Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހަޤީޤީބިރުވެރި

ދެގަޑި ތިރީސް – 02

naina Level 110 Stories
October 23, 2018 3 Mins Read
4 Comments

ނާޝީދާ އެނދުގައި އޮށޯވެލައި ދެންމެ ފެނުނު ހުވަފެނާއި މެދު ވިސްނާލިއެވެ. އެހުވަފެނަކީ އާ ހުވަފެނެއް ނޫނެވެ. އެހުވަފެން ފެންނަތާ މީ ދެވަނަ ރެއެވެ. ފެންނަނީ ހަމައެކައްޗެކެވެ. ފުރަތަމަ ރޭވެސް ހުވަފެނުން ހޭލެވުނީ 02:30 ގައެވެ. ހަމަ ގިފިއްޔަށް ދާން ބޭނުންވެފައެވެ. މިރޭވެސް ހަމަ އެހެންނެވެ. މިވަނީ ކީއްބާއެވެ؟ ފުރަތަމަ ރޭ އެހުވަފެން ފެނުމުން ނާޝިދާ ބިރެއް ނުގަނެއެވެ. އޭނާ އަކީ އެހާ އަވަހަށް އެހާ ފަސޭހައިން ބިރުގަންނަ މީހެއްނޫނެވެ. އެހުވަފެނަކީ ބިލާހެއްކަމަށް ބަލައި އެކަމާ ދޭތެރޭ އޭނާ އެއްވެސް ވަރަކަށް ނުވިސްނައެވެ. ނަމަވެސް މިރޭ އަނެއްކާވެސް އެހުވަފެން ތަކުރާރު ވުމާއި ހޭލެވުމުން ކަންތައް ވާގޮތް އެއްގޮތް ވުމުން ކޮންމެވެސް ގޯހެއް އުޅޭކަމަށް އޭނާއަށް ގަބޫލުކުރަން މަޖުބޫރުވެއެވެ.

ނާޝިދާއަށް އެހެން ވިސްނަން އޮވެފަ ނިދުނީ ކިހާ އިރަކުކަމެއްވެސް ނޭންގެއެވެ. އޭނައަށް ހޭލެވުނީ އޭނަގެ މަންމަ ފަތިސް ނަމާދަށް ގޮވާއަޑަށެވެ. ތެދުވެ ނަމާދުކޮށްލުމަށް ފަހު މުސައްލަމަތީ ވިސްނާލަން އިނެވެ. ދެރޭ ކަންތައްވީގޮތް މަންމައަށް ކިޔައިދޭންވީބާއޭ ހިތައް އެރިއެވެ. ނާޝިދާ އަކީ އޭނަގެ މަންމައަށް އެއްވެސް ކަމެއް ސިއްރު ކުރާ މީހެއް ނޫނެވެ. ނަމަވެސް މަންމަ ވިސްނާނީ ކިހިނެއްކަން ނާޝިދާއަށް އިނގެއެވެ. ކިރިޔާ އާދަޔާ ޚިލާފް ކަމެއްވާއިރަށް މަންމަގެ އަނގައިން ނިކުންނާނީ އެންމެ ބަހެކެވެ: ފަންޑިތަވެރިކަން. ކިރިޔާ ކަމެއްވާއިރަށް ފަންޑިތަވެރިއެއް ގެނެސްގެން ކިޔެވުމަކީ މަންމަގެ އާދައެކެވެ. ނާޝިދާ އަކީ މިކަހަލަ ކަންތައްތަކާއި އެހާ ރުހޭ މީހެއް ނޫނެވެ. ފަންޑިތަ ސިހުރު ފަދަކަންތައްތައްކާއި ވީހާވެސް ދުރުގައި އުޅެވޭތޯ އޭނާ ބަލައެވެ. އާދަޔާ ޚިލާފް ކަމެއް އޭނާއަށް ދިމާވެއްޖެ ނަމަ އޭގެ ފަހަތުގައި ގަބޫލް ކުރެވޭ ކަހަލަ ސަބަބެއް އޮންނާނެކަމަށް އޭނާ ދެކެއެވެ.

ނަމަވެސް މިދިމާވާ ކަންކަމަކީ އޭނާ ދުވަހަކުވެސް ކުރިމަތިލާން ނުޖެހޭ ކަހަލަ ކަންކަމެވެ. މިކަމަކީ ރޫހާނީ ކަމެއްކަން އޭނާގެ ހިތް ބުނަމުން ދަނީ ކީއްވެކަމެއް އޭނާއަކަށް ނުވިސްނެއެވެ. އެންމެފަހުން ނާޝިދާ ނިންމީ މަންމައަށް އެވާހަކަތައް ހިއްސާ ކުރާށެވެ. ހެނދުނުގެ ސައި ތައްޔާރު ކުރުމަށްފަހު އާއިލާ މީހުންނާއި އެއްކޮށް ސައިބޮއެ ނިމިގެން ނާޝިދާ އޭނަ މަންމަ ގޮވައިގެން އަތިރިމަތީ ހުންނަ އައްޓަށް ދިޔައެވެ. އަދި އެތާ ހަމަޖެހިލައިގެން ތިބެ އޭނާ އަށް ދިމާވާ ކަންތައްތައް މަންމައަށް ކިޔައިދިނެވެ. ވާހަކަ އަޑުއަހަމުން ދިޔައިރު މަންމަގެ މޫނުމަތިން އަރާ ފައިބަމުންދިޔަ ކުލަވަރުން މަންމަ ބިރުގެންފައި އިންވަރު ނާޝިދާއަށް ނަގައިގަނެވުނެވެ. އޭނާގެ ވާހަކަ ނިމުމުން މަންމަ ފުންނޭވާއެއް ދޫކޮށްލިއެވެ.

