Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރި

އިރު އޮއްސުމާއެކު 02 (އެޕިސޯޑް 02)

Kuduu dhon Level 1
December 8, 2019 4 Mins Read
4 Comments

(މިވާހަކައިގެ އެއްވަނަ ސީޒަން ކިޔާލުމަށް ފޭސްބުކުގެ -ވާހަކަ ދުނިޔެ- އައިޑީއަށް ޒިޔާރަތް ކޮށްލައްވާ..)

 

އޮފީސް ނިންމާލާފައި ހާޒިމް ނުކުތްއިރު ގަޑިން ހަތަރެއް ޖަހާ ބޮޑު ވެއްޖެއެވެ. އުފަލުންހުރެ ހިނގައިގަތީ ލިބިފައިވާ ބޮޑު ނަސީބުގެ އުފާވެރި ހަބަރު މަންމައަށް ދޭށެވެ.

ކަންތަށްވީ ހާޒިމްގެ ހިތުގައި އޮތް ގޮތަށެވެ. ހާޒިމްއަށް ކޯހެއް ހެދުމުގެ ފުރުސަތު ލިބުން ވެގެން ދިޔައީ އެކަމުން އާބިދާއަށް ވަރަށް އުފާވެރިކަން ގެނުވި ކަމަކަށެވެ. އެ އުފާވެރި ހަބަރު އަޑު އިވުމާއެކު އާބިދާ ވަގުތުން ގުޅީ ހާޒިމްގެ ބައްޕައަށްށެވެ.

ކޮޓަރިއަށްވަދެ އެއްޗެހި ބަދަލު ކޮށްލައިގެން ހާޒިމް ނުކުތީ ބަނޑުހައި ވެފައި ހުރިވަރުން ސައިބޯށެވެ. “ދަރިފުޅާ.. ވަރަށް ބަލައިގެން އުޅޭތި. ދަރިފުޅު އަޅެ ނަމާދު ކުރަން ފަށާބަލަ. މަންމަ ވަރަށް ބިރުގަނޭ އެބަ..” ކާމޭޒު ދޮށުގައި ހާޒިމް އިށީނދެލި ވަގުތު އާބިދާ ދެއްކި ވާހަކައިގެ މާނަ އެއްކޮށް ދެނެގަންނާކަށް ހާޒިމް އަކަށް ނޭނގުނެވެ. “މަންމަ ކޮންކަމަކާތަ ތި ބިރު ގަންނަނީ؟” ހާޒިމް ސުވާލު ކޮށްލީ ހާސްވެފައެވެ. “އާހިލްއަށް ވީގޮތުން މަންމަ ހަމަ ބިރު ގަންނަނީ..” އާބިދާ އަތުގައި ހުރި ކަޅުސައިތަށި އޭނާ މޭޒުމަތީގައި ބެހެއްޓިއެވެ.

“މަންމަ ހާސް ނުވޭ. އިރާދަ ކުރެއްވިއްޔާ އެގޮތަށް މަންމަ އެކަނިކޮށްލާފަ އަހަރެން ދާންޖެހޭނެ ދުވަހެއް މެދުވެރިއެއް ނުކުރައްވާނެ.” މޭޒުމަތިން ބަޖިޔާއެއް ނަގާ އަނގަޔަށް ލަމުން ހާޒިމް ބުނެލިއެވެ. “އެކަމަކު މަންމާ؟؟ އެކަހަލަ އެއްޗެހި އެއްވެސް ސަބަބަކާ ނުލާ އިންސާނުންގެ ފަހަތުން އަޅައި ގަނެގެން އުޅޭނެތަ؟” ހާޒިމް ކޮށްލީ ވަރަށް ފުން ސުވާލެކެވެ.

