ޖެހެމުންދާ މަޑުވައިރޯޅިން ވަށައިގެންވާ ގަސްތަކުގައި ހީވަނީ ލުއި ނާނާއެއް އަޅުވާހެންނެވެ. ހުދުބޯ ކިރުކޮޅެއްފަދަ ދޮންވެލިގަނޑުގައި ބޮސްދެމުން ދިޔަ ކުދި ރާޅުތަކުގެ ހިތްގައިމު އަޑުން މުޅި އަތިރިމަތީގެ ހިމޭންކަން މުގުރާލަމުން ދިޔައެވެ. ވަގުތަކީ ރޭގަނޑުގެ ހިތްގައިމު ވަގުތުކަމުން ރޭގަނޑުގެ ރާނީކަމަށްވާ ހަނދު އޭގެ ދަރުބާރުގައި ހިނިތުންވެލައިގެން އިންއިރު ތަރިތައް އެދަރުބާރުގެ އަމީރުންގެ ގޮތުގައި ކުދި މުތީތަކެއްހެން އޭގެ އޭގެވާޖިބު އަދާކުރުމުގައި ދެމި ތިއްބެވެ. ހަނދުގެ ރިހި އަލިން މުޅި އަތިރިމަތި ހީވަނީ ހުދު ފަނޑު ބޮތްކަކުން ދިއްލާލާފައިވާހެންނެވެ. ވަށައިގެން ނަށަމުންދިޔަ ދޫނިތަކުގެ ލަވަތަކުގެ އަޑުން މުޅި އެމާހައުލަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދެމުން ދިޔައެވެ. ވަށައިގެންވާ ކޮންމެތަނަކަށް ނަޒަރު ހިނަގާލި ނަމަވެސް ފެނިގެން ދަނީ ގުދުރަތުގެ ފުރިހަމަކަމުގެ މިސާލު ތަކެކެވެ. މި ގުދުރަތުގެ ލާމަސީލު މާހައުލަށް އިތުރު ފުރިހަމަކަމެއް ގެނެސްދެނީ ދޮންވެލިގަނޑު މަތީ އިށީނދެގެން އިން ފުރާވަރުގެ ރީތި ފަތްމިންޏެއްފަދަ އަންހެން ކުއްޖާެއެވެ.އެކުއްޖާގެ ގަދަ މަޑުމުށިކުލައިގެ ފަން އިސްތަށިގަނޑު ވައިގެ ގޯނާތަކަށް ކެތްނުކުރެވިގެން ވަޔާ ވިހުރެމުން ދިޔައިރު އެމަންޒަރު ބަލާލަން ނުހަނު ހިތްގައިމެވެ. މަޑުމުށިކުލައިގެ ލޮލާއި އެ ހިތިފަތު ބުމައިގެ ސަބަބުން އެކުއްޖާގެ ރީތިކަމަށް އިތުރު ފުރިހަމަކަމެއް ގެެސްދެއެވެ. އެމަޑު ފިޔާތޮށި ކުލައިގެ ތުންފަތުގައި އެއްވެސް ލިޕްސްޓިކެއް ބޭނުންކޮށްފައި ނުވިނަމަވެސް އެރީތިކަމަށް އެއްވެސް ބަދަލެއް ނާދެއެވެ. ކަޅުކުލަކަންގަދަ ދިގު އެސްފިޔަތަކާއެކު އެކުއްޖާ ފެންނަނީ ކުރެހުންތެރިޔަކު ކުރަހާލަފައިވާ ތަސްވީރެއްހެންނެވެ.
ގުދުރަތުން ގުނާ އަދަދު ނުކުރެވޭހާ ގިނަ ރީތި ކަމެއް ލިބިފައިވީ ނަމަވެސް އެކުއްޖާގެ މޫނުމަތިން ފެންނަމުން ދިޔައީ ތަފާތު އަސަރުތަކެކެވެ. ހީވަނީ ކޮންމެވެސް ޚިޔާލީ ދުނިޔެއަކަށް ގެއްލިފައި އިންހެންނެވެ.އެ މުށިކުލައިގެ ލޮލަށް ބަލާލާ މީހަކަށް އެކުއްޖާ ސިފަވާނީ ހީތާމައިގެ އޮއެވަރެއްގައި ޖެހި ސަލާމަތްވުމުގެ އުއްމީދު ގެއްލިފައިވާ މުސާފިރެއްގެ ގޮތުގައެވެ. އެކުއްޖާ ހަށިގަނޑުގެ އެތަންމިތަނުގައި އަނިޔާތަކެއް ތަހައްމަލުކުރަމުންދާ ކަމުގެ ނިޝާންތަކެއް ހުއްޓެވެ.މޫނުމަތިން ތަންކޮޅެއް ދުޅަވެފައިވާއިރު އެ ކުއްޖާގެ ލޯވަނީގިނައިރު ރުއިމުގެ ސަބަބުން ރަތްވެފަވެ.މާޔޫސްކަމާއި ހިތާމައިން އެ މޫނުމަތި މިލާފާވާއިރު އެ ކުއްޖާ ހީވަނީ އެއްވެސް މަންޒިލެއް ނެތް މުސާފިރެއްހެންނެވެ.
ހިތާމައިގެ ކަނޑެއްގައި ބެހެމުން އެދާ އެކުއްޖާ އަކީ ހަގީގަތުގައި ކާކުބާވައެވެ؟.އެކަނިމާއެކަނި އެއްވެސް މީހެއް ނެތް މި މާހައުލުގައި އެކުއްޖާ ވަގުތުތައް ވަގުފުކޮށްލުމުގެ ބޭނުމަކީ ކޮބައިބާވައެވެ؟. އަދި އެކުއްޖާގެ ހަށިގަނޑުން އެފެންނަ އަނިޔާތަކާއި މޫނުމަތިން އެފެންނަ އަސަރުތަކުގެ ސިއްރަކީ ކޮބައިބާވައެވެ؟. މިއީ ހަމަގައިމުވެސް އެމަންޒަރު ފެންނަ މީހެއްގެ ހިތުގައި އަށަގަންނާނެ ސުވާލުތަކެއްކަން ޔަގީނެވެ.
މި ކަޅުފޮއެރޭ ގަހެއްގެދޮށުގައި އެކަނިމާއެކަނި ވަގުތުތައް ހޭދަކުރަމުން އެދަނީ އެންމެ ސޯޅައަހަރުގެ ޔަނާލްއެވެ. އޭނާގެ ލޮލުން އޮހެމުންދާ ވޭނީކަރުނައިން އެ މައުސޫމް އަންހެންކުއްޖާގެ ވޭންދެނިވި ހަޔާތުގެ ވާހަކަ ކިޔައިދޭކަހަލައެވެ.
އާނއެކެވެ. މީގެ އަހަރުކެއްކުރިން އޭނާއަކީ އެހެންކުދިންތަކޭ އެއްގޮތަށް އުފާވެރި ދިރިއުޅުމެއް އުޅެމުން އައި ކުއްޖެކެވެ. ލޯބިވާ މަންމައެއްގެ އިތުރުން ކޮންމެ ނުރައްކަލަކުން ސަލާމަތްކޮށް ރައްކާތެރިކޮށްދިނުމަށް ލިބުނު ހިތްހެޔޮ އެބައްޕަގެ ސަބަބުން އޭނާގެ ދިރިއުޅުން ފުރިހަމަވެގެންދިޔައެވެ. އޭނާގެ މަންމަ ޔާނާއި ބައްޕަ އައިކަލްގެ ކައިވެންޏަކީ ދެ އާއިލާގެވެސް ނުރުހުމުގައި ކުރެވުނު ކައިވެންޏެއްކަމުން އެދެ އާއިލާގެ ފަރާތުން މާބޮޑު އަޅާލުމެއް އެމީހުންނަކަށް ނުލިބުނެވެ. ނަމަވެސް ޔަނާލްއަކަށް އޭގެއިން މާބޮޑު އަސަރެއްނުކުރެއެވެ. އޭނާ ބޮޑުވަމުން އައީ މަންމައާއި ބައްޕަގެ ލޯބި އޭގެ ފުރިހަމަ ގޮތުގައި ލިބިގެންނެވެ. ނަމަވެސް ޔަނާލްގެ އުމުރުން އެންމެ އަށް އަހަރުގައި ކުއްލިގޮތަކަށް އޭނާގެ މަންމަ ޔާނާ މިދުނިޔެއާއި އަލްވަދާޢު ޖެހުނުކަމީ އައިކަލްއަށް ބަރުދާސްތުކުރެވޭ ކަމަކަށްނުވިއެވެ. ޔާނާގެ ކުއްލި ވަކިވުމަށްފަހު އައިކަލްގެ މިޒާޖަށް ބޮޑެތި ބަދަލްތަކެއް އަންނަންފެށިއެވެެ. ކުރިން ޔަނާލްގެ ކަންކަމަށް ފަރުވާ ބެހެއްޓި ނަމަވެސް ފަހުން އެކަންތައްތަކަށް ފަރުވާ ކުޑަކުރަންފެށިއެވެ. ކުދިކުދި ކަންތަކާއި ރުޅި އައިސް ހުރިހާ ވަރެއް ބާލަނީ ކުޑަ ކުޑަ މައުސޫމް ޔަނާލަށެވެ. އެކުއްޖާ އެއްޗަކަށް ބުނެފިނަމަ ހަޅޭއްލަވައިގަނެއެވެ. ނޫނީ ހިތްފުރޭވަރު ވަންދެން އަނިޔާ ކުރެއެވެ.
