“އެއީ ތެދެއްތަ ދަރިފުޅާ..ގަބުރެއް ލައްގައިގެންނޯ އުޅެނީ..” ގެއަށް ވަދެގެން އައި ކައިޝާއަށް ބަލާލަމުން ހުސްނާ ބުނެލި ވާހަކަ އީތަންއަށް އިވުނެވެ. ސައިކަލު ސްޓާޓް ކޮށްލަމުން ޕޮލިސް ސްޓޭޝަނަށް މިސްރާބު ހުރި އިރު އެހިތަށް އުދަގޫ ވަމުން ދިޔައެވެ. އީތަން ދުވެލާފައި ސްޓޭޝަނަށް ވަދެގެން ދިޔައިރު އެއޮމާން ނިތްކުރިމަތިން ދާތިކިތަށް ބަބުޅަމުން ދިޔައެވެ. އެހިތް ނުތަނަވަސް ވެފައިވާއިރު ސިކުނޑި ވަނީ ހާސްކަމެއްގެ ތެރޭގައެވެ. އީތަންއާ އެންމެ ފުރަތަމަވެސް ބައްދަލުވީ އެޕޮލިސްޓޭޝަނުގެ އިންޗާޖްކަމަށްވާ ހަލީމް ސަރ އާއެވެ. އީތަން […]
“އަލްހަމްދުލިﷲ..މި ބަލާވެރިކަމުން ތި ދެކުދިން ސަލާމަތް ވެއްޖެ..ބާއްޖަވެރި މުސްތަޤުބަލަކަށް އެދެން..ބޭބެގެ ދުޢާ ވަނީ ތި ދެކުދިންނާއެކު..” އަލިބެގެ މޫނުމަތި ވަނި އުޖާލާވެފައެވެ. އެތަނުގައި ތިބި ގިނަބައެއްގެ ހިތްތަކުގައި ބިރުވެރިކަން ވީނަމަވެސް ކޮންމެ މީހަކުވެސް ޝުކުރު ކުރަމުން ދިޔައީ މުސީބާތުން ސަލާމަތް ވުމުންނެވެ. އަލިބެ އެފުޅިއަށް ބަލާލަމުން އޭތި ކަޅުކުލައިގެ ކޮތަޅަކަށްލައި އައްސާލިއެވެ. އެފުޅިއަށް ހަދަންވާގޮތް އަލިބެއަށް އެނގެއެވެ. ކައިޝާގެ އަތުގައި ހިފަހައްޓައިގެން ހުރި އީތަންގެ ހިތުގައި ޒިއަދަންއާއި މެދު ހަމްދަރުދީވިޔަސް އޭނާގެ އުނދަގުލުން ސަލާމަތް ވުމުން އުފާވެސް […]
މިއޮއްވީހާއިރު އަލާނިޔާ ރުއިމުގެ ސަބަބުން ލައިތްއިނީ ހިތްކުދިކުދިވެފައެވެ. އެކަކު ގާތު ނުބުންޏަސް އެ ނާޒުކު އަންހެން ކުއްޖާއެއީ އޭނާގެ ހިތުގެ މަލަކާއެވެ. ނަމަވެސް އެންމެ ކުރިންވެސް މުލައިލް އާހެދި އަލާނިޔާއަށް ވާވަރު ފެނުމުން ލައިތްއަށް ފަސްޖެހެވެނީއެވެ. އެހެންނޫނަސް އޭނާއެއީ އަބަދުވެސް މަޑުން ހުންނަ ކުއްޖެއްކަމުން ބުނަން ނުކެރެނީއެވެ. މިހާރުވެސް އަލާނިޔާ މުލައިލް އާހެދި މޮޔަވެފަ ހުންނަވަރުން ނުބުނެވެނީއެވެ. އެހެންކަމުން އަލާނިޔާގެ ލޮލުން ވެއްޓޭ އެންމެ ކަރުނަތިއްކަކީވެސް ލައިތްއަށް ނުހަނު ވޭންދެނިވި ކަމެކެވެ. އަލާނިޔާ ކިތަންމެ ހަމަޖެހޭ ގޮތް […]