“މަންމައާ އެއްކޮށް ހިނގާ ދޮންމުހައްމަދުބޭ މެންގެއަށް. ބޭބެއަށް ތިކަންތައް ކިޔައިދިނީމަ ހަދަންވީގޮތް ބުނާނެ. ތiކަމުގެ ހަގީގަތް އިނގޭނީ އޭރުން”

މަންމަގެ އެނިންމުމާއި ދެކޮޅަށް ނާޝިދާ އެއްވެސް އެއްޗެއް ނުބުނެއެވެ. ކިތަންމެ ފޫހިވިޔަސް ހިތްހަމަ ނުޖެހުނަސް ޖަވާބު ލިބޭނީ ފަންޑިތައިން ކަން އެވަގުތު އޭނާގެ ހިތް ބުންޏެވެ. އެހެންކަމުން މަންމައާއި އެކު ދޮންމުހައްމަދުބޭ މެންގެއަށް އޭނާ މިސްރާބުޖެހިއެވެ. އެގެއަށް ދިޔައިރު ބޭބެ އުޅުނީ މީހަކަށް ކިޔެވެލި ކިޔެވުމުގައެވެ. އެހެންކަމުން ދެމައިން ބޭރުގޯތީގައި އިން އުނދޯލީގައި އިށީނދެލައިގެން ތިބީއެވެ.

“އަހަނ ޒާހިޔާ، ހާދަ ދުވަހެއް ކޮށްލާފަ ތިޔައީ؟ ފެންފުޅިއެއް ހޯދަންތަ؟” ދޮންމުހައްމަދުބެ ގޭތެރެއިން ނިކުންނަމުން ބުނެލިއެވެ. އަދި ނާޝިދާމެން ތިބި އުނދޯލި ކައިރީ ހުރި ޖޯލިފަތީގައި އިށީންދެލިއެވެ.

“ބޭބެ އެންމެ ފަހުން ކިޔެވި ފެންފުޅި އަދިވެސް އެބަހުރި. އޭތި ބޯތީ އާދަނުގެ ކެއްސުންގަނޑުވެސް މިހާރު ވަރަށް ބޮޑުތަން ރަނގަޅުވެއްޖެ. ހުސްވީމަ އަނެއްކާވެސް ބުނާނަން” ޒާހިޔާ ބުނެލިއެވެ. އަދި ނާޝިދާއާއި ދިމާލަށް ބަލާލުމަށްފަހު ވަރަށް މަޑުމަޑުން ވާހަކަ ދައްކަން ފެށިއެވެ.

“މިއުޅެނީ ނާޝިދާއަށް ކަންތައްތަކެއް ދިމާވާތީވެ. އޭނާ ކިޔައިދިން ގޮތުން ހީވަނީ ރޫހާނީ ކަންތައްގަނޑެއްހެން.”

“އެތެއްދެ ނާއްކޮ؟ އަޅު ބޭބެއަށް ކިޔާލަދީބަލަ”

ނާޝިދާ އަނެއްކާވެސް އޭނަ އަށް ދިމާވި ކަންތައްތައް ދޮންމުހައްމަދުބެ އަށް ކިޔައިދިނެވެ. ވާހަކަ ނިމުނުއިރު ދޮންމުހައްމަދުބެގެ ނަޒަރު ހުރީ ދުރުގަ ހުރި ހިރުނދުގަހަކާ ދިމާލަށެވެ. ކުޑަ އިރުކޮޅެއް ވަންދެން ހަމަހިމޭންކަމެއް ވެރިވިއެވެ. ދޮންމުހައްމަދުބެ ކުޑަކޮށް ކަރުކެހިލިއެވެ.

“ކޮޔާ، ކުއްޖަކާ ހިތާވެގެންތަ އުޅެނީ؟”

ކުއްލިޔަކަށް ކޮށްލި ސުވާލުން ނާޝިދާ ސިއްސައިގެން ދިޔައެވެ. ބުނާނެ އެއްޗެއް ނޭންގިފަ އިންދާ އޭނަގެ މަންމަ ޖަވާބު ދިނެވެ.