މިހުރިހާކަމެއްގެ ސަބަބުން ކުޑަ ކުޑަ ޔަނާލަށް ލިބެމުން ދިޔައީ ހައިރާންކަމެކެވެ. މަންމަގެ ނިޔާވުމަށްފަހު އޭނާގެ ބައްޕަޔަށް ބޮޑެތި ބަދަލުތަކެއް އައިސްފިކަން އެ ޅަސިކުނޑިއަށްވެސް ވިސްނުނެވެ. ލޯބިވާ ބައްޕަގެ ފަރާތުން ލިބޭ ވޭނީ ހަޅޭކާއި ކުރާ އަނިޔާތަކުން ލިބޭ ޒަހަމްތަކުގައި އަޅާ ވޭނުން އޭނާ ނުރޮއެދާ އެންމެ ދުވަހެއްވެސް ނުދެއެވެ. އެ ގޭގެ މަސްލަހަތު އިތުރަށް ގޯސްވެގެން ދިޔައީ އައިކަލް އޭނާގެ ހަޔާތަށް އިތުރު އަންހެނަކު ގެނައުމުންނެވެ.
އާލިމާއަކީ އޭނާގެ އުމުރުގެ މީހުންގެ ތެރެއިން ހޮވާލެވިދާނެ ފަދަ ރީތި ކަމެއް ލިބިފައި ހުއްޓަސް މިޒާޖުގެ ގޮތުން ނުފޫޒުގަދަ އޭނާކުރަން ބޭނުންވާ ކޮންމެކަމެއް ކުރަން އަތުކުރި އޮޅަލައިގެން ހުންނަ ޒީލަގަދަ އަންހެނެކެވެ. އޭނާގެ ކުރީގެ ކައިވެންޏަށް ލިބުނު ހަމައެކަނި އަންހެންދަރި އާޝާއަކީ އާލިމާގެ ކޮޕީއެކޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ.އެ މިޒާޖާއި ހަމަ އެސޫރައެވެ. އާޝާޔަށް އޭނާގެ ބައްޕަގެ ފަރާތުން ވާރުތަކުރި ހަމައެކަނި ސިފައަކީ އޭނާގެ ކަޅުކުލައިގެ ދެލޮލޭ ބުންޏަސް ދޮގަކަށް ނުވާާނެއެވެ. އައިކަލް އާއި އާލިމާގެ ކައިވެންޏަކީ އައިކަލްގެ ވެސް ރުހުމާއެކު އާލިމާގެ އާއިލާގެ އެދުމުގެ މަތިން ކުރެވުނު ކައިވެންޏެކެވެ. އައިކަލްވެސް މިފަހަރު ބޭނުންވީ ޔާނާގެ ޚިޔާލުތަކުން ދުރަށް ދިޔުމަށްޓަކައި ވީހާވެސް އަވަހަކަށް އަލުން ޒަވާޖީ ހަޔާތެއް ފަށާށެވެ. އެ ގޮތުން މިފަހަރު އައިކަލް އިސްކަން ދިނީ އަޚްލާގަށްވުރެ ބޭރުފުށުގެ ރީތިކަމަށެވެ. އާލިމާއަށް އައިކަލް އަކީ މުއްސަނދި މީހެއްކަން އިނގުނު ހިސާބުން ފެށިގެން މަސައްކަތްކުރީ އައިކަލް އަތުއަޅުވާލެވޭތޯއެވެ. އެ ދުވަސްކޮޅަކީ ޔާނާ ނިޔާވި ދުވަސްކޮޅުކަމުން އޭނާޔަށް އެކަން ކުރުމަށް ފަސޭހަވެގެން ދިޔައެވެ. ވުމާއެކު އައިކަލްއަށް ހެޔޮ އެދޭ މީހަކު ކަމުގައި ހެދިގެން ގޮސް އައިކަލްއަށް ހަމްދަރުދީވާ ކަމަށް ދައްކާ އައިކަލް އާ އެކުވެރިކަމުގެ ގުޅުން ބަދަހިކޮށް އެންމެ ފަހުން އެ ގުޅުން ކައިވެންޏައި ހަމަޔަށް ގެންދިޔައީއެވެ. ކުޑަ ކުޑަ ޔަނާލްއަށް މީގެން އެއްވެސްކަމެއް ރޭކާއެއް ނުލައެވެ.އެ ކުޑަ ކުއްޖާ ދިޔައީ އޭނާގެ ބައްޕަގެ ފަރާތުން ލިބެމުންދާ ވޭނީ އަނިޔާތައް ތަހައްމަލު ކުރަމުންނެވެ. އެކަންތައް އެ ފަކީރަށް އިނގުނު ނަމަވެސް ކުރެވޭނެ މާބޮޑު ކަމެއެް ނޯންނާނެކަން ޔަގީނެވެ.
އެންމެ ފުރަތަމަ އާލިމާ އައިސްގެން އުޅުނު ދުވަސް ކޮޅު ޔަނާލަށް ވަރަށް ރަނގަޅެވެ. ޔަނާލްވެސް އޭރު ހުރީ މަންމައެއްގެ ލޯތްބަށް ފެންބޮވައިގެންކަމުން އޭޭނާ ހީކުރީ އޭނާ ހީކުރީ ދެވަނަ މަންމައެއް ލިބުނީކަމަށެވެ. ނަމަވެސް އެ ހީކުރުންތައް ހަގީގަތަކަށް ނުވިއެވެ. އާލިމާ އޭނާގެ އަސްލު ކުލަވަރު ދައްކާލީ އޭނާ އައިތާ ދެތިން ހަފްތާވަރު ފަހުންނެވެ. އާލިމާއަކީ އަބަދުވެސް ކަންނެތް މީހެއްކަމުން ގޭތެރޭ މަސައްކަތްކުރުންވެސް އޭނާއަށް ވެފައިވަނީ ބޮޑު ބުރައަކަށެވެ. ނަތީޖާއެއްގެ ގޮތުންް ކުޑަ ކުޑަ ޔަނާލަށް އެ ޅައުމުރުގައި ގޭގެ މަސައްކަތްކުރަން ޖެހުނެވެ.ސްކޫލަށް ދަމުން ގޭގެ މަސައްކަތްތަށް ނިންމަން ޖެހުމުގެ ނަތީޖާއެއްގެ ގޮތުން ޔަނާލްގެ ކިޔެވުން ފުދޭވަރަަށް ދަށްވިއެވެ. ނަމަވެސް ވަގުތު ވާވަރަކުން ސްކޫލްގެ ކަންތައްތަކަށް ވަގުތު ހުސްކުރެއެވެ.މަސައްކަތްތަކުގައި އުޅެންޖެހޭލެއް ގިނަކަމުން ގޭގެ މަސައްކަތް ފުރިހަމަ ނުކުރެވިއްޖެނަމަ އާލިމާގެ ފަރާތުން އެތައް އަނިޔާތަކަކާ ކުރިމަތިލާން ޖެހެއެވެ. އައިކަލްގެ ހިމާޔަތަށް އެދި އާދޭސްކުރުމުން ލިބެނީ ހިތްރޮއްވާލާފަދަ ނުރުހުމުގެ ބަސްތަކާ އަނިޔާތަކެކެވެ. ނަމަވެސް އެއާ ޚިލާފަށް އާޝާ އަށް އައިކަލް ވަރަށް އަޅާލައެވެ. އަމިއްލަ ބައްޕަޔަކު ކަންތައް ނުކޮށްދޭހާ ރަނގަޅަށް އާޝާއާއި މެދު ކަންތައްކޮށްދެއެވެ. ބުނާ ކޮންމެ އެއްޗެއް ބުނާ ކޮންމެ ވަގުތަކު ކޮށްދެއެވެ. އާލިމާވެސް ތިމާގެ ދަރިފުޅު ތިމާއަށް ދޮންފުތުވާނޭ ބުނާ އުސޫލުން އާޝާ ލައްވާ އެއްވެސް މަސައްކަތެއް ނުކުރެއެވެ. މިހުރިހާކަމަކާއި ހެދި އާޝާ ހުންނަނީ ވަރަށްވެސް އުފާވެ ކިބުރުވެރި ވެފައެވެ. އޭނާ ޔަނާލްއަށް ޖެއްސުމެކޮށްނުލާ ދުވަހެއް މަދުވާނެވެ.ޔަނާލަށް މިހުރިހާ މަންޒަރެއް ފެންނަ ނަމަވެސް ހުންނަން ޖެހެނީ އެއީ ނުވާކަމަކަށް ހަދާލައިގެންނެވެ. އޭނާގެ ހިތުގައި އަޅާންވޭން އިނގޭނީ އޭނާއަށެވެ.މައިންބަފައިންގެ ލޯތްބަށް އޭނާ ސަލާން ޖަހަމުން ދާއިރު އޭނާއާއި މެދު ހަމްދަރުދާވާނޭ މީހަކު މިދުނިޔޭގައި ނެތްކަހަލައެވެ.
