އެ ސިއްރު… 7
މަންމަގެ ވޭނީ ރުއިމުގެ އަޑު މާހައުުލުގައި ގުގުމާލުމާއެކު އިށީނދެ އިން ގޮނޑިން ތެދުވެގެން ގޮސް މަންމަގެ ގައިގައި ބައްދާލެވުނެވެ. އޭރު އަހަރެންނަށްވެސް ރޮވެނީއެވެ. މަންމަގެ ހަޔާތުގެ ވޭނީ ފަލްސަފާ އަޑު އެހުންވީ އަހަރެން ހީކުރި ވަރަށް ވެރެ މާ ހިތްދަތި އަދި އުނދަގޫ ކަމަކަށެވެ. ދުވަހަކުވެސް ނުފެނުނު ނަމަވެސް ހިތު ތެރޭގައި މާމައަށްޓަކައި އުފަންވީ ޝަކުވާއެވެ. ކިތަންމެ ބޭނުން ނުވިޔަސް ވެހެވެ. މަންމަގެ ގައިގައި ބައްދާލައިގެން އޮވެ ރޮމުން ދިޔަ އަހަރެންގެ އަތުގައި ހިފާ މަންމަ އަހަރެންގެ ކަރުނަތައް ފުހެލަދިނެވެ. އަދި ހިނިތުންވެލިއެވެ. ” ދަރިފުޅާ! ދެން ހުއްޓާލާ! ” މަންމަ އަހަރެންގެ އަތުގައި ހިފާ ނަގަމުން އަހަރެންގެ ނިތަށް ބޮސްދިނެވެ. ކަރުނައިގެ ތެރެއިން ހިނިތުންވެލެވުނީ ހިތަށް ލިބުނު ހިތްހަމަ ޖެހުމަކުން ނެވެ.
” ދަރިފުޅާ! މަންމަ ދަރިފުޅަށް މަންމަގެ މާޒީ އާ ހުރިހާ އެއްޗެއް ކިޔައިދިނީ މިއަދު ދެން ކުރިއަށް އޮތް ކަންތައް ކުރެވޭނީ ދަރިފުޅަށް އެ ހުރިހާ އެއްޗެއް އިނގިގެން ކަމަށް ވާތީ… ” ހައިރާންކަމުގެ ކުލަވަރާއެކު މަންމަގެ މޫނަށް ބަލާލެވުނެވެ. ” ކޮންކަމެއް… ” ސުވާލު ނުކޮށެއް ކެތެއް ނުވިއެވެ. ” މަންމަ މިއުޅެނީ ދަރިފުޅުގެ ބައްޕަ ކައިރިއަށް ދަރިފުޅު ގޮވައިގެން ދާން… ” މަންމަގެ ޖަވާބުން އަހަރެންގެ ހިތަށް ވެރިވި މަސްހުނި އިހްސާސްތަކެއްގެ ސަބަބުން އަހަރެންނަށް އަހަރެންގެ ހިތަށް ކުރީ ކޮންކަހަލަ އަސަރެއް ކަމެއް ބުނެދޭކަށް ނޭނގުނެވެ. ” ބައްޕަމެން ކައިރި އަށޭ… ” އެ ހައިރާންކަން މަތީ ހުރެ ބުނެލެވުނެވެ. ” ހޫމްމ… ކިހިނެއްވީ… ” މަންމަގެ މޫނުމަތިން ކޮންމެސް ވަރަކަށް ނުތަނަވަސްކަމުގެ އަސަރު ފެންނަން ހުއްޓެވެ. ފުން ނޭވާއެއްލީ އެހުރިހާ ކަމަކަށް ނަފްސު ތައްޔާރުކޮށްލުމުގެ ގޮތުން ކަންނޭނގެ އެވެ. ” މިރޭ 8:00 ރެޑީ ވާތި… ތާތު ދާނަން ދޯ! ” ތާތުގެ މޫނަށް ބަލަހައްޓައިގެން ހުރެ މަންމަ ބުނެލުމާއެކު ތާތު ބޯ ޖަހާލިއެވެ. ” ޝާލީ އޯކޭ ނުދިޔަޔަސް…. އެކަމު ޝާލީ ދާން ބޭނުމިއްޔާ ދެވިދާނެ… ވަރަށް ވަރުބަލި ވެފަ ހުންނާނެތީ މިހެން މިބުނީ… ” މަންމަ ޝާލީންގެ އަތުގައި ހިފަހައްޓާލަމުން ބެނެލިއެވެ. ” ނޫން… އަހަރެން ދާނަން… ދެ ކުޑަކުދިން ގޮވައިގެން ގޮސް ކަމެއް ވިއްޔާ ހަދާނީ ކިހިނެއް… ޝީރިން އެކަނި މީހަކަށް ތިހިރީ… އެކަނި އެ ހުރިހާ ކަމަކާ ކުރިމައްޗެއް ނުލެވޭނެ… ” ޝާލީންގެ އަޑުން އެކަނިވެސް މަންމަ އާ މެދު ކަންބޮޑުވެފައި ވީ ވަރު ހާމަ ވެއެވެ. ” އަހަރެންނަށް އެކަނިކުރިމަތި ލެވޭނެ … އެމީހުން ނިކަމެތި އިންސާނުންނާ ކުރިމަތި ނުލެވޭހާ އަހަރެން ބަލިކައްޓެއް ނޫން… ދެން ޝާލީވެސް ދޯ… ” މަންމަގެ މޫނުމަތިން ހިތްހަމަ ނުޖެހުމުގެ ކުލަވަރު ފާޅު ވާން ފެށިއެވެ. ” ސާބަސް ޝީރިން… އަދިވެސް އެކަމުން ފިލާވަޅެއް ލިބި ގަނެ ގޮތް ދޫކުރާކަށް ނުވޭ ދޯ! ވަރިހަމަ ކޮންމެ ގޮތެއް ވިޔަސް އަހަރެން ދާނަން… ” ޝާލީން އެތަނުން ނިކުމެގެން ދިޔައީ އޭނަގެ ފަހު ބަސް އިއްވާފައެވެ. ޝާލީން ނުކުމެގެން ދިޔަ ދިމާލަށް ބަލަހައްޓައިގެން އިރުކޮޅަކު އިނުމަށްފަހު މަންމަ ފުން ނޭވާއެއް ދޫކޮށްލިއެވެ. ” ކޮބާ! ދަރިފުޅުމެންވެސް ދެން ދޭ ތައްޔާރުވާން… ” މަންމަ އަހަރެންނަށާއި ތާތުއަށް ވަކި ވަކިން ބަލާލުމަށްފަހު ބުނެލިއެވެ. އަދި އެތަނުން ނިކުތުމަށް ހިނގައިގަތެވެ. ” މަންމާ! އަޅުގަނޑު އެއްޗެއް އަހާލަން ތަ؟؟؟ ” މަންމަ ފަސް އެނބުރި ބަލާލުމަށްފަހު ބޯ ޖަހާލީ އެކަމަށް ހުއްދަ ދޭ ފަދައިން ނެވެ. ” މަންމަ އަސްލު ކީއްވެ ބައްޕަމެން ކައިރިއަށް ދާން ތި އުޅެނީ… ބައްޕަ ފެނުމުން މަންމަ ދެރަވެ ރޯ ތަން ބަލާކަށް އަޅުގަނޑަކަށް ކެތެއް ނުވާނެ… ” ޖެހިލުންވުމާއެކު ނަމަވެސް އަހަރެންގެ ހިތުގައި އޮތް އެއްޗެއް ދުލާ ހަމައަށް ގެނައީމެވެ. އަހަރެން ކައިރިއަށް އައިސް ހުއްޓިލަމުން މަންމަ ހިތި ގޮތަކަށް ހިނިތުންވެލިއެވެ. ” ދަރިފުޅަށް ނޭނގުނަސް ދަރިފުޅު އެންމެ ކުޑަ އިރުން ފެށިގެން މިއަދާ ހަމައަށް ވެސް ދަރިފުޅުގެ ގާތަށް ގޮސް ހާލު އޮޅުން ނުފިލުވިޔަސް މަންމަގެ ގާތް މީހަކު ލައްވާ ދަރިފުޅަށާއި ބައްޕައަށް ވާނުވާ ބަލަން… މަންމަ އެ ތަނަށް ދާން ބޭނުން ނުވީ މަންމަގެ ވައުދާ ޚިލާފުވާން ބޭނުން