Skip to content
އެސްފިޔަ

އީސްޓު ވިލާ – 2

އަލީ އާ ޒަހީންގެ ސުވާލު ތަކައް ދޭނެ ޖަވާބެއް ނޭންގިފަ މުހީނައް އިނދެވުނީއެވެ. ޖަވާބު ދޭންފެށީ އެވަގުތު ބޭރަށް ނިކުން ޒަރީނާއެވެ. “ޖަބީން އާ މުހީން އަކީ އެއްމާބަނޑު ދެކުދިން! ޖަބީން އަކީ ދެކުދިން ތެރެއިން އަހަރެންގެ ބޮޑުދަރި!”.
ޒަރީނާ އަޑުގައި ތުރުތުރު އެޅުމެެއް ހުއްޓަސް، ޒަރީނާ ހިއްވަރު ކޮއްފަައި ކިޔާދޭން ފެށިއެވެ.
މީގެ އެއް އަހަރު ކުރިން ޖަބީން އަކީ ވެސް އެހެން ކުދިން ފަދައިން އުފާވެރި ހުވަފެން ތަކެއް ދެކެމުންއައި ކުއްޖެއް، ހަމީދު އާއި ޖަބީން ލޯބީގެ ގޮތުން ގުޅި، މާގިނަ ދުވަހެއް ނުވެ ކައިވެނީގެ ގޮތުން ގުޅެން ނިންމިއެވެ. އެ ނިންމުންވީ ދެ އާއިލާއަށް ވެސް އުފާވެރިކަން ގެނުވި ނިންމުމަކަށެވެ.
ކައިވެނި ކުރަން ނިންމީ ޖަބީންގެ އެކާވީސް ވަނަ އުފަން ދުވަހުއެވެ.
އެންމެންވެސް އަވަދިނެތި އުޅުނީ ކައިވެނީގެ ހަފްލާއަށް ތައްޔާރުވުމުގައެވެ. ކައިވެނި ކުރުމަށް ތައްޔާރުވެގެން އިން ޖަބީންގެ ރީތިކަން އިންތިހާއަށް ފުރިހަމަައެވެ. ކައިވެނި ކުރުމަށް ހަމަޖެހިފައިވަނީ ރޭގަނޑު އަށްގަޑި ބައިގައެވެ. ވަގުތު ކުޑަތަންވަމުން ދިޔައެވެ. ޖަބީންގެ ހިތް އަވަސް ވަމުން ދިޔައެވެ.
ނުވައެއް ޖެހި އިރުވެސް މީހަކު ބަލާ ނައުމުން، ޖަބީން ގޭތެރެއަށް ނިކުތެވެ. އެންމެންވެސް ތިބީ ހާސް ކަމެއްގެ ތެރޭގައެވެ. ޖަބީނަށް އެކަން ފާހަގަ ވާކަށް މާގިނަ އިރެއް ނުނެގިއެވެ. ޖަބީން އަހަރެން ކައިރިއަށް އައިސް ސުވާލު ކުރަން ފެށިެއެވެ. “މަންމާ! ކީއްވެފަ ތީއިނީ މާ ހާސް ވެފަ؟ ކަމެއް ގޯސް ވީތަ؟ ކޮބާ ހާމިދު؟ މިހާރު ހާމިދު އަންނަން އޮތް ގަޑިވެސް ޖެހިއްހެ އެއްނު؟” ޖަބީން ހިތުގަ ހުރި ސުވާލުތަށް އެއްފަހަރާ ކޮއްލިއެވެ.
“ދަރިފުޅާ! ހާމިދު މިއަދު އަސުރު ނަމާދަށް ދިޔަމީހަ އަދިވެސް ނާދެ. ރަށުގެ ވަރަށްގިނަ ތަންތަން ބެލިއްޖެ، އަދިވެސް ހާމިދު ނުފެނެ!” އަހަންނަށް ބުނެވުނީ އެހިސާބައްށެވެ. ދެން އިވުނީ އަހަރެންގެ ކޮައްކޮ ހައްވަ މޮޔައެތް ފަދައިން ހަޅޭލަވަމުންއައި އަޑެވެ.
“ދައްތާ!! ހާމި!! ހާމިދު ދަން ޖެހިފަ ހުއްޓަ ފެނިއްޖެ!! އީސްޓުވިލާގޭ ދިއްގާ ގަހުގަ ދަންޖެހިފަ ހުއްޓަ ފެނިއްޖެ!! ހައްވައަށް ބުނެވުނީ އެހިސާބައްށެވެ. ހައްވަގެ ފަހަތުގަ ހުރި މުހީން އައިސް ޖަބީންގައިގަ ބައްދާ ގަނެފަ ރޯންފެށިއެވެ. ޖަބީންއަށް ވެގެން އެޅޭގޮތް ނަގާ ގަންނަން އިރު ކޮޅެތްތވިއެވެ.ހާމިދޭކިޔާފަ ރޮއި ގަނެވުނީ ދެނެވެ.

