މި ވާހަކައިގައި އުޅޭ މީހުުންގެ ކުރު ޙުލާސާއެއް **************************** ސީން: މަޑު މުށި ކުލައިގެ ކަޅިރަވައެއް ލިބިފައިވާ ދޮން،ރީތި ލޫޅާފަތި އަންހެން ކުއްޖެކެވެ. ޒައިކް؛ އަޅިކުލައިގެ އިސްތަށިގަނޑަކާއެކު ނޫ ކަޅިރަވައެއް ލިބިފައިވެއެވެ. މަލްދާ:ސީންގެ ދައްތައެއް. ހަފްސާ: ސީންގެ ބޮޑު ދައިތަ. ******************************** ފުރާވަރުގައި ސީންއަށް ދިމާވި ބިރުވެރި ހިތްދަތި ހާދިސާ މި ވާހަކައިން ގެނެސްދެވޭނެއެވެ.
ނާޝީދާ ލޯ ހުޅުވާލިއެވެ. އަދި ކައިރީގައި އިން ސޯނާ ގަޑިއަށް ބަލާލިއެވެ. ގަޑިން މެންދަމު 02:30 ވީއެވެ. އޭނާއަށް ކުއްލިއަކަށް ހޭލެވުނީ ކީއްވެކަން ނޭންގިފައި ވިސްނަން އޮވެވުނެވެ. އެނދުން ތެދުވެ ވަށާ ނަޒަރު ހިންގާލިއެވެ. ކޮޓަރި ތެރެއިން އާދަޔާ ޚިލާފް ކަމެއް ފެންނާކަށް ނެތެވެ. ޖެހިގެން އޮތް އެނދަށް ބަލާލިއިރު މަންމަ ވެސް އޮތީ ގަދައަށް ނިދާފައެވެ. ނާޝިދާ ފުންނޭވާއެއް ދޫކޮށްލާފަ ކުޑަކޮށް ވިސްނާލިއެވެ. އޭނާއަށް ހޭލެވުނީ މީހަކު ގޮވާލިހެން ހީވެގެންނެވެ. ނާޝިދާއަކީ ވަރަށް ނިދިގަދަ މީހެކެވެ. […]
އެއީ ވަރަށް އުޑުމަތި ސާފު ރީތި ރެއެކެވެ. އަހަންނަކީ އޮފީހުގައި އާދައިގެ މަޤާމަކަށް އަލަށް ވަތް މުވައްޒަފެއްކަމުން، އޮފީސް ތަޅުމުގެ ޒިންމާ އޮންނަނީ އަހަރެންގެ ބޮލަށް ޖަހާފައެވެ. ކޮންމެ ރެއަކު 11 ޖަހާއިރަށް އޮފީސް ތަޅުލަން ޖެހޭނެކަމަށް އަންގާފައި އޮވެއެވެ. އަހަންނަށް މިކަން ވެފައި އޮތީ ބޮޑު ކަމަކަށެވެ. ތަޅުލާން ޖެހެނީ ހަމައެކަނި މައިދޮރެވެ. ދެން ޖެހެނީ ހުރިހާ އޭސީތަކާއި ބޮކިތައް ނިއްވާށެވެ. ފާހަނާތަކުގެ ކުޑަދޮރުތައް ލައްޕާށެވެ. “އަޅެ ދެން ދޮންތާ.. ތިތާ ބޮޑު މީހާ ގާތުގައި […]