އައިކަލް އަކީ މުޅި އެ ރަށުގައި ނަންވިދާ އެއްވިޔަފާރިޔާ ނަމަވެސް، އާލިމާއާއި ކައިވެނި ކުރިފަހުން އޭނާގެ ވިޔަފާރި ދަށްވަމުންދިޔައެވެ. އާލިމާކުރަންޖެހޭ ހަރަދުތައް ގިނަ ނަމަވެސް އޭނާގެ އަނބިމީހާގެ ހައްގުގައި އޭނާ ހުރީ ކޮންމެ ކަމެއްވެސް ކުރަން ތައްޔަރަށެވެ.ނަތީޖާއެއްގެ ގޮތުން އައިކަލްގެ ވިޔަފާރި ދުވަހެއް ދުވަހެއް ދިޔައީ ދަށްވަމުންނެވެ. އެކަމާ ހާސްވެ އާލިމާގާތު އެވާހަކަ ދެއްކުމުން އޭނާގެ ފަރާތުން އެންމެ އެދެވޭ އެއްބާރުލުމެއް ނުލިބެއެވެ. ކަންތައް މިހެން ހުރުމާއެކު އައިކަލްއަށް އޭނާގެ ވިޔަފާރި ހުއްޓާލުމަށް މަޖުބޫރުވިއެވެ. ވިޔަފާރި ހުއްޓާލުމަށްފަހު އަތުގައި ލާރި ނެތުމުގެ ސަަބަބަުން އާލިމާގެ ނުރުހުމުގެ ބަސްތަކާ އޭނާޔަށް ކުރިމަތިލާން ޖެހުމުގެ ނަތީޖާއެއްގެ ގޮތުން އޭނާ މަސްތުވާތަކެތި ބޭނުންކޮށް އެއަށް ދެވިހިފިއެވެ. އަދި ކުރިން އުޅުނު ރަނގަޅު ގޮތް ދޫކޮށް މަސްތުވާތަކެތީގެ ވަބާގައި ޖެހި ރަނގަޅާއި ނުބައި ވަކިނުވާ ހިސާބަށް ކަންތައްދިޔައެވެ. ޔަނާލްއަށް އޭނާގެ ބައްޕަ މަސްތުވާތަކެތި ބޭނުންކުރަން ފެށިކަން އެނގުނު ހިސާބުން ރޮއެ ރޮއެފައި އެކަން ހުއްޓާލުމަށް އައިކަލްގެ ގާތުން އެދެއެވެ. ނަމަވެސް އޭނާއަށް ކުރިމަތި ލާން ޖެހެނީ އިތުރު އަނިޔާތަކާއެވެ.
ފުރާވަރަށް އަރަމުން އައި އިރު ޔަނާލްގެ ހަށިގަނޑަށް ބޮޑެތި ބަދަލުތަކެއް އައެވެ. އެ ބުރުސޫރަ ރިވެތިވެ ހަންގަނޑުގެ ކުލަ އިތުރަށް އަލިވިއެވެ. އޭރު މަސްތުވާތަކެތީގެ އަވައިގައި ޖެހި ރަނގަޅާއި ނުބައި ވަކިކުރަން ނޭނގޭ ހާލުގައި ހުރި އައިކަލްގެ ދަހިވެތި ނަޒަރުތައް ޔަނާލްއަށް އަމާޒުވަމުން އައެވެ. ބައްޕައަކު އަމިއްލަ ދަރިފުޅަށް ބަލަންނުޖެހޭ އެތައްނަޒަރަކުން އައިކަލް ޔަނާލްއަށް ބަލަމުން އައެވެ. އެގޮތުން ޔަނާލްގެ އުމުރުން އެންމެ ތޭރަ އަހަރުގައި އެ މައުސޫމް އަންހެންއަޖާގެ އަބުރާއި އިއްޒަތް މޮޑެލީ އަމިއްލަ އުފަން ބައްޕަ އައިކަލްއެވެ. އައިކަލްއަށް މިކުރެވެނީ ކިހާވަރެއްގެ ކަމެއްކަން އެނގުހުރެވެސް އޭނާޔަށް މުހިއްމުވީ އޭނާގެ އަމިއްލަ އުފާތަކެވެ. އަމިއްލަ ލޭހިނގާ ހުރި ހަމައެކަނި ދަރިފުޅުގެ އަބުރާއި އިއްޒަތް މޮޑެލެވުމުން އޭނާއެކަމާ ލަދުވެސް ނުގަންނަ ކަހަލައެވެ. ޔަނާލްއަމިއްލަ ބައްޕަގެ ޝިކާރަޔަށް ވެގެން ދިޔަ ވަގުތު އެތައްވަރަކަށް ރުޔެވެ. އާދޭސްކުރިއެވެ. ގަދަހެއްޖެވެ. ނަމަވެސް އެ އަނިޔާވެރި ބައްޕަގެ ހިތަށް ރަހުމުގެ ކަންފުޅެއްވެސް ނުވަނެވެ. އެރެއަށްފަހު ޔަނާލް އޭނާގެ ބައްޕަޔާއި މެދު ދެކޭ ގޮތް މުޅީން ބަދަލުވެގެން ދިޔައެވެ. ކުރިން ބައްޕަގެ ލޯތްބަށް އެދި ސަލާމްޖެހި ނަމަވެސް މިހާރު އޭނަ އެބައްޕަ ދެކެ މާ ބޮޑަށްވެސް ބިރުގަނެއްޖެއެވެ.އެ ލޯތްބާއި އަޅަލުމުގެ ބަދަލުގައި އެ ބައްޕަގެ ޖިންސީ ގޯނާގެ ޝިކާރަޔަށްވުމުގެ ސަބަބުން އޭނާއަށް ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން އެތައް ގެއްލުންތަކެއް ކުރިމަތިވަމުން ދިޔައެވެ. ކުރިޔަށްވުރެ އޭނާގެ ކިޔެވުން ދަށްވެ އެހެންމީހުންނާއި ވަކިން އުޅެންފެށިއެވެ. ނަމަވެސް އެވާހަކަ ބުނާނޭ ހިއްސާކުރާނޭ ގާތް އެކުވެރިއެއްގެ އިތުރުން އާއިލާގެ މީހެއްވެސްނެތެވެ. އާލިމާއާއިއެކަން ހިއްސާކުރުމުން އެހީއެއްގެ ބަދަލުގައި އޭނާއަށް ކުރިމަތިލާން ޖެހުނީ މަލާމާތާއި ފުރައްސާރައާއެވެ.
ދުވަސްތައް ވޭތުވަމުންން ގޮސް މިހާރު ޔަނާލް އުމުރުން ސޯޅަ އަހަރުވީނަމަވެސް ބައްޕައާއި ދޮންމަންމަގެ ކިބައިން ލިބޭ އަނިޔާތަކަށްއެއްވެސް ބަދަލެއްނާދެއެވެ. މިއަދުވެސް ޔަނާލް އެއްވެސް މީހެއްގެ ހިލަމެއްނުވާ މި އަތިރިމަތީ އެއިނީ ކުޑަ ހިނދު ކޮޅަކަށްނަމަވެސް އެޝަކުވާއިން ފުރިފައިވާ ހިތަށް ހިތްހަމަޖެހުމެއް ލިބޭތޯއެވެ. ނަމަވެސް އޭނާގެ މި ވޭންދެނިވި ހަޔާތާމެދު ވިސްނުން ނޫން ކަމެއް އޭނާއަކަށް ނުވިއެވެ.އޭނާގެ ހިތަށްއެރިއެވެ.