“ނޫނޭ ދަރިފުޅާ.. އެމީހުން އިންސާނުން މަރާނީ ވަރަށް ބޮޑު ސަބަބަކާ ލައިގެން. އިންސާނުންނަށް އެމީހުން ރުޅިއަންނަ ކަހަލަ ގެއްލުމެއް ދެވުނީމަ..” އާބިދާ އަނެއްފަރާތަށް އެނބުރިލިއެވެ. މާޒިގެ ހިތި ހަނދާންތަކެއް ސިކުނޑިއަށް އަންނަން ފެށުމުން ހިތަށް ކުރަންފެށި އަސަރުތަށް ލޯބިވާ ދަރިފުޅުގެ ކުރިމަތީގައި ހާމަކުރަން ބޭނުން ނުވާތީއެވެ. “އެހެންވިއްޔާ އާހިލް އޭނަޔަށް ދިނީ ކޮން ގެއްލުމެއްބާ..؟ ހަމަ ގައިމުވެސް އަހަރެންނަށް އާހިލް ކަމެއް ކުރެވިފައި އޮތް ނަމަވެސް ސިއްރެއް ނުކުރާނެ. އަދި އާހިލްއަކީ ޖިންނިއަކަށް ކީއްކުރަން އިންސާނަކަށްވެސް ގަސްދުގައި ގެއްލުމެއް ދޭނެ މީހެއް ނޫން. ވީއިރު ކުށެއް ނެތް އިންސާނަކު އެ ޖިންނި އެ މަރާލީ..” އާހިލްގެ ހަނދާނުގައި ހާޒިމްގެ ހިތް ބަލިވާން ފެށިއެވެ.

“ނޫނޭ ދަރިފުޅާ.. ޖިންނިންނަކީ އިންސާނުން ގެންގުޅޭ ހަމަތަކާ އުސޫލުތަށް ގެންގުޅޭ ބައެއް ނޫން. ވެދާނެ އެއީ އޭނާގެ މަންމަ ނޫނީ ބައްޕައަށް އެ ޖިންނިއަށް ގޯނާ ކުރެވިގެން ބަދަލު ހިފީކަމަށްވެސް. ނޭނގޭނެ އެއްގޮތަކަށްވެސް ބުނާކަށް.” އާބިދާއަށް ވާހަކަ ދައްކަން އުނދަގޫވުމުން ކާގެއިން ނުކުތުމަށް އޭނާ ހިނގައި ގަތުނެވެ.

އާބިދާ އެދެއްކި ވާހަކައިގެ މާނައެއް ހާޒިމްގެ ސިކުނޑިއަކަށް ނައެވެ. މަންމަ އެބުނިހެން ވެދާނެބާއެވެ؟ އެހެން ކަމުގައި ވަނީނަމަ އާހިލްގެ މަންމަ ނޫނީ ބައްޕަ ކުރީ ކިއްބާއެވެ؟ ހާޒިމް ފުންކޮށް ވިސްނާލިއެވެ. އާނއެކެވެ. އާހިލްގެ ބައްޕަ ވަނީ އާހިލްގެ އުމުރުން 5 އަހަރުގައި ނިޔާވެފައެވެ. ހާޒިމް ދުވަހަކުވެސް އާހިލް ގާތުގައި އޭނާގެ ބައްޕަ މަރުވި ސަބަބެއް އެހި ހަނދާނެއް ނެތެވެ. އަދި އާހިލްވެސް ދުވަހަކު އޭނާގެ ބައްޕަގެ މަރުގެ ވާހަކައެއް ނުދައްކައެވެ. ވީއިރު މަންމަ އެބުނާގޮތަށް ޖިންނިއަކަށް ގޯނާ ކުރެވުމުގެ ސަބަބުން އާހިލްގެ ބައްޕަ ޖިންނި މަރާލީބާއެވެ؟ އަދި އާހިލް މަރާލީވެސް ހަމަ އެ ޖިންނި ބާއެވެ؟ އާނއެކެވެ. ހާޒިމްގެ ސިކުނޑި އޭނާއާ ކުރާ މި ސުވާލު ތަކުގެ ޖަވާބު ފުންކޮށް ވިސްނާލުމުން ކޮންމެވެސް ވަރެއްގެ ހަޤީގަތެއް މި ވިސްނުމުގައި އުޅޭ ކަމުގެ އިހުސާސެއް ހާޒިމްއަށް އެބަ ކުރެވެއެވެ. މި ކުރެވޭ ހީއަކީ ކުއްހީއަކަށް ވުމަށްވުރެން ބޮޑަށް ގާތީ ހަގީގަތަކަށް ވުމެވެ.

