Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހަޤީޤީބިރުވެރި

ދެގަޑި ތިރީސް – 03

naina Level 110 Stories
October 24, 2018 4 Mins Read
12 Comments

އެހެން ދުވަސް ދުވަހެކޭ އެއްފަދައިން އެދުވަސް ވެސް ހޭދަވެގެން ދިޔައި ނާޝިދާ އާއްމުކޮށް ކުރާ މަސައްކަތަކުގައެވެ. ޑިގްރީއަށް ކިޔަވައި ނިންމާފައި ނާޝިދާ ރަށަށް ބަދަލުވީ މާސްޓަރސް ހަދަން ދިއުމުގެ ކުރިން މަންމަ ކައިރީ ކުޑަދުވަސް ކޮޅެއް ހޭދަކޮށްލުމަށެވެ. ރަށުގައި ހުރެގެން އޭނެ އާމްދަނީ އެއް ހޯދުމުގެ ގޮތުން ކުދިންނަށް ޓިއުޝަން ނަގައިދެއެވެ. ރަށަކީ ރާއްޖޭގެ އުތުރަށް ނިސްބަތްވާ އާބާދި ބޮޑު ރަށެކެވެ. ޓިއުޝަން ނަގަން ބޭނުންވާކުދިން ފުދޭވަރަކަށް ގިނައެވެ. އެހެންކަމުން ނާޝިދާއަށް ރަނގަޅު އާމްދަނީ އެއް ލިބެއެވެ.

އެދުވަހުގެ އެންމެ ފަހު ކުއްޖާއަށް ޓިއުޝަން ނަގައިދިނުމަށްފަހު ނާޝިދާ ތައްޔާރުވެލީ ދޮންމުހައްމަދުބެ އަންނާނެ ވަގުތަކަށެވެ. ގެއަށް އައިގޮތަށް ދޮންމުހައްމަދުބެ އެދުނު ހުރިހާ މައުލޫމާތެއް އޭނާ ވަނީ މެސެޖްކޮށްފައެވެ. ޔޫއާން ދެތިންފަހަރަކު ގުޅިނަމަވެސް އެހާ ގިނަ ވާހަކަ ނުދައްކާ ނާޝިދާ ފޯން ބާއްވަނީ އެވެ. ކީއްވެކަމެއްނޭންގެއެވެ. ޔޫއާން އާއި ވާހަކަ ދައްކާ ހިތް ނުވަނީއެވެ.

ރޭގަނޑު އަށެއް ޖެހިތަނާ ދޮންމުހައްމަދުބެ ގެއަށް އައެވެ. ސަލާމް ގޮވާލުމަށްފަހު ސިޓިންގްރޫމް ތެރޭ ހުރި ސޯފާގައި އިށީންދެލިއެވެ. ސިޓިންގް ރޫމްގަ ޒާހިޔާ އާއި ނާޝިދާގެ އިތުރުން، ނާޝިދާގެ ބައްޕަ އާދަނުވެސް އިނެވެ. ވެގެން އުޅޭ ކަންތައްތައް އާދަނަށް ޒާހިޔާ ވަނީ ކިޔައިދީފައެވެ.

“ކޮބާ ހުރިހާ ކުދިވެރިން؟” ކުޑަމޭޒުމަތީ ހުރި ދުފާތަބަކުން ކަރަންފުލެއް ނަގާ އަނގައަށްލަމުން ދޮންމުހައްމަދުބެ އަހާލިއެވެ.

“އެމީހުން ވެއްޖެ ކޮޓަރި ތެރޭ ކިޔަވަން. މަ ބުނިން މިރޭ ކުޑަ ކަމެއް ސިޓިންރޫމްގަ އޮންނާނޭ، އެއްވެސް ކުއްޖެއް މަންމަ ބުނީމަ ނޫނީ ނުނިކުންނައްޗޭ” ޒާހިޔާ ބުނެލިއެވެ.

ނާޝިދާ އެއްވެސް އެއްޗެއް ނުބުނެ ހަމަހިމޭހުން އިނެވެ. ދޮންމުހައްމަދުބެ އޭނަގެ ދަބަހުން ކުޑަ ހަތިމެއް ނަގާފަ މޭޒުމަތީ ބާއްވާލިއެވެ. އަދި ނާޝިދާއަށް ނަޒަރު ހުއްޓާލިއެވެ.

“ބޭބެއަށް އިނގޭ ނާއްކޮ ހިތުގަ ވަރަށް ސުވާލުތައް އުފެދިފަކަން ހުންނާނީ. ބޭބެ ހުރިހާ އެއް×ޗެއްވެސް ކިޔައިދޭނަން. އެކަމު ފުރަތަމަ ބޭބެ ކުރާ ދެތިން ސުވާލަކަށް ޖަވާބު ދޭންވާނެ.”

ސުވާލުން ފުރިގެންވާ ނަޒަރަކުން ނާޝިދާ ބަލާލިއެވެ.

“ޔޫއާން އާއި ބެހޭ ގޮތުން ނާއްކޮ އަށް އިނގެނީ ކިހާވަރަކަށް؟”

ކުޑައިރުކޮޅެއް ވަންދެން އެއްޗެއް ނުބުނެ ނާޝިދާ އިނެވެ. ފަށާނީ ކިހާހިސާބަކުން ކަމެއްވެސް އޭނައަކަށް ނުވިސްނުނެވެ.

“އޭނަޔާ ދިމާވިގޮތް ފުރަތަމަ ކިޔައިދީބަލަ” ނާޝިދާ އަށް ވާހަކަ ފަށަން އުނދަގޫ ވެފަ ހުރިހެން ހީވާތީ ދޮންމުހައްމަދުބެ ބުނެލިއެވެ.

“ޔޫއާން އާއި ދިމާވީ ކޮލެޖްގަ ކިޔަވަން އުޅުނު އިރު. އެއްބެޗެއްގަ ދެމީހުންވެސް އުޅުނީ. ފުރަތަމަ ގާތް ރަހްމަތްތެރިންގެ ގޮތުގައި އުޅެފަ ވަރަށް ފަހުން ލޯބީގެ ގޮތުން ގުޅުނީ.” އިސްދަށަށް ޖަހައިގެން އިނދެ ނާޝިދާ ވާހަކަ ދެއްކިއެވެ.

“ލޯބި ހުށަހެޅި އޭނަތަ ނޫނީ ނާއްކޮތަ؟”

ނާޝިދާ އިސްއުފުލާފައި ލަދުވެތިކަމާއި އެކު ބައްޕަ އާއި ދިމާލަށް ބަލާލުމަށްފަހު އަނެއްކާވެސް އިސްޖާހާލިއެވެ.

“އަހަރެން ލޯބި ހުށަހެޅީ”

“ނާއްކޮ އޭނަގެ އާއިލާ އެއްވެސް މީހަކާ ބައްދަލުކުރިންތަ؟”

ނާޝިދާ ބޯޖަހާލިއެވެ. “އާނ…އޭނަގެ މަންމަ އާއި ބައްދަލުކުރިން. ޔޫއާން ބައްޕަ ވަނީ ޔޫއާންގެ އުމުރުން 16 އަހަރުގަ ނިޔާވެފަ. އޭނައާއި އެއްބަޑުއެއްބަފާ އިތުރު މީހެއް ނުހުރެ.”

“ނާއްކޮތީ ޔޫއާން ފުރަތަމަ ރައްޓެހިވި ކުއްޖާތަ؟”

ނޫނެކޭ ބުނުމުގެ ގޮތުން ނާޝިދާ ބޯހޫރުވާލިއެވެ.

“އެހެންވިއްޔާ އޭނަ ކުރިން ރައްޓެހިވި ކުދިންގެ ވާހަކަ ކިޔައިދިންތަ؟”

“ނޫން. އަހަރެން ނުވެސް އަހަން.”