ހިނގަމުންދިޔަ ޒީކް ސިހުނީ ފަހަތުން މީހެއްގެ ހިލަމެއް ވިހެން ހީވުމުންނެވެ. ބިރުގަނެފައި ހުރިވަރުން ފަސް އެނބުރި ބަލާލަންވެސް ނުކެރުނެވެ. މިރޭ ކަންތައް ވެފައި އޮތްގޮތުން ތަފާތު ވަސްވާސްތަކުން ހިތް ފުރެމުން ދިޔައެވެ. ޒީކްއަށް އޭނާގެ ފިޔަވަޅުތައް އަވަސްކޮށްލެވުނެވެ. އެވަގުތު ފުރަގަހުން އައި ބާރު ވައިރޯޅި އިސްތަށިގަނޑުގައި ބީހިލިއެވެ. ޒީކްގެ ފިޔަވަޅުތައް ހުއްޓުނެވެ. ބޮލުގެ އިސްތަށިގަނޑު ރަނގަޅުކޮށްލަމުން ފަސްއެނބުރި ބަލާލި ވަގުތު ދެލޯ ބޮޑުވެގެން ދިޔައެވެ. ******** “ސްޓޮޕް އިޓް މޯމް….. ސްޓޮޕް…..” ދެކަންފަތްމަތީގައި އަތް އަޅައިގެން އޮވެ […]
ރަށުގެ ހިތްގައިމު ތުނޑިމަތީ ލީޝާ އިނީ ފެންނަމުންދާ ޤުދުރަތީ މަންޒަރުތަކަށް ގެއްލިފައެވެ. އިރުއޮއްސެމުންދާ ވަގުތު އެފެންނަ އަޖައިބެއް ފަދަ ކުލަތަކަކީ ބަލާ ފޫހިނުވާ ކުލަތަކެކެވެ. ލީޝާ އިންތަނުން ތެދުވީ އިރު ދުނިޔެމަތިން ގެއްލުމުންނެވެ. މުޅި ހިސާބުގައި ވަނީ ހަމަހިމޭންކަމެވެ. ދުނިޔެމައްޗަށް ފެތުރިފައިވާ ރަންދަޅަތަކުގެ ކުލަ ފަނޑުވެ ކަޅު އަދިރި ކަމަށް ބަދަލު ވަމުން ދަނީއެވެ. ލީޝާ ހިނގަމުން ދިޔައީ އަތިރިމައްޗަށް ނުކުމެވޭ ގޮތައް ކޮށާފައިވާ ހަނި މަގަކުންނެވެ. މަގުގެ ދެފަރާތުގައި ވަނީ ބިޔަ ގަސްތަކެވެ. ލީޝާ ފަސްއެބުރި […]
ޒީކްގެ ގައިގައި ހުރި ހުރިހާ ލޯލިތަކެއް ކޮޅަށްޖެހިގެން ދިޔައެވެ. ހިތުގެ ހިނގުންވެސް ކުޑަވަގުތުކޮޅަކަށް ހުއްޓުނުހެން ހީވިއެވެ. ކުރިމަތީގައި ހުރި ޒުވާނާ އާއި ދިމާއަށް ކަޅިޖަހާވެސް ނުލައި ބަލަހައްޓައިގެން ހުރެވުނެވެ. ކަޅުކުލައިގެ އަތްދިގު ގަމީހަކާއި ޖީންސެއްގައި ހުރިއިރު ހިތްގައިމުކަމުން އެހެން ދިމާއަކަށް ނަޒަރު ބަދަލުކޮށްލަންވެސް ހަނދާންނެތުނެވެ. އޭނަގެ ހަޔާތުގައިވެސް ދެކެފައިނުވާފަދަ ފުރިހަމަ ރީތި ސޫރައެކެވެ. އިސްކޮޅުން ދިގުކަމާއިއެކު ހަމުގެ ކުލަ އައްޔެވެ. ޒީކްއަށް އެންމެ ކަމުދިޔައީ އެޒުވާނާގެ ބޮލުގެ އިސްތަށިގަނޑުގެ ސްޓައިލެވެ. ރީތިގޮތަކަށް ސްޓައިލްކޮށްލެވިފައިވާއިރު އެޒުވާނާގެ ބަލާލުމުގައި ހިތްދަމައިގަންނަ […]