މޭޒުމަތީގައި ހުރި ސައިތަށި ހުސްކޮށްލާފައި ހާޒިމް ނުކުތުނެވެ. މަންމަ ކޮބައިތޯ ގޭތެރެ ހޯދާލިއެވެ. ހިނގަމުންގޮސް ދޮރުމަތި ބަލާލީރު މަންމަ ހުރީ ގޭދޮރުމަތީގައެވެ. “މަންމާ..” ހާޒިމް ގޮސް އާބިދާ ކައިރީގައި ހުއްޓިލިއެވެ. އާބިދާ އެނބުރި އޭނާގެ ދަރިފުޅުގެ މޫނަށް ބަލާލިއެވެ. އެ މޫނުގައި ވަނީ ސުވާލު މާކެކެވެ. އެ ނިއްކުރީގައި ވަނީ ކަމެއް އޮޅުން ފިލުވަން ބޭނުން ވެފައި ހުރުމުން އުފެދޭނެ ފަދަ ރޫތަކުން ފުރިފައެވެ. “ކިހިނެއްވީ ދަރިފުޅާ؟” ހާޒިމް ދައްކަން އެއުޅޭ ވާހަކަ ކޮންމެސް ވަރަކަށް އާބިދާއަށް އެނގުނެއް ކަމަކު އޭނާ ހުރީ ނޭނގޭކަމަށް ހަދާގެންނެވެ.

“މަންމާ… މަންމަ ދެންމެ ތިބުނި ގޮތުންނަމަ އާހިލް މަރުވާން ޖެހުނީ އޭނަގެ ބައްޕަ ކުރި ކަމަކުން ދޯ.. އަހަންނަށް އެނގިގެން އާހިލް ދުވަހަކުވެސް ޖިންނި އަކަށް ގޯނާ ކޮށްފައެއް ނެތް. އާހިލްގެ ބައްޕަ އެވަނީ އެތަށް ދުވަހެއް ކުރިން މަރުވެފަ. ވީގޮތުގެ ވާހަކަ ދުވަހަކުވެސް އަހިލްއެއް ނުދައްކާ.. އެހެންވީމަ މަންމަ ތި ދައްކާ ވާހަކަޔާ ކަންތަށް މިހާހިސާބަށް އައިއިރު މި ވެފަ ހުރި ގޮތާ ވަރަށް ބޮޑަށް އެބަ ގުޅޭ.. މަންމަ އަޅެ ބުނެބަލަ. މީތަ ކަންތަށް ވީގޮތަކީ؟” ހާޒިމް ފައްޗަކަށް އެ އަމުނާލީ އާބިދާ ހީކޮށްގެން ހުރި ސުވާލުތަކެވެ.

އާބިދާ އިސްދަށަށް ޖަހާލީ ހާޒިމަށް ދޭނެ ޖަވާބަކާއި މެދު ވިސްނާލާށެވެ. “މަންމައަށް ކިހިނެއް އިނގޭނީ ދަރިފުޅާ؟ މަނަމައަށްވެސް ފެންނާނީ ކަންތަށް ހިނގާ ގޮތް ދޯ.. އިތުރަށް އެއްވެސް އެއްޗެއް މަންމައަކަށް ނޭނގެ.” އަބިދާ ދެއްކި ވާހަކަ ހަމަ އެއްގޮތަކަށްވެސް ހާޒިމްގެ ސިކުނޑިއަކަށް ނުވަދުނެވެ. “އެހެންވެއްޖެއްޔާ މަންމަ ބުނެބަލަ! އާހިލްގެ ބައްޕަ މަރުވީ ކިހިނެއް ވެގެން؟” ހާޒިމް ކުރީ އާބިދާ އެންމެ އަހަން ބޭނުން ނުވެފައި ހުރި ސުވާލެވެ.