ހަމަހިމޭނުގެ ކުޑަ ވަގުތުކޮޅެއް ހިނގިއެވެ. ދޮންމުހައްމަދުބެ އިނީ ނާޝިދާއަށް ބަލަހައްޓައިގެންނެވެ. ޒާހިޔާ އާއި އާދަނުވެސް އިނީ ވާނުވާ ނޭންގިފައެވެ.

“އަދި އެއްސުވާލު.”

ނާޝިދާ ބަލައިލިއެވެ.

“ޔޫއާން އާއި އެއްކޮށް ވަގުތު ހޭދަކުރިއިރު، އޭނަގެ ހަށިގަނޑުގެ އެއްވެސް ތަނެއްގަ ތަވީދެއް ކަހަލަ އެއްޗެއް ދެކުނިންތަ؟”

ނާޝިދާ އަށް ލިބުނީ ސިހުމެކެވެ. ދޮންމުހައްމަދުބެއަށް އިނގުނީ ކިހިނެއްބާއެވެ. ނާޝިދާގެ މޫނަށްވީގޮތް ފެނިފައި ދޮންމުހައްމަދުބެއަށް ޖަވާބު ލިބުނެވެ.

“އެހިންތަ ޔޫއާން ކައިރީ ކީއްކުރަން އަޅައިގެން އުޅޭ ތަވީދެއްތޯ؟” އަނެއްކާވެސް ސުވާލެކެވެ. ނާޝިދާ ކުޑައިރުކޮޅަކު މަޑުން އިނދެފަ ޖަވާބު ދިނެވެ.

“އޭނަ ބައްޕަ ނިޔާވިތަނާހެން ޔޫއާން ވަރަށް ބޮޑަށް ބަލިވި. ހުންއައިސް ހޮޑުލެވި މީހާ އެއްކޮށް ދަމާލި. ވަރަށް ބައިވަރު ޑޮކްޓަރުންނަށް ދެއްކި. ރާއްޖޭން ބޭރަށްވެސް ގެންދިޔަ. އެތަކެއް ޓެސްޓްތަކެއް ހެދުމުންވެސް އެއްވެސް ޑޮކްޓަރަކަށް ޔޫއާންގެ ބަލީގެ ސިއްރެއް ނޭންގުނު. ބޭހަކަށް އޭނަގެ ބައްޔެއް ނުގުޑި. މަސްދުވަސް ވީއިރު ޔޫއާން އޮތީ އައި.ސީ.ޔޫގަ އެޑްމިޓް ކޮށްފަ. ދުނިޔޭގަ އޮތީ ކިރިޔަ ކިރިޔާ. ޔޫއާންގެ މަންމަ ގޮތްހުސްވެގެން އެންމެ ފަހުން ފަންޑިތަހަދާ މީހެއްކައިރިޔަށް ދިޔައީ. ޔޫއާން އަށް ވެގެން އުޅޭގޮތެއް ބަލައިދިނުމަށް. ފަންޑިތަހަދާ މީހާ ޔޫއާން ކައިރިއަށް އައިސް ކިޔެވެއްޔެ ކިޔަވާފަ އެތަވީދު އޭނަގެ އަތުގަ އެއްސީ. އެހިސާބުން ޔޫއާންގެ ހާލަތު މަޑުމަޑުން ރަނގަޅުވާން ފެށި. ދެދުވަސްތެރޭގަ އޭނަގެ ހުންއެއްކޮށް ފިލާ ހޭވެސް އެރި. ޔޫއާންގެ މަންމަ ކައިރީ ޔޫއާން އަށް ވީގޮތް ފަނޑިތަވެރިޔާ ކިޔައެއް ނުދޭ. ހަމައެކަނި ބުނީ އެއްވެސް ހާލަތެއްގަ ތަވީދު ނުނެގުމަށް. އޭގެ ފަހުން ޔޫއާން މިއަދާ ހަމައަށްވެސް އެއަށް ރައްކާތެރިވޭ.”