ޖަބީންދުއްވާ ގަތީ އީސްޓުވިލާއާ ދިމާލަށެވެ. އަހަރެމެންވެސް ޖަބީން ފަހަތުން ދުވެފަ ދިޔައީ އޭނަ ހުއްޓުވެތޯއެވެ. އީސްޓުވިލާއަކީ އުތުރު އަވަށުގަ ހުންނަ ފަޅުގެއެކެވެ. އެހެންކަމުން އެހިސާބުގަ އެއްވެސް އަލިކަމެއް ނުހުރެއެވެ. ނަމަވެސް އެހިސާބުގައި މީހުންތަށް އެއްވެފައި ތިބިމުން އެތަނަށް ފަސޭހަ ކަމާއެކު ދެވުނެވެ.

“ހާމިދޫ!!” ޖަބީންއަށް ހަޅޭލަވާގަނެވުނެވެ ކުރިމަތީގައި ހުރި ބޮޑު ނިކަގަހުގައި ދަން ޖެހިފައި އެހުރީ ޖަބީން މިދުނިޔެއިން އެންމެ ލޯބިވި ހީމިދުގެ ފުރާނަނެތް ހށިގަނޑެވެ. ޖަބީން ގިސްލަ ގިސްލާފަ ރޯންފެށިއެވެ. އެމަންޒަރަކީ ފެނުން ކޮންމެ މީހަކު ބިރުން ފިތްކަނޑައިގެން ދިޔަ މަންޒަރެކެވެ. އެރެއަކީ އެތާތިބި އެންމެންގެ ހިތްތައް އަސަރުން ރޮއްވާލި ރެއެކެވެ. އެމަންޒަރު ފެނިފަ އެއީކީ އިންސާނަކު ކޮއްފަ ހުރި ކަމެއް ނޫންކަން އެންމެނަށްވެސް ޔަގީންވިއެވެ.
އެމީހަކަށް ކިޔުނު ހެޔޮ އެއްޗެއް ކިޔަންފެށިއެވެ. އެންމެންވެސް މަސައްކަތް ކުރީ ވީހާވެސް އެވަހަކަށް ހާމިދުގެ ހަށިގަނޑު ގަހުން ނަގައިގެން ގެންދާށެވެ. ނަމަވެސް ހާމިދުގެ ހަށިގަނޑު ހުރީ ގަހުގެ ވަރަށް އުސް ގޮތްޕެއްގަ ކަމުން އެކަން ކުރެވުނީ ވަރަށް ގިނައިރުންނެވެ. އެންމެންވެސް އަވަސްވެގަތީ ހާމިދު ކަފުންކޮށް ވަޅުލާށެވެ. ހާމިދުގެ ޖަނާޒާގައި ބައިވެރިވުމަށް ރަށުގެ އެންމެންހެން އައިސް ތިއްބެވެ. ހާމިދުގެ ފުރާނަނެތް ހަށިގަނޑައް ބަލަހައްޓައިގެން އެތައް އިރެއް ވަންދެން ރޯން ޖަބީން އިނެވެ. އިރުކޮޅެތް ފަހުން ތެދުވެގެން ދިޔައީ ބަދިގެޔާ ދިމާލައްށެވެ. ައަހަރެން ހީކުރީ ޖަބީން ފެންފޮދެއް ބޯން ދިޔައީ ކަމައްށެވެ. ނަމަވެސް ދެން ފެނުނީ އަހަރެން ހުވަފެނުން ވެސް ދެކެން ބޭނުން ނުވާވަރުގެ މަންޒަރެކެވެ.