ނުވާތީ… މަންމަ ބޭނުންވީ ދަރިފުޅަށް ބަރާބަރު ސާދަ އަހަރު ވާ ދުވަހު ދަރިފުޅު ބަލާ ދާން… މަންމަގެ ހިތަށް ކެތްވާތީއެއް ނޫން… ފާޑަކަށް މަޖުބޫރު ވީ… ދަރިފުޅު މިކޮޅަށް ގެނަ ފަހުންވެސް އޭނަ ބަރާބަރަށް މަންމައަށް ބައްޕަގެ ޚަބަރުތައް ގެނެސް ދޭ… ދަރިފުޅު ނުފެނިގެން ބައްޕަ އުޅޭ ހާލު މަންމައަށް ކިޔައިދޭ ކޮންމެ ފަހަރަކު މި ހިތަށް ވަރަށް ތަދުވޭ… މަންމަ ބޭނުމެއް ނޫން އެ ހިތާމައިގައި ދަރިފުޅުގެ ބައްޕަ އަދި އެ މަންމަވެސް ނިމިގެން ދާކަށް… މަންމަ ހީކުރީ ޝަޒިއްޔާ ދަރިފުޅަށް ވަރަށް ގޯސް ވާނެ ކަމަށް… ދޮން މަންމަ ދޮން ނިޔަނދުރެއް ފަދައޭ ބުނާ އަޑު އަހާތީ… ނަމަވެސް ޝަޒިއްޔާ އެކަން މުޅިން ބަދަލުކޮށްލައިފި… ދަރިފުޅަށް ސާދަ އަހަރުވަންދެން ޝަޒިއްޔާ އެ ކޮށް ދިން ޚިދުމަތާއި ދިން ލޯބީގެ އަގު ވަޒަންކޮށް ދޭން ގޮތެއް މަންމައަކަށް ނޭނގެ… ދަރިފުޅު ނުފެނިގެން އެ ފަކީރު ދުނިޔެއިން މޮޔަވާ ތަން ބަލާކަށް މަންމަގެ ހިތަކަށް ކުޅަދާނައެއް ނުވާނެ… އެހާ ހިތް ހިލަ މީހެއް ނޫން މަންމަ އަކީ… އޭނަ އެ ކޮށް ދިން ހެޔޮ ކަމުގެ ބަދަލުގައި ތެޔޮ ހަމެއް ދޭކަށް ބޭނުމެއް ނޫން… ބޭނުމެއް ނޫން… ” މަންމަގެ އަޑުގައިވީ ހިތްދަތި އަސަރަކުން އަހަރެންނާއި ތާތުގެ ލޯ ފެންކަޅި ކޮށްލިއެވެ. މަންމަގެ ހިތްހެޔޮކަން ފެނުމުން މަންމައަށްޓަކައި އަހަރެންގެ ހިތުގައި އޮތް ލޯބި އިތުރަށް ފުންވެގެން ދިޔައެވެ. މަންމަގެ މަގާމުން އެތައް ތަނެއް އުފުލިގެން ދިޔައެވެ. ބަހެއް ނުބުނެ މަންމަ އެތަނުން ނިކުމެގެން ދިޔުމުން އަހަރެންނަށް ބަލާލެވުނީ ތާތުގެ މޫނަށެވެ.
*****************************************
އަހަރެން މަންމަގެ ކޮޓަރިއަށް ދާން ހިނގައިގަތީ ތައްޔާރުވާން ބުނި ވަގުތު ކައިރި ވާތީއެވެ. އެ ކޮޓަރީގެ ދޮރުގައި ޓަކި ޖަހާލިއިރަށް އެތެރެއިން ވަންނާށޭ ބުނެލި އަޑު އިވުނެވެ. ލަކުނޑި ދޮރު އެތެރެއަށް ކޮއްޕާލުމާއެކު ހުޅުވިގެން ދިޔަ ދޮރުގެ އެތެރެއިން މަންމަ އެނދުގައި އޮށޯވެ އޮތް ތަން ފެނުނެވެ. ތަންކޮޅެއް ކައިރިއަށް ދިޔަ ތަނާ މަންމަގެ އަތުގައި އޮތް ފޮޓޯގަނޑެއް ލޮލުގައި އަޅައިގަތެވެ.