“ދަރިފުޅާ.. އެއީ ވެނިމިފަ އޮތް ކަމެއްނު.. ތިކަމާ ދެން ނުވިސްނިއްޔާ ރަނގަޅުވާނީ. އެނޫނަސް ދަރިފުޅުގެ ރައްޓެހިންވެސް އެބަ ތިއްބެއްނު.. މަންމަ މިދަނީ ތަސިތަށް ނަގަން.. ދެން އެކަމާ ނުވިސްނާތި!” ހާޒިމް ކުރި ސުވާލުގެ ޖަވާބު ނުދީ އާބިދާ ގޮސް ވަދުނީ ގެއަށެވެ.

އެންމެ ހިނދުކޮޅަކަށްވެސް ހާޒިމްއަށް އެ ވިސްނުންތަށް އޭނާގެ ސިކުނޑިއަކުން ނެރެއެއް ނުލެވުނެވެ. އަދިވެސް ހަމަ ވިސްނެނީ އާހިލްއާއި ދޭތެރޭގައެވ. މަންމަގެ ފަރާތުން އޭނާ މި ބޭނުންވާ ޖަވާބެއް ނުލިބުނެވެ. ދެން އޮތް ގޮތަކީ އާހިލްގެ މަންމަ ގާތަށް ދިޔުމެވެ.

ބޭރު ޖޯލިފަތީގައި އިރުކޮޅަކު ވިސްނާލަން އިނުމަށްފަހު ހާޒިމް ތެދުވެ ހިނގައި ގަތުނެވެ. އާހިލް މެންގެޔަށް ދާށެވެ.

============

“އާބިދާ…” މައިގެތެރެއިން މީހަކު އާބިދާއަށް ގޮވާލި އަޑަށް ބަދިގޭގައި ހުރެފައި އޭނާ ނުކުތެވެ. އެއީ އަލިފުޅެވެ. “އަހާނ.. އަލިފުޅު. އާދޭ އެތެރެއަށް..” އާބިދާ ގޮސް ސިޓިން ރޫމުގައި ހުއްޓިލިއެވެ. “ކަމަކުތަ ތިއައީ؟” އަލިފުޅު ވަދެ ސޯފާގައި އިށީނުމާއެކު އާބިދާވެސް އިށީނދުނެވެ.

“ދެން އިނގޭނެ އެއްނު މިދުވަސްކޮޅު އަންނާނީ ކޮންކަމަކާ ކަން..” އަލިފުޅު ބުނެލި ވާހަކައިން އާބިދާގެ މޫނުމަތީގައި ހުރި ހިނިތުންވުން ފިލައިގެން ދިޔައެވެ. އަލިފުޅު އެ އައީ ކޮން ވާހަކައެއް ދައްކަންކަން އާބިދާއަށް ރަނގަޅަށް އެނގެއެވެ. އެވާހަކަ ދައްކަން އަލިފުޅު އެގެޔަށް އައި މިއަދުމީ ތިންވަނަ ދުވަހެވެ. ނަމަވެސް އަލިފުޅު ދައްކާ ވާހަކަ އެއްގޮތަކަށްވެސް ގަބޫލު ކުރާކަށް އާބިދާ ބޭނުމެއް ނުވެއެވެ.