“މަންމަ މި ދުނިޔޭގައި ހުރިނަމައެވެ. އޭރުން ހަމަގައިމުވެސް މި އަނިޔާތަކާ ކުރިމަތިލާކަށް ނުޖެހުނީހެވެ. އެހެން ކުދިންހެން މިނިވަންކަމާ އުފާވެރިކަން މަތީ އުޅެވުނީހެވެ. މަންމާއެވެ. އަހަންނަށް އެހީވެދޭށެވެ. ދޮންމަންމަގެ ފަރާތުން މިލިބޭ އަނިޔާއާ ކެކުޅުންތަކުގައި އަހަރެންގެ މިހަޔާތް މިހެން ވޭތުކޮށްލަން ވީހެއްޔެވެ. މަންމާއެވެ. އަހަރެން ކުޑައިރު ކޮންމެ ކުއްޖަކުދެކެވެސް އެކުދިންގެ ބައްޕަ ލޯބިވާނޭ މަންމަ ބުނިންނުންހެއްޔެވެ.އަދި އެހެންކުދިންގެ ބައްޕަހެން އަހަރެންގެ އަހަރެންދެކެެ ވަރަށް ލޯބިވާނޭކަމަށް މަންމަ ބުނިންނޫހެއްޔެވެ.ނަމަވެސް މިވީކިހނެއްހެއްޔެވެ؟ އަންހެންކުއްޖެއްގެ އެންމެ ބޮޑު ހަޒާނާކަމަށްވާ އަބުރާއި އިއްޒަތް އަހަރެންގެ އަތުން ފޭރިގަތީ ބައްޕައެވެ. އަހަރެންގެ އުއްމީދުގެ ހުޅުކޮޅުވެސް ނިއްވާލީ ބައްޕައެވެ. ބައްޕަގެ ލޭހިނގާ މިއަންހެންކުއްޖާގެ އުފާވެރިކަން ނިއުޅައިގަތީ ބައްޕައެވެ. މަންމާއެވެ. ބްައްޕަގެ ލޯތްބަކީ މިފަދަ އެއްޗެއްނަމަ އަހަރެން މިލޯތްބެއް ބޭނުމެއް ނޫނެވެ. މަންމާއެވެ.އަހަރެން މި އަނިޔާވެރި ކަމުން ސަލާމަތްކޮށްދޭށެވެ.މަންމާއެވެ. އަހަރެން މިއިނީ ދާނެ މަންޒިލެއްނެތި ގޮތް ހުސް ވެފައެވެ. އެއްކޮޅުން ބައްޕަގެ އަނިޔާތަކެވެ. އަނެއް ކޮޅުން ދޮންމަންމަގެ އެ ވިހަގަދަ ބަސްތަކެވެ. މަންމާއެވެ. ބައްޕަގެ ޝިކާރަޔަށް އަހަރެންވުމުގެ ސަބަބަކީ ކޮބާ ހެއްޔެވެ. އަހަރެންގެ މިސޫރަހެއްޔެވެ.ނޫނީ އަހަރެންގެ އުނދަގޫ ހަމައެހާވެސް ބޮޑީހެއްޔެވެ. މިހުރިހާކަމެއެް ތަހައްމަލުކުރުމަށް އަހަރެންގެ އޮތް ކުށަކީ ކޮބައިހެއްޔެވެ މަންމާއެވެ. އަހަންނަށް އަމާން މަންޒިލަކަށް ވާސިލްވުމަށް އެހީވެދޭށެވެ.މިއަނިޔާތަކާ މި ކެހިވެރި ދުނިޔެއިން ސަލާމަތް ކޮށްދޭން އަހަރެންގެ ގާތަށް އަންނާށެވެ..އަހަރެން ތިމަންމަ މަތިން ހާދަ ހަނދާންވެއެވެ. ތި ލޯތްބާއި އަޅާލުންތަކާއި ތި ފިރުމުންތައް އިހުސާސްކޮށްލަން ހާދަ ބޭނުމެވެ.މަންމާއެވެ. އަންނާށެވެ. އަހަރެންގެ މި އެކަނިވެރިކަން ފިލުވައިލަން އަންނާށެވެ.” ފެންކަޅިވެ ރޮވެންކައިރިވެފައިވާ ހާލު އުޑުމައްޗަށް ނަޒަރުހިންގައިލައިގެން ޔަަނާލް އަމިލް ނަފްސާ މުޚާތަބުކުރަމުން ގެންދިޔައެެވެ. އިސާހިތަކު އެ ކަރުނަތައް މުތީތަކެއްހެން އޮހޮރިގަތެވެ.އޭނާގެ ވޭނީ ގިސްލުމުގެ އަޑުން މުޅި އަތިރިމަތީގެ ހިމޭންކަން ނަގާލިއެވެ. އެތައް އިރަކު އެހެން ރޯން އިނުމަށްފަހު އޭނާ ތެދުވިއެވެ. އޭރު އޭނާގެ ދެލޯވަނީ ގިނައިރު ރުއިމުގެ ސަބަބުން ދުޅަވެފައެވެ. ގިނައިރު އެތާ އިނުމުގެ ސަބަބުން ލޮޑުކަމާއި ވަރުބަލިކަން އިހުސާސްކުރެވުނު ނަމަވެސް ގެޔަށް ދާން އޭނާ ޖެހިލުންވިއެވެ. އޭނާގެ ހަށިގަނޑުގެ ދަހިވެތިކަމުގައި އޭނާގެ ބައްޕަ ހުންނާނެކަން އޭނާއަށްޔަގީންވެއެވެ. އޭނާ އަތިރިމަގުން ހިނގާފައި އައިރު ގަސްގަހުގެ ހިޔަނިތައް އެޅިފައިވާ ގޮތުން ހީވަނީ އެއީ ފުރޭތަތަކެއްހެންނެވެ. ނަމަވެސް އެހެން އެއްވެސް މަހުލޫގަކަށް ވުރެ އޭނާ އޭނާގެ ބައްޕަދެކެ މާބޮޑަށްވެސް ޖެހިލުންވިއެވެ. އޭނާގެ ގެ ކަމަށްވާ ޕެރެޑައިސް ހުންނަމަގަށް އެޅުމުން އޭނާގެ އަތްފައި ފިނިވެ ބިރުން ތުރުތުރު އަޅަންފެށިއެވެ.އަދި އައިކަލް ނިދާފައި އޮތުމަށް ދުޢާކުރަމުން ގޭގެ ދޮރު ހުޅުވާލިއެވެ.
