ޖެހެމުންދާ މަޑުވައިރޯޅިން ވަށައިގެންވާ ގަސްތަކުގައި ހީވަނީ ލުއި ނާނާއެއް އަޅުވާހެންނެވެ. ހުދުބޯ ކިރުކޮޅެއްފަދަ ދޮންވެލިގަނޑުގައި ބޮސްދެމުން ދިޔަ ކުދި ރާޅުތަކުގެ ހިތްގައިމު އަޑުން މުޅި އަތިރިމަތީގެ ހިމޭންކަން މުގުރާލަމުން ދިޔައެވެ. ވަގުތަކީ ރޭގަނޑުގެ ހިތްގައިމު ވަގުތުކަމުން ރޭގަނޑުގެ ރާނީކަމަށްވާ ހަނދު އޭގެ ދަރުބާރުގައި ހިނިތުންވެލައިގެން އިންއިރު ތަރިތައް އެދަރުބާރުގެ އަމީރުންގެ ގޮތުގައި ކުދި މުތީތަކެއްހެން އޭގެ އޭގެވާޖިބު އަދާކުރުމުގައި ދެމި ތިއްބެވެ. ހަނދުގެ ރިހި އަލިން މުޅި އަތިރިމަތި ހީވަނީ ހުދު ފަނޑު ބޮތްކަކުން ދިއްލާލާފައިވާހެންނެވެ. […]