“ސަލާމް..އަހަރެން ހޯދަން ތިހުރިހާ ދަލެއް އޮހޮރުވުމުގެ ބޭނުމަކީ ކޮބާ؟؟؟ ބުނަން. ތިހެން އެޗެހިތަށް ޑީއެކްޓިވޭޓް ކޮށް ފޯނާ ނަންބަރު ވެސް ބަދަލުކުރުމުގެ ބޭނުމެއް ނެތް. އަހަރެން މިހާރު މިހުރީ ތި މީހުންގެ ހަޔާތުގަ. ދެން އަހަރެން ބޭރަށް ލުމުގެ އެއްވެސް ބާރެއް ތިއިން އެކަކަށްވެސް ނޯންނާނެ. އެންޑް ހާޝިރް އާ ބެހޭގޮތުން ބުނާނެ އެއްޗެއް އެބައޮތްތަ؟ ނެތް ދޯ.. ދެން ކާކުގެ ލޭކޯރެއްބާ ހެދޭނީ.. އިންތިޒާރުގަ. ތިމީހުންގެ މަރު” ހަތަރުމީހުންގެ ގައިންވެސް ހީބިހި ނަގާލައިގެން ދިޔައެވެ. “މީ […]
އެއަޑުގައި ހުރި ބާރަކުން އެރަށުގައިވާހާ ރުއްގަހެއް މުލުން ލުހިގެން މައްޗަށް އަރައިގެން ގޮސް ތިރިއަށް ފައިބައިގަތީ ނާމާން ގޮތަކަށެވެ. ހަމަ އެވަގުތު ކަނޑުގެ އަޑިން ފޮނުގަނޑެއް ކައްކާލުމަށްފަހުު ބޮޑު ކަކުނި ބައިގަނޑެއް އެރަށުގެ ގޮނޑުދޮށަށް ބީއްސާލިއެވެ. އެކަކުނިތަކުގެ އަމާޒު ހުރީ ޒިއަދަން ހުރި ގެއާ ދިމާއަށެވެ. އެއްވެސް އިތުރު ދިރުމެއް ނުވާ އެފަޅު ރަށުން އިވެނީ ބުޅާގޮވާ ފަދަ ނާމާން އަޑެކެވެ. އެހެން ނަމަވެސް އެއަޑު އަންނަނީ ކޮންދިމާއަކުން ކަމެއް ނޭނގެއެވެ. *** އޭޑީކޭ ދޮރުމަތީގައި […]
އަހަރެން ގެޔަށް ވަނުމާ އެކު ދިޔައީ ސިއްސަގެންނެވެ. ”ވެލްކަމް ވެލްކަމް” ގޭގެ އެންމެން ހެން ދިޔައީ އަހަރެންނަށް މަރުޙަބާ ކިޔަމުންނެވެ. އަހަރެން އެކަމާ ވަރަށް އުފާވިއެވެ. ސަބަބަކީ މިފަދަ ފުރިހަމަ މަރުޙަބާ ޔަކާއެކު އިތުރު ހިއްވަރެ ލިބުމުނަނެވެ. އެތަނުގެ ސީނިޔަރުން އަހަރެންނަ އެންގީ އެމީހުންގެ ފަހަތުން އައުމަށެވެ. އަހަރެން އެމީހުންގެ ފަހަތުން ދިޔާމެވެ. އެތަނުން ސީނިޔަރަކު އަހަރެން ހުންނަން ހަމަ ޖެހިފައި ވާ ކޮޓަރިޔަ އިޝާރާއި ކޮލިއެވެ. ކޮޓަރީ ދޮރުގައި ނަންބަރު 12 ޖަހާފައި އިނެވެ. އަހަރެން […]