ނާޝިދާގެ ވާހަކަ ނިންމާލުމުން ތަނަށް އާދަޔާ ހިލާފު ހަމަހިމޭންކަމެއް ވެރިވިއެވެ. ދޮންމުހައްމަދުބެ ނާޝިދާ އާއި ދިމާލަށް ބަލަން އިނދެފަ އަނެއްކާވެސް ސުވާލު ކުރިއެވެ.

“ނާއްކޮއަށް ހަމަ ޔަގީން އޭނަ އެތަވީދު ނުނަގާ ކަން ކުރިން؟”

ނާޝިދާ ބޯޖަހާލިއެވެ. “އެ ތަވީދު ނަގައިފިނަމަ އަނެއްކާވެސް އޭނަ ހަމަ އެގޮތަށް ބަލިވާނެކަމަށް ބުނެފަ އޮތީ.”

ދޮންމުހައްމަދުބެ ވިސްނާލަން އިނެވެ. އަދި އެތާ ތިބި އެންމެންނާ ދިމާއަށް ބަލާލުމަށްފަހު ވާހަކަ ދައްކަންފެށިއެވެ.

“އަހަރެން މިދައްކާ ވާހަކަ ފަހަރެއްގަ ނާއްކޮ ގަބޫލު ނުކޮށްފާނެ. އެކަމު އަހަރެންގެ ވާހަކަ ނިމެންދެން މެދުކަނޑާނުލައި އަޑުއަހާތި އިނގޭ”

ނާޝީދާ ބޯޖަހާލިއެވެ.

“ނާއްކޮއަށް ދިމާވެގެން އުޅޭ ކަންތަކުގެ ވާހަކަ ކިޔައިދިނީމަ އަހަންނަށް ވަގުތުން ވެގެން އުޅޭ ގޮތާއި މެދު ޝައްކެއް އުފެދުނު. މީގެ 4 އަހަރެއް ކުރިން ހަމަ ތިކަހަލަ ކަމެއްގަ އުޅުނު އަންހެން ކުއްޖަކަށް އަހަރެން ކިޔެވިން. އޭނައަށްވެސް ތަކުރާރުކޮށް ބިރުވެރު ހުވަފެންތަކެއް ފެނުނު. ހަމަ ނާއްކޮއަށްވާ ގޮތަށްވީ. އެކަމު އޭނަ އެވާހަކަ އެއްވެސް މީހެއްކައިރީ ނުބުނެ. ބުނި ނަމަ އޭނައަށް އެހާ ބޮޑުވަރުނުވަނީސް ސަލާމަތް ކުރެވުނިސް. ހުވަފެން ފެންނަން ފެށިތާ ތިންވަނައަށްވީރޭ އޭނައަށް ހޭލެވުމުން ނޭންގޭ ބާރަކުން އޭނަ ގެއިން ބޭރަށް ގެންދިއަ. ގެންދިއައީ ވަލުތެރެއަށް ކަމަށް ބެލެވެނީ. އެއީ ހެނދުނު އޭނަ ނުފެނިގެން މީހުން އެއްކޮށްގެން ހޯދިއިރު ފެނުނީ ވަލުތެރޭ ހުރި ހިރުނދުގަހެއް ކައިރި ވެއްޓިފަ އޮއްވާ. އޭނަގެ މުޅިގައިގަ ވަކި އަޅާފަހުރި. ގެއަށް ގެނެސް އޭނަ ހަށިގަނޑު ސާފުކުރުމުން އަހަރެން ބުނިން ގުރުއާން ޖަހާފަ ބަހައްޓާށޭ. އަދި އޭނަ ކައިރިން އެއްވެސް މީހަކު ދުރައް ނުދައްޗޭ. ކިޔެވެއްޔަށް ބޭނުންވާ ތަކެތި ހިފައިގެން އައިސް އަހަރެން ކިޔަވަން ފެށިން. އެހިސާބުން އޭނަ ހޭއެރި. ހޭއެރުމާ އެކީ ހަޅޭއްލަވައި މުޅިމީހާ ތެޅެން ފެށި. އެތާ ތިބި މީހުންނަށް އޭނާ ހިފެހައްޓަންވެސް އުނދަގޫވި. އަހަރެން ކިޔަވަން އިން ފެންތަށިން ފެންފޮދެއް ނަގާ އޭނަ މޫނަށް ޖެހިން. ޖެހުމާއެކު މުޅިމީހާ ގަޔަށް ބާރުގަނޑެއް އަރައިގެން ގޮސް ކުއްލިއަކަށް އެނދުމައްޗަށް ވެއްޓުނު.”

