ސާދަ ފަނަރައިގެ ރޭތަކުގެ ތެރެއިން ރެއެއްކަމުން ހަނދުގެ ޗާލުކަން އުޑުމަތި ބަލއިލި ކޮންމެ މީހަކަށްވެސް ފެންނާނެއެވެ. ނަމަވެސް މާލޭގެ “ސިޓީ ލައިޓްސް”ގެ ސަބަބުން އެ ޗާލުކަން މަދު ބަޔަކަށް ނޫނީ އިހުސާސް ނުވާނެއެވެ. އުޑުމަތީގައި އެއްވެސް ވިލާކޮޅެއް ފެންނާކަށް ނެތެވެ. މުޅި ޖައްވު ވަނީ ރީތި ތަރިރަކުން ޖަރީކޮށްފައެވެ. އެއާޕޯރޓުން ނުކުމެގެން އަހަރެން ބޭރުގައި މަޑުކޮށްލީ ޓެކްސީއެއް ފެނޭތޯއެވެ. މީގެ ދިހަ އަހަރު ކުރިން އަހަރެން ދޫކޮށްފަ ދިޔަ މާލެއާ މިރޭ އަހަންނަށް ފެންނަން މިހިރަ މާލޭގެ […]
އަލީ އާ ޒަހީންގެ ސުވާލު ތަކައް ދޭނެ ޖަވާބެއް ނޭންގިފަ މުހީނައް އިނދެވުނީއެވެ. ޖަވާބު ދޭންފެށީ އެވަގުތު ބޭރަށް ނިކުން ޒަރީނާއެވެ. “ޖަބީން އާ މުހީން އަކީ އެއްމާބަނޑު ދެކުދިން! ޖަބީން އަކީ ދެކުދިން ތެރެއިން އަހަރެންގެ ބޮޑުދަރި!”. ޒަރީނާ އަޑުގައި ތުރުތުރު އެޅުމެެއް ހުއްޓަސް، ޒަރީނާ ހިއްވަރު ކޮއްފަައި ކިޔާދޭން ފެށިއެވެ. މީގެ އެއް އަހަރު ކުރިން ޖަބީން އަކީ ވެސް އެހެން ކުދިން ފަދައިން އުފާވެރި ހުވަފެން ތަކެއް ދެކެމުންއައި ކުއްޖެއް، ހަމީދު އާއި […]
އަކްރަމް ސައިނާ އާއި ކައިވެނިކޮށްގެން އެއްމަސް ދުވަހުގެ ޗުއްޓީއެއް ނެގުމުން ދެންކަންތައްވެގެންދާނެ ގޮތް މި ވާހަކައިން ވިދާޅުވާނެއެވެ. އިންތިޒާރުކޮށްލައްވާ!!! ނޯޓް:މި ވާހަކައިގެ ފުރަތަމަ ބައި އަންނަ ހަފްތާގައި އަޕްލޯޑް ކޮށްދެވޭނެ ވާހަކަ ހުރިހާ ކިޔުންތެރިންގެ ސަމާލުކަމަށްޓަކައި ބުނެލަމެވެ.
ޒީކް ތެދުވިއެވެ. މަޑުމަޑުން ހިނގާލާފައި ކޮޓަރިން ނުކުތްއިރު މައިދޮރުގައި ޓަކިޖަހާލި އަޑު އިވުނެވެ. ޒީކްގެ ހަށިގަނޑުގައި މަޑު ތުރުތުރެއް އުފެދިގެން ދިޔައެވެ. މާބޮޑަށް ފިނިވާން ފެށިހެންވެސް ހީވިއެވެ. ނަމަވެސް ދެވަނަ ފަހަރަށް ޓަކިޖަހާލާނެ ވަގުތަކަށް އިންތިޒާރުކޮށްލެވުނެވެ. އަނެއްކާވެސް ޓަކިޖަހާލި އަޑު އިވުނެވެ. މިފަހަރު އެއަޑު ކުރިއަށްވުރެ ބާރެވެ. އަވަސް ފިޔަވަޅުތަކެއްގައި ގޮސް ދޮރު ހުޅުވާލުމާއިއެކު ޒީކްއަށް ލިބުނީ ހައިރާންކަމެކެވެ. ******** ދާއިން ގޮސް އެރީ ފަޅުގެއެއްގެ ތެރޭގައި ހުރި ނިކަ ގަހަކަށެވެ. މީހުން އުޅޭ ސަރަހައްދާއި ފުދޭވަރަކަށް […]
ޖެހެމުންދާ މަޑުވައިރޯޅިން ވަށައިގެންވާ ގަސްތަކުގައި ހީވަނީ ލުއި ނާނާއެއް އަޅުވާހެންނެވެ. ހުދުބޯ ކިރުކޮޅެއްފަދަ ދޮންވެލިގަނޑުގައި ބޮސްދެމުން ދިޔަ ކުދި ރާޅުތަކުގެ ހިތްގައިމު އަޑުން މުޅި އަތިރިމަތީގެ ހިމޭންކަން މުގުރާލަމުން ދިޔައެވެ. ވަގުތަކީ ރޭގަނޑުގެ ހިތްގައިމު ވަގުތުކަމުން ރޭގަނޑުގެ ރާނީކަމަށްވާ ހަނދު އޭގެ ދަރުބާރުގައި ހިނިތުންވެލައިގެން އިންއިރު ތަރިތައް އެދަރުބާރުގެ އަމީރުންގެ ގޮތުގައި ކުދި މުތީތަކެއްހެން އޭގެ އޭގެވާޖިބު އަދާކުރުމުގައި ދެމި ތިއްބެވެ. ހަނދުގެ ރިހި އަލިން މުޅި އަތިރިމަތި ހީވަނީ ހުދު ފަނޑު ބޮތްކަކުން ދިއްލާލާފައިވާހެންނެވެ. […]