އެވަގުތު އެގޮތް މިގޮތަށް އެނބުރެމުން ތިރިއަށް ވެއްޓެމުންދާ ކައިޝާފެނުނެވެ. އީތަން އިހުނަށްވުރެ ބާރު ސްޕީޑްގައި ތިރިއަށް ދިޔައެވެ. މުޅިހަށިގަނޑުގައިު އަލިފާން ރޯވެފައިވާއިރު ދެލޯވަނީ ދިއްލިފައެވެ. އީތަން ހުށިޔާރުކަމާއެކީ ގޮސް ކައިޝާ ހިފަހައްޓާފައި މައްޗަށް އަރައިގެންދިޔައީ ވަރަށް ބާރަށެވެ. ކައިޝާއާއި އީތަންގެ ފަހަތުން އުދުހެމުން އައި ކަޅު ހިޔަނިތައް ހަޅޭލަވަމުން އަންނަނީ އަނގަ ފުޅާކޮށްގެންނެވެ. އެއްވެސް ސިފައެއް ވަކިނުވާ އެހިޔަނިތައް އީތަންއަށް ގޮވަމުން ދިޔައީ ވައި އަޑަކުން ބޫން އަޑު ލައްވަމުންނެވެ. ނާމާންކަމުގެ އިންތިހާއެވެ. ވިލާތައްވެސް ކަޅުވެގެން ދިޔައެވެ. […]
ފުރާނައެއް ނެތް ރަައުލްގެ ހަށިގަނޑު ބިންމައްޗަށް ވައްޓާލުމަށްފަހު ޒިއަދަން އޭނަގެ އަތް ނެގީ ރައުލްގެ ގޮހޮރުވެސް ބޭރަށް ދަމައިގަންނަމުންނެވެ. އެއަށްފަހު ޒިއަދަން އެތަނުން ގެއްލިގެން ދިޔައީ އެކަކުނިތަކަށް އަމުރެއް ކުރަމުންނެވެ. ޒިއަދަންގެ ފިޔަވަޅުތަށް އޮބުމާއެކު އެއްކަލަ ކަކުނިތައް ގޮސް ރައުލްގެ ގައިމައްޗަށް ޖެހިގަތެވެ. އެގޮތް މިގޮތަށް ރައުލްގެ ހަށިގަނޑު ވީދަމުން އެކަކުނިތައް ދިޔައީ އެމިހުންގެ ސާހިބުގެ އަމުރަށް ކިޔަމަންވުމުގެ ގޮތުންެވެ. މުޅި ހިސާބުގައި ލޭގެ ކޯރުތައް ދެމިފައިވާއިރު ރައުލް އޮތް ސިފަ ފެނުނު މީހަކު އަނބުރައިގަންނާނެވެ. […]
މިއަދުވީ ވަރަށް ވަރުބަލި ދުވަހަކަށެވެ. އެހެންކަމުން ސާރާ އެއްޗެހި ބަދަލުކޮށްގެން ނުވައެއް ޖަހާކަށްހާއިރު ނިދަން އޮށޯތީ ސްކޫލުގެ ސުވާލުމުބާރާތައް ނަގަންވެފައިހުރި ސުވާލުތައް ފަތިހުނަގަން ހިތައްއަރުވައިގެންނެވެ. ނަމަވެސް ނިދުމުގެ ކުރިން ސައިޓްގެ އަޕްޑޭޓް ތައް ބަލާލަން އޮންލައިން ވީއިރު ބަރަކާއާއި، ދީނާއާއި، އަދި ޔަމީނާވެސް ތިބީ އޮންލައިންގައެވެ. ވީ އުފަލުން އަވަހަށް އަންވާރު ޓީމުގެ ވައިބަރ ގްރޫޕުން ވާހަކަ ދައްކަން ފެށިއެވެ. ފުރަތަމަ ދީނުގެ ރިވެތި ސަލާމުން ސަލާމް ގޮވާލުމަށްފަހު އެކަކު އަނެކަކުގެ ހާލުއަހްވާލު އޮޅުންފިލުވާލާފައި އިތުރު ވާހަކައާއިގެން […]