ބަދިގެ ތެރެއިން ދުއްވާފަ ޖަބީން އައީ ބޮޑު ކަތިވެޅިއެއް ހިފައިގެންނެވެ. ދެންފެނުނީ މޮޔަވެފައިވާ ޖަނަވާރެއް ފަދައިން ހާމިދުގެ ހަށިގަނޑު މައްޗަށް ފުންމަިގެންއަރާ އެތަން މިތަން ކަތިވަޅިން ޒަހަމް ކުރަން ފެށިތަނެވެ. އެެއްބަޔަކު އަޑުން އަޑުނަގާ ހަޅޭލަވަމުން އެތަނުން ދުއްވާފަ ނިކުތެވެ. އަނެތްބަޔަކު މަސައްކަތް ކުރީ ޖަބީން ހުއްޓުވޭތޯއެވެ. ނަމަވެސް އެ އެންމެނަށް ވުރެއްވެސް ޖަބީން ވަރުގަދައެވެ . އެ އެންމެންވެސް ހޫރިގެން ޖެހުނީ ބިތަށެވެ. އެވަގުތު ޖަބީން އެހަރެންމެންނާ ދިމާލައް އެނބުރުނެވެ. އަދި ނުލަފާ ފާޑަކަށް ހޭންފެށިއެވެ. ކަތިވެޅި އަހަރެމެންނާ ދިމާލަށް ދިއްކޮއްލީ އިންޒާރެއްދޭ ފަދައިންނެވެ. އެވަގުތު ކަތިވަޅިން ލޭތިކި ތަޅައެވެ. ކައިވެނި ކުރަންލީ ރީތި ހުދު ހެދުންވަނީ ލެއިން ތަތްތެޅިފަަައެވެ. ޖަބީން ބިރުވެރި ބަރު އަޑަކުން ވީހަކަ ދައްކަން ފެށިއެވެ.
“ޖަބީންއަކީ އަހަރެންގެ މިލްކެއް!! ކަލޭބަނޑުގަ އޮއްވަ އޭނަވަނީ މަށައް ހަދިޔާ ކޮއްފަ!! އޭނަޔާ އިންނަން އަންނަ ކޮންމެ މީހެއް ނިމޭނީ މިހެން!” ހާމިދުގެ ހަށިގަނޑަށް އިޟާރާތްކޮއްލަމުން ބުންޔެވެ. އެހެން ބުނުމާއެކު ޖަބީން ހޭހުސްވެގެން ވެއްޓުނެވެ. އެދުވަހުގެ ފަހުން އެތައް ބަޔަކަށް ޖަބީން ދެއްކީމެވެ. ކޮންމެ މީހަކުވެސް ދެނީ އެއްޖަވާބެކެވެ. ޖަބީންއަށް އަޅައިގަނެން އުޅެނީ އާދައިގެ ޖިންނިއެެއް ނޫނެވެ. ޖިންނީންގެ ތެރެއިންވެސް ނުބައި ނުލަފާ ބާރުގަދަ ޖިންނި އެކެވެ. އިފްރީތް ޖިންނިއެވެ. ކޮންމެ މީހަކުވެސް ވަކި ހިސާބަކުން ދެން ނުވާނޭ ކިޔާފައި ދަނީއެވެ. އަމިއްލަ ފުރާނަ ގެއްލުމުގެ ބިރައްށެވެ.
އެރޭގެ ފަހުން ކޮންމެ ރެއަކުވެސް މަގޭ ދަރި އެޅެނީ އެހާލެއްގައެވެ. ޒަރީނާއަށް ގިސްލަ ގިސްލާފަ ރޮވެންފެށުނެވެ.

