އަލީ އާ ޒަހީންގެ ސުވާލު ތަކައް ދޭނެ ޖަވާބެއް ނޭންގިފަ މުހީނައް އިނދެވުނީއެވެ. ޖަވާބު ދޭންފެށީ އެވަގުތު ބޭރަށް ނިކުން ޒަރީނާއެވެ. “ޖަބީން އާ މުހީން އަކީ އެއްމާބަނޑު ދެކުދިން! ޖަބީން އަކީ ދެކުދިން ތެރެއިން އަހަރެންގެ ބޮޑުދަރި!”. ޒަރީނާ އަޑުގައި ތުރުތުރު އެޅުމެެއް ހުއްޓަސް، ޒަރީނާ ހިއްވަރު ކޮއްފަައި ކިޔާދޭން ފެށިއެވެ. މީގެ އެއް އަހަރު ކުރިން ޖަބީން އަކީ ވެސް އެހެން ކުދިން ފަދައިން އުފާވެރި ހުވަފެން ތަކެއް ދެކެމުންއައި ކުއްޖެއް، ހަމީދު އާއި […]
އަލީ އުޅެ ބޮޑުވީ މާލެގައެވެ. އަމިއްލަ ރަށާ ބެހާގޮތުން އަޑު އިވިފަ އޮތް ނަމަވެސް ރަަށަށް ދާނެ ފުރުސަތެއް އަލީ އަކަށް ނުލިބެއެވެ. ބައެއް ފަހަރު މަތިން ބައްޕަ ގާތު ރަށައް ގެންގޮސް ދިނުމަށް އެދުމުން ކޮންމެވެސް ބަހާނާއެއް ދެއްކުމައް ފަހު އެކަން އޮއްބާލައެވެ. ައަލީ އަކީ ވީޓީވީ ޗެނަލް ގައި ޑޮކިއުމެންޓަރީ ފިލްމު ހަދާ މީހެއް ކަމުން، އޭނަ ބޭނުންވީ އޭނަގެ އަމިއްލަ ރަށައް ގޮސް ފިލްމެއް ހަދާށެވެ. ބައްޕަ ގާތުގަ އަހަައިފި ނަމަ ލިބޭނެ […]