“ނޫން ނޭނގެ.” އާބިދާ ހެދީ ދޮގެވެ. “އާބިދާ ނޭނގޭ ކަމަށް ނަހަދާބަލަ. އަހަރެން މި މަސައްކަތް ކުރަނީ އާބިދާގެ ދަރިއެކޭ ސަލާމަތް ކުރަން. އަހަރެންގެ އެކުވެރިޔާއާއި އާބިދާގެ ދަރިއޭ. ކީއްވެގެންތަ އާބިދާތި ދެކޮޅު ހަދަނީ؟ އަހަންނަކަށް އެއްގޮތަކަށްވެސް ނުވިސްނޭ..” އަލިފުޅު ވާހަކަ ދެއްކީ ހިތްހަމަ ނުޖެހިގެން އިނދެއެވެ.

“އާނނ… ރަނގަޅަށް ތިބުނީ.. އެއީ އަހަރެންގެ ދަރިއެއް. އަހަންނާ ހައިދަރުގެ ދަރިއެއް. އެއީކީ އަލިފުޅުގެ އެކުވެރިޔާގެ ދަރިއެއް ނޫން. އަހަރެން ގަބޫލެއް ނުކުރަން އެއީ އޭނާގެ ދަރިއެއް ކަމަކަށް. އަހަރެންގެ ދަރިއަކީ އެހާ ނުބައި އަމަލެއް ހިންގާފަ ހުރި މީހެއްގެ ދަރިއެއްކަން އޭނާއަށް އަންގާކަށް އަހަރެން ބޭނުމެއް ނޫން. އިރާދަ ކުރެއްވިއްޔާ ތި އެއްވެސްކަމެއްގެ ގޯނާއެއް މަގޭ ދަރިއަކަށް ނުފޯރާނެ. އެއީ ކީއްވެކަން އެނގޭތަ؟ އެއީ އެނުލަފާ ބޭވަފާތެރިޔާގެ ދަރިއެއް ނޫންވީމަ.” އާބިދާގެ ހިތް ތެޅެމުން ދިޔައީ އިންތިހާއަށެވެ.

“ތީ އާބިދާ ދެކޭގޮތް. އެކަމަކު ތަގުދީރު ބަދަލު ކުރެވޭނެތަ؟ ހާޒިމް އަކީ ހައިދަރުގެ ލޭކަމަށް ހެދޭނެތަ؟ ނުހެދޭނެ. ދެން ތިބުނަނީ އޭނަޔަށް އެކަން އަންގަން ބޭނުމެއް ނޫނޭ. އޭނަޔަށް އެކަން ސިއްރު ކުރިއަސް އެ ނުލަފާ ރޫހަށް އެކަން ސިއްރު ވާނެތަ؟ އެއީކީ ސިއްރެއް ނޫނޭ އާބިދާ.. ހުދު ހާޒިމަށްވެސް ހައްގެއް ނުންތަ އޭނާގެ ބައްޕަ އެނގުން؟ ނޫންތަ؟” އަލިފުޅު މަސައްކަތް ކުރީ އާބިދާއަށް ވިސްމަ ދެވޭތޯއެވެ.

“ވަރިހަމަ. އަހަންނަށް ރަނގަޅީ ދެން އަލިފުޅު ތިވާހަކަ ދައްކަން ނައިއްޔާ..” އާބިދާ ރުޅިއައިސްގެން ތެދުވެ އަޑުހަރުކޮށް ބުންޔެވެ. “އެންމެ ރަނގަޅު. އަހަރެން އެއްގޮތަކަށްވެސް މި މަސައްކަތް ކުރަނީ އާބިދާގެ ނަފުރަތު ހޯދާކަށް ނޫން. އެދުވަހު އަހަރެން ޒާކިރަށްށާ ހާލިދަށްވީ ވައުދު ފުއްދަން. އާބިދާ ބޭނުންވަނީ ހާޒިމަށް އެކަން ސިއްރު ކުރަންނުން؟ މައްސަލައެއް ނެތް. އަހަރެންގެ ފަރާތުން އެކަމެއް އޭނައަކަށް ނޭނގޭނެ. އެކަމް ދުވަހެއްގެ ކޮޅުންވެސް އަހަރެން ދުނިޔޭގައި ހުއްޓައި ހާޒިމަށް އެކަހަލަ އެއްވެސް ގޯނާއެއް ވިއަސް އަހަރެންނަށް އަންގާލަ ދޭތި. މީ އަހަރެން ކުރާ ވަސިއްޔަތެއް.” އަލިފުޅު މިހެން ބުނެފައި ގެއިން ނުކުމެގެން ހިނގައްޖެއެވެ.