ދޮންމުހައްމަދުބެ ވާހަކަ މެދުކަނޑާލިއެވެ. ހިންދިރުވާލަމުން އަނެއްކާވެސް ކަރަންފުލެއް ކާލިއެވެ. ނާޝިދާ އާއި ޒާހިޔާ އާއި އާދަނުވެސް ތިބީ ނޭވާހިފަހައްޓާލައިގެންނެވެ. މަޑުމަޑުން އަނެއްކާވެސް ދޮންމުހައްމަދުބެ ވާހަކަ ފެއްޓިއެވެ.

“އެކޮއެ ހޭނިތެގެން ވެއްޓުނީމަ އަހަރެން އެކުއްޖާއާއި ކުޑަކޮށް ކައިރިވެލިން. އޭނަގެ ނިއްކުރީގަ ދެ އިނގިލި ޖައްސާލައިގެން އަހަރެން ކިޔަވަން ފެށިން. އެގަޑީ ކުއްލިއަކަށް އަހަންނަށް އޭނަގެ އަތްތިލައިގެ ހުދުފުށުން އެއްޗެށް ފެނުނުހެން ހީވި. މަޑުމަޑުން އޭނަގެ އަތްނަގާ ބަލާލުމުން ސުބްޙާނަﷲ އޭ ކިޔައި ހަޅޭއްލަވައިގަނެވުނު. އެންމެން އެއްފަހަރާ އަހަރެންނާ ދިމާލަށް އައި. ކޮންމެ މީހަކަށްވެސް އެމަންޒަރު ފެނުމުން ޝަހާދަތް ކިޔައިލެވުނު.”

ދޮންމުހައްމަދުބޭ ފުންނޭވާއެއް ދޫކޮށްލިއެވެ. އޭނަގެ ޖީބުގަ އޮތް ރުމާ ނަގައި މޫނުގައި ހުރި ދާތައް ފޮހެލިއެވެ. އަދި ނާޝިދާއާ ދިމާއަށް ބަލައިލިއެވެ.

“ނާއްކޮ، ބޭބެ ދުވަހަކުވެސް ހަނދާން ނުނެތޭނެ ދުވަހެއް އެއީ. 15 އަހަރުވީ އަހަރެން ކިޔެވެލި ކިޔަވާތާ. އެކަމު އެވަރު ކަމެއް ފެނުނު ފުރަތަމަ ފަހަރު އެއީ. އަހަރުމެން ލޯ ކުރިމަތީގެ އެކޮއެގެ އަތްކެނޑެމުން ދިޔައީ. ހީވަނީ މީހަކު ވަޅިއަކުން އަތުގައި އަކުރުތަކެއް ކަނޑާހެން. ލޭތައް ހެސްކިޔާފަ ފައިބާ. އަހަރުމެންނަށް ހަދަންވީގޮތެއް ނޭންގުނު. ހުރިތަނަށް ގަނޑުވެފަ ތިބީ. އަހަރެންވެސް ހުރީ ކިޔަވަންވެސް ނޭންގިފައި. އެގޮތަށް ތިއްބާ ހޭވެރިކަންވީ އެކޮއެ ހަޅޭއްލަވައިގަތް އަޑަށް. އަހަރެންނަށް ވަގުތުން އޭނަގެ އަތުން ދޫކޮށްލެވުނު. އެތާ ހުރި އަންހެނެއްކައިރި އޭކޮއެގެ އަތް ސާފު ކުރާށޭ ބުނެފައި އަނެއްކާވެސް އަހަރެން ކިޔަވަން ފެށިން. ކުޑައިރުކޮޅަކަށް ކިޔަވާލިތަނާ އަނެއްކާވެސް އެކޮއެ މައިތިރިވި. އަހަރެން ކިޔެވުން ހުއްޓައެއްނުލަން. އެހެން ހުއްޓާ އޭނަގެ އަތް ސާފުކުރަން ހަވާލު ކުރި އަންހެން މީހާ އަހަންނަށް ވަރަށް ބާރަށް ގޮވާލި. އަހަރެން ލޮލުގެ އިޝާރާތުން ކިހިނެއްވީހޭ އަހާލުމުން އޭނަ އެކޮއެގެ އަތްތިލަ އަހަންނަށް ދައްކާލި. އޭރުވެސް ކޮންމެސް ވަރަކަށް ލޭ އާދެ. އެކަމު އަހަންނަށް އޭލޭތައް ނުފެންނަކަހަލަ. އަހަރެންގެ ސިކުނޑިން ނަގައިގަތީ އެންމެ ކަމެއް. އެކޮއެ އަތްތިލާގައި ކަނޑާނަގާފަ އިން ނަން.”