އަހަރެން ފެނުމާއެކު ތެޅެގަނެފައި މަންމަ އެ ފޮޓޯގަނޑު ބާލީސް ދަށަށް ވައްދާލިއެވެ. އެ ފޮޓޯގަނޑު ބަލާލުމުގެ ޝައުގު ހިތުގައިވީ ނަމަވެސް މަންމަ އަހަރެންނަށް ދައްކަން ބޭނުން ނުވާ އެއްޗެއް ގަދަކަމުން ބަލާކަށް ބޭނުމެއް ނުވިއެވެ. އެހެންކަމުން އެކަންތަކަށް މާ ބޮޑަކަށް އަޅައެއް ނުލަމެވެ. ދައްކަން އައި ވާހަކަ ދެއްކުމަށް ފަހު އެކޮޓަރިން ނިކުމެގެން ދިޔައީމެވެ.
*****************************************
ތައްޔާރުވާން ބުނި ބަރާބަރު ގަޑިއަށް އަހަރެން ޓެރެސްއަށް ދިޔައިރު އެތާ ތާތު އާއި މަންމަ ތިއްބެވެ. މަދީ ޝާލީން އެކަންޏެވެ. އަހަރެން ގޮނޑީގައި އިށީނތާ މާ ގިނައިރެއް ނުވެ ޝާލީންވެސް އައިސްފިއެވެ. މަންމަ ގޮނޑިން ތެދުވުމާއެކު ދާންވީ ވަގުތު އައިސް ޖެހުނީކަން އަހަރެންގެ ހަވަނަ ހިއްސު އަހަރެންނަށް އެނގިއެވެ. މުޅި ހިތް ވަށާލީ ނުތަނަވަސްކަމުން ނެވެ. އާދަޔާ ޚިލާފު ބާރު މިނެއްގައި ހިތް ތެޅެމުން ދިޔައިރު ހިތް ހަމައަކަށް އެޅުވުމަށް ފުން ނޭވާއެއް ފަޒާ ތެރެއަށް ދޫކޮށްލީމެވެ. ނަމަވެސް ނުތަނަވަސްކަން ކުޑައެއް ނުވިއެވެ. ” ދަރިފުޅާ! ” މަންމަ އަހަރެންގެ ކުރިމަތީ ކުޑަ ކަކޫ ޖަހައިގެން އިށީނުމަށްފަހު އަހަރެންގެ ކަކޫ މަތީގައި ދެ އަތްތިލަ ބާއްވާލިއެވެ.
” ދަރިފުޅާ! ދަރިފުޅު ކިތަންމެ ބޭނުން ނުވިޔަސް މިއަދު ސިފަ ބަދަލު ނުވެ ނުދެވޭނެ އެކޮޅަކަށް… ” މަޑުމައިތިރިކަމާއި އެކު މަންމަ ވާހަކަ ދައްކަމުން ދިޔައީ އަހަރެންނަށް ވިސްނައިދޭ ފަދަ އަކުން ނެވެ. އަހަރެން ބޯ ޖަހާލުމަށްފަހު އިސްޖަހާލީ އެ ކަމާ އެއްބަސްވާތީއެވެ.