މުހީން ތެދުވެ ޒަރީނާ ގައިގަ ބައްދާލިއެވެ. “މަންމާ ދެން ހުއްޓާލާ!! ދޮންތަ އަދި ރަނގަޅުވާނެ!!” ޒަރީނާ ގައިގަ ފިރުމާލަމުން މުހީން ބުންޔެވެ. އަލީ އާ ޒަހީން އެކަކު އަނެކަކުގެ މޫނަށް ބަލާލިއެވެ. އަލީ ބޯޖަހާލުމުން، ޒަހީން ވާހަކަ ދައްކަން ފެށިއެވެ.
“ޒަރީނައްތާ!! އަހަންނަކީ ރާއްޖޭގެ ނަން މަޟްހޫރު ފަންޑިތަ ވެރިޔާ ސުވައިބުގެ ދަރިވަރެއް، އަހަރެން އޭނަ ކައިރިން ފަންޑިތަވެރިކަން ދަސް ކުރާތާ ދެއަހަރު ވެދާނެ، ސުވައިބު ކައިރިން އިފްރީތު ޖިންނީގެ އެތައްވާހަކަ އަހަންނަށް ވަނީ އަޑުއިވިފަ، އަހަރެން ބޭނުން ތިކަމުގަ ޒަރީނަށްތައަށް އެހީވާން!”
ޒަރީނާއަށް އުންމީދުގެ ހުޅުކޮޅެއް ފެންނަން ފެށިއެވެ. ޒަހީންއަށް ފަށްފަށުން ސުކުރުއަދާ ކުރިއެވެ. އަދި ޒަރީނާމެންގެއަށް ބަދަލު ވުމަށް އެދުނެވެ. އަލީ އާ ޒަހީންވެސް ނިންމީ އެގެއަށް ބަދަލުވާށެވެ. އަލީ ވާހަކަ ދައްކަން ފެށިއެވެ. “އަހަރެމެން މިރަށަށްއައީ ޑޮކިޔުމެޓަރީ ފިލްމެއް ހަދަން، ދައްތަ ހުއްދަ ދީފިއްޔާ އަހަރެން ބޭނުން ފަންޑިތަ ހަދާ އިރު އެމަންޒަރުތަށް މޫވީ ކުރަން އަދި ތިވާހަކަައިގެ މައްޗަށް ފިލްމު ހަދަން، އެއްވެސް މީހެއްގެ އަސްލު ނަމެއް ހާމައެއް ނުކުރާނަން، އަދި މޫނެއްވެސް ނުދައްކާނަން !”
ޒަރީނާ އިރުކޮޅަކު ވިސްނާލަން ހުރުމަށްފަހު އާ އެކޭ ބުނުމުގެ ގޮތުން ބޯޖަހާލިއެވެ. އަލީ އާ ޒަހީންވެސް ވަރަށް އުފާވިއެވެ. ޖެހިގެން އައި ދުވަހު ދެމީހުން ޒަރީނާމެން ގެއަށް ބަދަލިވިއެވެ.