އަލީ އުޅެ ބޮޑުވީ މާލެގައެވެ. އަމިއްލަ ރަށާ ބެހާގޮތުން އަޑު އިވިފަ އޮތް ނަމަވެސް ރަަށަށް ދާނެ ފުރުސަތެއް އަލީ އަކަށް ނުލިބެއެވެ. ބައެއް ފަހަރު މަތިން ބައްޕަ ގާތު ރަށައް ގެންގޮސް ދިނުމަށް އެދުމުން ކޮންމެވެސް ބަހާނާއެއް ދެއްކުމައް ފަހު އެކަން އޮއްބާލައެވެ. ައަލީ އަކީ ވީޓީވީ ޗެނަލް ގައި ޑޮކިއުމެންޓަރީ ފިލްމު ހަދާ މީހެއް ކަމުން، އޭނަ ބޭނުންވީ އޭނަގެ އަމިއްލަ ރަށައް ގޮސް ފިލްމެއް ހަދާށެވެ. ބައްޕަ ގާތުގަ އަހަައިފި ނަމަ ލިބޭނެ […]
އެހެން ދުވަސް ދުވަހެކޭ އެއްފަދައިން އެދުވަސް ވެސް ހޭދަވެގެން ދިޔައި ނާޝިދާ އާއްމުކޮށް ކުރާ މަސައްކަތަކުގައެވެ. ޑިގްރީއަށް ކިޔަވައި ނިންމާފައި ނާޝިދާ ރަށަށް ބަދަލުވީ މާސްޓަރސް ހަދަން ދިއުމުގެ ކުރިން މަންމަ ކައިރީ ކުޑަދުވަސް ކޮޅެއް ހޭދަކޮށްލުމަށެވެ. ރަށުގައި ހުރެގެން އޭނެ އާމްދަނީ އެއް ހޯދުމުގެ ގޮތުން ކުދިންނަށް ޓިއުޝަން ނަގައިދެއެވެ. ރަށަކީ ރާއްޖޭގެ އުތުރަށް ނިސްބަތްވާ އާބާދި ބޮޑު ރަށެކެވެ. ޓިއުޝަން ނަގަން ބޭނުންވާކުދިން ފުދޭވަރަކަށް ގިނައެވެ. އެހެންކަމުން ނާޝިދާއަށް ރަނގަޅު އާމްދަނީ އެއް ލިބެއެވެ. […]
މާޒީވެގެން ދިޔަ ދުވަސްތަކުގައި މައުޝާއަށް ދިމާވި އެކި އެކި ކަންކަމަކީ ދުވަހަކުވެސް ހިތުން ފިލައިގެންދާނެ ކަންކަމެއް ނޫނޭ އޭނާގެ ހިތް އަބަދުވެސް ބުންޏެވެ. ކަޅު އަނދިރި ރޭތަކުގައި ދިމާވި ގޮތްނޭނގޭ ކަންތައްތަކާއި، ރޯދުވާލު އިހްސާސް ކުރެވޭ ގޮތްނޭނގޭ އިހްސާސްތަކަކީ މީހަކަށް ކިޔައިދޭން މޮޅު، ރީތި ވާހަކަ ތަކެއް ނޫނެވެ. އެއީ ކިޔައިދިނަސްވެސް ޤަބޫލު ނުކުރެވޭނެތީއެވެ. އަދި ޤަބޫލު ކުރެވުނަސް ވެވޭނެ އެހީއެއް، ކޮތްދެވޭނެ ކަމެއް ނޯންނާތީއެވެ. އެހެންނަމަވެސް ބައެއް ފަހަރު ހަމައެކަނި މައުޝާގެ ވާހަކަތައް ޤަބޫލުކުރާކަން ހާމަކޮށްދީ، […]
ނާޝީދާ އެނދުގައި އޮށޯވެލައި ދެންމެ ފެނުނު ހުވަފެނާއި މެދު ވިސްނާލިއެވެ. އެހުވަފެނަކީ އާ ހުވަފެނެއް ނޫނެވެ. އެހުވަފެން ފެންނަތާ މީ ދެވަނަ ރެއެވެ. ފެންނަނީ ހަމައެކައްޗެކެވެ. ފުރަތަމަ ރޭވެސް ހުވަފެނުން ހޭލެވުނީ 02:30 ގައެވެ. ހަމަ ގިފިއްޔަށް ދާން ބޭނުންވެފައެވެ. މިރޭވެސް ހަމަ އެހެންނެވެ. މިވަނީ ކީއްބާއެވެ؟ ފުރަތަމަ ރޭ އެހުވަފެން ފެނުމުން ނާޝިދާ ބިރެއް ނުގަނެއެވެ. އޭނާ އަކީ އެހާ އަވަހަށް އެހާ ފަސޭހައިން ބިރުގަންނަ މީހެއްނޫނެވެ. އެހުވަފެނަކީ ބިލާހެއްކަމަށް ބަލައި އެކަމާ ދޭތެރޭ އޭނާ […]