އެވަގުތު އޭނާޔަށް ބިރުން ފަހަތަށް ފިޔަވަޅެއް އަލާލެވުނީ ކުރިމަތީގައި ރުޅި އައިސް ރަތްވެފައި އިން އޭނާގެ ދޮންމަންމަ ފެނުމުންނެވެ. އެންމެ ފުރަތަމަވެސް ޔަނާލްގެ ކޯތާފަތް މައްޗަށް އަރައިގެން ދިޔައީ އާލިމާގެ ހޫނުގަދަ އަތުގެ ހަމަލާއެކެވެ. އެވަގުތު ޔަނާލަށް ރޮވެންފެށުނެވެ. ނަމަވެސް އާލިމާގެ ހިތަށް ކުޑަކޮށްވެސް ރަހުމެއް ނެތް ފަދައެވެ. ޔަނާލް އާއި ދިމާލަށް ހަޅޭއްލަވައިގަތީ ވަކިވަރެއް ބަލައިލާފަކައެއް ނޫނެވެ.”ކަލޭ ކައިރީ ކިތައް ފަހަރު ބުނަންޖެހެނީ މި ގޭގަ ހުންނަ ކަންތައް ނިންމާށޭ. ބަލަ ކަލޭގެ މަންމައެއް ނާންނާނެޔޭ މިގޭގަ ހުންނަ ކަންތައް ކޮށްދޭކަށެއް. ރޭގަނޑަށް ކައްކާށޭ ބުނީމަ އަދި މަށަށް ޖެއްސުމަށް އެއަށް މިގޭގަ ލޮނު ފުޅިގަ ހުރިއްޔާ ހުރިހާ ލޮނެއް އަޅާފަ ، ކަލޭ ހިތުން ތިއުޅެނީ މަ މަރާލަން ދޯ. އެހެންޏާ އަމާ ތެޅުނު ވައްތަރަކަށް ދޯ ދަރި ވެސް އުޅޭނީ. މީނަގެ ބައްޕަގެ އަތުން ބުއި ބޮޑިއެއްވެސް ބުއީ ހުންނަ ނުލަފާ ކަމުން. ސަހާދެއް ބޮޑު އުނދަގުލެއް މިވެސް. މަށަށް މި އުނދަގުލެއް ޖައްސާފަ މީނަގެ މަންމަ އެއޮތީ އެންނު އަރާމުގަ. މަ ހިތަށް އަރާ މީއްޗަކު މަރުވާނީ ކޮންއިރަކުން ބާވައޭ؟ އަދި މަށަށް ދައްކަން އެބަ ރޮއެއްނު. ދޭ ގޮއްސަ ކަލޭ ކެއްކިހާ އެއްޗެއް ކައި ހުސްކުރާތި. އަހަރުމެން މިދަނީ ރެސްޓޯރެންޓަށް. ކަލޭ ހީކުރީ ކަލޭ އެހެން ހެދީމަ އަހަރުން ކާނެ ގޮތް ހުސްވީ ކަމަށްތަ؟ މީނަގެ ބައްޕަވެސް ތެޅޭހާ ގޮތެއް މަށަކަށް ނޭގެ. އަވަހަށް އަންނާނަމޭ ބުނި މީހާ ނޭނގެ އަންނާނެ އިރެއްވެސް.” އާލިމާ ހިތަށް އެރިހަ އެއްޗެއް ޔަނާލް އާއި ދިމާލަށް ގޮވާލުމަށްފަހު އޭނާގެ ކޮޓަރި އާއި ދިމަލަށް މިސްރާބު ޖެހިއެވެ. އިސްޖަހައިގެން ރޮވިފައި އިން ޔަނާލްއަށް ކެތްކުރެވުނީ އެހިސާބަށެވެ. އޭނާ ދުވެފައި ގޮސް ބަދިގެއަށް ވަދެވުމާއެކު އަޑުން އަޑުނަގާ ރޮވެން ފެށުނެވެ. ނަމަވެސް އޭނާގެ ރުއިމުގެ އަޑު ނުއިއްވުމަށްޓަކައި އަނގަމަތީ އަތްއެޅިއެވެ.ހިތަހަމަ ޖެހޭވަރަށް ރޮއެވުމުން އޭނާޔަށް ލުއިކަމެއް އހުސާސް ކުރެވުނީ ކަންނޭގެއެވެ. ރުއިން ހުއްޓާލުމަށްފަހު އެރެޔަށް ކެއްކި ހުރިހާއެއްޗެއް ޑަސްބިނަށް އަޅާލުމަށްފަހު އޭނާ ތަށިތައް ދޮންނަން ފެށިއެވެ. އެ މަސައްކަތް ކުރަމުން ދިޔައިރުވެސް އިރު އިރު ކޮޅާ އޭނާޔަށް ގިސްލެވެމުން ދިޔައެވެ. ކެއުމުގެ ބަދަލުގައި ޔަނާލް މިސްރާބު ޖެހީ އޭނާގެ ކޮޓަރިއާއި ދިމާލަށެވެ.
ކުޑަ ކުޑަ ކޮޓަރިއެކެވެ. އެންމެ ކުރީޒަމާނުގެ ސްޓައިލަށް ހަދަފައި ވީނަމަވެސް ސާފުތާހިރުކަން ދަނީފެންނަމުންނެވެ. ބިންމަތީގައި ތަރަފާލު އަޅާފައި ވީ ނަމަވެސް ދުވަސް ވުމުގެ ސަބަބުން ތަރަފާލު އޮތީ ފީ ވެގެން ގޮސް ބާ ހެދިފައެވެ. އެ ކޮޓަރީގެ ކަނެއްގައި ކުޑަ އެނދަކާއި އަލަމާރިއެއް ހުއްޓެވެ. ރޮވިފައި ހުރި ޔަނާލަށް މުޅި އެ ކޮޓަރީގެ ތެރެޔަށް ނަޒަރު ހިނގާލެވުނެވެ. މީގެ ކުރިން އެތަނަކީ އޭނާ އާއި އޭނާގެ އުފާވެރި އާއިލާ އުޅެމުން ދިޔަ ކުޑަ ކޮޓަރިއެވެ. އޭނާގެ މަންމަ އޭނާ ނިންދަވަން ނާނާ ކިޔައިދިން ކޮޓަރިއެވެ. ބައްޕައާއި އެކު ކުޅެ ހެދި ކޮޓަރިއެވެ. ނަމަވެސް މިއަދު އޭނާ ހަޔާތަށް އައި ބާރު ކޮޅިގަނޑުގެ ސަބަބުން އޭނާގެ އަތުން އެހުރިހާ އެއްޗެއް ވަނީ ބީވެގެން ގޮސްފައެވެ.
އޭނާ އަކީ އެކަނިވެރިއެކެވެ. ބަދުނަސީބު ވެރިއެކެވެ.ނުވާންވީވެސް ކީއްވެހެއްޔެވެ. މިއަދަު ހުރިހާކަމެއް މިވަނީ ބަދަލުވެފައެވެ.ކުޑަ ހިދު ކޮޅެއްގެ ތެރޭގައެވެ. އޭނާ ހީވެސް ނުކޮށް ހުއްޓައެވެ. މީގެ ކުރިން އިވުނު ނާނާތަކުގެ ބަދަލުގައި މިިއަދު އޭނާއަށް އިވެމުން ދަނީ ދޮންމަންމަގެ ހަޅޭއްކާއި ނުރުހުމުގެ ބަސްތަކެވެ. ބައްޕަގެ ލޯތްބާއި ކުލުނު ގެ ބަދަލުގައި އޭނާގެ ޖިސްމަށް ލިބެމުން ދާނީ ވޭންދެނިވި އަނިޔާތަކެވެ.ދުވަހަކުވެސް ފިލައިގެން ނުދާނޭ ލައްގަނޑުތަކެވެ.
ދޮރުކުރިމަތީ ގަބުކައިފައި އިން ޔަނާލަށް ކޮޓަރީގެ ދޮރުފަތް ލައްޕާލެވުނީ ކިރިޔާއެވެ. އޭނާޔަށް ބޭއިޚްތިޔާރުގައި ދޮރު ބުޑަށް ތިރިވެވުނެވެ. އަދި ދެކަކޫ މެޔާއި ބޮނޑި ކޮށްލުމަށް ފަހު ބޯ އަޅާލިއެވެ. އިރު ކޮޅަކު އެހެން އިނުމަށް ފަހު އޭނާ ތެދުވިއެވެ. އޭރު އެ މޫނު ފެނިފައި ކޮންމެ މީހަކުގެވެސް ހިތުގައި ރަހުމް އުފައްދައި ދޭނެކަން ޔަގީނެވެ. އޭނާގެ ދޮންމަންމަ އާއި ބައްޕަފިޔަވައެވެ. ޔަނާލް ތެދުވެ ހިނގައިގަތީ އަލަމާރިއާއި ދިމާލަށެވެ. އަލާމާރި ހާވަމުން ގޮސް އެންމެ ފަހުން އޭނާ އެއިން ނެގީ ހުދު ބެޑްޝީޓެކެވެ. ބެޑްޝީޓް ހިފައިގެން އޭނާ އެނބުރެލީ ފަންކާ ހުރި ދިމާލަށެވެ. އޭރު އޭނާގެ ސިކުނޑީ ބުނެދެމުން ދިޔައީ މަރުވުމަށެވެ. ހިތް ބުނަމުން ދިޔައީ މަރު ނުވުމަށެވެ. ހިތާއި ސިކުނޑިގައި އުފެދެމުން ދިޔަ ހައިޖާނުގަނޑު ދިޔައީ އިރެއް އިރެއް ބޮޑުވަމުންނެވެ. ހިތް ބުނާ ގޮތަކަށް ސިކުނޑި ކަންތަކެއް ނުކުރެއެވެ. ޔަނާލް ބެޑްޝީޓުން ދަންމަޅިއެއް ހަދާލިއެވެ. ކުރަން މިއުޅެވެނީ ކިހާ ބޮޑު ފާފައެއްކަން ވެސް ރޭކާނުލާ އޭނާ ، ދަންޖެހުމަށްޓަކައ ވާން ޖެހޭ އެންމެ ފަހުގެ ތައްޔާރީތަށް ވިއެވެ. ގޮނޑިއެއް ގެނެސް އެދިމާލަށް ބެހެއްޓުމަށްފަހު ބެޑްޝީޓް ފަންކާގައި އައްސާލިއެވެ. އެއަށް ފަހު ހަމަ ޖެހިލުމަށްފަހު އޭނާ ބޮލަށް ދަންމަޅި ހަރާލުމަށްޓަކައި ތައްޔާރުވިއެވެ. އެވަގުތު އޭނާގެ ދެލޯފުރާ ކަރުނު އައެވެ.