ދޮންމުހައްމަދުބޭ ލޯމަރާލިއެވެ.

“ޔޫއާން” (ނުނިމޭ)

 

ލިޔުންތެރިޔާގެ ނޯޓް:

ކުރިއަށް އޮތް ތިން ދުވަހު އަޅުގަނޑު ބިޒީ ކޮށް އުޅެންޖެހޭނެތީ ވާހަކައިގެ ދެންއޮތްބައި އާާދިއްތަ ދުަވަހު ގެނެސްދޭނަން އިންޝާﷲ.އަޅުގަނޑުގެ ވާހަކައަށް ތިބޭފުޅުން ތިދެއްވާ ތަރުހީބަށް ވަރަށް ބޮޑަށް ޝުކުރިއްޔާ. ދެންގެނެސްދޭ ބައިތައް މިއަށްވުރެ ދިގުކޮށް ގެނެސްދެވޭތޯ ބަލާނަން….

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

naina

Level 110 Stories

Other Articles

Previous

އެ މާޒީގެ އިބްރަތް

Next

އިންސާފް (6)

Next
October 24, 2018

އިންސާފް (6)

Previews
October 24, 2018

އެ މާޒީގެ އިބްރަތް

12 Comments!

  1. Reader says:
    October 24, 2018 at 7:49 pm

    Interesting

  2. haapy says:
    October 24, 2018 at 9:13 pm

    woww. v nice. waiting waiting

  3. JINNI says:
    October 24, 2018 at 10:12 pm

    Dhon Mohamedbey numbaru ingeytha dheebala kuda kamaku ?? ??????

    1. someone says:
      October 25, 2018 at 7:24 pm

      Dhon Ahmedbe number ingey……… beynuntha

  4. Ibsha says:
    October 24, 2018 at 10:14 pm

    Varah reethi

  5. unique says:
    October 25, 2018 at 5:48 pm

    god this story is just awesome varah reethi…. keep ur gud work.. appreciate it a lot……..
    naina ur gud…
    hope u’ll complete the story

  6. Baby says:
    October 26, 2018 at 2:26 pm

    V.v.reethi
    Waiting 4 Next part
    ????

  7. JINNI says:
    October 28, 2018 at 8:24 am

    Someone.. Aan beynun dheebala dhon Ahmedbe maa molheetha ?

    1. someone says:
      November 11, 2018 at 3:38 pm

      yageentha Dhon Ahmedbe vvv molhuvaane ??

  8. Khadheeja says:
    October 29, 2018 at 3:54 pm

    Varah reethi

  9. JINNI says:
    October 29, 2018 at 11:53 pm

    Mi vaahaka dhen konirakun thoa next part genes dheveyvaru vaani ma lasvaathi mi ahaali ??

  10. abaan says:
    November 14, 2018 at 1:47 pm

    dhn ahanmmadhube numbaraky 922kaley
    dey geah dheyh

Comments are closed.

Next Episodeދެގަޑި ތިރީސް 04←


All Right Reserved!