މަންމަ އަހަރެންގެ އަތުގައި ހިފާ ކޮޅަށް ނަގާ އަނެއް ފަރާތަށް އަނބުރާލިއެވެ. އަދި އަހަރެންގެ ބުރަކަށީގައި އަތްޖައްސާލައިގެން ހުރެ ކޮންމެސް އެއްޗެކޭ ކިޔާ އަޑު އިވުނެވެ. ނަމަވެސް ކީ އެއްޗެއް ސާފެއް ނުވިއެވެ. ކުއްލިއަކަށް އަހަރެންގެ ބުރަކަށި ހިރުވައި ގަތުމުން އަހަރެން އެތާ އަތް ޖައްސާލުމަށް ފުރަގަހަށް ވާ ގޮތަށް އަތް ގެންދިޔައީމެވެ. މަޑު މަޑުން އަހަރެން މައްޗަށް އުފުލޭ ހެން ހީވިއެވެ. ތިރި ބަލާލިއިރު އަހަރެންގެ ފައި ބިން މައްޗަކު ނުޖެހެއެވެ. އަހަރެން ހުރީ އެއްވެސް ބާރަކާ ނުލާ ވައިމަތީގައި ކޮޅަށެވެ. ވަރަގަނޑެއްގެ އެހީގައެވެ. މަންމައާ ތާތު އަދި ޝާލީންވެސް ހުރީ އަހަރެންނެކޭ އެއްފަދައިން ވައިމަތީގައި ކޮޅަށެވެ. އެމީހުންގެ އަސްލު ސިފައިގަ އެވެ.
މަންމަ އުދުއްސައިގަތުމާއެކު ފަހަތުން އަހަރެމެން ވެސް އުދުއްސައިގަތީމެވެ. ފުރަތަމަ ފަހަރެއް ކަމަކު އަހަރެންނަށް އުދުހުމަކީ މާ އުނދަގޫ ކަމަކަށް ނުވިއެވެ. ތާތު އާ އެއްވަރަށް އުދުހެމުން ދިޔައިރު ދެން ވާނެ ގޮތެއް ނޭނގޭތީ ހިތް ތެޅެމުން ދިޔަ ބާރު މިނުން ދެންމެ ދެންމެ މޭ ފަޅާފައި ނިކުމެދާނެ ހެން ހީވާ ފަހަރުވެސް މަދެއް ނޫނެވެ.
= ނުނިމޭ =
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
71 Comments!
Comments are closed.




Masha allah vvvvv reethi mi part vec… Sorry ingey last part ah comment eh nukurevuny.. Very sorry dear.??. But both of the parts are just woow.. Keep up the good work dear.. Much love and miss you ????
thanks sis… owwwnn… come on… don’t be sorry sis… love u 2 n misses much…
Thanks love.. Much love ❤️❤️??.. So how are you dear and all the others?
I’m feeling well In Sha Allah????
Happy to know that ??❤️❤️
Woooooow this part is solo awesome than another
thanx miu… lysm
Alheyy hama kos vefa myny???..stry reethikamun neyge bunaane ehcheh vec..
Sifakurunthah vec hama obi??❤❤???????✒✒?????..my blessings r always with u insha allah.. Al’hamdhulliah!❤????
thanx sis… it’s not only me who’s the one who makes the story perfect… but u guys also will be participated in my improvings… it’s all because of u guys i’m improving… all because of your lovely comments n blessings… i don’t know how to thank u guys… lysm…. may god bless u all
Wow!! ❤️ vaahaka Varah reethi
thankx story queen…
Wow v reethi whn nxt part ?????
thanx dear… trying to upload it ASAP
ooooooohhh salhi……. v nala… can’t wait to see the nxt part……..kihineh vaane baa dw…. very curious to knw the next partooooo…. sorry ingey late v ma
thanks… but i don’t think i could upload it soon… sorry to say this but this week n the next week i’ve my exams… so i’ll be very busy n i’ve to concentrate on my studies… but ISA if i can i’ll try to upload it… come on sis always don’t be sorry… it’s not a big problem…
Ma Sha Allah v v v reethi mi partvs… ? Koo ge eema v molhu vejje ey dhw ? mi part ah ekani comment kuriyas kuree part thah vs kiyaalin igey ❤ eem nuvs bunameh nu new story eh liyaa vaahaka eh? anyway dhn balaanu konme part eh kiyaalaafa comment kolleveythw … Up kollaafa lemme knw igey ?
Hi dear
heyyy dear
hellow
Alhe koo ge eem haadha molhey Ma Sha Allah ? new story eh liyefa buves bunamehnu ❤ story was tooo goood v kiyaa hithun huhtaa ninmaaleethi ? best wishes on your coming exams ???