އާއެކެވެ. ކެތްކުރެވިއްޖެއެވެ. މާ ބޮޑަށްވެސް ކެތް ކުރެވިއްޖެއެވެ.ނަމަވެސް އެއިން ލިބުނު އުފަލެއް ނެތެވެ. މި ކެހިވެރި އަނދިރި ދުނިޔޭގައި އުޅުމަށްވުރެ އަމިއްލަޔަށް މަރުވިޔަސް މާހެވެވެ. ވަރަށް ހިތްވަރު ކޮށްފީމެވެ. މިކަމުން އަރައިގަނެވޭތޯއެވެ. މި އަނިޔާތަކުން ރެކެވޭތޯއެކެވެ. ނަމަވެސް އެއްވެސް އަލިމަގެއް ނުފެނުނެވެ. މަންމާއެވެ. އަހަރެންނަކަށް ދެން މި އަނިޔާތަކާއި ލެވޭހާ ހިތްވަރެއްނެތެވެ. ދެލޯ މަރާލުމަށްފަހު އޭނާގެ ފުރާނަ ދުއްވާލަން ތައްޔާރުވެގެން ހުރި ޔަނާލްގެ ހަރަކާތްތަށް މަޑު ޖެހިލީ އޭނާގެ ސިކުނޑީގައިި އޭނާގެެ މަންމަ ދިން ނަސޭހަތެއް ޓަކި ޖަހާލުންނެވެ.
ޔަނާލްގެ އުމުރުން ހަތް އަހަރުގައި އޭނާ އައިކަލް ދެކެ ރުޅިއައިސް ވާހަކަ ދައްކަމުން ގޮސް ދެކެވުނު ވާހަކައެއްގެ ތެރޭ ޔަނާލްއަށް ޔާނާ ކައިރީ ތިމަންނަ ބޭނުންވަނީ މަރުވުމަށޭ ބުނެލިއެވެ. އެވަގުތު ޔާނާ ޔަނާލް އާއި އެއްވަރަށް ތިރި ވެލުމަށްފަހު ބުނެލިއެވެ.” ދަރިފުޅާއެވެ. މަރުވުމަށް ހިތަށްވެސް ނާރުވާށެވެ. އެއީ ކިހާ ބޮޑު ފާފައެއްކަން އިނގޭނަމަ ދަރިފުޅު ތިހެން ނުބުނާނެކަން ގައިމެވެ. ދަރިފުޅާއެވެ. އިނގޭ ހެއްޔެވެ.؟ އަމިއްލަޔަށް މަރުވާ މީހުންނަށް ނަރަކަ ނޫން އެހެންތަނެއް ނެތެވެ. އަދި އެވެސް ނަރަކައިގެ އެންމެ އަޑިއެވެ. ދަރިފުޅު ނަރަކަޔަށް ދާން ބޭނުން ހެއްޔެވެ؟. ނޫންކަން ގައިމެވެ. ދަރިފުޅާއެވެ. މަންމަ ދަރިފުޅު ބޮޑުކުރީ ކިހާ ބުރައެއް އުފުއްލައިގެން ހެއްޔެވެ؟. ނަމަވެސް ދަރިފުޅު އަމިއްލަޔަށް މަރުވިނަމަ މަންމަ އެ އުފުލި ބުރައިގެ އެއްވެސް އަގެއް ނެތް ނޫން ހެއްޔެވެ؟. ދަރިފުޅާއެވެ. ވުމާއެކު ދުވަހެއްގެ ކޮޅުންވެސް އަމިއްލަޔަށް މަރުވާން ނޫޅޭށެވެ. އަދި އެހެން ހިތަށްވެސް ނާރުވާށެވެ. އެހެނީ މަރުވުމަށް ހިތަށް އެރުވުމަކީވެސް އެކަން ކުރުމެކޭ އެއްފަދަކަމެކެވެ. ދަރިފުޅާއެވެ. މި ދުނިޔޭގައި އުޅޭއިރު އެކި ކަހަލަ ކަންތައްތަކާއި ކުރިމަތިލާން ޖެހޭނެއެވެ. އެފަދަ ހާލަތްތަކުގައި ހިތްވަރު ދެރަކޮށްލުމުގެ ބަދަލުގައި އެކަމުުން އަރައި ގަތުމަށް މަސައްކަތްކުރާށެވެ. ކިތަންމެ ބޮޑު ގޮނެޖެހުމަކާއި ކުރިމަތިލާން ޖެހުނަސް ހެވެވެ.”
ލޯ މަރާލައިގެން އިން ޔަނާލްއަށް ހޭވެރިކަން ވެރިވީ އިޝާ ނަމާދުގެ ބަންގީގެ އަޑުގެ ސަބަބުންނެވެ. ހޭވެރިކަން އައުމާއެކު އައުމާއެކު އޭނާޔަށް ކުރެވެން އުޅުނު ކަމާމެދު ވިސްނާލެވުނެވެ. އެވަގުތު އޭނާ ބިރުން ތުރު ތުރު އަޅައިގަތެވެ. ދެލޯފުރާ ކަރުނު އައީ އޭނާ ޝައިތާނާގެ ބަހަށް ހެއްލި ބޮޑު މަގުފުރެދުމަކަށް ހުށެހެޅެން ދިޔުމުންނެވެ. ނަމަވެސް މާތްﷲގެ ކުޅަދުންވަންތަކަމާއެވެ.ވަގުތު ފާއިތުވުމުގެ ކުރިން އޭނާޔަށް ހެޔޮ ވިސްނުންދެއްވީއެވެ. ޔަނާލް އަތް ތުރުތުރު އަޅާހާލު ބެޑްޝީޓްގައި ހުރި ގޮށްތަށް ނައްޓާލުމަށްފަހު ގޮނޑިން ފޭބިއެވެ. ބެޑްޝީޓް އަލަމާރިއަށް ލުމަށްފަހު އޭނާ ފާހާނާޔަށް ވަދެ ވުޟޫކުރިއެވެ. އަދި ކުރެވުނު ކުށާއި މެދު ބިރުވެތިވާ ހާލު އޭނާ ނަމާދު ކުރަން ފެށިއެވެ. އޭނާ ބޭނުންވީ ތައުބާވާށެވެ. އޭނާޔަށް ނަމާދުކުރުމުގެ ތެރޭގައި ރޮވުނެވެ. އޭނާގެ ހިތަށް އެރިއެވެ. ﷲގެ ކުޅަދުންވަންތަ ކަމާއެވެ. އެންމެ ފަހު ވަގުތު މިއަޅާޔަށް ހެޔޮވިސްނުން ދެއްވީއެވެ.
ނަމާދުކޮށް ނިމިގެން އޭނާ ދުޢާކުރުމަށް އަތް އުފުލާލި ވަގުތު އޭނާޔަށް ލިބިގެން ދިޔައީ ހިތްހަމަ ޖެހުމެކެވެ. އޭނާގެ މި އަނިޔާތަކުން ސަލާމަތްކޮށް ދިނުމަށާއި އޭނާގެ މަންމަޔަށް ހެޔޮދުއާކޮށް ނިމުނުއިރު އޭނާޔަށް ލިބިގެންވީ އުފާވެރިކަމެވެ. އާނއެކެވެ. އޭނާޔަށް ކުރިން ނުވިސްނުނީ ކީވެ ބާވައެވެ؟.އަމިއްލަ މީހާގެ ނަސީބާ މެދު ހިތާމަ ކޮށްކޮށް މަރުވާން ހިތަށް އެރިއިރުވެސް އޭނާޔަށް އަމިއްލަ ރައްބު މަތިން ހަނދާނެއް ނެތެވެ. ނަމާދު ގަޑިތައް ފާއިތުވެގެން ދިޔައިރު އޭނާވީ ރުއިމާއި ކެކުޅުމުގެ ތެރޭގައެވެ. އެންމެ ފަހަރަކުވެސް ނަމާދަށް އައިސް އެނަމާދުގެ މަތިވެރިކަން ހޯދުމަށް ގޮވާލާއިރު އޭނާގެ ދެކަންފަތަކަށް އަޑެއް ނީވުނެވެ. ނަމަވެސް މާތްﷲ އިރާދަކުރެއްވި އަޅަކަށް ރަނގަޅުމަގު ދައްކަވައެވެ.އެކަލާނގެއީ އޭނާ މަރުގެ ތުންފަތް މަތީގައި ވީހިނދު އޭނާޔަށް ހިދާޔަތް ދެއްކެވި ރަސްކަލާނގެއެވެ. ނަމާދުކޮށް ނިމުމާއެކު މުސައްލަ އޮޅާލުމަށް ފަހު އެނދުމަތީގައި ބޭއްވި ޔަނާލްގެ މޫނުމަތީގައި ވީ އުޖާލާކެވެ.