ޒީކްގެ ހަރަކާތްތަކަށް ނަޒަރު ހުއްޓާލައިގެން ހުރި ޒުވާނާގެ މޫނުމަތީގައި ވަނީ ނުތަނަވަސްކަމެވެ. ހުޅުވާލެވިފައިވާ ކުޑަދޮރުގެ ކައިރީގައި އެމީހަކު ހުރީ ޒީކްގެ ކޮންމެ ހަރަކާތަކަށް ފާރަވެރިވެގެންނެވެ. ޒީކް އާއި ނަޒަރު ވަކިކޮށްލުމަށްފަހު އެޒުވާނާ އުޑާއި ދިމާއަށް ބަލާލިއެވެ. އެވަގުތު ވިދާލި ވިދުވަރެއް ފަދައިން މަތިން އައި އަލިފާން ކަނި އެޒުވާނާގެ ކުރިމައްޗަށް ވެއްޓުނެވެ. ******** ޖެހިލި ބާރު ވައިރޯޅި އައިސް ބީހިލީ ޒީކްގެ ހަށިގަނޑުގައެވެ. އެވަގުތު ހީކަރުވައިގަނެގެން މުޅި މީހާ ރޫރޫ އަޅައިގަތެވެ. ޒީކްއަށް އޭނާގެ ހަށިގަނޑުގައި ދެއަތް […]
ގަޑިން ރޭގަނޑު 10 ޖަހަނީއެވެ. ނިޝާ ބާއްވާފައި އޮތް ކޮޓަރީގައި ހުރިސިންގަލް ބެޑެއްގައި އޮތް ނަވާޒަށް ވެސް އޮތީ ނިދިފައެވެ. ހެނދުނާއި އަޅާބަލާއިރު ނިޝާގެ ހުން މިހާރު ކުޑަތަންކޮޅެއް މަޑުވެފައި ހުރި ނަމަވެސް އަދިވެސް އެ ހުމުގެ ސަބަބުން ނިޝާއަށް ތެދުވެ އުޅެވޭވަރެއް ނުވެއެވެ. އިރުއޮއްސެމުންދިޔަ ވަގުތުކަމުން ކޮޓަރީގެ ތެރެއަށް ވަނީ މަޑުއޮރެންޖް ކުލައެއް ފެތުރިފައެވެ. ލައިޓް ނުޖައްސަން ހުރުމުން ކޮޓަރިތެރެވަނީ އަނދިރިވާން ފަށާފައެވެ. ޖިންނި ޝައިތާނުން ބިމަށް ފައިބާ މި ގަޑީގައި ކޮޓަރީގެ ކުޑަދޮރުގެ ފޮތިގަނޑުވެސް […]
ވިދާލި ވިދުވަރާއިއެކު ހިނގަމުންދިޔަ ޒީކްގެ ފިޔަވަޅުތައް ހުއްޓުނެވެ. ދެލޯ ބޮޑުވެގެންދިޔައީ ކަންފަތް ފަޅައިގެން ދާހާ ބާރަށް ޖަހާލި ގުގުރީގެ އަޑު އިވުމުންނެވެ. މަގުމަތީގައި ދުއްވާ އެއްޗެއް ފެންނަން ނެތްއިރު މީހަކުވެސް ފެންނާކަށް ނެތެވެ. ގުޑިލަންވެސް ނޭނގިފައި ހުއްޓާ މުޅި ސަރަހައްދުން އެކީ ކަރަންޓް ދިޔައެވެ. މާދުރުން ފަނޑު އަލިކަމެއް ފެންނަމުން ދިޔަ ނަމަވެސް ކުރިޔަށް އެންމެ ފިޔަވަޅެއްވެސް އަޅާލަން ނޭނގިފައި ޒީކްއަށް ހުރެވުނީއެވެ. ކުއްލިއަކަށް އިވިގެން ދިޔައީ އަންހެނެއްގެ ވޭނީ ހަޅޭކުގެ އަޑެވެ. ބިރުން މުޅި މީހާ […]