ނުނިމޭ

ނޯޓް: ބުނެވޭ ގޮތުގައި ޖިންނީންނަކީ ދުން ނާރާ އަލިފާނުން މާތް ﷲ ހައްދަވާފައިވާ މަހުލޫގުން ތަކެކެވެ. ޖިންނީންގެ ތެރޭގައިވެސް ރަނގަޅު ޖިންނީންނާއި ނުބައި ޖިންނީން އުޅުއެވެ. ނަމަވެސް އިފްރީތު ޖިންނިގެ ވާހަކަ އައިއްސަ އޮންނަނީ ނުބައި ނުލަފާ، ރަހުމްކުޑަ ޖިންނިއެއްގެ ގޮތުގައެވެ. ކުރީ ޒަމާނުގެ އަރަބި ފޮތް ތަކުގައި އިފުރީތު ސިފަ ކޮއްފައި ވަނީ އަނގައިންނާއި، ލޮލުންނާ މުޅިހަށިގަނޑުން އަލިފާން އަރަ އަރަ ހުންނަ މަހުލޫގެއް ގޮތުގައެވެ. ކީރިތި ގުރުޢާންގެ އާޔަތެއްގައިވެސް އިފްރީތު ޖިންނީގެ ވާހަކަ އައިސްފައި ވެއެވެ.
ބުނެވޭ ގޮތުގައި ސުލޭމާން އ.ސ ގެ ނަބީކަމުގެ ދުވަސްވަރު، އެކަލޭގެފާނު ހުރިހާ ބާރުގަދަ ޖިންނީންތަށް އެއްކޮށް ބައްދަލުވުމެއް ބޭއްވިއެވެ. އަދި ތީގެ ތެރެއިން ޟެބާ ރާނީގެ ތާޖު ގެނެސް ދެވޭނީ ކާކަށްތޯ ސުވާލު ކުރިއެވެ. އެވަގުތު އެތަނުން އިފްރީތެއް ތެދުވެ، ކަލޭގެފާނު ތަހުތުން ތެދުވުމުގެ ކުރިން ތާޖު ގެނަސް ކަލޭގެފާނު އަތަށް ތާޖު ދޭނެ ކަމަށް ބުންޔެވެ. އިފްރީތު ކަންކުރީވެސް އެހެންނެވެ. އެދޭތެރޭގެ ދުރުމިނުގައި އަށް ހާހާއި ނުވަހާސް ކިލޯމީޓަރު ހުންނާނެ ކަމަށް ލަފާކުރެވެއެވެ.
އިފްރީތުންނަކީ އެމީހުންގެ ނަސްލު ބޮޑު ކުރުމަށް، އިންސީންނާއި ޖިންނީންނަށް ބާރުގެ ބޭނުން ކުރާ ބޭނުން ކޮއްގެން ގުޅުން ހިންގާ ދަރިން ހޯދާބައެކެވެ. އިފްރީތުންނަކީ އެމީހުންގެ އަންހެން ދަރީންދެކެ ހާއްސަ ލޯތްބެއްވާ ބައެކެވެ.

ކަވަރ ފޮޓޯއަށް ލާފައި އެވަނީ އިފްރީތު ހުންނާނެ ގޮތުގެ ހިޔާލީ ފޮޓޮއެެތް.

އަޅުގަނޑަކީއަދި އަލަށް ވާހަކަ ލިޔާ މީހެއް ކަމުން ބައެއް ކުށް ހުންނާނެ!!

ވާހަކަ ކިޔާލީތީ ޟުކިރިއްޔާ!!
ވާހަކަ ކަމުދާނަމަ ލަައިކު ކޮށް ކޮމެންޓު ކުރައްވާ، އަދި ރައްޓެހިންނާ ޟެއާ ކުރައްވާ!! ❤️

Comments (19)

  1. Hithun

    vaahaka mi nimunytho ??

    1. Azza
      Hithun

      Nunimey.

  2. Fai

    Sulaimaanugefaanuge zamaanugaa hingaafaivaa thi ifreethuge waahaka thi genesdhiny nubaikoh. Enme muhinmu point badhaluvefai evany. Shabaage raaneege thaajeh noon genesdheyn ekaleygefaanu edhuny.. Thahuthu genesdheyn edhuni. Adhi thibunaahen e ifreethu ehaa kuda vaguthukolhehgai e genesdheyne kamah buni namaves, ekan kury ifreetheh noon. E genesdhiny ekaleygefaanu arihugai hunnevi insaaneh. Aee haassa ilmeh libifaivaa beykaleh. Allahge kibain ekan eynaa edhumun ekan ehen vee.. Veemaa mikahala vaahaka aanmunnaa hamYah genna iru rangalhah mauloomaathu saafu kurun v muhinmu. Thimaa ah ivifaivany nubaikoh kamah vedhaane. Hama ekan rangalhu kolladheyn vegen bunely. No hard feelings.

