ނާރަރައެވެ. “އަހަރެންގެ ދަރިފުޅު ދޫކޮށްލާ…އަހަރެން މިހާރުވެސް ކަންތައް މިކުރަނީ އިބްޒާ ބޭނުންވާ ގޮތަށް..އީތަންއަށް އޮޅުވާލައިގެން އުޅެން ކިތައްމެ އުނދަގުލަސް އަހަރެން އެކަންވެސް ކުރަމުން މިދަނީ..” މިޒްކާ ރޮއެގަތެވެ. އަހަރެއް ނުވާ އޭނަގެ ކުދަ ކުޑަ ދަރިފުޅަށް އިބްޒާ ޖައްސަމުން އެދާ ހާލުން މައިލަގޮނޑިއަށް ކެތްވަނީއެއް ނޫނެވެ. އިބްޒާ އެއީ އަމިއްލަ އުފާތަކަށް ކޮންމެ ފަދަ ކަމެއްވެސް ކުރަން ޖެހިލުން މީހެއް ނޫންކަން މިޒްކާއަށް ރަނގަޅަށް އެނގެއެވެ. ޖިންނީގެ ދުނިޔޭގެ ރަސްކަލެއްގެ އަންބަކަށް ވުމުން އިބްޒާއަށް އާދަޔާ ޚިލާފު ބާރުތަކެއް ލިބިގެންވެއެވެ. އޭނަގެ ބަހާ ދެކޮޅު ހަދާމީހެއް އަނދާ އަޅިޔަށްވާކަށް ސިކުންތެއްވެސް ނުނަގާނެއެވެ. “އަހަރެން ކަލޭ ކައިރީގައި ބުނީ އީތަން އެ ކައިޝާއެއް މަތިން ހަނދާން ނެތެންދެން އޭނަގެ ލޯކުރިމަތީ ހުންނާށޭ..އޭގެ މާނައަކީ ތާއަބަދު އޭނަގެ ހިޔަނިހެން ހުންނާށޭ..އެހެންވީމަ ކަލޭ ނުޖެހޭނެ އީތަން އެކަނި ކޮށްލާކަށް..އެކަނި ވުމުން އޭނަ ވިސްނާނީ ކުރީގެ ހަނދާންތަކާ މެދު..އަހަރެން އެގޮތެއް ބޭނުމެއް ނޫން..އެހެން ނޫނަސް ކަލެއާ ހަވާލު ކުރާ ކަމެއް ރަނގަޅަށް ނުކުރެވޭތީވެދޯ އީތަން ކަލޭގެ މިޒާޖާ ބެހޭ ގޮތުން ސުވާލުކުރާނީ..އެވަރަށް ކަލެއަށް އޭނައަށް ސަމާލުކަން ނުދެވޭތީވެ ކަލޭ ނެތުމުން އޭނަ އެކަމާ ވިސްނީމަދޯ އިނގޭނީ ކަލޭ ތަފާތުވެފައި ހުރިކަން..” އިބްޒާގެ ރުޅިގަނޑު ހީވަނީ ފަޅައިގެންދާން އުޅޭހެންނެވެ. އީތަންއަށް މިޒްކާއާ މެދު ޝައްކުވާނަމަ އޭނަ ކުރަން ރާވާފައިއެވާ ކަންތައް ނުކުރެވޭނެއެވެ. މިޒްކާ މާކުރިންސުރެ އީތަންއަށް ހިތްކިޔާފައިވާކަން އޭނައަށް އިނގެއެވެ. މިހާރު އެހެން މިހަކާ އިނދެގެން ދަރިއެއް ހުއްޓަސް މިޒްކާގެ ހިތުގައި އީތަންއަށް ޚާއްސަ މަޤާމެއް ވާކަން އިބްޒާ ދަނެއެވެ. އެކަމުގެ ފައިދާ ނަގަން އިބްޒާ ނިންމީ އޭނަގެ އަމިއްލަ އެދުމަކަށެވެ. ” އަހަރެން ކިހިނެއް އަބަދު އިންސާނުންގެ ދުނިޔޭގައި އުޅޭނީ؟ ފިރިމީހާގެ ކަންތަކާ ކުޑަދަރިފުޅުގެ ކަންތައް އެއީ އަހަރެންގެ ޒިންމާއެއް…އެހެންވީމަ އެކަންތަކަށްވެސް ވަގުތު ބޭނުންވޭ..” މިޒްކާގެ ލޮލުން ކަރުނަ ހިލެން ފެށިއެވެ. ޖިންނިއަކަށް ވިޔަސް އިބްޒާގެ ކުރިމަތީ އޭނައަކީ ބަލިކަށި އިންސާނެއްފަދަ މީހަކެވެ. މިޒްކާ ކަރުނައިގެ ތެރެއިންވެސް އަލިފާންގަނޑުގެ މެދުގައި އައްސާފައިވާ އެކުޑަ ކުއްޖާއާ ދިމާއަށް ބަލާލިއެވެ. ކުށެއްނެތް އެމަޢުސޫމު ފުރާނައަށް އެލިބެނީ ކާކު ކުރި ކުށުގެ ސަޒާއެއް ކަމެއް ނޭނގެއެވެ. “ފިރިމީހާއާއި ދަރިއެއް ނެތްނަމަ ކަލެއަށް ވަގުތުވާނެތަ؟ އޭނ!” އިބްޒާގެ ބަރު އަޑުން މުޅިތަނަށް ގުޑުން އަރައިގެން ދިޔައެވެ. އެމެހެލްގެ ޚާދިމުންވެސް ފަހަތަށް ޖެހިލިއިރު އެންމެންގެ ލޮލުން ސިހުމާއި ބިރު ފެނިގެންދިޔައެވެ. ” ނޫން..ނޫން..އަހަރެން އަބަދުވެސް އީތަންގެ ޚިދުމަތުގައި ހުންނާނީ..އަހަރެންގެ ދަރިފުޅު ދޫކޮށްލާ..ދެން އަހަރެން އެނބުރި އަންނާނީ އީބްޒާގެ އަމުރަށް…ހެޔޮ އުމުރު ދުވަހު އީތަންގެ ޚިދުމަތުގައި ހުންނަން ޖެހުނަސް..އެކަމަކު އަހަރެންގެ ފިރިމީހާއާއި ދަރިފުޅަށް ގެއްލުމެއް ނުދީ..އާދޭސްކުރަން..” އިބްޒާ ބުނި އެއްޗެއްގެ މާނަވިސްނުމާއެކު މިޒްކާގެ ހަށިގަނޑަށް ލޮޅުންއަރައިގެން ދިޔައެވެ. އޭނަގެ ދަރިފުޅަށް ގެއްލުމެއް ވާތަން ދެކެން އެހިތަށް ކުޅަދާނަވެގެން ނުވެއެވެ. އިބްޒާގެ ފައިބުޑަށް ވެއްޓި މިޒްކާ ގިސްލަމުން ދިޔައެވެ. މިއަދު އޭނަ އެވަނީ ނިކަމެތިވެފައެވެ. ދަރިފުޅަށްޓަކައި ސަލާންޖެހަން ޖެހުނަސް ވަރިހަމައެވެ. އެކަމަށް ފަރުވާލެއް ނެތެވެ. މިޒްކާއަށް އެތައް ޝަރުތެއް ކުރުމަށްފަހު މިޒްކާއާއި އޭނަގެ ދަރިފުޅު ދޫކޮށްލިއެވެ. މިޒްކާ ޝުކުރުވެރިވަމުން އެމެހްލްއިން ނިކުމެގެން ދިޔައެވެ. މިޒްކާ ދިޔުމާއެކު އިބްޒާ ދުންތަކުތެރެއަށް ގެއްލުނެވެ. ދެވަނަ ސިކުންތުގައި އޭނަހުރީ ކޮޓަރިއެއްގެ ތެރޭގައެވެ. ފަނޑު އަލިކަމެއްވާ އެކޮޓަރީގެ މެދުގައި ހުރި އެނދެއްގައި ބަލި ފިރިހެނަކު އޮތެވެ. މިއަދު ގައިބާރު ދޫވެ ބަލިކަށިވެފައި ވިޔަސް އެމިހަކީ އެއްއިރެއްގައި ބާރުގަދަ ފަހުލަވާނެކެވެ. އެކަނިމާއެކަނި އެތައް ދުޝަމަނުން ތަކެއް އަންދާލި ރަސްކަލެކެވެ. އެއީ އިބްޒާގެ ފިރިމިހާ ޒައްނާރޫރެވެ. ” އަހަރެން ބެނުން ހުސްނާއާ ބައްދަލުކޮށް މާފަށް އެދެން..އަހަރެން ކުރި ކުށެއްގެ ސަބަބުން ހުރިހާ ހިތާމައެއް މިއަދު އެކުރަނީ އަހަރެންގެ ދަރިފުޅު..ޒުއްނޫރުގެ ކައިވެނި ހުސްނާއާ ނުކުރި ނަމަ މިއަދު މިވަމުންދާ ކަންތައްތައް ނުވާނެކަން ޔަޤީން..” ޒައްނާރޫރު އޭނަގެ އެދޭގޮތް ބުނެލީ އިބްޒާ އެކަން ކޮށްދޭނެކަމަށެެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