އޭނާ އެނދުގައި އިށީނދެލުމަށްފަހު ފުރަތަމަ ފަހަރަށް އެ އަނިޔާތަކުން މިނިވަންވުމަށްޓަކައި މަސައްކަތް ކުރުމަށް އަޒުމް ކަނޑައެޅިއެވެ. ލައްކަ ދުވަހު މި އަނިޔާތަކުގެ ވަކި ދަށުގައި ހައްޔަރުވެގެން އޭނާޔަށް އިނދެވިއްޖެއެވެ. އޭނާގެ ހަޔާތުގެ ބޮޑުބައެއް އަނދިރިކަމާއި ބިރުވެރިކަމާއި ކެކުޅުމުގެ ތެރޭ ހޭދަކޮށްފިއެވެ. ލޮލުން އެތައް ކަރުނައެއް އޮހޮރުވައިފިއެވެ. ނަމަވެސް މިއަދަށްފަހު އޭނާގެ ވިސްނުން ބަދަލުވެއްޖެއެވެ. އޭނާގެ ދިރިއުޅުން ނަރަކަޔަށް ހަދާލި ދެމީހުން އިންސާފުގެ ކުރިމައްޗަށް ގެނައުމަށްފަހު މެނުވީ އޭނާ ފަހަތަކަށް ނުޖެހޭނެއެވެ. ކިތަންމެ ގޮންޖެހުންތަކެއް ކުރިމަތި ވިޔަސް ހެވެވެ. އޭނާއަކީ ވެސް އިންސާނެކެވެ. މީހަކު ހެދިހާ ގޮތެއްހަދައިގެން ގެންގުޅޭ ބުދެއްހެން އޭނާޔަކަށް ނޫޅެވޭނެއެވެ.
ޔަނާލަށް ސިހުންގެނުވީ އޭނާގެ ކޮޓަރިއަށް ވަން އާޝާ ފެނިފައެވެ. “އޭ މަގޭ ކޮޓަރީގައި ހުރި ވާސްއެއް ތަޅައިގެން ހިނގައްޖެ. އެ ސާފުކުރަންދޭ ހަމަ މިހާރު.” މޫނު ހަދައިގެން ހުރެ އާޝާ ޔަނާލަށް އަމުރުކުރީ އަޅަކަށް އަމުރުކުރާ އުސޫލުންނެވެ. ” އާޝާ ކިހިނެތްވާނީ އެންމެ ފަހަރަކުވެސް އަމިއްލަޔަށް އެކަން ކޮށްފިއްޔާ. އަހަރެންމީވެސް އިންސާނެކޭ. އަހރެންވެސް ވަރުބަލިވެޔޭ. އެހެންނޫނަސް އެ ވާސް ތެޅުނީ އާޝާ އަތުން ނޫންތަ؟. އެހެންވީމާ އާޝާ ކިހިނެތް ވާނީ އަމިއްލަޔަށް އެކަން ކޮށްފިއްޔާ.” ޔަނާލް ހިތްވަރުކޮށްފައި ވާހަކަ ދެއްކީ އާޝަޔަށް ވިސްނައިދިނުމުގެ ގޮތުންނެވެ. އާޝާ ހުރީ ޔަނާލް ވާހަކަ ދެއްކިގޮތުންހައިރާން ވެފައެވެ. މީގެ ކުރިން ޔަނާލްއަކީ އޭނާ ކަމަކަށް ކިޔައިފިނަމަ ރައްދުގައި ޗުއްޕުވެސް ބުނާ ކުއްޖެއް ނޫނެވެ. “އޭ! މާ ރީތި އަނގަ ތަޅާނެ ކަމެއް ނެތް ކަލޭތީ ކާކު މަށަށް ލެކްޗަރު ދޭން؟. ތީ ވަރަށް ތާހިރު މީހެއްވިއްޔާ.” މަލާމާތުގެ ގޮތަކަށް ހީލުމަށްފަހު އާޝާ ޔަނާލްއާއި ދިމާލަށް ޖެއްސުން ކުރިއެވެ. އިސްޖަހާލައިގެން ހުރެ ޔަނާލް ހިނގައިގަތީ އާޝާއާއި އިތުރަށް ޖަަދަލުކުރުމަށް ބޭނުންނުވާތީއެވެ. އިސްޖަހާލައިގެން ދިޔަ ޔަނާލަށް ސިހުމެއް ލިބުނީ އާޝާ އޭނާގެައިގައި ދަތި އަޅުވަލުމުންނެވެ. ތަނެއްގައި ހިފުމުގެ ކުރިން ޔަނާލް އަނގަވަތަށް ވެއްޓުނެވެ. އެވަގުތު އާޝާ ހިނިގަނޑެއް ޖަހާލުމަށްފަހު ޔަނާލްއާއި ދިމާލަށް ހަޑިއެއްޗެކޭ ބުނުމަށްފަހު ދިޔައީއެވެ. ނިކުމެގެން ދިޔަ އާޝާޔަށް ޔަނާލް ބަލާލީ ނަފުރަތުން ފުރިގެންވާ ބެލުމަުންނެވެ. އޭނާގެ ހިތް ބުނަމުން ދިޔައެވެ. ކަލޭމެން މިއަދު އުފާކުރާނެ ވަރަކަށް އުފާކުރާށެވެ. މިއަދު ކަލޭމެންގެ އަޅެއްގެ ގޮތުގައި އަހަރެން ހުރެދާނަމެވެ. މިއީ ކަލޭމެންނަށް އަހަރެންގެ އަތުން ކަމެއް ކޮށްދޭ އެންމެ ފަހު ފަހަރު ކަމުގާ ބަލާށެވެ. މާދަމާ ކަލޭމެން ޖެހޭނީ ރޯށެވެ. ކަލޭމެންނަށް ހައްގު އަދަބު ދީފާ ނޫނީ އަހަރެން ހަމަ ނޭވާއެއްވެސް ނުލާނަމެވެ.
ޔަނާލް ތެދުވުމަށްފަހު ގައި ފޮޅާލިއެވެ. އަދި އާޝަގެ ކޮޓަރިޔަށް ދިޔައެވެ.އެ ކޮޓަރިއަކީ މިޒަމާނުގެ ފެންވަރަށް ހަދާފައި ހުރި ކޮޓަރިއެއް ކަމުގައި ވިޔަސް އެތަނެކޭ ކުނިގޮނޑެކޭ އެއްވެސް ތަފާތެއް ނެތެވެ. އެތަނަށް އެޅިފައި ހުރި ފުޅި ތޮށިތައް ނެގުމަށްފަހު ޑަސްބިނަށް އަޅާލުމަށްފަހު ޔަނާލް މިސްރާބު ޖެހީ އޭނާގެ ކޮޓަރިއާއި ދިމާލަށެވެ. އެވަގުތު އޭނާ ހުރީ ނިިއައިސް ގެން ހަލާކު ވާވަރުވެފައެވެ. އޭނާ ގޮސް އެނދުގައި އޮށޯތްތަނާހެން ނިދީގެ ފުން އާލަމަަށް އޭނާ ގެނބިގެން ދިޔައެވެ. ނިދިފައި އޮތް ޔަނާލަށް ހޭލެވުނީ މީހެއްގެ ބީހުމުގެ އިހުސާސްކުރެވޭތީއެވެ. އޭނާޔަށް ޔަގީނާއި ގާތަށް އެއީ އޭނާގެ ބައްޕަ އައިކަލް ކަން އެނގުނެވެ. ނަމަވެސް ގުޑާނުލާ އޮތީ މިއަދަކީ އެ ނުބައި ނުލަފަ އިންސާނާޔަށް އެނުބައި އަމަލު ކުރެވޭނެ އެންމެ ފަހު ދުވަހޭ ހިތަށް އެރުމުންނެވެ. އައިކަލް ބޭނުންވާ ކަންތައް ފުއްދުމަށްފަހު ދިޔައިރު ޔަނާލަށް އޮތީ ރޮވިފައެވެ. ތެދުވެ އޭނާ ފާހާނާޔަށް ވަދެ އެތައްފަހަރަކު ގައިގެ އެތަން މިތަން ދޮވުނެވެ. އެ ނުބައި އިންސާނާ ގެ ވަސްވެސް އޭނާގެ ގައިގައި ހުންނާކަށް ޔަނާލް ބޭނުމެއް ނުވިއެވެ. ހިތްފުރޭވަރުވުުމުން ޔަނާލް ވުޟޫކުރިއެވެ.އަދި ސުންނަތް ނަމާދެއްކުރުމަށް ފަހު އޭނާޔަށް ކާމިޔާބު ލެއްވުން އެދި ދުއާކުރިއެވެ. އެއަށްފަހު އޭނާ ނިިމުގެ ބޭނުމުގައިި އެނދުގައި އޮށޯތެވެ. މާގިނައިރެއް ނުވެ ނިދީގެ ތެރެޔަށް އޭނާ ފީނާގަތެވެ.