Haha… Thanks koo… I thought mom buni kamah… Sorry ingey…
Heii jiji thi kudhinnah email kuryma reply eh vec nudhey..alhe Cute lips ehme ginain reply nukoh hury..U knw I’m really sad??..please don’t do this to me
@ kitty, @Eiimerr & @Cute Lips
hey i replied… sorry for being late…
i am really bxy darling… school in ai gothah mi free v ey… sorry ingey….
It’s OK. .I can understand!!Asleast thihn Bunedhinas OK…????
Im also really sorry for the late reply dear.. I didn’t see the mail.. Dhenme em ge mail eh aissa oi than fenunyma gmail ah vany.. Then i saw it.. Really sorry
Aww..it’s OK…don’t be sad??
Hi
Kitty hangouts ah vannantha.jiji vannantha.buneba pls.i want talk to you all
Sorry dear kitty hangouts use eh nukuran.. I talk to these girls through Gmail.. Except ina?.. I miss her so much
Jiji vadeytha
Use eh nukuran ?
Ehen dhw.jiji vannanveenun
eythi innane foaneh viyas tabeh viyas.nujeheyne download kuraakah
But I don’t wanna..swry??..if u gimme ur email I will tlk u through that..ok
Fennane dhw hurihaameehunah.meethin you ah fonuviyya
Email dhineema hangouts in talk kuraanantha
Dhn alhe..I think parents will not allow me..so if u don’t wanna tlk me through Gmail I can’t anything..ehn noonas I don’t like to use hangout adhi..iku ah fonuvaba u ge email..dhn iku ah fonuvi vhk bunyma I’ll tell him to send my email to u..bt Ehvec kujjaah share nukurahchey..Kitty,em nd Ary ah vec share nukuraa mathin email dhyfa ehery..ok??
Number dhinas hangouts in talk kureveyneyey
Hmm
Ein evves kujahkah neygeta jiji ge email.don’t mind I get.hama ahaaly.neyngeh information viyya
Ib@ u knw..I can’t give my email in public place..so read my comments I did wrote before..so jiji ge edhumeh kitty men ehvec kujjaku mi thanuga jiji ge gmail adhivec info haama nukurun..miii iba dhera kuran bunaa ehcheh noon..bt siss ah vec ingen jeheyne sis mithaa gmail share nukuraa iru mii public place eh kan ingi jiji vec nudheynu…swry dear??
OK.swry dear
yeah sharing email acc in public is not safe..
Ehenveema email alhuganduves mithaaga share nukuranvee dhw
Dhn kihineh email share kuraany
Iku ah i ge email acc fonuvanveetha
Dhn ehnviyyaa alhaa nulaa..we can tlk through this site..In Sha Allah Amilla phone eh libunyma tlk kuraany private koh..ok????
Dhn ehnviyyaa alhaa nulaa..we can tlk through this site?????
Dhn ehnviyyaa alhaa nulaa dear
Noon. .dhn OK vaane share nukuriyas
No..
Story vvvvvvv nice
Nice
thanks nas….
Koaceh nice.story tha
Story nice vaahaka ey ebuny……
Kon xamaanakun baa nxt part up kuraanyy..?????waiting for your nxt part
She is really bxy with her cadet kanthakaa…bt she is trying to upload as fast as she could dhw??
ISA tomorrow u’ll get a new part to read… 🙂
Alhugadu aeema women dhanee dhoa
I mean eimen ha ha ha:)
nope.. miulheny ekaku.. baaky ulhey grp kudhin kolhu kobaa baa dw.
nope.. miulheny ekaku.. baaky ulhey grp kudhin kolhu kobaa baa dw.
Kaaku thr dear?
Thanx 🙂 dear
hey guys…. i submited the story… sorry for making u guys waiting for a long time… HAPPY FRIDAY ALL!!! n thankx for the support… love u all!!! 🙂
Me last dho. Gud stry
Hi Eiimerr
Mee other Miuthou and l am girl
Mee other Miuthou and l am girl and Miu ❤️❣️❤️