ShaiShy

Level 410 Stories100 Comments500 Comments

Other Articles

Previous

ދުރުގައިވިޔަސް… (18 ވަނަ ބައި)

Next

އަންވާރު (ސީސަން 01) ފުރަތަމަ ޕާޓް

Next
May 16, 2017

އަންވާރު (ސީސަން 01) ފުރަތަމަ ޕާޓް

Previews
May 16, 2017

ދުރުގައިވިޔަސް… (18 ވަނަ ބައި)

51 Comments!

  1. kayashandy says:
    May 16, 2017 at 7:56 pm

    i knw its quite short comapred to previous part..but hope u guys will appriciate it..:) thank u all for ur love and support..mistakes huredhaane cux i cudnt get much time n this is all i cud do in the past 2 days.. keep waiting..love u

  2. Naira says:
    May 16, 2017 at 8:03 pm

    Varahh reeeeewthi

    1. kayashandy says:
      May 17, 2017 at 7:18 pm

      thanks naira..happy to cyur comment:)

  3. Naira says:
    May 16, 2017 at 8:06 pm

    OMG..Aharenn 1st tha alhey..????

    1. kayashandy says:
      May 17, 2017 at 7:19 pm

      ehen dhw vefa miothy…hehhhehe…thank u dear..

  4. Zee says:
    May 16, 2017 at 8:08 pm

    V v v mi bai vs..

    1. kayashandy says:
      May 17, 2017 at 7:19 pm

      thanks zee…:)

  5. Adam says:
    May 16, 2017 at 8:09 pm

    Varah salhi but v v v kuru

    1. kayashandy says:
      May 17, 2017 at 7:20 pm

      yeah dhw..thank u adam:)

  6. Naira says:
    May 16, 2017 at 8:11 pm

    ?? nooooooooo

    1. kayashandy says:
      May 17, 2017 at 7:21 pm

      wat hpnd dear…ronee keevetha..:(

  7. Naira says:
    May 16, 2017 at 8:11 pm

    ?? nooooooooooooooo

  8. Zail says:
    May 16, 2017 at 8:18 pm

    Oh wow. Interesting hama…eethan handhaantha fuhevunyh e malige sabunthaa dho ..ekm haadha dheraey..pisps eethan maama haadha plans raavaey ?
    Nt bad salhiey….aww yayyy zail ah first dho miadhu milibunyh ..up vefa inthw balaaly fenuny?kaya mi part vx varah reethi as always

    1. Zail says:
      May 16, 2017 at 8:22 pm

      Oh noo third dho???..
      Anyways kaya ge kurin story kiumuga miulhunyh..zail varah bxy kh ulhen jeheynethy avahah kiyaalyh…mihithuge fasaanaa _an unforgettable journey .varah salhi hama…speechless…aafreen ah zail ge salaam bunaathi ingey kaya?hehe…zeeshaa vx varah dheragothakah dho nimidhiyaee..auf n mikee gulhunyma awesome?…ehe??

    2. ??? says:
      May 16, 2017 at 8:44 pm

      7 heheheh

    3. kayashandy says:
      May 17, 2017 at 7:24 pm

      awwwwnnnn soo happy dat u liked it zail..eethan dhw v sad aslkuves…dn ibzaves wicked plansthah kuranee cux she duxnt like humans so ehenve..keeep waiting to knw more..:)

  9. myly❤ says:
    May 16, 2017 at 8:19 pm

    v nice story

    1. kayashandy says:
      May 17, 2017 at 7:25 pm

      happy to cur comment after a brk..:) thanks dear..:)

  10. Heyo edhey faraathe says:
    May 16, 2017 at 8:39 pm

    Kayashandy is back yeyeye???????my favorite

  11. Anonymous says:
    May 16, 2017 at 8:42 pm

    story v interesting.. waiting for another part.. thanks for uploading 🙂

  12. Who am I? says:
    May 16, 2017 at 9:00 pm

    WOW! VVV REETHI… ❣??
    whn nxt ep_?

  13. Axoo says:
    May 16, 2017 at 9:00 pm

    Waiting fr next part.Nice story.lyk it ???

  14. Misha says:
    May 16, 2017 at 9:02 pm

    Waiting for the next part??

  15. Cherry says:
    May 16, 2017 at 9:13 pm

    V salhi

    1. kayashandy says:
      May 17, 2017 at 7:38 pm

      thaaaaaaaaaaaaaaaanku cherry:)

  16. Neeve says:
    May 16, 2017 at 9:43 pm

    Waiting for nxt prt..V v lwbi mi prt vc..??