ނިިފައި އޮތް ޔަނާލަށް ހޭލެވުނީ ފަތިސް ނަމާދުގެ ބަންގީގެ އަޑަށެވެ. ތެދުވެ ނަމާދުކުރުމަށްފަހު އޭނާ އަޅަން އެއުޅޭ ފިޔަވަޅު ކާމިޔާބު ކޮށްދެއްވުމަށް އެދި އޭނާ ދުއާކުރިއެވެ. ހެނދުނު ހަތެއް ޖެހިއިރު ޔަނާލް މިސްރާބު ޖެހީ އަތޮޅު އޮފީހާއި ދިމާލަށެވެ. އެވަގުތު އޭނާގެ އަތްފައި ފިނިވެ ތުރު ތުރު އަޅަމުން ދިޔައެވެ. ނަމަވެސް މިއަދު އޭނާ ހުރީ ފަހަތަށް ޖެހޭ ގޮތަކަށެއް ނޫނެވެ. މިއަދު އޭނާގެ މިނިވަންކަން ހޯދުމަށްފަހު މެނުވީ އޭނާ ފަހަތަކަށް ނުޖެހޭނެއެވެ.
“އައިޝަތު ޔަނާލް އައިކަލް ދެއްތޯ؟” ޔަނާލް އާއި ވާހަކަ ދައްކަން އިނީ އެރަށު ކައުންސލިލަރެކެވެ. ޔަނާލް މަޑުމަޑުން ބޯ ޖަހާލިއެވެ. “ތިބޭފުޅާގެ މައްސަލައަކީ ކޮބައިތޯ؟ ” ހިތްހެޔޮކަމާއެކު ކައުންސިލަރު ސުވާލުުރަމުން ގެންދިޔައެވެ. ޔަނާލް ފުންނޭވާއެއްލިއެވެ. އަދި އޭނާގެ ހަޔާތުގެ ކަޅު ސަފުހާތަށް ފުރަތަމަ ފަހަރަށް މީހެއްގެ ކުރި މަތީ ބަންޑުން ކޮށްލިއެވެ. ހުރިހާ ވާހަކައެއް ކިޔާ ނިމުނުއިރު ޔަނާލަށް ވަނީ ރަނގަޅަށްވެސް ރޮވިފައެވެ. ކައުންސިލަރއަށް ލިބިފައިވަނީ ޝޮކެކެވެ. އެހާ ޅައުމުރެއްގައި އެވަރުގެ ކުއްޖަކު ތަހައްމަލު ކުރަމުން ދާނެ ވޭން އިހުސާސް ކުރެވުމުން ކައުންސިލަރގެ ލޮލުންވެސް ކަރުނަ ނީރާލިއެވެ. ކައުންސިލަރ އަވަސް ވެގަތީ އެމައްސަލަ ކަމާވީ ފަރާތްތަކާއި އަންގާށެވެ. އަދި ޔަނާލް ކައިރީ ޓެސްޓްތަކެއް ހެދުމަށްޓަކައި އޭނާޔާއެކު ހޮސްޕިޓަލަށް އައުމަށް އެދުނެވެ. ޓެސްޓްކުގެ ނަތިޖާ ލިބުމާއެކު ކައުންސިލަރ ޔަނާލް ކައިރީ އެދުނީ ގެޔަށް ދިޔުމަށެވެ. ގެޔަށްވަން ޔަނާލްއަށް ދޮރުކުރިމަތީ ހުއްޓެވުނީ ގޭގައި ތިބި ފުލުހުން ފެނިފައެވެ. އެވަގުތު އަތުގައި ބިޑި އަޅުވައިގެން އާލިމާއާއި އައިކަލް ދެފުލުހުން ނިކުންނަމުން ދިޔައެވެ. އެވަގުތު އާލިމާ ތިމަންނަ ކީއްހޭކުރީ ކިޔާ ހަޅޭއްލަވަމުން ގެންދިޔައެވެ.އައިކަލްއަށް ޔަނާލް ފެނުމާއި އެކު އޭނާ ހިނގައިގަތީ ޔަނާލް އާއި ދިމާލަށެވެ. ނަމަވެސް އޭނާ ޔަނާލާއި ހަމަޔަށް އައުމަށް ހުރަސް އެޅީ ފުލުހުންނެވެ. އައިކަލް ދަމުން ޔަނާލްއަށް ބަލާލީ އެކަމުގެ ބަދަލް ހިފާނަމޭ ބުނާފަދައިންނެވެ. ނަމަވެސް ޔަނާލް މިހާރު އެ ނަަޒަރުތަކަށް ބިރެއް ނުގަނެއެވެ.
އޭގެ ދެދުވަސް ފަހުން އައިކަލްއަށް ކުޑަކުއްޖަކަށް ޖިންސީގޯނާ ކުރުމުގެ ކުށުގައާއި މަސްތުވާތަކެތި ބޭނުންކުރުމުގެ ކުށުގައި 10 އަހަރު ދުވަހަށް ޖަލަށްލެވުނެވެ. އަދި އާލިމާޔަށް އެކަންތައް ސިއްރު ކުރުމގެ ތުހުމަތުގައި 2 އަހަރު ދުވަހުގެ ޖަލު ހުކުމެއް އައެވެ. ޔަނާލަށް އެކަން އިނގުމާއެކު ދެލޯފުރާ ކަރުނަ އައީ އެތައް ދުވަހަކަށް ފަހު އޭނާޔަށް އަނިޔާވެރި ވަކިތަކެއް ދަށުން ސަލާމަތްވެވުނީމައެވެ. އާނއެކެވެ.އެއީ އޭނާކުރި ދިގު އިންތިޒާރެއްގެ ފިނިކަމެެވެ.ކެތްތެރިކަމުގެ ނަތީޖާއެވެ. ހިތްވަރާއިގެން ކަންކަމާއި ކުރިމަތިލުމުގެ ފޮނި ނަތީޖާއެވެ. އޭނާގެ ހަޔާތް އޮތީ ކުރިޔަށެވެ. އޭނާގެ ހަޔާތުގެ އަނދިރި ސަފުހާތައް ބިމާ ހަމަކޮށްލުމަށްފަހު އޭނާ އޭނާގެ ހަޔާތައިގެން ކުުރިޔަށް ދާނެއެވެ. ކިތަންމެ ގޮންޖެހުންތަކެއް ކުރިމަތިވިޔަސްހެވެވެ. މާތްﷲގެ ރަހުމަތްފުޅާއެކު އޭނާޔަށް އޭނާ އެދޭ ކަންތައް ކުރެވޭނެއެވެ.
- ނިމުނީ
20 Comments
Comments are closed.
??????????????????????
thank you hithun
Salhi eyy salhi eyy?❤
thank you aru
V v v v v reethi…keep it up dear….looking forward to a new story frm you
thank you shaya. wil try my best insha allah
Ibaraai kurun zero.. Evves thaakun thaaku nujehey vaahaka eh.. Kamaku nudhey ehgothakah ves..
thank you so much for the feedback. dhen genesdhey story eh ga dear faahange thikolli bao rangalhu kurveytho balaan. and sorry that mi story faathun ah kamu nudhyai ma
Rangalhu inbaaraih kurun vx… Emme furihama nuve dhaane… ekam zero dhey vareh noon.. Maa Sha Allah… Baarakallah feeki… Story varah touching
Alah liyuneema veegotheh dhoa? Ibaaraah kurumaa basthakuge maana dheyhavaa gothah visnaige dhen faharakun liyelaathi. Fahun ragalhu vaane hiy varukollaa.
v.reethi vaahakaeh . sooo nice keep it up
އާޝާ އަށްވީ ކިހިނެއްތަ
Vaahaka varah reethi. ??
thank you kudhu
thank you ukhthu fathima.
i have a classmate named yanaal . we are in grade seven
famous vaaney varah
varah salhi
I have a classmate named yanaal we r in grade 7
Mih story varah reethi
??
Eeh yanaal uh dhw
N lamy vex ebaulhen dhwww