އާބިދާއަށް ކުރަންވީ ކަމެއްވެސް ނޭނގުނެވެ. ހުރިގޮތަށް ހުއްޓައި އޭނާގެ ދެލޯ ފުރި ކަރުނަތަށް އޮހެން ފަށައިފިއެވެ. އޭނާ ވިސްނާ ވިސްނާ ސިކުނޑި ސުމަކަށް ހިނގައިދާނެހެން މިހާރު އޭނާއަށް ހީވާން ފަށައިފިއެވެ. ހަމައެކަނި ހުރި ދަރިފުޅު އަތްމަތިން ބީވެގެންދާތަން ބަލާކަށްވެސް ނޭދެއެވެ. އަދި މިހާތަނަށް އައިއިރު ސިއްރު ކޮށްގެން އުޅުނު ކަންތަށް ދަރިފުޅަށް ހާމަކުރާކަށްވެސް ބޭނުމެއް ނޫނެވެ. ހަގީގަތުގައި ހާޒިމް އަކީ ހާލިދުގެ ދަރިއެއް ގޮތުގައި ގަބޫލުކުރަން އަދިވެސް އާބިދާ ބޭނުން ނުވަނީއެވެ. ނަމަވެސް ހަގީގަތް ބަދަލު ކުރެވޭނެ ހެއްޔެވެ؟ ހާޒިމް އަކީ އާބިދާގެ އަލަތު ކައިވެންޔަށް ލިބުނު ހާލިދުގެ ދަރިއެއް ނޫންކަމަށް ހެދޭނެ ހެއްޔެވެ؟ ކިތަންމެ ވަރަކަށް އެދުނަސް ނުހެދޭނެއެވެ. އަދި އެއީ ހައިދަރުގެ ލޭ ކަމަކަށްވެސް ނުހެދޭނެއެވެ. އާބިދާ ޖެހޭނީ އެ ހަގީގަތް ގަބޫލު ކުރާށެވެ. ވަގުތު ފާއިތު ވުމުގެ ކުރިން އެކަން އާބިދާއަށް ވިސްނިއްޖެނަމަ އެއީ ހާޒިމްގެ ނަސީބެވެ.

 

– ނުނިމޭ –

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Kuduu dhon

Level 1

Other Articles

Previous

އިރު އޮއްސުމާއެކު 02 (އެޕިސޯޑް 01)

Next

މާޔާ

Next
December 8, 2019

މާޔާ

Previews
December 8, 2019

އިރު އޮއްސުމާއެކު 02 (އެޕިސޯޑް 01)

4 Comments!

  1. Umny ??? says:
    December 10, 2019 at 12:20 pm

    Wow it’s amazing. ❤️❤️when is the next part?

    1. kuduu dhon says:
      December 10, 2019 at 2:03 pm

      upload kuran jahsaafa vee

  2. Umny ??? says:
    December 10, 2019 at 10:52 pm

    Vaahaka varah kiyaalaa hiyy vey please be fast.

    1. Kuduu dhon says:
      December 11, 2019 at 10:17 am

      its a problem with esfiya.com umny.. alhugandu upload kuran jehsin jumla 8 episodes. but 2 episode up kohdheefa mihaathanah meenee

Comments are closed.

Next Episodeއިރު އޮއްސުމާއެކު 2 (އެޕިސޯޑް 03)←


All Right Reserved!