  3. Fai

    Sulaimaanugefaanuge zamaanugai kan higaa dhiya goi thi kiyaidhiny mulhin nubaikoh. Dheenee e kahala vaahaka kiyaadheyiru rangalhah mauloomaathu saafukurun muhinmu.

  4. Fai

    Ekaleyge faanu edhuny shabaage raanyge thahuthu genes dhinumah. Thaajeh noon. Adhi e ifreethu ehaa avahah e genes dheyne kamah buni namaves e genes dhiny ifreetheh noon. Ekaleygefaanuge arihugai hunnevi insaaneh. E beyfulhaa ah Allah dhehvaafaivaa haassa Ilmehge beynun kohgen Allahge madhadhaaeku ehaa avahah genesdhin.

  5. Sh

    Ekaleygefaanu edhuny ekamanaage thahuthu genesdhinumah. Thaajeh noon.

  6. Anonymous

    Effaharu inee dhiggaa gas aneh fahaharu ineee nika ga

  7. Fai

    Quran ge 27 vana surah kiyaalahvaa.. 40 vana Aayathun engeyne e thahuthu gennevy ifreethu noonkan. (Thaajehves noon. Thahuthu gennavan engevy.adi e genaeeves ifreetheh noon)

  8. Azza

    Gabool kuran liyumuga kuh hurikan varah avas avahah liyefa upload kollaafa in than kolheh mee.
    Reference
    Chapter 27 verses 38 – 40 translation
    Said an ifrit of jinns: ” I will bring it to thee before thou rise from thy council: indeed I’ve full strength for the purpose and may be trusted.” 39.

    And yes they talked about throne, not crown. Sorry for that.

  9. Azza

    Next chapters mi aayi vure kuhmadhu kohfa interesting koh liyaane vahaka bunelan.
    In Sha Allah next part sunday ga upload kollaanan.
    Thank you all for your support.
    XoXo ?

  10. Fai

    Read next Verse. 40 vana ayah. “Baavailevvi fothun Ilm libifaivaa meehun” e thahuthu ekaleygefaanuge arihah gennevi vaahaka eothy..

  11. Fai

    Dhen in verse vaahaka alhugandu buny. 40 vana verse. Fothun ilm libifaivaa beyfulhun e thahuthu e kaleygefaanuge arihah gennevi vaahaka eothy..

  12. Fai

    And he who had some knowledge of the Book said: “I will bring it before the twinkling of your eye.”.. Verse 40 ge bayeh.

  13. Fai

    ?? omg.. My phonun comment nudhaakamah araathy repeat koh fonuvy .. Ethah faharu mathin. And just now adhi mi fenuny e hurihaa commenteh post vefa hurithan. Kurin hama enme commenteh gos in kamah fennany.. ?
    Oops.. Sorry for that. Maybe network prob.

  14. Azza

    Hey fai, I agree that I might have written some mistakes, I’m trying to edit it. Thank you for the information. ❤️

  15. Laala

    Azza kobaatha today is Sunday. I am waiting impatiently for today’s episode. And kiyuntheinge negative comments kuri ah dhaan libey hiy vareh kamah hadhaa. I hope ehn kiyuntherin gothah vaahaka medhu therein nuhuttaane kamah and All the best. ☺?

  16. Rasha

    Nice story nd when nxt part

  17. Naape

    Kobaa story nimmaalee tha…??

  18. Blu

    Kobaa up kuran buni vaahaka??????

Comments are closed.