“އާނ. އެމަންޖެ އުޅެނީ މާލެ ކުއްޖަކާ ރައްޓެހިވެގެން. މިހާރު ތިން ވަރަކަށް މަސް ވެދާނެ، ދޯ ދަރިފުޅާ”

ނާޝިދާ ޖަވާބުގައި ބޯޖަހަލިއެވެ.

“ކޮންނަމެއް ކިޔަނީ؟” ދޮންމުހައްމަދުބެ އަނެއްކާވެސް އަހާލިއެވެ.

“ޔޫއާން” މަޑުމަޑުން ނާޝިދާ ބުނެލިއެވެ.

ދޮންމުހައްމަދުބެ ނާޝިދާއާއި ދިމާލަށް ބަލައިލިއެވެ. އޭނަގެ މޫނުމަތިން އެއްވެސް ކަމެއް އިނގޭކަށް ނެތެވެ. ނާޝިދާ އިސްދަށަށް ޖަހާލިއެވެ. ދޮންމުހައްމަދުބޭގެ އެބެލުމުން ނާޝިދާ އަށް ކުޑަކޮށް އުނދަގޫވިއެވެ.

“ތި ހިތާވެގެން އުޅޭ ކޮޔެގެ ފުރިހަމަ ނަމާއި އޭނަގެ މައިންބަފައިންގެ ނަން ބޭބެއަށް މެސެޖް ކޮށްލާ. އިޝާ ކޮށްލައިގެން ތިގެޔަށް ދާނަން” ނާޝިދާ އަށް ބަލަން އިނދެ ދޮންމުހައްމަދުބެ ބުނެލިއެވެ.

“ޔޫއާން އާއި މިކަ—” ޒާހިޔާއަށް މިހިސާބަށް ބުނެވުނުތަނާ ދޮންމުހައްމަދުބެ އަތް ހިއްލާލިއެވެ.

“މިހާރު އެއްވެސް ސުވާލަކަށް ޖަވާބު ދެވޭކަށް ނެތް. މިރޭ ހުރިހާ ކަމެއް އޮޅުންފިލުވަދޭނަން. މަވެސް ބައެއް ކަންތައްތައް ޔަގީން ކުރަން ބޭނުންވާތީވެ”

ބޯޖަހާލަމުން ޒާހިޔާ އާއި ނާޝިދާ ދެމީހުން އެގެއިން ނިކުތެވެ. މަޑުހިނގުމެއްގައި ދެމީހުން ގެއާ ދިމާއަށް މިސްރާބު ޖެހީ ހަމަހިމޭންކަމުގައެވެ.

“ދަރިފުޅު ޔޫއާން އަށް މީގެ އެއްވެސް ކަމެއް ކިޔައިދިނިންތަ؟”

ޒާހިޔާ އެންމެ ފަހުން ސުވާލުކުރިއެވެ.

ނޫނެކޭ ބުނުމުގެ ގޮތުން ނާޝިދާ ބޯހޫރުވާލިއެވެ. ޔޫއާންގެ ވާހަކަ ދޮންމުހައްމަދުބެ އެހުމުން އެކަމާ ނާޝިދާ ހުރީ ހައިރާންވެފައެވެ. މިދިމާވެގެން އުޅޭ ކަންތައްގަނޑާ ޔޫއާން އާއި އޮތް ގުޅުމަކީ ކޮބާބާއެވެ.

“މަންމަ އަށް ފެންނަނީ ޔޫއާން އަށް މިވާހަކަތައް ކިޔައިދޭން. ރަނގަޅު ގުޅުމެއް ބިނާވެގެން ދާނީ އެކަކު އަނެކަކަށް އެއްވެސް ކަމެއް ސިއްރު ނުކުރަންޏާ.”

މަންމަ ބުނި ވާހަކައަށް ނާޝިދާ ބޯޖަހާލި ކަމުގައިވިޔަސް އެވާހަކަތައް އަދި ޔޫއާން އަށް ހިއްސާ ކުރާކަށް ނާޝިދާ ބޭނުމެއް ނޫނެވެ. ނަމަވެސް އެވާހަކަ އޭނަ މަންމަ ކައިރި ނުބުނެއެވެ. (ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

naina

Level 110 Stories

Other Articles

Previous

އެވްލީން… 10

Next

އެވްލީން… 11

Next
October 23, 2018

އެވްލީން… 11

Previews
October 23, 2018

އެވްލީން… 10

4 Comments!

  1. queen eekko says:
    October 23, 2018 at 6:46 pm

    Haadha kurey dear

    1. Lol says:
      January 7, 2019 at 5:02 pm

      Yeah

  2. unique says:
    October 23, 2018 at 9:34 pm

    varah interesting… but ebunaa gothah thankolheh kuru. just cant wait to read the next part

  3. mishaa says:
    October 23, 2018 at 10:40 pm

    Humm thafaath?

Comments are closed.

Next Episodeދެގަޑި ތިރީސް – 03←


All Right Reserved!