    1. kayashandy says:
      May 17, 2017 at 7:38 pm

      thanku u dear…i guess u r a new reader…so hope u ll follow till de end..:)

  17. Saandy says:
    May 16, 2017 at 9:45 pm

    WOW!! Amazing… Mibaiga Kaishaage baeh naima thankolheh falhukamah dhekki… Ekamves hama v baraabaru… Keep it up Kaya 🙂

    1. kayashandy says:
      May 17, 2017 at 7:37 pm

      oooohhh ehendhw…yeah me too felt de same way.but sometimes ehenves vaaaneinnnu…hhheh…thank u dear vvv happ vey saandy ah kamudhaa gothakah liyeveythyve..:)

  18. Aisha says:
    May 16, 2017 at 10:16 pm

    Niiiiiiiiccccceeeeeeeee??

    1. kayashandy says:
      May 17, 2017 at 7:36 pm

      thank u dear..:)

  19. Maree says:
    May 16, 2017 at 10:18 pm

    vvvvv reeethi

    1. kayashandy says:
      May 17, 2017 at 7:35 pm

      awwwnnn mareee…thaaaaaaaaaaaaaaaaaaaaannku 🙂

  20. Jjeyツ says:
    May 16, 2017 at 11:15 pm

    Amazing work kayaa?. One mistake i found. Eethan e ee jinni ehnu. But in menyion koffa insaanehge hithun baeh handhaan thah nufoheveynekan ibzaaah neygey kamekey kiyaafa. Ethanun bunanyaa eethan akii insaaneh… hehe. Iys okay. I appriciate ur work.v v v improved writing skill mihaaru kayage. Happy to see it?. v v v interesting ingey.Waiting for next part.?

    1. Book Lover says:
      May 17, 2017 at 12:44 pm

      Its not a mistake… kury ge bai rangalha kiyaaba. Ethan akee insaane ekamaku jinnenge baaru libigen vany zunnooru akee jinni akah veema.

    2. Jjeyツ says:
      May 17, 2017 at 6:32 pm

      Yah. Fahun i got it. Thanks book lover?

    3. kayashandy says:
      May 17, 2017 at 7:35 pm

      thank u sooooooooo much jj…well i think ur mistake has been cleared by booklover…anyways thank u thihaa shauguveriamaa eku abadhuves vaahaka kiyamundhaathyve..endless thanks to u dear..:)

  21. Jinn says:
    May 17, 2017 at 12:16 am

    Wow….varah salhi…. thanks….waiting for the next part….. Ibza….. You cant understand the power of human brain…. You cant change Ethan…. And Raqeeb menves Jinn aky konbaeh kan dhanegen kankan kuraathi…. Husnaa Haas nuvey Thiya hurihaa kamevves kury ehen meeheh …. Kaives Hama jehibala dho Kaya? Hehe?

    1. kayashandy says:
      May 17, 2017 at 7:33 pm

      awwwnnnnn…hehehehe jinn haadha understand veyey..hurihaa kudhives jinn gothah ulhebala dhw..hhehehe…kaisha husna be like jinn..:)

  22. remoo says:
    May 17, 2017 at 3:59 am

    wow v reethi bt thankolheh kuree…thankolheh dhigu kollaane kamah ummeedhu kuran …..

    1. kayashandy says:
      May 17, 2017 at 7:31 pm

      yes dear i knw its kurukan..:( next part miahvure dhigukohlaanan:)

  23. lil grl says:
    May 17, 2017 at 8:38 am

    wow v nice mi part vx

    1. kayashandy says:
      May 17, 2017 at 7:30 pm

      thank u sooooo much dear..:)

  24. Syn says:
    May 17, 2017 at 2:49 pm

    Alhe haadakurey

    1. kayashandy says:
      May 17, 2017 at 7:28 pm

      :(:(:(

  25. isha says:
    May 17, 2017 at 5:19 pm

    Varah reethi mi part ves ekam ehen part thakah vuren kuru ? alhey next part thankohlheh dhigu kohlaathi ?

    1. kayashandy says:
      May 17, 2017 at 7:28 pm

      thank u sooooooooo much isha…i ll try to up a long episode…keep waiting..:)

  26. Anonymous says:
    May 17, 2017 at 8:20 pm

    mirey up vaanetha? mi vaahakayah inthizaaru mi kureveny.. plx up sooon…

  27. lil grl says:
    May 18, 2017 at 9:07 am

    kaya whn is next part… hurevenyky nun vaahka kiyaa hithun… knme dhuavhu vx enmen furathama duty ah anna gothah balani mi story kiyaaleveytho.. eyah fahu ehn kameh kureveni vx now.. plxx avahah next part up kohdhyba…

  28. Aarny says:
    May 18, 2017 at 9:39 am

    alhe. its so short.but i love it. kon irakun next part ?? cant wait . please avaha upkoh dheeba.. please.

  29. Ethan says:
    May 30, 2017 at 12:27 pm

    kaya…keekey dhn bunaanee ves dhw….story reethi kamun mi huree speechless vefa

Comments are closed.

Next Episodeކަކުނި 17←


All Right Reserved!